Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މައިރާ (4 ވަނަ ބައި)

aminathhu Level 1
December 28, 2024 2 Mins Read
11 Comments

” މައިރާގެ އާއިލާ ޤަބޫލު ވާނެތަ އަހަރެންނާ އިންނަން.” އަޔުޝް އިނދެފައި ކޮށްލި ސުވާލުން މައިރާއަށް ތެޅިގަނެވުނެވެ. މައިރާގެ ހިތަށް އެސުވާލު ނައީ ކީއްވެބާއޭ މައިރާގެ ހިތަށް އެރިއެވެ. މައިރާއަށް ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު އިނދެވުނެވެ.

އަޔުޝްގެ އާއިލާއަކީ މައިރާމެންހާ ތަނަވަސް އާއިލާއެއްނޫނެވެ. މިސަބަބާއި ހުރެ ބައްޕަ ޤަބޫލުވެސް ނުވެދާނެއެވެ. ނަމަވެސް މައިރާ އަވަހަށް އެދިރިއުޅުމާއި ދުރަށް ފޮނުވާލަން ބައްޕަ ޤަބޫލުވެސް ވެދާނެއެވެ. މައިރާއަށް އިނދެވުނީ ދެޚިޔާލެއްގައެވެ.

” މައިރާ” މައިރާ ޖެހި ބުދެއްހެން ގާވެފައި އިނިމުން އަޔުޝް މައިރާއަށް ގޮވާލިއެވެ. “އަހަރެންނަކަށް  ނޭނގެ.” މައިރާ ޖަވާބުދިނީ ވަރަށް ފާޑަކަށެވެ. ” އަހަރެން ބޭނުން ވީހާވެސް އަވަހަކަށް މައިރާއާއި ކައިވެނި ކުރަން. އޭރަށެއްނު ދެމީހުންނަށް އަވަހަށް ރަނގަޅު ދިރިއުޅުމެއް ވެސް ފެށޭނީ.” އަޔުޝް މައިރާގެ އަތުގައި ހިފާލަމުން މިހުރިހާ ވާހަކައެއް ދެއްކިއެވެ. ” އަޔުޝް ތިބުނީ ތެދު ވާހަކައެއް. އަހަރެން ކޮންމެސް އިރަކުން މަންމަމެން ގާތު މިވާހަކަ ދައްކާނަން. މަންމަމެންނަށް މިހެން ސިއްރުން ބައްދަލު ކުރާކަން އެނގިއްޖެނަމަ ވަރަށް ރުޅި އަންނާނެ އަދި އަޔުޝް އާއި ގުޅޭކަށް ޤަބޫލެއްވެސް ނުވާނެ.” މައިރާ ޖަވާބުދިނެވެ.

ގެއަށް އައުމަށްފަހުވެސް މައިރާގެ ސިކުނޑީގައި ދައުރުވަމުންދަނީ އަޔުޝް ދެއްކި ވާހަކައެވެ. ކޮޓަރީގައި މިކަމާއި ވިސްނާ ފިކުރުން އޮތް މައިރާ އެޚިޔާލުތަކުން ނިކުމެވުނީ ހަފްސާ އައިސް ކޮޓަރިއަށް ވަނުމުންނެވެ. ” ދޭބަލަ ކުއްޔަށްދޭ ކޮޓަރި ތައްޔާރުކޮށްލަން. މާދަން ހެނދުނު އެބަ އާދެ ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް.” ހަފްސާ އެހެން ބުނުމަށްފަހު ކޮޓަރިން ނިކުމެއްޖެއެވެ.

މަންމަ ގާތު އަޔުޝްގެ ވާހަކަ  މިހާރު ބުނަންވީ ބާއޭ މައިރާ ހިތަށް އެރިއެވެ. ނަމަވެސް އަޔުޝްއާއި ކައިވެނި ކުރަން ދެކޮޅުވެރި ވެދާނެތީ މައިރާ ބިރުގަންނަނީއެވެ.

ކޮންމެ މަހަކުވެސް ބައްޕަގެ ރައްޓެއްސެއް ނޫނީ ކޮންމެސް ބަޔަކު ކުއްޔަށްދޭ ކޮޓަރީގައި ތިބެން އާދެއެވެ. ޗުއްޓީއެއްނަމަ ފުރާލާނެއެވެ.  ކުއްޔަށް ދޭ ކޮޓަރި ތައްޔާރު ކުރުމަށްފަހު މައިރާއަށް ނިދާލެވުނީ ދަންވަރު 2 ޖެހި ފަހުންެވެ.

ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުކޮށްގެން ހޭލާ ގޮތަށް މައިރާ ނުނިދާނެއެވެ. ފަތިސް ނަމާދުކޮށްގެން ގޭދޮށާއި،ގޭތެރެ ކުނި ކަހާ އަދި ހެނދުނުގެ ސައި ތައްޔާރުކުރާނީ މައިރާއެވެ.  އެހެންދުވަސްތަކެކޭ ވެސް އެއްފަދައިން ފަތިސް ނަމާދުކޮށްގެން ހެނދުނުގެ ސައި ތައްޔާރުކުރުމަށްފަހު ގޭދޮށް ކުނިކަހަން މައިރާ އުޅެނީ އަވަދިނެތިއެވެ. ހަނާ އާއި ނިހާލްވެސް ސައިބޮއިގެން ދިޔައީ ސުކޫލަށެވެ. ނިހާދުވެސް ސައިބޮއިގެން ގޮސްފިއެވެ.

ގޭދޮށް ކުނިކަހަން ހުއްޓާ ގޭދޮށަށް މަޑުކޮށްލީ ސައިކަލެކެވެ. މައިރާ އިސްއުފުލާ އެދިމާއަށް ބަލާލިއެވެ. ސައިކަލުގައި އިނީ ބައްޕައެވެ. ބައްޕަގެ ފަހަތުހައި ފިރިހެނެއް އިނެވެ. އޭނާ ސައިކަލު މަޑުކޮށްލުމުން ސައިކަލުން ފޭބިއެވެ. އަދި އަޅައިގެން ހުރި އަވި އައިނު ނަގާ ޖީބަށް ލިއެވެ. އިސްކޮޅުން ދިގު ، ބިޔަ ހަށިގަނޑެއް ލިބިފައިވާ ޒުވާން ފިރިހެނެކެވެ.  އޭނާ ހުރީ ކަޅުކުލައިގެ ދަބަހެއް އަޅައިގެން ކަމުން މައިރާއަށް އެއީ ބައްޕަގެ ރައްޓެހި މީހާގެ ދަރިއެއްކަން ވަގުތުން އެނގުނެވެ.

” މިއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް. ދޭބަލަ  މިސޮރަށް ކޮޓަރި ދައްކަން. ބައްޕަ ޖެހޭ މިގަޑީގަ ވަރަށް މުހިންމު ބައްދަލުވުމަކަށް ދާން.” އެހެން ކިޔާ ބައްޕަ އެތަނުން ދިޔައެވެ.

ކުނި ކަހަން ހުރި އިލޮށިފަތި ފާރުކައިރީގައި ބެހެއްޓުމަށްފަހު، ގޭތެރެއަށް މައިރާ ވަނެވެ.  ފަހަތުން އެޒުވާނާވެސް ވަނެވެ. “މިހިރީ ކޮޓަރި. ކަމެއް ބޭނުންވަންޏާ އަޅުގަނޑަށް އެނގިލައްވާ.”

މައިރާ ކޮޓަރި އަށް އިޝާރަތް ކުރަމުން ވާހަކަ ދެއްކިއެވެ. ” އަހަރެންނަށް ކިޔަނީ އިޝާން.” އިޝާން އޭނާ އަމިއްލައަށް ތަޢާރަފް ވެލިއެވެ. ” އަޅުގަނޑަށް ކިޔަނީ މައިރާ.” މައިރާ ވާހަކަދެއްކީ ވަރަށް އިހްތިރާމާއިއެކުގައެވެ. މެހެމާނުންނަށް ކަމޭހިތުމަކީ ވަރަށް މާތް ސިފައެއްކަން އޭނާއަށް އެނގެއެވެ.

ކުނިކަހާ އަވަދިވެގެން ހެނދުނުގެ ސައިބޯން މައިރާ އިށީނެވެ. ހަފްސާ ވެސް ހެނދުނު ސައިބޮއިގެން ކޮންމެސް ތާކަށް ގޮސްފިއެވެ. ” އަހަރެންވެސް އަދި ސައިނުބޮން.” އިޝާންއަށް މައިރާ ސައިބޯން އެކަނި އިންތަން ފެނުމުން ބުންޏެވެ. ” އަވަހަށް އިށީދޭ.” މިހެން ބުނުމަށްފަހު މައިރާ ތެދުވެ ތަށްޓެއް ނަގާ އިޝާންއަށް ލައިދިނެވެ. އަދި ކަޅުސައިތަށްޓަކާއި ފެންތަށްޓެއްވެސް ބަހައްޓާދިނެވެ.

“މައިރާ ނިންމާލީތަ.” މައިރާ ދާން އުޅުމުން އިޝާން ވާހަކަ ދެއްކިއެވެ. ” އަޅުގަނޑު އިހަށް މިދަނީ އިޝާން ސައިބޮންދެން.” މައިރާ އިޝާންގެ ސުވާލަށް ޖަވާބު ދިނެވެ. “ސައިބޮންފަށާފަ ތިހެން ހުސްނުކޮށް ދިޔުން އެއީ ވަރަށް ހަޑިކަމެއް. އަހަރެން މިތާ އިނަސް މައިރާ ސައިބޯންވީއޭ. އަހރެންނަށް އުނދަގޫލެއް ނުވާނެ.” އިޝާން މިހެން ބުނުމުން މައިރާވެސް އަލުން ސައިބޯން އިށީނެވެ.

” މިމަސްހުނި ތައްޔާރުކުރީ މައިރާތަ؟ ވަރަށް މީރު.” އިޝާން ކާން އިނދެގެން ހަދާފައިވާ ކާއެއްޗެއްސަށް ތަޢުރީފުކުރިއެވެ. ” ލައްބަ. އަޅުގަނޑު ތައްޔާރުކުރީ. އިޝާން ކިތައް ދުވަހަށް މިކޮޅުގަ މަޑުކުރަނީ؟” މައިރާވެސް އިޝާންއާއި ސުވާލެއްކޮށްލިއެވެ. މެހެމާނަކު އުޅެންޏާ ބުރަވާނީ މައިރާއަށް ކަމަށް ވާތީއެވެ. ” ހަފްތާއަކަށް މިއައީ. އެކަމަކު މިކަހަލަ މީރު ކެއުން ލިބެންޏާ ދުވަސް އިތުރު ކުރަން ޖެހިދާނެ” އިޝާން އެއްލޯމަރާލަމުން ބުންޏެވެ.

އިޝާންއަކީ ވަރަށް މަޖާ މިޒާޖެއްކަން ވަރަށް މީހުންނާއި ގުޅޭ މީހެކެވެ. އަދި އޭނާއަކީ މާލޭގައި ގެދޮރު ހުރި މުއްސަނދި މީހެކެވެ. ބޮޑު ވިޔަފާރިއެއް ހިންގާ މީހެކެވެ. މައިރާމެން ރަށަށްވެސް އެއައީ ވިޔަފާރީގެ ކޮންމެވެސް ކަމަކުއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aminathhu

Level 1

Other Articles

Previous

އިންސާފު ލިބޭނެބާ – 08

Next

ބޭވަފާތެރިޔަކީމޭ 25 & 26

Next
January 1, 2025

ބޭވަފާތެރިޔަކީމޭ 25 & 26

Previews
December 27, 2024

އިންސާފު ލިބޭނެބާ – 08

11 Comments!

  1. Zeyna says:
    December 29, 2024 at 12:02 am

    Go good so far
    I think he’s gonna fall in love with her, or maybe he’s her marriage partner
    Can’t wait to see Ayush and maira together
    Waiting for next.. Hope u won’t be like other writers

    1. aminathhu says:
      December 29, 2024 at 12:39 pm

      Thankyou🥰 next part soon Insha Allah

  2. Your fav bab says:
    December 29, 2024 at 1:45 am

    Very nice
    When next???????

    1. aminathhu says:
      December 29, 2024 at 12:40 pm

      Thankyou🥰 Next part soon Insha Allah

  3. imko❤️🎀 says:
    December 29, 2024 at 8:21 am

    Mi part ves varha reethi Masha Allah 💓🎀
    Unmeedhu kuran next part kiyaalan libeene kama ❤️🎀
    When is next part ❤️🎀
    Can’t wait for next part ❤️🎀
    love you so much 🎀❤️

    1. aminathhu says:
      December 29, 2024 at 12:42 pm

      Thankyou🥰 Next part soon Insha Allah

  4. Cutie girl says:
    December 29, 2024 at 3:56 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Maira and ayush gulhuvachey
    They both are made for each other

    1. aminathhu says:
      December 29, 2024 at 9:12 pm

      Thankyou🥰

  5. Ghost girl 👻 says:
    December 29, 2024 at 9:36 pm

    V. Reethi story I hope nimendhen ves up kuraane kamah…and curiously waiting for the next part 🫶 I love this story and mi story liyunu author ves

  6. aminathhu says:
    December 29, 2024 at 11:18 pm

    Thankyou so much🥰

  7. aminathhu says:
    January 1, 2025 at 1:06 pm

    Next part will be next week. Sorry for the delay😊

Comments are closed.

Next Episodeމައިރާ (5 ވަނަ ބައި)←


All Right Reserved!