Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 21

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
February 12, 2025 5 Mins Read
30 Comments

އަހަރެމެންނަށް މައުލޫމާތު ލިބިއްޖެ ޕޮލިހަކަށް ހަމަލާއެއް ދޭން މަސައްކަތް ކުރާ ކަމަށް.. ވަރަށް ބޮޑަށް އެމީހުން ވަނީ އެކަމަށް ރާވާފަ.. މައުލޫމާތު ލިބޭގޮތުންނަމަ މިރޭގެ ވަގުތަކު އެކަމެއް ކުރަން ތައްޔާރުވަނީ.. އަހަރެމެންނަށް މިކަން ނުހުއްޓިއްޖެނަމަ އެމީހަގެ ފުރާނައަށް ނުރައްކާ ވާނެ..” އެއް ނޭވާއިން ހާސްވެފައި ހުރެ ޒިޔަލް މާވިން ކުރި ސުވާލަށް ޖަވާބުދިނެވެ.

***ޕާޓް 21***

ޒިޔަލްގެ ވާހަކައިން މާވިންގެ ދެލޯ ބޮޑުވިއެވެ. ” އަހަރެމެންގެ ގޭންގުންތަ؟ ” މާވިން ހާސްވެފައިހުރެ އަހައިލިއެވެ. ” ނޫން ޝެޑޯ ގޭންގް ކިޔާ ގޭންގަކުން.. އެމީހުންގެ ޓާގެޓަކަށްވެފަ މިވަނީ، ތި ބްލަޑް މާފިޔާ ގޭންގުން އަލިފާން ޖެހި އަންހެންމީހާގެ ދަރި މަރައިލުމަށް..” ޒިޔަލް ކިޔައިދިނެވެ. ” އެއީ ދާރިއަންގެ ޕޮލިސް ޓީމްގެ ލީޑަރު.. ” ހާސްވެފައި މާވިން ބުންޏެވެ. ޒިޔަލް ބޯޖަހައިލިއެވެ. އަދި އަވަސް އަވަހަށް އެކަން ހުއްޓުވުމަށް ޓީމްއެއް ތައްޔާރު ކުރަން ފެށިއެވެ. މާވިން ދާރިއަންއަށް ގުޅަމުން ކެބިންއިން ނުކުތެވެ. ދާރިއަންއަށް ގުޅާފައި ސަފާރީގެ ޑެކްއަށް ނުކުތުމަށް ބުނުމަށްފަހު، މާވިން އެތަނަށް ދިޔައެވެ.

މާވިންއަށް ޑެކްއާއި ދިމާލަށް ދެވުން އިރު ދާރިއަން ހުރީ އެތަނުގައެވެ. ” ހޭ ކިހިނެތްވީ؟ ހާދަ ހާސްވެފަ މިތަނަށް އަންނަން ބުނީ.. ” ދާރިއަން ވާނުވާގައި ހުރެ އަހައިލިއެވެ. ” އުކައިލްއަށް ހަމަލާ ދޭން އެބަ ރާވާ.. ” މާވިން ބުންޏެވެ. ” ކާކު؟ އަހަރުމެން ގޭންގް ބައެއްތަ؟ ” ހާސްވެފައި ހުރެ ދާރިއަން އަހައިލިއެވެ. މާވިން ބޯހޫރުވައިލިއެވެ. ” ކޮންމެވެސް އެހެން ގޭންގެއް.. ޒިޔަލް ބުނީ ޝެޑޯ ގޭންގް ކިޔާ ގޭންގެކޭ.. ” މާވީން ދާރިއަންގެ ސުވާލަށް ޖަވާބުދިނެވެ. ” އުކައިލްއަށް ތި ކަންތައް އަވަހަށް އަނގަން ޖެހޭނެއެއްނުން. ” ދާރިއަން ފޯނުނަގަމުން ބުންޏެވެ.

މާވިން ދާރިއަންގެ އަތުން ފޯނު އަތުލިއެވެ. ” ކަލޭ މޮޔަވީތަ؟ ފޯނުން މިކަހަލަ ވާހަކައެއް ނުބުނެވޭނެ.. މިތަނުން އެބަ ފޮނުވާ ޓީމްއެއް މާލެއަށް އުކައިލް ރައްކާތެރިކުރަން.. ކަލޭ އެތަނުން ފެނިއްޖެޔާ އެމީހުން ޝައްކު ކުރާނެ.. ” މާވިން ބުންޏެވެ. ދާރިއަން ބޯޖަހައިލަމުން މާވިންގެ ވާހަކަ ގަބޫލު ކުރިއެވެ. ” ކޮންއިރަކު އެ ހަމަލާ ދޭން ރާވާފަ އޮތީ؟ ” ދާރިއަން އަހައިލިއެވެ. ” މިރޭ ކޮންމެސް އިރަކު..އެކަމަކު މިރޭ އެގަޑީގަ ވަދީހުމެން ބާއްވައެއްނުން ކަލޭގެ ޕާޓީވެސް ގޭންގަށް ވެއްދިކަމުގެ؟ ކަލޭ އެތާގަ ހުންނަން ޖެހޭނެ.. ” މާވިން ބުންޏެވެ. ” މަގޭ އެކުވެރިޔާ މަރުވާން ދޫކޮށްފަ މަ ޕާޓީ ކުރަންވީ؟ ތީ ހާދަ ހެއްވާ ކަމެކޭ ދޯ.. ނޫޅެން އެ ޕާޓީގަނޑަށް ދާކަށް މަށަށް ކޮންކަމެއް.. ” ދާރިއަން ހިތްހަމަ ނުޖެހިފައި ބުންޏެވެ.

މާވިން ބޯހޫރުވާލިއެވެ. ” ކަލޭ ތިހެން ހެދީމަ އެމީހުން ކަލެޔަށް ޝައްކު ކުރާނޭ.. ކަލޭގެ ވަރުގަދަ ސިކުނޑިއަށް އެކަމެއް ނޭނގޭތަ؟ ” މާވިން ދާރިއަންގެ ބޮލުގައި ފުއްޓައްކެއް ޖަހައިލަމުން ބުންޏެވެ. ދާރިއަން ރުޅި އައިސްފައި ހުރެ މާވިންގެ އަތް ފޮޅުވައިލިއެވެ. އަދި ތަންކޮޅެއް ދުރަށްގޮސް ސިގިރޭޓެއް ތުނބުގައި ޖަހާ އެތެރެއަށް ދަމާލިއެވެ. އޭނަގެ މޫނުން ފެންނަނީ ހާސްކަމާއި ރުޅިވެރިކަމެވެ. މާވިން ދެއްކީ ތެދުވާހަކައެއްކަން އެނގުނު ނަމަވެސް، އެކުވެރިޔާއަށް އެފަދަ ހަމަލާއެއްދޭން ރާވާފައި ހުއްޓަ ޕާޓީއަކަށް ދާކަށް ބޭނުމެއްނުވިއެވެ.

އުކައިލް ގޮސް އެތަނުގައި ހުރި ބެލްކަންޏަކަށް ނުކުތުނެވެ. ދާލިޔާ މަޑުމަޑުން އުކައިލްގެ ފަހަތުގައި ހުއްޓިލިއެވެ. ދާލިޔާ އިރުއޮއްސޭ މަންޒަރާއި ދިމާލަށް ބަލައިލިއެވެ. އޮރެންޖާއި ރަތް އަދި ގަދަ ދަނބުކުލައިގައިވާ އުޑު ފެންނަނީ މޮޅު ކުރެހުންތެރިއަކަށްވެސް ކުރަހައި ނުލެވޭނެހާ ފުރިހަމަކޮށްށެވެ. ރަތްކަންގަދަ އިރާއި މޫދާއި ގުޅޭ ހިސާބުން އިރުގެ އޮރެންޖް އަލިތައް މޫދުން ދަތުރުކުރަމުން ދިޔައެވެ. މީ ކިތަންމެ ހިތްގައިމު މަންޒަރެއް ނަމަވެސް އުކައިލްއަށް މި ހިތްގައިމުމަންޒަރުން އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއްނުވެއެވެ. އޭނާގެ ވިސްނުން ދިޔައީ މާ ދުރަށް ދަތުރު ކުރަމުންނެވެ.

ސިގިރޭޓުގައި ރޯކޮށްލަމުން ތުބުގައި ޖަހަން އުޅެނިކޮށް ދާލިޔާ އެ ސިގިރޭޓު އަތުލުމަށްފަހު ފައިން އަރައި ޗިސްކޮށްލިއެވެ. ” އަހަރެން ވަރަށް ފޫހިވޭ ދުންބޯ ފިރެހެނުން ދެކެ.. ” އަނގައަށް ގޮތެއް ހަދައިލަމުން ދާލިޔާ ބުންޏެވެ. ދާލިޔާގެ ޖުމުލައިން އުކައިލްގެ މޫނަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ” ދާޔާ ތިހެނެއް ނުބުނާނެ ދާޔާ އެއްފަހަރު ނަމަވެސް ރަހަބަލާލިއްޔާ.. ” އުކައިލް ހީލަމުން ބުންޏެވެ. ” ޗީޑި އަހަރެން ނޫޅެން.. ދޮންބެއަށް ތިކަހަލަ ޑެވިލްއެއް ނޫން މީހަކު ބެސްޓީއަށް ހަދަން ނުފެނުނީބާއޭ އަހަރެން ހިތަށް އަރަނީ.. ” ދާލިޔަ ކަޅި އަބުރާލަމުން ބުންޏެވެ.

” އަހަރެންނަށް އެހެން އެއްޗެއް ބޯން ލިބޭނެ ނަމަ ދާޔާ ބުނާހެން ދުމެއް ނުބޯނަމޭ.. ” ލާނެތް ގޮތަކަށް އެއްމިޔަކަނުން ހީލަމުން، ދާލިޔާގެ މަޑު ފިޔާތޮށިކުލައިގެ ވަށް ތުންފަތަށް ބަލައިލަމުން އުކައިލް ބުންޏެވެ. ދާލިޔާ އިރުކޮޅަކު އުކައިލް ބުނި އެއްޗެއް ނޭނގި ހުއްޓެވެ. އުކައިލް ދާލިޔާގެ ދުންފަތަށް ބަލަން ފެށުމުން އުކައިލް މާނަ ކުރި ގޮތް އެނގުމުން ދާލިޔާ އަވަހަށް އަނގަމަތީގައި އަތް އަޅައިލިއެވެ. ” ޔޫ ޑާރޓީ މައިންޑެޑް ޑެވިލް.. ” އުކައިލްގެ ކޮނޑުގައި މަޑުން ޖަހައިލަމުން ދާލިޔާ ބުންޏެވެ. އޭރު އޭނަގެ ކޯތާފަތައް ވަނީ މަޑު ރަތް ކުލައެއް އަރައިފައެވެ.

ދާލިޔާއަށް ވީ ގޮތުން އުކައިލް ހޭން ފެށިއެވެ. އުކައިލް ހޭން ފެށުމުން ދާލިޔާގެ ކޯތާފަތް ވަކިން ރަތްވިއެވެ. ނަމަވެސް ރުޅިއައިކަން ދައްކަން އޭނަ ދެލޯ އަޅައިލިއެވެ. ” އޯކޭ އޯކޭ ސޮރީ ދިމާކުރުން ނިމުނީ.. ދާޔާ ފޫހިވާ ކަހަލަ ފިރިހެނަކަށް އަހަރެނަށް ކިހިނެތް ވާނީ.. އިރާދަކުރެއްވިއްޔާ ދެން ސިގިރޭޓެއް ނުބޯނަން.. ހެޕީ؟ ” އުކައިލް އޭނާގެ ކަންފަތުގައި ހިފާލަމުން މާފަށް އެދޭ ފަދައިން ބުންޏެވެ. “ޕްރޮމިސް؟” ދާލިޔާ ކުޑަވާ އިނގިލި ނަގަމުން ކުޑަކުއްޖެއް ފަދައިން ބުންޏެވެ. ދާލިޔާގެ މި މައުސޫލު އަމަލުން އުކައިލްގެ ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހްސާސެއް ކުރެވުނެވެ. މަޑުމަޑުން ހީލަމުން ބޯޖަހައިލުމަށްފަހު އޭނަގެ ކުޑަވާ އިނގިލި ދާލިޔާގެ އިނގިއްޔާ ގުޅުވައިލިއެވެ.

ދާލިޔާމެންގެ މި އަމަލު ބަލަން ހިޔަނިތަކުގެ ތެރޭގައި ހުރި މީހާ ފޯނު ނަގައި މީހަކަށް ގުޅައިލިއެވެ. ” ކޮބާ އެންމެން މިރެޔަށް ތައްޔާރުތަ؟ ” އެމީހަ ފޯނުގެ އަނެއްކޮޅުގައި ހުރި މީހައަށް ބުންޏެވެ. “ތައްޔާރު” ފޯނުގެ އަނެއްކޮޅުގައި ހުރި މީހަ އެހެން ބުނުމުން އެމީހަ ފޯނު ކަނޑާލުމަށްފަހު ނުލަފާ ގޮތަކަށް ހީލިއެވެ. އެމީހަގެ ދެލޮލުން ނަފްރަތުގެ އަލިފާން ކަނި ބުރާ ފަދައިން ހީވެއެވެ. ” މިހާރު ދެކުދިން ހޭނެ ވަރަކަށް ހީ މާދަން ޖެހޭނީ ރޮއެރޮއެ ބަލިވާންވިއްޔަ.. ” މަޑުމަޑުން އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް އެމީހަ ބުންޏެވެ.

ދާލިޔާ އާއި އުކައިލް ސިހުނީ އިޔާދު ކަރުކެހިލުމުންނެވެ. އިޔާދު ގަދަކަމުން ހީލަމުން އެމީހުންގެ ގާތަށް އައިސް ހުއްޓުނެވެ. ” އޭނައަށް އަހަރެންގެ މައުލޫމާތު ލިބުނުގޮތް ބުނިތަ؟ ” އުކައިލް އަހައިލިއެވެ. އިޔާދު ފުން ނޭވާއެއް ދޫކޮށްލަމުން ބޯހޫރައިލިއެވެ. އުކައިލް އިސްތަށިގަނޑަށް އަތްމަހައިލަމުން މާޔޫސްކަމާއިއެކު ދުރު ބަލައިލިއެވެ. ދާލިޔާ އުކައިލްއަށް ހިތްވަރު ދިނުމުގެ ގޮތުން އުކައިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ” އަހަރެން އޭނައާ ވާހަކަ ދައްކާނަން.. ” އުކައިލް ބުންޏެވެ. ” އުކައިލް ޕްލީޒް ނޫން.. އުކައިލް އެތަނަށް ގޮސްފިއްޔާ ކަންތައް މާ ގޯސްވާނެ.. ” ދާލިޔާ ބުންޏެވެ.

” އެއީ ކީއްވެ؟ އަހަރެން އެތަނަށް ގޮސްގެން ކަންތައް ގޯސްވާންވީ؟ އަހަރެންމީ ފުލުހެއް.. އަހަރެންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އެނގޭ.. އެހެންނޫނީ ހީވަނީތަ އަހަރެންނަށް އެތަނަށް ގޮސްގެން އަމިއްލަ ނަފްސު ކޮންޓްރޯލް ނުވާނޭ؟ ހީވަނީތަ އެ ފިރެހެނާ އަހަރެންގެ މަންމަ އަދި ބައްޕައާ އެހެން ބެހުނީ އޭނަ ލައިގެން ހުރި އެއްޗެހީގަ ހިފާ މޭޒަށް ގަންނަވާލާނޭ؟؟ ” އުކައިލް ވާހަކަ ދައްކަމުން ދިޔަވަރަކަށް ދިޔައީ ދާލިޔާއާ ގާތަށް ޖެހެމުންނެވެ. ދާލިޔާ ފަހަތަށް ފިޔަވަޅު އަޅަމުންގޮސް ފާރުގައި އޭނަގެ ބުރަކަށި ޖެހުނެވެ. މިހާރު އެއީ ދާލިޔާއާ ދެންމެ ސަމާސާ ކުރި އުކައިލްހެން ހީވެސް ނުވެއެވެ. ދާލިޔާގެ ދެފަރާތުން އުކައިލްގެ އަތް ފާރުގައި ޖައްސާލަމުން ހައްޔަރުކޮށްލިއެވެ.

” އުކައިލް ކީއްތިކުރަނީ.. ” އިޔާދު އުކައިލްއާ ކައިރިވުމަށްފަހު، ދާލިޔާއާ ދުރައްޖެއްސުމަށްޓަކައި، އުކައިލްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އުކައިލް ރުޅިގަދަވެ ހުރެ އިޔާދުގެ އަތް ފޮޅުވައިލިއެވެ. ” ދިސް އިޒިންޓް ޔޫ.. ” ދާލިޔާ އުކައިލްގެ ކޯތާފަތުގައި މަޑުމަޑުން އަތްލަމުން ބުންޏެވެ. ދާލިޔާގެ މަޑުފޮނި އަޑުން އުކައިލްގެ ރުޅިވެރި ސިކުނޑު ހޭލުއްވައިލިފަދައެވެ. ދާލިޔާގެ އަތުގެ ބީހުން އިހްސާސްވުމުން އުކައިލްގެ ހިތް އައިސްކްރީމްކޮޅެއް ވިރޭ ފަދައިން ވިރިގެން ދިޔަ ފަދައެވެ. އޭނައަށް އުޅެވުނު ގޮތް އިހްސާސްވުމުން އަވަހަށް ދާލިޔާއާއި ދުރަށްޖެހިލިއެވެ.

ނަމަވެސް ދާލިޔާ އުކައިލއަށް އޭނަޔާ ދުރުވުމުގެ ފުރުސަތެއް ނުދިނެވެ. ދާލިޔާ އުކައިލްގެ ކަނދުރާގައި އަތް އަޅުވައިލުމަށްފަހު އުކައިލްގެ ބޯ ގެނެސް އޭނަގެ ކޮނޑުގައި ބާއްވާލިއެވެ. އުކައިލް އޭނަގެ އަތް ދާލިޔާގެ ހަށިގަނޑުގައި ވަށައިލިއެވެ. ” އައިމް ސޮރީ.. ” މަޑުމަޑުން އުކައިލް ބުންޏެވެ. ދާލިޔާ އިރުކޮޅަކު އެއްޗެކޭ ބުނުމެއް ނެތި ހުއްޓެވެ. އުކައިލްގެ އިސްތަށިގަނޑުގައި އޭނާގެ ހިމަ އިނގިލިތައް ދިޔައީ ހަރަކާތް ކުރަމުންނެވެ. ” އިޓްސް އޯކޭ.. ” ދާލިޔާ މަޑުމަޑުން ބުންޏެވެ. ” އަހަރެން ކުޑަކޮށް ރެސްޓްކޮށްލަން ގެޔަށް ގޮސްލަނީ މިރޭ ދެން.. ” ފުން ނޭވާއެއްލުމަށްފަހު އުކައިލް ބުންޏެވެ. އޭނަގެ ދެލޮލުން ފެނިގެން ދަނީ ވަރުބަލި ކަމުގެ އަސަރުތަކެވެ.

ދާލިޔާ ބޯޖަހައިލުމަށްފަހު އުކައިލްގެ ގައިން ދޫކޮށްލިއެވެ. އުކައިލް ކުޑައިރުކޮޅަކު ދާލިޔާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓެވެ. އޭނަގެ ހިތުގައި ބޮޑު ކަމެއްވާން އުޅޭފަދަ އިހްސާސްއެއް އުފެދުނެވެ. ދާލިޔާގެ ހަށިގަނޑުގައި ވަށައިލައިފައިވާ އަތް ކުޑަކޮށް ބާރުކޮށްލުމަށްފަހު ދޫކޮށްލިއެވެ. ” އައި ލަވް ޔޫ.. ” މަޑުމަޑުން އުކައިލް ބުންޏެވެ. ދާލިޔާގެ ކޯތާފަތަށް ރަތްކުލަ އަރައިގެން ދިޔައެވެ. ” ދާޔާގެ ޖަވާބަކަށް މުޅި އުމުރު ދުވަހު އިންތިޒާރު ކުރަން ޖެހުނަސް އަހަރެން ކުރާނަން.. ” މަޑުމަޑުން ދާލިޔާގެ އަތުގައި ތުންފަތް ޖައްސާލަމުން އުކައިލް ބުންޏެވެ.

އުކައިލް ދާލިޔާއަށް ލޯބިން ފުރިފައިވި ހިނިތުންވުމެއް ދިނުމަށްފަހު، އޭނަގެ އޮފީހަށް ވަދެ ފޯނާއި ކާރުގެ ތަޅުދަނޑި ހިފައިގެން ބޭރަށް ނިކުތުނެވެ. ކާރަށް އަރައި އޭނަގެ ގެއަށް ދިޔުމަށްޓަކައި ދުއްވާލިއެވެ. އޭރު އޭނަގެ ހިތުން ބޮޑު ހިލަގަނޑެއް ނަގައި އެއްލާލެވުނުކަމުގެ އިހްސާސް ކުރެވުނެވެ. މަޑު ރާގަކަށް ލަވަ ކިޔަމުން ދިޔަ އުކައިލްއަށް ކާރު ކުއްލިޔަކަށް ހުއްޓާލެވުނީ ފަހަތުން އައި ކާރެއް އޭނަގެ ކާރުގެ ފަހަތުގައި ބާރަށް ޖެއްސުމުންނެވެ. އުކައިލްގެ ބޯ ކާރުގެ ހުންގާނުގައި ޖެހުނުލެއް ބާރުކަމުން ބޯ ފަޅައިގެންގޮސް ރަތްކުލައިގެ ލޭތަށް ފާބައިގަތެވެ. މޫނުގައި މާސްކްތަކެއް އަޅައިގެން ހުރި ބަޔެއް އައިސް އުކައިލްގެ ކާރުގެ ކުޑަ ދޮރު ތަޅައިލުމަށްފަހު އުކައިލް އެ ކާރުން ނެރުނެވެ.

އެމީހުންތައް އުކައިލް ބިންމައްޗަށް ހޫރައިލާ ގައިގެ އެތަން މިތަނުގައި ތަޅަން ފެށިއެވެ. ކުއްލިއަކަށް އެތަން އެމް.ވީ.އެސް.އޭ ގެ މީހުންތަކުން ވަށައިލިއެވެ. އެމީހުން ތިބީ ކަނޑު ނޫކުލައިގެ ޔުނީފޯރމްގައި މޫނު ނިވާކުރުމުގެ ގޮތުން މާސްކު އަޅައިގެންނެވެ. އެމީހުން އުކައިލްއަށް ހަމަލާ ދިން މީހުން ތަޅާ ބަލިކުރަން ފެށިއެވެ. ސައިކަލުގައި ދިޔަ ދާލިޔާއަށް ބަޔަކު ތަޅާފޮޅާ މަންޒަރު ފެނުމުން އެތަނާ ކައިރިވާން އުޅުނެވެ. ދާލިޔާއަށް އުކައިލްގެ ކުރިމަތި އަދި ފަހަތުގައި ބަޑި ދިއްކޮށްގެން ހުރި ދެ މީހުން ފެނުމުން، އޭނަގެ ހިތުގައި ހިފާ މީހަކު ފިއްތައިލި ކަމުގެ އިހްސާސްވިއެވެ. ދާލިޔާ އޭނަގެ ހަށިގަނޑަށް ހަރަކާތެއް ގެންނަން އުޅުނު ވަގުތު ބަޑީގެ ވަޒަނުގެ އަޑާއި ދާލިޔާގެ ހަޅޭކުގެ އަޑު އެއްވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ހިޔާ

Next

ދުރުވާން ޖެހުނަސް ޓްރެއިލަރ

Next
February 12, 2025

ދުރުވާން ޖެހުނަސް ޓްރެއިލަރ

Previews
February 11, 2025

ހިޔާ

30 Comments!

  1. Vampire girl says:
    February 12, 2025 at 12:33 pm

    Nooooooooo😭😭😭😭😭😭
    Ukail maraa nulahcheyy plzzz
    Ukail maru vehjehyaa vaahaka mulhin hadi vaane…
    Alhugandha heevany iyaadhu and zaalik kanneyge nubai hadhany….
    Alhey haadha curious kohlaafa ey thi ninmaaly…
    Can’t wait 🥺🥺
    Miadhu vx iru kolhakaa beley mi vaahaka up vehje thw…
    Mi vaahaka ah sick vefa 🤒😷🤧
    Ly
    Tc
    💜😊

    1. Repunzil says:
      February 12, 2025 at 4:11 pm

      True I am also suspicious about that iyaadhu🤔🤔

    2. Maash Maash says:
      February 13, 2025 at 3:15 pm

      hehe lets see dhww vaagoii..
      Ukail ah vaa goi ingeyne dhen oi ep ga..
      hama vedhaane thihen vx..
      Hehe sorry vrh curious kohlaafa dhw mi nimmaalevuny
      Next part saturday noony sundayga genes dheynan insha allah..
      Awww I’m happy u like this story..
      means a lott
      Love you more darlingg
      Tc
      💜🦋

    3. Maash Maash says:
      February 13, 2025 at 3:16 pm

      Lets see dhw vaa goi Repunzil.. vampire girl ge aa repunzil ge comment olhifa wyny.. my mistake😅
      💜🦋

  2. shhhhhhhhh says:
    February 12, 2025 at 1:35 pm

    my hyy bunelii alhe esfiya balailan .. may be hama new episode eh aisdhaaney. wao.. hama ufalun folhifA miinee. new episode eh ayma… nuves engi hutta adhi.. love it!!!!!!

    1. Maash Maash says:
      February 13, 2025 at 3:18 pm

      Awww vrh ufaa vejje darling happy v ma.. hehe hiy bunaa aduvx dhen ahan jeheynethaa😭 Thankyou darling i’m glad u love it..💜🦋

  3. zozo says:
    February 12, 2025 at 2:30 pm

    NOOOOOOOOOO
    VARAH DHERA VEHGEH PLUS CRINGED AND HAPPY
    MI PART VES HAMA V REETHI
    KEEP IT UP MY DHOONI
    UKAIL AH GOTHEH NAHADHAH CHEY DHAYA AH VES

    1. Maash Maash says:
      February 13, 2025 at 3:20 pm

      Hehe I understand the feeling zozo..
      Mi ep liyun iru maash ah vx thi hurihaa kameh v hehe..
      I’m glad u like this part..
      Thankyou for ur support darling💜🦋

  4. Naikko says:
    February 12, 2025 at 4:19 pm

    Nooooooooooo
    Ukail maraa nulahcheyyy
    Haadha curious koshey thi nimmaalee…
    Keep it up
    Curiously waiting for the next
    When next???

    1. Maash Maash says:
      February 13, 2025 at 3:22 pm

      Lets see dhw vaagoii Naikko..
      vrh curious hohlaafa dhw mi nimmaalevuny hehe..
      Thank you for ur support darling..
      Next part insha allah saturday noony sundayga..
      Lyssm darling💜🦋

  5. shihaamaa ali shihaamaa ali says:
    February 12, 2025 at 5:06 pm

    NOOOOOO UKAIL NOOOO😭😭😭😭
    I think dhaaliya will go to his defence.. NO PLEASE NO DON’T KILL HIM😭😭
    curiously waiting for the next ep
    Lysm❤️❤️

    1. Maash Maash says:
      February 13, 2025 at 3:24 pm

      Lets see dhw vaagoii Shiherr
      Ukail ah vaa goi ingeyne dhen oii part ga hehe..
      Next part insha allah saturday noony sundayga..
      Love you moree darling💜🦋

  6. Your fav bab says:
    February 12, 2025 at 6:38 pm

    I’m so suspicious about iyaadh!!
    Something’s fishy here
    Noonononooo…..
    Ukail ah gotheh nahaadhaathi!!
    Finally ukail confessed to dhayaa!!
    But he should be alive to hear her answer😭😭😭
    I’m so done to know what’ll happen next
    Lysssssm💗💗💗💗
    When next??

    1. Maash Maash says:
      February 13, 2025 at 3:26 pm

      hehe iyaadhu kamahvx vedhaane hama
      yess everything is really fishyy😭
      Ukail ah vaa goi ingeyne dhen oii part ga..
      yess ukail confessed to dhaaya,,
      Lets see if he is alive to answer..
      Next part insha allah saturday noony sundayga..
      Love you moree darling💜🦋

  7. ^-^ says:
    February 12, 2025 at 7:24 pm

    Alhe that Iyaadhu….btw mi story hama v best can u please up next part really soon im jus so curious ekm ukail ah dheragotheh vejjayya dhaaliya haadha dheravaaney
    Waiting for the next episode
    Keep the good work

    1. Maash Maash says:
      February 13, 2025 at 3:28 pm

      hehe iyaadhu dhww.. Awwn I’m glad u like this story.. Ukail ah vaa goi ingeyne dhen oii part ga.. Lets hope ukail ah dhera gotheh nuvaane kamah dhww..
      Next part insha allah saturday noony sundayga..
      Thankyou for ur support💜🦋

  8. noya says:
    February 13, 2025 at 9:10 am

    keep it up girrrrllll.. loved it 🙂

    1. Maash Maash says:
      February 13, 2025 at 3:30 pm

      Thank you noya. I’m glad u like it💜🦋

  9. Cutie girl says:
    February 13, 2025 at 3:37 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Heyonuvaane ukail ah gotheh nuhadache dhaaya moyavedhaane 😭😫
    Mi part kiyaafa rovijje
    Ukail and dhaalia gulhuvachey
    Miaa and dhaarian ves
    They both are made for each other
    I appreciate your hard
    You’re my fav author
    Love you maash❤️😍

    1. Maash Maash says:
      February 13, 2025 at 11:27 pm

      Thank you Cutie girl.. I’m glad u like it.
      Next part insha allah saturday or sunday..
      Thank you for ur support..
      Lets see dhw ukail ah vaagoii..
      Alheyy I’m sorry rovvaalevuneyma
      Lets see if they become a couple dhww
      Aww thank you..
      That means a lot to me..
      love u more darlingg💜🦋

  10. Ghost girl 👻 says:
    February 13, 2025 at 6:59 pm

    Masha Allah 😍 when’s next?? Curiously waiting ingey

    1. Maash Maash says:
      February 13, 2025 at 11:28 pm

      Thank you Ghost girl.. I’m glad u like it.
      Next part insha allah saturday or sunday..💜🦋

  11. Anonymous says:
    February 16, 2025 at 6:11 pm

    Submitted???

    1. Maash Maash says:
      February 16, 2025 at 11:17 pm

      yes

  12. ishko says:
    February 16, 2025 at 7:04 pm

    when is the next part????
    vv reethi mi part vx ingey

    1. Maash Maash says:
      February 16, 2025 at 11:19 pm

      Thank you ishko.. I’m glad u like it..
      Next part submit kohlaafa vaany.. admin approve kohleyma upload vaane💜🦋

  13. Anonymous says:
    February 16, 2025 at 7:05 pm

    when is the next part????
    vv reethi mi part vx ingey
    waiting for the next part……💖💖

    1. Maash Maash says:
      February 16, 2025 at 11:20 pm

      Next part submit kohlaafa vaany.. admin approve kohleyma upload vaane
      Thank you Anonymous.. I’m glad u like it💜🦋

  14. ishko says:
    February 16, 2025 at 7:06 pm

    when is the next part????
    vv reethi mi part vx ingey
    waiting for the next part……💖💖

    1. Maash Maash says:
      February 16, 2025 at 11:20 pm

      Next part submit kohlaafa vaany.. admin approve kohleyma upload vaane
      Thank you ishko.. I’m glad u like it💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 22←


All Right Reserved!