Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 35

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 27, 2025 4 Mins Read
18 Comments

މިހުރިހާ މަންޒަރެއް ދުރާގާތުން ބަލަމުން ދިޔަ ޔޫހާން ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ ކިޔެވުމަށް ދަށްވާން ފެށިއެވެ. ކިޔެވުމުން ރަންވަނަ ހޯދި ޔޫހާންގެ ޝައުގު ވެރިކަން މިހާރު ހުރީ “ޕާޓޭ” ވުމުގައެވެ. ޔޫހާން ފަހަތުން އޭރުވެސް ދުވާ އަންހެންކުދިން ވަކި މަދެއްނޫނެވެ. ނަމަވެސް ޔޫހާން ހިތް ކިޔާކަހަލަ ކުއްޖަކު ނުފެންނާތީވެސް އެއްވެސް ވަރަކަށް ޔޫހާން އަޅައިނުލާ ހުއްޓެވެ. ފަރުޟު 5 ނަމާދަށް މިސްކިތަށް ދިޔަ ކުއްޖާ މިހާރު ނަމާދު ކުރުމަށްވެސް އެކީ ދުރުވިއެވެ. މަންމައަށް ނޭނގިވަގަށް ރުފިޔާ ނަގައިގެން ސިނގިރޭޓުވެސް ބޯން ފެށިއެވެ. ސުކޫލުގައި އުޅޭ ކުދިންނަށް ބުލީ ކުރަންފެށިއެވެ. ނަމަވެސް ޔޫހާން އަންހެން ކުދިންނަށް އޭރު އިހްތިރާމް ކުރެއެވެ. މިހުރިހާކަމެއް އެއްފަހަރާ ބަދަލުވެގެން ދިޔައީ އެދުވަހު އަލަށް ސުކޫލަށް ޖޮއިންވި އަންހެން ކުއްޖާގެ ސަބަބުންނެވެ.

“ހުރިހާ ކުދިން. މިއީ އައިޝަތް ނީޝަލް. މިއަދުން ފެށިގެން ނީޝަލްވެސް ތިކުދިންނާއި އެކު ކިޔެވުން ކުރިއަށް ގެންދާނީ. ހުރިހާ ކުދިންވެސް، ނީޝަލްއަށް އެކުވެރިވާން ވާނެ އިނގޭ؟” ފާތުން މިސް ބުނެލިއެވެ. ނީޝަލްގެ ފަން ދިގު އިސްތަށިގަނޑާއި ކުޑަ ދެލޮލުން ފިރިހެން ކުއްޖަކު މޮޔަވާހާވެއެވެ. ތުންފަތް މަތީގައިވީ ލުއި ހިނިތުންވުމުން ވެސް ކޮލަށް އަރާފައި އިން ބޮޑު އަޑިކޮޅުން ވަރަށް ލޯބިކަމަށް ދައްކައެވެ. ޔަގީނުންވެސް ކިލާސްކުދިންގެ ގިނަ ފިރިހެން ކުދިންގެ ހިތްތައް ނީޝަލް އަތުލައިފިއެވެ. މިފިރިހެން ކުދިންގެ ލިސްޓުގައި ޔޫހާންގެ ނަންވެސް ހިމެނުނެވެ.

ހަވީރުގެ ވަގުތެވެ. ސުކޫލު ނިންމާފައި އަހިސް ނިދާލަން އޮށޯއޮތް ޔޫހާންއަށް ހޭލެވުނީ ބައްޕަގެ ހަޅޭކުގެ އަޑާއި އެކު މަންމަގެ ރުއިމުގެ އަޑުންނެވެ. ވަގުތުން ޔޫހާންގެ މޫޑު ހަރާބުވެލިއެވެ. އެހެންކަމުން ޔޫހާން ނިންމީ އަތިރިއަށް ޖައްސާލުމަށެވެ. ޔުހާން އަށް ގޭތެރޭގެ ކަންކަމުން ދުރަށް ޖެހި، ހިތަށް ހަމަ ޖެހުމެއް ލިބޭ ހަމަ އެކަނި ތަނަކީވެސް އެއީ ކަމުގައިވީތީއެވެ. މަސް ހިފީވެސް ޔޫހާންގެ ނަނުގައެވެ. އޭރު ނީޝަލްވެސް އެކަނި އަތިރިމަތީގައި އިންތަން ފެނުނެވެ. ޔޫހާން ހިތަށް އެރިއެވެ. މިއީ ފުރުސަތެކެެވެ. މީގެ ބޭނުން ހެޔޮގޮތުގަ ހިފާނަމެވެ.

“ނީޝަލް؟” ފަހަތުން އިވުނު ފިރިހެން އަޑާއި އެކު ނީޝަލް އެނބުރިލިއެވެ. ފުރަގަހުގައި ހުރި ޔުހާން ފެނި ނީޝަލް ހީލިއެވެ. “ޔޫހާން؟” ނީޝަލް އަހާލީ ޔަގީން ކޮއްލުމަށެވެ. ޔޫހާން ބޯޖަހާލިއެވެ.

“ކިހިނެތްވެފަ ހާދަ އެކަނި؟ ކޮބާތަ ބިޓު؟ ހެހެ” ޔޫހާން އެއްސެވެ. “ނީޝަލް ނުހުރޭ ބިޓެއް. ނީޝަލް މިއީ ވަރަށް އެކަނިވެރި ކުއްޖެއް.” ނީޝަލް ބުނެލީ އިސްޖަހާލަމުންނެވެ. “ތިއީ މިރަށުކުއްޖެއް ނޫންދޯ؟” ޔޫހާންއަހާލިއެވެ. “ލައްބަ.. ހަނިމާދޫ” ނީޝަލް ބުނެލީ ކިރިޔާ އިވޭ ވަރަށެވެ. “ނީޝަލް ދެން ދެރަ ނުވޭ. ޔޫހާންދެން މިއީ ނީޝަލްގެ ގާތް މީހެއްގެ ގޮތުގަދެކޭ”

އެދުވަހަށް ފަހު ޔޫހާންއާއި ނީޝަލްގެ ދެމެދުގައި އުފެދުނީ ވަރުގަދަ ގުޅުމެކެވެ. ނަމަވެސް އެކުވެރި ކަމުގެ އެގުޅުން ދެމެހެއްޓިގެން ދިޔައީ މަދު ދުވަސްކޮޅަކަށެވެ. އެގުޅުން ލޯއިތްބައް ބަދަލުވެ، ނީޝަލްގެ ފަރާތުން ޔޫހާންގެ އަރުގައި ބޭވަފާތެރިކަމުގެ ހިތިރަހަލީވެސް ބަސްބުނާހާ އަވަހަށެވެ. ނީޝަލްއަކީ ޔޫހާންގެ ހިތްދެވުނު ފުރަތަމަ އަންހެން ކުއްޖާއެވެ. އެދުވަހު ޔޫހާންގެ ލޮލުން ކަރުނަ އޮހޮރި ވަރު އެނގޭނީ ޔޫހާން ނޫން އެހެން ކާކަށް ހެއްޔެވެ؟

އެދުވަހަށް ފަހު ޔޫހާންގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އައެވެ. މަންމައަށް ބައްޕަ އެހެން އެ އަނިޔާ ކުރަނީ އަންހެނުންނަކީ އެކަހަލަ ވިޔާނުދާބައެއް ކަމުގައިވީތީ ކަމަށް ޔޫހާންގެ ޅަސިކުނޑިއަށް ވިސްނުނެވެ. އެދުވަހަށް ފަހު ޔޫހާންގެ ހަޔާތަށް ފަހަރަކު އަންހެން ކުއްޖަކު ގެންނަމުން ދިޔައެވެ. ޔޫހާންގެ މިއުޅުން ފެނި ޔައީޝްގެ އަނިޔާވެރި ވަކިތަށް ޔޫހާންގެ ހަށިގަނޑުގައިވެސް އެޅެމުން ދިޔައެވެ. ނަމަވެސް އޭނާއަށް މިއުޅުން ދަސްކޮއްދިނީވެސް ހަމަ އެބައްޕައެއްނުން ހެއްޔެވެ؟

****

ބިންމައްޗަށް ޖެހި ގަނެވުނު އިރު ޔޫހާން މޭގައި ހިފާ ބާރުކޮއް ފުންކޮއް ނޭވާލަމުން ދިޔައީ ހިތައް ނުކުޅަދާނަވާވަރު ވުމުންނެވެ. ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ އިރު މުޅި މޫނު ވަނީ ރަތްވެފައެވެ. އަތުގައި އޮތް ޝިފާއާއި ޔައީޝްގެ ކައިވެނީގެ ފޮޓޯފެނި ޔޫހާންގެ ހިތް ދިޔައީ ވީދެމުންނެވެ. އުމުރުން މިހާ ހިސާބަށް އަހިސް ވިސްނާލުމުން، ހަގީގަތުގައި އަނިޔާވެރިޔަކީ ޔައީޝްކަން ޔޫޙާންއަށް ވިސްނުނެވެ. ކޮއްކޮ ބައިގެން ދިޔުން އެއީ މަންމަގެ ކުށަކަށް ވާންވީ ކީއްވެހެއްޔެވެ؟ އެދުވަސްކޮޅަކީ އަނބިމީހާއަށް ފިރިމީހާގެ ލޯބި އެންމެ ބޭނުންވާނެ ދުވަސްކޮޅެއްނުން ހެއްޔެވެ؟ ކުޑަކުޑަ ޔަލީން މަތިން ހަނދާންވިއެވެ. ލޯބިވާ އެލީޝާ މަތިން ހަނދާންވިއެވެ. ޔަލީންއަށް މިދުނިޔެއިން މިލިބުނީ ކޮންކަހަލަ ބަފައެއް ހެއްޔެވެ؟ އެލީޝާއަށް މިލިބުނީ ކޮން ކަހަލަ ފިރިއެއް ހެއްޔެވެ؟ އެލީޝާގެ އޮތޯ ކޮން ކުށެއް ހެއްޔެވެ؟ ޔޫހާންއާއި ޔައީޝްގެ އޮތް ތަފާތަކީ ކޮބާ ހެއްޔެވެ؟

ގެޔަށް އަހިސް ކައިހަދައި، ޔަލީންއަށް ކާންދީ ނިންދަވާފައި ޔޫހާން އަންނަންދެން އެލީޝާ ސިޓިންގ ރޫމްގައި އިށީންދެލިއެވެ. ނަމަވެސް 12 ޖެހި އިރުވެސް ޔޫހާން ނައުމުން އެލީޝާ ކަންބޮޑުވިއެވެ. ބޭރަށް ނުކުމެ ބަލާލި އިރު ޔޫހާންގެ ފައިވާން ހުރިތަން ފެނުމުން އޭނާ ގޭގަ ކަން އެލީޝާއަށް ދެނެގަނެވުނެވެ. އެހެންކަމުން ޔޫހާންވީ ސްޓަޑީ ރޫމްގައިތޯ ބަލައިލަން އެލީޝާ ދިޔައެވެ. ނަމަވެސް އެލީޝާމެންގެ އަޑު އިވުމުން ނައީ ކީއްވެބާއެވެ؟ ބިންމަތީގައި އިން ޔޫހާންފެނި އެލީޝާ ހައިރާން ވިއެވެ. ކޮޓަރިތެރޭގައިވީ ފަނޑުއަލީގެ ތެރެއިން ޔޫހާންގެ ކޯތާފަތް މަތިން ހިކިފައި ހުރި ކަރުނަތިކިތަށް ފެންނަން ހުއްޓެވެ.

“ޔޫހާން؟؟” އެލީޝާ އަހިސް ޔޫހާންގެ އަތުގައި ހިފާލިއެވެ. ޔޫހާން އެއަތް ދުރުކޮއްލިއެވެ. ބިންމަތީގައި އޮތް ގަލަމާއި ގަނޑު އެލީޝާއަށް ދިއްކޮލިއެވެ.

“އަހަރެންގެ ބައި ފުރާފަ އިންނާނީ. ދެން އެލީޝާގެ ބައި ފުރާލާ. އަހަރެން ބޭނުމީ މިކައިވެނި ވަގުތުން ވަގުތަށް ރޫޅާލަން” ޔޫހާންގެ ވާހަކަ އިވި އެލީޝާގެ ދެލޯ ކަރުނުން ފުރުނެވެ. ޔޫހާންގެ އަޑުގައިހުރި ދުރުކަން އިވި އެލީޝާގެ ހިތް ފުނޑުފުނޑުވިއެވެ. ދުވަހަކުވެސް ޔޫހާން އެލީޝާއަށް “އެލާ” ނޫން ނަމަކުން މުޙާތަބު ކޮއްފައެއްނެތެވެ. އެހެން ކަމުންވެސް އެލީޝާއަށް ކުރެވުނީ ބީރައްޓެހި އިހުސާސްއެކެވެ. “ކީއްވެ؟” އެލީޝާއަށް އަހާލެވުނީ ކަރުނަވީ ދެލޮލުންނެވެ.

“އަހަރެންމީ ބޭވަފާތެރިޔެއް. އައި ޑޯންޓް ޑިޒާރވް ސަމްވަން ލައިކްޔޫ. ޔަލީން ގޮވައިގެން ޕްލީޒް މިގެއިން ނުކުމެގެން ދޭ. އެލީޝާ ތިހުރީ ވަރިކޮއް-”

“ނޫން. ހެޔޮނުވާނެ ނޫން. ޔަލީންއާއި ދޭތެރޭގަ ވިސްނާލަބަލަ. ޕްލީޒް އަހަރެން ވަރިނުކުރޭ. ދެން އެއީ އެހެން ނޫނަސް މާ ކުރިއެއްނުން؟ މިހާރު ޔޫޙާން ޗޭންޖްޑްއެއްނުން؟ އަހަރެން ޔޫޙާން އަށް މާފުވެސް ކުރިން” ޔޫހާންގެ ވާހަކަ ހުއްޓުވާ އެލީޝާ އާދޭސް ކުރަންފެށިއެވެ. ޔޫހާންގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ނަމަވެސް ޔޫހާން ކުޅަދާނަ ކަމާއި އެކު އެކަރުނަތަށް ހިންދާލިއެވެ.

“މިއަދުވެސް އަހަރެން އެހެން ކުއްޖަކާއި އެކު ސްލީޕް ކުރިން.. އަހަރެންމީ ބޭވަފާތެރިޔެއް. އަހަރެން ދުވަހަކުވެސް ވަފާތެރިޔެއްނުވާނެ. ހެޔޮނުވާނެ ޔަލީން ގޮވައިގެން މިގެއިން ރައްކާވޭ” ޔޫހާން ބުނެލީ ހަރުކަށި އަޑަކުންނެވެ.

“އަހަރެން ޔޫހާން ކުރިމަތިން ދުރަށް ގޮސްފާނަން. އެކަމަކު. ޔޫހާން ޕްލީޒް. އަހަރެން ވަރި ނުކުރާތި.. އަހަރެން ކައްވަޅަށް ދާންވެސް ބޭނުމީ ޔޫހާންގެ އަންބެއްގެ ގޮތުގަ ހުންނަން. އަދިވެސް މިއީ ޔޫހާންގެ އެލާ.. އޯލްވޭސް އެންޑް ވޯރއެވާރ” އަތުގައި އޮތް ވަރީގެ ފޯރމު ވީދާލާފައި އެލީޝާ ނުކުމެގެން ދިޔައެވެ. ޔޫހާން އެލީޝާއާއި ދިމާލަށް ބަލަން ހުރި އިރު ހިތާހިތާ ބުނެވުނެވެ. “މިހިތުގެ ރުއިމުގެ އަޑު އެބަ އިވޭހެއްޔެވެ؟”

ދަންވަރުގެ ވަގުތެވެ. ނަމަވެސް އެހެން ރޭރޭ އޮންނަ ފަދަ އަމާން އޮމާން ކަމެއް މިރެއަކު ނެތެވެ. ބޯކޮއްވިއްސާރަވެހި ގުގުރަމުން ދިޔައިރު ބިރުން ރޫރޫ އަޅާހާވެއެވެ. އެންމެން އަރާމު ނިދިން ނިދާފައިވީއިރު، މަގުމަތިން އެލީޝާ ފެންނަން ހުއްޓެވެ. ރޭގަނޑުގެ އެ އަނދިރިން އެލީޝާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. އެލީޝާގެ ކޮނޑުމަތީގައި ޔަލީންއޮތެވެ. ވަމުން ދިޔަ ފިނިން ތުރުތުރު އަޅަމުން ދިޔައިރު އެބޮޑު ދެލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ.

ޔަލީން އުރައިގެން ހުރި އެލީޝާގެ ދެލޮލުން ކަރުނައިގެ އެއްވެސް އަސަރެއްފެންނާކަށް ނެތެވެ. ނަމަވެސް އެލީޝާގެ ދެލޮލުގައި ވިދަމުން ދިޔައީ ވޭނާ އުދާހެވެ. އެހެންނަމަވެސް މިރޭ އެލީޝާގެ ދެލޮލުން ބުނާފަދައެވެ. އަހަރެންނަކަށް ދެން ނުރޮވޭނެއެވެ. ކިހާ ކަރުނައެއް ބޭކާރު ކުރެވިއްޖެ ހެއްޔެވެ؟

ސްޓަޑީ ރޫމް ތެރޭގައި އެއްވެސް އަލިކަމެއް ފެންނަން ނެތް އިރު، އެކޮޓަރީގައި ހަރުލާފައިވީ ޔޫހާންގެ ވޭނީ ރުއިމުގެ އަޑެވެ. ކޮޓަރީގެ ކަނެއްގައި އިށީންދެ އިނދެ ރޮމުން ދިޔަގޮތުން އެންމެ ހިލަ ހިތުގެ ވެރިޔާގެ ހިތްވެސް ރޮއްވާލާނެކަން ގައިމެވެ. ޔޫހާންގެ ނޭފަތް ރަތްވެފައިވީ އިރުއެޒުވާނާގެ ތުންފަތްވެސް ދިޔައީ ތުރުތުރުލަމުންނެވެ. ޔޫހާންގެ ހުރިހާ ހަރަކާތަކުންވެސް ފެންނަނީ އެހިތަށް އަސަރުކޮއްފައިވާވަރެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވާނަން އުމުރަށް

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 17 & 18

Next
January 27, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 17 & 18

Previews
January 26, 2025

ވާނަން އުމުރަށް

18 Comments!

  1. A gurll says:
    January 27, 2025 at 7:30 am

    Mashaa allah mi baives varah reethi❤️🥰
    Keep going👏👏
    curiously waiting for the next part….☺️

    1. shihaamaa ali shihaamaa ali says:
      January 27, 2025 at 9:45 am

      Jazaakallah khairan🥰
      In sha allah wednesday ga next ep

  2. Naikko says:
    January 27, 2025 at 7:51 am

    Mi part ves v v reethi
    Plzzzzz yoohaan eleesha divorce nukurahcheyyyy
    Curiously waiting for the next
    When next???

    1. shihaamaa ali shihaamaa ali says:
      January 27, 2025 at 9:45 am

      Jazaakallah khairan
      Hehe alhe balamaa dhw yoohaan and ella ah vany kihineh thw
      In sha allah wednesday ga next ep

    2. Shiunii says:
      January 27, 2025 at 12:47 pm

      Omg vrhh Reethi

    3. shihaamaa ali shihaamaa ali says:
      January 27, 2025 at 1:25 pm

      jazaakallah khairan

  3. Cutie girl says:
    January 27, 2025 at 8:11 am

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Alhey yoohan and elaa dhuru nukurachey ☺️
    They both are made for each other
    Komme meehakah ves mistake hedheyne
    Mi part kiyaafa rovijje
    I appreciate your hard work
    Love you shihaa❤️😍

    1. shihaamaa ali shihaamaa ali says:
      January 27, 2025 at 9:46 am

      Jazaakallah khairan
      Vrh ufaa vejje cutie girl ah mi vhk ehaa kamudhiyaiima.. and sorry rovvaalevuniima🥺
      In sha allah wednesday ga next ep
      Lyt

  4. gurrrrl says:
    January 27, 2025 at 10:55 am

    🥺🥺sad life alheyyy vrh reethi mi partves
    Keep it up
    Curiously waiting for next
    Love ya

    1. shihaamaa ali shihaamaa ali says:
      January 27, 2025 at 11:09 am

      Jazaakallah khairan🥺
      Lyt

  5. Ishu says:
    January 27, 2025 at 12:05 pm

    Maasha allah mi bai ves varah furihama👏😊
    Keep going shiherr
    Curiously waiting for the next part……

    1. shihaamaa ali shihaamaa ali says:
      January 27, 2025 at 1:25 pm

      jazaakallah khairan

  6. Your fav bab says:
    January 27, 2025 at 1:34 pm

    Alhey yoohaan amilla ah hageegath kiyaadhinee dhw??
    Poor Ella I’m feeling so sad for her
    Plz Ella and Yoohaan dhurunukuracheyy!!!!
    When next??

    1. shihaamaa ali shihaamaa ali says:
      January 27, 2025 at 2:22 pm

      Noon ella dosen’t know abt yoohaan’s past adhi.. but she will very soon
      Hehe dhn balamaa dhw ella and yoohaan ah vany kihineh thw
      In sha allah next ep wednesday ga
      Stay tuned
      ❤️

  7. Zozo! says:
    January 27, 2025 at 3:11 pm

    Vrh dhera vehje!
    Yoohaan ge past and also elaa ah veegoii fenifa!
    Hamaragalhahves rovihje sifakirun-maashaallah v reethi!
    Waiting for the next part!

    1. shihaamaa ali shihaamaa ali says:
      January 27, 2025 at 3:54 pm

      Awlheyyy sorry rovvaalevunyyma🥺
      Jazaakallah kahiran
      Stay tuned
      ❤️

  8. Vempire girl says:
    January 27, 2025 at 8:04 pm

    Maashaa Allah mi part vx varah varah reethi…
    Alhey elyshaa and yoohaan dhuru nukrey…
    Mi part kiyaafa hama rovihje 😭😭😭
    Curiously waiting for the next part…
    Whn next??

    1. shihaamaa ali shihaamaa ali says:
      January 27, 2025 at 10:50 pm

      Aww jazaakallah khairan😭❤️
      And sorry rovvaalevunyma🥺
      Yoohaan and ella ah vanyy kihineh thw balamaa dhw.. in sha allah next ep wednesday ga

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 36←


All Right Reserved!