Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާދީނީލޯބި

ލޯބީގެ ކުރި ދަތުރު 10

darkqueen38
darkqueen38 Level 210 Stories
July 1, 2025 3 Mins Read
0 Comments

” ވަރަށް ވަރުބަލިވެއްޖެ ދޯ”

” ވެދާނެ އެހާ ގިނަދުވަސް ކޮށްލާފަ ކުޅެލީމަވެސް ޒައިނީ މަލްޝާއަށް ބުނެލިއެވެ.”

” ކުރިން ނުދަންތަ ކުޅޭކަށް.”

” ކުރިން އުޅުނީ މާލޭގަ.”

” މާލެ އާއި މި ރަށާ ހާސްބައި ތަފާތު.”

” އަސްލު މަލް ކޮން ރަށެއް.”

” މަލް މަންމަ އައްޑޫ ބައްޕަ ދަންގެތިި”

” އޯވްހް، ސޯ ލައިކް ބަންދުވީމާ އާންމުކޮށް ދާނީ ދަންގެއްޗަށް.”

” ދެން ބްރޭކްސްތަކުގަ އައްޑޫއިން ކަޒިންސް އަންނާނީ މާލޭއަށް.”

” ދެން ކީއްވެ މަލް މާލެއިން މި ރަށަށް ތި އައީ.”

” ނޭންގެ، އެހެންނޫނަސް މަލް އަށް މާލެތެރެއަށްތުރެ ރަށްފުށު މާ ކަމުދޭ.”

” މާލޭގެ މާ ފޫހި.”

” އެހެންދޯ، އެކި ވާހަކައިގެ ތިބެގެން މި ހަތަރު އެކުވެރިން ބައިސްކަލުގަ ގެތަކާ ދިމާލަށް މިސްރާބު ޖެހިއެވެ.”

 

” ނާއިފޫ، ދެން ތި ދޭބަލަ ފެންވަރަން.”

” ފުޓުބޯޅަ ކުޅެގެން އައި ގޮތަށް ފެންނުވަރާ ހަޑިގިއްލާ ހެދިގެން ޖޯލީގައި އިން ނާއިފް ފެނި އަހުމަދަށް ދެ ފަރާތަށް ބޯހޫރުވާލިއެވެ.”

” ދަރިފުޅާ ދެން ތި އަވަސްކޮށްބަލަ.”

” ބަންގި ގޮވާނެ އިރުކޮޅަކުން.”

” ބައްޕަވެސް މި ދަނީ މިސްކިތާ ދިމާލަށް.”

” އަޅޭ، އެ ސޮރު ބީރިތަ.”

” އަޑު އިވޭ ކަމަކަށްވެސް ނުވެއެއްނު.”

” ޙަޤީޤަތުގަވެސް ނާއިފް އަކަށް މަންމަމެން ކީ އެކައްޗެއްވެސް އަޑެއް ނީވުނެއެވެ.”

” އޭނާ އިނީ އަމިއްލަ ޚިޔާލީ ދުނިޔެއަށް ގޮސްޤަރަގުވެފައެވެ.”

ޒުވާން ލޯބި. ނުވަތަ އަލަތު ލޯބީގެ ވާހަކަ އޭނާ ވެސް ހުރީ އަޑުއަހާވެފައެވެ. އަދި ވާހަކަ ފޮތްތަކުގެ އަލީގެ މަޢުޟޫމާތު ވެސް ލިބިފައެވެ. ވާހަކަ ފޮތްތަކުން ސިފަކުރާނަމަ އަލަތު ލޯތްބަކީ ދުވާހަކުވެސް ހިތުން ފޮހެނުލެވޭނެ ވަރުގަދަ ބާރެއްގެ އިޙުސާސެކެވެ. އަދި އެހާމެ ހަނދާނުން ފިލުވާލަން އުންދަގޫ އިޙުސާސްތަކެއްވެސްމެއެވެ. ނާޔާ އަށް ދޮންބެ އުޑަށް ބަލަހައްޓައިގެން ކަޅި ޖަހާނުލައި އިންނަތަން ފެނުނެވެ.

” ދޮންބެ ބަލާނީ ކޯއްޗެއްތޯ ބެލުމަށް ނާޔާ ގޮސް ނާއިފް ކައިރީ ހުއްޓި އުޑަށް ބަލާލިއެވެ.”

” ނާޔާ އަށް ފެންނަމުން ދިޔައީ ފޫހި ވިލާތަކެވެ.”

” ދޮންބޭ، ބާރަކަށް ނާޔާ ގޮވާލިއެވެ.”

” ނާއިފް އަށް ހަމަހޭވެރިކަން ވެރިވީ ދެނެވެ.”

” ޕިސްޕިސް ޖަހާލެވުނު އިރު އޭނާ ކައިރިއަށް އައީ ރުޅި އެވެ.”

 

“ރާއީ، ދޮންބެދައްތަ އެބަ ޖެހޭ ބޭރަށްދާން”

” އިރުކޮޅަކުން ޔުނީފޯރްމް އިސްތިރި ކުރަން ގެންނަށްޗޭ”

” އެންދުގެ ކަނަށް ފޮތެއް ހިފައިގެން އިން ރާއިކް ލައްބަ އޭ ބުނެލިއެވެ.”

ކައިރާގެ މަންމަމެން އައިތާ ހަފްތާ އެއް ވަރުވެދާނެއެވެ. އަދިވެސް ރާއިކްގެ ލޮލަކަށް ކައިރާ ގެ މޫނެއް ނުފެނެއެވެ.”

” މިޔަދުވެސް އިރުއޮއްސޭ މަންޒަރު ބެލުމަށް އަތިރިމައްޗަށް ދިޔައެވެ. އޮތީ އެންމެ ބޭނުމެކެވެ. ކައިރާގެ މޫނު ބަލާލުމެވެ. ކަޅު ދެލިގަނޑާއި ލިޕްސްޓިކް ގަދައަށް ފަވާފަ ހުންނަ ތަން ފެންނަ ކޮންމެ ފަހަރަކު ރާއިކް އަށް ހިނިއާދެއެވެ. ނަމަވެސް ކައިރާ ފެންނަ ކޮންމެ ފަހަރަކު ރާއިކް ހިނިގަނޑު ހިންދާލަމުން ދުރުބަލާލަނީއެވެ. އެއް ގޮތަކަށްވެސް ކައިރާ އަށް މަލާމަތް ކުރާކަށްނޫނެވެ. ގޮތްދޫނުކޮށް ކުޑަކުދިން އުޅޭހެން އުޅޭތަން ފެނި ހެވެނީއެވެ.

މިއަދުވެސް ކައިރާ ސުކޫލަށް ނުދިޔުމުން ޕްރިންސިޕަލް ކައިރާގެ މައިންބަފައިންނަށް ގުޅިއެވެ. މިއީ އެގޭ އާންމު ޙާލަތެވެ. ސުކޫލުން ގުޅާވަރުން ބޮލަށް އުންދަގޫ ވެގެން ކިޔާރާ އާއި ކައިފް ހުންނަނީ އެ ނަންބަރުތައް ބްލޮކް ކޮށްލާފައެވެ. އަދި ފޯނުތައް ވެސް ހުންނަނީ އެ ނަންބަރުތަކުން ކޯލްތައް ނާންނަ ނުވަތަ ނުގުޅޭ ގޮތް ހަދާފައެވެ. ނަަމަވެސް މި ފަހަރު އެއް ގޮތަކުންވެސް ކިޔާރާގެ އިތުރުން ކައިފް ވެސް ސަލާމަތެއް ނުވިއެވެ. ސަބަބަކީ އިސްކޫލުން މީހަކު ފޮނުވައި ބައްދަލު ކުރުމަށް އެދި އަތުލިޔުމުގެ ރަސްމީ ސިޓީފުޅެއްގެ ޒަރިއްޔާއިން ދަޢުވަތު ލިބުމުންނެވެ. މި ވާހަކަގަނޑު ކައިރާ އަށް އެންގުނެއްކަމަކު އަޅާ ވެސް ނުލިއެވެ.

އަތިރި އަށް ދާން އުޅެފަ ދާހިތް ކެނޑުނީވެސް އެ ސަބަބާހުރެއެވެ. ސުކޫލަށް ނުގޮސް ބޭރުގަ އުޅުންކަން އެންގިއްޖިއްޔާ ކައިފްގެ ރުޅިގަނޑު ވާނީ އިތުރެއެވެ. މިޔަދު ބައްދަލުވުމަށް ދާންޖެހުމުންވެސް އެއްޗެހި ކިޔަމުން އެންމެ ފަހުން ތީ މަގޭ ދަރިއެއް ނޫނެކެވެސް ބުންޏެވެ. މޫނުމަތިން އެންމެ އަސަރެއްވެސް ނުދެއްކިއެއްކަމު. މިޔަދު އެ އިވުނު ބަސަތަކުން ޙަޤީޤަތުގަވެސް ކައިރާ ހިތުގަ ޖެހުނެވެ. އަމިއްލަ ބައްޕައެއް ނުވަތަ ބައްޕައެއްގެ ދުލުން އެ ފަދަ ބަހެއް އަޑުއަހަން ދަރިއަކަށް ކެތްވާނެހެއްޔެވެ؟

ހޮސްޕިޓަލުގެ ބަލި މީހުން ބާއްވާ އެންދެއްގައި ނިދާފަ އަންހެނެއް އޮތެވެ. އެ އަންހެން މީހާ ކައިރީ ދެ ކުދިންއިނެވެ. އިތުރު އަންހެނެއްވެސް އެ ކުދިންނާއެކު ހުއްޓެވެ.

” ރައީ، ރިޝް”

” ދެ ކުދިން ގެއަށް ގޮސް ފެންވަރާލަން ވީނުން ދެން”

” ޒައިޝައްތަ، މަޑުކޮށްލާނަން މިތާ މަންމަ ކައިރީ”

” ނޫން، ވަގުތުން ރިޝްވާން ބާރު އަޑަކުން ބުންޏެވެ”

ރުއިމުގެ ސަބަބުން އަޑު އައީ ކެންޑިގެންނެވެ.

” ދެ ކުދިން ވެސް މާދަން ސުކޫލަށްވެސް ދާންޖެހޭނުން”

އެވަރުން ވެސް ރިޝްވާން އެތަނުން ދިޔުމަކަށް އެއްބަހެއްނުވިއެވެ.

އިރުކޮޅަކުން އަހުމަދު ރިފްޝާ ގޮވައިގެން ހޮސްޕިޓަލަށް އެއެވެ.

” މަންމީ، މަންމީ އަށް ކިހިނެއް ހެދީ؟”

ރައިނާގެ އިތުރުން ރިޝްވާން ވެސް ހައިރާން ވީ ރިފްޝާ އައުމުންނެވެ. ރިފްޝާ އަށް އިރުކޮޅެއް ނުވެ ރޮވިއްޖެއެވެ. ރައިނާ ގާތަށް އެ ވަގުތު އަހުމަދުބޭ ދެކެ ރުޅި އާދެވުނެވެ. އެ ދެ ކުދިންނަށް ވުރެ ރިފްޝާ އަށް ފެންނަމުންދިޔަ މަންޒަރުން ކުރާނެ އަސަރު މާ ބޮޑުވާނެއެވެ.

ނާއިފް ކާގެތެރެއަށް ވަންއިރު އެތާ އެކައްޗެއްވެސް ނެތެވެ. އެހެންނޫނީ މަންމަ އުޅޭނީ އަބަދު ކާން ނައިސްގެން ނުވަތަ ކާން ނޫޅޭތީއެވެ. އެހެންކަމުން ދެން ނިންމީ ކޮއްކޮމެން ކައިރިއަށް ވީނުވީއެއް ބެލުމަށެވެ.

” ނަފޫ، ނާޔޫ”

ދެ ކުދިން އުޅޭނަމަ އުޅޭނީ އެއްކޮޓަރިއެއްގައެވެ. ނިދަން ނޫންގޮތަކަށް ދެ ކުދިން ދެ ކޮޓަރިއަކަށް ނުދާނެވެ. ކޮޓަރި ދޮރާ ހަމައަށް އެރުމަށްފަހު ބާރަށް ޓަކި ޖެހިއެވެ.

” ނަފޫ، ނާޔޫ”

ދޮރު ހުޅުވީ ނަފާއެވެ.

” ކޮބާ މަންމަ؟”

” މަންމަ ފިހާރައަށްށޭ ކިޔާފަ ދިޔައީ، އޯވްހް.”

  • * އައްސަލާމު ޢަލައިކުމް ހުރިހާ ކިޔުންތެރިންނަށް*
  • * ދުވަސްތަކަކަށް ފަހު އަޅުގަންޑު މި ބައްދަލުކޮށްލީ ވާހަކަ އެއްކޮށް ލިޔުމަށްފަހުގައެވެ.*
  • * އިންށާﷲ އަޅުގަންޑުގެ އުންމީދަކީ މެދުކެންޑުމެއްނެތި މި ވާހަކަ ތިޔަ ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށެވެ*
  • * އުންމީދަކީ މި ޕާޓުވެސް ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް🙂*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

ދަތުރު-7

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 40

Next
July 1, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 40

Previews
July 1, 2025

ދަތުރު-7



All Right Reserved!