Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި އަހަރެން ވާނަމޭ (7)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 16, 2015 4 Mins Read
34 Comments

 

“ޒަޔާލް” އޭ ކިޔާ އެންމެންވެސް ހަޅޭ ލަވައިގަތެވެ. “އަހަރެންގައިގަ އަތް ނުލާށޭ ބުނެފީމެއްނު..” އަނެއްކާވެސް އާނާ ގެ އަޑު ބަދަލުވިއެވެ. ލޯ ރަތްކުލައަށް ބަދަލުވިއެވެ. އެންމެންގެ މޫނުމަތިން އަނެއްކާވެސް ބިރުވެރިކަން ފާޅުވާން ފެށިއެވެ. އިނގޭ ހެޔޮ އެއްޗެހި ބާރަށް ކިޔަން ފެށީ އާނާއަށް ބަދަލެއް އާދޭތޯއެވެ. ޒަޔާލް އޮތް ތަނުން ތެދުވެލީ އޭގެ މިނެޓެއް ހާއިރު ފަހުންނެވެ. އާނާ އިސް ޖަހައިގެން އިން އިރު ބޮލުގައި ހުރި ބައެއް އިސްތަށިތަށް ވަނީ ކުރިމައްޗަށް ވެރިފައެވެ. އޭނާ ރަނގަޅު ނުވާކަން  އިނގެނީ އަތަށް އަރަމުން ދާ ކުއްލި އައްސިތަކުންނާއި އަރާ ނާރުތަކުންނެވެ. ޒަޔާލް އަދިވެސް ހިތްވަރު އެލުވާލާކަށް ބޭނުމެއްނޫނެވެ. މާތްﷲ އަށް ވަކީލް ކޮށް ހުރި ތަނުން ކޮޅަށް ތެދުވެލިއެވެ. އެންމެން ޒަޔާލްގެ ހިތްވަރުގަދަކަމާއި މެދު ތައުރީފް ކުރީ ހިތުންނެވެ. ޒަޔާލް އާނާއަާއި ކައިރިވާން ފެށިއެވެ. ރައުނާ ނޫނެކޭ ބުނުމުންވެސް ޒަޔާލް މަޑެއް ނުކުރިއެވެ. ޒަޔާލް އާނާ އާއި ދާދި ކައިރީގައި އިށީނދެލިއެވެ. އަދި އޭނާގެ އަތުގަައި ހިފައި ބާރުކޮށްލިއެވެ. އާނާ އިސް އުފުލާ ބަލާލިއެވެ. އަދި ނާމާން އަޑަކުން ހަޅޭލަވައިގަތެވެ. ޒަޔާލް ބިރުގަތް ކަމަކު ފަސްނުޖެހުނީ ލޯބިވާ އާނާ އެ ހާލުގައި އިންތަން ފެނުމަށް ހިތަށް ކުޅަދާނަ ނުވުމުންނެވެ. އެންމެންވެސް ބިރުން ތިބި ތަނުން ފަހަތަށް ޖެހިލިއެވެ. ޒަޔާލް އާނާގެ އަނެއް އަތުގައި ވެސް ހިފައި ބާރުކޮށްލިއެވެ. ކިތަންމެ ކަމެއް ވިޔަސް ހެވެވެ. އޭނާ މަސައްކަތް ކުރާނެއެވެ. މަރުވާނީ އެއްފަހަރެވެ. މިފަހަރު މަރުވަންޏާ މަރުވާނީ އާނާގެ ހައްޤުޤައެވެ. “އާނާ.. އަޑުއަހާ.. އާނާ.. އަޑު އިވޭތަ.. އާނާ…!”. އޭރު އާނާގެ ނަޒަރު ހުއްޓިފައި ހުރީ ޒަޔާލްއަށް ކަން އިނގެނީ ސީދާ އެ މޫނު ޒަޔާލް އާއި ދިމާލަށް ހުރުމުންނެވެ.

ދެންވެސް އޭނާ ހަޅޭލަވައިގަތެވެ. އަތް ތަޅުވަން ފެށިއެވެ. ނަމަވެސް ޒަޔާލް ހުރީ އޭނާ ދޫކުރާނެ ގޮތަކަށް ނޫނެވެ. “އާނާ… އާނާ…” ޒަޔާލްގެ އަޑު ބަދަލުވެގެން ދިޔައެވެ. ކުރެހިގެން ދިޔައެވެ. އޭނާއަށް ކުޑަކޮށް ރޮވޭގޮތްވިއެވެ. ފިރިހެނަކަސް އެއީ އިންސާނެކެވެ. ދެރަވެސް ވާނެތާއެވެ. “އާނާ.. ޕްލީސް……” ޒަޔާލް އަނެއްކާވެސް އެހެން ބުނެލިއެވެ. ތަންކޮޅެއް ބާރަށެވެ. ކުއްލިއަކަށް އާނާގެ ހަރަކާތްތަށް މަޑުވާހެން ހީވާން ފެށިއެވެ.. އާއެކެވެ. އާނާއަށް ބަދަލުތަކެއް އެބަ އާދެއެވެ. ހަރަކާތްތަށް ލަސްވާން ފެށިއެވެ. “އާނާ…” އުއްމީދެއް ލިބުނު ފަދަ ގޮތަކަށް ޒަޔާލް އާނާއަށް ގޮވާލިއެވެ. އެންމެންގެ މޫނުމަތިން ކުޑަ ހިނިތުންވުމެއް ފެނުނެވެ. އާނާގެ ދެ ލޮލުގައި ހުރި ރަތް ކުލަ ފަނޑުވަމުން ދިޔައެވެ. ޒަޔާލް އަށް އާ ހިތްވަރެއް ލިބުނެވެ. “އާނާ.. އާނާ….!” އޭނާ އަވަސް އަވަހަށް ކިޔަން ފެށިއެވެ.

“ޒަޔާލް….! އަހަ..ރެން ސަލާމަތް… ކުރޭ..” އާނާއަށް އެހީސަބަށް ބުނެވުނެވެ. ޒަޔާލް ކުއްލިއަކަށް އޭނާގެ ގައިގާ ބައްދާލިއެވެ. އާނާ ލޯ މަރާލިއެވެ. ލޮލުން ކަރުނަތަށް އަންނަން ފެށިއެވެ. ޝައުނާ އަވަހަށް އެދިމާލަށް ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އަނޫފް އޭނާ ހިފެހެއްޓިއެވެ. ރައުނާއަށް ވީވެސް އެވަރެވެ. އާލިމް އޭނާ ހިފެހެއްޓުމާއި އެކު އާދޭހުގެ ރާގަކަށް އާލިމް އާއި ދިމާލަށް ރައުނާ ބަލާލިއެވެ. އާލިމް ނޫނެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. އިހަށް މަޑުކުރާށޭ ބުނެ ރައުނާގެ އަތުގައި ހިފައި އާލިމް އާއި ގާތް ކޮށްލިއެވެ. “އާނާ..! އާނާ…! އައި ލަވް ޔޫ.. އައި ލަވް ޔޫ.. ވަރަށް ލޯބިވޭ..” ޒަޔާލް އަށް އަމިއްލަ އިހްސާސްތަށް ބަންޑުން ކޮށްލެވުނީ އާނާ އޭނާގެ ކުރިމަތިން ގެއްލެނީ ކަމުގެ ބިރު ބޮޑުވެފައި އޮތުމުންނެވެ. އާނާގެ ގައިގާއި ހިފަހައްޓާލައިފައި ހުރިލެއް ބާރުކަމުން ދުވަހަކުވެސް ދޫކޮށް ނުލާނަމޭ ބުނާފަދައެވެ. ރައުނާ އާލިމް އާއި ދިމާލަށް ބަލާލިއެވެ. އަދި ހިނިތުން ވުމެއް ރައްދު ކޮށްލިއެވެ. އެންމެންގެ ވެސް މޫނުމަތިން ހިތްހަމަ ޖެހުން ފެނުނެވެ. ނަމަވެސް އެ ނިމުނީކީ ނޫންކަން އެންމެނަށް ވެސް އިނގެއެވެ. އަދި އެ ފެށުނީއެވެ. ކުރިއަށް ވާނެެ އެއްވެސް ކަމެއް އެމީހުންނަކަށް އަންދާޒާ އެއް ނުކުރެވޭނެއެވެ.

އާނާއަށް ޒަޔާލްގެ ހިތުގެ ތެޅުން އިހްސާސް ވާ ކަހަލައެވެ. އޭނާގެ ހިތްވަރަށް ބާރަށް ތެޅެއެވެ. ނޭވާވެސް ލަމުން ދިޔައީ ވަރަށް އަވަސް އަވަހަށެވެ. ހީވީ އެތަށް އިރެންވަންދެން ނޭވާ ހިފަހައްޓައިލައިގެން ހުރި މީހެއް ހެންނެވެ. “އައި..ލަވް ޔޫ…..” އާނާ އެހެން ބުނެލެވުމާއި އެކު އޭނާގެ ހަށިގަނޑުން ވާގި ހުސްވިއެވެ. ޒަޔާލްގެ ބުރަކަށީގައި ހިފަހައްޓާލައިގެން އިން ދެ އަތްވެސް ވެލިގަނޑުމައްޗަށް ވެއްޓުނެވެ. ޒަޔާލް އަށް އެކަން އިހްސާސްވުމާއި އެކު ހެން އާނާ ގެ ކޮނޑުގައި ހިފައި އޭނާއާއި ދުރުކޮށްލިއެވެ. އާނާ ހަބަރު ހުސްވެފައިކަން އިނގެނީ ގައިގާ އެއްވެސް ބާރެއް ނެތުމުންނެވެ. ޒަޔާލް އޭނާގެ ކޮނޑުގައި ހިފަހައްޓާފައި ނުވާނަމަ އޭނާ ވެލިގަނޑު މައްޗަށް ވެއްޓުނީހެވެ. ޒަޔާލް ކުޑަކޮށް ހިތްހަމަޖެހުނެވެ. އެ ޖިންނި އަނބުރާ އައުމަށް ވުރެ އާނާ ހޭނެތުން މާ ރަނގަޅޭވެސް ހިތަށް އެރިއެވެ. ނަމަވެސް އެއީ ކިހާ އިރެއް ވަންދެންކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެންމެންވެސް އެމީހުންނާއި ދިމާލަށް ދިޔައެވެ. އެންމެންވެސް ރޭވީ ދެން ރަށަށް ދިއުމަށެވެ. ރަށުގައި އުޅޭ ފަންޑިތަހަދާ މީހެއް ލައްވައި މިކަން ރަނގަޅު ކުރާށެވެ. އާލިމް އަކީ ފަންޑިތަ ކަންކަމަށް އެހާ ރުހޭ މީހެއްނޫނެވެ. ނަމަވެސް މިއަދި ޖެހޭނީ ރުހުންތާއެވެ. ލޯބިވާ ދަރިފުޅުގެ ރައްކަލަކަށްޓަކައެވެ.

އެންމެން އެއްޗެހިތަށް ޕެކް ކޮށް ނިންމިއިރު އާނާ އޮތީ ގަހެއްގެ ހިޔަލުގައި ވާ ގޮތަށް ބާއްވާލައިފައެވެ. އޭނާ ހޭ އެރުމަށް އެންމެން ފަސްޖެހުނެވެ. ނަމަވެސް ޒަޔާލް ފެން ފޮދެއް އަޅާ އެ ގޮތް މިގޮތް ހެދި އިރުވެސްް އާނާ ލޮލެއް ނުހުޅުވިއެވެ. ދެތިން ފަހަރު އެސްފިޔަ ތަޅުވާލާފަވެސް އަނެއްކާވެސް އެެއްވެސް ހަރަކާތެއް ނުކޮށް އެވެއެވެ. ޒަޔާލް އާނާ ކައިރިން ދުރަކަށް ނުދިޔައެވެ. އެތަން ބަލަން އާލިމްއާއި ރައުނާ ހިނިތުންވެފައި ތިއްބެވެ.

އެންމެން އަވަސް ވެގަތީ ދޯންޏަށް އެރުމަށެވެ. އާނާ، ޒަޔާލް ސާނިޔާ ރައުނާ އާލިމްގެ އިތުރުން ޝައުނާ، އަނޫފް އަދި ދެން ތިބި ދެތިން ފިރިހެން ކުދިން އެރީ އެއް ދޯންޏަކަށެވެ. އާނާ ދޯންޏާއި ހަމާލަށް ގެންދިޔައީ ވެސް ޒަޔާލްއެވެ. އޭނާގެ އަތްދަނޑި މައްޗަށް ލައިގެންނެވެ. އެ ދޯންޏަކީ މާ ބޮޑު ހިޔަލެއް ލިބިފައި ނެތް ދޯންޏެއް ކަމުން ކުޑައަކުން އާނާގެ މޫނު ފޮރުވާލެވުނެވެ. އެވަރު ވިކަންވެސް ރަނގަޅުތާއޭ އެންމެން ހިތަށް އެރިއެވެ. ރައުނާ އާއި އާލިމްގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. މީހުން ބުނާގޮތުންނަމަ ބައެއްފަހަރު ފަންޑިތާގެ އަސަރު އެކަން ކުރާ ބަޔަށްވެސް ލިބެއެވެ. އޭރުން ވާނީ ކިހިނެއްހެއްޔެވެ؟ އެހެން ވެއްޖެނަމަ……

ދެމީހުން އެފަދަ ހިޔާލެއްގައި ތިބި އިރު ޒަޔާލް އިނީ އެސްފިޔަ ޖަހައިވެސް ނުލާ އާނާއާއި ދިމާ ބަލާށެވެ. ހަރަކާތް ހުސްވެފައި އޮތް އާނާގެ މޫނުމަތިން މައުސޫމް ގޮތެއް ފާޅުވާން ހުއްޓެވެ. ކުއްލިއަކަށް އާނާ ދެކޮޅަށް ބޯ ހޫރަން ފެށިއެވެ. ނޫން ނޫން އޭ ގޮވަން ފެށިއެވެ. އެންމެންގެ ނަޒަރު ވަގުތުން ހުއްޓުނީ އާނާއަށެވެ. ރައުނާ އައިސް އާނާއަށް ގޮވަން ފެށިއެވެ. އޭރު އޭނާގެ ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. މިއޮށް ބޮޑު ކަނޑުގައި އަނެއްކާ އޭތި އަވަލައިފިއްޔާ މީހަކު މިއޮށް ބޮޑު މާ ކަނޑަށް އެއްލާލަންވެސް ފަސް ނުޖެހޭނެއެވެ.

“އާނާ އާނާ.. ދަރިފުޅާ..؟” ރައުނާ އާނާގެ ކޮލުގައި މަޑުމަޑުން ޖަހަމުން ގޮވަން ފެށިއެވެ. ނަމަވެސް އާނާ ލޮލެއް ނުހުޅުވައެވެ. “އާނާ..” އެންމެންވެސް ގޮވަން ފެެށިއެވެ. ޒަޔާލް ވެސް ގޮވާލިއެވެ. ކުއްލިއަކަށް ރައުނާ ދުރަށް ޖެހިލާ ޒަޔާލް އެތާ އިނުމަށް ބުނެލިއެވެ. އޭނާއަށް ވިސްނިފައި އޮތީ ޒަޔާލް އަށް އެކަން ވާނެ ކަމުގައެވެ. އެހެނީ ކުރިންވެސް ރަނގަޅު ވީ ޒަޔާލް ގެ ސަބަބުންނެވެ. ޒަޔާލް އާއި އާނާގެ ތެދުވެރި އަދި ވަރުގަދަ ލޯބި ޖިންނިންގެ ބާރުވެސް ކަނޑާލަނީ ކަންނޭނެގެއެވެ. ނަމަވެސް އެހެން ވާނެހެއްޔެވެ؟ އެއީ މާތްﷲގެ ކުޅަދުންވަންތަކަމެވެ. އެ ކަލާނގެ އެންގެވިގޮތަށް ނޫނީ އެއްވެސް ކަމެއް ނުވާނެއެވެ. ރައުނާވެސް އެކަން ގަބޫލްކުރިއެވެ. ނަމަވެސް މާތްﷲއަށް ވަކީލް ކޮށް ދުޢާ ކޮށްލީ އެގޮތަށް ކަންތައް ވެދިޔުމަށެވެ. އެކަކަށްވެސް ޒަޔާލް ގެ ކުދި ކުދި ހަރަކާތްތަކުން އާނާއަށް އެއަންނަ ބަދަލުގެ ސިއްރެއް ނޭނގުނެވެ. އެއީ ލޯބީގެ ބާރު ހެއްޔެވެ؟ ނުވަތަ އެހެން ކޮންމެވެސް އެއްޗެއްހެއްޔެވެ؟

ޒަޔާލް އައި ގޮތަށް އައިސް އާނާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އެންމެންވެސް އާނާ އާއި ދިމާލަށް ބަލައިލީ އެއްވެސް ބަދަލެއް އާދޭތޯއެވެ. އާނާގެ ހަރަކާތްތަށް ލަސްވަމުން ދިޔައެވެ. “ނޫ..ން… ނޫ..ން..” ލަސްލަހުން ބޯ ހޫރަމުން އެހެން ކިޔަމުން ދިޔަ އާނާ ހުއްޓުނެވެ. އަދި ފުން ނޭވައެއް ލިއެވެ. ޒަޔާލް ދެބުމަ ގޮށްޖަހާލިއެވެ. ޒަޔާލްގެ އަތުގައި މިވަނީ ކޮންފަދަ ބާރެއް ހެއްޔެވެ؟ މިވަނީ ކީތް ހެއްޔެވެ؟ އޭނާ އަތްލުމުން އާނާއަށް ކުޑައިރުކޮޅަކަށް ނަމަވެސް ރަނގަޅުވާނީ ކޮންމެވެސް ސަބަބެއް އޮތިއްޔާ ނޫންހެއްޔެވެ.؟އެއީ މިވަގުތަށް ސިއްރު ވެފައިވާ ވާހަކައެއްކަން އިނގެނީ ހުދު ޒަޔާލްއަށްވެސް އެކަން ނޭނގޭތީއެވެ. ރަށަށް ދެވެންދެން ޒަޔާލް އިނީ އާނާގެ އަތުގައި ހިފަހައްޓައިގެން އޭނާގެ ކައިރީގައެވެ. އާނާ ލޯ ނުހުޅުވިއެއްކަމަކު ދެތިން ފަހަރު ޒަޔާލްގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލައެވެ. އެއިން ކޮންމެ ފަހަރަކު އާނާއާއި ދިމާލަށް ޒަޔާލް ބަލާލަނީ ވަރަށް ވެސް ލޯބިންނެވެ. އެ ދަތުރު އަމާން ދަތުރަކަށް ވެގެން ދިޔައީވެސް އެހެންވެގެންނެވެ. ޒަޔާލްއަށް މިހާރު އިހްސާސް ވަނީ އޭނާގެ ދާދި ކައިރީގައި މީހަކު ހުރިހެންނެވެ. ހަށިރައްކަލެއް ފަދައިންނެވެ. ރައްކާތެރިކަން އިހްސާސް ވާން ފެށިއެވެ. އެއީ ކީއްވެ ކަމެއް ޒަޔާލްއަކށް ނޭނގެއެވެ.

މީގެ ކުރިންވެސް ވަނީ އެފަދަ އެތަކެއް ހާދިސާއެއްގައި އެކަހަލަ އިހްސާސްތަކެއް ވެފައެވެ. އެތަކެއް ކަމަކުން ސަލާމަތްވެސް ވެފައެވެ. މިކަހަލަ ވިސްނުން ތަކަކުން ޒަޔާލް ގެ ބޯ ފަޅައިގެން ދާން ފެށިއެވެ. އެހެން ކަމުން އިތުރަށް ނުވިސްނޭތޯ މަސައްކަތްކުރިއެވެ.

ރަށަށް ދެވުމާއި އެކުހެން އާލިމްގެ ކާރަށް އާނާ އަރުވައިގެން ގެއަށް ގެންދިޔައެވެ. އެންމެންވެސް ބަނދަރުމަތީ ކަންބޮޑުވެފައި ތިއްބެވެ. ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ އާނާ އެ ނުރައްކަލުން ސަލާމަތް ވޭތޯއެވެ. ޒަޔާލްވެސް ނުގޮސް މަޑުކުރީ ގެއަށް ގޮސް ފެންވަރާ ތާޒާވެގެން އެގެއަށް ދިއުމުގެ ބޭނުމުގައެވެ. ޝައުނާ ކާރު ގޮސް އޮބާލަންދެން ފެންކަޅިވެފައި އެ ދިމާލަށް ބަލަން ހުއްޓެވެ.

 

  •  – ނުނިމޭ (: –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހާދަ ލޯބިންނޭ… (ޓްރެއިލަރ..) (:

Next

ދަރިފުޅު

Next
December 16, 2015

ދަރިފުޅު

Previews
December 15, 2015

ހާދަ ލޯބިންނޭ… (ޓްރެއިލަރ..) (:

34 Comments!

  1. Ryn says:
    December 16, 2015 at 12:43 am

    hey guys… hre is the nxt prt.. hope u al wil lyk it. n i knw its lil shrt.. dhn in prt dhigu khla dheynan.. thnks fr readin.. enjoy.. 😉 n dhn in prt friday ga in sha allah.. 😉 n tell me the hama nujehey prts.. ingey.. hehhe

  2. ThoO says:
    December 16, 2015 at 2:35 am

    Waiting for the next part.. Awesome ?

    1. ryn says:
      December 16, 2015 at 9:29 am

      aww thnks thu…. thnks fr readin.. enjoy ???

  3. mice says:
    December 16, 2015 at 7:11 am

    very nice ryn!

    1. ryn says:
      December 16, 2015 at 9:30 am

      thnks mice….. enjoy ???

  4. milsaa says:
    December 16, 2015 at 8:53 am

    waiting for nxt.. varah reethi mi prt ves..

    1. ryn says:
      December 16, 2015 at 9:32 am

      owh… thnks milsaa….. enjoy ???

  5. ina says:
    December 16, 2015 at 9:18 am

    V nice mi part vx.kyp it up.waiting 4 next part:-)

    1. ryn says:
      December 16, 2015 at 9:34 am

      aww.. thnks ina…. enjoy ???

  6. Mish says:
    December 16, 2015 at 11:38 am

    haaadha haa reethi ey … kiyaa hithun kiyaa levey .. hahaha 😛 … e ee hama mind ah ai ehcheh kuhliyakah dhn hama liyelaa hiyy vyy .. hehehe .. varah varah v v v v v v vv v v v v v salhi .. neynge dhn bunaane ehcheh vess hehe hama ehaa vess salhi .. ekm ryb ohho ryn srry hehehe ah ingeytha .. mi bai kiyaafa hama aslah vess varah dheravi .. 🙁 .. ekm story varah salhi ingey .. gud luck .. keep up the gud work .. miss u alott .. luv u … 🙂 🙂 🙂 🙂

    1. Ryn says:
      December 16, 2015 at 11:43 am

      hehehe thnks mish.. myns alt to me whn u cmmnt.. as i really miss u n wait fr a cmmnt frm u… hehe.. n thnks thnks thnks haadha haa vrkah thi praise kurany 😛 hehehe aasmaan araa nw mihry 😛 aww asluthr.. bt e dhemyhun cnfess khfi ehnu luv dhw.. 😛 n yaal huhnaane knme kamakun vx aanu salaamai kurn.. 😉 n thnks ingey again hehe.. miss u mr thn u do n luv u mre…. 😉 tc <3

  7. Luvna❤ says:
    December 16, 2015 at 12:11 pm

    Aawwnn..??.. Ninny..??.. Story hama very very bootiphull??.. Mish buni hen kiyaa hithun kiyaa levey story eh mee.. hehe..??.. C koh varaaah intresting waiting for the next part eagerly..???.. Missing thissss..???… ???.. haha.. Miss you and lurv you lots..??.. Good luck..??

    1. Ryn says:
      December 16, 2015 at 12:19 pm

      awww serious kh thr? m soo happy hehe… thnks mimmy… hehe evn i mss it ehnve phn in hama spcl kh reply kurany mi ???? sumthin is wrng…. ???. ???? n i miss e emoo ah vure vx bodah mimmy… luv u furaa hehehe ??… thnks… tc

  8. Immy says:
    December 16, 2015 at 12:32 pm

    hey ryn….. vrh salhi….. ingey……. curiously waiting fr nxt prt………… 😮 OMGGGGGGG wat will happen to anna n xayaal………. cnt wait…….. vrh avahah up kohdhhchey nxt prt…….. plz plx pls plz plx pls plz plx pls plzzzzzzzzzzzzzz plxxxxxxxxxxxx plssssssssss :P:P:P:P:P:P:P:P:P:P 😀 😀 😀 😀 😀 😀

    1. Ryn says:
      December 16, 2015 at 1:40 pm

      thnks immy.. hehe lts c dhw.. thnks ingey… n in sha allah fri ga.. 😉 thnks luv ya

  9. lai says:
    December 16, 2015 at 12:43 pm

    Hai ryyyyyyyyyyyyyyyynnnnnnnnnnn…. adu ivihje tha? Ivihje dhw hehe yageen kohly mi ?.. bunymeh nu cmmnt eh ehlaanamey .. hehehe ehly mi ..??.. story hama ehvana .. reethi kamun neynge bunaane ehcheh vess .. hama varah reethi .. n ryn ah nameh hoadhumuge magumathyga mi ulheny hehehe … jai aa ryn vathin varah handhaan vey .. u two mihaaru naadhey viyya 🙁 .. hehe xayaal my super boy dhw .. hehe hero .. hehehehe .. hama varah reethi ?? .. kon .. oh friday ga dhw hehe eagerly waiting … misss u alottttttt ryn .. love you .. n hey lai aa luv aa mal aa ehkoh ryn vess annan vynu london ah jahsaalan varah majaavaane rckt dhany .. dhn ryn rckt fennaane ehka ehka magun dhaairah .. ehka magun .. hahahaha ?? .. ehka ehka magun e ee luv kiyaa ehcheh .. ?. .. varah miss vey ryn mathin .. miss u love you .. tvgc of ur self …???❤?❤?????

    1. Ryn says:
      December 16, 2015 at 1:58 pm

      laaeeeee my ears hehe haadha baarakashey.. madun gwvaaliyas adu ivey ?? haha asluthr hama thi ehlythr cmmnt eh i thwght lai vahtaalaany kamah ??.. haha thankolheh rythi name eh hwdhaathi lailaa kahala ??.. alheyy dhemyhun ehbas kiyaign nudhaan mithiby.. molhu dhw??? 😛 ????.. bt i miss ingey enmn vx.. hehe xayaal supr boy o.. hero o… hehe thnks ingey ??? hehe yrh fri ga miss u mre thn u do.. ?? n luv u mre.. n hey too 😛 owhh ehnthr ehnvihya ryn dhaanan ingey knme hn vx lolx owh rckt wowww… hahaha e magun elhyma e magah dhw dhaany dhn ehka magun alhan jeheyny aan ok nw ingihje hehehe…. n miss u more ey mre ey mre ey heheh n luv vey furaa ???? n tc n b happy wanna tlk to u all ….. ???? miss me 😛 lyk i do 😛

  10. lai says:
    December 16, 2015 at 12:46 pm

    Mathin*
    Rckt ga*
    Huh mistakes mistakes .. hehe

    1. Ryn says:
      December 16, 2015 at 1:58 pm

      hahaha.. anekaa nubunanchey eii ryn aai hedhi ey.. ::P

  11. lai says:
    December 16, 2015 at 12:49 pm

    E ee kon emo eh tha.. dhelo maraa fihthaigen hevifa.. srry ryn aslu ehen ehcheh jahan ulhefa e ee .. 😀 hehe this one .. 😀 : D

    1. Ryn says:
      December 16, 2015 at 2:00 pm

      hhahaa ehnthr its k 😉

  12. Luvna❤ says:
    December 16, 2015 at 1:27 pm

    Ehka ehkala story kiyaa faa ehkala ehkala magun ingey dhaany dww laii..???

    1. Ryn says:
      December 16, 2015 at 2:01 pm

      hahaha… ehka ehka gwlhin alhaign ehka dhimaalun ehka magan nikuhnaany dhw 😉 miss u bth

  13. Zareen says:
    December 16, 2015 at 1:58 pm

    Ey tha koba

  14. Immy says:
    December 16, 2015 at 2:11 pm

    ZAREENNN……..

  15. maalu says:
    December 16, 2015 at 2:39 pm

    Ryyn story vrh vrh vrh reethi…..waiting for the next part…… Ehka ehka magun ingey dhaany nooney mal gohtha Magu olhindhaaneh…heheheheh

    1. Ryn says:
      December 16, 2015 at 2:43 pm

      hahahha.. ok ryn vrh balaign dhaany ingey.. n thnks dear.. 😉

  16. maalu says:
    December 16, 2015 at 2:40 pm

    Noony *****

  17. Shabee says:
    December 16, 2015 at 8:05 pm

    hey ryn…hry HG 😛 mi prt vx vrh salhi…vrh kiyaahithun indhaa anehka vx thi nimmaaly 🙁 🙁 🙁 aanaa ah kihinehbaa dhw vaany 😮 😮 😮 mxt prt avahah dhigu kh up khdhehchey 😉 all da bst 🙂 miss u 😀

    1. Shabee says:
      December 16, 2015 at 8:06 pm

      nxt* 😉 😉 😉

    2. Ryn says:
      December 16, 2015 at 8:13 pm

      *hey HG** hehehe hey Shaby hey SG… thnks.. ehnthr.. alhey…. yrh dhww kyhtha e vany.. booooo jin eh kanneynge.. 😮 😮 poor aanaa hehehe.. hehe ok nxt prt dhigu khlaanan in sha allah n nxt prt fri ga.. 😉 thnks ingey.. miss u more.. n luv ya shaby 😉

    3. Shabee says:
      December 16, 2015 at 8:31 pm

      oops hry ey dhw eiiny…heeheeheee 😛 thnkx ryn…

  18. nabaa says:
    December 17, 2015 at 7:32 pm

    wowwww.. vrh reethi story <3

    1. Ryn says:
      December 17, 2015 at 9:11 pm

      thnks.. enjoy 😉

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ… (8)←


All Right Reserved!