Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މައިރާ ( 6 ވަނަ ބައި)

aminathhu Level 1
January 28, 2025 2 Mins Read
2 Comments

މައިރާގެ ދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ރޭގަނޑު ރަނގަޅަށް ނުވެސް ނިދުނެވެ. މިހާރު ހެނދުނު 8 ޖެހީއެވެ. އަޔުޝް އަށް މައިރާ އަނެއްކާވެސް ގުޅަން ފެށިއެވެ.. އަޔުޝްއަކީ މައިރާ ހިތުގެ ވިންދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުޑަކޮށްވެސް ހިތްހަމަޖެހުމެއް ލިބޭނީ އަޔުޝްގެ އަޑުއިވުމުންކަން މައިރާއަށް އެނގެއެވެ.

ދެފަހަރަކު ގުޅާލުމުން އަޔުޝް ފޯނު ނަގާފިއެވެ. ” ހެލޯ. އަޔުޝް. ކީއްވެތަ ފޯނު ނުނަގަނީ؟” މައިރާ އަޔުޝްއަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ވާހަކަދެއްކިއެވެ. ” މައިރާ ވަރަށް ބޮޑަށް ސޮރީ. މައިރާ ގާތު ކުރިން ބުނީމެއްނު ބޮޑުދައިތަ ނޭވަޔަށް ބައެއްފަހަރު އުނދަގޫ ކުރާ ވާހަކަ. ރޭގަ މާބޮޑުވަރު ވެގެން ކައިރިގަ އޮންނަ ރަށަށް އެމެޖެންސީކޮށް މިގެނައީ. މިހާރު ރެޔަށްވުރެ ރަނގަޅު. އަހަރެން މާބޮޑަށް ބިޒީވީމަ މައިރާއަށް ހަބަރެއް ނުވެވުނީ.” އަޔުޝް ހުރިހާއެއްޗެއް އެއްފަށްޗަކަށް އަމުނާލިއެވެ.

” އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވާނެ. އާދެވޭނެ ދުވަހެއް އިނގޭތަ؟” މައިރާއަށް ވެސް އަޔުޝްގެ ބޮޑުދައިތަ އާއި މެދު ވިސްނެން ފެށުނެވެ. ރަށުގައި ހުންނަނީ ހޮސްޕިޓަލެއްގެ ބަދަލުގައި މަރުކަޒެއް ކަމުން ގިނަ ފަހަރަށް އެމަޖެންސީ ވެގެން ދާން ޖެހެނީ ރަށުން ބޭރަށެވެ.

މިދަނޑިވަޅުގައި އަޔުޝް އާއި ބައްޕަ ދެއްކި ވާހަކަ ދައްކަން މައިރާ ބޭނުމެއް ނުވިއެވެ. މައިރާ އެވާހަކަ  ދައްކަން ބޭނުމީ އަޔުޝްވެސް ހަމަޖެހި ބޮޑުދައިތަ ރަނގަޅުވެލީމައެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް މައިރާ ނިންމާ އެވާހަކަ ހިތުތެރޭ ފޮރުވިއެވެ. އަޔުޝްއާއި ވާހަކަ ދެއްކުމުން މައިރާގެ ހިތަށް ފިނިކަމެއް ލިބުނެވެ.

މައިރާ ބަދިގެ ފަރާތަށް ދިޔައިރު މަންމަ ވެސް ބަދިގެ ފަރާތުގައި އުޅެއެވެ. ކައިވެނީގެ ވާހަކަ އަލުން ނަގާފާނެތީ މައިރާ ހުރީ ފާޑަކަށް ބިރުގަނެފައެވެ. ” ބައްޕަ ހެނދުނު ފުރައިފި ކައިރި ރަށަކަށް އޮފީސްކަމެއްގަ. 2 ދުވަސް ކޮށްފަ އަންނާނީ.” އެހެން ބުނުމުން މައިރާއަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ” މިރޭ މާގިނައިން ކައްކާނެ ކަމެއް ނެތް. މިރޭ އެބައޮތް ހަނާމެންގެ އިނާމު ދިނުމުގެ ޖަލްސާ ސުކޫލުގަ. އެހެންވީމަ މައިރާ އާއި އިޝާން އަށް ވާވަރަށް ކައްކާ. އާދެވޭއިރު ހުންނާނީ ލަސްވެފަ.”  ހަފްސާގެ ވާހަކައަށް ޖަވާބުދިނުމުގެ ގޮތުން މައިރާ އާއެކޭ ބުނާކަހަލަ ގޮތަކަށް އިސްޖަހާލިއެވެ.

ހޮސްޕިޓަލުގައި މާ ބުރަކޮށް އުޅޭތީ އަޔުޝްއަކަށްވެސް ހަބަރެއް ނުވެވެއެވެ. ނަމަވެސް ދޭތެރެއަކުން މެސެޖްކޮށްލާ ހަދައެވެ. ބޮޑުދައިތަ އަކީ މިއަދު އަޔުޝްގެ މަންމަގެ މަޤާމުގައި ހުރި މީހާއެވެ. ބޮޑުދައިތަ އަށް ކުޑަކަމެއްވެސް ވާކަށް އަޔުޝް ނޭދެއެވެ.

ދުވާލު އެއްކޮށް މައިރާގެ ކަމަކީ ވިސްނުމެވެ. ބައްޕަގެ ވާހަކައެވެ. އަޔުޝްގެ ބޮޑުދައިތައާއި މެދުގައެވެ. ވިސްނަން އޮވެފައި ދޭތެރެއަކުން މައިރާ ފެންކަޅިވެ ރޮވޭގޮތްވެސް ވެއެވެ.

ހަފްސާ ދަރިންކޮޅު ގޮވައިގެން ސުކޫލަށް ދިޔައިރު ހިމަފޮދު ވާރޭ ވެހެއެވެ. މައިރާއަށްވެސް އޮތްވާ ނިދި ޖެހުނު އިރެއް ނޭނގެއެވެ. ހޭލެވުނީ ވާރެ ބޯކޮށްލާ ގުގުރަން ފެށުމުންނެވެ. ކުޑަދޮރުން ބޭރު ބަލާލައިރު ތަންދޮރު ނޭނގޭ ވަރަށް  ބޯކޮށް ވާރޭވެސް ވެހެއެވެ.

މައިރާ އަޔުޝްއަށް ގުޅަން ބެލިއިރު ފޯނުވެސް ނިވެނީއެވެ. ގުގުރާތީ ފޯނު ޗާޖަށް ޖަހަންވެސް މައިރާ ބިރުގަތެވެ. މިޚިޔާލުގައި ހުއްޓާ ސިއްސައިގެން ދިޔައީ ދޮރުގައި މީހަކަ ޓަކި ޖެހިއަޑަށެވެ.

ވަގުތުން އެއީ އިޝާންކަން މައިރާއަށް އިނގިއްޖެއެވެ. އިޝާން އެގޮވަނީ ކާން ލަސްވެގެންނޭ މައިރާގެ ހިތަށް އެރިއެވެ. އަވަސް ކޮށްލައިގެން ކޮޓަރި ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ އިޝާންއެވެ. ލައިގެން ހުރި ކަޅު ޓީޝާޓާއި ޖިންސް ސޯޓުގައި އިޝާން ފެންނަލެއް ރީއްޗެވެ. ” ކާން ލަސްވީދޯ؟” މައިރާ އިޝާން ފެނުމުން ބުނެލިއެވެ. “ނޫން. މައިރާއާއި ވާހަކައެއް ދައްކާލަން މިއައީ.” މިހެން ކިޔާ އިޝާން ކުރިއަށް ފިޔަވަޅެއް އަޅަލިއެވެ. ބޭއިޚްތިޔާރުގައި މައިރާއަށް ފަހަތަށް ޖެހެވުނެވެ. އިޝާން ކޮޓަރިއަށް ދެމިގަތުމާއިއެކު ކޮޓަރި ދޮރުޖަހާ ތަޅުލިއެވެ. މައިރާ ދެލޯބޮޑުވިއެވެ. މީހާ ކުއްލިއަކަށް ބިރުގަންނަން ފެށިއެވެ. އެވަގުތު އިވޭ އަޑަކީ ހަމައެކަނި ބޯވާރޭގެ އަޑެވެ. މައިރާއާއި އިޝާން ފިޔަވާ ގޭގައި އިތުރު މީހަކުވެސް ނޫޅެއެވެ.

” އިޝާން . ކީއްވެ ތި ކޮޓަރި ތަޅުލީ؟” މައިރާގެ އަޑުގައި ތުރުތުރުއެޅުމެއް ހުއްޓެވެ. އިޝާންއަށް މައިރާގެ އެއަޑު ނީވޭ ކަހަލައެވެ. ނޫނީ އިވުނަސް ސަމާލުކަމެއް ނުދެނީއެވެ. މައިރާގެ ކައިރިއަށް އައިސް މައިރާގެ ދެއަތުގައި ހިފެހެއްޓިއެވެ. “ދޫކޮށްލާ.” މައިރާ  ގަދަ ހަދަން ފެށިއެވެ. ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ. އެއަށްވުރެ އިޝާން މާ ވަރުގަދައެވެ.

 

ނުނިމޭ

Share Article

Follow Me Written By

aminathhu

Level 1

Other Articles

Previous

އިންސާފު ލިބޭނެބާ – 17

Next

ފަންވަރު 03

Next
January 28, 2025

ފަންވަރު 03

Previews
January 28, 2025

އިންސާފު ލިބޭނެބާ – 17

2 Comments!

  1. Cutie girl says:
    January 28, 2025 at 11:27 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Heyonuvaane ayush and maira gulhuvachey
    They both are made for each other
    I appreciate your hard work

  2. KALHU MANJE says:
    February 16, 2025 at 1:34 pm

    NEED ANOTHER PART!!!

Comments are closed.



All Right Reserved!