ރޭގަނޑުގެ ވަގުތެވެ. ދުވާލެކޭ އެއްފަދައިން ރޭގަނޑުގައިވެސް ހޮސްޕިޓަލުގައި މީހުންތަށް ދިޔައީ ހޭލަމޭލަ ވަމުންނެވެ. ރަަށަށް އަހިސްވެފައި ހުރި ވަރުބައްޔާއި އެކު ޒުވާން އަންހެން ކުއްޖާ ނިދަން އޮވެފައި ހޮސްޕިޓަލަށް އައީ ރޭގަނޑު 7 ވެސް ޖެހިފަހުންނެވެ. ހޮސްޕިޓަލަށް ވަދެ އެކުއްޖާ ހިނގަމުން ދިޔައީ މީހަކު ހޯދަން އުޅޭފަދައިންނެވެ.
“އެކްސްކިޔުޒް މީ؟” ފަހަތުން އިވުނީ ލީޝާގެ އަޑެވެ.
“އެކްސްކިޔުޒް ޔޫ؟ ހޫ ދި ހެލް އާރ ޔޫ؟” އެކުއްޖާ އަހާލީ އިނގިރޭސި ބަހުންނެވެ.
“އައިމް ލީޝާ. މި ހޮސްޕިޓަލްގެ ނަރުހެެއް. ތިކާކު؟ ޑަކްޓަރ އަށްތަ ތިއައީ؟ މިރަށުކުއްޖެއް ނޫންދޯ؟” ލީޝާ އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ.
“އޯ އެމް ޖީ ކާމް ޑައުން ބޭބީ ގާލް! ވަން ކުއެސްޓަން އެޓްއަ ޓައިމް. އައިމް ނީޝަލް. އައިމް ފްރޮމް ނޮޅިވަރަންފަރު” އިތަށިގަނޑުގައި އަތްހާކާލަމުން ނީޝަލް ބުނެލީ ތުއި ގޮތަކަށެވެ. ކަޅުކުލައިގެ ބަނޑު ފެންނަ ވަރުގެ ޓޮޕް ކޮޅަކާއި އެކު ބޭބީ ބްލޫ ޖީންސް ސްކާރޓް ކޮޅެއް ލައިގެން ހުރި އިރު ޒަމާނަށް ފެތޭ ކުއްޖެއްކަން ލީޝާއަށް ދެނެގަނެވުނެވެ. ނަމަވެސް އެކުއްޖާގެ ވާހަކަ ހުރި ގޮތުން ލީޝާ ފާޑަކަށް ފޫހިވިއެވެ. “ވަޓް އަ ފަރަންޖީ” މޫނަށް ވައްތަރެއް ޖައްސަމުން ލީޝާ މަޑުން ބުންޏެވެ.
“ވަޓް ޑިޑް ޔޫ ސޭ؟” ނީޝަލް އެއްސެވެ.
“އެއްޗެކޭ ނޫން. އޯކޭ. ނީޝަލް މިތަނަށް ކީއްކުރަން ތިއައީ؟” ލީޝާ އަހާލީ ހަރަމްބަދެލަމުންނެވެ.
“އައިމް ހިއާރ ޓު ސީ ދި ކާރޑިއޮލޮޖިސްޓް ހިއާރ. ހިސް ނޭމްސް ޔޫހާން” ނީީޝަލް ބުންޏެވެ. ވަގުތުން ލީޝާގެ ނިތަށް ރޫގިނަވިއެވެ. މިއީ އަނެއްކާ ޔޫހާން އާއިލާ ކުއްޖެއް ބާއެވެ؟
“އެޕޮއިންޓްމެންޓްއެއް ހެއްދިންތަ؟” ލީޝާ އަހާލިއެވެ.
“ހަހަ ނަހް މީ ޑޯންޓް ނީޑް އިޓް ޑާރލިންގް. ވީ ހޭވް އަވާރ ޕާރްސަނަލް ބިޒްނަސް. އެނީހޫ. ވެއާރ އިސް ޔޫހާން؟” ނީޝަލް އެއްސެވެ.
“ތި ޕާރސަނަލް ބިޒްނަސް ހަދަން އާދޭ މާދަމާ. ޔޫހާން ޑީއުޓީ ނިންމާފަ ގޮއްސި މިހާރު. 8 ގަ އަންނާނެ މާދަން” ލީޝާ ބުނެލިއެވެ.
“އޯލްރައިޓް ޗާއު” ލީޝާ ކޮލުގައި އަތްހާކާލަމުން “ކެޓް ވޯކް” ގައި ނީޝަލް ހިނގައިގަތެވެ. “ވަޓް އަ ބި*” ލީޝާ ހިތާހިތުން ބުނެލިއެވެ. ނަމަވެސް ލީޝާގެ ހިތުގައި އެކުއްޖާއާއި މެދު ޝައުގުވެރިކަންވެސް އުފެދުނެވެ. ނީޝަލް އެއީ ޔޫހާންގެ ކާކު ބާއެވެ؟
ޑިއުޓީ ނިންމާފައި ގެޔަށް ވަދެގެން އައި ޝާހާއަށް ގޭތެރެއިން މަރުހަބާ ކިއީ ހަމަ ހިމޭން ކަމެވެ. މައިކަލްއާއި ކައިވެނި ކުރުމަށްފަހު ޝާހާ ބަދަލުވީ މައިކަލްމެން ގެޔަށެވެ. މައިކަލް ރޭގަނޑު ޑިއުޓީ އޮތް ދުވަހަކަށް ވެފައި، ދުވަސްކޮޅަކީ މައިކަލްގެ މަންމައާއި ބައްޕަވެސް މައިކަލްގެ މަންމަގެ ރަށް ކަމުގައިވާ ދިއްދޫއަށް ގޮސްވީ ދުވަސްކޮޅެއް ކަމުން ގޭތެރޭގައިވީ ހަމަ ހިމޭން ކަމެވެ. ކޮޓަރިއަށް ވަދެ ތާޒާ ވެލައިގެން ޝާހާ ވަނީ ބަދިގެއަށެވެ. މެންދުރަށް ކައްކާފައިހުރި އަލުވި ބަތުން އެތިކޮޅެއް އަޅާ ކާން އިށީނީ ފޯނުން ޑްރާމާ އެއް އަޅުވާލަމުންނެވެ.
ގެޔަށް ވަދެގެންއައި ޔަލްވީގެ މޫނު މަތި ފުސްވެފައި ހުރީ ރިލްވާން އޭނާ ބަލާ ހޮސްޕިޓަލަށް ނައުމުންނެވެ. ރިލްވާންމެން އުޅޭ ގެޔާ އަޅާބަލާނަމަ، ހޮސްޕިޓަލު އެއީ ހިނގާފައިދާން ފުދޭވަރަކަށް ދުރުމިނެވެ. މެންދުރުވެސް ނުކައިހުރެ، ހިނގާފައި އަންނަން ވުމުން ޔަލްވީ ދިޔައީ ހިތާ ހިތުން ޔަލްވީއަށް އެއްޗެހި ގޮވަމުންނެވެ.
“ސަޕްރައިޒް” ޔަލްވީ ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ރިލްވާން ބުނެލިއެވެ. މުޅިކޮޓަރި ތެރެ ރީތިގޮތަކަށް ޖަރީ ކުރެވިފައިވީ ރަތްކުލައިގެ ފިނިފެންމަލުންނެވެ. އެނދާ ދިމާލުގައި “ހެޕީ 26” ޖަހާފައިވި އިރު އެނދުމަތީގައިވީ ރަތް ފިނިފެންމަލުންދިަޔައީ މަންޒަރު ހިތްގައިމު ކޮއްލަދެމުންނެވެ. ކޮޓަރި މެދުގައި ރަތްކުލައިގެ މާބޮނޑިއަކާއި އެކު ޕާރުސަލެއް ހިފައިގެން ހެވިފައި ހުރި ރިލްވާން ފެނި ޔަލްވީގެ ރުޅިގަނޑުގޮސް ވަނީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ.
“އަޅޭ ވަރަށް ލޯބި. ތެންކް ޔޫ” މާ ބޮނޑީގައި ހިފާ ވަސްބަލާލަމުން ޔަލްވީ ބުނެލިއެވެ. ރިލްވާން ހީލިއެވެ.
“އެހެންވެ ދޯ ޔަލް ބަލާނައީ؟ ޔަަލް ހުރީ ވަރަށް ނައްޓާފަ ހިތަށް އެރި މި ރިލްވާނު މަށަށް ޖައްސާނީ މިކަހަލަ އުނދަގުލޭ އަބަދުވެސް ދެން ހަމަ ހުވާ. ހިނގާ ހިނގާ ދެފައިވާޅުވެފަ ހުރީވެސް ވަރަށް ހައިވެސް ވެފަ” ޔަލްވީ ތުންކޮޅު އޫކޮއްލަމުން ޝަކުވާކޮއްލިއެވެ.
“ހެހެ ސޮރީ އެބައުޓް ދެޓް. ބަޓް ސޭ ނޯ މޯރ ބޭބީ އައި މޭޑް އަ ރެޒަވޭޝަން ފޯރ އަސް އިން އަ ރެސްޓައުރެންޓް” ރިލްވާންގެ ޖުމްލަ އިވިފައި ފުންމާލާފައި ޔަލްވީ ރިލްވާންގައިގައި ބައްދާލިއެވެ.
އައު ދުވަހަކަށް އިރުގެ އަލި ފެނުނު އިރު ޔޫހާން ހުރީ ދަންވަރުވަގުތު އައި އެމާރޖެންސީ އޮޕަރޭޝަނެއްގައެވެ. 5 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކުން ނިކުމެވުނު އިރު 8 ޖަހަން ހުރީ 45 މިނިޓެވެ. އެހެން ކަމުން ޔޫހާން ކެންޓީންއަށް ދިޔައީ އެއްޗެއް ކާލާ ޑިއުޓީއަށް ރެޑީވެލުމަށެވެ.
“މަންމީ. ކޮބާތަ މިއަދު ބައްޕީ؟” އަނާޝާމެންގެޔަށް ޔަލީންގެންދިޔުމަށް ރެޑީ ކުރަން އިން އެލީޝާ ގާތުގައި ޔަލީންއެއްސެވެ. “ދަރިފުޅޫ ބައްޕިއަށް ރޭަގަ ހޮސްޕިޓަލުން ގުޅީ ވަރަށް ބޮޑަށް ބޭބެއަކަށް އައްދޮވެގެން އެހެންވެ ބައްޕި ދިޔައީ” އެލީޝާ ޔަލީންގެ ގައިގައި ކޮލޯން ހާކާލަމުން ބުނެލިއެވެ. “އެހެންވެ ކޮއްކި ބައްޕި އަކީ ސުޕާރ ހީރޯއެއް ދޯ؟” ދެއަތް ޖޯޑުކޮއްލަމުން ޔަލީން އެއްސެވެ. “ހެހެ ޔެސް ލޯބީ” ޔަލީންގެ ކޮލުގައި ވަރަށް ލޯބިން ހިފާލަމުން ބުނެލިއެވެ.
ކައުންޓަރު ތަކުގެ “ބީޕް” އަޑާއި އެއް ރާގުކޮއްލަމުން ނީޝަލް ހިނގާފައި ދިޔައީ އަރައިގެން ހުރި އުސްކުރި ބޫޓުގެ އަޑު އިއްވަމުންނެވެ. އެންމެންގެ ލޯތަށް ނީޝަލްއަށް ހުއްޓެމުން ދިޔައީތީވެސް އޭނާ ބޮޑާވެފައި ހުރިވަރު ދިޔައީ މޫނުމަތިންވެސް ފެންނަމުންނެވެ. “ކާރޑިއޮލޮޖިސްޓް. ޑަކްޓަރ ޔޫސުފް ޔޫހާން ޔައީޝް” ޔޫހާންއަށް ހާއްސަކުރެވިފައިވީ ކޮޓަރިދޮރު މަތީގައި ހުއްޓި ނީޝަލް ކިޔާލިއެވެ. ގަޑިބަލައިލަމުން ނީޝަލް ކޮޓަރިއަށް ވަނެވެ. އޭރު ގަޑިން 30 7 އެވެ.
ކައިނިމިގެން ހަމަޖެހިގެން ހުރެ ޔޫހާން ހިނގައިގަތީ ޔޫހާންއަށް ހާއްސަ ކުރެވިފައިވީ ކޮޓަރިއަށެވެ. އެއްވެސް ޙިޔާލެއް ފިކުރެއްނެތި ދޮރު ހުޅުވާލި އިރު ޔޫހާންގެ ކޮޓަރީގައި އިން ނީޝަލް ފެނި ޔޫހާންގެ ދެލޯ ބޮޑުވިއެވެ. “ނީޝަލް؟؟؟” ޔޫހާންއަށް ގޮވާލެވުނެވެ.
“ލޯންގް ޓައިމް ނޯ ސީ. އިޓްސް ބީން.. ހައުމެނީ އިޔާރސް؟ އަމް… 20 އިޔާރސް ދޯ؟” ނީޝަލް ޔޫހާން ކައިރިއަށް ޖެހިލަމުން އެއްސެވެ. ޔޫހާންއަށް ހުރެވުނީ ހަމަ ބަލަންށެވެ. ފެނިގެން މިދާ މަންޒަރު ގަބޫލު ނުކުރެވިގެންނެވެ.
“އައި މިސްޑް ޔޫ ސޯ މަޗް ބޭބީ. އޭރު ވީވާރ ސޯ ޔަންގްއެއްނުން؟ އެހެން ނީޝްއަށް އޮޅުނީ. ޕްލީޒް ފޮގިވްމީ..” ނީޝަލް ޔޫހާންގެ ހަށިގަނޑުގައި ބައްދައިގަތެވެ. ޔޫހާންއަށް ދެލޯ މަރާލެވުނެވެ. ނީޝަލްގެ ހަށިގަނޑުގެ އިހުސާސްކުރެވުމުން ދެން އެހެން ހުރިހާ ކަމެއް މަތިން ހަނދާންނެތުނެވެ. ނީޝަލްގެ ގައިން ދުވަމުން ދިޔަ މީރު ލުއި ލުއި ވަހުން ވެފައި ހުރި ވަރުބަލިވެސް ޔޫހާން ފިލައިދިޔަފަދައެވެ. ނީޝަލްގެ ހަށިގަނޑު ދުރުކޮއްލާފައި ޔޫހާން ގޮސް ދޮރުތަޅުލިއެވެ. އަލުން އެނބުރި ގޮސް ޔޫހާން ނީޝަލް އުރާލައިގެން ގޮސް ސޯފާ މަތީގައި ބައްވާފައި ނީޝަލްގެ ތުންފަތަށް ބޮސް ދިނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Yooohaaaannn
🤌🏻
Why yoohaan did that
I can’t believe it
If elisha find out what will happen with Elisha
Mi part ves varha reethi Masha Allah
Unmeedhu kuran next part kiyaalan libeene kama
Can’t wait for next part
When is next part
Love you sis
Hehe lets see dhw what happens
In sha allah thursday ga
Stay tuned
Lyt
mi part ves v reethi masha allah
curiously waiting for next part
keep it up
elaa and yoohan dhuru nukurachey
nav and jaish ves
naail and mau ves
they all are made for each other
neeshal khineh eulheni yoohan ves nuvaane dhw elaa ah beyvafaatheri vaakah
v intresting story eh
v kiyaala hithun kiyani
i appreciate your hard work
your my fav author
your so talented
love you shihaa
Jazaakallah khairan
Vrh reethi mi part vx
Can’t wait for the next part
Keep up the good work🙂❤️❤️
Jazaakallah khairan
In sha allah thursday ga
In sha allah
Mi part ves v reethi……
When next???
I can’t believe that yooohaaan betrayed elisha….
Jazaakallah khairan
In sha allah thursday ga
Yoohaan ehury anhenun naa hedhi moya vefa….
An kiyaafiyyaa annaanerh viyas heyo vaa hisaabah gohsaa …..
Foohi meehaa gandeh….l
Whn next?
Anyways mi part vx varah varah reethi maashaa Allah.l
😭😭😭😭😭
In sha allah thursday ga
Jazaakallah khairan
Yooooohaaaan I hate youu I ah rangalhii avaha elaa ah mikanthah engunihyaa foohi vehje why he did that ahhhh I cant believe ella dhn trust eh ves nukuraane yoohaan akahhh n btw vrh reethi mi part ves when next part cant wait for next
Love youuu shiherrr ❤️🥹
Alhe emmen hating yoohaan😭
In sha allah thursday ga next ep
Lyt
What the…
That neeshal vrh foohi vehje!
And that yoohaan ge gaiga meehaku beehilaarah ves innanee Horny vefa ewe!
Gos ammihla ABI kaaree kveba!
Hihihi
YOOHAAN I HATE YOOOOOOUUUUU!!!!!
Whats wrong with him
Ella then maafaeh nukuraaneyy!!!!!
YOOHAAN control!!!!!!!
When next???
😭😭😭
Hehe balamaa dhww
Vrh Reethi Mi part vx Ekm yoohaan kihineh E hadhanii
😭😭😭
What’s yoohaan doing… What’s wrong with him Alhe 😭
How can ela trust him again
When’s next part?
Love the story 💗💗
Jazaakallah khairan
Hehe lets see dhw what happens