މައިރާގެ ދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ރޭގަނޑު ރަނގަޅަށް ނުވެސް ނިދުނެވެ. މިހާރު ހެނދުނު 8 ޖެހީއެވެ. އަޔުޝް އަށް މައިރާ އަނެއްކާވެސް ގުޅަން ފެށިއެވެ.. އަޔުޝްއަކީ މައިރާ ހިތުގެ ވިންދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުޑަކޮށްވެސް ހިތްހަމަޖެހުމެއް ލިބޭނީ އަޔުޝްގެ އަޑުއިވުމުންކަން މައިރާއަށް އެނގެއެވެ. ދެފަހަރަކު ގުޅާލުމުން އަޔުޝް ފޯނު ނަގާފިއެވެ. ” ހެލޯ. އަޔުޝް. ކީއްވެތަ ފޯނު ނުނަގަނީ؟” މައިރާ އަޔުޝްއަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ވާހަކަދެއްކިއެވެ. ” މައިރާ […]
އިޝާންއަކީ ވަރަށް މަޖާ މިޒާޖެއްކަން ވަރަށް މީހުންނާއި ގުޅޭ މީހެކެވެ. އަދި އޭނާއަކީ މާލޭގައި ގެދޮރު ހުރި މުއްސަނދި މީހެކެވެ. ބޮޑު ވިޔަފާރިއެއް ހިންގާ މީހެކެވެ. މައިރާމެން ރަށަށްވެސް އެއައީ ވިޔަފާރީގެ ކޮންމެވެސް ކަމަކުއެވެ. އިޝާން ސައިބޮއިގެން ދިޔުމުން މައިރާއަށް ވިސްނެން ފެށީ އަޔުޝްއާއި މެދުއެވެ. އަޔުޝް ދެއްކި ވާހަކަތަކެވެ. މައިރާވެސް ބޭނުންވަނީ އަޔުޝްއާއި ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ********************************************************** އުނދޯލީގައި އިން އަޔުޝްގެ ބޮޑުދައިތަ ފެނުމުން އަޔުޝް ބޮޑުދައިތަ ގާތު އިށީނެވެ. ކައިވެނީގެ ވާހަކަ […]
” މައިރާގެ އާއިލާ ޤަބޫލު ވާނެތަ އަހަރެންނާ އިންނަން.” އަޔުޝް އިނދެފައި ކޮށްލި ސުވާލުން މައިރާއަށް ތެޅިގަނެވުނެވެ. މައިރާގެ ހިތަށް އެސުވާލު ނައީ ކީއްވެބާއޭ މައިރާގެ ހިތަށް އެރިއެވެ. މައިރާއަށް ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު އިނދެވުނެވެ. އަޔުޝްގެ އާއިލާއަކީ މައިރާމެންހާ ތަނަވަސް އާއިލާއެއްނޫނެވެ. މިސަބަބާއި ހުރެ ބައްޕަ ޤަބޫލުވެސް ނުވެދާނެއެވެ. ނަމަވެސް މައިރާ އަވަހަށް އެދިރިއުޅުމާއި ދުރަށް ފޮނުވާލަން ބައްޕަ ޤަބޫލުވެސް ވެދާނެއެވެ. މައިރާއަށް އިނދެވުނީ ދެޚިޔާލެއްގައެވެ. ” މައިރާ” މައިރާ ޖެހި ބުދެއްހެން ގާވެފައި […]
” އަހަރެންނަށް ހީވެއްޖެ މައިރާ އަންނާނެހެން މިރޭވެސް. ކީއްވެ ރޭގަ ދުއްވާ ގަތީ.” އެޒުވާނާ ވާހަކަދެއްކިއެވެ. މައިރާ ހައިރާންވިއެވެ. އޭނާއަށް މައިރާގެ ނަން އެނގޭތީއެވެ. “ކިހިނެއް އަހަރެންގެ ނަން އިނގުނީ؟” މައިރާ ދެލޯބޮޑުކޮށްގެން ހުރެ ސުވާލުކުރިއެވެ. ” މިރަށަކު ނޫޅޭނެ މައިރާ ނުދަންނަ މީހަކު. މައިރާގެ އާއިލާއަކީ މިރަށު އެންމެންނަށްވެސް އިނގޭ އާއިލާއެއްނު. އަހަރެންނަށް ކިޔަނީ އަޔުޝް.” އަޔުޝް އަމިއްލައަށް ތަޢާރަފްވެލިއެވެ. އަޔުޝްގެ ރީތި މޫނު ފެނި މައިރާގެ ހިތް އަވަސްވާގޮތްވިއެވެ. ރީތި ފަން އިސްތަށިގަނޑެކެވެ. ބާމަތި […]
އެޒުވާނާ ދޮންވެލިގަނޑުން ތެދުވުމާއިއެކު މައިރާއަށް ބޭއިޙްތިޔާރަކާއި ނުލާ ބާރަށް ގެޔާއި ދިމާއަށް ދާން ދުއްވާ ގަނެވުނެވެ. ގެއަށް އާދެންވުން އިރު މައިރާއަށް މާނޭވާ ލެވެއެވެ. “ކޮންތާކުން ތިޔައީ؟ އަދި ފޯނެއްވެސް ނަގަނީ ކީނޫނޭ” ގެއަށް ދިޔައިރު މަންމަހުރީ ހިތްހަމަ ނުޖެހިފައެވެ. ” އަހަރެން..އަހަރެން މިއައީ ސިފާމެން ގެއިން.” މައިރާ ޖަވާބުދިނީ ބިރުން ހުރެއެވެ. ސިފާއަކީ މައިރާ ސުކޫލު ދައުރުން ފެށިގެން އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ސިފާއަކީ ހަޔާތުގެ ކޮންމެ ކަމެއް ވެސް ހިއްސާކޮށްލެވޭނެ ހެޔޮލަފާ ރަނގަޅު މީހެކެވެ. […]
ހަވީރު ބޯކޮށް ވެހެންފެށި ވާރޭ އަދިވެސް ތުނިކޮށްލާކަށް ނޫޅެއެވެ. މިހާރު ރޭގަނޑު އަނދިރިވީއެވެ. ވާރޭ ވެހޭ މަންޒަރު ބަލަން މައިރާ ހުރީ ކޮޓަރި ކުޑަދޮރު ކައިރީގައެވެ. ބިއްލޫރި ދޮރެއްކަމެއް ވާރޭ ވެހޭ މަންޒަރު ވަރަށް ރީއްޗަށް ފެނެއެވެ. އެމަންޒަރުވީ މައިރާއަށް ވަރަށް ހިތްގައިމު މަންޒަރަކަށެވެ. ވާރޭ ވެހޭ އަޑު މައިރާގެ ކަންފަތުގައި ޖެހެނީ ހިތްގައިމު މިޔުޒިކެއްގެ އަޑު ހެންނެވެ. މިގޮތަށް ހުރެވުނީ ކުޑައިރުކޮޅަކަށެވެ. ” މައިރާ. ދޭބަލަ ފިހާރައަށް. ޕާސްތާ ބޮޑިއެއް ގަންނަން.” ކޮޓަރިއަށް ވަދެގެން އައި […]