މަންމަ ކިހިނެއްވީ؟”
” ދެކުދިންނަށް އެއްފަހަރާ އަހާލެވުނު އިރު ރިޝްްވާން ހުރީ ކިރިޔާ ނުރޮވިއެވެ.”
” އަނެއްކޮޅުން ރައިނާ ހުރީ ބިރުން ތުރުތުރު އަޅައެވެ.”
” ހުރި ހަމައެކަނި ލޯބިވާ މަންމައަށް އެކުއްޖަކުވެސް ދެރަގޮތެއް ވާކަށް ނޭދޭނެއެވެ.”
” ކޮއްކޮ މަންމަ ސިއްޙީ މަރުކަޒުގަ އެޑުމިޓް ކޮށްފަ”
“ރައިނާ އަށް ހީވީ ދުނިޔެ ބޮލަށް ވެއްޓުނު ހެންނެވެ.”
” ރިޝްވާން އެންމެ ސިކުންތެއްވެސް މަޑެއް ނުކޮށް މަންމާއޭ ކިޔާ ހަޅޭއްލަވަމުން ސިއްޙީ މަރުކަޒަށް ދުއްވައިގަނެއްޖެއެވެ.”
” ހުރި ފިޔަވަޅު މަތީ ޖެހި ބުދެއްހެން ގަންޑުވެފަ ހުރެވުނީ ރައިނާއަށެވެ.”
” އެ ގޯޅިއަށް އެޅި ޒައިޝާއަށް ރައިނާ އެގޭ ދޮރުމަތީ ހުއްޓި ހުރި ގޮތުންނާއި ނޯކަރު ހުރުމުން ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.”
ކުޅެން ދިޔުމަށްޓަކައި މަލްޝާ ތައްޔާރު ވަމުންދިޔައެވެ. ޖޯޒީ އަކާއިި ޓައިޓެއް ލުމަށްފަހު އިސްތަށިގަންޑު އައްސައިލިއެވެ.
” ދަރިފުޅާ ކޮންތާކަށް؟”
” ޖައިދާން އަށް މަލޫ ފުނާއަޅާތަން ފެނި އަހާލިއެވެ.”
” މި ކުލާސް ކުދިންނާއެކު ބެޑްމިންޓަން ކުޅެލަން.”
” ބައްޕަ ކަމެއް ބޭނުންވެލެއް ވީތޯ؟”
” ވަރަށް އަދަބުވެރިކަމާއެކު ބައްޕައާ މުޚާތަބު ކުރިއެވެ.”
” ނޫނޭ، މީ ބައްޕަ ބޭރަށްދަމުން ބަލާލީ ދަރިފުޅު ކީއްތޯ ކުރަނީ”
” ބައްޕަ އެބަ އަންނަން އިންގޭ މަންމަ ގޮވައިގެން ބޭރަށް ގޮސްލާފަ”
” ލައްބަ، ދަރިފުޅު ލަސްވަންދެން ބޭރު ނޫޅެއްޗޭ”
” ބައްޕާ އަޅުގަންޑު ބަންގި ގޮވުމުގެ ކުރިން ގެއަށް އަންނާނަމޭ”
” ގެއިން ނިކުމެ ބައިސްކަލަށްް އަރާ ކުޅެން ދިޔުމަށް ހަމަޖެހިފައިވާ ތަނަށް ދިޔުމަށްޓަކައި ދަތުުރުފެށިއެވެ.”
” ދޮންބޭ، ދޮންބޭ މަންމި އެބަ ގޮވާ”
” ކުޅެން ދިޔުމަށްޓަކައި އެއްޗެހި ބަދަލު ކުރަން އުޅުނު ނާއިފް އަށް ނަފާ ގޮވާ އަޑު އިވެއެވެ.”
” ހޫމް މި ދަނީ، ލާން އުޅުނު ޖާޒީ ބަހައްޓަމުން ބުންޏެވެ.”
” ކީކޭ މަންމާ، މަންމަ ބުނަން އުޅުނީ މިޔަދު ކުޅެން ދާނެކަމެއްނެތޭ”
” އެކީއްވެ؟ ނާއިފް ތުންކޮޅު ދަމަމުން ކިޑްމޯޑް އޮންކޮށްލިއެވެ.”
” މިޔަދު އެހާ ވިއްސާރަ، ދަރިފުޅު އެހާ އަވަހަށް ހުން އައިސް ރޯގާޖެހޭ”
” އެންމެ ދުވަހަކު ގޭގަ މަޑުކޮށްލިޔަސް ރަންގަޅުވާނެ.”
” ދެން މަންމާ، ކުޅެން ދިޔައީމާ މީހާ ފިޓްކޮށް ހުންނަނީ.”
” ކޮޓަރި ދޮރު ކުރިމައްޗަށް އެރުނު ނާޔާ އަށް ނާއިފް ފޮނި ދައްކާތަން ފެނުނެވެ.”
” ދޮންބެ ދުވަސްކޮޅަކުން އަރާނެ ރާއްޖޭގެ ނަންމަޝްހޫރު ބޮޑީ ބިލްޑަރުންގެ ލިސްޓަށް.”
” އޭރުން ކަންނޭންގެ ތި ކުޅިވަރު ހުއްޓާލާނީ.”
” ޒައިޝާ ހޭންފެށިއިރު ނާއިފް ނާޔާ އަށް ވައްތަރެއް ޖައްސާލިއެވެ.”
ރާއީ، އާދެބަ.
” ލައްބަ ދޮންބެދައްތާ.”
” ވަރަށް ރީތި މަދަހައެއް ހޯދައިފިން ރާއީ އަށް”
” ރާއީ އަށް އެނގޭނުން އެ މަދަހަ.”
” ދޮންބެދައްތަ ވަރަށް ގިނައިން ޖަހާ މަދަހައެއް އެއީ.”
” އޯވްހް، ބައްޕަ ދޭ ނަސޭޙަތް މަދަހަ ދޯ.”
” ކިހިނެއްވީ ރާއީ އަށް ކަމުނުދަނީތަ.”
” ނޫން، އޯކޭ.”
” ފަރިތަ ކުރަން ފަށަންވީ.”
” ދެން އަނެއްހެން އެބަ އޮތް ދޯ ދެހަފްތާއެއް އޮޑިޝަން ކުރިން.”
” ރާއީ، ބޭނުމިއްޔާ ދަސް ކުރަން ފަށާ.”
” ކިހިނެއްވީ؟ ބޭރަށް ދާންތަ ތި އުޅެނީ؟.”
ކަޅު ހޫޑީ އަކާއި ކަޅު ޖިންސެއް ލައިގެން ހުރި އިރު ކަޅުފަން އިސްތަށިގަންޑު އޮމާންކޮށް ފުނާ އަޅައިގެން ހުއްޓެވެ.
” ލައްބަ، އަތިރި އަށް ފިނިވައިރޯޅި ޖެހެއެއްނު.
” ދޭ، ގޮސްލާފަ އާދޭ.”
އަތިރިމަތީން އިން ޖޯލީ އިންދޯލީގައި އިން ރާއިކް ހޯދަމުން ދިޔައީ އެންމެ މޫނެކެވެ. އެއީ ކައިރާ އެވެ. ސުކޫލަށް ނަޔަސް ގައިން ބޭރަށް ނުނިކުތަސް ކައިރާ އަކީ ބަރާބަރަށް އިރުއޮއްސޭ މަންޒަރު ބަލަން އަންނަ ކުއްޖެއްކަން، ރާއިކް އަށް އޮޅިފަކައެއް ނެތެވެ. އޭނާއަށް ވެސް ކައިރާގެ މައިންބަފައިން އެންބުރި އައިސް އުޅޭކަން އެންގެއެވެ. ބޮޑަށް ހީވަމުން ދިޔައީ އެކަމުގެ ސަބަބުން ކައިރާއަށް މިޔަދު ނާދެވުނީ ކަމަށެވެ. ކައިރާގެ އެހުންނަ ބޮޑާ، ކިބުރުވެރި، ނުކިޔަވާ އުޅުމަށް ހެޔޮ ބަދަލެއް އާދޭތޯ ރާއިކް އަބަދުވެސް އުންމީދު ކުރެއެވެ.
ގޭގެ ބައެއް ސާމާނުކޮޅު ހުސްވެފަ ހުރުމުން ޒައިޝާ ބޭނުންވީ ފިހާރައަށް ދިޔުމަށެވެ. އާދައިގެ ގޮތަކަށް ރީތިވެލުމަށްފަހު ޒައިޝާ ބޭނުންވީ ފިހާރައަށް ދިޔުމަށެވެ. އާދައިގެ ގޮތަކަށް ރީތިވެލުމަށްފަހު ގެއިން ބޭރަށް ނިކުމެ ފިހާރަ އިން ގޯޅިއަށް އެޅުމާއެކު ގޭގެ ދޮރުމަށްޗަށް ޖެހި ބުދެއްހެން ހުއްޓުން އަރާފަ ހުރި ރައިނާ ފެނުނެވެ. އެގޭ ދޮރުމަތީ ރައިނާގެ އިތުރުން ކިޔަރައިން ޕެލެސް ގޭގައި މަސައްކަތް ކުރާ ނޯކަރެއް ހުއްޓެވެ. މި މަންޒަރު ފެނި ޒައިޝާއަށް އެ ދިމާލަށް ދުއްވައިގަނެވުނެވެ.
“ރައީ، ރައީ، ކަންބުލޯ”
” ޒައިޝާ ބާރަކަށް ރައިނާގެ ކޮންޑުގައި ހިފާ ތަޅުވައިލިއެވެ.”
” ކިހިނެއްވީ؟”
” މި ގޭ ދައްތަ ހޮސްޕިޓިލުގަ ވެއްޓުނީ”
” ބިދޭސީ އަންހެން މީހާ އިންގުނު ގޮތަކަށް ދިވެހިން ބުނެދިނެވެ.”
” ޒައިޝާ އަށް ބާރަކަށް ރައިނާގެ އަތުގާ ހިފާ ދަމަމުން ހޮސްޕިޓަލަށް ގެންދެވުނީވެސް ވަރަށް އުންދަގުލުންނެވެ.”
” އޭރު އެތާ ގޮންޑިބަރީ އެކަނިމާއެކަނި ރޯން ރިޝްވާން އިންތަން ފެނި ރައިނާގެ ބަޑިވެސް ފަޅައިގެން ދިޔައެވެ.”
” ދެބެއިން ރޯތަން ފެނި ޒައިޝާއަށް ވެސް ނުރޮވި ކެއްކޮށްލެވުނީ ކިރިޔާއެވެ.
” އޭތް، މަލޫ މި ކޮޅަށް، ފައިނާން ގޮވާލިއެވެ.
” ބެޑްމިންޓަން ކުޅެން އުޅުނު އަންހެން ކުދިންނަށް ލޯތަކެއް އަމާޒުވަމުން ދިޔައެވެ.”
” ފުޓްބޯޅަ ދަންޑުގެ ބެންޗުގައި އިން ނާއިފް އާއި ޒައިން ތިބީ އެމީހުން ކުޅޭތަން ބަލާށެވެ.”
” އޭތް، ނާއިފޫ”
” އޯއި، އެ މަލްޝާ ވަރަށް ތަފާތު ދޯ.”
” ތި ބުނީ، މި ބުނީ އަންގަގަދަ ނުކުރިޔަސް މީހުންނާ ވަރަށް ގުޅޭ ދޯ އެވެ.”
” ހޫމް، އޭތް”
” މަށަށް ބައްޕަ އާއިރު އާ ގިޓާރއެއް ގެނެސްދީފި.”
އެހެންތަ، ނާއިފް އަކީ ކުޑައިރުއްސުރެ ގިޓާރއެއް ފޯރި ހުންނަ ކުއްޖެއްކަން އެންގެއެވެ. ނާއިފް ކުޑައިރު ބައްޕަ މާލެއިން އަންނައިރު ކޮންމެވެސް ރާގެއް ނުވަތަ އަޑުގޮވާ ކުޅޭކުޅޭ ގިޓާ ގެނެސްދޭނެއެވެ.ނަމަވެސް ކޮންމެ ކުއްޖަކުވެސް ނުވަތަ މީހަކުވެސް ބޮޑުވާ ވަރަކަށް ބޭނުން ވާނީ އެންމެ ފަހުގެ ޒަމާނީ އެއްޗިއްސެއް ނޫންހެއްޔެވެ. އެގޮތުން ނާއިފް ބޭނުންވަނީ އިލެކްޓްރިކް ގިޓާރއެކެވެ. މި ގިޓާ އަކީ ކުޅެން އުންދަގޫ ގިޓާތަކުގެ ލިސްޓުގައި ހިމެނޭ އެކައްޗެވެ. ހޮބީއެއްގެ ގޮތުން ލަވަކިޔުމާ ގިޓާ ކުޅުމަކީ މި ދެކުދިން ކުޑައިރުއްސުރެ ގަޔާވާ ކަންތައްތަކެވެ.
ކިޔަރައިން ޕެލެސް ގަންޑުވަރުގައި ހަވީރު ސައިފޮދު އެރުވުމަށް ނޯކަރުންތައް އުޅެއެވެ. ކިޔަރައިން ޕެލެސް އަށް ކިޔާރާ އާއި ކައިފް އައި ފަހުން މަސައްކަތްތައް އިތުރު ވިއެވެ. ކިޔާރާ އަކީ ސާފުތާހިރު ކަމަށް ލޯބިކުރާ މީހެކެވެ. އެކަމު އަތުންފައިން އެއްކަމެއްވެސް ކުރުމަކީ ކިޔާރާ އޮޅިގެންވެސް ކުރާނޭ ކަމެއް ނޫނެއެވެ. ހަފްތާ އަކު އެއް ފަހަރު މޮޕްލަމުން އަންނަ އެ ގޭގައި ކިޔާރާ އައި ފަހުން ދުވާލަކު ދެ ފަހަރަށް މުޅި ގޭތެރެ މޮޕްލާން ޖެހެއެވެ. ނުވިތާކަށް އޭނާގެ ކޮޓަރިވެސް ދުވާލަކު މަދުވެގެން ހަތަރު ފަހަރު ފޮޅަން ޖެހެއެވެ.
މަންމަ އާއި ޙިޔާލަފަށް ކައިރާ މީ އޭގެ އިދިކޮޅެވެ. އޭނާގެ ކޮޓަރި އެކޭ ގޮންޑެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. އެއްވެސް ތަރުތީބު ކަމެއް ނުހުންނަ ޖެހުނު އެއްޗެއް ޖެހުނު ތާކަށެވެ. އެ ކޮޓަރިއަށް ސާފުކުރުމަށް ހުއްދަ ލިބެނީ ވެސް މަދު ފަހަރަކުއެވެ. އެކޮޓަރިއަށް ސާފު ކުރުމުގެ ހުއްދަ ލިބެނީވެސް މަދު ފަހަރަކުއެވެ. އެވެސް ވަކި ޚާއްސަ ދެ މީހަކަށެވެ. ރޮޒަލިންޑާ ނުވަތަ ރިޔާނާ އެވެ.
ހިވާގި ކަމާއެކު މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ރިޔާނާ އަކީ ފާހަގަގޮށްކެލެވޭ ހީވާގި ކަންބަލެކެވެ. ހަމަ އެއާ އެކު ކިޔަރައިން ޕެލެސް ގޭގައި މަސައްކަތް ކުރަމުން އެންމެ ދުވަސްވީ އެއް މަސައްކަތު މީހާވެސްމެއެވެ. ފާއިތުވެދިޔަ އަހަރުތަކު ރިޔާނާ ވަނީ ކިޔާރާގެ ހިތުން ޙާއްސަ ޖާގައެއް ހޯދާފައެވެ. ސަބަބަކީ ރިޔާނާ އަވަހަށް މަސައްކަތްތައް ނިންމާލާތީއެވެ. އަދި ކޮންމެ ކަމެއް ކުރި ކަމުގައިވިޔަސް އެހާމެ ފުރިހަމައަށް އެކަންތައްތައް ނިންމާލާތީއެވެ. މި ދޭތެރޭއިން ރިޔާނާ ފަޔަށް ތަދެއް އަރައިގެން އުޅޭވާހަކަ ރޮޒަލިންޑާ ފަރާތުން އެންގިފައެވެ. އެވަރުންވެސް ކޮންމެ ދުވަހަކުވެސް ޑިއުޓީ އަށް އައިސް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރާނެވެ. މި ވާހަކަ އެންގުނު ފަހުން ކިޔާރާ ވަނީ އެހެން މުވައްޒަފުންނަށް ނޭންގޭނެހެެން މުސާރަ އިތުރުކުރުމަށް ނިންމާފައެވެ.
މެޑަމް، މެޑަމް. ރިޔާނާ ސިޑިމަތި މޮއްޕު އަޅަނިކޮށް ކައްސާލައިގެން ވެއްޓުނީ”
ކުއްލިއަަކަށް އެ ލިބުނު ޚަބަރުން ކިޔާރާ ހުއްޓުން އެރިއެވެ. ކުރިމަތިން ބޮޑާކަމާ ކިބުރުވެރިކަން ދެއްކިޔަސް ހިތުގައި ލޯތްބާއި ކުލުނުވެއެވެ.
” މެޑަމް ކިހިނެއް ހަދަންވީ؟”
” ރިޔާނާ ބޯފަޅައިގެން ގޮސް މުޅިތާ ލޭ”
” ބިދޭސީ މީހާ ބިރުން ހުރެ އޭނާ ދެލޯ ކުރިމަތީ ފެނުނު މަންޒަރު ކިޔައިދެމުން ދިޔައިރު އޭނާއަށްވެސް ރޮވެނީއެވެ.”
” ހޮސްޕިޓަލަށް ގެންދެވުނު ގޮތަކަށް ގެންދޭ”
” އެއްވެސް ފަރުވާލެއް ނެތްކަހަަލަ ގޮތަކަށް ބަލައިލުމެއްވެސް ނެތި އޭނާގެ ކޮޓަރިކޮޅަށް މިސްރާބު ޖެހިއެވެ.”
” އޭރު ކިޔާރާގެ ހިތްވެސް ދިޔައީ ބާރަކަށް ތެޅެމުންނެވެ.”
” ދެން ވާނީ ކިހިނެއްބާއެވެ؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

