Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މިއީ ތަޤްދީރު ހޭ؟ (ހަތަރުވަނަ ބައި)

Ahmed Ammu Level 210 Stories100 Comments
December 6, 2015 5 Mins Read
9 Comments

ޒަރީނާ ގަދަކަމުން ޝާމިން ގެންދާ މަންޒަރު ސަނާ ބަލަން ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އެމަންޒަރު ބަލަން އިން މަރީނާގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ފަދައެވެ. މަރީނާ މިއޮއް ހާއި ދުވަހު އެކަމަށް އިންކާރު ކުރީ ރަށުމީހުން އަނެއްކާވެސް ފަތުރަން ފަށާނެ ވާހަކަ ތަކާއި ދޭތެރޭ ވިސްނާލާފައެވެ. އެއްގޮތަކަށް ވެސް މަރީނާ ބޭނުން ވެގެންނެއް ނޫނެވެ.

*** *** ***

ޝާމިން އެގެއަށް ގެނައުމަށްފަހު ޝާމިން އަށް އެ ގޭގެ ތަންތަން ދައްކާލުމަށްޓަކައި ޒަރީނާ އުޅުނެވެ. ޝާމިންގެ ގެއާއި ކިތަންމެ ކައިރި ކަމުގައި ވީނަމަވެސް ދުވަހަކުވެސް ޒަރީނާ މެންގެ ގެއަށް ޝާމިން އައިސް ފައެއް ނުވެއެވެ. ޒަރީނާ ވެސް އެގެއަށް އެއީ ޝާމިން ގެނައި ފުރަތަމަ ފަހަރެވެ. އެ ބޮޑު ތަނަވަސް ގޭގައި ހަދާފައިވާ ބޮޑު 3 ކޮޓަރި އާއި ސިޓިންރޫމް އެއް ހުރިއިރު ކެއްކުމަށާއި ކެއުމަށް ހަދާފައިވާ ތަންކޮޅެއް މެދުގޯތި ތެރޭގައި ވެއެވެ. ބޭރު ފާރު ތެޅިގަލުން ރާނާފައި ވާއިރު ގާތަށް އަތުރާފައި ވައިލެއް ވަރަށްވެސް ފުރިހަމައެވެ. ގޭތެރެއަށް ވަދެ ޝާމިންއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރި ދައްކާލިއެވެ. ޝާމިން ހުރުމަށް ހަމަޖެހިފައި ވަނީ ޒަރީނާ މެންގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރީގައެވެ. ކޮޓަރީގައި ނޫކުލައިގެ މުށީޖަހާފައި ވާއިރު ކިންގް ސައިޒް ބެޑެއް ބަހައްޓާފައި ވެއެވެ. އެނދު ކައިރީ ކުޑަވަރެއްގެ އަލަމާރިއެއް ބަހައްޓާފައި ވާއިރު އެޓޭޗްޑް ފާހާނައެއް ހުރި އެ ކޮޓަރި ބަލާލުމަށް ވަރަށް ވެސް ހިތް ގައިމެވެ. “ޝާމިން އަށް އިނގޭތަ މީ ދައްތައަށް ކުއްޖަކު ލިބޭ ދުވަހަކުން އެކުއްޖާ އަށްޓަކައި އަޅާފައިވާ ކޮޓަރިއެއް އެކަމަކު ދައްތަ ވަނީ އެއުފަލުންވެސް މަޚްރޫމްވެފަ. މީގެ ފަހުން މި ކޮޓަރީގައި އުޅޭނީ ޝާމިން ތީ މިހާރު ދައްތަގެ ދަރިއެއް” ޒަރީނާ އެހެން ބުނެ އަތުގެ ނުފުށުން ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ފޮހެލިއެވެ. ޝާމިން އެއްޗެއް ނުބުނެ ޒަރީނާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

 

“ޒަރީނާ މިހުރީ މަސް ގެނެއްސަ އަވަހަށް މިލާނެ އެއްޗެއް ގެނެސްދީ ބަލަ” ހަސަނުގެ އަޑަށް ޒަރީނާ ސިހިފައި ބޭރަށް ނުކުތީ ޝާމިންވެސް ގޮވައިގެންނެވެ. “އަނހަ! ޝާމިން ދަރިފުޅާ ކީއްތި ކޮށްލަނީ؟” ހަސަނަށް އެގޭތެރެއިން ޝާމިން ފެނި ސުވާލު ކޮށްލެވުއެވެ. ” އަހަރެން ގެނައީ މަރީނާ މިސޮރަށް އަނިޔާ ކުރާތީ، މި ސޮރު ދެން ހުންނާނީ މިގޭގައި، ދޯ ޝާމިން؟” މިހެންބުނެ ޒަރީނާ ޝާމިންގެ ކޮލުގައި ހިފައިލުމަށްފަހު ބަދިގެ ފަރާތަށް ދިއުމަށް ޒަރީނާ ހިނގައި ގަތެވެ. “އެކަމެއް ނުހުއްޓުނުދޯ؟ އާނ ގެންދާނެ ކަމެއްނެތް” ހަސަނު އެހެން ބުނެ ޒަރީނާގެ ފަހަތުން ހިނގައި ގަތެވެ. ގެނައި މަސްތަށް ކެނޑާ ނިންމާލުމަށްފަހު ހަސަނު ފެންވަރާ ނިމިގެން އެނދުގައި ޖައްސާލިއެވެ. ޒަރީނާވެސް އިރުކޮޅެއްނުވެ ކޮޓަރިއަށް ވަދެގެން އައިސް ހަސަނުގެ ކައިރީގައި އޮށޮވެލިއެވެ. “ކޮބާ ޝާމިން؟” ހަސަނުގެ ކައިރީގައި ނިތްކުރީގައި އަތްބާއްވައި ލައިގެން ފުންވިސްމުނެއްގެ ތެރޭގައި އޮތް ޒަރީނާ އާއި ހަސަނު ސުވާލު ކޮށްލިއެވެ.  “ކޮޓަރީގައި، ފެންވަރުވާލާފައި އެނދުގައި ބޭއްވުނު ތަނާހެން ނިދިއްޖެ” ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ޒަރީނާ ޖަވާބުދިނެވެ. “އަހަރެންވެސް ޝާމިންދެކެ ވަރަށް ލޯބިވޭ އެކަމަކު އަހަރެން އަބަދުވެސް ބޭނުންވަނީ އަހަރެންގެ އަމިއްލަ ދަރިއެއް، އެކަމަކު ޒަރީނާ ތިހާ ބޭނުމިއްޔާ އެ ސޮރު މިގޭގައި ބެހެއްޓިޔަސް މަގޭ މައްސަލައެއްނެތް” ހަސަނު އެއޮތްގޮތަށް އޮވެ ވާހަކަ ދެއްކިއެވެ. ހަސަނު އެހެން ބުނި ވަގުތު ޒަރީނާ ދެރަވިއެއް ކަމަކު އެކަން ފޮރުވައި ހިނިތުން ވެލުމަށްފަހު ހަސަނުގެ ގައިގައި ބައްދާލިއެވެ.

 

ހެނދުނު އިރު އެރުމާއި އެކު  ޝާމިން ދިޔައީ ޒަރީނާ އަށްވެސް ނޭނގި ޝާމިންގެ ގެއަށެވެ. ނަމަވެސް އެތެރެއަށް ވަންނަން ނުކެރި ފާރު ކައިރީގައި މަޑުޖެހިލެވުނީ ބަދިގެ ފަރާތުގައި މަރީނާ އުޅޭ އަޑު އިވުމުންނެވެ. އިރު ކޮޅެއްތެރޭގައި ދޮރު ހުޅުވައިލުމަށްފަހު ނުކުމެގެން އައި ސަނާ ފެނި ޝާމިން ފެންކަޅިވިއެވެ. ދުވެފައި ގޮސް ސަނާގެ ފައިގައި ބައްދާލުމުން ސިހިފައި ސަނާއަށް ތެޅިގަނެވުނުގޮތުން ނުވެއްޓުނީވެސް ކިރިޔާއެވެ. “ދެން ނުދާނަން ކޮއްކޮ ދެން ނުދާނަން” ރޮއެގަނެފައި ޝާމިން އެހެން ބުނެ އިތުރަށް ސަނާގެ ފައިގައި ތަތްވެގަތެވެ. ހިނިތުންވެ ހުރެ ސަނާގެ ފައިގައި ތަތްވެގެން ހުރި ޝާމިން ދުރުކޮށްލައި އުރާލުމަށް ފަހު ކޯތާފަތް މަށްޗަށް ފައިބަމުން ދިޔަ ކަރުނަތަށް ފޮހެދިނެވެ. “ނޫނޭ ކޮއްކޯ ޒަރީނާ ދައްތަ ކިހާ ރަނގަޅު. ސަނާ ދައްތަ ވެސް  ބޭނުމެއް ނުވެޔޭ ކޮއްކޮ އަށް ދެރައެއް ލިބޭކަށް” ސަނާ މިހެން ބުނެ ޝާމިންގެ ކޮލުގައި ބޮސްދިނެވެ.  އެވަގުތު ބަދިގެ ތެރެއިން ނުކުމެގެން ބާރު ހިނގުމުގައި އައި މަރީނާ ޝާމިންގެ ބޮލުގައި އަތުން ޖަހައި ބިންމައްޗަށް ވައްޓާލިއެވެ. އެކަހަލަ ކަމަކަށް ނުވިސްނަ ހުރި ސަނާގެ އަތުންވެސް ޝާމިން ދޫވީ ޖެހިލެއްބާރު ކަމުންނެވެ. އިދިފުށަށް ވެއްޓުނު ގޮތަށް ބޯޖެހި ވީތަދުން ޝާމިން ބާރަށް ރޮއެގަތެވެ.

 

އައި ރުޅީގައި ފުރަތަމަ ފަހަރަށް ޒަރީނާގެ ގައިގައި އަތު ހުރިބާރެއް ލާފައި ސަނާއަށް ޖެހުނެވެ. މަރީނާ އައްދިއްޔޯއި އޭ ބުނެ ސަނާ އާއި ދިމާ އަށް ބަލާލިއެވެ. މަރީނާ ގައިގައި ޖެހުމުން ސަނާ އަށްވެސް ރޮއެގަނެވުނީ ވީ ދެރައެއްގެ ބޮޑު ކަމުންނެވެ. އެކަމަކު ޝާމިން އަށް އެހެން ހެދުމުން ރުޅި ކޮންޓްރޯލް ނުކުރެވުނީއެވެ. ބިންމަށްޗަށް ވެއްތިފައި އޮތް ޝާމިން ނަގައި ބޮލުގައި ފިރުމަމުން ފާޚާނައަށް ވަދެ ބޮލަށް ފެން އަޅަން ފެށީމެވެ. އޭރުވެސް ޝާމިން އަޑުން އަޑުނަގައި ރޮމުން ގެންދެއެވެ.

 

” މަގޭ އަތުން ބޮވޭ ބޮނޑި ކުޑަކަމަށް އަނެއްކާ އައީ ދޯ؟ ޔަގީނޭ ޒަރީނާ މެންނާ ފިލައިގެންކަން އެއައީ” ޝާމިން ގޮވައިގެން ފާހާނައިން ނުކުމެގެން ދިޔަ ސަނާ އާއި ދިމާ އަށް މަރީނާ ބަލަން ހުރެ ބުންޏެވެ. މަރީނާ ކިޔާއެއްޗަކަށް ބެލުމެއްނެތި ޝާމިން ގޮވައިގެން ސަނާ ދިޔައީ ކޮޓަރިއާއި ދިމާއަށެވެ.

 

“މިހާރު ކިހިނެތް؟ ނަސީބެއްނުން ބޯފަޅައިގެން ނުދިޔަކަން؟” ކޮޓަރި ތެރޭގައި ފައިމައްޗަށް  ބަލީހެއްލައި އޭގެމަތީގައި ޝާމިން ބާއްވައިލަމުން ސަނާ ބުނެލިއެވެ. ޝާމިންވަނީ ރޮއެރޮއެ ގޮސް ގިސްލެވިފައެވެ. ބާލީހުގައި މަޑުމަޑުން ބާއްވާލައި ދެކޮޅަށް ހެއްލާލައި ނާނާއެއް ކިޔާލުމުން މަޑުމަޑުން ދެލޯ މެރެމުން މެރެމުން ގޮސް ޝާމިން އަށް ނިދިމުން ކޮޓަރި ތެރޭގައި ބާއްވާލުމަށްފަހު ސަނާ ނުކުތީ ބަދިގެ ފަރާތަށެވެ.

 

“ސަނާ! ޝާމިން އައިތަ؟ އަހަރެންވެސް ބަދިގެ ފަރާތުގައި އުޅެފައި ޝާމިން ކޮބައިތޯ ބަލާލަން ދިޔައިރު ކޮޓަރީގައި ނެތީމައި މިއައީ” ތެޅެމުން ފޮޅެމުން ޒަރީނާ، މަރީނާ މެންގެ ގެއަށް އައިސް ސަނާ އާއި ސުވާލު ކޮށްލިއެވެ. “އާނ! ހެނދުނު އަރައިގެން އައި އިރާ އެކު ޝާމިން ހުރީ މިގޭގައި މިވަގުތު ނިދިފައި އޮތީ، ހޭލީމައި ގެންގޮސްދޭނަން” ހިނިތުންވެ ހުރެ ސަނާ އެހެން ބުނުމުން ހިތްހަމަ ޖައްސައިލުމަށްފަހު ޒަރީނާ  އެނބުރި ގެއާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ.

 

ޝާމިން ހޭލުމުން ސައި ދިނުމަށްފަހު ޒަރީނާ މެންގެ ގެއަށް ގެންދަން އުޅުމުންވެސް ޝާމިން ގަދަ ދެއްކިއެވެ. ނަމަވެސް ކޮއްކޮ އަށް ވިސްނައިދީ އެގޭގައި ހުރުމުން މާ ރަނގަޅު ވާނެ ކަމަށް ބުނެ ޝާމިން ރުއްސުމަށް ފަހު ގެންގޮސް ޒަރީނާ މެންގެ ގެއަށްލީ އިތުރު އެހެން ގޮތެއް ނެތުމުންނެވެ.

 

*** *** ***

 

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. ހަސަނުވެސް މަހަށް ނުދާ ދުވަހަކަށް ވުމުން ޝާމިން ގޮވައިގެން ދިޔައީ ރަށުގެ އުތުރު ފަރާތު ތުނޑީ ކޮޅަށް މަސް ބާނާށެވެ. އެހިސާބަކީ މަސްބޭނޭ ހިސާބެއްކަމުން ހެނދުނު ކޮޅު ދިއުމަށް ވިސްނީ ހުކުރު ދުވަސް ވީމައާއި އެކު އެހިސާބަށް މީހުން ނުދާނެކަން އެނގޭތީއެވެ. ޝާމިން ވެސް އެހެން އިނދެ ފޫހިވާނެތީ އާއިވެސް އެކުގައެވެ. ރަށުގެ ދެކުނުފަރާތަށް ވުރެ އުތުރު ފަރާތުގެ ތުނޑީ ކޮޅު ރީތި ވުމުގެ ސަބަނުން ޝާމިން ހުރީ މޫދަށްވެސް އެރިލާ ހިތުން ކެތް މަދުވެފައެވެ.    “ބޭބޭ އަޅުގަނޑު މޫދަށް އެރެން” ޝާމިން އެހެން ބުނެ މޫދާދިމާއަށް ދުއްވައިގަނެފައިވެސް ހުއްޓުންއެރީ ހަސަނު އިހަށް މަޑު ކޮށްލާށޭ ބުނުމުންނެވެ. އެހެން ބުނުމުން ދޮންވެލި ގަނޑު މަތީ އިށި އިނދެގެން އިނީ ފެންނަމުން ދިޔަ މަންޒަރަށް ބަލާށެވެ.

 

ބޮޑު ދެ ބުޅަލާއި އެކު ދެން ހުރީ ކުޑަ ކުޑަ ބުޅަލެކެވެ. އެ ކުޑަ ކުޑަ ބުޅާ އުޅޭ ނޫޅޭގޮތް ބަލަން ވެގެން ކައިރީގައި ހުރި ބޮޑު ދެ ބުޅާ އެ ކުޑަ ބުޅަލުގެ ކައިރީގައި އުޅުނެވެ. އިރުކޮޅަކުން ފިރުކެމުން ދަނިކޮށް ފެންނަނީ އެ ކުޑަ ކުޑަ ބުޅާ ވެއްޓޭތަނެވެ. ވަރަށް ފަރުވާތެރި ކަމާއިއެކު ބޮޑު ދެ ބުޅާ ވެގެން ކުޑަ ބުޅާ ނެގުމަށްފަހު އެ ބުޅަލުގައި ދޫލާން ފަށިއެވެ. ދެން ފެނުނީ އެކުޑަ ބުޅަލުގެ ގައިގައި ވަރަށް ލޯބިން ބައްދާލާ ތަނެވެ.

 

” އަހަރެން ނަށްވެސް އަހަރެންގެ މަންމަގެ ފަރާތުން އެގޮތަށް ހިމާޔަތް ލިބޭނެ ނަމަ” މިހެން ހިތަށް އެރުމުން ޝާމިންގެ ފެންކަޅި ވިއެވެ. ސިހިހިފައި ޝާމިން އަށް ބަލާލެވުނީ ޝާމިން  މޫދަށް އެރުނަސް އެންމެ ރަނގަޅޭ ހަސަނު ބުނި އަޑަށެވެ. އެކަމަކު މަސްބާނާ ހިސާބު ނޫން ތަންކޮޅެއް ދުރު ހިސާބެއްގައި ވީހާވެސް އެއްގަމުގައި މޫދަށްއެރުމަށް ޝާމިނަ ގާތު ބުނެ ހަސަނު މޫދާކައިރިވެލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ދުވެފައި ގޮސް މޫދަށް ފުންމާލިއެވެ.

 

މޫދަށް ފުންމާ ލުމަށްފަހު އަނެއްކާވެސް އެއްގަމަށް އަރާ ދުވެފައިގޮސް މޫދަށްފުންމަން ފެށުނީ ޝާމިން އަށް އެއީ މަޖާ ކަމަކަށް ވުމުންނެވެ. މިހެން ވުމުގެ ސަބަބުން މަސް ބާނަން ހުރި ހަސަނަށް މަހެއްބެވޭ ގޮތެއްނުވީ ކޮންމެ ފަހަރަކު ޝާމިން އެގޮތަށް ހެދުމުން މަސްތަށް ދުރަށްދާތީ އެވެ. ހިތް ހަމަ ނުޖެހި ފުރަތަމަ ކޮޅުގައި ހުއްޓަސް ފަހުން އައި ރުޅީގައި ޝާމިންގެ މުލައްދަނޑީގައި ހިފައި ގެނެސް ދޮންވެލި ގަނޑު މައްޗަށް ގުޅަވަރަކަށް ޖެހިއެވެ. ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ޝާމިން ދެކެވީ ލޯބި ނަފްރަތަށް ބަދަލުވިއެވެ. ލޮލަށް ބޮލަށް ވެލި އެޅި ލޯ ހުޅުވުމަށް އުނދަގޫ ވުމުން ރޮވޭގޮތް  ވިއެވެ. ހަމަ އެވަގުތު ހަސަނު ބަލާކަށް ނުހުރެ ރާޅުޖަހައި ނުޖަހައި ހިސާބުގައި ޝާމިންގެ ކޮނޑާ ހަމައަށް ފެތޭ ވަރުގެ ވަޅުގަނޑެއް ކޮނެ އެވަޅުގަނޑުގެ ތެރެއަށް ޝާމިން ލައި ކޮނޑާ ހަމައަށް ފަސް އަޅައި ބާރު ކޮށްލިއެވެ.

ޝާމިން އެގޮތަށް ވަޅުގަނޑު ތެރޭ ބޭންދުމަށްފަހު ހަސަނު އަނެއްކައިވެސް މަސް ބޭނުމަށްޓަކައި ކަންވާރު އޮޅާފައިވާ ފުޅިން ބައެއް ނިއުޅުވާލުމަށް މޫދަށް އެއްލިއެވެ. އިސާ ހިތަކު މަސްބެވެން ފެށުމުން ހަސަނު ހުރީ ވަރަށް އުފަލުންނެވެ. އިތުރު މީހަކު އެތާ ހުރިހެންވެސް ހަސަނަށް ހީނުވެއެވެ. މޫދުގެ ދިޔަވަރު ބޮޑުވަމުން އައި ވަގުތެވެ. ކުއްލިއަކަށް އެއްގަމަށް ބީއްސާލި ރާޅު އައިސް ޝާމިންގެ މޫނަށް ޕައްގޮއްވާލިއެވެ. އެވަގުތު ޝާމިންގެ ލޮލުގެ ތެރޭގައި  ހުރި ވެލިތަށް ދޮވެވިގެން ދިޔައެވެ. ދެލޮލަށް އަރައިގަތް ދިލައާއި އެކު ބާރަށް ރޮއެގަނެވުނެވެ. “ރޯނެ ކަމެއްނެތް ތިތާ އިނދޭ މަ މަސް ބާނައި ނިމެންދެން، މަ ބުނާ އަޑު ނާހަންޏާ ވާނީ ތިހެން، މިހާރު މަށަށް އެނގިއްޖެ މަރީނާ ވެސް އެހަދަނީ ރަނގަޅަށް ކަން” ރުޅި އައިސް ހުރި ހަސަނު މަސްބޭނުމުގެ ފޯރީގައި ހުރެ ޝާމިން އާއި ދިމާއަށް އެއްޗެހި ކިޔަމުން ގެންދެއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ހުވަފެނެއްބާ؟ (6ވަނަ ބައި)

Next

ލޯބި އަހަރެން ވާނަމޭ.. (3)

Next
December 6, 2015

ލޯބި އަހަރެން ވާނަމޭ.. (3)

Previews
December 6, 2015

ހުވަފެނެއްބާ؟ (6ވަނަ ބައި)

9 Comments!

  1. Naaz says:
    December 6, 2015 at 10:19 pm

    V kiyaahithun hutta enimunee ….mashaa Allah v reethi.haadha goahey mega ulhey baeh meehun

    1. Ahmed Ammu says:
      December 6, 2015 at 10:40 pm

      Thank You Naaz. Iraadha kurehviyyaa maadhamaa aneh part up kohdheynan. 🙂

  2. santhi says:
    December 6, 2015 at 10:43 pm

    Rovijje avahah up kurey

    1. Ahmed Ammu says:
      December 6, 2015 at 10:59 pm

      Sorry rovvaalevuny ma. Maadhan aneiy bai up kuraanan ☺

  3. dark princess says:
    December 6, 2015 at 10:50 pm

    Alhey ehen hadhaakah nuvaane ehnu.. hithah haadha asareh kure ey.. sifakurunthah genes dhyfa huri goiy v reethi.. keep it up Ammu….

    1. Ahmed Ammu says:
      December 6, 2015 at 11:01 pm

      Thank You Dark Princess. ☺

  4. Eyesh says:
    December 7, 2015 at 12:57 am

    I lurrv this story . Varah rythi mi bai ves.. avahah upload kohdhehchey ammu ?

    1. Ahmed Ammu says:
      December 7, 2015 at 8:10 am

      Thank You Eyesh 🙂

  5. Hajja says:
    January 9, 2016 at 3:57 pm

    Varah asaru kurey mi vaahaka kiyaafa varah reethi vaahakaeh

Comments are closed.

Next Episodeމިއީ ތަޤްދީރު ހޭ؟ (ފަސްވަނަ ބައި)←


All Right Reserved!