Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ-15

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
January 21, 2025 5 Mins Read
22 Comments

ލާންޗު މާލެއަށް ލެފުމުން ދާރިއަން ފޯނު ހުޅުވައިލިއެވެ. އޭރު އޭނާގެ ފޯނަށް ސަތޭކައަށްވުރެ ގިނަފަހަރު ދާލިޔާ ގުޅާފައޮތެވެ. އަދި އެއަށްވުރެ ގިނައިން އުކައިލް ގުޅާފައިވެއެވެ. އޭނަ އަވަސް އަވަހަށް ދާލިޔާއަށް ގުޅިއެވެ.

***ޕާޓް 15***

ދާރިއަން ހޯދަން މަޝްވަރާކުރަނިކޮށް ދާލިޔާއަށް ފޯނުކޯލެއްއައެވެ. ދާލިޔާ ފޯނު ނަގައި ބަލައިލުމާއިއެކު އޭނާގެ މޫނުމައްޗަށް އަލިކަމެއް ވެރިވިއެވެ. އަވަސް އަވަހަށް ދާރިއަންގެ ކޯލް ނެގިއެވެ. ” ދޮންބެ ކޮންތާކު.. އާރ ޔޫ އޯކޭ.. ދޮންބޭ- ” ދާލިޔާ އެއްނޭވާއިން އަމުނަމުން ދިޔަ ސުވާލުފަތި ހުއްޓުމަކަށް އައީ ދާރިއަން ވާހަކަ ދައްކަން ފެށުމުންނެވެ. އޭރު އުކައިލް، ޒާލިކްގެ އިތުރުން އިޔާދުގެ ނަޒަރު ވަނީ ދާލިޔާއަށް ހުއްޓިފައެވެ. ” ދޫންޏާ ނޭވާލާފަ ވާހަކަ ދައްކަބަލަ.. ދޮންބެގެ ހާލު ރަނގަޅޭ.. ” ދާރިއަން ސަމާސާގޮތަކަށް ބުންޏެވެ. ދާލިޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ” ކޮންތާކު ތިހުރީ؟ އަހަރެން ބޭނުން ދޮންބެއާ ބައްދަލުކުރަން ” އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ދާލިޔާ ބުންޏެވެ. ” ޓީމް މީހުން ކައިރީ ކީ ދޯ އަހަރެން ލޮކޭޝަން ފޮނުވާފަ އޮތީމަ؟ އާދެބަ އެއްކަލަ ހައިޑް އައުޓްއަށް ” ދާރިއަން ބުންޏެވެ. ދާލިޔާ އާއެކޭ ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.

” ދޮންބެ ގުޅީ ހައިޑް އައުޓަށް އަންނާށޯ.. ” ދާލިޔާ ހަމަޖެހިލާފަ ބުންޏެވެ. ” ކޮބާ އަހަރެން ބުނީމެއްނުން ދޮންބެއަކަށް ކަމެއް ނުވާނޭ.. ދާޔާ މާ އަވަހަށްށޭ ބިރުގަންނަނީ.. އަހަރެން ހިތަށް އަރާ ކިހިނެތްބާއޭ ދާޔާއަށް މިޖޮބް ލިބުނީ.. ” ހިނިގަނޑެއް ޖަހައިލަމުން އުކައިލް ބުންޏެވެ. ދާލިޔާގެ ކޯތާފަތަށް އުކައިލް ‘ދާޔާ’އޭ ކިޔާފައި އޭނައާއި ވާހަކަ ދެއްކުމުން ރަތްކުލަ ފާދާލައިގެން ދިޔައެވެ. އެހެން މީހުންނަށް އެކަން ފާހަގަވުމުން އެއްމިޔަކަނުން ހީލައިގެން ތިއްބެވެ. ނަމަވެސް ޒާލިކްގެ މޫނުން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. ” ކޯއްޗެއްވެގެން ކިބޫތަކެއްހެން ހިނިއައިސްފަ ތި ހުންނަނީ ހިނގަންވި ދާން އަވަހަށް.. ” އުކައިލް ބޯހޫރައިލަމުން ސަމާސާ ރާގަކަށް ބުންޏެވެ. އިޔާދު ހިނިގަނޑެއް ޖަހައިލަމުން ނުކުންނަން ދިޔައެވެ. އޭނައާއިއެކު ޒާލިކްވެސް ނިކުތެވެ.

ދާލިޔާ އުކައިލްއަށް ލޯއަޅައިލިއެވެ. އޭނަ އަދިވެސް ހުރީ ރަކިވެފައެވެ. ” ކިތަންމެ ލޯ އެޅިޔަސް ދާޔާ ލަދުގަނެފަ ހުރިކަން އެބަ އެނގޭ.. ދެކޯ ޓޮމާޓޯއަކަށް ބަދަލު ވަނީ ތިޔޮއް ” އުކައިލް ދިމާކޮށްލިއެވެ. ކުރީގައި އުކައިލްއަކީ އަބަދުވެސް ސީރިއަސް މިޒާޖެއްގެ ޒުވާނެކެވެ. ނަމަވެސް މިހާރު ފެންނަމުން ދަނީ އެހެން ކުލަވަރެކެވެ. އުކައިލްގެ ސަމާސާ ކުރުމަށް ބުނާނެ އެއްޗެއް ނޭނގި ހުރި ދާލިޔާ އިތުރަށް ލަދުގަތެވެ. ” ވަޓްއެވާރ ޑެވިލް ” ދާލިޔާ މަޑުމަޑުން ބުންޏެވެ. ” ޑޭމް ދެޓް ހާރޓް މައި ފީލިންގްސް ޑާރލިންގ.. ” މޭމަތީގައި އަތް އަޅަމުން އުކައިލް ބުންޏެވެ. އެއާއިއެކު ދާލިޔާއަށް ކަޅި އަނބުރާލެވުނެވެ. އުކައިލް ހިނގަނޑެއް ޖަހައިލަމުން ދާލިޔާ ކާރަށް އެރުމަށްޓަކައި ދޮރު ހުޅުވައިދިނެވެ. އުކައިލްގެ ކުޑަ އަމަލުން ދާލިޔާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. މަޑުމަޑުން އިސްޖަހައިލައިގެން ކާރަށް ދާލިޔާ އެރިއެވެ. އެއާއިއެކު ދާރިއަން ހުރި ގެއަށް ދިޔުމަށްޓަކައި އުކައިލް ކާރުގައި މިސްރާބުޖެހިއެވެ.

” މިހާރު އޯކޭތަ.. ” އުކައިލް ދާލިޔާގެ ގާތުން އަހައިލިއެވެ. މިއަދު ހެނދުނު ދާލިޔާގެ ރުއިމުގެ އަޑުއިވުމުން އުކައިލްގެ ހިތުގައި ހީވީ މީހަކު ޅިޔައެޅިހެންނެވެ. އޭގެ ފަހުން އޭނަ ދިޔައީ ދާލިޔާގެ މޫނަށް ހިނިތުންވުމެއް ގެނެވުމަށްޓަކައި ކުރެވޭ ކޮންމެކަމެއް ކުރަމުންނެވެ. އޭނައަށް ދާލިޔާއާއި މެދު ކުރެވޭ އިހްސާސްތަކަށް ނަމެއް ދޭކަށް ނޭނގުނެވެ. ދާލިޔާއެއީ އެންމެ ގާތް އެކުވެރިޔާގެ ކޮއްކޮ ކަމަށްވުމުން އޭނައަށް ދާލިޔާ ރައްކައުތެރި ކުރުމަށް ކުރެވޭ އިހްސާސެއްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ދާލިޔާ އުކައިލްއަށް ބަލައިލަމުން ބޯޖަހައިލިއެވެ. އެ ކުޑަކުޑަ އަމަލުންވެސް ދާލިޔާ ހަމައަކަށް އެޅިފައިވާކަން އޭނައަށް ޔަގީންވިއެވެ.

ދިހަ މިނެޓްވަރު ފަހުން އުކައިލް އޭނަ އަންނަށް ބޭނުންވި މަންޒިލާއި ހަމައަށް ވާސިލްވިއެވެ. ކާރު އެތަނާއި ދުރުގައި ޕާކުކޮށްލަމުން އެތެރެއަށް ވަނެވެ. ހަމަ އެވަގުތު އިޔާދުއާއި ޒާލިކްވެސް ސައިކަލުގައި އައިސް މަޑުކޮށްލިއެވެ. ފަހަރަކު މީހެއް އެ ގެގަނޑުގައިވާ ސިއްރު ކޮޓަރިއަށް ވަނެވެ. އޭރު ދާރިއަން އެކޮޓަރީގައި ހުރި ސޯފާގައި އިށީނދެގެން ހުއްޓެވެ. ދާލިޔާއަށް ދާރިއަން ފެނުމުން ކުޑަކުއްޖަކު ފަދައިން ދުވެފައި ގޮސް ދާރިއަންގެ ހަށިގަނޑުގައި ބައްދާލިއެވެ. ދާރިއަން ހިނިތުންވަމުން ކޮއްކޮގެ ހަށިގަނޑުގައި އަތް ވަށާލިއެވެ. ” ކޮންތާކު މިއޮތް ހުރިހާއިރު ހުރީ ކީއްވެ ފޯނު ނުނެގީ އަހަރެން ހާދަ ބިރެއް ގަތޭ.. ” ދާލިޔާ ކުޑަކުއްޖެއް ފަދައިން ޝަކުވާކޮށްލިއެވެ.

ދާލިޔާގެ ރާގުން ދާރިއަންއަށް ހެވޭ ގޮތްވިއެވެ. ” ރިލެކްސް ދޮންބެއަކަށް އެއްވެސް ކަމެއް ނުވޭ ބަލަ މިހުރީނުން ކޮއްކޮ ކުރިމަތީ.. ލިޔާ މާ އަވަހަށްށޭ ކަންބޮޑުވަނީ.. ” ދާރިއަން ދާލިޔާއަށް ބުންޏެވެ. ” ދާރިއަން ކީއްވެ އެވަރަށް ގުޅީމަވެސް ފޯނު ނުނެގީ؟ ” އުކައިލް އަހައިލިއެވެ. ” މާވިން އަހަރެން ގޮވައިގެން ދިޔައީ ދުރު ރިސޯޓެއްގައި އޮތް ޕާޓީއަކަށް މަ ދާލިޔާއަށް ކަނޑުމަތީ ހުރެ ލޮކޭޝަން ފޮނުވީ މަށަށް މާވިން އަހަރެން މީ ކާކުކަން އެނގޭހެން ޝައްކުވީމަ.. އަހަރެން މެސެޖެއް ލިޔަން އުޅެނިކޮށް ފޯނު ނިވުނީ ބެޓެރި ގޮސްގެން.. ވަރަށް ބޮޑަށް ސޮރީ އެންމެން ހާސްކޮށްލެވުނީމަ.. ” ދާރިއަން ދޮގުހެދިއެވެ. ” ދެން މާވިންއަށް ޝައްކެއްވެސް ނުވޭ؟ ދާރިއަން ތިކިޔާ ރިސޯޓަކަށް ގޮސް ޕާޓީ ކުރީ؟ ޕިސްޕިސް އަހަރުން މިހާ ހާސްވެގެން ތެޅުނު އިރު ކަލޭ ތިބުނަނީ ކަލޭ ޕާޓީ ކުރީއޭ.. ކަލޭވާ ރަނގަޅު ” އިޔާދު ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.

” ފޯނު ނިވުމަކީ މަގޭ މައްސަލައެއްނޫނެއްނުން.. އެހެންނޫނަސް އަހަރެން މިއައީކީ ހުސް އަތަކާއެއް ނޫނޭ.. ގޭންގާއި ގުޅޭ އިތުރު މައުލޫމާތު ހިފައިގެން މިއައީ.. ” އިޔާދުގެ ރާގު ހުރިގޮތުން ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ދާރިއަން ބުންޏެވެ. ” ކޮން މައުލޫމާތެއް؟ ” އަނެއްކާ ޒުވާބެއް ފެއްޓިދާނެނެތީ ޒާލިކް އިޔާދުއަށް ވާހަކަށް ދެއްކުމަށް ފުރުސަތެއް ނުދީ އަހައިލިއެވެ. ” އަހަރެންނަށް މާވިން ގާތުން އެނގުނު ގޮތުގަ ގޭންގު އޮންނަނީ ތިން ބަޔަކަށް ބަހާލާފަ.. މަތިން ތިރިއަށް.. އެންމެ ފުރަތަމަ ބައި މީހުން މީ މީހުން މެރުން ފަދަ ކަންކަން ކުރަން ތެބޭ މީހުން.. ދެވަނަ ބައި މީހުން އެއީ ވައްކަންތައް ކުރާ މީހުން.. ތިންވަނަ ބައި މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން.. އަހަރެން މީ ތިން ވަނަ ބައިގެ މީހެއް..” ދާރިއަން ކިޔައި ދިނެވެ.

” ދެން ތި އެއްޗެއް އެނގިގެން އަހަރުމެންނަށް ކޮން ފައިދާއަކޯ ވަނީ؟ ” ފޫހި ރާގަކަށް އިޔާދު އަހައިލިއެވެ. ދާރިއަން ދިޔައީ އިޔާދުގެ ރާގު ހުރިގޮތުން ރުޅިއައިސްގެން އެއްޗެކޭ ނުބުނުމަށް ކެއްތެރިވަމުންނެވެ. ” އެއިން އެބަ އެނގޭ ދާރިއަން ގޭންގްގެ ކޮން ބަޔަކަށް ވަދެގެން ކަމާ ކޮންބަޔެއްގެ އިތުބާރު ހޯދައިގެންކަން އުކައިލްގެ މަންމަގެ ގާތިލުން ހޯދޭނީ.. ” ޒާލިކް ދާރިއަން އެއްޗެކޭ ބުނުމުގެ ކުރިން ބުންޏެވެ. އުކައިލް ޒާލިކްއާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ” އޯކޭ އެހެންވީމަ ޕްލޭންއަކީ ކޮބާ؟ ” ދާލިޔާ އަހައިލިއެވެ. ދާލިޔާގެ ހިތުގެ ތެޅުން އަވަސްވެލީ އުކައިލް ދާލިޔާއަށް ތޫނު ނަޒަރެއް ހަދިޔާކޮށްލުމުންނެވެ.

” ދެން ކުރަންވީ ކަމަކީ ދާރިއަން ފުރަތަމަ ބައި މީހުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަންވީ.. ” އުކައިލް ބުންޏެވެ. ދާރިއަން އުކައިލް އާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ނަމަވެސް މިޔާ ސަލާމަތް ކުރުމަށްޓަކައި މާވިންއާ ގުޅިގެން މަސައްކަތް ކުރަން އޭނާގެ ސިކުނޑީގައި ނޯޓުކޮށްލިއެވެ. އުކައިލް ދިޔައީ ގަސްތުގައި ދާލިޔާއާއި ދިމާލަށް އިރުއިރުކޮޅަކާ ބަލަމުންނެވެ. އުކައިލްއަށް މަޖާވީ އޭނަ ދާލިޔާއަށް ބަލައިލާ ކޮންމެ ވަގުތަކު ދާލިޔާގެ މޫނު ބީޓްރޫޓްކޮޅެއްހައި ރަތްވާތަން ފެނުމުންނެވެ. ” ސާރ ޕްލީޒް.. މިއީ މީހުން ފްލާޓް ކުރަން އަންނަ ތަނެއް ނޫނޭ… އެންމެންތަކު ތެރޭގަ ޓީމް ލީޑަރޭ ކިޔުނު މީހަ ތިވައްތަރަށް ލިޔާ ހަރޭސް ކުރީމަ ހަޑިދޯ.. ” ޒާލިކްއަށް ނުހުރެވިގެން އެންމެފަހުން ބުންޏެވެ.

” އެކްސް ކިޔުސް މީ؟ ޒާލިކްއަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ” އުކައިލް ހިތްހަމަ ނުޖެހިފައި ހުރެ އެހިއެވެ. ” އާން އަހަރެންނަށް އެނގޭ އަހަރެންނަށް ހީވަނީ ސާރއަށްހެން ކުރެވޭ ކަންތައް ނޭންގިގެން ތިއުޅެނީ.. ” ޒާލިކް މޭ ފުއްޕައިލަމުން ބުންޏެވެ. އުކައިލް ޒާލިކްއާއި ކައިރިވުމުގެ ކުރިން ދާލިޔާ އެދެމެދަށް ވަދުނެވެ. ” ހަމަޖެހިބަލަ އެންމެން.. ޒާލިކް، އުކައިލް އަހަރެންނަކަށް ކަމެއް ނުކުރޭ.. ތިކަހަލަ ތުހުންމަތު އަމިއްލަ ލީޑަރުގެ ބޮލުގައި އަޅުވުމަކީ ކިހާ ހަޑި ކަމެއް؟ ޖަސްޓް ކާމް ޑައުން.. ” ދާލިޔާ ކަންތައް ހަމަޔަކަށް އެޅުވުމަށްޓަކައި ބުންޏެވެ. ޒާލިކް ދާލިޔާއަށާއި އުކައިލްއަށް ބަލަން ހުރެފައި ބާރަށް ހިނގައިފައި އެތަނުން ނިކުތުނެވެ. ދާލިޔާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ދާރިއަންގެ މޫނުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭނައަށް އުކައިލްއާއި ޒާލިކްއާއި ދެމެދު އޮތް ނުތަނަވަސް ކަމުގެ އަސްލު އެނގިގެން ދިޔައެވެ. އަމިއްލަ ކޮއްކޮއަށްޓަކައި ހަމްދަރުދީވި ނަމަވެސް އެންމެފަހުން ދާލިޔާ ލިބޭނީ ކާކަށްބާއޭ އޭނަގެ ހިތަށް އެރިއެވެ. ” އަހަރެން މިދަނީ މިޔާގެ ހާލެއް ބަލައިލަން.. އަހަރެން ދިޔައިމަ މި ދެމީހުން އަހަރެންގެ ކޮއްކޮ ދެފަޅިކޮށްލިޔަ ނުދެއްޗޭ އިޔާދު.. ” ހިނިގަނޑެއް ޖަހައިލާފައި ދާރިއަން ދާން ހިނގައިގަތެވެ. އެއާއެކު ދާލިޔާ ލަދެއްގައި ނުބެދުމަށްޓަކައި ދާރިއަން ފަހަތުން ނިކުތެވެ. އޭނަ ދާރިއަންއަށް ލޯއަޅާލުމަށްފަހު ޓެކްސީއެއް ހޯދުމަށްޓަކައި އުޅެގަތެވެ. ނަމަވެސް އުކައިލް ޓެކްސީއެއް ނުލިބޭނެޔޭ ކިޔާ އޭނަގެ ކާރުގައި ދާލިޔާ ގެންދިޔައެވެ. ދާރިއަންއަށް ހިނިތުންވެ ހުރެ ބޯހޫރުވައިލެވުނެވެ.

ވަދީހު އޭނަ ޓެސްޓަށްގެނައި ގެއަށް ދާރިއަން ވަދުނެވެ. އޭރު ވަދީހުގެ އިތުރުން ކޮންމެވެސް އެހެން ބައެއް ވަދީހުއާއިއެކު އެތަނަށް ދެމިފައިއޮތެވެ. އެމީހުން ގާތު ބޮޑެތި ރާފުޅިތަކާއި ހުސްކޮށްފައި ހުރި ޑްރަގް ޕެކެޓްތައް އޮތެވެ. ދާރިއަންގެ މިސްރާބު ހުރީ މިޔާ ތަޅުލައިފައި ހުރި ކޮޓަރިއަށްށެވެ. އޭނަ ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ. އަދި އެތެރެއަށް ވަދުނެވެ. އޭނަ ކޮޓަރި ތެރެ ބަލައިލިއިރު މިޔާ ފެންނަން ނެތުމުން ދޮރުލައްޕާލުމަށްފަހު ކޮޓަރިތެރެއަށް ވާގޮތަށް އެނބުރިލިއެވެ. ދާރިއަންގެ ލޮލަށްވީ ތޫނުތަދުން އޭނައަށް ހަޅޭލަވައިގަނެވުނެވެ.

ދާރިއަންގެ މޫނު މިޔާއަށް ފެނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ޕެޕާރ ސްޕްރޭފުޅި، ލައިގެންހުރި ހަރުވާޅުގެ ޖީބަށްލަމުން ދާރިއަންއާއި ކައިރިވެލިއެވެ. ” ސޮރީ ސޮރީ އަހަރެން ހީކުރީ ވަދީހު އައީ ކަމަށް.. އާރ ޔޫ އޯކޭ؟ ވަރަށް ތަދުވޭތަ؟ އަހަރެން ކީއްކޮށްދޭންވީ؟ ” މިޔާ ހާސްވެފައި ހުރެ އަހައިލިއެވެ. ” ފެ..ން.. ފެން ” މައިނޭވާލަމުން ދިޔަ ދާރިއަންގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. މިޔާ އަވަސް އަވަހަށް ކުޑަ ޖަގަކަށް ފެން އަޅައިގެން އައިސް ފޮތިގަނޑަކަށް ފެންއަޅައި ދާރިއަންގެ މޫނުގައި ހާކަން ފެށިއެވެ. ދާރިއަން ހުރީ ޕެޕާސްޕްރޭ ނޭފަތަށް ވަދުމާއިއެކު ކޮށިއަރާ ގޮތް ވެފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ބޭވަފާތެރިޔަކީމޭ 33

Next

ރޭފަނާ – 4

Next
January 21, 2025

ރޭފަނާ – 4

Previews
January 21, 2025

ބޭވަފާތެރިޔަކީމޭ 33

22 Comments!

  1. Your fav bab says:
    January 21, 2025 at 1:16 pm

    Very nice!!!

    1. Maash Butterflyyyyy says:
      January 22, 2025 at 9:14 am

      Thank you Your fav bab💜🦋

  2. Your fav bab says:
    January 21, 2025 at 1:17 pm

    Mia ves dhw????
    Ukail and zaalik fighting over Mia
    Hehheheheheheh……

    1. Maash Butterflyyyyy says:
      January 22, 2025 at 9:15 am

      Ukail and zaalik fighting over dhaaliya hehe.
      dhaarian and mia😅

  3. cutie girl says:
    January 21, 2025 at 1:22 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    ukail and dhaaliya gulhuvachey
    miyaa and dhaarian ves
    they both are made for each other
    wow ukail so romantic
    dhaaliya moonu kolhu ves raiy vee i think dhaaliya also like ukail
    v intresting story eh
    v kiyala hithun kiyani
    your my fav author
    i appreciate your hard work
    love you maash

    1. Maash Butterflyyyyy says:
      January 22, 2025 at 9:26 am

      Awwn thank you cutie girl..
      I’m glad u like it..
      Next part insha allah Saturday ga kiyaalan libeyne..
      I’ll try my best..
      Lets see dhw ekudhinnah vaagoii..
      hehe Ukail is very romantic😅
      hehe dhaaliya shy vaane ehnun ukail ekahala kankan kuranya.
      Thank you
      Thankyou darling.. thats so sweet of u
      I appreciate ur comment..
      love you more darling💜🦋

  4. Naikko says:
    January 21, 2025 at 1:28 pm

    Mi part ves v v reethi
    When next???

    1. Maash Butterflyyyyy says:
      January 22, 2025 at 9:27 am

      Thank you Naikko.. I’m glad u like it..
      Next part Saturdayga insha allah

  5. Zozo! says:
    January 21, 2025 at 2:32 pm

    Varah reethi mi part ves!
    Mia and dhaarian gulhuvah hey!
    And keep it up my darling!
    Thankolheh avahah vaahaka up kohdheeba higey eyrun vrh ufaavaane!
    Love u!

    1. Maash Butterflyyyyy says:
      January 22, 2025 at 9:31 am

      Thank you Zozo!.. I’m glad u like it..
      Lets see ekudhin gulheythww dhww..
      Thank you darling💜
      I’ll try😊
      Love u more darling💜🦋

  6. Anonymous says:
    January 21, 2025 at 4:09 pm

    Mi part ves vrh reethi Masha Allah you are my best auother 💕❤️💕❤️

    1. Maash Butterflyyyyy says:
      January 22, 2025 at 9:32 am

      Thank you Darling.. I’m glad u like it..
      Aww that mean a lottt
      Lyssm💜🦋

  7. my name says:
    January 21, 2025 at 4:10 pm

    Oh 😳 sorry Anonymous ge name ga einy my comment ingey

    1. Maash Butterflyyyyy says:
      January 22, 2025 at 9:34 am

      haha its okey, my name😊 thankyou for ur comment💜🦋

  8. Nawar says:
    January 21, 2025 at 5:27 pm

    Maasaa Allah mi part vx varah varah reethi…
    Mi haaru haadha heeveyey iyaadh akee gang meeheh hn….
    Ukail and zaalik dhw…
    ekm ukail aa dhaaliyaa aa gulheny…
    Mia and dhaarian vx …
    Whn next?

    1. Maash Butterflyyyyy says:
      January 22, 2025 at 9:38 am

      Thank you Nawar.. I’m glad u like it..
      Hehe iyaadhu vrh sus koh dhw miulheney..
      love trainglle ehnun dhen ey😂
      hehe i see😅
      Next part insha allah Saturday ga

  9. ^-^ says:
    January 21, 2025 at 10:34 pm

    Mi part vs v perfect n interesting but iyaadhu seems something else…
    When next??

    1. Maash Butterflyyyyy says:
      January 22, 2025 at 9:39 am

      Thank you Darling… I’m glad u like it.. hehe iyaadhu is really something else i guess..
      next part insha allah Saturday ga

  10. Your fav bab says:
    January 23, 2025 at 7:08 pm

    Kobaa tha mi koi fulhu!!!
    Ooops!! You’ve told Saturday ga ey dhw!!
    Mi story ge inthixaar ga ingey!!!
    Hehehehehheeh

    1. Maash Butterflyyyyy says:
      January 23, 2025 at 11:26 pm

      Hehe.. Insha Allah maadhan submit kohlaanan.. 💜🦋

  11. The GHOST says:
    January 25, 2025 at 7:28 am

    Hello where’s the next part????

    1. Maash Butterflyyyyy says:
      January 25, 2025 at 2:53 pm

      I submitted it yesterday.. It’s in pending.. Admin approve kohleema libeyne 💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 16←


All Right Reserved!