Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބީގެ ކުރި ދަތުރު 8

darkqueen38
darkqueen38 Level 210 Stories
January 12, 2025 3 Mins Read
0 Comments

 އޭތް. ކޮބާ ތި މީހުންގެ މަސައްކަތް ނިންމާލީތަ. އާން. ނިންމާލައިފިން. މިހާރު ހާދ އަވަހަކަށް. އަދި އެބަ އޮތެއްނު ބާކީ ހަފްތާއެއް. ހަފްތާއެއް އޮތަސް ފަހުން ތެޅިގެނެއް ނުވާނެ. އަނެއް ހަފްތާ މާ ބުރަވާނެ. އެހެންނޫނަސް. އެއީ ކީއްވެ؟ މަދަހަ މުބާރާތުގެ އޮޑިޝަން އޮންނާނެ. ހަންދާނެއްވެސް ނެތް.

” އައްސަލާމް ޢަލައިކުމް”

” ވަޢަލައިކުމުއްސަލާމް”

” ކޮބާ، ހުރިހާ ކުދިންގެ މަސައްކަތް ކިހާ ހިސާބެއްގަ އޮތީ؟”

” މިސް އުންމީދުކުރަން ހުރިހާ ކުދިންވެސް ފަރުވާތެރިކަމާއެކު މަސައްކަތް ނިންމާނެކަމަށް”

” މި މަސައްކަތުން 10 ޕަސެންޓު ނަގާނެ އިންގޭ”

” ލައްބަ”

” އައްދިއްޔޯއި”

” ކިހިނެއްވީ އެހާ މަޑުން ވިޔަސް ޖަހަން ޖެހޭތަ”

” މަލްޝާ އަށް ބަލަން އިނަސް ތީ ބޮޑޫވަރު ދެން”

” އަޅޭ،އެ ފެހި ކަޅި ހާދަ ރީއްޗޭ”

” ސާބަސް ދެން، ތި ސުވާލު ހަދާބަލަ”

” އަނެއްކާ މިސް އައިސް ކޮޅަށް ނަގާފާނެ”

” ތެދެއް، ބުންޏެއްނު ކިޔަވާ ގަޑި ވަރަށް ހާޑުކޮށް ޖައްސާނަމޭ”

” ހޫމް”

ކައިރާ، ކައިރާ. ސުކޫލަށްދާ ގަޑި ފަހަނައަޅައި ގޮސް ދިހައެއް ޖެހީއެވެ. ކައިރާ ނުނިކުންނާތީ ރޮޒަލިންޑާ މިހާރު ބައިވަރު ފަހަރު ކޮޓަރީ ދޮރުގައި ތަޅައިފިއެވެ. މެންދުރު އެކެއް ޖަހާއިރު ކައިރާގެ މަންމަ އާއި ބައްޕަ އިންގުލެންޑުން އަންނާނެއެވެ. މި ސަބަބާހުރެ ކުރީބައިގަ ކައިރާ ރެޑީ ކުރުމަށް ކިޔާރާ ވަނީ ރޮޒަލިންޑާ ކައިރީ ބުނެފައެވެ. އެއް އަހަރާ ފަސް މަސް އިންގުލެންޑުގައި ހޭދަ ކުރުމަށްފަހު މިޔަދު މިއީ އެ ދެމަފިރިން ރާއްޖެ އަންނަ ދުވަހެވެ. ކިޔަރައިން ޕެލެސް ގޭގައި މުވައްޒަފުން އަވަދިނެތި އެކި ކަންކަމުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އެއް ބަޔަކު ސާފުކުރަމުން ދިޔައިރު އަނެއް ބަޔަކު އުޅުނީ ކެއްކުމުގައެވެ. އެހާ ދުވަސްކޮށްލާފަ އެންބުރި ރަށަށް ވަޑައިގަންނަވާތީ މަސައްކަތްކުރާ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ.

ރާއިކް ސުކޫލުތެރޭ އިނީ ފޫހިވެފައެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެއެވެ. ރާއިކް އަކީ މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް ސުކޫލުގައި އެކުވެރިން ހޯދުމަކީ އެއް އިރަކުވެސް ފަސޭހަ ކަމެއް ނޫނެއެވެ. އެހެން ކުދިން އުޅޭހެން ހަލަނިވެގެން ނޫޅުނަސް ބައެއްފަހަރު އެ ކުދިންނާއެކު އެ މަޖަލުގައި ބައިވެރިވެ ސަކަރާތް ޖަހާލާ ހިތްވެއެވެ. ނަމަވެސް މިޔަދާ ހަމައަށްވެސް މުޅި ސުކޫލުގެ ހުރިހާ މުވައްޒަފުންނާއި ކުދިންވެސް ރާއިކް ދެކެނީ ބައްސަހާ ކުއްޖެއްގެ ގޮތަށެވެ. ނަމަވެސް ބައެއްފަހަރު އެހެންނޫޅެ އެހެން ކުދިން އުޅޭހެން އުޅެލަންވެސް ބޭނުންވެއެވެ. ކޮންމެއަކަސް އަމިއްލަ ޚިޔާލީ ދުނިޔާގަ އިންދާ ރަނގަބީލު ޖަހަން ފެށިއެވެ.

މަލްޝާ، މަލްޝާ، މަޑުކޮށްބަލަ”

” ކީކޭ ފައިނާން”

” ފައި ބުނީ މިޔަދު ހަވީރު ކަމެއް އެބައޮތްތަ”

” އަނެއްހެން ވަކި ކަމެއްނެތް”

” ބެޑްމިންޓަން ކުޅެއުޅެންތަ؟”

” މިޔަދު ހަވީރު މި އުޅެނީ ކުޅެން ދާންވެގެން”

” އެހެންވެ ހިތަށް އެރީ މަލްޝާ ވެސް ގޮވައިގެންނޭ ދާނީ”

” އޯވްހް، ކޮންބައެއް ދަނީ؟”

” މަށާ، ދެން ޒައިނީ، ދެން ޒައި ދޮންތި”

” އޭރުން ހަތަރު މީހުންނަށް ކުޅެވޭނެއްނު”

” ކޮންތާކަށް ދަނީ ކުޅެން؟”

” ފުޓްބޯޅަ ދަންޑު އެންގެއްނު”

” ދަންޑު ފަހަތުގަ އޮވެއްނު ހުސް ތަންގަންޑެއް”

” ކޮން ގަޑިައަކަށް؟”

” އަސުރު ނަމާދު ކޮށްލައިގެން ދާންވީ”

” އޯކޭ، ދަމުން މަލް އަށް ގުޅައްޗޭ”

” މަލް މަންމަ ނަންބަރު އިންގޭ ބޭނުންްކުރަނީ”

” އޯކޭ، ދަނީއްޔޭ، ބާއި”

ރައިނާ ގެއަށް ވަންއިރު އެކެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅި ގޭތެރެ އެކޭ ފަޅު ގެއެކޭ އެއްގޮތެވެ. ކޮޓަރި ހުޅުވާލިއިރު ރިޝްވާން އެންދުގަ ކުރަހަން އިނެވެ.

” ކޮބާ ރިފޫ”

” ބެސްޓީ ބަލާއައީމަ ދިޔައީ”

” މަންމަ އަށް އިންގޭތަ ދިޔަކަން”

” ލައްބަ، ކައިފިންތަ؟”

” ނޮޕް، މަންމަ މިޔަދު އެ ގޭގަ ވަރަށް ބިޒީވެގެން ނުކެއްކި ދިޔައީ”

” ނޫޑްލިސް ކާނަންތަ”

” ޔެސްސް، ދޮންތި ކައްކަންތަ ތި އުޅެނީ”

” ހުރެ ދޮންތި އެބަ އަންނަން ފެންވަރާލާ ހަދައިގެން”

” ދޮންތި ފެންވަރައިގެން އަންނަން ވާއިރަށް ކީއްކޮށްދޭންވީ”

” ފިޔާ، އާއި ލޮނުމެދު ނޮޅާދޭން ވީނުން”

” ލައްބަ، ތެންކިޔޫ ދޮންތި ދޫނީ”

” ވަރަށް ލޯބިން ރިޝްވާންގެ ބޮލުގައި ފިރުމާލާފަ އިސްތަށިކޮޅު ހާވަލިއެވެ.”

” ދޭން، ދޮންތީ އެހާ ރީތިކޮށް ފުނާއަޅައިގެން ހުއްޓާ ތި ހަޑީކޮށްލީ”

” ހެހެހެ ރައިނާ ހެމުން ރައިނާގެ ކޮޓަރިއަށް ވަންއިރުވެސް ރިޝްވާން ހުރީ ތުން ދަމައިގެންނެވެ.”

ގޭތެރެއަށް ވަންނި ގޮތަށް ނާއިފް ގެ މިސްރާބު ހުރީ އޭނާގެ ކޮޓަރިއަށެވެ.
” މަޑުކޮށްބަލަ ދަރިފުޅާ، ނާއިފް”

” ޕިސްޕިސް”

” ވަރެއްގެ ފިރިހެނެއް މި ބޮޑުކުރެވުނީ”

” ޒާއީ، އެސޮރާ ދިމާލަށް އެއްޗެހި ނުކިޔަބަލަ”

” އެއްޗިއްސެއް ނުކިޔަމޭ”

” އަހުމަދޫ، ގޮވާގޮވާ ވަރުބަލިވިޔަސް އެ ސޮރަށް އިވޭ ކަމަކަށް ނުވޭ ވިއްޔަ”

” އޭތް، އެ ސޮރޭ ކިޔައިގެން ވަރަށް ވާހަކަ އިވޭދޯ”

” މިހާރު ތި ބުނީ؟”

” މިޔަދުވެސް ކޮފީގަ އިންދާ ރައްޓެއްސަކު ބުނީ މަގޭ ނާއިފް އަންހެން ކުއްޖަކާ އެކު ފެންނަ ވާހަކަ”

” އެއީ މި އަހަރު އަލަށް އައިސްގެން އުޅޭ ކުއްޖެއް”

” މަަލްޝާ ކިޔާ ކުއްޖެއް އެއީ”
” އަނެއްކާ އަހަރުންގެ ސޮރު އަޅައިގަތީބާ، ނޭންގެ ތިއެއް ބުނާކަށް”

ކިޔަރައިން ޕެލެސް ގެ އިންނަ ގޯޅިއަށް އަޅަމުންދިޔަ ޖެޓް ބްލެކް ރޯލްސް ރޮއިސް ގެ ކާރަށް ގިނަ ލޯތަށް އަމާޒުވަމުން ދެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކާރު އުފައްދާ ބްރޭންޑްތަކުގެ ލިސްޓުގެ ދެވަނަައިގަ އޮތީ ރޮއިސް އެވެ. މިޔަދު ރަށަށް އެ ގެނައި ކާރަކީ އެ ބްރޭންޑުގެ އެންމެ ފަހުން ނެރުނު ކަޅު ކާރުތަކުގެ ތެރެއިން ކާރެކެވެ. މުއްސަންދި މީހުންގެ ވަނަވަރު ދުނިޔެއަށް ދައްކާލާނީ މި ފަދަ ގޮތަކަށެވެ. ކޮންމެއަކަސް މިއީ އެގޭ މީހުންނަށް މާ ވަރަކަށް އަޅާލަންޖެހޭ ވަރުގެ ކަމަކަށް ނުވެއެވެ. ކިޔަރައިން ޕެލެސް އަށް މިޔަދު ވަޑައިގެންނެވި ރާނި އަށާއި ރަސްގެފާނަށް މަރުޙަބާ ކިޔަމުން ދިޔައެވެ. އެ ހުރިހާ އެންމެންގެ ތެރެއިން މަދީ އެންމެ މޫނެކެވެ. އެއީ ކައިރާ އެވެ. މަންމަ އާއި ބައްޕަ އަންނަކަން އިންގުނީއްސުރެ ކައިރާ އޮންނަނީ ކޮޓަރީ ގައެވެ. އެހެން ކުދިން މިޔަދު އުފަލުން މުޅި ގޭތެރޭ ދުވެ ހަދާނެއެވެ. ނަމަވެސް ކައިރާ އަށް އެކައްޗެކޭވެސް ހިތަކަށް ނޭރިއެވެ. ބޮޑުވަމުން އައި ވަރަކަށް އެ މީހުންގެ އަޅާލުން ކުޑަ ކަމުގެ ސަބަބުން މިޔަދު ވަނީ އެ ކަމަށް ހޭނިފައެވެ.

” ދޮންތީ ދޮންތީ، ލައްބަ، ކައްކާ ނިމުނީތަ”

” ހޫމް، އާދޭ، ކާން”

” ރައިނާ އާއި ރިޝްވާން ދެ ކުދިންވެގެން ވަރަށް މީރު ނޫޑްލިސްގަނޑެއް ކައްކާލިއެވެ.”

” ދޮންތީ، ރިޝް އަށް އިބައިން މިޔަދު ލީފްލެޓެއް ހަދަން ދީފަ”
” މިސް ބުނީ އަމިއްލަ މަޢުލޫމާތު ހޯދައިގެން ހަދާށޯ”

” ކޮން މާއްދާއެއްތަ”

” ސައިންސް، ހޫމް، ދޮންތި ފިލާވަޅު ހަދާފަ ހެލްޕް ކޮށްދޭނަން”

” އެހަށް ފިލާވަޅު ދަސްކޮށްލާފަ”

” އިރުކޮޅެއްނުވެ ގޭގަ ދޮރުގަ ބާރަށް ޓަކި ޖަހާ އަޑު އިވުނެވެ”

” ކޮއްކޯ، ކޮއްކޯ، މިގޭ މީހެއް ނޫޅެނީތަ”

” ގޮވަމުން ދިޔަ އަޑުން ވައްތަރީ ބޭރު މީހެއްގެ އަޑާއެކެވެ.”

” ރައިނާ ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ ނޯކަރެވެ.”

” ލައިގެން ހުރި އެއްޗެހިން އެކި ކައިރާމެންގޭ މަސައްކަތްކުރާ ނޯކަރެއްކަން ދެނެގަންނާކަށް އުންދަގުލެއް ނުވިއެވެ”

” ކޮއްކޯ، ކޮއްކޯ މަންމަ، އެ މީހާ ވާހަކަ ދައްކަމުންދިޔައީ މާނޭވާލަމުން އަޅައަޅައިގެންނެވެ.”

” ކޮއްކޮ މަންމަ ހޮސްޕިޓަލްގެ”

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

ބޭވަފާތެރިޔަކީމޭ 30

Next

އިންސާފު ލިބޭނެބާ – 12

Next
January 12, 2025

އިންސާފު ލިބޭނެބާ – 12

Previews
January 11, 2025

ބޭވަފާތެރިޔަކީމޭ 30



All Right Reserved!