Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މައިރާ (5 ވަނަ ބައި)

aminathhu Level 1
January 15, 2025 3 Mins Read
2 Comments

އިޝާންއަކީ ވަރަށް މަޖާ މިޒާޖެއްކަން ވަރަށް މީހުންނާއި ގުޅޭ މީހެކެވެ. އަދި އޭނާއަކީ މާލޭގައި ގެދޮރު ހުރި މުއްސަނދި މީހެކެވެ. ބޮޑު ވިޔަފާރިއެއް ހިންގާ މީހެކެވެ. މައިރާމެން ރަށަށްވެސް އެއައީ ވިޔަފާރީގެ ކޮންމެވެސް ކަމަކުއެވެ.

އިޝާން ސައިބޮއިގެން ދިޔުމުން މައިރާއަށް ވިސްނެން ފެށީ އަޔުޝްއާއި މެދުއެވެ. އަޔުޝް ދެއްކި ވާހަކަތަކެވެ. މައިރާވެސް ބޭނުންވަނީ އަޔުޝްއާއި ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ.

**********************************************************

އުނދޯލީގައި އިން އަޔުޝްގެ ބޮޑުދައިތަ ފެނުމުން އަޔުޝް ބޮޑުދައިތަ ގާތު އިށީނެވެ. ކައިވެނީގެ ވާހަކަ ދައްކަން މިއީ ރަނގަޅު ފުރުސަތެކޭ އަޔުޝްގެ ހިތަށް އެރިއެވެ. އަޔުޝްމެން ގެއަކީ ވަރަށް އާދައިގެ ފެންވަރަކަށް ހަދާފައިވާ ގެއެކެވެ. އަޔުޝްގެ ބޮޑުދައިތަ މޫނިސާއަކީ ތަފާތު މަސައްކަތްތަކުން އާމްދަނީ ހޯދާ މީހެކެވެ. ފަންގިވިނުމުންނާއި، މީހުންގެ ގޭގެ ސާފުކޮށް ، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ މަސައްކަތްތަކެއްވެސް ދަންނަ،  އެއީ ފިސާރި ކަނބަލެކެވެ. މީގެއިތުރުން އަޔުޝްއަށް އެހާ ހިތްހެޔޮވެ، އޯގާތެރިވާނެއެވެ.

” ބޮނޑުދައިތާ. އަހަރެން އެބައޮތް ވާހަކައެއް ދައްކަން.” ލަދު ގަނެފައިވާ ގޮތަކަށް އަޔުޝް ވާހަކަދެއްކިއެވެ. ” ކިހިނެއްވީ ކައިވެނި ކުރަންވީތަ؟” ބޮޑުދައިތަ ހީލާފައި ބުންޏެވެ. ” ބޮޑުދައިތަ އަށް ކިހިނެއް އިނގުނީ؟” އަޔުޝް ދެލޯބޮޑުކޮށްލިއެވެ. “ދަރިފުޅާ އަޔުޝް. ދަރިފުޅުގެ އުޅުމަށް ތިއަންނަ ބަދަލު ތަކާއި ދަރިފުޅު ދައްކާ ބައެއް ވާހަކަ ތަކުން ބޮޑުދައިތައަށް އެނގިއްޖެ ދަރިފުޅުގެ ހަޔާތަށް އަންހެން ކުއްޖަކަށް އައިކަން.” ބޮޑުދައިތާ އަޔުޝްގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. “ކޮން ނަމެއްތަ އެމަންޖެއަށް ކިޔަނީ؟” ބޮޑުދައިތަ ސުވާލުކުރިއެވެ. ” މައިރާ.” އަޔުޝް ބޮޑުދައިތަގެ ސުވާލަށް ޖަވާބު ދިނެވެ.

އެހެން ބުނުމާއިއެކު ބޮޑުދައިތަގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ” ބޮޑުދައިތަ ވަރަށް އުފާވޭ.އެކަމަކު އެއާއިލާ ޤަބޫލު ވާނެތަ؟” މޫނިސާ އަޔުޝްއާއި މިސުވާލުކުރީ މައިރާގެ އާއިލާގެ ގޮތް އޭނާއަށްވެސް އެނގޭތީއެވެ.

” މައިރާ ބުނި ވަރަށް އަވަހަށް އެވާހަކަ ދައްކާނަމޭ.” އަޔުޝް ވެސް ބިރުގަންނަނީ މައިރާގެ އާއިލާ ޤަބޫލު ނުވެދާނެތީއެވެ.

**********************************************************

“ކޮބާތަ މައިރާ؟” ނިހާދު ސޯފާގައި އިން ހަފްސާ ގާތު އަހާލިއެވެ. ” ވެއްޖެ ކޮޓަރީގަ” ހަފްސާ ބަލަން އިން ޓީވީ ނިއްވާލަމުން ޖަވާބުދިނެވެ. “ދޭބަލަ އޭނާ ގޮވައިގެން އަންނަން.” ނިހާދު އެހެން ބުނުމުން ހަފްސާ މައިރާ އަށް ގޮވަން ދިޔައެވެ.

” އަހަރެން ބޭނުން ވީހާވެސް އަވަހަކަށް މިހާރު މައިރާ މީހަކާ އިންނަން.” މައިރާ ސޯފާގައި އިށީނުމާއި އެކު ނިހާދު ކައިވެނީގެ ވާހަކަ ފެށިއެވެ. “އިޝާންއަކީ ވަރަށްވެސް ރަނގަޅު މުއްސަނދި އާއިލާއަކަށް އުފަން ކުއްޖެއް. އަދި އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް. ” މައިރާ ވާހަކަދައްކަންވެސް ފުރުސަތު ނުދީ ހުރިހާ ވާހަކައެއް ނިހާދު އެއްފަށްޗަކަށް އަމުނާލިއެވެ.

“އިޝާންއަށް މައިރާ ވަރަށް ކަމުދިޔަ ވާހަކަ ބުނި. އެހެންވީމަ އަހަރެން ބޭނުމީ މިކަން އަވަސް ކުރަން.” މިވާހަކަތަކުން މައިރާ އިނީ ހުއްޓުން އަރާފައެވެ. އިޝާންއާއި މައިރާ ދިމާވީވެސް މިއަދެވެ. ކުއްލިއަކަށް ދިމާވި މީހަކާ ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ؟ އިޝާންއަކީ ކޮންކަހަލަ މީހެއް ކަމެއްވެސް ނޭނގެއެވެ. މައިރާ އިޝާންދެކެ ލޯތްބެއްވެސް ނުވެއެވެ. އެހިތުގައި ވަނީ އެންމެ ނަމަކެވެ. އެއީ އަޔުޝްގެ ނަމެވެ.

” އަހަރެން އިޝާންއަކާއި ނީންނާނަން. އެއީ އަހަރެން ދަންނަ މީހެއްވެސް ނޫން. އެހެންނޫނަސް އަހަރެން ލޯބިވާ މީހެއް އެބަހުރި.” އިޝާންއަށް ގެއަށް ވަދެވުނީ ހަމަ އެވަގުތެވެ. ނިހާދު ގާތަށް އެވަގުތު އައީ އަމަށަކު ރުޅިއެއްނޫނެވެ. ” މައިރާ ހީކުރީ މައިރާ ބޭނުންމީހަކައޭތަ މައިރާ އިންނާނީ. އަހަރެން މާކުރިން މައިރާ އާއި އިޝާންގެ ކައިވެނި ރާވައިފިން. އިޝާން މިރަށަށް އެއައީ ހަމައެކަނި ވިޔަފާރި ކަމަކު ނޫން. އެއައީ މައިރާ ކައިވެނި ކުރަން.” ނިހާދު އަޑު ބާރުވެގެންދިޔައެވެ.

މައިރާގެ ދެލޯ އެވަގުތު ފެންކަޅިވެގެން ދިޔައެވެ. ހަފްސާ އިނީ ނިހާދުގެ ވާހަކަ އަޑުއަހާށެވެ. މައިރާއަށް ހަފްސާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. މައިރާ އެވަގުތު ބޭނުންވީ އަޔުޝްގެ އޯގާތެރިކަމެވެ.

“އަހަރެން ތިކައިވެންޏެއް ނުކުރާނަން.” މިހެންބުނުމަށްފަހު މައިރާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ކޮޓަރިއަށް ވަނުމާއި އެކު ހޯސްލާފައި ކަރުނަތައް މައިރާގެ ކޯތާފަތްމަތިން ފައިބަމުންދިޔައެވެ. އަޔުޝްއަށް ގުޅާފައި މިވާހަކަތައް ބުނަން މައިރާ ބޭނުންވިއެވެ.

ދެތިން ފަހަރަކު އަޔުޝްއަށް ގުޅުމުންވެސް ފޯނެއް ނުނަގައެވެ. މައިރާ ހާސްވިއެވެ. އެގެއަށް ދާންވެސް މައިރާގެ ހިތަށް އެރިއެވެ. މިހުރިހާ ވާހަކައެއް އަޔުޝްއަށް ނުކިޔައިދޭ ހިނދަކު މައިރާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބޭނެތީއެވެ.

“އިޝާން ހާސްނުވެ، ކައިވެނިގެ ކަންތައްތައް ކުރިއެކޭ އެއްގޮތަށް ހަމަ ކުރިއަށް ގެންދޭ.” ގޭތެރޭގައި ހުރި އިޝާން ފެނުމުން ނިހާދު ވާހަކަދެއްކިއެވެ. ” ނިހާދުބެ ތިކަމާއި ހާސްނުވެ އިރާދަކުރެއްވިޔާ މައިރާއާއި އިންނާނީ އަހަރެން.” އިޝާން ވާހަކަދެއްކިއެވެ.

” މާދަމާ މިއުޅެނީ މިތާ ކައިރި ރަށަކަށް އޮފީސް ކަމެއްގެ ގޮސްލަން. އެކޮޅުގަ 2 ދުވަސް ވަރު ވާނެ. އިޝާން ކަމެއް ބޭނުންވަންޏާ އަހަންނަށް ގުޅާ.” ނިހާދު ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައިވެސް މައިރާއާއި އިޝާންގެ ކައިވެނި ކުރުވާށެވެ. އެއީ މިކަމުން ނިހާދުއަށްވެސް ފައިދާއެއް ވާނެތީއެވެ.

**********************************************************

މައިރާގެ ދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ރޭގަނޑު ރަނގަޅަށް ނުވެސް ނިދުނެވެ. މިހާރު ހެނދުނު 8 ޖެހީއެވެ. އަޔުޝް އަށް މައިރާ އަނެއްކާވެސް ގުޅަން ފެށިއެވެ.. އަޔުޝްއަކީ މައިރާ ހިތުގެ ވިންދެއް ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުޑަކޮށްވެސް ހިތްހަމަޖެހުމެއް ލިބޭނީ އަޔުޝްގެ އަޑުއިވުމުންކަން މައިރާއަށް އެނގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminathhu

Level 1

Other Articles

Previous

ބޭވަފާތެރިޔަކީމޭ 31

Next

އާ ދިރިއުޅުމެއްގެ ފެށުން -7

Next
January 15, 2025

އާ ދިރިއުޅުމެއްގެ ފެށުން -7

Previews
January 14, 2025

ބޭވަފާތެރިޔަކީމޭ 31

2 Comments!

  1. cutie girl says:
    January 15, 2025 at 10:11 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    maira and ayush dhuru nukurachey
    they both are made for each other

  2. Your fav bab says:
    January 15, 2025 at 1:36 pm

    Maira and ayush not ishaan!!!
    That’s one fact I don’t like about parents never let their daughters think about marriage
    When next???
    Ishaan ves thi marriage dhookuran veenu??

Comments are closed.

Next Episodeމައިރާ ( 6 ވަނަ ބައި)←


All Right Reserved!