Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (23 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
December 6, 2015 5 Mins Read
10 Comments

“ފެނޭތަ ކުދިކުދި ރަތް އަލިތަކެއް؟ ކޮންމެ އަލިކޮޅެއް ވީ ދިމާގައި ހުންނާނީ ނުފެންނަ ގޮތަށް ހަރުކުރެވިފައިވާ ކެމެރާއެއް…” ޖޭޑް ޖަވާބު ދިނެވެ.

“ދެން ކިހިނެތް އަހަރެމެން އެއަށް ނާރާނޭ ގޮތަށް އުޅޭނީ؟ މުޅި މިތަނުގަ އެބަހުރި ކެމެރާ ހަރުކޮށްފަ… އެއިން އެއްޗަކަށް ނާރާ މިތަނުން ނިކުންނަން އުޅުމަކީ މުސްތަޙީލު ކަމެއް…” ޝެރިން ބުންޏެވެ.

އެއާއިއެކު ރާނީ އޭނާގެ ދަބަހުން އަލި ކުރާފަދަ ޓޯޗު ތަކެއް ނެގި އެވެ.

“ތީ ކޮންއެއްޗެއް؟” ޔައިން އެހި އެވެ.

“މިއީ އިންފްރާރެޑް ލެޑްސް… މީތި ބޭނުން ކުރީމަ، ކެމެރާއަށް އެމީހަކު ނަގައެއް ނުގަނެވޭނެ… އެކަމަކު އަހަރެމެން ހިނގާ ބިނގާވެ އުޅޭގޮތާ، އަހަރެމެން ދާ މިސްރާބު އަރާނެ.” ރާނީ ކުރު ގޮތަކަށް ލައިޓުތައް ބޭނުން ކުރާނެ ގޮތް ކިޔާދިނެވެ. އަދި ލެޑް ތައް ހަރުކުރަންވީ ބޮލާއި މޫނުގެ ކޮންކޮން ހިސާބެއްގައި ކަން ކިޔާދިނުމަށްފަހު އެންމެންވެސް އަވަސްވެގަތީ މިތަނުން ނިކުތުމަށެވެ.

 

…………………………………………….

“ކީއްވެގެންތަ ތިއުޅެނީ؟” މިކްޔާލް އެންމެ ފަހުން އެހި އެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފަ އެވެ. ދެއަތުގަ އާއި ދެފައިގައި ހިލިހިލާ ޖަހާފައި ވުމުން އޭނާ ހުރީ ހައްޔަރުވެފަ އެވެ. އޭނާ ވަށައިގެން ތިބީ މިތަނުގައި އުޅޭ ކަޅު ފޮތިން ނިވާވެފައިވާ ހައެއްކަ މީހުންނެވެ. މިކްޔާލް ވަނީ ނުހަނު އުދާސް ވެފަ އެވެ. އޭނާގެ މޫނާއި ގައިގައި ފުދޭ ވަރަކަށް ކުދި ޒަޚަމް ހުއްޓެވެ. ލައިގެން ހުރި ގަދަ ނޫކުލައިގެ ގަމީހުގެ ބައެއް ގޮށްތައްވެސް ވަނީ ނެއްޓިފަ އެވެ. ދާހިއްލާ ފޯވެފައި ހުރުމުން މިކްޔާލްގެ ފަންފަން އިސްތަށިތައް ވެސް ވަނީ ތެމި، ނިތްކުރީގައާއި، ކަނދުރާގައި ތަތްލަވާފަ އެވެ. ހީވަނީ ދާދި ދެންމެއަކު ވަރުގަދަ ހަނގުރާމައެއްކޮށް، ބަލިވެފައިވާ ހަނގުރާމަވެރިއެއް ހެންނެވެ.

“ކަލެއާއެކު އުޅޭ ކުޑަ ކުއްޖާ ވީތަން ބުނޭ!” އެތަނުން އެކަކު ބުންޏެވެ. “އޭރުން ކަލޭ މިނިވަން ކޮށްދެވިދާނެ… އަހަރެމެންނަށް އެނގިފައިވާ ގޮތުގަ އަދިވެސް އެކުއްޖާ މި ޢިމާރާތުގެ ތެރޭގަ އެބަ އުޅޭ… އެކަމަކު މިފަދަ ބޮޑު އުސް ޢިމާރާތެއްގެ ތެރެއިން ފިލައިގެން އުޅޭ ކުއްޖެއް ހޯދުމަށް އަހަރެމެންނަށް ވަނީ ނުކުޅެދިފަ…”

“ކަލޭމެން ހީކުރީ އަހަރެން މި މަޅީގަ ޖެހޭނޭ ކަމަށްތަ؟ އަހަރެން މިތަނަށް މިއައީވެސް ސަލާމަތުން އެނބުރި ޤައުމަށް ދެވޭނޭ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް ޙާލުގަ… އެކަމަކު… އެކަމަކު އަހަރެން މިތަނުގައި އަހަރެންގެ ފަހު ނޭވާ ދޫކޮށްލަން ޖެހުނަސް، އަހަރެންގެ ކޮއްކޮ މިތަނުގަ އިތުރަށް މަސައްކަތް ކުރުވާކަށް ނުބަހައްޓާނަން…! އަހަ…!!” އެވަގުތު މިކްޔާލްގެ އަނގައިން ބޭރުވީ ވޭނީ އާހެކެވެ. އޭނާގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ކުރިންވެސް ޒަޚަމް ވެފައިވާ އޭނާގެ އަރިމައްޗަށް ހޫނު އެތިފަހަރެއް އެރުމުންނެވެ. އޭނާގެ އަތްފައިގައި ޗޭނު އަޅުވާފައި ނެތްނަމަ ހުރި ތަނަށް ވެއްޓުނީހެވެ.

“އަހަރެމެން އާދޭސް ކޮށްގެން ކަލޭގެ ފަރާތަކުން ރައްދެއް ނުހޯދާނަން… އަހަރެމެން ބޭނުންކުރާނީ….. ބާރު!” އެތަނުން އެކަކު ކުރިއަށް ޖެހިލާ، މިކްޔާލާއި ދިމާއަށް ގޮށްމުއްކަވާލި އެވެ. “އޭރުން…” އެމީހާ ނުބައި ގޮތަކަށް ހީލި އެވެ. “އޭރުން ކަލޭގެ ލޯބިވާ އާއިލާގެ ރައްކާތެރިކަން އޮންނާނީ އަހަރެމެންގެ އަތުގަ…! އެމީހުންގެ ދިރި ހުރުމާ، މަރުވުން…!”

 

………………………………………..

ހަދަން ފަށާފައިވާ ބައިގެ ދޮރު ފަޅާލާފައި އެވަނީ މިތަނުގެ ގާޑުންނެވެ. އޭރު ޝެރިންމެން ޖޭޑް ބާއްވާފައި އޮތް އެނދު އެއްފަރާތެއްގައި ހުއްޓެވެ. ގާޑުންތައް އެތަނަށް ވެރިވެ ގަނެ، މުޅިތަން ހޯދާ ބަލަން ފެށި އެވެ.

“ސަރ އަލާރިކް! އެމީހުން މިތަނުގައެއް ނެތް!” އެތަނުން އެކަކު، އެމީހުންގެ އިސް މީހަކަށް ހުރި އަލާރިކް އާއި މުޚާޠަބުކޮށް ވާހަކަ ދެއްކި އެވެ.

އެވަގުތު އަލާރިކް އެތަނުގައި ހުރި މޭޒެއް ކައިރިއަށް ޖެހިލި އެވެ. އަދި މޭޒު ތިރިއަށް ވެއްޓިފައި އޮތް ކަރުދާސްކޮޅެއް ނެގި އެވެ.

އޭގައިވާ އެއްޗެއް ކިޔުމަށްފަހު އަލާރިކްގެ ތުންފަތް މަތީ ދުވެލީ ކާމިޔާބުގެ ހިނިތުން ވުމެކެވެ.

“އަހަރެމެންނަށް އެމީހުން އަތު ޖެހިއްޖެ!” އޭނާ ބުންޏެވެ. އެ ކަރުދާސްކޮޅަކީ ޝެރިންމެން މިކްޔާލަށް އެމީހުން ވީތަން ކިޔާދިނުމަށް ބޭއްވި ކަރުދާސް ކޮޅެވެ. ނަސީބު ދިމާކުރި ގޮތުން އެނޯޓުކޮޅު މިފެނުނީ އެފެނުން އެންމެ ނޭދޭ ފަރާތްތަކަށެވެ.

 

………………………………………..

ސެކިޔުރިޓީ ކެމެރާތައް ހަރުކޮށްފައިވާ ތަނުން ނިކުމެގެން ޝެރިންމެން މިސްރާބު ޖަހާފައިވަނީ ހަތަރުވަނަ ބައިގެ ތެރެއަށެވެ. ކާމިޔާބު ކަމާއިއެކު މިހާ ހަމައަށް އާދެވުމުން އެމީހުން ތިބީ ތަންކޮޅެއް ހިތްވަރު އާލާވެފަ އެވެ.

ތަނުގެ ވަރަށް އެތެރޭގައި ހުރި ސެކިޔުރިޓީ ކޮމްޕިޔުޓަރ ތައް ބަހައްޓާފައި ހުރި ކޮޓަރިއެއް ތެރޭ މިތަނުގެ ދެތިން ސެކިޔުރިޓީން ހަރަކާތްތެރިވާތަން ފެނެ އެވެ.

“އެކާވީސް ނަމްބަރު ކޮޓަރީގައި ދެންމެ ބަޔަކު އުޅެފަ އެނިކުތީ… އެމީހުން އެތިބީ އިންފްރާރެޑް ލެޑްސް ބޭނުން ކޮށްގެން ކެމެރާއަށް އެމީހުންގެ ސިފަ ނާރާގޮތަށް ހަދާފަ… އެކަމަކު އެތާ ގާތްގަނޑަކަށް ހަތް މީހުން އުޅޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ… ދެން ކިހިނެތްތޯ ހަދަންވީ، މިސްޓަރ ރޮބިން…؟” އެތަނުން އެކަކު ވާހަކަ ދެއްކި އެވެ. އޭރު ސެކިޔުރިޓީ ޔުނީފޯމުގައި ތިބި ތިން ސެކިޔުރިޓީންގެ އިތުރަށް ދެން ހުރީ ރޮބިން އެވެ. އެއީ ވަރަށް ޤަދަރުވެރި މީހެއްކަން އެނގުނީ އެމީހުން އޭނާއަށް ވާހަކަ ދެއްކި ގޮތުންނާއި، އޭނާ ލައިގެން ހުރި ކަޅުކުލައިގެ އޮފީސް ޔުނީފޯމުންނާއި، ޓައީ އިންނެވެ.

“އަހަރެންގެ މި ކޮމްޕެނީގެ މަސްލަޙަތު އިތުރަށް ގޯސް ކުރަން މަސައްކަތް ކުރާ ބަޔަކަށް ވަގުތުން އަދަބު ދޭތި! މިތަނުގަ ފިލައިގެން އުޅޭ މީހުންވެސް ހޯދާ…! އަދި އެމީހުންނަށް ހައްޔަރު ކުރޭ…! އެކަމަކު ހަނދާން ބަހައްޓާތި… އެކުޑަ ކުއްޖާ އާއި، ޒުވާނާ އަހަރެން ކުރިމައްޗަށް ގެންނާތި…!” ރޮބިން ވާހަކަ ދެއްކި އެވެ. އޭނާއަކީ އައިރިސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރެވެ. “އަހަރެން ކަލޭމެންނަށް ދޭނީ އެއް ހަފްތާގެ މުޙުލަތު… މިކަން އެއް ހަފްތާ ތެރޭ ނުކޮށްފި ނަމަ، ދެން ކަންތައް ކުރާނެ ގޮތް އޮންނާނީ އަހަރެންގެ ބާރުގެ ދަށުގަ… މިކަމުން ކަލޭމެނަށްވެސް ނޭދެވޭ އަސަރު ކުރާނެ… ވިސްނިއްޖެތަ؟”

“އެއް ހަފްތާ…” ރޮބިން އަމިއްލަ ނަފްސާ މުޚާޠަބު ކޮށް ހިތާހިތުން ކިޔާލި އެވެ. “އޭގެ ފަހުން… ދެކުދިންވެސް އަނބުރާ ލިބޭނެ…”

 

……………………………………………

“ދާނިޔާ! ދާނިޔާ…” ދިނާޔާގެ އަޑަށް ސިޓިންގް ރޫމްގައި ނިދިޖެހިފައި އިން ދާނިޔާ އަށް ހޭލެވުނެވެ. އަދި ސިޓިންގް ރޫމިން ނިކުމެ ހޯލު ތެރެއިން ލާފައި ބޭރަށް ނިކުތްއިރު ކާރުގެ ތަޅުދަނޑި ހިފައިގެން އަނެއް އަތުން އަތް ދަބަހުން އެއްޗެއް ހޯދަމުން ދިޔަ ދިނާޔާ ފެނުމުން ދާނިޔާ ހުއްޓިލި އެވެ.

“ސަޢުދިއްޔާއްތަމެން ގެއަށް މިދަނީ އެނގޭ… ދޮންބެވީ އޮފީހުގަ… ކުޑޫ އާ ބޭބީ އެކަނި ހުންނާނީ… މިއަދު މަސައްކަތް ކުރާ ދެމީހުންވެސް ވީ ޗުއްޓީގަ… އެހެންވީމަ މިއަދު ހުންނާނެ މަންމަ ހޮޓަލުން އެއްޗެހި ގެނެސްދީފަ… ނީމް ހޭލީމަ ބުނައްޗޭ މަންމަ އަންނާނީ ހަވީރުންނޭ…!” ދިނާޔާ ވާހަކަ ދައްކަމުން ގޮސް ކާރަށް އެރި އެވެ. ދާނިޔާވެސް ދިނާޔާގެ ފަހަތުން ކާރާއި ހަމައަށް ދިޔަ އެވެ.

“ހޫމް… މަންމާ، އަވަހަށް އަންނައްޗޭ!” ދާނިޔާ މިހެން ބުނުމުން ދިނާޔާ އާއެކޭ ބުންޏެވެ. މަންމަގެ ކަޅުކުލައިގެ ކާރު ލޮލުކޮޅަށް އޮބާލަން ދެން ދާނިޔާ އެތަނުގައި ހުއްޓެވެ.

ދާނިޔާ ގޭޓު ކައިރީގައި އިރުކޮޅަކު ހުރެފައި އެނބުރި ގެއަށް ވަންނަން ދިމާކުރި ވަގުތު މަގުގެ އަނެއް ފަރާތުން ހިނގާފައިދާ ގުރޫޕަކާއި އެކު ދާކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

“ރަޔާން…؟” ދާނިޔާއަށް މަޑުމަޑުން ކިޔާލެވުނެވެ.

ރަޔާން މިހިސާބުގައި އެކުރަނީ ކީއްހެއްޔެވެ؟ ބޯ ދިގުކޮށް، ކިރިޔާ ހަރުލާވަރުގެ ފަޓުލޫނު ލައިގެން ތިބި ގުރޫޕަކާއިއެކު ދާނިޔާ އެންމެ ލޯބިވި ރަޔާން ހުރިތަން ފެނުމުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔަ އެވެ. އޭނާ ރަޔާނަށް ގޮވާލަން ހިތަށް އަރާފައިވެސް ހުއްޓެވުނީ ފަހުން ރަޔާނާއި ބައްދަލުކޮށް މިވާހަކަތައް ކިޔާދޭނީއޭ ހިތަށް އެރުމުންނެވެ.

 

ދެދުވަސް ފާއިތުވެއްޖެ އެވެ. މިއަދު ސުކޫލަށް ދާން ޖެހޭތީ ދާނިޔާ އިނީ ޑްރެސިންގް ޓޭބަލް ދޮށުގައި ތައްޔާރުވާށެވެ. އިސްތަށިގަނޑު ދޫކޮށް ގަތާލުމަށްފަހު، މޫނުގައި ކުޑަގޮތަކަށް ފުށް ޖަހައިގެން ތުންފަތުގައި ފާހަގަ ނުވާނޭހެން ލިޕް ބާމްކޮޅެއް ހާކާލި އެވެ. އަދި ސެންޓުކޮޅެއް ޖަހާލުމަށްފަހު ސިޓިންގް ރޫމަށް ނިކުތްއިރު ނީމް ކައިލާން ގޮވައިގެން ސޯފާގައި އިނެވެ. ކުޑަ ކޮއްކޮއާއި ތޮޅެލާނަމޭ ހިތައި، ދާނިޔާ ގޮސް ކައިލާންގެ ކޮލުގައި ލޯބިކޮށްލި އެވެ. އެވަގުތު ކައިލާންގެ ކުޑަކުޑަ ދެއަތުން ދާނިޔާގެ އިސްތަށިގަނޑާ ކުޅެން ފެށި އެވެ.

“ހޭއި ދޮންތަގެ ފުށްގަނޑާ… ދޮންތަ ސުކޫލަށް ދާންވާއިރަށް އިސްތަށިގަނޑެއްނު ތިޚަރާބު ކޮށްލީ… ހެހެހެ އެއީ ލޯބިން ދޯ ދޫނީ…؟” ދާނިޔާ ހެމުން ބުންޏެވެ.

 

ބައްޕައާއިއެކު ކާރުގައި ސުކޫލާއި ހަމައަށް ދެވުނުއިރު ކުލާސް ފެށެން އޮތީ އެންމެ ވިހި ވަރަކަށް މިނިޓެވެ. އެހެންކަމުން އަވަސްއަވަހަށް ސިޑިން މައްޗަށް އަރައި، މިސްރާބު ޖެހީ ރަޔާންމެން ކުލާސް ހުންނަ ފްލޯއާއި ދިމާއަށެވެ. އެއީ ދާނިޔާމެން އުޅޭ ކުލާސްބަރިއާއި ޖެހިގެން ތިރިއަށް ހުންނަ ކުލާސްބަރި އެވެ.

ކުއްލިއަކަށް ފަހަތުން މީހަކު އައިސް ދާނިޔާގެ އަތުގައި ހިފައި ފަހަތަށް ދަމާގަތުމުން ފޮތްތަކާއިއެކު ދާނިޔާ ނުވެއްޓުނީ ކިރިޔާ އެވެ.

“ޝަހާ…!! ކީއްތަ ތިކުރަނީ؟ މަ ކިރިޔާ އޭ ނުވެއްޓުނީ…!” ދާނިޔާ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

އޭރު ފަހަތުގައި ހުރި ޝަހާގެ ހިނިގަނޑު ވެސް ފަޅައިގެން ގޮއްސި އެވެ. “އޭތް ރުޅި މައިތިރި ކޮށްބަލަ… މިބައިގަ ކީއްތި ކުރަނީ؟ ބަލަ ކުލާސްވީ މަތީ ބައިގަ އޭ…” ޝަހާ ބުންޏެވެ.

“ހެވޭ… މަމިތަނަށް މިއައީ ކަމެއް ކުރަން، އޯކޭ؟ އިޓްސް ވެރީ އިންޕޯޓަންޓް… ސޯ ޝަހާ ދެން ދޭބަލަ ކުލާހަށް… ޕްލީޒް!” ދާނިޔާ ހަމަޖެހިލަމުން ބުންޏެވެ.

“އޭތް މަޑުކޮށްބަލަ!” ޝަހާ ދާނިޔާގެ ކޮނޑުގައި ހިފައި އޭނާއާއި ވީކޮޅަށް އަނބުރާލި އެވެ.

“ރަޔާން ހޯދަންތަ ތިދަނީ؟” ޝަހާ އެހި އެވެ. “އޭނާ މިދިޔަ ހުކުރު ދުވަހު ވީއެކްސިޑެންޓެއްގަ ނިޔާވެއްޖެ…”

ޝަހާގެ މިޖުމުލައިގެން ދާނިޔާގެ ވަށައިގެން ހުރިހާ ތަނެއް ހީވީ އެނބުރިގަތް ހެންނެވެ.

“ކީ…….. ކޭ…………؟؟؟؟” މޭގައި އަތް އަޅާލަމުން ދާނިޔާ އެހީ ދެލޯ ބޮޑުވެފައި ހުރެ އެވެ.

އެވަގުތު ޝަހާގެ ހިނިގަނޑު ހުރިތަނަށް ފަޅައިގެން ދިޔަ އެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ ހެމުން ގެންދިޔަ އިރު ދާނިޔާ ހުރީ ހަށަންބަނދެ ލައިގެން، އެއްބުމަ އަރުވާލައިގެންނެވެ.

“ހަހަހަ… އިޓްސް ސޯ ފަނީ އައި ފޮގްޓް ޓު ލާފް!” ދާނިޔާ އޭނާގެ ލޮލުގެ ކަޅި އަނބުރާލި އެވެ. “ދެންމެ މަ ހާޓް އެޓޭކެއް ޖެހިގެން މަރުވި ނަމައޯ؟”

“ހެހެހެ… ދާންގެ ރިއެކްޝަން…!” މިހެން ބުނެފައި ޝަހާ ދާނިޔާ ސިހުން ގަޑީގައި ހުރި ގޮތަށް ވައްތަރު ޖައްސާލުމުން ދާނިޔާ އައި ރުޅީގައި ޝަހާގެ ދަބަސް ޖަހައިގަތެވެ.

“ދާން…”

މިއަޑަށް ސަކަރައި ޖަހަ ޖަހާ ތިބި ދާނިޔާ އާއި ޝަހާ ހުރިގޮތަށް ހުއްޓުނެވެ. އަދި މަޑުމަޑުން ފަހަތަށް އެނބުރިލި އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (ތިންވަނަ ބައި)

Next

ކުށްވެރިޔަކީ… (3)

Next
December 6, 2015

ކުށްވެރިޔަކީ… (3)

Previews
December 5, 2015

މިއީ ތަޤްދީރު ހޭ؟ (ތިންވަނަ ބައި)

10 Comments!

  1. zee says:
    December 6, 2015 at 9:54 am

    me first yay story is the best

    1. Faxoo says:
      December 6, 2015 at 10:13 am

      thanks Zee 😀

  2. ibu says:
    December 6, 2015 at 10:13 am

    Story is vvvvvv interesting but toooooo short. Pls make it bit longer

  3. Hmmmm says:
    December 6, 2015 at 1:01 pm

    When next part.?? ?faxoo v nice story ingey ??????????

    1. Faxoo says:
      December 6, 2015 at 1:15 pm

      next part as soon as possible.
      thanks for the comments 😀

  4. yaya says:
    December 6, 2015 at 2:44 pm

    germany girl…. story vrh reethi inge…. kehmadhuvefa mihury anehbaii kiaalaahithun….

  5. kidy says:
    December 6, 2015 at 2:49 pm

    Faxooo dhn alhe kn dhuvahakuntha sherin mn salaamah kuraany dhn abadhuvs sherin mn thibeynee hahyaru kirevifatha?i am waiting for that but varah reethi☺waiting for nxt part

    1. Faxoo says:
      December 29, 2015 at 10:39 pm

      hehe thanks Kidyyyyyyyyy

  6. nis says:
    December 6, 2015 at 9:12 pm

    next part kobaa.haadha slw e faxu

  7. ravoopinky says:
    December 7, 2015 at 11:27 am

    v v reethi waiting 4 next part

Comments are closed.

Next Episodeޝެރިން (24 ވަނަ ބައި)←


All Right Reserved!