Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 3

afu.shvvn
afu.shvvn Level 110 Stories
February 27, 2025 5 Mins Read
9 Comments

“ޕިސް ޕިސް. ތިހާ ގިނައިރު އޮފީހުގަ އުޅެންޏާ ދޮންބެ މާ އަވަހަށް މުސްކުޅިވެދާނެ. އެ ނުވައެއް ޖެހީ ވިއްޔަ.” އުނަގަނޑުގައި ދެއަތް ވިއްދައިލަމުން ޖެއްސުންކުރުމުގެ ނިޔަތުގައި ޒީކް ބުނެލިއެވެ.

“މިއަދު ވަރަށް ބޮޑު ކަމެއް ލައިގަނެގެންނޭ. އެހެން ނޫނަސް މުސްކުޅިވިޔަސް، މި ރީތިކަމެއް ޔަޤީނުންވެސް ނުގެއްލޭނެ. އެބަ އަންނަން ފްރެޝްވެލައިގެން.” އުޝާން އަވަސް އަރުވައިލައިފައި ދިޔައީއެވެ.

ދެކޮނޑު އަރުވައިލަމުން އަނެއްކާވެސް އޭނާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ނުދަންނަ ނަންބަރަކުން އައިސްފައިއިން މެސެޖެއްކަމުން އޭނާ އެ މެސެޖާއިމެދު ސުވާލު އުފެދުނެވެ. ފެންނާނީ ކޮންފަދަ އެއްޗެއްތޯ ހިތަށް ސުވާލުކޮށްލަމުން އެ މެސެޖަށް އޭނާ ފިއްތައިލިއެވެ.

“އާރ ޔޫ ކަމިން ޓު ދި ޕާރޓީ؟”

މެސެޖު ރަނގަޅަށް ކިޔައިނުލެވެނިސް އެ ނަންބަރުން ގުޅަން ފަށައިފިއެވެ. ލަސްކުރުމެއްނެތި ފޯނު ނަގައި ކަންފަތާއި ކައިރިކޮށްލަމުން އޭނާ ހަލޯ ކިޔައިލިއެވެ.

“ޒީ. ކީތްވެތަ ޖަވާބު ނުދެނީ؟” އެކޮޅުން ބުނި އަޑު އިވުނެވެ.

“ނޭނގުނު ތީ ކާކުކަމެއް.” ޒީކް ދެބުމަ ކައިރިކޮށްލަމުން ބުނެލިއެވެ.

“މީ މަލްއޭ!” މަލްކާ އެހެން ބުނުމާއިއެކު ޒީކްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ޕިސް ޕިސް. ނޭނގޭނެއެއްނު؟ އަހަރެން ހީކުރީ ސްޕޭމް ނަންބަރއެއްކަމަށް.” ޒީކް އެހެން ބުނުމާއިއެކު މަލްކާއަށް ހެވުނީއެވެ.

“އާނ، މީ ސްޕޭމްއެއް. އެނީވޭސް… އަހަރެން އެބަ ވިސްނަން ޕާރޓީއަށް ދާން.” މަލްކާ ވާހަކަ ބަދަލުކޮށްލިއެވެ.

“އެހެންތަ؟ އަހަރެންވެސް އެބަ ވިސްނަން. މައްސަލައަކީ ލާނެ އެއްޗެއް ނެތުން.” މޫނަށް ގޮތެއް ހަދައިލަމުން ޒީކް ގޮސް ވަދުނީ އޭނާގެ ކޮޓަރިއަށެވެ.

“ރަނގަޅުވާނެ އެހާ ގޮތް ބޮޑު އެއްޗެއް ނުލާ ދިޔަސް. މީ ހަމަ ނޯމަލް ޕާރޓީއެއްނު؟” މަލްކާ ބުންޏެވެ.

“އާނ، ދެން ޝޮޕިންއަށް ނުދެވެންޏާ އަހަރެން ދާނީ ހަމަ ނޯމަލް ޝާރޓްއަކާ ޖީންސްއެއް ލައިގެން.” ޒީކް ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ޔާނިއުގެ އިންތިޒާރުގައި ސައިކަލުގައި އިށީނދެއިން ނުހައިކް އިނީ ޒީކްގެ އިންސްޓަގްރާމް ޕްރޮފައިލްއަށް ވަދެގެންނެވެ. ޕްރައިވެޓްކޮށްފައި އިން އެކައުންޓެއްކަމުން ޕޯސްޓްތައް ބެލޭވަރެއްނުވިއެވެ. ޕްރޮފައިލްގެ ފޮޓޯއަކަށްވެސް ލައިފައިއިނީ ޒީކްގެ މޫނުގެ އެއްބަޔެވެ. ހީލައިފައި އިނުމުގެ ސަބަބުން އަޅާއިގެންހުރި ވަށް ނަންބަރު އައިނުގެ ލޯކޮޅުގެ ތެރެއިން ލޯ ކުޑަވެފައި، ކިރިޔާ ފާޅުވެލާ އަޑިކޮޅުވެސް ފާޅުވެފައިއިނެވެ. އެ ފޮޓޯއަށް ނަޒަރު ހުއްޓައިލައިގެން އިންދާ ޔާނިއު އައެވެ.

“ކޮބާ ތައްޔާރުތަ؟” ލޮލުގެ ހިމަކޮޅުން ޔާނިއުއަށް ނުހައިކްގެ ފޯނު ނިއްވައިލިއިރު ބަލަންއިން ޒީކްގެ ފޮޓޯ ފެނުނެވެ.

“އާނ، މަޑުކުރޭ. މަގޭ ސައިކަލު ހިފައިގެން އެބަ އަންނަން.” ޔާނިއު އެހެން ބުނަމުން ދިޔައެވެ.

އަނެއްކާވެސް ނުހައިކް ފޯނު ހުޅުވައިލިއެވެ. މިނެޓެއް ވީ ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އައީ މެސެޖެކެވެ. ‘އަރީ’ ގެ ނަމުން ސޭވްކޮށްފައިއިން ނަންބަރަކުންނެވެ. ނުހައިކް ވަގުތުން އެ މެސެޖު ހުޅުވައިލިއެވެ.

“ނުހައިކް، ކޮބާތަ؟ އައިމް ވެއިޓިން ފޯރ ޔޫ. ޕާރޓީ ފައްޓައިފި.”

“ސޮރީ އަރީ ލަވް، މި ޔާނިއު ތަތްކަމުން މިހާ ލަސްވެގެން މި އުޅެނީ. އޮން ދަ ވޭ.” ނުހައިކް ޖަވާބުދިނެވެ.

ފޯނު ނިއްވައިލައި ޖީބަށްލުމާއިއެކު ސައިކަލުގައި ޔާނިއު އައިސްފިއެވެ. އެއާއިއެކު ދެ ޒުވާނުން އެކުގައި މިސްރާބު ޖެހީ ޕާރޓީ އޮންނަ ތަނަށެވެ. ޕާރޓީ އޮންނަނީ މާލޭގެ ގެއެއްގައި ކަމުން ލައްކަ އިރުތަކެއް ނުވެ، އެ ހިސާބަށް ދެވިއްޖެއެވެ. ދޮރުން އެތެރެއަށް ވަނުމާއިއެކު ފުރަތަމަވެސް ކަންފަތާއި ހިސާބަށް ފޯރީ ސްޕީކަރުތަކުން ޖަހައިފައިވާ އެންމެ ފަހުގެ އިނގިރޭސި އަދި ސްޕެނިޝް ލަވަތަކުގެ އަޑެވެ. ކުރިއަށް ދަމުން ދިޔަ ވަރަކަށް ފެންނަމުން ދިޔަހާ ދަންނަ މޫނުތަކަށް ހިނިތުންވުންތައް ނުހައިކް އާއި ޔާނިއު ހަދިޔާ ކުރަމުން ދިޔައެވެ.

ތަންކޮޅެއް އަޑިއަށް ދިއުމާއިއެކު ދެ ޒުވާނުންގެ ލޮލުގައިވެސް އަޅައިގަތީ ސޯފާއެއްގައި އިށީނދެ ތިބި އަލްޔާ އާއި ޒީކްއެވެ. ޒީކްގެ ސޫރަ ފެނުމާއިއެކު ނިކަން ރީއްޗަށް ނުހައިކް ބަލައިލިއެވެ. ކޮނޑާއި ހިސާބަށް އަރާ ފަން އިސްތަށިގަނޑު ފަހަތަށް ގެންގޮސް އައްސައިފައިވީ އިރު އޭނާގެ އެ ދޮން ކަރުދާވަނީ ހާމައަށެވެ. މާ ގަދަ ނޫން މޭކްއަޕްއެއްކޮށްފައި ވީ އިރު އައިނުވެސް ހުރީ އަޅައިގެންނެވެ. ލައިގެން ހުރީ އާދައިގެ ޓީޝާޓްއެކެވެ. އެއާއިއެކު ޒީކްގެ ހަށިގަނޑާއި ގުޅޭ ‘ފްލެއާރޑް’ ލެގިންގްސްއެއް ލައިފައި ހުރިއިރު ބަލައިލަން ވަރަށްވެސް ފުރިހަމައެވެ.

ބުރަކަށީގައި މަޑު އަތެއްގެ ބީހިލުން އިހުސާސްވުމާއިއެކު ނުހައިކް އެނބުރެލިއެވެ. ފަހަތުގައިހުރި ހިމަތޮޅި އެހެނަސް ރީތި އަންހެން ކުއްޖާ ފެނިފައި ނުހައިކްގެ ތުންފަތަށް ވެރިވީ ކަންނެތް ހިނިތުންވުމެކެވެ. ގާތުން މި މަންޒަރު ބަލަންހުރި ޒީކް ހުރީ ދަތްކުނޑި ވިކައިގެންނެވެ.

“ނުހައިކް، ނުވެސް ބުނެ އައި ވާހަކައެއްވެސް.” އެ އަންހެން ކުއްޖާ ތުން ދަމައިލުމަށްފަހު ބުންޏެވެ.

“ހަމަ ދެންމެ އޭ މި އައީ.” ނުހައިކް ބުނެލިއެވެ.

“އަރީކާ؟ ނުހައިކް؟ ޕްލީޒް، މިތާ ތި މާފޮޅުވުން ނުފައްޓާ އެކޮޅަށް ދޭ.” ލާނެތް ގޮތަކަށް ހިނިއައިސްފައި ހުރެ ކޮޅަށް ތެދުވެލަމުން އަލްޔާ ބުންޏެވެ.

“އޯކޭ، މި ދަނީ އޭ އަލް.” އަލްޔާއަށް އެއްލޯ މަރައިލަމުން ނުހައިކް ބުނެލިއެވެ.

ފަސްއެނބުރި އަރީކާގެ އުނަގަނޑުގައި ހިފައިގެން ހުރެ ނުހައިކް ދިޔައީ ޒީކްއަށް އަދިވެސް އެއްފަހަރު ނަޒަރެއް ދީފައެވެ. އެ ދެ ޒުވާނުން ދިއުމާއިއެކު ޒީކް ތެދުވިއެވެ. ކައިރީގައި ހުރި މޭޒުން ކޯކް ތައްޓެއް ނަގައިގެންގޮސް އޭނާ މަޑުކޮށްލީ އަލްޔާގެ ގާތުގައެވެ.

“ދެޓް ގާލް، އެއީ ނުހައިކްގެ ލޯބިވެރިޔާތަ؟” ކުޑަ ހިމޭންކަމަކަށްފަހު ޒީކް އަހައިލިއެވެ.

“ނޭނގެ.” ކުރު ޖަވާބަކުން އަލްޔާ ފުއްދައިލީއެވެ.

އެއަށްފަހު ތަންކޮޅެއް ދުރުގައި ތިބި ކުދިންތަކަކާއި ދިމާއަށް އަތް ހޫރުވަމުން އޭނާ ދިޔައީއެވެ. އަލްޔާގެ ފަރާތުން ލިބުނު ކުރު ޖަވާބަކުން ޒީކްގެ ހިތެއް ނުފުރުނެވެ. މާޔޫސްކަމާއިއެކު އަނެއްކާވެސް ގޮސް އިށީނީ ސޯފާގައެވެ. އެއަށްފަހު ފޯނު ހުޅުވައިލިއެވެ. ފުރަތަމަވެސް އޭނާގެ ނަޒަރު ދަމައިގަތީ މަލްކާގެ ފަރާތުން އައިސްފައިވި މެސެޖަށެވެ. އޭގައި އޭނާއަށް އާދެވެން ނެތްކަން ބުނެފައިވެއެވެ. އެ މެސެޖު ކިޔުމާއިއެކު ޒީކްއަށް އޭނާ އެ ޕާރޓީއަށް އާދެވުމުގެ މޮޔަ ހިތަށް އެރިއެވެ.

“ސޭޑް.” ޒީކް ސިހުނީ އޭނާގެ ކައިރިން ކުއްލިއަކަށް މީހަކު ވާހަކަ ދެއްކުމުންނެވެ.

ދެލޯ ބޮޑުކޮށްލަމުން މޫނު އަނބުރައިލިއިރު އޭނާއަށް ފެނުނީ އޭނާގެ ގާތުގައި އިށީނދެ އިން ޔާނިއުއެވެ. އޭނާ އިނީ ޒީކްގެ ފޯނަށް ލޯ ދީގެންނެވެ. ޒީކްގެ ފޯނު އަދިވެސްވަނީ މަލްކާގެ ޗެޓަށް ލެވިފައެވެ.

“ޔާނިއު؟ ކީތް ތި ކުރަނީ މިތާ؟” ބޭއިޚްތިޔާރުގައި ޒީކްއަށް ބުނެވުނެވެ.

“ޒީ، ނެތެއްނު ވަކި އަހަރެންނަށް މިތާ އިށީނުން މަނަލެކޭ ޖަހައިފައެއް؟” ފުޅާ ހިނިތުންވުމަކާއިއެކު ޔާނިއު ބުންޏެވެ.

“ބައި ދަ ވޭ ޒީ، ޔޫ ލުކް ގޯރޖަސް މިހާރު.” ޔާނިއުގެ އެ ކުއްލި ތަޢުރީފާއިއެކު ޒީކްގެ ކޮލަށް ރަތް ކުލަ ފާއްދައިލިއެވެ.

“ތެންކްސް. ޔާނިއުވެސް.” ޔާނިއުއަށް ކުޑަކޮށް ބަލައިލަމުން ޒީކް ބުނެލިއެވެ.

ބަލާ ބެލުމަށް ޔާނިއުއަކީ ރީތި ޒުވާނެކެވެ. ގައިގެ ކުލަ އަލިވެފައި ރީތިވަރަކަށް ހުރި ކަޅުކަންގަދަ ފަން އިސްތަށިކޮޅު އޭނާ އާއި ނުހަނު ގުޅެއެވެ. އިސްކޮޅުން ދިގުވެފައި ބައިމަތިފުޅަލެވެ. ހަށިގަނޑު ކުރިއަށްވުރެ ބިޔަވެލައިފައި ވީއިރު ގަވާއިދުން ޖިމަށް ދާކަން އެނގެއެވެ. ގައިމުވެސް ޔާނިއުއަކީ ނުހައިކް އާއި އަޅައި ކިޔާއިރު އެތައް ގޮތަކުން ރީތި އަދި ފުރިހަމަ ޒުވާނެކެވެ.

“އޮފްކޯސް. ޒީ ކީތްވެތަ ތިހާ މަދުން މިހާރު ތި ވާހަކަ ދައްކަނީ. ކުރިން އަނގަ ހުއްޓައިނުލާނެ.” ސޯފާގައި ހަމަޖެހިލަމުން ޔާނިއު ވާހަކަ އަޅުވައިލިއެވެ.

“އެއީ ޔާނިއުއަށް ހީވާ ގޮތް. އަހަރެން އަދިވެސް އަނގަ ގަދަ ވާނެ. ދެން ޔާނިއުމެން ރީތިވީމަ އަހަރެން ކަހަލަ އާދައިގެ ކުދިންނާއި އެއްކޮށް ނޫޅޭތީ ނޭނގޭނެއެއްނު.” ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ޒީކް ބުނެލިއެވެ.

“ނޫނޭ. ޒީ ރީއްޗޭ! ޒީ އިސްވެ ވާހަކަ ދައްކައިތޯ މަ މި ހުރިހާ އިރެއް ވަންދެން ވާހަކަ ނުދައްކައި މި ހުންނަނީ. އެކަމަކުވެސް މަށެއްނު މި ގޯސްވީ؟” ސަކަގޮތަކަށް ޔާނިއު ބުންޏެވެ.

“އަޅެ، ޔާނިއު ގޯހެކޭ އެއްގޮތަކަށްވެސް ނުބުނަމެއްނު. ޔާނިއު ހަމަ ބަރާބެރޭ.” ޒީކް އެހެން ބުނުމާއިއެކު ޔާނިއު މޫނަށް ހަދައިލިގޮތަކުން އޭނާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“މިހާރު ތީ އޭ އަސްލު ޒީއަކީ. އަސްލުވެސް، ވަރަށް މިސްވި ޒީގެ މަތިން. ހިނގާ އަލުން ފްރެންޑްސްއަށް ވާން. ޔަޤީނުންވެސް ޒީގެ ފްރެންޑްއެއް ރާއްޖޭގަ މަދުވާނެ.” ޔާނިއުވެސް ހިނިގަނޑެއް ޖަހައިލުމަށްފަހު ބުންޏެވެ.

“މައްސަލައެއް ނެތް. ތިއީ ވެސް ދޮގެއް ނޫން.” ޒީކް ހެވިލައިފައި ބުންޏެވެ.

އެއަށްފަހު ދެޒުވާނުންވެސް ދެ ޒުވާނުންގެ ނަންބަރު އަތުލިއެވެ. އަދި އަނެއްކާވެސް އޮލަ ވާހަކައިގެ ތެރެއަށް ގެނބުނެވެ. މި ހުރިހާ މަންޒަރެއް ބަލަން ދުރުގައި ނުހައިކް ހުރި ކަމެއް އެއިން އެކަކުވެސް ނުދެނެ ހުއްޓެވެ. ނުހައިކް ކިތަންމެ ހަސަދަވެރިވެފައި ހުރިކަމުގައި ވިޔަސް އެކަމެއް މޫނު މައްޗަކުން ނުދައްކައެވެ. ހަމަޖެހޭކަން މޫނު މަތިން ދައްކައިގެން ހުރި ނުހައިކް އަނެއްކާވެސް ކުރިމަތި ލީ އޭނާގެ ކުރިމަތީގައި ވާހަކަ ދައްކަންހުރި އަރީކާއަށެވެ.

“އޮނަސްޓްލީ، އަހަރެން އެއަށްފަހު އޭނަދެކެ ވަރަށް ފޫހިވޭ…..” އަރީކާ ދައްކަމުން ދިޔަ ވާހަކަތައް ފޫހިކަމުން ނުހައިކްއަށް ކިރިޔާ އާނުފުރެވި ހުރިކަމެވެ.

“އަސްލުވެސް، ވަރަށް ކަޑަ ގޮލައެއް ދޯ؟ އަރީ، އެބަ އަންނަން އިނގޭ އެތަނުން ކޯކް ތައްޓެއް ހިފައިގެން.” ނުހައިކް އެންމެ ފަހުން ނުހުރެވިގެން ބުންޏެވެ.

“އޯކޭ، މޭކް އިޓް ޓޫ.” އަރީކާގެ އެ ބުނުމަށް ބޯ ޖަހައިލުމަށްފަހު ނުހައިކް ދިޔައީއެވެ.

ކޯކު ތަށިތައް ހުރިތަނުގެ ބަދަލުގައި ނުހައިކް ދިޔައީ އެ ގޭގެ އަނެއް ފަރާތަށެވެ. އެ ދިމާއިން ބޭރަށް ނިކުމެވެން ހުރި ދޮރަކުން ބޭރަށް ނިކުތެވެ. އޭނާއަށް ނިކުމެވުނީ ކުޑަވަރެއްގެ ބަގީޗާއެއް ކަހަލަ ތަނަކަށެވެ. މަޑުމަޑު ފިރިހެންވަންތަ ހިނގުމެއްގައި އޭނާ ގޮސް މަޑުކޮށްލީ ބޭރު ފިނިފެންމާ ގަސްތަކެއްގެ ކައިރީގައެވެ. ތިން ކުލައެއްގެ ފިނިފެންމާ ގަސްތަކެއް ހުރިއިރު އޭނާގެ ސަމާލުކަން އަތުލައިގަނެފައިވަނީ ރަތް ފިނިފެންމާ ގަހެވެ. ގިނަ ފިނިފެންމާތަކެއް އެ ގަހުގައި ފޮޅިފައިވީ ނަމަވެސް އޭނާ އަތް ގެންދިޔައީ އެއްބައި ފިޔަތަކުގެ ކުރީގައި ކަޅުކުލަހުރި ފިނިފެންމަލަކާއި ދިމާއަށެވެ. ފަރުވާތެރިކަމާއިއެކު ކަށި ނުހެރޭގޮތަށް ނުހައިކް އެ ފިނިފެންމާ ބިނދެލިއެވެ. އަދި ކުޑަ ހިނިތުންވުމަކާއިއެކު އެ ފިނިފެންމަލަށް ނަޒަރު ހިންގައިލިއެވެ.

އަޑެއް އިވުމާއިއެކު ނުހައިކް އެ ފަރާތަށް ބޯ އަނބުރައިލިއެވެ. ހުއްޓުންއަރައިފައި ހުރި ޒީކް ފެނުމާއިއެކު އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވިއެވެ. އަތް ފިނިފެންމަލާއިއެކު ތިރިކޮށްލަމުން މަޑުމަޑުންގޮސް ނުހައިކް ޒީކްގެ ކުރިމަތީގައި ހުއްޓުނެވެ. ޒީކް ކުރުކަމުން ކިރިޔާ ނުހައިކްގެ މޭމައްޗާއި ހަމައަށް އަރާ ކަމެވެ.

“އެކަނި މާ އެކަނި ކީތް ތި ކުރަނީ މިތާ؟” ކުޑަކޮށް އެއްފަރާތަކަށް ބޯއަރިކޮށްލަމުން ނުހައިކް އެއްސެވެ.

“އަ..އަހަރެން އެކަނި ތަ؟ ނުހައިކް ވެސް.” ޒީކް ލޯ މައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅެއް ކަންފަތް ދަށަށް ލައްވައިލިއެވެ.

“ކިހިނެތް އިނގެނީ އަހަރެން މީ ޖިންނިއެއް ނޫންކަން؟” ނުހައިކް ޒީކް އާއި ސަމާސާކޮށްލާ ހިތްވިއެވެ.

“އަހަރެން ބިރެއް ނުގަނޭ. އެހެން ނޫނަސް އަހަރެންނަށް ޔަޤީން ނުހައިކް އުޅޭ ގޮތަކަށް ޖިންނީންނެއް ނޫޅޭނެކަން.” ހަރަމް ބަނެލަމުން ޒީކް ބުނެލިއެވެ.

“ހައު ހޭވް ޔޫ ބީން، ޒިޒީ؟” ޒީކްގެ ވާހަކައަށް ސަމާލުކަން ދިނުމެއް ނެތި ނުހައިކް ސީރިއަސްވެލިއެވެ.

އެއާއިއެކު ޒީކްއަށް ސިފަވީ ފުރާވަރުގައި އޭނާ އާއިއެކު އުޅުނު ނުހައިކްއެވެ. އޭނާއަށް ނުހައިކްދެކެ ލޯބިވެވުނީ ނުހައިކްގެ ހުންނަ މިފަދަ ކުދިކުދި ސިފަތަކާއި ހެދިއެވެ. އެ ދުވަސްވަރުގެ ފޮނި އަދި ހިތިކަން ހަނދާންވުމާއިއެކު ޒީކް ކުޑަކޮށް ހިތުގައި ޖެހުނެވެ. ފަރުވާތެރިކަމާއިއެކު ޒީކްގެ މޫނުގެ ކުލަވަރުތައް ބަލަންހުރި ނުހައިކްއަށް މިކަން ފާހަގަ ނުވެއެއް ނުދެއެވެ. ޒީކް އިސްޖެހި ނަމަވެސް ނުހައިކްގެ އެ ތޫނު ނަޒަރަކުން އޭނާއަށް ސަލާމަތެއް ނުވެވުނެވެ. އެގޮތުގައި ހުރެ މަޑު ހިމޭންކަމެއް އެ ދެ ޒުވާނުންގެ މެދުގައި ވަށައިލިއެވެ.

ނުނިމޭ

ސަލާމް… ‘ވިހަ ލޯބި’ ގެ މި ބައި ކިޔުންތެރީންނާއި ހިސާބަށް ތަންކޮޅެއް ލަހުން ފޯރުކޮށްދެވުމަށްޓަކައި ކިޔުންތެރީންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

ރޭފަނާ – 5

Next

އިތުބާރު1

Next
February 27, 2025

އިތުބާރު1

Previews
February 27, 2025

ރޭފަނާ – 5

9 Comments!

  1. pinkie says:
    February 27, 2025 at 1:19 pm

    it’s ok af.shyn
    mi part ves vrh reethi
    haadha curious koh mi part thi ninmaaly
    when next?
    ramadan mubarak
    ❤️

    1. afu.shvvn af.shyn says:
      February 27, 2025 at 3:52 pm

      thanksss a lotsss! hehe yess. IA next part saturday ge kurin submit kollevey thw balaanan. Ramadan Mubarak to you tooo <33

  2. Rosie says:
    February 27, 2025 at 9:29 pm

    Okay so why is nuhaik with areeka like he still hasn’t moved on (if they’re dating) like he should stop being with her if he doesn’t like her he’s wasting her and his time to find someone that actually loves them and I can see zeek hasn’t moved on too ig it’s hama like the title they’re both kinda toxic anyways waiting for next part

    1. Anonymous says:
      February 27, 2025 at 9:31 pm

      Oh and Ramadan Mubrarak to you girlie

    2. Rosie says:
      February 27, 2025 at 9:33 pm

      Oh and Ramadan Mubrarak to you girlie

    3. afu.shvvn af.shyn says:
      February 28, 2025 at 12:06 pm

      Yup. Let’s say it’s Nuhaik’s nature. You will know the reason for their actions as the story goes on! And yeah, like the title says, they kinda seem toxic..

    4. afu.shvvn af.shyn says:
      February 28, 2025 at 12:07 pm

      Ramadan Mubarak to u too Rosie 🌙❤️

  3. Ghost girl 👻 says:
    March 1, 2025 at 9:56 pm

    Heyyyy 👋🏻👋🏻 vrh vrh reethi mi part ves ☺️ aslu ves vrh reethi when’s next??? Keep it up 👍🏻 LYSM afshyn my lovs

    1. afu.shvvn af.shyn says:
      March 2, 2025 at 10:40 pm

      thank uuu smmmm <33 now submit koffa vaane next part.. lyt

Comments are closed.

Next Episodeވިހަ ލޯބި 4←


All Right Reserved!