Skip to content
އެސްފިޔަ

ފުުރަތަމަ ނަޒަރުން (6)

ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. އަހަރެންގެކޮޓަރިތެރެ އަށް ހީވަނީ ތޫފާނެއް އަރާފައި އޮތްހެނެވެ. މުޅި އަލަމާރި އެފުށް މިފުށަށް ޖެހިއިރު ވެސް ކަމުދާ ހެދުމެއް ނުފެނުނެވެ.

އަހަރެން މިހާލެއްގައި އުޅޭތާ ވެސް ގަޑިއެއްގެއިރު ވެދާނެއެވެ. ދެން ނުވައެއް ޖަހަންވާއިރަށް ތައްޔާރުވެގެން އިންޓަވިއުއަށް ދެވޭނެ ކަމެއްވެސް ނޭނގެއެވެ. އެންމެފަހުން ކަޅުކުލައިގެ ހެދުމަކާއި ބުލޭޒާރ އެއް ނަގައިގެން ތައްޔާރުވާން ފެށީމެވެ.
އަހަރެން ތައްޔާރުވެގެން ކޮޓަރިން ނިކުންނަނިކޮށް ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުނެވެ. އަވަސް އަރުވާލަފައި އެއް އަތުން ދޮރު ހުޅުވީ އަނެއް އަތުން ބޫޓަށް އަރަން ގުދުވެ އޮވެގެންނެވެ.
“އަހާނ މިހާރު ތައްޔާރުވީ ދޯ؟ ހިނގާ އަވަހަށް ދާން” ނަވާލް ވާހަކަ ދެއްކިއެވެ.
“ނަވާލްއަށް ކިހިނެއް އެނގުނީ އަހަރެން ތާކަށް ދާން އުޅޭކަމެއް؟” އަހަރެން ހިތުގައި އުފެދުނު ސުވާލު ކުރީމެވެ. އަހަރެން އިންޓަވިއުއަށް ދާން އުޅެކަމެއް ނަވާލްއަކަށް ނޭނގޭނެއެވެ. އަހަރެން ނަވާލް ކައިރިއަކު ނުބުނަމެވެ.
“ޒީކް ބުނީ” ނަވާލް ބުންޏެވެ.
“އެކަމަކު ޑިއުޓީ ގަޑީގަ ނަވާލް މާލެ ތިއައީ އަހަރެން އިންޓަވިއުއަށް ގެންގޮސްދޭން؟؟” ޕޮލިސް ޔުނީފޯމުގައި ހުރި ނަވާލް އަށް ބަލާލަމުން އަހަރެން އަނެއްކާވެސް ސުވާލެއް ކުރީމެވެ.
“އާނ. އުހޫން.. މީ.. އަސްލު ކުޑަ ކަމެއްގަ މާލެ އައި ގަޑިއެއްވީމަ އީޝް ގޮވައިގެން ދާން ވެގެން” ނަވާލް ކޮށި ގޮތަކަށް ވާހަކަ ދެއްކިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ތަފާާތުކަމެއް ފާހަގަ ކުރެވުންހެން ހީވިއެވެ. މިރޭ އޭނާގެ ހަރަކާތްތައް ވެސް ތަފާތެވެ. ނަމަވެސް އެކަމާ ސުވާލު ކުރަން އުޅެފައި ވެސް އަހަރެން އެއްޗެކޭ ނުބުނަމެވެ. އަދި ނަވާލް އާއިއެކު ސައިކަލަށް އެރީމެވެ.
ސައިކަލުގައި ބުރިޖުމަތިން ގޮސް ހުޅުމާލެ “ފުރެޝް ވޭވް ވެންޗާސް” އޮފީހުގެ ދޮރުމައްޗަށް މަޑު ކޮށްލިއިރު ނުވައެއް ޖަހަން ބާކީ ފަސްމިނެޓު އޮތެވެ. އަހަރެން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު އަވަހަށް އޮފީހަށް ވަންނަށް ހިނގައި ގަތީމެވެ.
“އީޝް” ނަވާލް ގޮވާލިއެވެ. “ގުޑްލަކް” ނަވާލް ހިނިތުންވެލަމުން ބުންޏެވެ. އަހަރެން ވެސް ލުއި ހިނިތުންވުމެއް ރައްދުކުރުމަށްފަހު އޮފީސްތެރެއަށް ވަނީމެވެ. އަދި އިންޓަވިއު އޮންނަ ތަން ހޯދައިގެން އަވަހަށް ގޮސް ލައުންޖުގައި މަޑުކޮށްލީމެވެ. އެއިރު އަހަރެންގެ އިތުރުން އިންޓަވިއު އަށް އައިސް ތިބި ދެ ކުއްޖަކު ތިއްބެވެ. އަހަރެން އެ ކުދިންނަށް ލުއި ހިނިތުންވުމެއް ދިނުމަށްފަހު ފޯނު ނަގައި އިންޓަވިއުއަށް ދަސްކޮށްގެން އައި ނުކުތާތަށް މުރާޖާކުރަން ފެށީމެވެ. އަހަރެމެން އެތަނުގައި ތިބޭތާ ދިހަވަރަކަށް މިނެޓު ފަހުން އިންޓަވިއު ކޮޓައިން މީހަކު ނިކުމެ ދުރަށް ޖެހިލިއެވެ. އަދި ފޯނު ކޯލެއް ކުރުމަށްފަހު އަހަރެމެން ކައިރިއަށް ދުރުވިއެވެ. އަދި އިރުކޮޅަކުން އިންޓަވިއު ފަށާނެ ކަމަށް ބުނެ އިންޓަވިއު ކޮޓަރިއަށް ވަނެވެ.
ގަޑިން ރޭގަނޑު ދިހައެއް ޖަހައިފިއެެވެ. އަދިވެސް އިންޓަވިއު ކުރާކަށް ނުފަށައެވެ. އިންޓަވިއު ކޮޓަރިއަށް ވަން މީހާގެ ހަބަރެއް ވެސް ނުވެއެވެ. އަހަރެން ހާސްވާން ފެށިއެވެ. އަނެއްކާ އެމަގާމަށް އެހެން މީހަކު ހަމަޖެހުނީ ހެއްޔެވެ؟ އަދިވެސް އިންޓަވިއު ނުފަށަނީ ކީއްވެހެއްޔެވެ؟ އަހަންނާއި އެކު އެތަނުގައި ތިބި ދެކުދިން ވެސް ހާސްވެގެން އުޅެން ފަށައިފިއެވެ. އަދި އެތަނުން އެކަކު ގޮސް އިންޓަވިއު ކޮޓަރީގައި ޓަކި ޖެހިއެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވައިލީ ކުރިން ވެސް އަހަރެމެންނާއި ވާހަކަ ދެއްކި އަންހެން ކުއްޖާއެވެ.
“ދިމާވި މުހިއްމު ކަމެއްގެ ސަބަބުން މިރޭ އަޅުގަނޑުމެންގެ ބޮސްއަށް އިންޓަވިއު ކުރަން އާދެވޭ ގޮތެއް ނުވި. ބޮސް ނުލާ މި އިންޓަވިއު އެއް ކުރިއަކަށް ނުގެންދެވޭނެ. އެހެންކަމުން އަޅުގަނޑުމެން މިއިންޓަވިއު އެހެން ދުވަހަކަށް ތާވަލު ކޮށްލާފައި ތިބޭފުޅުންމަށް އަންގާލަދޭނަން. މި ދިމާވި ކަންތަކަށް ވަރަށް ބޮޑަށް މާފަށް އެދެން” އެކުއްޖާ މިހެން ބުނުމަށްފަހު ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. އަހަރެންގެ ވަގިތުތަށް ބޭކާރު ވުމުން އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ. ނަވަވެސް އެއްޗެކޭ ބުނާކަށް ނުވާނެތާއެވެ. އެހެންކަމުން އަހަންނާއި ދެން ތިބި ދެކުދިން ވެސް އޮފީހުން ނިކުންނަން ހިނގައި ގަތީމެވެ.
އޮފީހުން ނިކުމެވުން އިރު ގަޑިން ދިހަގަޑިބައި ވެއްޖެއެވެ. އަވަހަށް ކާރެއް ލިބޭތޯ އަހަރެން އުޅެން ފެށީމެވެ. ފޯނު ނަގައި ކާރަކަށް ޖެހީމެވެ. ނަމަވެސް ކާރެއް ލިބޭގޮތެއް ނުވި އެވެ. މަގު މަތިން ދާ ކާރެއްވެސް އަތުވާ ގޮތެއް ނުވިއެވެ. ދެން އަހަރެން ޖެހޭނީ ބަސް އަންނަންދެން މަޑުކުރާށެވެ. އެހެންކަމުން އެންމެ ކައިރި ބަސް ސްޓޮޕަށް ދާން ހިނގައިގަތީމެވެ. އެވަގުތެވެ. ބޯކޮށް ވިއްސާރަ ވެހެން ފެށިއެވެ. އަހަރެންގެ ފޯނު އަވަހަށް ދަބަސްތެރެއަށް ލުމަށްފަހު ބަސް ސްޓޮޕާއި ދިމާލަށް ދުއްވައި ގަތީމެވެ. ނަމަވެސް ވިއްސާރަ ކުރީ ހައްތަހާ ބޮލެވެ. އަހަންނަށް ބަސް ސްޓޮޕުގެ ބެންޗުގެ ހިޔަލަށް ވަދެވޭން ވީއިރު އެއްކޮށް ތެމިއްްޖެއެވެ.

ދެން ހިޔާވާން އުޅުމުގެ ބޭނުމެއް ނެތެވެ. މިހާރު މިހުރީ ތެމޭނެ ވަރަކަށް ތެމިފައެވެ. އެހެންކަމުން އަހަރެން ބޭނުންވީ ރަނގަޅަށް ތެމިލާށެވެ. އަތްދަބަސް ބެންޗުގައި ބޭންދުމަށްފަހު އަހަރެން މަގުމައްޗަށް ނިކުތީމެވެ. އެވަގުތު އެހިސާބުގައި އެއްވެސް ދުއްވާ އެއްޗެއް ނެތެވެ.
އަހަރެން ދެއަތް ދެފަރާތަށް ދަމާލުމަށްފަހު މޫނު, މައްޗަށް ހިއްލައީމެވެ. ވިއްސާރަ ތިކިތަށް އައިސް އަހަރެންގެ މޫނުގައި ޖެހޭވަގުތު އަހަންނަށް ކުރަނީ ބުނެދޭން ނޭނގޭކަހަލަ އިހުސާސެކެވެ. ހަނދާންވަނީ ކުޑައިރު ރައްޓެހިންނާއި އެކީ ވިއްސާރަ ތެމެންދާ ހަނދާނެވެ. ކިރިޔާ ވިއްސާރަ ތިއްކެއް ޖެހިޔަސް އޭރުއަހަރެމެން ވިއްސާރައާއި ތެމެން ނިކުންނަމެވެ. އަބަދު ވިއްސާރަޔާ ތެމޭތީ މަންމަ ވަރަށް އެއްޗިހި ވެސް ކިޔާނެއެވެ. ނަމަވެސް ވިއްސާރަޔާ ތެމިގެން މުޅި ރަށުގައި ދުވުމަކީ އޭރު އަހަރެމެން އެންމެ ފޯރީގައި ކުރި ކަންތަކެވެ.

ބާރު ބަރުގޮނެއްގެ އަޑަށް އަހަރެން ސިއްސައިގެން ދިޔައެވެ. ކުއްލިޔަކަށް ސިހިފައި ފަހަތް ބަލާލެވުނެވެ. އެވަގުތު ބާރު ދުވެލީގައި ދުއްވާފައި އައި ކާރުގެ އަލި އަހަރެންގެ ލޮލަށް އެޅމާއިއެކު އަހަންނަށް ބާރު ހަޅޭކެއް ލަވައިގަނެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    eesh and navaal gulhuvachey
    they both are made for each other

    1. Anonymous
      cutie girl

      Trueee

  2. ANONYMOUS

    Cant wait for another part. i visit the website everyday for the story,
    next time make it a bit longer than this, so i can stay up reading for sometime.

  3. Zozo!

    Varah loabi! Maashaaallah!
    Keep it up!
    Isha and naval gulhuvaneetha? Eyrun haadha cute eh vaaney!
    Mifaharu thankolheh Ava’s kohlahchey!

    1. Zea
      Zozo!

      Isn’t navaal a girl?

  4. Navaal!!!

    Navaal is a boy name!

  5. Eshal

    V v v rythi mi part ves..plxx next part thankolheh avahah upload kohladheeba..

Comments are closed.