Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހުވަފެނެއްބާ؟ (9ވަނަ ބައި)

Eyesh Level 210 Stories100 Comments
December 12, 2015 3 Mins Read
17 Comments

“އާނ.. ވަރަށްބޮޑަށް ރިއްސާއެބަ.. ” އިރުޝާދުގެ މޫނުމައްޗަށް އަރަމުންދިޔަކުލަވަރުން އޭނާގެބޮލުގައި ރިހޭވަރު ވަރަށްރަނގަޅަށް ހަނާއަށް ފެންނަމުން ދިޔައެވެ.
“ބޭސް ގެންނަންތަ؟” ހަނާ އިރުޝާދުގެބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ. “ނޫން… އަހަރެން ބޭނުމީ ނިދާލަން.. އޭރުން ރަނގަޅުވެދާނެ. ހަނާ ބޮކި ނިއްވާލަބަލަ.” އިރުޝާދު މިހެންބުނެ ދެލޯމަރައިލުމުން ހަނާގޮސް ކޮޓަރީގެބޮކި ނިއްވައިލުމަށްފަހު އާބިދާކައިރިއަށް ސިޓިންރޫމަށްނިކުތެވެ.
އިރުޝާދުގެ ހަށިގަނޑަށް އަރައިގެންދިޔަ ގަދަފަދަ ބާރަކާއިއެކު މީހާގެ ދެލޯރަތްވެގެންދިޔައިރު ހީވަނީ ދެލޮލަށް ލޭއަރައިފައިވާހެންނެވެ. އިރުކޮޅަކު އޭނާގެއަތްފައި ތެޅިތެޅި އޮތުމަށްފަހު ކުއްލިއަކަށް މުޅިހަށިގަނޑު ހިމޭންވިއެވެ. އޭރު އެނދުކައިރީގައި އިރުޝާދުގެ ހަށިގަނޑަށް ބަލަހައްޓައިގެން ޒިލާލްހުއްޓެވެ.

“ކަލޭ ގޮތްދޫނުކުރާހާ ހިނދަކު، އަހަރެން ކަލޭގެހަށިގަނޑުގެ ބޭނުން މިގޮތަށް ހިފާނަން. ހަނާއަކީ ހަމައެކަނި އަހަރެންގެމީހެއް. ކަލޭ އެއްބަސްވޭ ހަނާއާއި ދުރަށްދާން. އޭރުން ކަލޭއަކަށް މިހާލެއްނުޖެހޭނެ.” ގައިގައި އެއްވެސްވަރެއްނެތި އެނދުމައްޗަށް ދެމިފައިއޮތް އިރުޝާދުއާއި ދިމާލަށް ޒިލާލް އޭނާގެރަތްދެލޮލުން ކަޅިއަޅައިގެންހުރެ ވާހަކަދެއްކިއެވެ.

“ކަލޭ… އަހަރެން މަރައިލިޔަސް…. ހަނާ ދުލެއްނުކުރާނަން.. ކަލެއަކަށް ނޭނގޭތަ އެއީއަހަރެންގެ ހަލާލު އަނބިމީހާކަމެއް؟” އިރުޝާދު ވާހަކަދެއްކީ ރުޅިއައިސްފައި އޮވެނަމަވެސް އޭނާގެ އަޑުނިކުންނަމުން ދިޔައީ ވަރަށްމަޑުންނެވެ. އޭނާގެގައިގައި ބާރަށް ވާހަކަދައްކާނެހާވަރުވެސް ނެތްކަހަލައެވެ.
އެވަގުތު ޒިލާލްގެ ހަށިގަނޑަށްގެނައި ކުއްލިހަރަކާތަކާއިއެކު އޭނާގެސޫރަ އިރުޝާދުގެ ލޯމަތިންގެއްލި އަނެއްކާވެސް އިރުޝާދުގެ ހަށިގަނޑުގެ ތެރެއަށްރުޖޫޢަވިއެވެ.

ހަނާއައިސް ކޮޓަރިއަށް ވަތްއިރު އިރުޝާދު އެނދުމަތީގައި ދެފައިވައްކޮށްގެންއިނެވެ. “ނުނިދަންތަ؟” އެނދުމަތީގައި އިށީންނަމުން ހަނާއަހައިލިއެވެ. ” މީ.. ނިދި ނައިސްގެން… މިހާރު ބޮލުގަ ނުރިއްސާ.” އިރުޝާދު މިހެންބުނުމުން ހަނާ ބޮކިދިއްލުމަށްދާން ތެދުވިއެވެ. އިރުޝާދު އެއްލިއަތުން ހަނާގެއަތުގައިހިފައި އެނދުމައްޗަށް ވައްޓައިލިއެވެ. އަދި ހަނާގެއެޒުވާން ހަށިގަނޑުގެ މަސްތީ ލައްޒަތު ލިބިގަތުމުގައި އަވަސްހަރަކާތް ތަކަކާއިއެކު އޭނާގެ ނަފްސް މަސްއޫލު ކުރުވިއެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އެދެމީހުންގެ ނޭވާގެއަޑު މަޑުމަޑުން އިވެމުންދިޔައެވެ.
ގަޑިން ދަންވަރު ބާރަޖެހިއިރު ހަނާއަށްއޮތީ ހަމަރަނގަޅަށްވެސް ނިދިފައެވެ. އިރުޝާދު މަޑުމަޑުން ހަނާގެމޫނަށް ބަލައިލުމަށްފަހު ތެދުވެ ގެއިންނިކުމެ މަގުގެ ދެކޮޅުބަލައިލައި ރަށުގެތުނޑިއާއި ދިމާލަށް މިސްރާބުޖެހިއެވެ.

ބާރުހިނގުމެއްގައިގޮސް މޫދުގެ ލޮނުގަނޑު ބީއްސާހިސާބުގެ ވެލިގަނޑުމަތީގައި ދެފައިވައްކޮށްގެން އިށީނެވެ. އެވަގުތު އޭނާގެ މުޅިހަށިގަނޑު ބާރަށް ތެޅިގަނެގެންދިޔައެވެ. ދެލޮލުން އަރައިގެންދިޔަ ރަތްއައްޔާއިއެކު ކުއްލިއަކަށް އެތަނަށް ޒިލާލްފާޅުވިއެވެ. އޭރު އިރުޝާދުގެހަށިގަނޑު ހާލެއްނެތިފައި ރާޅުޖަހާހިސާބުގައިއޮތެވެ.

” އަހަރެން ކަލޭގެ ހަށިގަނޑު ބޭނުންވާތީ ތިހާލުގަވެސް މިބާއްވަނީ.. އެހެންނޫނީ މިހާރު ކަލޭމަރާލާނެތާ ކޮންދުވަހެއް؟.” ރުޅިއައިސްފައިހުރެ ޒިލާލް ވާހަކަދައްކަމުން ދިޔައިރު އޭނާގެއަޑު ތުރުތުރު އަޅައެވެ.

އިރުކޮޅަކުން މޫދުންއަރައިގެންއައި ބިރުވެރި ސިފައެއްގައިހުރި ލޫޝިޔާން ފެނުމުން އިރުޝާދު އިތުރަށް ބިރުގަތެވެ. ލޫޝިޔާންގެ އިސްކޮޅު ޒިލާލްއެކޭ އެއްވަރުވެފައި ހަމައެހާކަޅެވެ. އެކަމަކު އޭނާގެ ދެލޮލާއި މޫނުމަތީގެސިފަތައް އިންސާނެއްގެ ސިފަތަކާއި ވައްތަރުގޮތެއްހުއްޓެވެ. އޭނާގެހަށިގަނޑު ބިޔަވެފައި މޭމަތީގައި ދިގުއިސްތަށި ފަޅާފައިހުރިއިރު އަތުގެ ތޫނުނިޔަފަތިތައް ދިގުވެގެންގޮސް ވަނީއޮޅިފައެވެ.

“ކަލޭތީ ވަރަށް ގޮތެއްނެތްމީހެއް… ކަލެއަށް ކޮންހައްގެއްއޮތީ މަގޭ މަންމައާ އިންނަން.؟” ލޫޝިޔާންގެއަޑު މުޅިތަނުގައި ގުގުމައިގެން ދިޔައެވެ. ރުޅިއައިސް ރަތްވެފައިހުރެ ލޫޝިޔާން އިރުޝާދުގެ ބޮލުގައި ވަރަށްބާރަށް އޭނާގެފައިން ޖެހިއެވެ.

“ލޫޝިޔާން… އޭނާގެ ހަށިގަނޑަށް ގެއްލުމެއްނުދޭތި!. އެހެންނޫނީ އަހަރުމެން ބޭނުންވާ ގޮތަކަށް ކަންތައްތަކެއްނުވާނެ.” ޒިލާލް ލޫޝިޔާންގެ އަތުގައިހިފައި އިރުޝާދުއާއި ދުރުކޮށްލިއެވެ. އަދި
ެ ހިނިގަނޑެއްޖަހައިލުމަށްފަހު ގޮސްމޫދަށް ފޭބިއެވެ.

ވަގުތުގެ ބޭނުންހިފައި ލޫޝިޔާން އިރުޝާދުގެބޮލުގެ އިސްތަށިގަނޑުގައި ބާރަށްހިފައި ދަމައިގަތެވެ. އިރުޝާދުއަށް ވީތަދުންރޮވުނެވެ. ނަމަވެސް ހަށިގަނޑުގައި ހަޅޭއްލަވައިގަންނާނެހާ ހިތްވަރުވެސްނެތުމުން އެއޮތްގޮތަށް އޮތީއެވެ.
އޭގެ ބައިގަޑިއެއްހާއިރުފަހުން ޒިލާލް މޫދުންއަރައިގެންއައިސް އަނެއްކާވެސް އިރުޝާދުގެ ހަށިގަނޑުގެތެރެއަށްވަނެވެ.
ހަނާއަށްހޭލެވުނީ ފާޚާނާއަށް ދާންބޭނުންވެގެންނެވެ. ކޮޓަރީގައި އިރުޝާދުނެތުމުން ހާސްވެހުރެ ގަޑިބަލައިލިއިރު ގަޑިންދަންވަރު ދޭއްޖަހަނީއެވެ.
މިގަޑީގައި އިރުޝާދު އެދިޔައީ ކޮންތަނަކަށް ބާއެެވެ؟ އިރުޝާދުއަށް ކިހިނެއްވީބާއެވެ؟.އަނެއްކާ ޒިލާލް އިރުޝާދު މަރައިލީބާއެވެ؟. މިކަހަލަ ހިޔާލުތަކެއްގައި އިރުކޮޅަކު އޮތުމަށްފަހުގޮސް ފާޚާނާކޮށްލައިގެން އައިސްއެނދުގައި އޮށޯތެވެ.އަދި ބިރުންއޮވެ އިރުޝާދުއަށް ދެރަގޮތެއް ނުވުމަށްއެދި ހިތާއިހިތުން ދުޢާކޮށް ތިންފަހަރަކު ކުރުސިކިޔައި މެޔަށްފުމެލިއެވެ.

އެވަގުތު އިރުޝާދުއައިސް މަޑުމަޑުން ކޮޓަރިއަށްވަނެވެ. އެނދުމަތީގައި ހޭލާއޮތް ހަނާފެނުމުން އިރުޝާދުއައިސް ހަނާކައިރީގައި އޮށޯވެލިއެވެ. “ނުނިދިގެން ބޭރަށްނިކުމެލާފަ މިއައީ.. ” އިރުޝާދު ހަނާގެމޫނުގައި ފިރުމާލިއެވެ. އެވަގުތު އޭނާގެއަތަށް އަރައިގެންދިޔަ ތަދުގެސަބަބުން ކުއްލިއަކަށް ހަނާއާއި ދުރުވެލެވުނެވެ. “ކިހިނެއްވީ؟ ކަރަންޓު ޖެހުނީތަ؟” ހަނާ ސަމާސާރާގެއްގައި މިހެންބުނެ އިރުޝާދުގެ މޫނާއިކައިރިވެލިއެވެ. އެވަގުތު އިރުޝާދުގެމޫނަށް ދިލަހޫނެއްއަރައިގެން ދިޔައެވެ. “އެބައަންނަން ފާޚާނާއަށް ވަދެލާފަ. ވަރަށްބޮޑަށް ފާޚާނާއަކަށް ދާންޖެހިއްޖެ.” މިހެންބުނެ އިރުޝާދު ބާރަށްގޮސް ފާޚާނާއަށް ވަނެވެ.
އޭރު އޭނާގެމޫނުމަތިން ދުންއަރާހެންހީވެއެވެ. އަނެއްކާ ހަނާ ތަވީދެއްއެޅީބާއެވެ.؟ ހިތުގައި އުފެދުނު މިސުވާލުން ގަތްބިރުން ތުރުތުރު އަޅައިގަނެގެން ދިޔައެވެ. އިރުޝާދު ފާޚާނާއިން ނިކުތްއިރު ހަނާއަށް ނިދިފައިއޮތުމުން ހިތްހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު ހަނާ ގައިގައި ނުޖެހޭހިސާބުގައި އޮށޯވެލިއެވެ.
އާބިދާ ކޮބާއިރުޝާދު؟” ހަސަނު ގޯތިތެރެއަށް ވަދެގެންއައިރު އިރުޝާދު ފެންނަން ނެތުމުން ޖޯލިފަތީގައި ހަނޑޫހޮވަންއިން އާބިދާއާއި ސުވާލުކުރިއެވެ. އޭރު ހަސަނު ކައިރީގައި ސޯލިހުވެސްހުއްޓެވެ. “އަދި ކޮޓަރިން ނުނިކުމޭ މިއަދު..” އާބިދާ ހަސަނާއި ސޯލިހު ކައިރީގައި ޖޯލިފަތީގައި އިށީނުމަށްބުނެ ގޮސް ހަނާގެކޮޓަރީގެދޮރުގައި ދެފަހަރަކު ޓަކިދެމުން ގޮވައިލިއެވެ.
“މަންމާ.. ކިހިނެއްވީ؟” ހަނާ ދެލޯއުގުޅަމުންގޮސް ކޮޓަރީގެދޮރު ހުޅުވައި އަހައިލިއެވެ. “އިރުޝާދުގެބައްޕަ އެބައިން އޭނަ ހޯދަންއައިސް..”

އާބިދާދިއުމުން ހަނާގޮސް ނިދާފައިއޮތް އިރުޝާދުއަށްގޮވައި ހޭލެއްވިއެވެ. ” ބައްޕައެބައިން އައިސް. އަވަހަށް ތައްޔާރުވެލައިގެން ނިކުމެބަލަ.” މިހެންބުނެ ހަނާ ފާޚާނާއަށްވަނުމުން އިރުޝާދުވެސް ހަނާފަހަތުންގޮސް ފާޚާނާއަށްވަނެވެ.
އިރުޝާދުއާއި ހަނާ އެކުގައިއައިސް ޖޯލިފަތިކައިރިއަށް ހުއްޓުނުވަގުތު ހަސަނުކައިރީގައި އިން ސޯލިހުގެމޫނަށް އިރުޝާދުއަށް ބަލައިލެވުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅިހަމަވުމުން ގަތްބިރުން އިރުޝާދުގެގައިން ހީބިހިނަގައިގެން ދިޔައެވެ. ސޯލިހުއަށް އިރުޝާދުގެ ދެލޮލުން ތަފާތުދަޅައެއް ފެނުމުން އޭނާ މަޑުމަޑުން ތުންތަޅުވައިލައި ކޮންމެވެސް އެއްޗެއްކިޔަވަންފެށިއެވެ.

“ހަނާ.އެކޮއި އުނަގަޑުގައެޅި ތަވީދު ކޮބާ؟ ” ސޯލިހުގެ މިސުވާލަށް ދޭނެޖަވާބެއް ހަނާއަކަށް ނުވިސްނުނެވެ. އެއީ ހުދު ހަނާއަށްވެސް އެތަވީދަށްވީގޮތެއް ނޭނގޭތީއެވެ.. “މީ… ތަވީދު.. ނޭނގެ ވީގޮތެއް. ދުވަސްކޮޅެއްވެއްޖެ ގެއްލުނުތާ.” ބުނާނެއެއްޗެއްނޭނގި އިރުކޮޅަކު ހުރުމަށްފަހު އެއަށްވީގޮތެއް ނޭނގޭކަމުގައިބުނެ ހަނާ އިސްޖަހައިލިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (ހަތްވަނަ ބައި)

Next

ހަޔާތަށް ދިރން ގެނެސްދިނީ ކަލާ (12)

Next
December 12, 2015

ހަޔާތަށް ދިރން ގެނެސްދިނީ ކަލާ (12)

Previews
December 12, 2015

މިއީ ތަޤްދީރު ހޭ؟ (ހަތްވަނަ ބައި)

17 Comments!

  1. Anonymous says:
    December 12, 2015 at 6:47 am

    Ma first dhw miadhu……. Wow story is perfect I love it….. When next part?

    1. Eyesh says:
      December 12, 2015 at 6:52 am

      Yeyy u r first ? Thanx Anonymous ? m glad to know that u like this story. Insha allaah will upload the next part soon.

  2. mice says:
    December 12, 2015 at 6:58 am

    v nice waiting for the next part!!!

    1. Eyesh says:
      December 13, 2015 at 12:47 am

      Thnx mice ?

  3. Ahmed Ammu says:
    December 12, 2015 at 7:23 am

    V habeys. Interested 🙂

    1. Eyesh says:
      December 13, 2015 at 12:50 am

      thanx ammu ?

  4. samma says:
    December 12, 2015 at 7:44 am

    v nice!!!!

    1. Eyesh says:
      December 13, 2015 at 12:48 am

      Thnx samma ?

  5. nuhnu says:
    December 12, 2015 at 9:03 am

    Hama habeys….

    1. Eyesh says:
      December 13, 2015 at 12:49 am

      Thmx dear ? Nuhnu

  6. aal says:
    December 12, 2015 at 1:21 pm

    varah reethi mi part vx..totally loved it ???

    1. Eyesh says:
      December 13, 2015 at 12:49 am

      Thnx aal ?

  7. Shabee says:
    December 12, 2015 at 8:33 pm

    wow mi prt vax vrh habeyss…. 😉 nxt prt vx avahah dhigu kh up khdhehchey 😀 all da bst 🙂

    1. Eyesh says:
      December 13, 2015 at 12:47 am

      Thnx shabeee ?

  8. Eyesh says:
    December 13, 2015 at 12:48 am

    Thnx dear ??

  9. misha says:
    December 14, 2015 at 12:55 pm

    awwwww v salhi..hoi hoi

    1. Eyesh says:
      December 14, 2015 at 11:42 pm

      Thanx misha ? enjoy

Comments are closed.

Next Episodeހުވަފެނެއްބާ؟ (10ވަނަ ބައި)←


All Right Reserved!