“އައި މިސްޑް ޔޫ ސޯ މަޗް ބޭބީ. އޭރު ވީވާރ ސޯ ޔަންގްއެއްނުން؟ އެހެން ނީޝްއަށް އޮޅުނީ. ޕްލީޒް ފޮގިވްމީ..” ނީޝަލް ޔޫހާންގެ ހަށިގަނޑުގައި ބައްދައިގަތެވެ. ޔޫހާންއަށް ދެލޯ މަރާލެވުނެވެ. ނީޝަލްގެ ހަށިގަނޑުގެ އިހުސާސްކުރެވުމުން ދެން އެހެން ހުރިހާ ކަމެއް މަތިން ހަނދާންނެތުނެވެ. ނީޝަލްގެ ގައިން ދުވަމުން ދިޔަ މީރު ލުއި ލުއި ވަހުން ވެފައި ހުރި ވަރުބަލިވެސް ޔޫހާން ފިލައިދިޔަފަދައެވެ. ނީޝަލްގެ ހަށިގަނޑު ދުރުކޮއްލާފައި ޔޫހާން ގޮސް ދޮރުތަޅުލިއެވެ. އަލުން އެނބުރި ގޮސް ޔޫހާން ނީޝަލް އުރާލައިގެން ގޮސް ސޯފާ މަތީގައި ބައްވާފައި ނީޝަލްގެ ތުންފަތަށް ބޮސް ދިނެވެ.
“އަދި ވާނެ އިނގޭ ދިމާވާން. ބައިވަރު ވާހަކަވެސް އެބަހުރި” ނީޝަލް ގަޔަށް ހެދުން ހެޔޮވަރުކޮއްލަމުން ބުނެލިއެވެ. ގަމީހުގައި ގޮއްތައް އަޅުވާފައި ޔޫހާން ގޮސް ނީޝަލް ގައިގައި ބައްދާލާފައި ނިތަށް ދޮނެއް ދިނެވެ. ނީޝަލް ނުކުންތަން ބަލަން ހުރެފައި ޔޫހާން ގޮސް ގޮނޑީގައި އިށީނެވެ. ދުވަހުގެ ބާކީ އޮތް ހުރިހާ ބައެއް ޔޫހާން ހޭދަކޮއްލީ ކުރެވުނު ފާފައާއި މެދު ދެވަނަ ފަހަރަށް ވިސްނާވެސް ނުލައެވެ. އެލީޝާއާއި ޔަލީން މަތިން ޔޫހާން ހަގީގަތުގައިވެސް ހަނދާން ނެތުނީ ބާއެވެ؟
ހަވީރުގެ ވަގުތެވެ. ގޭތެރޭގައި އިނީ ޔޫހާން އެކަންޏެވެ. އެލީޝާ އަށް އޮތީ ހަވީރު ޑިއުޓީއަށް ވެފައި ޔަލީންވީ އަނާޝާމެންގޭގައެވެ. ޔޫހާން ހުރީ ޔޫހާންމެންގޭގައި ހުރި ސްޓަޑީ ރޫމްގައެވެ. އެކޮޓަރި ސާފު ކުރުމައިގެން އުޅޭތީވެ ޔޫހާން ޔަލީން ނުގެނައީއެވެ. ފަހަކު ފޮތްތަށް ބަލަމުން ފޮއްޓަކަށް އަޅަމުން ޔޫހާން ދިޔައެވެ. ފަހަރަކު ފޮތެއް ބަލަމުން ދިޔަ ޔޫހާންގެ މަސައްކަތް ހުއްޓުނީ ފޮތުން ބިންމައްޗަށް އެއްޗެއް ވެއްޓުމުންނެވެ. ގަނޑުނަގާ ބަލައިލުމާއި އެކު ޔޫހާންގެ މޫނު މަތިން އޮއްދާ ހިތްލަން ފެށިއެވެ. ޔޫހާންގެ އަތުގައި އޮތީ ދެމަފިރިޔެއްގެ ކައިވެނީގެ ފޮޓޯޯއެވެ. ފޮޓޯގެ ކުލައާއި އެދެމަފިރިން ލައިގެން ތިބި އެއްޗެހިން އެއީ ވަރަށް ކުރީޒަމާނުގައި ނަގާފައިވީ ފޮޓޯއެއްކަން ހާމަވެއެވެ. ޔޫހާންގެ އަތްފައި ތުރުތުރު އަޅަން ފެށިއެވެ. ދެލޮލުން ކަރުނަ އޮހޮރެން ފެށީ ހަނދާކުރަން ބޭނުން ނުވާ އެ ހިތި މާޒީ ޔޫހާންގެ ކުރިމަތީގައި ސިފަ ވާން ފެށުމުންނެވެ. މިހާ ހިސާބުން ޔޫހާންގެ މާޒީއަށް ބަލައިލަމާތޯއެވެ؟
****
ރޭގަނޑުގެ ވަގުތެވެ. ގަޑިން ރޭގަނޑު 8 ޖެހީއެވެ. ގެއިން ނިކުން ޝިފާގެ މަންޒިލަކަށްވީ ހދ މަކުނުދޫ މަރުކަޒަށެވެ.. ޝިފާއަކީ މަކުނުދޫ މަރުކަޒުގައި އެންމެ ނަން ހިންގާލެވޭ ނަރުހަށްވީ އިރު، އޭރު މަރުކަޒުގައި އެންމެ މަތީ ތައުލީމު ހާސިލްކޮއްފައިވީ ނަރުހަކީވެސް އެއީއެވެ. ލަސް ހިނގުމެއްގައި ހިނގައިފައި ދިޔައިރު ލައިގެން ހުރި ނަރުހުންގެ ހެދުމުގައި ޝިފާގެ 5 މަހެއްހާ ބަނޑު ފެންނަނީ ވަރަށް ލޯބިކޮށެވެ. ބައިސްކަލަށް އަރާފައި ޝިފާ ހެޔޮވަރުދުވެއްޔެއްގައި ދުއްވާލިއެވެ. އަނދިރި މަގުތަކުގެ ތެރެއިން ތަނެއް ދޮރެއް ނޭނގެއެވެ. ރެއަކީ އުމުރުން 11 އަހަރުގެ ޔޫހާންގެ ޕީޓީއެސް މީޓިންގ އޮތް ދުވަސްކަމުން ޝިފާގެ ފިރިމީހާ ޔައީޝްއަކަށްވެސް ޝިފާ ހޮސްޕިޓަލަށް ލައިދޭކަށް ނާދެވުނެވެ. އެހެން ކަމުން ޔައީޝް ދިޔައީ ބަލައިގެން ދިޔުމަށް އެތަށްފަހަރަކު ޝިފާ ގާތުގައި އެދިފައެވެ.
ނަމަވެސް ވާން އޮތް ކަމެއް އެއްވެސް އިންސާނަކަށް ހުއްޓުވޭނެ ހެއްޔެވެ؟ ޝިފާ ދުއްވާފައިދިޔައީ ދެވުނު އެންމެ މަޑުންނެވެ. ނަމަވެސް ކޮންޓްރޯލް ނުވެގެން ބާރު ސްޕީޑުގައި އައި ސައިކަލެއްގައި ޖެހި ޝިފާދިޔައީ ވިއްސައިގެންނެވެ. ހަޅޭ ލަވައިގަނެވުންކަން ޝިފާ ހަނދާން ހުއްޓެވެ. ނަމަވެސް ދެންވީނުވީއެއް ޝިފާއަކަށް ނޭނގުނެެވެ.
އެންމެ ސިކުންތެއްވެސް ލަސްނުކޮއް އަވަސްކަމާއި އެކު ޝިފާ މަރުކަޒަށް ގެންދެވުނެވެ. ޝިފާގެ ހާލު ގޯސްވުމާއި ގުޅިގެން އެރޭ ފަތިސްވީ އިރު އެއާއިލާ ތިބީ މާލޭގައެވެ.
“ތިއީ ޝިފާގެ ފިރިމީހާތޯ؟” ޑަކްޓަރު ޝިފާން ޔައީޝް ވަކިން ކޮޓަރިއަކަށް ވަދެ އެއްސެވެ. ޔައީޝް ބޯޖަހާލިއެވެ.
“ޝިފާގެ ހާލު މިހާރު އެބަ ރަނގަޅުވޭ. ނަމަވެސް. ވަރަށް ބޮޑަށް ސޮރީ މާލެ ގެނެވުނު އިރުވެސް ބޭބީގެ ފުރާނައެއް ނެތް. ލިބިފައި ހުރި ގެއްލުން ތަކުގެ ސަބަބުން ދެން ޝިފާއަށް އިތުރަށް ކުއްޖަކު ލިބުންވެސް އެއީ ނާދިރު ކަމެއް. ލިބުނު ނަމަވެސް އެއީ ދަރިފުޅު އަދި މަންމައަށްވެސް ރައްކާތެރި ގޮތެއްނޫން” ޝިފާންގެ ވާހަކައާއި އެކު ޔައީޝްގެ މޫނުމަތިން ތަރި ބުރައިގެން ދިޔައެވެ.
ޑަކްޓަރު ކޮޓަރިން ނިކުން ޔައީޝްގެ ލޮލުގައި ދެން އަޅައިގަތީ މާޔޫސްވެފައި އިން ޔޫހާންއެވެ. ޔައީޝްގެ މޫނު ކުނިވިއެވެ. ޔައީޝް އަބަދުވެސް ބޭނުންވީ އަންހެން ކުއްޖެކެވެ. ދުނިޔެ ދޫކުރި އެނުއުފަން އަންހެން ކުއްޖާއަކީ އަންހެން ކުއްޖެއްކަމުގެ ޔަގީންކަން ލިބުނުތާ އަދި 3 ދުވަސްވެސް ނުވެއެވެ. ދެން އެހެންނޫނަސް ފިރިމީހާ ބޭނުންވާވަރަށް ކުދިން ހޯދާނުދެވެންޔާ އަންހެނެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޔައިޝްގެ “ބޯދާ” އެވިސްނުން ޔައީޝްގެ “އީގޯ” އަށް ޖެއްސުން ކުރަންފެށިއެވެ. ޔޫހާން މަތިން ފޫހިވީ އިރު، ޝިފާ މަތިންވެސް ޔައީޝް ފޫހިވިއެވެ.
އެރެއިން ސުރެ އަނބިމީހާއާއި ނުއުފަން ދަރިފުޅައް ޓަކައި ކަރުނަ އެޅި ޔައީޝްގެ ލޮލުން މިހާރު ފެނިގެން މިދަނީ ރުޅިވެރިކަމެވެ. ނަމަވެސް އެކަމުގައި ޝިފާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އެދަރިފުޅު ގެއްލެން ޝިފާ ވަކި ބޭނުންވާނެ ހެއްޔެވެ؟ މައި ލަނގޮޑީގައި އަޅާވޭނެއް ބަފަޔަކަށް ދުވަހަކުވެސް އިހުސާސްއެއް ނުކުރެވޭނެއެވެ. މައެއްގެ ލޯބިގެ މަތިވެރިކަން، މައިމީހާގެ ފައިތިލަ ދަށުގައި ސުވަރު ލެއްވުމުންވެސް މިވަނީ ދޭހަވެފައެވެ. ނަމަވެސް…
ދުވަސްތަށް ފާއިތު ވަމުން ދިޔައެވެ. ފުރަތަމަ ޔޫހާންއަށް ސިއްރުންނެވެ. ދެން ކުރިމަތީގައެވެ. ޝިފާއަށް ހުތުރުބަހުން މުހާތަބުކޮއް، ވައްބަހުންނާއި އަތުންވެސް އަނިޔާ ކުރަން ފެށިއެވެ. ގޭތެރޭގައި މިހާރު އަބަދުހެން އިވޭ ރާގަކީ މަންމަގެ ވޭނީ ރުއިމުގެ އަޑެވެ. އަނިޔާ ކޮއްގެންވެސް ޔައީޝްގެ ހިލަހިތަކަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ދެން ގެންނަން ފެށީ ހިލޭ އަންހެން ކުދިންނެވެ. އެކުދިންގެނެސް ޝިފާ ކުރިމަތީގައި އެކުދިންނާއި އެކު ގުޅުން ހިންގަމުން ދިޔައެވެ. ބޭވަފާތެރިކަމުގެ ހިތި ރަހަ ރަނގަޅަށް ޝިފާގެ ކަރުގައި ލައްވާލިއެވެ.
މިހުރިހާ މަންޒަރެއް ދުރާގާތުން ބަލަމުން ދިޔަ ޔޫހާން ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ ކިޔެވުމަށް ދަށްވާން ފެށިއެވެ. ކިޔެވުމުން ރަންވަނަ ހޯދި ޔޫހާންގެ ޝައުގު ވެރިކަން މިހާރު ހުރީ “ޕާޓޭ” ވުމުގައެވެ. ޔޫހާން ފަހަތުން އޭރުވެސް ދުވާ އަންހެންކުދިން ވަކި މަދެއްނޫނެވެ. ނަމަވެސް ޔޫހާން ހިތް ކިޔާކަހަލަ ކުއްޖަކު ނުފެންނާތީވެސް އެއްވެސް ވަރަކަށް ޔޫހާން އަޅައިނުލާ ހުއްޓެވެ. ފަރުޟު 5 ނަމާދަށް މިސްކިތަށް ދިޔަ ކުއްޖާ މިހާރު ނަމާދު ކުރުމަށްވެސް އެކީ ދުރުވިއެވެ. މަންމައަށް ނޭނގިވަގަށް ރުފިޔާ ނަގައިގެން ސިނގިރޭޓުވެސް ބޯން ފެށިއެވެ. ސުކޫލުގައި އުޅޭ ކުދިންނަށް ބުލީ ކުރަންފެށިއެވެ. ނަމަވެސް ޔޫހާން އަންހެން ކުދިންނަށް އޭރު އިހްތިރާމް ކުރެއެވެ. މިހުރިހާކަމެއް އެއްފަހަރާ ބަދަލުވެގެން ދިޔައީ އެދުވަހު އަލަށް ސުކޫލަށް ޖޮއިންވި އަންހެން ކުއްޖާގެ ސަބަބުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







When next??
In sha allah next Monday ga
Mi part ves v v reethi
When next???
So yoohaan’s this hideous behaviour is all thanx to his past???
I never knew that a dad can be that bad!!!
Very nice
When next??
Jazaakallah khairan
In sha allah next Monday ga
mi part ves v reethi masha allah
curiously waiting for next part
keep it up
alhey yoohan maazy iguneema v dhera vejje
heyonuvaane yoohan and elaa dhuru nukurachey
nav and jaish ves
they all are made for each other
youre so talented baskoshaaru ves v reethi genesa huri goih
i appreciate your hard work
leesha ah heyo visnun dhehvaadhyve
when next
ly shihaa
Jazaakallah khairan
Hehe balamaa dhw what happens
In sha allah next Monday ga
Alhe yoohaange life ga kurin kameh vefa thaa dhw vrh interesting vaane kamah heekuran n anehkaa e anhen kuhjaa akii neeshal kanne dhw ekm ves alla and yoohaan dhuru nukurahche keep it up
N shiherr kihinehtha kanthah tha ??
Waiting for next
Love you
Jazaakallah khairan
Hehe balamaa dhw what happens
In sha allah next Monday ga
Lyt
rehn v ma yoohaan ge bahppa ge sababun dhw mi hurihaa kameh yoohaan gaiga haruly….
Haadha nubaey…
Neeshal akee kanneyge e anhen kuhjaa aky…
Mi part vx varah varah reethi
Whn next?
Jazaakallah khairan
Hehe balamaa dhw what happens
In sha allah next Monday ga
Lyt
Yoohaan Bappa ge behaviour now yoohan ge ehuree dhw…??
Haadha kurey mi part 😭
But v nice ☺️
When’s next?
Ily…..💗
hehe ya
jazaakallah khairan
please understand i am very busy these days with collage and stuff
in sha allah next monday ga
lyt
Yoohaan bappa ge behaviour yoohaan ge ehuuree dhw
Yoohaan bappa ge sababun mi hurihaa kameh yoohaan gaigai hardly
Mi part ves varha reethi Masha Allah
Unmeedhu kuran next part kiyaalan libeene kama
When is next part
Can wait for next part
Neeshal akee kanneyge e anhen kuhjaa akee
Love you so much sis
hehe ya
jazaakallah khairan
stay tuned in sha allah next monday ga next ep
lyt