އިންސާފު ލިބޭނެބާ – 17
” އާނ އަހަރެން ގާތު މަރާލަން ބުނި މީހަކީ ގޭންގަށް ބިޓްރޭ ކުރި މީހެއް.. އޭނަ ބޭނުންވީ އަންހެންކުއްޖަކަށްޓަކައި އައު ފެށުމެއް ފަށަން.. އެހެންވެ ގޭންގު މީހުން މަށަށް އެމީހަ މަރައިލާން ޖެއްސީ.. ” މާވިން ބުންޏެވެ. ” ދެން ކަލޭ ކީއްކުރީ؟ އެމީހުން ދެކޭ ގޮތުގަ އޭނަ މަރައިލީމޭ ތިބުނަނީ ކީއްވެ؟ ” މާވިންގެ ވާހަކަ ޝައުގުވެރިކަމާއިއެކު އަޑުއަހަންހުރެ ދާރިއަން ކުރިން ކުރި ސުވާލު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ.
***ޕާޓް 17***
” އެމް.ވީ.އެސް.އޭ އިން އަހަރެންނަށް އިންޖެކްޝަންއެއް ތައްޔާރު ކޮށްދިނީ.. އޭތި ޖެހީމަ މީހާގެ ހިތް ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެޓް ވަންދެން ހުއްޓުވާނެ.. އަހަރެން އޭތި ބޭނުންކޮށްލީ.. އަހަރެން ބުނިން އަހަރެން ކަނޑު ފައްތާނީއޭ.. އެހެން ކިޔާފަ ހެޑްކުއާޓާސްއަށް ގެންދިޔައީ.. ނިޔު އައިޑެންޓިޓީއެއް ދީފަ އޭނަ އެހެން ގައުމަކަށް ފޮނުވާލީ.. ހީ އިޒް ސޭފް އެންޑް ވެރީ މަޗް އަލައިވް. އެ އަންހެން ކުއްޖާ އާއެކު ދިރިއުޅުމެއް ފަށާގެން އުޅެނީ.. އަހަރެން އެކަހަލަ އިންޖެކްޝަންއެއް ދާރިއަންއަށް ތައްޔާރުކޮށްލަދޭނަން.. ” މާވިން ހަމަޖެހިލާފައި ބުންޏެވެ. އެއާއިއެކު ދާރިއަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ” ތެންކްސް މޭން.. ” ހިނިތުންވެލަމުން ދާރިއަން ބުންޏެވެ. އޭނާގެ ހިތްމަތިން ބޮޑު ގާގަޑެއް ނެގި ކަމުގެ އިހްސާސް އޭނައަށް ކުރެވުނުވެ.
މާވިން ބޯޖަހައިލިއެވެ. ” ދެން ވެސް ތައްޔާރުވާން އުޅޭ.. ” މާވިން ދާރިއަންގެ ކޮނޑުގައި އަތްއަޅުވައިލަމުން ބުންޏެވެ. ދާރިއަން ހޫންއެކޭ ކިޔާފައި ތުވާލި ކޮނޑުގައި އަޅުވައިލައިގެން ފާހަނައަށް ވަނެވެ. އެއާއެކު މާވިން ފޯނުން މީހަކަށް ގުޅަމުން ކޮޓަރިން ނިކުތެވެ. ” އަޔާޝް ކަލޭގެ ބޭނުމެއް ޖެހިޖެޔޭ..” އޭނާއާއެކު މަސައްކަތް ކުރާ އޭޖެންޓެއްކަމަށްވާ އަޔާޝްއާއި މާވިން ވާހަކަ ދެއްކިއެވެ. ” ކަލޭ އަބަދުވެސް މަށަށް ގުޅާނީ މަގޭ ބޭނުމެއް ޖެހިގެންނުން.. ކޮންކަމެއް އަނެއްކާ މިހާރު ޖެހުނީ؟ ” އަޔާޝް އަހައިލިއެވެ. ” ފޯނުގައެއް ނުބުނެވޭނެ މިކޮޅަށް މީހަކު ވަރަށް އަވަހަށް ފޮނުވަބަލަ..” ފޯނުން އޭޖެންސީއާއި ގުޅޭ ވާހަކަ ދެއްކުމަކީ މަނާ ކަމެއްކަމުން މާވިން ބުންޏެވެ. އަޔާޝް އާއެކޭ ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.
ކުޑަ އިރުކޮޅެއްފަހުން ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. އޭޖެންސީ ކުއްޖެއްކަން ޔަގީން ވާތީ މާވިން އަވަހަށް ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ކަޅުކުލައިގެ މާސްކެއް އަޅައިގެން ހުރި މީހެއް ހުއްޓެވެ. ” ލަމާން.. ” ޔަގީން ކުރުމުގެ ގޮތުން މާވިން ގޮވައިލިއެވެ. ލަމާން ބޯޖަހައިލިއެވެ. ” އަޔާޝް ގާތު އެއްކަލަ މީހެއްގެ ހިތް ފަނަރަ މިނެޓް ވަރު ހުއްޓުވާ ކަހަލަ އިންޖެކްޝަންއެއް ހަދާދޭށޭ ބުނެބަލަ… މިއަދު ހަވީރުގެ ކުރިން އަހަރެން އެ ބޭނުންވޭ އެބަ.. ” މާވިން ބުންޏެވެ. ” މައްސަލައެއް ނެތް ” ލަމާން ބުނުމަށްފަހު އެގެއިން ނިކުމެގެން ދިޔައެވެ.
ލަމާން ދިޔަތާ އިރުކޮޅެއް ނުވެ ދާރިއަން ފާހަނައިން ނިކުމެ އާދައިގެ ކަޅުކުލައިގެ ޓީޝާޓްއަކާއި ފަޓުލޫނެއް ލައިގެންއައެވެ. ” ކޮފީއެއް ބޮއެގެން މަށަށް ދެވޭނީ.. ” ދާރިއަން އެހެން ބުނުމަށްފަހު ބަދިގެއަށްވަނެވެ. މާވިންވެސް ކާގެއަށް ވަދެ އަމިއްލައަށް ކޮފީއެއް ގިރައިލައިގެން ގޮޑީގައި އިށީނެވެ. ” އެއްކަލަ ކަންތަކާ އުޅެވިއްޖެތަ؟ ” ދާރިއަން މާވިން ބުނި އިންޖެކްޝަންގެ މަތިން ހަނދާންވުމުން އަހައިލިއެވެ. ” އާނ.. އެޖެންސީއިން މިހާރު އެބައުޅޭ އެކަމާ.. ” މާވިން ބުންޏެވެ. ދާރިއަން ފުންނޭވާއެއް ދޫކުރުމަށްފަހު މާވިންއަށް ޝުކުރު އަދާކުރިއެވެ. ކޮފީ ބޮއެ ނިމުމުން ދެ މީހުން މިސްރާބު ޖެހީ ގޭންގް ބައްދަލުވުން އޮތް ތަނަށް ދިޔުމަށްޓަކައެވެ.
ޒާލިކް އޭނަގެ އޮފީހުގައި ކަމެއްކުރަން އިންދާ ދާލިޔާ ވަދެގެން އައިސް އޭނާގެ ގާތު ހުއްޓުނެވެ. ޒާލިކް ދާލިޔާ ހުރިމީހަކަށްވެސް ހަދާނުލާ އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އޭނަ ދިޔައީ ކުރީގެ ކޭސްތަކެއްގެ އެވިޑެންސްބައިތައް ބަލަމުންނެވެ. ގާތުގައި ދެ ލެބޯޓްރީ ‘ ބީކާ ‘ ހުރިއިރު، އެކަތީގައި މަޑު ރީދުލަކަށް ދާ ކުލައެއްގެ ދިޔާ އެއްޗެއް ހުއްޓެވެ. އަނެއް ބީކާގައި ފެނުގެ ކުލައިގައި ހުރި ދިޔާ އެއްޗެއް ހުއްޓެވެ. އޭނަ ފެނުގެ ކުލައިގައި ހުރި ބީކާ ސަމްސަލެއް ފަދައިން ދިގުކޮށް ހުރި އެއްޗެއްލައި ހަލުވައިލުމުން އޭތި ރަތް ކުލައަށް ބަދަލުވިއެވެ. ޒާލިކް އެއިން ދޭހަވި އެއްޗެއް އޭނާގެ ފޮތުގައި ލިޔުނެވެ.
ޒާލިކްގެ ހިމޭންކަމުން އުދަނގޫވެގެން ދާލިޔާ ވާހަކަ ދައްކަން ފެށިއެވެ. ” ކީއްކޮށްލަނީ؟ ” ދާލިޔާ ޒާލިކްގެ ގާތުގައި ހުރި ގޮޑިއެއްގައި އިށީންނަމުން ސުވާލުކޮށްލިއެވެ. ” އަހަރެން ކުރާކަންތައް ހަމަ ނުފެންނާތީތަ ތި އަހަނީ.. ” އެއްވެސް އަސަރެއް ނެތް ފަދައިން ޒާލިކް އަހައިލިއެވެ. ” ކީއްވެ ކުއްލިއަކައަކަށް ޒެކް އެހާ ރޫޑްއީ.. އަހަރެން މީ ޒެކްގެ ބެސްޓީއެއްނުން.. އެހެންނޫނަސް ޒެކްތި ހަދާ އެކްސްޕެރިމެންޓްތައް އަހަރެންނަށް އެނގޭނީ ޒެކް ބުނީމައެއްނުން.. އަހަރެން މީ ސައިންސްއަށް އެހާ މޮޅު މީހެއް ނޫން ވިއްޔާ.. ” ދާލިޔާ ޒާލިކްގެ މޫނަށް ބަލައިލަމުން މަޑުމައިތިރިކަމާއިއެކު ވާހަކަ ދެއްކިއެވެ.
” އަހަރެންނެއް ނޫން ރޫޑްއީ.. ދާލިޔާއަށް ރޫޑް މީހުން ވަކިކުރަން ނޭނގެނީ ކަންނޭނގެ.. ދާލިޔާއާ ބެހޭ ކަމެއް އަހަރެން މިތަނުގައެއް ނުކުރަން.. ނޭންގޭ ކަންކަމާ ނުބެހުން މާ ރަނގަޅުވާނެ.. ” ޒާލިކް ހިތްހަމަނުޖެހިފައި ހުރި ރާގަކަށް ބުންޏެވެ. ޒާލިކްގެ ރާގު ހުރިގޮތުން ދާލިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަ މަޑުމަޑުން ދާން ހިނގައިގަތެވެ. ” ޒެކް ކަމެއް ބޭނުން ވިއްޔާ އަހަރެން ކައިރީބުނޭ.. އައިމް ހިއާ ފޯރ ޔޫ.. ” ޒާލިކްގެ ވާހަކަތަކުން ކިތަންމެ ހިތުގައި ޖެހުނު ނަމަވެސް ދާލިޔާ ހިތްވަރުކޮށްލާފައި ބުންޏެވެ. އޭރު ދާލިޔާގެ އަޑުގައި މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ދޮރު ހުޅުވައިލުމަށްފަހު ޒާލިކް އެއްޗެކޭ ބުނޭތޯ އިރުކޮޅަކަށް މަޑުކޮށްލުމުންވެސް، ޒާލިކް އެއްޗެކޭ ނުބުނުމުން އިސްޖަހައިގެން ހުރެ ދާލިޔާ ނިކުމެގެން ދިޔައެވެ.
ދާލިޔާ ދިޔުމުން ޒާލިކްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ އަތުގައި ހުރި ސަމްސާ ފާޑުގެ އެތި ބީކާގެ ތެރެއަށް ދޫކޮށްލުމަށްފަހު ބޮލުގެ އިސްތަށިގަނޑަށް އަތްމަހައިލަމުން ގޮޑީގައި އިށީނެވެ. ދާލިޔާއާ އެހެން ވާހަކަދެއްކުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ދާލިޔާގެ އަޑުގައިވި ތުރުތުރު އޭނައަށް އަދިވެސް އިވޭފަދައެވެ. ” އިޒް ދިސް ވޯރތް އިޓް.. ” ޒާލިކްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އޭނަ މިކުރާ ކަމަކުން ދެމީހުންގެ ވެސް ހިތަށް ތަދުވެއެވެ. ދާލިޔާ އެކުވެރިއެއްގެ ގޮތުގައި ދެކުނަސް ޒާލިކް ދާލިޔާއާއި މެދު ތަފާތު ނަޒަރަކުން ދެކޭ ވާހަކަ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އެއީ އޭނާގެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ.
ދާލިޔާ ޒާލިކްގެ އޮފީހުން ނިކުމެގެން އައިސް އޭނާގެ އޮފީހަށްވަނެވެ. އަދި މޭޒުމަތީ ބޯއަޅައިގެން އޮވެ ނޭފަތް ދަމާލިއެވެ. ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާގެ ދުރުކަމުން އޭނާގެ ހިތައް އަސަރުކޮށްފިއެވެ. ދާލިޔާ އައިއިރު އޭނާގެ އޮފީހުގައި އިތުރު މީހެއް ހުރިކަމުގެ ހިލަމެއް އޭނައަކަށް ނުވިއެވެ. ކުއްލިއަކަށް ދާލިޔާ އޮފީހަށް ވަދެގެން އައިސް މޭޒުގައި ބޯއެޅުމުން ކޮންމެވެސް ކަމެއްވެގެން އުޅޭކަން އުކައިލްއަށް ޔަގީންވިއެވެ. އޭނަ މަޑުމަޑުން އައިސް ދާލިޔާ ގާތު ކުޑަކަކޫ ޖަހައިގެން އިށީނެވެ. ” ދާޔާ ” ދާލިޔާގެ ހަށިގަނޑުގައި އަތް ޖައްސައިނުލައި ހުރެ އުކައިލް މަޑުމަޑުން ގޮވާލިއެވެ. ދާލިޔާ ސިއްސައިގެން ގޮސް އަވަސްއަވަހަށް ބޯ ނެގިއެވެ. އުކައިލްއިން ގޮތުން ދާލިޔާ ހައިރާންވިއެވެ.
” ހުރިހާ ކަމެއް ރަނގަޅުތަ؟ ” އުކައިލް މަޑުމައިތިރި އަޑަކުން ސުވާލުކޮށްލިއެވެ. ދާލިޔާ އުކައިލްއާއި ހަތަރުކަޅި ހަމަކުރަން ނުކެރިގެން އިސްޖަހައިލިއެވެ. މަޑުމަޑުން އޭނަ ބޯޖަހައިލިއެވެ. ” ޕިސް ދާޔާއަށް ނޭނގެ ދޮގުހަދާކަށް ވެސް ” އުކައިލް ލުއި ހިނިތުންވުމަކާއިގެން ބުންޏެވެ. އުކައިލްއަށް އޭނަ ހެދި ދޮގު އެހާ އަވަހަށް ފަޅާއެރުމުން ދާލިޔާގެ މޫނަށް ޖަންބުކުލަވެރިވެގެން ދިޔައެވެ. އުކައިލް މަޑުމަޑުން ދާލިޔާގެ އަތްކައިރިއަށް އޭނާގެ އަތް ގެންދިޔައީ، އޭނާގެ ދޮލުލުން ދާލިޔާގެ އަތުގައި ހިފުމަށް ހުއްދައަށް އެދެމުންނެވެ. ދާލިޔާ އޭނާގެ އަތާ އަތް ދުރުނުކޮށްލުމުން މަޑުމަޑުން ދާލިޔާގެ ގަޑުފެންކޮޅެއްހައި ފިނި އަތުގައި ހިފައިލިއެވެ.
” އަހަރެން މިހުރީ އަޑުއަހަން.. ” އުކައިލް މަޑުމަޑުން ބުންޏެވެ. ” ޒެކް މާ ދުރުން އުޅޭތީ.. ” މަޑުމަޑުން ވާހަކައިގެ އެއްބައި ސިއްރު ކުރަމުން ދާލިޔާ ބުންޏެވެ. ” ކަމެއް ސިއްރުކުރޭއެބަ.. ޒާލިކް ދުރުން އުޅުނަސް ދާޔާއެއް ނުރޯނެ.. ޒާލިކް އެއްޗެކޭ ބުނީތަ؟ ” ދާލިޔާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުން އުކައިލް އަހައިލިއެވެ. ދާލިޔާ ތުންފަތުގައި ދަތްއަޅާއިލަމުން އިސްޖަހައިލިއެވެ. ” އަހަރެން ނުރޮން.. ” އަނގައަށް ގޮތެއް ހަދައިލަމުން ދާލިޔާ ބުންޏެވެ. ” އޯހް ދެން ކޮންހައި ފެނެއް ދާޔާގެ ދެލޮލުން މިފައިބައިނީ.. ” ދާލިޔާގެ ލޮލުން ވެއްޓެންދިޔަ ކަރުނަ ތިއްކެއް ފޮހެލަމުން އެއްމިޔަކަނުން ހީލަމުން އުކައިލް އަހައިލިއެވެ. ދާލިޔާ މޫނަށް އެރި ޖަންބު ކުލަ ގަދަވެގެން ދިޔައެވެ.
” ޒާލިކް” ދާލިޔާ މަޑުމަޑުން ބުންޏެވެ. ދާލިޔާގެ ކަރުނަތަކުގެ އަސްލަކީ ޒާލިކްކަން އެންގުމުން، އުކައިލްގެ މޫނުމައްޗަށް ޒާލިކްއާއި މެދު ހިތްހަމަނުޖެހުމުގެ ކުލަވަރު އަރައިގެން ދިޔައެވެ. ” ކީކޭ އޭނަ ބުނީ.. ” އުކައިލް އޭނާގެ އިހްސާސްތަށް ހަމައަކަށް އަޅުވައިލަމުން ސުވާލުކޮށްލިއެވެ. ” އެހާ ބޮޑު އެއްޗެކޭ ނުބުނެ.. އެކަމަކު ވަރަށް ރޫޑްކޮށް ވާހަކަ ދެއްކީ.. ” އިސްޖަހައިލަމުން ދާލިޔާ ބުންޏެވެ. އުކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ. ” އަހަރެން އޭނައާ ވާހަކަ ދައްކާލާނަން.. ” ތެދުވަންނަމުން އުކައިލް ބުންޏެވެ. ” ނޯ ޕްލީޒް.. އުކައިލް އެކަމުގެ ތެރެއަށް ވަންނަން ނޫޅޭ.. އަހަރެން ރަނގަޅޭ.. ” ދާލިޔާ އަވަސް އަވަހަށް އުކައިލްގެ އަތުގައި ހިފަމުން ބުންޏެވެ. ދާލިޔާގެ އަޑުގައިވި އާދޭހުގެ ރާގުން އުކައިލްގެ ހިތް މަޑުކަފަކޮޅަކަށްވި ފަދައެވެ. އަވަސް އަވަހަށް ނުބުނާނަމޭ ބުނާ ފަދައަކުން ބޯޖަހައިލިއެވެ.
ލަމާން އިންޖެކްޝަން ހިފައިގެން އަންނާތީ މާވިން ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. މީހަކަށް ޝައްކު ވެދާނެނެތީ ދާރިއަން ހުރީ ގޭންގްގައި މީޓިން ބާއްވާ ކުޑަ ގެ ގަނޑުގައެވެ. އޭރު ވަދީހު އާއި ޝިމާއުގެ އިތުރުން ހަތަރު ވަރަކަށް މީހުން ތިއްބެވެ. ލަމާން އިންޖެކްޝަން ހިފައިގެން އައުމުން މާވިން އަވަހަށް އޭގައި ހިފިއެވެ. ” ތޭންކްސް ބަޑީ.. ” ލަމާންއަށް ބަލައިލަމުން މާވިން ބުންޏެވެ. ލަމާން ބޯޖަހައިލަމުން އެތަނުން ދިޔައެވެ. މާވިން އެ ކުޑަގެގަޑަށް ވަދެގެން އައިސް ދާރިއަން ގާތު ހުއްޓުނެވެ. އަދި މީހަކަށް ހިލަމެއް ނުވާނެހައި ސިއްރުން ދާރިއަންގެ އަތުތެރެއަށް ސިރިންޖް ލައިދިނެވެ. ދާރިއަން އަވަސް އަވަހަށް ސިރިންޖް އޭނަ ލައިގެންހުރި ފަޓުލޫނުގެ ޖީބަށްލިއެވެ.
” މިއަދު އަހަރެމެން ދަޔާން މިތަނަށް މިގެނައީ ދަޔާންގެ އެންމެ ފަހު ޓެސްޓު ފުރިހަމަ ކުރަން.. ” ޝިމާއު ބުންޏެވެ. އޭނަގެ އަތުގެ އިޝާރާތަށް ތިހާމް އާއި ވަދީހު ކަނުބަދެފައިވާ ފިރެހެނެއް ގެނެސް ކުޑަކަކޫ މައްޗަށްވާ ގޮތަށް ބޭންދިއެވެ.
( ނުނިމޭ )
🦋 ކިޔުންތެރިން ދެއްވާފައިވާ ރީތި ނަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ތި ކުދިން ދެއްވާފައި ހުރި ހުރިހާ ނަމެއް މި ވާހަކައިގައި ނުހިމެނުނަސް ކޮންމެ ކުއްޖެއްގެ ނަންތަކުގެ ތެރެއިން ނަމެއް އަޅުގަނޑު ހިމަނާނަން.. އަދި އަޅުގަނޑުގެ ކުރިއަށް އޮތް ވާހަކަތަކުގައިވެސް ހިމަނަން މަސައްކަތް ކުރާނަން.. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ..💜🦋
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







Mi part ves v v reethi
Curiously waiting for the next
When next???
Thankyou Naikko.. I’m glad u like it..
Insha allah next part saturdayga💜🦋
Mi part ves v reethi masha Allah
Curiously waiting for the next part
Keep it up
Ukail have feelings for dhaaya
Ukail and dhaalia gulhuvachey
Miyaa and Darian ves
They all are made for each other
Anehkaa kon test eh furihama kuran baa maraalan kanneyge
I appreciate your hard work
Love you butterfly ❤️😍
Thankyou cutie girl.. I’m glad u like it..
Insha allah next part saturdayga
Thankyou for ur support darling
haha yes ukail have feelings for dhaaliya
lets see dhw vaagoii
hama vedhaane meehaku maraalan kamah jeheney..
I appreciate ur support darling
Love you moreee💜🦋
Very nice and interesting 👍 👌 👏
Hehehhehehehe…..
When next??
Stay safe
Love you dear butterflyyyyyyy
Ukail and Zaalik fighting over dhaalia
Oh ma God so funny 😁…
Mia and dhaarian ves made for each other
Thankyou Your fav bab.. I’m glad u like it..
Insha allah next part saturdayga
Stay safe to u too darling
Aww love u more darlingg
hehe yeshh they both are fighting over her..
hehehe
lets see dhw vaagoii💜🦋
Varah reethi
keep it up
maavin ge plan anehkaa work kuraane baa
good job
Thankyou zozo. I’m glad u like it..
Thankyou for ur support darlingg..
lets see dhw maavinge plan work kureythw..
💜🦋
Girly this is the only story I’ve been reading in less than 5 five mins of uploading ..I always see everyday after wake up if there’s a new part of this story 😭😭❤️ so nice and the script u made for this story is amazing keep up the good work girl u will get my full support 🥹❤️💅
Awww this comment made my day❤❤.. Thank you so much.. i’m really happy mi story darling ah reethi v ma.. I’ll try my very best to make this story better than the last ones.. Thankyou for ur support Ana.. It means a lot to me .. I really appreciate it❤❤ Lyssm💜🦋
Next submitted they???
Sorry vampire girl.. I couldn’t submit due to the errors which happened in esfiya recently.. And I’m currently not in my island so couldn’t write.. But I will submit 3 parts this week insha Allah💜🦋
Im waiting very hopefully to read the next part…..wishing to get that part soon
Sorry darling… I couldn’t submit due to the errors which happened in esfiya recently.. And I’m currently not in my island so couldn’t write.. But I will submit 3 parts this week insha Allah💜🦋
It’s okay
Thank you darling 💜🦋
Its okay i understand
Will always appreciate ur hard work dear Butterflyyyyy✨🤍
Thank you for understanding darling 💜🦋