އިންސާފު ލިބޭނެބާ – 19
ކުއްލިއަކަށް މާވިންއާއި ދާރިއަން ސިއްސައިގެން ދިޔައީ ލަމްއާނު ސިއްސައިގެން ކޮޅަށް ޖެހުމުންނެވެ. އޭނަ ހުރީ ބޮލުގަ އަތް އަޅާގެންނެވެ. ” ކަލޭމެން މަށާ ދުރުގަ ހުރޭ.. ” ހަށިގަނޑުގައި ހަކަތަނެތް ނަމަވެސް ލަމްއާން ހަޅޭއްލަވައިގަތެވެ.
***ޕާޓް 19***
ރާޅެއް އައިސް ލާންޗުގައި ޖެހުމުން ކުއްލިއަކަށް ލާންޗު އަރިއަޅައިލިއެވެ. ހަމައެވަގުތު ލަމްއާންގެ ހަކަތައެއް ނެތް ހަށިގަނޑުވެސް އަރިއަޅައިލިއެވެ. ދާރިއަން އަވަސް އަވަހަށް ލަމްއާނުގެ އަތުގައި ހިފާ އޭނަ ތެދުކުރިއެވެ. ލަމްއާނު އޭނަ އަތް ދަމައިގަންނަމުން ދާރިއަންގެ ކޮނޑުގައި އަޅާ ކޮށްޕާލިއެވެ. ދާރިއަން ކަނޑަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ” އޭ.. އޭ ހަމަޖެހިބަލަ އަހަރުން ނޫޅެމޭ ކަމެއް ކުރާކަށް.. ކަލެއަށް އެހީވެދޭށޭ މިއުޅެނީ.. ” މާވިން ލަމްއާންއާއި ކައިރިއަށް ފަޔަވަޅެއް އަޅައިލަމުން ބުންޏެވެ. ލަމްއާނު އޭނަގެ ބޮލުގައި އަތް އަޅައިގެން ހުރެ ފަހަތަށް ޖެހިލިއެވެ. އޭރު ދާރިއަން ހުރީ މާވިންގެ ފަހަތުގައެވެ. އޭނަ ދައްކާ ވާހަކަ ލަމްއާން އަޑުނާހާނެކަން އެނގޭތީ އޭނަ ހުރީ މަޑުންނެވެ.
” ހުސް ދޮގު ހަދަނީތި.. މަ މަރުވީކަމަށް ހަދާ ތިއުޅެނީ ކަނޑު ފައްތާކަށްނުން.. މަ ދިރިހުރީމަ ތިއުޅެނީ މިހާރު މަރާލަން.. ނުވާނެ މަށާ ކައިރިއަށް އައިސްގެން ދުރުގަހުރޭ.. ދުރުގަ ހުންނާށޭ.. ” ލަމްއާން ހަޅޭއްލަވައިގަތެވެ. ” އަހަރުންގެ ކަންފަތް ބީރެއް ނޫނޭ.. މައިތިރިވެބަލަ.. ކަލޭ ދުނިޔޭގަ ތިހުރީ ހަމަ އަހަރުންގެ ސަބަބުން.. އަހަރުން މީ އެ ގޭންގު މީހުނެއް ނޫނޭ.. ” މާވިން ބުންޏެވެ. ލަމްއާން ދިޔައީ އޭނާގެ ބޮލުގައި އަތް އަޅައިގެން ހުރެ ފުން ނޭވާތަކެއްލަމުންނެވެ. ” ހުސް ދޮގު.. ” ބޮލުގައި އަތް އަޅައިގެން ހުރެ މަޑުމަޑުން ލަމްއާން ބުންޏެވެ. ކުޑަ އިރުކޮޅަކު އެހެން ހުރުމަށްފަހު ލަމްއާން ލާންޗު ތެރެއަށް ހޭނެތިގެން ވެއްޓުނެވެ.
ދާރިއަން ދެލޯބޮޑުކޮށްލަމުން މާވިން އާއި ދިމާލަށް ބަލައިލިއެވެ. ” ސައިޑް އެފެކްޓެއް މީ.. އަވަހަށް ޑޮކްއަށް ގެންދަންވީ.. ” މާވިން ފުންނޭވާ އެއް ދޫކޮށްލަމުން ބުންޏެވެ. ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓް ފަހުން އެމް.ވީ.އެސް.އޭގެ ސަފާރީއަށް ކައިރިކުރެވުނެވެ. ލަމްއާން ގެނައުމުގެ ކުރިން މާވިން އެޖެންސީއަށް އަންގައިފައިވުމުން، އެޖެންސީއިން ލަމްއާން އެތާގައި ހުންނަ މެޑިކަލް ބޭސްއަށް ގެންދިޔައެވެ. ދާރިއަންއާއި މާވިން އެތަނުގެ ތެރެއަށް ވަދުނެވެ. އިރުކޮޅެއް ފަހުން އެޖެންސީގައި އުޅޭ ޑޮކްޓަރެއްކަމަށްވާ، ޑޮކްޓާރ ކަމާލް ނުކުތެވެ. ” ކުޑަކޮށް އޮކްސިޖެން ލެވެލްސް ދަށްވެފަ ހުރީ، ދެން ހާޓް ބީޓްވެސް އިންޖެކްޝަންގެ ސަބަބުން ކުޑަކޮށް އިރެގިޔުލާރ.. މިހާރު އޮބްސާރވޭޝަންގަ.. ފުރާނައަށް ނުރައްކަލެއް ނުވޭ.. ” ކަމާލް ބުންޏެވެ.
” އަލްހަމްދުލިﷲ ” މާވިންއަށާއި ދާރިއަންއަށް ބުނެވުނެވެ. ” އޭނަ ހޭއެރީމަ އަދި ކަންތައް އޮންނާނީ.. ” މާވިން އިސްތަށިގަނޑަށް އަތް މަހައިލަމުން ބުންޏެވެ. ދާރިއަންވެސް މާވިން އާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ” ކަލޭގެ ވާހަކަ ހުރި ގޮތުން އެމީހުން ކަލޭ ފުރަތަމަ ބަޔަށް ލާފާނެ.. މި ބުނީ އެސޭސިނޭޝަން ބަޔަށްލާފާނެ.. ” މާވިން ވިސްނާލަމުން ބުންޏެވެ. ދާރިއަން ބޯޖަހައިލިއެވެ. ” މިކަންތައްވެސް ނިމުނީ.. އަހަރެން އެބަޔަށްލުމުގެ ކުރިން ޖެހޭނެ މިޔާ ސަލާމަތްކުރަން..” ދާރިއަން ބުުންޏެވެ. ” އޭނަ ސަލާމަތްކުރަން އުޅެގެން އަހަރުމެން ދެމީހުންކުރެ އެކަކުގެ އައިޑެންޓިޓީ އެނގުނަސް އަހަރުންގެ ފެމިލީއަށާ ދަންނަ އެންމެނަށް އޭގެ ނުރައްކާ އޮންނާނެ.. ” މާވިން ވިސްނުނތެރިކަމާއިއެކު ބުންޏެވެ.
މާވިން ބަހަށް ދާރިއަން ބޯޖަހައިލިއެވެ. ” ދާރިއަން.. އަހަރެމެންނަށް ދާރިއަންގެ އެކުވެރިޔާގެ މަންމަގެ ގާތިލް ހޯދާ، އަހަރެންގެ ކޮއްކޮ އެ ނަރަކައިން ސަލާމަތްކުރެވޭނީ މި ގޭންގުއެއްކޮށް ހުއްޓުމަކަށް ގެނެސްގެން.. މި ގޭންގުގެ އެންމެ ބޮޑު މީހާ ހިފަހައްޓާ، ގޭންގު އެންމެން ހައްޔަރުކޮށްގެން.. އަހަރެން މިކަމެއްގަ އުޅޭތާ ތިން އަހަރުވަނީމި.. ” މާވިން މަޑުމަޑުން ބުންޏެވެ. ” އޭރު އުޅުނީ މާވިން އެކަންޏެއްނުން.. މިހާރު އަހަރެންވެސް މިހުރީ.. އިރާދަކުރެއްވިއްޔާ އަހަރެމެންނަށް މި ހަނގުރާމައިގަ ކާމިޔާބު ލިބޭނެ.. އިންސާފަކީ މަސައްކަތް ކުރީމަ ހޯދޭ އެއްޗެއް.. އަހަރުމެން ދެމީހުން މިވަނީ މިޔާއަށް ވައުދެއްވެފަ.. އެވައުދު ފުއްދަން އަހަރެމެން ދެމީހުން މަސައްކަތްކުރަން ޖެހޭނެ.. ” ދާރިއަން ބުންޏެވެ.
އިޔާދު ފައިލްތަކެއް ބަލަން ހުއްޓާ ޒާލިކް އައިސް އޭނަގެ ގާތު އިށީނެވެ. ” މަށަށް އުކައިލްގެ މަންމަގެ ކޭސް ފައިލް ލިބިދާނެތަ؟ ކްލޫއެއް ފެނިގެން މިއުޅެނީ.. ” ޒާލިކް ބުންޏެވެ. ” ކޮން ކްލޫއެއް..؟ ” އިޔާދުއަހައިލިއެވެ. ” ބުނާނަން އެއީ ރަނގަޅު އެއްޗަކަށް ވިއްޔާ ފަހުން.. ” ޒާލިކް ބުންޏެވެ. އިޔާދު ބޯޖަހައިލަމުން ޒާލިކްގެ އަތަށް ފައިލްދިނެވެ. ޒާލިކް އޭނަގެ އޮފީހަށް ވަނުމަށްފަހު ކޮމްޕިޔުޓަރުގައި އެއްޗެހިތަކެއް ޓައިޕް ކުރަން ފެށިއެވެ. އަދި ޓައިޕް ކުރި އެއްޗެހި ޕްރިންޓް ކުރުމަށްފަހު އެ ފައިލްގެ ތެރެއަށްލިއެވެ. އަދި ފައިލްގައި އޮތް ކަރުދާހެއް ނަގައި ފަތްޖެހައި އޭނަގެ އަތުގައި އޮތް ފޮތެއްގެ ތެރެއަށްލިއެވެ.
ކުއްލިއަކަށް މީހަކު އައި އަޑުއިވުމުން ސިހިފައި އޭނަ ކޮމްޕިޔުޓަރުން ހުޅުވައިފައި ހުރި ފޯލްޑާ ކްލޯސްކޮށްލިއެވެ. ދާލިޔާ އޭނަގެ ދަބަސް ނަގަން އައިވަގުތު ޒާލިކްގެ ހަރަކާތް ހުރިގޮތުން ސިހުނެވެ. ” ޒާލިކް؟ މިތާ ކީތްކުރަނީ؟ ” ދާލިޔާ ސުވާލުކުރާ ރާގަކަށް އަހައިލިއެވެ. ” މަގޭ މަސައްކަތް މަގޭ އޮފީހުގަ ކުރަނީ.. އެއީ ދާލިޔާއާ ބެހޭކަމެއް ނޫން.. ” ޒާލިކް ދާލިޔާއަށް ބަލައިލުމެއް ނެތި ބުންޏެވެ. ދާލިޔާވެސް ޒާލިކްއަށް މިފަހަރު ދޫކުރާ ހިތެއް ނުވިއެވެ. ” ދެން އަހަރެން އައީމަ ކޯއްޗެއް އެހާ އަވަހަށް ފޮރުވަން ތި އުޅެނީ.. ” ދޮރުކަނީގައި ހުއްޓެމުން ހަށަން ބަނދެލަމުން ދާލިޔާ އަހައިލިއެވެ.
ޒާލިކް ހުއްޓުން އެރިއެވެ. އޭނަ އެފަދައިން ވާހަކަ ދެއްކުމުން ޒާލިކް ހީކުރީ ދާލިޔާ ދެރަވެގެން ނަމަވެސް ދާނެކަމަށްށެވެ. ދާލިޔާ ސުވާލު ކުރާނެކަމަކަށް އޭނައެއް ނުވިސްނައެވެ. ” ދާލިޔާ ތީ ކާކު އަހަރެން ކުރާ ކަންތަކާ ބެހެން؟ މަގޭ އަންހެނުންތަ؟ ނޫނީ މަގޭ ގާލްފްރެންޑުތަ؟ ނޫން.. އެއިން އެކަކުވެސް ނޫން.. އެހެންވީމަ ދާލިޔާއަށް އަހަރެން ކުރާ ކަންކަމާ ބެހުމުގެ އެއްވެސް ހައްގެއް އެބައޮތްތަ؟ ” ޒާލިކް ދާލިޔާގެ ކައިރިއަށް ފިޔަވަޅުއަޅަމުން ގޮސް ދާލިޔާގެ ކުރި މައްޗަށް ހުއްޓުނެވެ. އަދި ދޮރުކަނީގައި އަތް ވިއްދައިލާ، ދާލިޔާއާއި މޫނު ކައިރިކޮށްލަމުން ވާހަކަ ދެއްކިއެވެ. ޒާލިކްގެ މި ހަރަކާތުން ދާލިޔާ ދިޔައީ ސިއްސައިގެންނެވެ. އޭނަގެ އަޑު އޭނަގެ ކަރުގައި ތާށިވި ފަދައެވެ. އެއްވެސް ހަރަކާތެއް ނުގެނެސް ދާލިޔާއަށް ހުރެވުނީ ޒާލިކްގެ ތޫނު ދެލޮލަށް ބަލާށެވެ.
” އަހަރެން ނާހަމެއްނުން ދާލިޔާ އުކައިލްއާއެކު ކުރާކަންތަކުގެ ވާހަކައެއް ނޫނީ ދާލިޔާ އެހެންމީހުންނާއެކު ކުރާ ކަންތަކެއް.. އެހެންވީމަ ދާލިޔާއަށްވެސް ރަނގަޅުވާނީ އަހަރެން ކުރާ ކަންތަކާ ނުބެހުނިއްޔާ.. ” ދާލިޔާގެ ކަންފަތާ އަނގަ ކައިރިކޮށްލަމުން ޒާލިކް ބުންޏެވެ. ޒާލިކް އެހާ ކައިރީގައި ހުރުމުން ދާލިޔާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދާލިޔާ ހިންދިރުވައިލަމުން ވާހަކަ ދެއްކިއެވެ. ” މިހާރު ޒާލިކް ތިހެން އުޅުނަސް ތީ އަހަރެންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ.. އަހަރެން ޒާލިކް ނުބައި މަގަކުން ދަންޏާ ހުއްޓުވާނަން.. ” ދާލިޔާ އަޒުމާއިއެކު ބުންޏެވެ. ޒާލިކް ދާލިޔާއަށް ބަލައިލަމުން އެއްމިޔަކަނުން ހީލިއެވެ. ” ދާލިޔާއަށް ތިހީވަނީ ކުއްހީއެއް.. ދާލިޔާއަކަށް އޭރުވެސް މިހާރުވެސް މަށެއް ނޭނގުން.. ” މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށުމުން ޒާލިކް ދާލިޔާއާއި ދުރައްޖެހިލަމުން ކަރުކެހިލިއެވެ.
ޒާލިކްގެ އޮފީހުގައި ޓަކިޖަހައިލަމުން އުކައިލް ވަދުނެވެ. އޭނައަށް ހައިރާން ކަމެއް ލިބުނީ ދާލިޔާ އެތާ ހުރުމުންނެވެ. ދާލިޔާއަށް ބަލައިލުމަށްފަހު އުކައިލް ވާހަކަ ދައްކަން ފެށިއެވެ. ” މި ކޭސްއާއި ބެހޭ ދޮގު މައުލޫމާތުތަކެއް ފޭސްބުކްގައި ދައުރުވަމުން ދާތީ މި އުޅެނީ.. އާންމުން ތިބީ ވާނުވާގަ.. ” އުކައިލް ހާސްކަމާއިއެކު ބުންޏެވެ. ” ކީކޯ އޮތީ؟ ” ދާލިޔާ އަވަސް އަވަހަށް ފޯނު ނަގަމުން ފޭސްބުކްއަށް ވަންނަމުން އަހައިލިއެވެ. ” އަހަރެންގެ މަންމަގެ ހަށިގަނޑުގައި އަލިފާންޖެހީ އަހަރެންގެ ބައްޕަ ރާވައިގެންނޯ މަންމަގެ މުދާތައް ހޯދަން.. ފުލުހުން ވަނީ އެކަންތައް ސިއްރުކޮށްފަ ކަމަށް އެމީހަކު ބުނަނީ.. ދާޔާ.. ” އުކައިލް ދާލިޔާއަށް އާދޭހާއިއެކު ބަލައިލިއެވެ.
” އައިމް އޮން އިޓް.. ” ދާލިޔާ އަވަހަށް އޭނަގެ އޮފީހަށް ވަދެ ގޮޑީގައި އިށީނެވެ. އެ ސައިޓްއަށް ވަދުމަށްފަހު އެމީހާގެ ނަންބަރު ޓްރޭސް ކުރަން ފެށިއެވެ. އެ ނަންބަރު ޓްރޭސް ނުކުރެވުމުން ދާލިޔާ އަނގައަށް ގޮތެއް ހަދައިލިއެވެ. ” އަހަރެން ބޭނުންވޭ އެކަކުވެސް ބޭނުން ނުކުރާ ފޯނަކާއި ސިމް ކާޑެއް.. ” ދާލިޔާ އުކައިލްއާއި ދިމާލަށް ބުންޏެވެ. އުކައިލް ބޯޖަހައިލަމުން ފޯނަކާއި އައު ސިމް ކާޑެއް ނަގަން ދިޔައެވެ. ކުޑައިރުކޮޅެއް ފަހުން އެ ފޭސްބުކް ޕޭޖަށްވަދެ އެ މައުލޫމާތު ފަތުރާފައިވާ މީހުންނަށް ގުޅައިލިއެވެ. އެމީހާ އެ ކޯލަ ނެގުމުން ދާލިޔާ އެމީހާގެ ފޯނު ހެކްކުރުމުގެ މަސައްކަތް ފެށިއެވެ.
” އައްސަލާމު އަލައިކުމް.. އަޅުގަނޑު މީ ސްޓާ ނިޔުސްގެ ނޫސްވެރިއެއް އެނގޭތޯ.. އަޅުގަނޑު ތިބޭފުޅާއާއި މި ގުޅައިލީ، ތިބޭފުޅާ އެންމެފަހުން ކޮށްފައިވާ ޕޯސްޓްގެ އިތުރު ތަފްސީލެއް ދެވިދާނެތޯ ސުވާލުކޮށްލަން.. ” ދާލިޔާ ނޫސްވެރިއެއްގެ ގޮތުގައި އެކްޓުކުރަމުން ވާހަކަ ދެއްކިއެވެ. ” އާދެ ކޮން މައުލޫމާތެއްތޯ ބޭނުންވަނީ؟ ” އެމީހަ އަހައިލިއެވެ. ” އެ ޕޯސްޓަކީ ހަގީގަތެއްވާނަމަ އޭގެ ހެކިތައް އަޅުގަނޑުމެން ބޭނުންވޭ.. ” ދާލިޔާ ބުންޏެވެ. އޭރު އޭނަ ދިޔައީ ކޮމްފިޔުޓަރުގައި އެކި އެއްޗެހި ޓައިޕް ކުރަމުންނެވެ. ދާލިޔާ އެމީހާގެ ފޯނު ހެކްކުރެވުމުން ބޮޑުވައި އިނގިލި އުކައިލްއަށް ދައްކައިލިއެވެ. އުކައިލް ހުރީ ދާލިޔާގެ ކުޅަދާނަކަމާއި މެދު ފަހުރުވެރިވެފައެވެ.
” އާދެ އަޅުގަނޑުމެންނަށް ހެކި ދެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަން.. ” އެމީހަ ބުންޏެވެ. ” އެއީ ކީއްވެތޯ؟ އެއީ ތިބޭފުޅުން ހެދި ހެއްކަކީ އެއްވެސް ބާރެއް ނެތް މީހުންގެ މެދުގައި ފިތުނަ އުފެއްދުމަށްޓަކައި ފެތުރި ވާހަކައަކަށް ވީމައެއް ނޫންތޯ؟” ދާލިޔާ އަހައިލިއެވެ. އެއާއެކު ފޯނު ކަނޑާލިކަމުގެ ބީޕްގެ އަޑު އިވިގެންދިޔައެވެ. ” ހެކް ކުރެވުނުތަ؟ ” އުކައިލް އަހައިލިއެވެ. ދާލިޔާ އަވަސް އަވަހަށް ބޯޖަހައިލިއެވެ. ” މި އޮތީ އެޑްރެސް ” ދާލިޔާ އުކައިލްއަށް އެމީހަގެ އެޑްރެސް ދިނެވެ. އުކައިލް ބޯޖަހައިލަމުން އޮފީހުން ނިކުންނަން ދިޔައެވެ. ” ކޯލް ރިކޯޑް ކުރިން ދޯ.. އަހަރެން މިދަނީ ކޯޓު އަމުރެއް ހިފައިގެން އެތަނަށް ދާން.. ރިކޯޑިން ހެއްކަކަށް ބާއްވާ.. ” އުކައިލް ބުންޏެވެ. ދާލިޔާ ބޯޖަހައިލަމުން ރިކޯޑިން ޕެންޑްރައިވްއަކަށް އެޅުމަށްފަހު އެވިޑެންސް ބޭގްއަކަށްލިއެވެ.
ލަމްއާނަށް ހޭލެވުމާއިއެކު އޭނަ، އޭނާގެ ހަށިގަނޑަށް ގުޅައިފައި އޮތް ހޮޅިތަކާއި އައިވީ ނައްޓާލިއެވެ. އަވަސްއަވަހަށް އެނދުން ތެދުވުނެވެ. އެވަގުތަކީ ޑޮކްޓަރ ކަމާލް އެކޮޓަރިއަށް ވަތް ވަގުތެވެ. ” ލަމްއާންގެ ހަށިގަނޑަކު އަދި ތިހެން އުޅޭހާ ހަކަތައެއް ނުހުންނާނެ އަވަހަށް އެނދުގަ އިށީންދެލާ.. ” ކަމާލް މަޑުމައިތިރި ކަމާއިއެކު ބުންޏެވެ. ” ތީކާކު؟ ” ކަމާލްއާއި ދިމާލަށް އިނގިލި ދިއްކުރަމުން ލަމްއާން އަހައިލިއެވެ. ” އަހަރެން މީ ޑޮކްޓަރެއް.. އަހަރެންގެ ނަމަކީ ކަމާލް.. ” ކަމާލް ލަމްއާންގެ ސުވާލަށް ޖަވާބުދިނެވެ. ” މީ ކޮންތަނެއް؟ ކޮބާ އަހަރެން މަރާލަން އުޅުނު ދެ މީހުން؟ ތީ ވެސް ގޭންގު މީހެއްދޯ.. ” ލަމްއާން ހާސްވެ ހުރެ އެކިއެކި ސުވާލިތަށް ކުރަން ފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







Maashaa Allah mi part vx varah varah reethi…
Eii zaalik noony iyaadhuge kameii kanneyge…
Can’t wait for next part
When next????????
Thank you Vampire girl.. I’m glad u like it.
Let’s see dhw kaakuge kameh kan eii.
Next part insha Allah Saturday ga..
Less💜❤
Lyssm* autocorrection 😭💜🦋
Mi part ves v v reethi
Curiously waiting for the next
When next??
Thank you Naikko.. I’m glad u like it
Next part insha allah Saturday ga..
Lyssm 💜🦋
mi part ves v reethi masha allah
curiouly waiting for next part
keep it up
lamaan khineh vegen eulheni
dhaaya and ukail gulhuvachey
miyaa and dhaarian ves
they all are made for each other
zaalik haadha goahey
i appreciate your hard work
your my fav author
love you maash
Thank you cutie girl.. I’m glad u like it..
Next part insha allah sunday ga..
Lamaan ah vegen ulhey goi ingeyne next part ga hehe..
Let see dhw vaa goii..
Zaalik asluvx vrh goahey dhww..
That means a lot…
Love you too darlingg 💜🦋
On ma God
Lamaan kairee buney madun hunnaashey!!
Does he have a brain?? If they wanna kill him they would!
but no!! they just saved him!! lamaan vaa moya!
When next??
My curiosity in the galaxy
Hheheheh….
Hehe okey lamaan kairy bunaanan madun hunnaashey..
Hehe he is just scared from everything..
Next part insha allah Sunday ga..
Hehe lyssm darling 💜🦋
Mi part ves vrh reethi 💕💕❤️❤️✨️
Thank you My name.. Glad u like it💜🦋
Mi part vs v reethi
When next
Thank you darling glad u like it💜🦋