Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ފުރަތަމަ ނަޒަރުން (7)

Mariyam Enash Aqeel Level 210 Stories
January 17, 2025 4 Mins Read
3 Comments

ކުއްލިޔަކަށް ސިހިފައި ފަހަތް ބަލާލެވުނެވެ. އެވަގުތު ބާރު ދުވެލީގައި ދުއްވާފައި އައި ކާރުގެ އަލި އަހަރެންގެ ލޮލަށް އެޅުމާއިއެކު އަހަންނަށް ބާރު ހަޅޭކެއް ލަވައިގަނެވުނެވެ.

އަހަރެން ހުރީ ބާރަށް ދެލޯ މަރައިގެން މޫނުގައި އަތް އަޅައިގެންނެވެ. އަހަރެންގެ ދުވަސް މި ދިޔައީ އޭ ހިތަށް އަރުވާލައިގެން ޝަހާދަތް ކިޔާލަ ކިޔާލައެވެ. އެހެން އިރުކޮޅަކު ހުރި ފަހުން ވެސް އެއްވެސް އެއްޗެއްގެ ހިލަމެއް ނުވުމުން އަހަރެން މަޑުމަޑުން ދެލޯ ހުޅުވައި ބަލާލީމެވެ. އަނެއްކާވެސް ލޮލަށް އެޅުނީ އެކާރުގެ އައްޔެވެ. ނަމަވެސް މިފަހަރު އެކާރު އޮތީ ހުއްޓިފައެވެ. އަހަންނާ އެންމެ ދެތިން ފޫޓު ކައިރީގައެވެ. އަހަރެން މި ސަލާމަތްވީ ހަމަ ކިރިޔާއެވެ. މީހަކު މަގުމަތީގައި ހުއްޓާ އެހާ ބާރަށް ކާރުދުއް ވާކަށް ނުވާނެއެއް ނޫން ހެއްޔެވެ.

ކާރުގެ ދޮރު ހުޅުވާލާފައި މީހަކު ނިކުތެވެ. ލޮލަށް އެޅިފަ ހުރި އަލީގެ ސަބަބުން އެ މީހާގެ މޫނު ސާފެއް ނުވެއެވެ. ނަމަވެސް އެއީ ފިރިހެނެއްކަން ޔަގީނެވެ. ބައިމަތި ފުޅާ، އިސްކޮޅުން ދިގު ހަށިގަނޑެކެވެ. ކޯޓު ފަޓުލޫނު ލައިގެން ހުރި އިރު ދެއަތުގެ މަސްތައް ހީވަނީ ލައިގެން ހުރީ ގަމީސް ފަޅާފައި ނިކުމެދާނެހެންނެެވެ. އަހަންނަށް އެ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގަތް ބިރު އަދިވެސް ނުފިލައެވެ. ބާރު ބާރަށް މޭ ތެޅެއެވެ.
“އައިމް ސޯ ސޮރީ! ތަނަކަށް ތަދުވިތަ؟” އަހަރެން އެހެން ހުއްޓާ އެ ޒުވާނާ ދުވެފައި އަހަރެން ގާތަށް އައެވެ. އަދި އަހަންނަށް ކަމެއް ވީތޯ އަހަންފެށިއެެވެ. ނަމަވެސް އަހަންނަށް ހުރި ގޮތަށް ހުރެވުނީއެވެ. ގުޑިލާން ވެސް ނޭނގިފައެވެ.
” ހެލޯ! ” އަހަންނަށް ވާނުވާ ރެޔަކާލީ އޭނާ އަހަރެންގެ މޫނުމަތީގައި އަތް ހޫރުވާ ލަމުން އަނެއްކާވެސް ގޮވާލުމުންނެވެ. އަހަރެން އިސް އުފުލާލައި އޭނާއަށް ބަލައިލީމެވެ. ވަރަަށް އެއްޗެހި ކިޔާލާނަމޭ ހިތާއެވެ. ނަމަވެސް އޭނާގެ މޫނު ފެނުމާއެކު އަހަރެން ދުލުން ބަސް ހުސްވި ކަހަލައެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ހުސްނީ ކައިރިން އަހަރެން ސަލާމަތް ކޮށްދިން ޒުވާނާއެވެ. އަނެއްކާވެސް ތަގުދީރު އަހަރެންގެ ކުރިމައްޗަށް ގެނެސް މި ބެހެއްޓީ ހަމަ އޭނައެވެ. ދުވެ ފިލަން ވެސް ހިތަށް އެރިއެވެ. ނޫނީ މިދިޔަ ދުވަސްތަކުގައި އަހަރެންގެ ބޮލުތެރޭގައި އެނބުރެމުން ދިޔަ ސުވާލުތަަށް ވެސް ކުރަން ވެސް ހިތަށް އެރިއެވެ. އޭނާ އަހަރެންގެ ފަރާތުން ބޭނުންވާ ކަންތައް އޮޅުން ފިލުވަން ވަކިން ޚާއްސަކޮށް ބޭނުންވިއެވެ. ނަމަވެސް އަހަންނަށް އޭނަގެ މޫނަށް ބަލަހައްޓައިގެން ހުރެވުރީނެވެ. އޭނާގެ މޫނުމަތިން އަހަރެންގެ ސުވާލުތަކުގެ ޖަވާބު ލިބިދާނެ ކަމުގެ އުންމީދުގައެވެ.
އޭނާގެ ހަމުގެ ކުލަ އައްޔެވެ. މޫނުމަތީގައި ހަރުދަނާ ގޮތެއް ހުއްޓެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތައް އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު ތެންމަމުން، މޫނުމަތީގައި ބޮސްދެމުން ދިޔައެވެެ. ލޮލުގެ އެސްފިޔަތަށް ދިގެވެ. ލޮލުގެ ކުލަ އައްޔެވެ. ހާސްވެފައިވާ މުށިކުލައިގެ އެ ދެލޮލުން އޭނާ ވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ. ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު ގަޔަށް ކަރަންޓު ޝޮކެއް ޖެހުންކަހަލައެވެ. އަވަސް އަވަހަށް އަހަރެން މޫނު އަނބުރައިލީމެވެ. އަދި އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު އޭނާ އަހަރެންގެ ވާހަކަ އަށް ހުރަސްއެޅިއެވެ.
“ވަރަށް ބޮޑަށް ސޮރީ. މީ އަހަރެންގެ މައްސަލަ. އަހަންނަށް ބަލައި ނުލާ ދުއްވުނީ.” ވަރަަށް ހާސްވެފައިވާ އަޑަކުން އޭނާ ވާހަކަދެއްކިއެެވެ. ދެންފަހެ އަހަރެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ މީނާ އަމިއްލައަަށް ކުށް ގަބޫލު ކުރީއެވެ. މާފަށް ވެސް އެދުނީއެވެ. މިކަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ.

“އިޓްސް އޯކޭ” އޭ ބުނުމަށް ފަހު އަހަރެން ގޮސް ބެންޗުގެ ހިޔަލަށް ވަނީމެވެ. އަދި އެތަނުގައި އިން އަހަރެންގެ ދަބަހުން ފޯނު ނަގައި ގަޑި ބަލައިލީމެވެ. ގަޑިން އެގާރަގަޑި ބައި ވަނީއެވެ. އަހަރެން ކުޑަކޮށް ހާސްވާން ފެށިއެވެ. އެއްކޮޅުން އަހަރެން މިހާރު މިހުރީ ހީކަރުވައި ގަނެފައެެވެ. ކިތަންވެ ވިއްސާރަ ތެމޭ ހިތް ވިޔަސް އަހަންނަކީ ފިންޏަށް ބަލި މީހެކެވެ. އަނެއްކޮޅުން އަހަންނަށް ގެއަށް ދެވޭނެ ގޮތެއް ނެތެވެ. ދެން ޖެހޭނީ ކިތަންމެ ބޭނުން ނުވިޔަސް ނަވާލްއަށް ގުޅާށެވެ. ނަމަވެސް އޭނާގެ ޑިއުޓީ ގަޑި ވީމާ އަހަރެން އޭނައަށް ގުޅާކަށް ބޭނުމެއް ނޫނެވެ. އަދި މިއަދު އޭނާގެ ހަރަކާތްތަށް ހުރި ގޮތުން ވެސް އަހަރެން މި ހުންނަނީ ކުޑަަކޮށް ބޮލުގައި ރިއްސާލާފައެެެވެ.
ހަދާނެ ގޮތެއް ނޭނގިފައި އަހަރެން ބެންޗުގައި އިށީނީމެވެ. އޭރުވެސް ވިއްސާރަ ތުނިކޮށްނުލާ ވެހެމުން ދިޔައެވެ. ހީކަރުވައިގަނެގެން އަހަރެން ތުރުތުރު އަޅަމުން ދިޔައެވެ.
“ހިނގާ އަހަރެން ގެއަށް ގެންގޮސް ދޭނަން.” އަހަރެން ފަހަތުން އައިސް އެ ޒުވާނާ ވެސް ބެންޗުގައި އިށީނެވެ. އަހަންނަށް އެއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އަނެއްކާވެސް މި ނުދަންނަ މީހާ އާއި އެއްކޮށް ދާންވީ ހެއްޔެވެ. ނޫނީ ބަސް އަންނަންދެން މަޑު ކުރަންވީހެއްޔެވެ؟ ނަމަވެސް މިހާރު އަހަންނަށް ވަރަށް ލަސްވެއެވެ. އޭނާ އާއި އެއްކޮށް ދިއުމުން ވެސް ލިބޭނެ ވަކި ގެއްލުމެއް ނޯންނާނެ ކަމަށް ބަލާފައި އޭނާ އާއި އެއްކޮށް މާލެ ދާން އެބަސްވީމެވެ.
“އަން. މީގެން ފެންތަށް ހިއްކާލާ. އޭރުން ކުޑަކޮށް ހީ ފިލާނެ” އަހަރެން ކާރަށް އެރުމުން އޭނާ ކުޑަ ތުވާލިކޮޅެއް ދިއްކޮށްލިއެވެ. އޭނާވެސް ދިޔައީ ތުވާލިކޮޅަކުން ބޯ ހިއްކަމުންނެވެ.
“ޝުކުރިއްޔާ” ތުވާލީގައި ހިފަމުން އަހަރެން ބުނީމެވެ. ރައްދުގައި އޭނާ ހީލިއެވެ. ނަމަވެސް ކުރިން ދުވަހު އޭނާގެ މޫނުމަތިން ފެނުން އުފާވެރިކަމުގެ ކުލަވަރު މިރޭ ނުފެންނަކަން އަހަރެން ފާހަގަ ކުރީމެވެ.
ކާރުގައި މާލެ އަށް ދާން މިސްރާބު ޖެހިއެވެ. ކާރު ތެރޭގައި ވީ ހަމަ ހިމޭން ކަމެވެ. އެ ހަމަ ހިމޭންކަން ފޫއަޅުވައިލީ އޭނާއެވެ.
“މިހާ ލަސްވީމަ އެކަނި އެހިސާބުގައި ކީއްކުރީ؟” އޭނަަގެ ސުވާލު ސީދާއެވެ. އެއީ އަހަރެން ފެނުނު ކޮންމެ މީހެއް ހިތުގައި ވެސް އުފެދޭނެ ސުވާކެއްކަން ޔަގީނެވެ. ނަމަވެސް މީނާގެ ސުވާލަށް ޖަވާބުދޭން އަހަރެން ފަސް ޖެހުނެވެ. ނުދަންނަ މީހަކަށް ވެފައި ދެފަހަރެއްގެ މަތިން ހީނުކުރާ ގޮތަކަށް ދިމާވެފައި ވާތީއެވެ. ނަމަވެސް އޭނާގެ ފަރާތުން އަހަރެންގެ ސުވާލުތަކަށް ވެސް ޖަވާބު ލިބޭނީ އޭނަ އާއި ވާހަކަ ދައްކައިގެންތާއެވެ.
“އިންޓަވިއު އަކަށް ދިޔައީ. ދިޔަފަހުން އިންޓަވިއު ކެންސަލް ވީމަ ކާރެއް ނުލބިިގެން ބަސް އަންނަންދެން ހުއްޓަ ވިއްސާރައިގަ ޖެހުނީ” އަހަރެން ކަން ވީގޮތް ކުރުކޮށް ކިޔާލަ ދިނީމެވެ.
“އެއީ ކީއްވެ ކެންސަލްވީ؟” އަނެއްކާވެސް އޭނާ ކޮށްލީ ސުވާލެކެވެ.
“ބޮސް އަށް ނާދެވެނީ އޯ. އެމަޖެންސީ އެއް ދިމާވެގެން. ރަނގަޅަށް ވެއްޖިއްޔާ ‘އެމަޖެންސީގަ’ އުޅޭނެ އާއިލާ އެއްކޮށް ގޮސް ރާއްޖޭން ބޭރުގަ ނޫނީ ރިސޯޓެއްގަ މަޖާ ކުރަން” އަހަރެން އައިސްފައިވާ ރުޅިގަނޑު ބޭރު ކުރަން ފެށީމެވެ.
“ކީއްވެ އެހެން ތިބުނީ؟ ކިހިނެއް އެނގެނީ ހަމަ އަސްލު ވެސް އެމަޖެންސީއެއް ނޫން ކަމެއް؟” އޭނާ ވާހަކަ ދެއްކިއެވެ.
“އެއީ އެއްނު މިހާރު މުއްސަނދިން އުޅޭ ގޮތް. މުސްކުޅިވެ ބޮލުގަ ނުރަ ޖަހާއިރުވެސް އުޅޭނީ ހަމަ ޒުވާން ކުދިން އުޅޭ ގޮތަށް ފޮނީގަ. އެމީހުންނެއް ނުވިސްނާނެ އަހަރެމެން ކަހަލަ މީހުންނާ ދޭތެރެއަކު. އަމިއްލަ އަށް ބޭނުން ވީމަ އޮފީހަށް ގޮއްސާ ބޭނުން ނުވީމަނު ކަހަަލަ މީހުންނަށް ގޮސް އުޅެޭނީ. އޭގެން ހުރިހާ އުނދަގުލެއް މިވަނީ އަހަރެމެންނަށް ” އަހަރެންގެ ހިތުގައި ބޮޑެތި ކުންފުނީތަކުގެ ވެރިން ސިފަ ކުރެވިފައިވާ ގޮތް އޭނަ އަށް ކިޔައި ދިނީމެވެ. އެއްމިޔަކަނުން ހީލުމަށްފަހު އޭނާ މިކަމާ އިތުރު އެއްޗެކޭ ނުބުންޏެވެ. އަހަރެން ވެސް ދެން ފަހުން ވާހަކައެއް ނުދައްކަމެވެ.
މާގިނައިރުތަކެއް ނުވެ އމާލެ އާދެވިއްޖެއެެވެ. ކުރިން ދުވަހު ވެސް ކާރު މަޑުކޮށްލި ތަނުގައި މިއަދުވެސް މަޑުކޮށްލިއެވެ.
“ކިހާވަރެއް ދޭންވީ؟” އަހަރެން ކާރުން ފައިބަމުން އޭނާއާއި ސުވާރުކޮށްލީމެވެ.
“އަހަރެން ބުނީމެއްނު ރުފިޔަލެއް ބޭނުމެއް ނޫނޭ”
“ދެން ކޯޗެއް ބޭނުމީ؟” ލިބުނު ފުރުސަތުގައި އަހަރެންގެ ހިތުގައި އުފެދިދިފައި އޮތް އެންމެ ބޮޑު ސުވާލު ކޮށް ލީމެވެ. ރައްދުގައި ހިނިތުން ވެލިއެެވެ.
“ގުޑްނައިޓް” މިހެން ބުނުމަށް ފަހު އޭނާ ކާރު ދުއްވައިލިއެވެ. އަދި އައިކޮޅަށް ދާން މިސްރާބު ޖެހިއެވެ. އެ ކާރު ގޮސް ލޮލު ކޮޅުން ގެއްލެން ދެން އަހަރެން ބަލަހަށްޓައިގެން ހުރީމެވެ. އަނެއްކާ ވެސް ހިނގާ ދިޔަ ކަންތައް ގަބޫ ނުކުރެވިފައެެވެ. އަހަންނަށް އެ ޒުވާނާގެ ނަމެއްހާ ހިސާބުވެސް އެނގެނީކީ ނޫނެވެ. ނަމަވެސް އޭނާ އަކީ ކާކުތޯ ބަލަން އަހަރެން ވަރަށް ބޭނުން ވެއްޖެއެވެ.

*********

ލިޔުންތެރިޔާގެ ނޯޓު: އައްސަލާމްއައިކުމް. މި ވާހަކައިގެ އެޕިސޯޑުތަށް ލަސްވާތީ ވަރަށް ބޮޑަށް މާފަށް އެދެން. މި އަންނަ ހަފްތާއިން ފެށިގެން ކޮންްމެ ހަފްތާއަކު 2 އެޕިސޯޑު ނެރެދޭނަން ﷲއިންޝާ
މި ވާހަކައިގެ އިތުރު އަޕްޑޭޓްސްތައް ހޯއްދެވުމަށް އަޅުގަނޑުގެ ފޭސްބުކް ޕޭޖު Vaahaka by Een އަށް ފޮލޯކޮ ލައްވާ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

Previous

ނިދިން މަހްރޫމް ވެއްޖޭ ލޯ…

Next

ރޯލީމޭ ތިންވަނަ ބައި (ރާނިޔާގެ ތަފާތު ފެނިލުން)

Next
January 17, 2025

ރޯލީމޭ ތިންވަނަ ބައި (ރާނިޔާގެ ތަފާތު ފެނިލުން)

Previews
January 17, 2025

ނިދިން މަހްރޫމް ވެއްޖޭ ލޯ…

3 Comments!

  1. Eshal says:
    January 17, 2025 at 12:01 pm

    Wow!!..v v salhi mi part ves..waiting for the next part..😊😊

  2. cutie girl says:
    January 17, 2025 at 12:58 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up

  3. Zozo! says:
    January 17, 2025 at 1:08 pm

    Very cute!
    I wonder that guy is!
    Varah loabi!
    Keep it!

Comments are closed.

Next Episodeފުރަތަމަ ނަޒަރުން (8)←


All Right Reserved!