Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 6

afu.shvvn
afu.shvvn Level 110 Stories
March 11, 2025 4 Mins Read
2 Comments

“މި އޮތް ސީރިއަސް ކަންތައް އަތްމަތިވެފައި އޮތްވައި ތީ ހޭ ދައްކަން ޖެހޭ ވާހަކަ އަކީ؟” ޒީކް ލަވައިގަތީ ހަޅޭކެވެ.

އެއާއިއެކު ދެން ދެ މީހުންގެ ދެމެދުގައި ވަށައިލީ ހިމޭންކަމެވެ. އެކަކު އަނެކަކުގެ ފުން ނޭވާތަކާއިއެކު ރުޅިވެރި ނަޒަރަކުން އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ. ޒީކް ގެ ކޮނޑުން އަތް ނައްޓުވައިލަމުން ނުހައިކް އެއްފަރާތުގައި އޮތް އޭނާގެ ދަބަސް ނެގުމަށްފަހު ފަސް އެނބުރި ޒީކްއަށް ބަލައިލިއެވެ.

“މި ގަޑިއަކީ ޔާނިއު ޖިމަށް ދާ ގަޑި. އަހަރެން ބޭނުމެއް ނޫން އިތުރު އެއްވެސް މީހަކަށް މި  ވާހަކަ އަންގާކަށް.” ވަރަށް ނު ރާގަކަށް ނުހައިކް އެހެން ބުނީ އޭނާގެ އެޕާޓްމެންޓަށް އައުމަށް ޒީކްއަށް ދައުވަތު ދޭ ފަދައިންނެވެ.

އަދިވެސް ހަމަ އެ ރުޅިވެރި ނަޒަރާއިއެކު ބަލަހައްޓައިގެން ހުރި ޒީކް ދިޔައީ އެ ފުން ނޭވާތައް ލަމުންނެވެ. ނުހައިކްގެ އެ ބުނުމުގެ ފަހަތުގައި ފޮރުވިފައިވީ މާނަ ނުހަނު ފަސޭހަކަމާއިއެކު އޭނާއަށް ނަގައިގަނެވުނެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ނުހައިކްގެ އެ ބުނުމަށް އެއްބަސްވުމަށެވެ. ނަމަވެސް ސިކުނޑި ގޮވައި އާދޭސްކުރަމުން ދިޔައީ ހިތުގެ އެ ގޮވުމަށް އިޖާބަ ނުދިނުމަށެވެ. އޭނާ ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ.

“އަރީކާ؟” ޒީކްގެ ޖަވާބެއް ނައުމުން އަނބުރައިލައިފައި ދާން އުޅުނު ނުހައިކްއަށް ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލެވުނީ ޒީކް ވާހަކަ ދެއްކުމުންނެވެ.

“ވަޓް އެބައުޓް އަރީ؟” ނުހައިކް އަނެއްކާވެސް ޒީކް އާއި ދިމާލަށް އެނބުރެލިއެވެ.

“އޭނާ ކޮބާ ތަ؟ އެއީ ނުހައިކް ރައްޓެހިވެގެން އުޅޭ ކުއްޖާ… ނޫން؟” ޒީކް އަނގައަށް ގޮތެއް ހަދައިލަމުން ހަރަމް ބަނެލިއެވެ.

“އަހަރެން އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވަން.” ނުހައިކް އެހެން ބުނުމާއިއެކު ޒީކްއަށް ލިބުނީ ހައިރާންކަމެކެވެ.

އެ ހައިރާންކަމުގެ މައްޗަށް ކަންބޮޑުވުން އިސްވީ ނުހައިކްގެ ނިތްކުރީގައި އަދިވެސް ހުއްޓުމެއް ނެތި އަންނަމުން ދިޔަ ލޭތައް ފެނިފައެވެ. ވެއްޓިފައި އޮތް އޭނާގެ ފޯނާއި ދަބަސް ނަގައި ދެ ވިސްނުމެއްގައި ހުރެމެ ހިނގައިފައި ގޮސް އޭނާ ނުހައިކްގެ މޫނަށް އިސް ހިއްލައިލައި ބަލައިލިއެވެ.

“ތިހެން މިތާ ވާހަކަ ދައްކަން ހުންނާނީ ތަ؟ އެހެން ނޫނީ ތި ތަނަށް ބޭސްކުރަން ދާނީ ތަ؟” ހަރުކަށި ރާގަކަށް ޒީކް އެއްސެވެ.

ނުހައިކް އެއްޗެކޭ ނުބުނުމުން ދަތްކުނޑި ވިކަމުން އޭނާ އެ ގޯޅިން ނިކުތެވެ. ނުހައިކް ވެސް އޭނާގެ ފަހަތުން ދިޔައެވެ. ނަސީބު ރަނގަޅު ކަމުން ފަސް މިނެޓެއް ނުވެ ޓެކްސީއެއް އަތު ޖެހުނެވެ. ދެ ޒުވާނުން ޓެކްސީއަށް އަރައި، ނުހައިކް ދާން ވީ ތަން ބުނެދިނުމާއިއެކު ޓެކްސީ ދުއްވަން ފަށައިފިއެވެ. އެ ހިސާބަށް ދާން ގިނައިރު ނަގާނެކަން އެނގުމާއިއެކު ޒީކް އޭނާގެ ދަބަސް ހާވަން ފެށިއެވެ. އޭގެ ތެރެއިން ފެނުނު ޓިޝޫތަކެއް ނުހައިކްގެ އަތުތެރެއަށް ލިއެވެ. ނުހައިކް ޒީކްއަށް ބަލައިލީ މީ ކޮން ކަމެއް ހޭ އަހާ ފަދަ ގޮތަކަށެވެ.

“ޔޫ އާރ ބްލީޑިން، ނުހައިކް. ތަދެއް ނުވޭތަ؟ ތި ލޭ މަނާ ކުރެވޭ ތޯ އުޅެބަލަ.” ޒީކް ބުންޏެވެ.

އަނގައިން ބަހެއް ބުނުމެއް ނެތި ޒީކް ބުނި ފަދައިން ލޭ މަނާ ކުރެވޭ ތޯ މަސައްކަތް ފެށިއެވެ. އެހެން ފަހަރަކު ޓިޝޫތަކަކުން ނިތްކުރީގައި ޖައްސައިގެން އިންދައި އަންނަން ޖެހޭ ހިސާބަށް އާދެވުނެވެ. ޒީކް ފައިސާ ދެއްކުމާއިއެކު ދެ ޒުވާނުންވެސް ފޭބިއެވެ.

“ވެއިޓް، ކީތްވެ މިތަނަށް މި އައީ؟ ހޮސްޕިޓަލަށޭ ދާން ވީ. އަހަރެން ހަނދާނެއް ވެސް ނެތް.” ކުރިމަތީގައި ހުރި ދިހަ ބުރީގެ އިމާރާތް ފެނުމާއިއެކު ޒީކްއަށް ނިތްކުރި މަތީގައި  އަމިއްލައަށް ޖަހައިލެވުނެވެ.

“ނޫން. އަހަރެންގެ އެޕާޓްމެންޓްގައި ހުންނާނެ ފަސްޓް އެއިޑް. އެއިން ވާނެ. މި އެހާ ބޮޑު ކަމެއް ނޫނޭ.” އެހެން ބުނެ ބޮޑާހާކަމުން ދިޔަ ކުޑަ ކުއްޖަކު ފަދައިން އެތެރެއަށް ވަންނަން ދިޔައެވެ.

ނުހައިކް ގެ ހުންނަ ބޯހަރުކަމާއި ހެދި ޒީކްގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. ހަމަ އެ ރުޅިގަނޑުގައި ހުރެ ޒީކް ދުވަމުން ކަހަލަ ގޮތަކަށް ގޮސް ނުހައިކްގެ ފަސް ފަހަތުން އެ އިމާރާތަށް ވަނެވެ. ލިފްޓަށް އެރި އިރު ދެ މީހުން އަނގައަކުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަށް ވަނަ ފަންގިފިލާއަށް އެރުމާއިއެކު ދެ ޒުވާނުން ނިކުތެވެ. ކަނާއަތު ފަޅީގައި ހުރި ދޮރަކު އަތުގައި އޮތް ތަޅުދަނޑި ޖަހައި، ނުހައިކް އެތެރެއަށް ވަނެވެ.

ނުކެރިފައި ހުރެމެ ނުހައިކްގެ ފަހަތުން އެތެރެއަށް ދެމިގަތް ޒީކް ވަށައިގެން އެ ތަން ބަލައިލިއެވެ. ދެ ކޮޓަރީގެ އެ އެޕާރޓްމަންޓް ބަލައިލަން ނުހަނު ހިތްގައިމެވެ. ސިޓިން ރޫމާއިއެކު ބަދިގެ އާއި ކާގެ ވަކިކޮށްފައި ހުރިއިރު މުޅި އެ ތަން ފަރުމާކޮށްލެވިފައި ވަނީ ‘ބެއިޖް’ ކުލައިންނެވެ. އެއްޗެހި ބަހައްޓައިފައި ވި ގޮތުގެ ތަރުތީބުކަމުންނާއި ރީތިކަމުން ޒީކް ހުރީ ބަސް ހުއްޓިފައެވެ.

ދަބަސް ދޮރުގެ ކައިރީގައި ހުރި ހަރުގަނޑެއްގައި ބެހެއްޓުމަށްފަހު ޒީކް އާއި ދިމާލަށް ބަލަހައްޓައިގެން ނުހައިކް ހުއްޓެވެ. އެއަށްފަހު ގޮސް ސޯފާގައި އިށީނދެ ކުރިމަތީގައި ހުރި ކުޑަ މޭޒުގެ ދަމާ ބައިން ފަސްޓް އެއިޑް ބޮކްސްއެއް ނެގިއެވެ. ޒީކްއަށް މި ތަން ފެނުމާއިއެކު ގޮސް ނުހައިކްގެ ގާތުގައި އިށީނެވެ. ފަރިތަކަމާއިއެކު އަމިއްލައަށް ނިތްކުރިއަށް ބޭސް ކުރި ތަން ބަލަން ޒީކް ހުރީ އާޝޯހުވެފައެވެ.

“ނިތްކުރިއަށް ބޭސްކުރިޔަސް ގައިގެ އެހެން ތަންތަނުގަ ރިއްސައެއްނު؟ އަހަރެން އެއިރުވެސް ޑޮކްޓަރަށް ދާން ބުނީމަ ނުހައިކް ނުދިޔައީ.” އެ ފޮށި ލުމާއިއެކު ޒީކް އަނެއްކާވެސް ބުނެޏެވެ.

“ޒީކް ޕްލީޒް. ޕެއިން ކިލާރއެއް ކައިލަނިކޮށް އަހަރެން ރަނގަޅުވެދާނެ. ޒިޒީ އަހަރެންނާއި މެދު ކަންބޮޑު ވަނީ ތަ؟” ނުހައިކް މިފަހަރު ޒީކް އާއި ދިމާލަށް މޫނު އަނބުރައިލިއިރު އޭނާގެ ތުންފަތުގައި ކުރެހިފައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

“ކަންބޮޑުވަނީކީ ނޫން. ބަޓް ސްޓިލް.. އެ ކަމަކާއި ކިތަންމެ ކުރިމަތި ލާން ބޭނުން ނުވިޔަސް، ތިއީ އެއް އިރެއްގައި އަހަރެން އެންމެ އަޅާލި، ކުޑައިރުއްސުރެ އެންމެ އެކުގައި އުޅުނު ނުހައިކް.” ސޯފާގައި ލެނގިލަމުން ޒީކް އެހެން ބުނެލުމާއިއެކު ނުހައިކް ބޯ ޖަހައިލިއެވެ.

“އެންމެ ކުޑައިރުއްސުރެ ވެސް އަހަރެންނާ ވާހަކަ ދައްކާ ހިތުން ދެއްކި މަދު ކުދިންގެ ތެރޭގަ ނުހައިކް ގައިމުވެސް ހިމެނޭނެ. ބޭރުން އައިސް ރައްޓެހިން ކޮޅު ގެއްލިފައި ހުއްޓާ އެންމެ ފުރަތަމަ ވެސް ދިމާވީ ނުހައިކް އަދި ޔާނިއު އާ. އޮފްކޯސް، އަދިވެސް ކުޑައިރު ކަންބޮޑު ވާ ގޮތަށް މިހާރު ވެސް ކަންބޮޑު ވާނެ. ނުހައިކް ހީކުރީ އަހަރެންނަކީ ހަމަ އެހާ ހިތް ހަރު މީހެއް ކަމަށްތަ؟” އެ ސުވާލުކޮށްލަމުން އެ އޮތްގޮތަށް އޮވެ ޒީކް ނުހައިކްއަށް ކުރިމަތިލިއެވެ.

“އެންމެ ރަނގަޅަށްވެސް ޒިޒީއަކީ ކާކު ކަމާއި، ޒިޒީގެ އެންމެ ކުރީގެ ވާހަކަތައް އެނގޭނެ ހަމައެކަނި މީހަކީ އަހަރެން ކަންނޭނގެ. ޒިޒީ ދެކި ފަރިތަ ވީ އިރު، އެއީ ގާތްގަނޑަކަށް ޓެން އިޔާރޒް؟ އެ އިރުއްސުރެ ފެށިގެން އަހަރެންނަށް ރަނގަޅަށް އެނގޭ ޒިޒީއަކީ އެކަހަލަ މީހެއް ނޫންކަން.” ކުޑަ ހީލުމަކާއިއެކު ނުހައިކް ބުނެލިއެވެ.

“ވެލް… އަސްލު ތެދަށް ބުނަންޏާ.. ވަރަށް މިސްވި ޒިޒީ މަތިން.” އިތުރަށް އެ ބުނުމަށް ނުހައިކް އިތުރުކޮށްލުމާއިއެކު ސިއްސައިގެން ގޮސް ޒީކް ނުހައިކްއަށް ބަލައިލެވުނެވެ.

“އަހަރެން ދޮގެއް ނުހަދަން. އަލުން މީޓްވީ އަހަރެމެން. އަސްލުވެސް ވަރަށް ހައިރާން ވި. އެކަމަކު މީ ތަޤްދީރުގެ ނިޔާ. ވާހަކަ ނުދައްކާ، ތީ ނުދަންނަ މީހެކޭ ކިޔައިގެން ހުރުމަކުން ވަކި ފައިދާއެއް ނުކުރާނެ. ޒިޒީ، ލެޓްސް ބީ ފްރެންޑްސް އެގެއިން..؟” ނުހައިކް މަޑުމައިތެރިކަމާއިއެކު އަހައިލިއެވެ.

“އަހަރެން… ވެސް ޤަބޫލުކުރަން ނުހައިކް ތި ދެއްކި ހުރިހާ ވާހަކައެއް. އެންޑް ޔެސް. ލެޓްސް ބީ ފްރެންޑްސް.” ފުރަތަމަ ފަހަރަށް އަލުން ދިމާވި ފަހުން ޒީކް ނުހައިކްއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“އައި މިސްޑް ޔޫ ޓޫ…” ޒީކް އެ ބުނުން އިތުރުކޮށްލުމާއިއެކު ނުހައިކްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

ކިތަންމެ ވަރަކަށް ނުހައިކްގެ އެ ހިނިތުންވުމަށް ބަލަން އިންނަން ބޭނުން ވި ނަމަވެސް އޭނާ އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. އެ ވަގުތު ކުރިމަތީގައި ހުރި ފާރުގައި މަތީގައި ހަރުކޮށްފައި ހުރި ގަޑި ފެނުނެވެ. އެގާރަ ގަޑި ބައިވަން އުޅޭތަން ފެނުމާއިއެކު ޒީކްއަށް ފުންމައިގެން ތެދުވެވުނެވެ. ނުހައިކް ވެސް ސިހިފައި ތެދުވިއިރު އެ މޫނުގެ ކުލަވަރު ވަނީ ހާސްކަމަށް ބަދަލުވެފައެވެ.

“ކިހިނެތް ވީ؟” ނުހައިކް އަހައިލިއެވެ.

“އެ އެގާރަ ގަޑި ބައި ވަނީ.” ޒީކްގެ ދެލޯ އަދިވެސް ވަނީ ބޮޑުވެފައެވެ.

“ދެން؟” ނުހައިކް އެހެން އެހުމާއިއެކު ޒީކް މޫނު މައްޗަށް ވައްތަރެއް ޖައްސައިލަމުން ދެލޯ ކުޑަކޮށްލިއެވެ.

“އަހަރެން ގެއަށް ދާން ޖެހޭ. ދޮންބެ އާ ނާއްތަ ހުންނާނެ މިހާރު ކަންތައް ބޮޑުވެފަ. އަހަރެންގެ ފޯނުވެސް އޮތީ ރަނގަޅު ހާލަތަކު ނޫން. އަހަރެން ބޭނުމެއް ނޫން ވީ އެއްވެސް ކަމެއް އެ މީހުންނަށް އަންގާކަށްވެސް.” ޒީކް ފައްޗަކަށް އެ ހުރިހާ އެއްޗެއް އަމުނައިލަމުން ދެކޮޅުން ދެކޮޅަށް ހިނގަން ފަށައިފިއެވެ.

“ޒީކް ހަމަޖެހިބަލަ.” ނުހައިކް ހަމަ އެހެން ބުނުމާއިއެކު ކުއްލިއަކަށް ވާރޭ އޮއްސައިލިއެވެ.

“އެ ވާރޭ ވެހެނީ.” ޓެރެސްއަށް އިނގިލި ދިގުކޮށްލަމުން އަނެއްކާވެސް ޒީކް ހިނގައިން ފެށިއެވެ.

“ގޭ މީހަކު ނޫޅޭތަ ސޯޝަލް މީޑިއާ ގެންގުޅޭ؟” ނުހައިކްގެ އެ ސުވާލާއިއެކު ޒީކްއަށް ހުއްޓެވުނެވެ.

ޚިޔާލެއް ލިބުނު ފަދައިން ނުހައިކްގެ ފޯނު ދިނުމަށް އެދުނެވެ. އޮންލައިންކޮށް އިންސްޓާގްރާމްއަށް ލޮގިން ވުމަށްފަހު އުޝާންއަށް މެސެޖުކޮށްލިއެވެ. ވަގުތުން ޖަވާބު ލިބުމާއިއެކު އުޝާން ކަންބޮޑުވެފައިވާ މިންވަރު އޭނާއަށް އަންދާޒާކޮށްލެވުނެވެ.

“މި އޮތް ބޯ ވާރޭ ގަ ޒިޒީ ދާނީ ތަ؟” ޓެރެސް އާއި ދިމާލަށް ނަޒަރު ހުއްޓައިލަމުން ނުހައިކް އަހައިލިއެވެ.

“ދެން ނެތެއްނު އަހަރެން މާލޭ ގަ މަޑު ކުރާނެ ތަނެއް.” ޒީކް ދެކޮނޑު އަރުވައިލަމުން ބުންޏެވެ.

ނުހައިކް އެހެން ބުނުމާއިއެކު އެ ތާ ހުރި ދެ ކޮޓަރިއާއި ދިމާލަށް ލޮލުން އިޝާރާތްކޮށްލިއެވެ. މިފަހަރުވެސް ނުހައިކްގެ އެ ބެލުމުގެ ދަށުގައިވި މާނަ ފަސޭހަ ކަމާއިއެކު ޒީކްއަށް ނަގައިގަނެވުނެވެ. ތުންފަތަށް ބާރުކޮށްލަމުން މިފަހަރުވެސް ޒީކް އޭނާގެ ހިތް އެދުނު ގޮތަށް ކަންތައް ކުރީއެވެ. އުޝާންގެ ގާތުގައި މިރޭ އެކުވެރިއްގެ ގޭގައި މަޑުކުރަނީ ކަމަށް ބުނެ މެސެޖުކުރިއެވެ. އަދި މާދަމާ ހެނދުނު ގެއަށް ދާނޭ ކަމަށް ބުންޏެވެ. އުޝާންގެ ޖަވާބު ލިބުމާއިއެކު ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ޒީކް ނުހައިކްއަށް އޭނާގެ ފޯނު އަނބުރާ ދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

އާއެކޭ ލޯބިވޭ ހަތަރު ވަނަބައި (ރޯދަ އާއި ގުޅިގެން އަންނަނީ ފިތުރު އީދޭ )

Next

ތިޔަ ލޯތްބަށް އެދެވޭތީ… 22

Next
March 11, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 22

Previews
March 10, 2025

އާއެކޭ ލޯބިވޭ ހަތަރު ވަނަބައި (ރޯދަ އާއި ގުޅިގެން އަންނަނީ ފިތުރު އީދޭ )

2 Comments!

  1. Ghost girl 👻 says:
    March 11, 2025 at 6:42 pm

    Masha Allah 😍 vrh reethi when’s next curiously waiting for the next part keep it up luv yu Soo Soo much more and more 🥹🥰

    1. afu.shvvn af.shyn says:
      March 11, 2025 at 7:07 pm

      Thank youuu..
      IA v avahah kiyaalan libeyne
      Lyt 🫶🏼

Comments are closed.

Next Episodeވިހަ ލޯބި 7←


All Right Reserved!