Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ(11)

kamana Level 310 Stories500 Comments100 Comments
December 10, 2015 5 Mins Read
19 Comments

ހަވީރު ވެހެން ފެށި ވާރޭ ހުއްޓާލިތާ އަދި މާކަ ގިނައިރެއް ނުވާނެއެވެ. އަނެއްކާވެސް އޮއްސައިގަންނަން އެއޮތީ ތައްޔާރަށެވެ. ލީނާއިނީ ފެންޑާގައި އިން ކުޑަ ދަށުގައެވެ. ޖާވިދު އައިސް ވާހަކަ ދެއްކުމުން ލީނާ ހުރީ ފާޑަކަށް ބަލަހައްޓައިގެންނެވެ. ޖާވިދު އެވެ. ގަސްތުގަ ހެއްޔެވެ.. ނޫނީ އޮޅިގެން ހެއްޔެވެ. ލީނާ ކީ ތީ ފުރަތަމަ ފަހަރެވެ. ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. ކީއްވެ ކަމެއް ނޭގެއެވެ. ޖާވިދު އަހަރެން ދުރުކޮއްލީހެން ހީވަނީ ކީއްވެ ހެއްޔެވެ. ތި ލޮލުން ކުރިއާ ހިލާފަ އެއްޗެއް ދެނެ ގަންނަން ނޭގެނީ ކީއްވެ ހެއްޔެވެ. ޖާވިދު އެވެ. އަނެއްކާ އަހަރެން ދުރުކޮއްލީ ހެއްޔެވެ.

އެއްވެސް އިންޒާރަކާ ނުލާ ވާރޭ ބޯކޮއްލީ ލީނާ އާ ޖާވިދު ފެންޑާގައި ތިއްބައެވެ. “ހޭ ހިނގާ ދާން.. ތިއޮތް ތެމެނީނު.” ލީނާ ޖާވިދުއާ ދިމާލަށް ބަލަންހުރުމުން ލީނާގެ އަތުގައި ކުޑަކޮށް ކޮއްޓާލަމުން ޖާވިދު ބުންޔެވެ. ޖާވިދު ބުނުމުން ވެސް ލީނާ ގެއަށް ވަންނަން ނޫޅުމުން ޖާވިދު ލީނާ އުފުލާލީ ލުއި ފަތެއް ހެންނެވެ. ލިބުނު ސިހުމާ އެކު ލީނާގެ އަގައިން މަންމާ އޭ ކިޔާ ގޮވާލެވުނެވެ. ލީނާގެ ނަޒަރުގޮސް ޖާވިދުގެ ލޮލާ ސީދާ ވުމުން އެ ލޮލު ތެރެއަށް ގެބިގެންދާން ލީނާ ބޭނުންވެއެވެ. ބޭއިހްތިޔާރުގައި ލީނާގެ އަތްގޮސް ޖާވިދުގެ ކަރުގައި ވަށާލެވުނީ ތިބެވުނީ ކޮންތާކުކަންވެސް ރޭކާނުލާ ހާލުގައެވެ. ޖާވިދުއަށް ވެސް ވީ ހަމަ އެވަރެވެ. ލީނާގެ މަޑު މަޑު އަތްތިލަ ޖާވިދުގެ ކަރުގައި ބީހުމުން ފިނިކަމެއް އިހްސާސް ކުރެވުނެވެ. ލީނާގެ ދެލޮލާއާއި ތުންފަތަށް ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. އެހެން ނަމަވެސް ޖާވިދުގެ އިހްސާސްތަށް ޖާވިދު ހަމައަކަށް އެޅުވިއެވެ. ލީނާ ލޯބިވަނީ އެހެން މީހެއް ދެކެއެވެ. އެ ހިތުގައި ޖާވިދުއަށް މަގާމެއް ނޯންނާނެކަން ޔަގީނެވެ. ލީނާގެ ފައި ރަނގަޅުވާހާ އަވަހަކަށް ލީނާގެ ލޯބި ލީނާއަށް ހާސިލްކޮއްދޭން މަސައްކަތް ކުރާނެމެވެ. ޖާވިދު ސިޓިން ރޫމްއަށް ދިޔަގޮތަށް ލީނާ ސޯފާގައި ބައިދާފައި އަވަސްވެގަތީ ކޮޓަރިއަށް ދިޔުމަށެވެ. އެންމެ ހިނދުކޮޅަކަށްވެސް ލީނާ ކުރިމަތީ ހުރެއްފިއްޔާ ބޭޒާރުވީސް ކަން ޔަގީނެވެ. ޖާވިދު ދިޔަ ދިމާލަށް ލީނާ ބަލާލީ ހައިރާންވެފަ ހުރެއެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ދެންމެ ލީނާއަށް ޖާވިދުގެ ދެލޮލުން އޭނައަށްޓަކާ ވީ ލޯބި ފާޅުވާން ހުއްޓެވެ. ލޯބި ނޫނިއްޔާ އެއީ ކުންހީއެއްހެވެ. ލީނާގެ ސިކުނޑިއަށް ބާރުކުރަމުން ދިޔައީ ޖާވިދު ވިސްނަނީ ކޯޗެއްކަން ދެނެގަންނަން ނޭނގުނީމައެވެ.

އިރު އޭގެ ވާޖިބު އަދާ ކުރުމަށް އަރައިގެން އައީ ރޭ ވެހުނު ވާރޭގައި ތެންމާލައިފައިވާ ގަސްތަކަށް އެއަށް ބޭނުންވާ ދިރުން ދެމުންނެވެ. އެހެން ދުވަސް ދުވަހާ ހިލާފަ ލީނާއަށް ހޭލެވުނީ އަވަހަށެވެ. އެއީ މިއަދުމީ ދިޔާނާ ލީނާގަޔަށް ފެންއަޅާނެ ފުރަތަމަ ދުވަސްކަމުންނެވެ.

“ފަޔާ ކީއްވެގެން ފޯނުނުނަގަނީ.. ފަޔާއަށް ހަމަ ނޭނގެނީތަ ފަޔާ ތިހެން ހެދީމަ އަހަރެން ދެރަވާނެވަރު” އިރު އެރުމާއެކެ އައިންތު ފަޔާޒް އުޅޭ އެޕާޓްމެންޓަށް ދިޔައީ ފަޔާޒްގެ ހަބަރެއް ނުވާތާ ދެތިން ދުވަސް ވުމުންނެވެ. އައިންތު ކުރާ އާދޭސް ފަޔާޒް އަށް އަޑު ނީވޭ ކަހަލައެވެ. ދެލޯ މަރާ ތަނގުޅި ކޮއްލައިގެން އޮތީ އައިންތުގެ ސަބަބުން ލީނާއާއެކު ހޭދަކުރަމުން އެދާ އުފާވެރިވަގުތު ނިމުމަކަށް ނުގެނައެމަށެވެ. އެހެން ނަމަވެސް އެ ހުވަފެންތަކުގައި އެ ހިޔާލްތަކުގައި އޮވެވުނީ އިރު ކޮޅަކަށެވެ. އައިންތުގެ އެ ވިހަގަދަ ބަސްތަށް ލީނާއަށް ރައްދުކުރަމުން ދާއިރު އެ އަޑުއެހުން ފަޔާޒްއަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. “ވަރަށް ފޫހިވޭ.. އެ ލީނާގަނޑު މަތިން ހަނދާން ކުރަނީ ދޯ.. ފަޔާޒްއަށް ކުރިން ނުވޭ ތިހެންނެއް،.. އެ ލީނާ ފެނުނީމަ ދޯ ތިހެން ތިއުޅެނީ.. އެ ލީނާ ގަނޑަށް ދުވަހަކު އުފަލެއް ލިބުމަށް މަށެއް ނޭދޭނަން.” އައިންތުއަށް ސިހުންކަން ލިބުނީ މޫނު މައްޗަށް އަރައިގެން ދިޔަ ހޫނު ހަމަލާއިންނެވެ. “އާން ރަނގަޅަށް ތިބުނީ.. އަހަރެން ވަރަށް ދެރަވޭ ލީނާ އާ ދޭތެރޭ އެގޮތަށް ކަންތަށް ކުރެވުނީތީ.. އޭނަ ފެނުނީމަ އިނގޭތަ އަހަންނަށް ވީގޮތް. އޭނަ ފެނުނީމަ އޭނައާ ދިމާލަށް ކީ އެއްޗެހި މަތިން ހަނދާންވީ.. އައިންތުއަށް އެނގޭތަ އަހަރެން ހާދަ އެއްޗެއްސެއް ކީމޭ.. ލީނާ އަހަންނަށް އެންމެ ބޭނުންވި ގަޑީގައި ލީނާ ދުރުކޮއްލެވުނީ.. އައިންތު އަކަށް ނޭގޭނެ.. ދަތުރު ގޮސް އުޅުނު އިރު އެ ފިރިހެން މީހާގެ ކޮޑުމަތީގައި ލީނާއޮތް އިރު އަހަރެންގެ ހިތަށް ހާދަ ތަދުވިއޭ.. އެމީހާ އެހުރި މަގާމުގައި އަހަރެން ހުންނަން ޖެހޭނީ..” ފަޔާޒްއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. އައިންތު ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ފަޔާޒް ހަމަ އެހާ ލީނާދެކެ ލޯބިވަނީ ހެއްޔެވެ. އައިންތު ފަޔާޒް އާ އެއްހަމައަކަށް ތިރި ވެލާފައި ފަޔާޒްގެ އަތްމަތީގައި އަތް ބާވާލީ ހިތްވަރުކުރާށޭ ބުނާފަދައިންނެވެ.

******

ދުވަސްތަށް ދާލެއް އެހާމެ އަވަހެވެ. ލީނާ އާދަނު ކިޔަވާފައި ދޭ ފެނުން ފެންވަރާތާ މިހާރު ހަފްތާއެއްވާނެއެވެ. އެގޮތުން މިއަދުމީ ލީނާ އާދަނުއަށް އިތުރު ފަރުވާއަކަށް ދައްކަން ދާންޖެހޭ ދުވަހެއެވެ. ” ރެޕަންޒިލް އޯކޭވާނެ އިންޝާﷲ” ލީނާ ހާސްވެފައިވާތަން ފެނި ޖާވިދު ލީނާއަށް ހިތްވަރުދިނެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ލީނާ ގޮވައިގެން އައީ ދިޔާނާގެ ދެމަފިރިންނާ ޖާވިދުއެވެ. އާދަނުގެ ލަފާމަތިން ލީނާ ފެންއެޅި އެޅުމަށް ފަޔަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. އެހެން ކަމުން އާދަނު ނިންމީ ލީނާ ފައިގައި އާދަނު ހަދާ ބޭސް އެޅުމަށެވެ. އަދި މޫދަށް ގޮސް ފައި ބޮނޑިތާންކޮން ގޭތެރޭގައި ކުޑަކޮށް ކަސްރަތު ކުރުމަށެވެ. ދިޔާނާއަށް ޒާހިރުގެ އަތަށް ފިތާލެވުނީ ލީނާގެ ފައި ރަނގަޅުވާނެ ކަމުގެ ފެހި ސިގްނަލް ލިބުމުންނެވެ.

މުޅި ކޮޓަރީގައިވަނީ ފަންސޫރު ކުނޑީއާއި ޕޭޕަރެވެ. ޖާވިދުއާއި ލީނާދިޔައީ އެމީހުން ކުރަހަމުން ދިޔަ ގޭގެ ފަހު ކުރެހުން ކުރަހާލުމަށެވެ. ލީނާއަށް އިރު އިރުކޮޅާ ޖާވިދުގެ މޫނަށް ބަލާލެވޭ އިރު ޖާވިދުއަށްވެސް ލީނާ މޫނަށް ބަލާލެވެއެވެ. “އެހްމް އެހްމް.. ސާބަސް މަށަށް ހީނުވޭ މިދެމީހުންނަށް މިކުރަހާ ނިމޭނެ ހެނެއް.. ދޯ އިސްހާގޫ..” ލަމްހާ އިސްހާގްއަށް ދޯ ދެމުން ބުނެލިއެވެ. ލަމްހާ އާއި އިސްހާގް ލީނާގެ ކޮޓަރިއަށް ވަނީ ހަތަރު ޖޯޑު ކޮފީ ހިފައިގެންނެވެ.

“ތި ދެމީހުން ހާދަ ގުޅިގެން .. އަނެއްކާ ކަމެއްތަ” ޖާވިދު އެހެން ބުނުމުން ލަމްހާ ކޮށިއެރިއެވެ. އަދި އިސްހާގް އާ ދިމާލަށް ބަލާލީ އިސްހާގް ބަލަން ހުންނާނެ ކަމަކަށް ނޫނެވެ. އިސްހާގްއާ ހަތަރު ކަޅި ހަމަވުމުން ލަމްހާގެ ދެލޯ ބޮޑުވިއެވެ. އަދި ހަމަ އެވީ ވަގުތުގައި އުކުނި ކޮއްޓަން ފެއްޓިއެވެ. “ސާބަސް ސާބަސް.. ކައިރީގައި ހުންނަ އިރުވެސް ވާވަރުތީ.. މިހުންބުނާތީ އަޑުއަހަން މީހަކު މަތިން މާބޮޑަށް ހަނދާންވީމައޭ އުކުނި ކޮއްޓާނީ.. ” ލީނާވެސް ލަމްހާ އާ ދިމާކޮއްލިއެވެ. މިރޭ މިމީހުން މިއުޅެނީ އަހަރެން ލަދުން މަރުވާވަރު ކޮއްލާން ހެއްޔެވެ. އަދި އިސްހާގްވެސް އެބަ ބަލަބަލާފަ ހެނީ ނޫންހެއްޔެވެ. ލަމްހާ ހިތާހިތުން ޝަކުވާ ކޮއްލިއެވެ. އިސްހާގްގެ ލޯ ލަމްހާއަށް އަމާޒްވެފައި އިންކަން ލަމްހާއަށް ރޭކާ ނުލައެވެ.

ސުފުރާމަތި ފުރާލައިފައިވަނީ ލީނާއަށް އެންމެ މީރު ބާވަތްތަކުންނެވެ. ހުރިހާއެންމެ މޭޒުދޮށަށް ހަމަވުމާއެކު ހުރިހާ އެންމެންވެސް ތިބީ ހައިރާންވެފައެވެ. ” މަންމާ މިރޭ މީ ހާއްސަ ރެއެއްތަ” އިސްހާގްއަށް ކެތްނުވެގެން އަހާލިއެވެ. ” އާން މަންމަ ވަރަށް އުފާވެފަ މީނީ.. ލީނާ ފައި ﷲގެ އިރާދަފުޅުން ރަނގަޅުވަމުން އަންނާތީ އެކަމުގެ އުފަލުގައި މިރޭ މިކެއެން މިތައްޔާރު ކުރީ.. ރަނގަޅަށް ކައްޗޭ ހުރިހާ ކުދިން…. ޖާވިދު ހާދަ މަޑުން.. ކަމެއް ގޯސް ވީތަ.” ދިޔާނާއަށް ޖާވިދު މަޑުން ހުރުމުން ކަމަކު ނުދިޔައެވެ. ބަހެއްވެސް ނުބުނެ އުލާ ސަމުސާ ތަޅުވާލަ ތަޅުވާލަ ހުރި ޖާވިދު ފެނިފައި ކޮންމެ މީހަކަށްވެސް ޖާވިދު ހުރީ ފުންވިސްނުމެއްގައި ކަން އެނގޭނެއެވެ.

“އަމް ދައްތާ އަޅުގަނޑު އަންނަ ހަފްތާގައި ފުރަން މިއުޅެނީ… މިކޮޅުގައި އުޅޭތާ މާ ގިނަ ދުވަސް ވެއްޖެ.” ޖާވިދު އެހެން ބުނުމުން ލީނާއަށް ހީވީ މީހަކު އޭނާގެ ހިތުގައި ހިފާ ފިތާލިހެންނެވެ. ހިނދުކޮޅަކަށް ނޭވާ ތާށިވިހެން ވެސް ހީވިއެވެ. ޖާވިދު ދަނީ ކީއްވެ ހެއްޔެވެ. ޖާވިދުގެ ލޮލުން ފެނުނީ ލޯބި ނޫން ދެން ކޯޗެއް ހެއްޔެވެ. ލޯބިނަމަ އަހަރެން ދޫކޮއްލާފައި ނުދާނެ ނޫންހެއްޔެވެ. ލީނާގެ ލޮލަށް ކަރުނަ ޖަމާވަމުން އައި އިރު ބަތް ތައްޓަށް އިތުރަށް މިރުސް އަޅާލީ ލީނާ ބޭޒާރުވެދާނެތީ އެކަމުގެ ބިރަށެވެ. “ޖޭޑް ހާދަ އަވަހަކަށް.. ވަރަށް މިސްވާނެ.. އެހެން ވީމަ ފުރަންދެން ކޮފީ އޮންނަންވާނެ” އިސްހާގް ޖާވިދު ކޮނޑުގައި ކުޑަކޮއްޖަހާލަމުން ބުނެލިއެވެ. ޖާވިދުވެސް ހިނިތުން ވުމެއް ރައްދުކޮއްލާފައި ބަލާލީ ލީނާއަށެވެ. ލީނާ އިސްދަށަށް ޖަހައިގެން ހުރި އިރު އެމޫނު މައްޗަށް އަރާ ފައިބަމުންދާ ކުލަ ތަކެއް ޖާވިދުއަށް ނޭނގެއެވެ. ލީނާ އެވެ. އަޅެ އެންމެ ފަހަރަކު މަޑު ކުރާށޭ ބުނެލާނަމައެވެ. ލީނާގެ އެންމެ ބަހަކަށް ލީނާގެ އަރިހަށް ހާޒިރު ވާނަމެވެ. މިފަހަރުވެސް ޖާވިދު އޭނާގެ އިހްސާސްތަށް ބޭރުކޮއްލީ ސިއްރުންނެވެ. ލީނާ ފަޔާޒް ދެކެ ލޯބި ވާއިރު ޖާވިދުއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ.

ރޭގަނޑުގެ އެ ހަމަ ހިމޭން ވަގުތުގައި ލީނާ އިނީ ޓެރަސްގައެވެ. ކައި ނިމުމުން ލީނާ ބޭނުންވީ އެކަނި ވެރި ވަގުތު ކޮޅެއް ހޭދަކޮއްލާންށެވެ. ޖެހޭ ފިނި ވައިރޯޅިން ދެއަތް ދެއަތާ މޮޑެލާ ހުރީ އެ ފަން ދިގު އިސްތަށި ގަނޑު ވަޔާ ވިހުރެން ދޫކޮއްލާފައެވެ. ލީނާގެ އެ ހަމަ ހިމޭން ވަގުތު ކޮޅަށް ނިމުމެއް އައީ ފަހަތުން އިވުނު ފިޔަވަޅުތަކުގެ އަޑުންނެވެ. ހެއްލަ ހެއްލަ އިން އުނދޯލި ހުއްޓާލުމަށް ފަހު ފަހަތް ބަލާލީ އެއްވެސް ވަރަކަށް ޖާޥިދު ކަމަށް ހީކޮށެއް ނޫނެވެ. ފިރިހެން ވަންތަ ހިނގުމެއްގައި ހިނގަމުން އައި ޖާވިދު އައީ ލީނާއާ ދިމާލަށެވެ. އޭރު ލީނާގެ ހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ. ޖާވިދު އައި ގޮތަށް އައިސް އިށީނީ ލީނާއާ ޖެހިގެން އިން ގޮނޑީގައެވެ. ޖާވިދު ލީނާއަށް ވަރަށް ފުންކޮށް ބަލާލިއެވެ. އެބެލުމަގައި އެތަކެއް މާނައެއް އެކުލެވިގެންވާކަން ލީނާއަށް އެގެއެވެ. “ރެޕަންޒިލްއަށް އެނގޭތަ ޖޭޑްއަށް ވަރަށް ރީތި ތި އިސްތަށި ގަނޑު. ތި ނުކޮށައްޗޭ.” ޖާވިދު ލީނާގެ ފަން ދިގު އިސްތަށިގަނޑުގައި ފިރުމާލަމުން އެހެން ބުނެލި އިރު ލީނާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ” ހޫމް ވަރަށް ހީވޭ.. އަބަދު އަހަރެންގެ އިސްތަށިގަނޑާ ޖޭޑް ބެހޭނެ.” ލީނާ ހަމައަކަށް އެޅެމުން އެހެން ބުނެލީ އިހްސާސްތަށް ފޮރުވަމުންނެވެ. ލީނާ ޖާވިދުގެ އަތް އިސްތަށި ގަނޑުން ނައްޓުވާލި އިރު ޖާވިދުގެ އަތްވަނީ ހަމަ ރަނގަޅަށްވެސް ލީނާ އަތާ ގުޅިލާމެހިފައެވެ. ލީނާއަށް ޖާވިދުއާ ދިމާލަށް ބަލާލެވުނު އިރު ޖާވިދުގެ ތޫނު ނަޒަރުވަނީ ލީނާއަށް އަމާޒްވެފައެވެ. އެވަގު ލީނާގެ ހިތަށް އެތަކެއް އެއްޗެހި އަރަމުން ދިޔައެވެ. މިތަނުން ގެއްލޭ ނަމައޭ ހިތަށް އެރި އަދަދު ލީނާއަށް ނޭނގެއެވެ. ޖާވިދުގެ ފިނި ފިނި އަތްތިލަ ލީނާގެ ކަނދުރާގައި ޖައްސާލުމުން ލީނާއަށް ދެލޯ މަރާލެވުނީ ވީ އަރާމަކުންނެވެ. ލީނާގެ އެ މައުސޫމް މޫނަށް ބަލަހައްޓައިގެން ޖާވިދު ހުރީ ދަހިވެފައެވެ. ލީނާގެ ތުންފަތުގެ މީރުކަން ލިބިގަންނަން ބޭނުންވި އަދަދުވެސް ލީނާއަށް ނޭނގޭނެކަން ޔަގީނެވެ.

“ލީނާ” ލީނާ އާއި ޖާވިދުއަށް ސިހުން ލިބުނީ ލީނާގެ ނަމުން މީހަކު ގޮވާލުމުންނެވެ. ޖާވިދު ލީނާއާ ކުޑަކޮށް ދުރުވެލީ ކުރިމަތީ ހުރި ޒުވާނާ ފެނުމުންނެވެ. ޖާވިދުއަށް ލީނާއާ ދިމާލަށް ބަލާލެވުނީ އެ މޫނުމަތިން މިވަގުތު ފެންނާނެ ޝުއޫރުތަށް ދެނެގަތުމަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 17

Next

ލޯބީގާ ވާތީފަނާ… (8ވަނަ ބައި)

Next
December 11, 2015

ލޯބީގާ ވާތީފަނާ… (8ވަނަ ބައި)

Previews
December 10, 2015

ފޮހެވޭނޭ ބާއޭ… 17

19 Comments!

  1. neha says:
    December 11, 2015 at 12:39 am

    Reeeethi

  2. Saran says:
    December 11, 2015 at 12:44 am

    Alhey mi part vxx v nice
    Next part tmr up khdheychey

  3. cr@z! says:
    December 11, 2015 at 12:52 am

    vrh shalhi

  4. shabee says:
    December 11, 2015 at 2:05 am

    mi part ga ves name olhuvaafa. saabas kamanaa ah! avahah upload kuran ulhunas thee fukeh boduvaru. anehkaa bunefaane twice kiyaifymey nufenuney. ehnvyma 7 vana pargrph balaany. thi dhemyhun haadha gulhigen anehkaa kamehtha. javid ehn bunumun lamha koshi eri eve. adhi ishaaqa dhimaalah balaaly ishaq balan hunnaane kamakah nooneve. ishaq r hatharu kalhi hamavumun leena ge dheloa boduvi eve. leena eh noon lamha dhw ethaa innaany? n also varah ginain name use kohfavez hurey. ishaq r dhimaalah balaaly ishaq (eyna) balan hunnaane kamakah nooney. abadhu name beynun kurumuge badhaluga aneka ah nisbaiykoh bunevey ehn bas bas misaalakah eyna beynun kureveyne.

    1. nash says:
      December 11, 2015 at 7:36 am

      Keyolhu ge athun bulhi ves kendeny..mas veri kan nukuraa meehunge athun bulhi eh nukendeyne. Ehen v ma liyaa meehun ge athun kuh ves liye veyne..thifaadah malamai nukoh vahaka nukeema nimuny..

  5. shabee says:
    December 11, 2015 at 11:11 am

    mee konthaakun vahtaali keyolheh? eothy mistakes kiyaidhyfa. kurinves bunyma buny 2 faharah kiyaifymo nufenuno. ehnve mifaharu eothy dhahkaafa. ok dude? ehen noonas ma vaahaka kiyas nukiyas dats none of ur business. liyuntherin readers ge faadu kiyun balaiganna iru gina faharah fuhpany thi kahala dhethin kiyuntherin. plx hajam keyolhu. lol

    1. Micky says:
      December 11, 2015 at 11:54 am

      Shabee u ahld knw tht varah rude koh kan bunevuny ehnn. I m a reader too. Shabee ehn writers ah kohfa hunna cmmnt vx feneyy. Hama ruchah bunanii mithaaga mistake eh eba inii. Last episode ga vx varah hadi koh shabee ah bunevuny. I m sure rythi koh bunevunu nama ehn reader eh shabee aa dhimaalah ehn nubunaane kann. Just want to say dnt favrr to any writer. Knme myhaku vx liyani vaaahaka readers ah takai. Hope u understnd ?

  6. sumone says:
    December 11, 2015 at 12:07 pm

    Shabee I want to tell u that thihaa rude koh nubuneh rythi koh mistake hurithan kiyaadheyshey..

  7. Knmes myheh says:
    December 11, 2015 at 12:56 pm

    Shabee.. Mashah fennaane kae mi vaahaka kiyan huhtaalan.. Thankolheh rychah bunevidhaane dhw mistake eh eba iney correct kohlaashey. Thihaa rude vaakah nuvey… Btw stry is so AWESOME LOVE IT??

    1. Anonymous says:
      December 11, 2015 at 2:49 pm

      Negative comment eh koffiyya mi meehun nah hajameh nuvaane. Mivaru ge meehun mi vahaka kiyanee. Bodu varu ingey eki mees meehun ge namuga writer dhifaau koh thi comment kuranee. Yageeney ekaku kan. Ehen noonas meega adhi rude vefaeh nethehnu. “Theee dhen kon lhaa eh vahaka liyan neygey iru ves kohmeves ehcheh liyefa kohme dhuvahakau upload kuranee…foakey liyebala” miah kiyanee rude koh kurun. ???

  8. kamana says:
    December 11, 2015 at 2:54 pm

    Negative and positive cmmnt thah vx balaigannan ufalaa ekyy. Ekam vx hadikoh ehvx kuhjaku vaahaka nudhehkun edhen. I knw mistakes huri kann. Will try to do better ingeyy. ?

  9. sumone says:
    December 11, 2015 at 4:32 pm

    Shabee mihaaru synonymous he name in dhw comment mi kurany..dhedhu vaany dhedha mistake faahaga kohfa hurt rude koh

  10. sumone says:
    December 11, 2015 at 4:33 pm

    Anonymous ge ****

  11. sumone says:
    December 11, 2015 at 4:34 pm

    Thedhu vaany thedha***** hury ***

  12. Red Rose says:
    December 11, 2015 at 8:01 pm

    Dhen plx fayaz aa leena nugulhey.
    Jaavidh aa leena gulheny.
    Story very nice.
    Keep it up

  13. Shabee says:
    December 11, 2015 at 8:52 pm

    Shabee ehnoon mi story ah cmnt khffa ehury….eii kmmx ehn kujjeh shabeege name jahaigen….mi storyge kury prt ga vx eii ehn shabee eh….not me… 🙁 2nd shabee plx ehn name eh use kurey…..ehn noony thankolheh ryhchah cmnt kurey 🙁 🙁 🙁

  14. Fb says:
    December 12, 2015 at 12:45 am

    Feeling vaanuvaa.. lols

  15. nahu says:
    December 12, 2015 at 11:35 pm

    Koniraku next part up kuraney??? Kiyaaa hithun ???

  16. Rip says:
    December 24, 2015 at 12:35 pm

    where is next part?… just waiting for it 🙂

Comments are closed.

Next Episodeހަޔާތަށް ދިރން ގެނެސްދިނީ ކަލާ (12)←


All Right Reserved!