Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 27

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 3, 2025 3 Mins Read
20 Comments

ހޮސްޕިޓަލުގައި އެޑްމިޓުވެފައި އޮތް ނަވްޔާ ދޫކޮށްލިތާ 2 ހަފްތާ ފަހުން ނަވްޔާއާއި ޖައިޝްގެ ކައިވެނި ކުރެވުނެވެ. މާ ގޮތް ބޮޑު ގޮތަށް ކުރެވުނު އެ ކައިވެންޏަށް ފަހު ޖައިޝް ދިރިއުޅެމުން ދިޔައީ ނަވްޔާގެ ގޭގައެވެ. ފިރިއެއްގެ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަވްޔާއަށް ދެމުން ދިޔައިރުވެސް، ނަވްޔާ ޖައިޝްއާއި ދޭތެރޭގައި ކަންކުރަމުން ދިޔައީ ވަލުޖަނަވާރަކާއި ދޭތެރޭގައިވެސް ކަން ނުކުރާނެ ހާއިހާނެތިކޮށެވެ. ކޮންމެރެޔަކު ނިދަން ބާއްވަނީ ބިންމަތީގައެވެ. ބާލީހެއް ފޮތިގަނޑެއް ނުދެއެވެ. ނަވްޔާއާއި 3 ފޫޓްއަށް ވުރެ ގާތް ނުވުމަށް ވަނީ އިއްވާފައެވެ. ޖައިޝް ލާން ގެންގުޅޭ އަންނައުނު ހަލާކުކޮށް ކާން އިންނަ ތައްޓަށް ފެން އަޅާ ހަދައެވެ. ނަވްޔާގެ މަގްސަދަކީ އުނދަގޫވެގެން ޖައިޝް ނަވްޔާ ވަރިކުރުމެވެ. ނަމަވެސް ޖައިޝް އެވޭނަށް ކެއްކުރަމުން ދިޔައީ ނަވްޔާދެކެ ވާ ސާފު ތެދުވެރި ލޯބީގެ ސަބަބުންނެވެ. ކައިވެންޏަށް 6 ވީ އިރުވެސް ކަން ހިނގަމުން ދިޔައީ އެހެންނެވެ. ނަވްޔާގެ ބޮލުގައި ފިރުމާލަމުން ޖައިޝް ފާހާނާއަށް ވަނީ ނަވްޔާއަށް ހެޔޮ ވިސްނުން ދެއްވާތޯ ހިތާ ހިތުން ދުޢާކޮއްލަމުންނެވެ.

“ދަރިފުޅާ ހޭލެވުނީތަ؟ އާދޭ އަވަހަށް ސައިބޯން” ބަދިގެއަށް ވައިން ޖައިޝް ފެނި ނައިލާ ބުނެލިއެވެ. ހީލާފައި ޖައިޝްގޮސް ކާން އިށީނެވެ. ނައިލާވެސް އަވަސްވެލީ ސައިބޯން އިށީނުމަށެވެ. ރޮށިކޮށާ ކާން ފެށިތާ ހިނދުކޮޅެއް ނުވެ ގުންފައިތަޅަމުން ނަވްޔާ އަހިސް ބަދިގެއަށް ވަނެވެ. ކާ މޭޒު ކައިރީ އިން ޖައިޝް ފެނި އޭނާ ގާތުގައި އިން ހޫނު ސައިޖޯޑު ނަގާ ޖައިޝް މޫނު މައްޗަށް ޖެހިއެވެ. “ދަރިފުޅާ!!!” ނައިލާއަށް ހަޅޭ ލަވައިގަނެވުނެވެ.

“ގޮތް ކުޑަ. ކަލޭ ގާތު ކިތަށް ފަހަރުތަ މަ ބުނަންވީ މަގޭ ނިދާފައޮއްވަ ހޭލަށްވާ ނުލާށޭ. މީއްޗަކު ހޭލުމަށް ފަހު ދެން މަށަކަށް ނިދޭވަރެއް ނޫނޭ. ކަލޭ ދެން މަ ނުނިކުންނަނިސް ކޮޓަރިއަށް ވަދެގެން ނުވާނެ! އަޑު އިވިއްޖެ؟؟؟” ބުނަން ބޭނުންވީ ހުރިހާއެއްޗެއް ބުނެފައި ނަވްޔާ ބަދިގެ ތެރެއިން ނުކުމެގެން ދިޔައެވެ. މޫނުމަތިންނާއި ކޮނޑުން ދިލަ ނަގަމުން ދިޔަ އިރުވެސް ޖައިޝް އިސްޖަހާލަގެން ހުއްޓެވެ. ދިލަނަގައެވެ. ނަމަވެސް ހިތުން ނަގަމުން ދިޔަ ދިލަ މާ އަނިޔާވެރިއެވެ. އާދަ ވެފައިވީ ކަމެއްނަމަވެސް ޖައިޝްގެ ލޮލުގައި ކަރުނަ ފާއްދާލިއެވެ. 1 އަހަރު ވާން ގާތްވެފައިވީ ނައިލް އުރައިގެން ހުރި މައުނާއަށްވެސް އެމަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ.

“ދަރިފުޅާ؟ ވަރަށް ދިލަ ނަގާތަ؟ ދޭބަލަ ގޮސް ގެސްޓު ރޫމްއަށް ވަދެ ފިނިފެނުން ފެންވަރާ ތާޒާވެލައިގެން އަންނަން. ދަރިފުޅާ މައު. ދޭބަ ނާއިލްގެ ސޯޓަކާއި ޓީޝާޓަކާއި ގެންނަން” ނައިލާ ބުނެލިއެވެ.

ފެން މާގަނޑުން ފައިބަމުން ދިޔަ ފިނި ފިނި ފެނުން ޖައިޝްގެ ހަށިގަނޑު ދިޔައީ ތެންމަމުންނެވެ. ހަށިގަނޑަށް ލުއިކަމެއް ލިބުނަސް ހިތުގައި ދިޔައީ ހަމަ ވޭން އަޅަމުންނެވެ. ޖައިޝްދެކެ ނަވްޔާ ހަމަ އެހާ ނަފުރަތު ކުރޭ ހެއްޔެވެ؟ ޖައިޝްގެ ކުށަކީ ކޮބާހެއްޔެވެ؟ ޔޫހާންގެ ހުރީ ޖައިޝްގެ ނެތް ކޯއްޗެއް ބާއެވެ؟ އަމިއްލަ ނަފްސާއި މެދު ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ޖައިޝްއަށް ޝަކުވާ ކުރެވުނެވެ. ހިތުގައި ޖެހި އެކަނިވެރިކަން އިހުސާސްކުރެވުނީ އޭގެ އިންތިހާއަށެވެ. މޫނު މަތީގައި އަތް އަޅާފައި ޖައިޝް ރޯންފެށިއެވެ. ފާއިތުވެ ދިޔަ 6 މަސް ދުވަހު ހިފަހައްޓައިގެން ހުރި ކަރުނަތަށް ބޭރުކޮއްލިއެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ޝާހާއާއި އެކު މައިކަލްއިނީ “ޓޭކް އަ ބައިޓް” ރެސްޓައުރެންޓްގައެވެ. ފާއިތުވެ ދިޔަ 6 މަސް ދުވަސްތެރޭގައި ޝާހާއާއި މައިކަލްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ޝާހާގެ ހިތުން މިހާރު ވަނީ މައިކަލްއަށްވެސް ހާއްސަ މަގާމެއް ލިބިފައެވެ.

“ދެން އެހެންވެ ކޮން އިރަކުންތަ އަހަރެމެން މެރީ ކުރަނީ؟” މައިކަލްގެ އަތުގައި ފިރުމާލަމުން ޝާހާ އެއްސެވެ. ޝާހާގެ މޫނުމަތިންވެސް އެކަމަށް އޭނާކެއްމަދުވެފައިވާ މިންވަރު ދިޔައީ ހާމަ ވަމުންނެވެ.

“ހެހެ ކެއް ކުރޭ ބޭބީ. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް. މިހާރު ދެން ޝާ ގްރެޖުއޭޓްވެސް ވަނީނުންމި. މިރޭ ކޮން އިރަކުންތަ ޖަލްސާ އޮތީ؟” މައިކަލް ޝާހާގެ އަތުގައި ހިފާލިއެވެ.

“މިރޭ 8 ޖަހާއިރު ފެށޭ. އަންނަންވާނެ އިނގޭ” ޝާހާ ބުނެލިއެވެ. “ގެރެންޓީއެއްނުން؟” މައިކަލް ހީލިއެވެ.

ހަވީރުގެ ވަގުތެވެ. އިރުގެ އަލިކަން ފިލާ ފަޒާ މައްޗަށް އަމާން އޮމާންކަން ގެނެސް ދިނެވެ. ވަގުތަކީ އެއްވެސް ޕޭޝަންޓްއެއް ނެތް ވަގުތެއްކަމުން ފޯނު ނަގާ އެލީޝާ ވާހަކައެއް ކިޔަންފެށިއެވެ. ކުޑައިރުން ސުރެވެސް އެލީޝާއަކީ ވާޙަކަ ކިޔުމަށް ވަރަށް ޝައުގު ހުންނަކުއްޖެކެވެ.

“ޓޮއް ޓޮއް” ވާހަކައަށް ގެއްލިފައި އިން އެލީޝާ ސިހުނީ ދޮރުގައި ޓަކި ދޭން ފެށިއަޑަށެވެ. “ވަދޭ” ފޯނު ބާއްވާ ހަމަ ޖެހިލަމުން އެލީޝާ ބުނެލިއެވެ. ދޮރުހުޅުވާލާފައި ވައިން ޔޫހާންފެނި އެލީޝާގެ މޫނުމަތި އަލިވިއެވެ.

“ކީއްކޮއްލަނީ؟ ބިޒީ؟ ޕޭޝަންޓްއެއް ނެތީމަ ފޫހި ވެގެން ލޯބި ކައިރިއަށް މިއައީ” ޔޫހާންގޮސް އެލީޝާ ގާތުގައި އިށީނެވެ.

“ނޫނޭ. އެލާވެސް ޕޭޝަންޓްއެއްނެތީމަ ފޫހިވެފަ” އެލީޝާ ބުނެލިއެވެ. ޔޫހާން ހިނިތުންވެލާފައި އެލީޝާގެ ބޮޑުވެފައިވީ ބަނޑުގައި ފިރުމާލިއެވެ. “އަހަރެމެން ބޭބީއަށް ކިޔާނީ ކޮންނަމެއްތަ؟” ޔޫހާންއެއްސެވެ.

“މްމްމް ހައު އެބައުޓް ދިސް. ބޯއި އެއްވިއްޔާ އެލާ ނަމާ ގުޅުވައިގެން ގާލްއެއް ވިއްޔާ ޔޫހާން ނަމާ ގުޅުވައިގެން” އެލީޝާ ވިސްނާފައި ބުނެލިއެވެ. އަދި ވައިތްގަނޑުގައި އޮތް ނޯޓު ފޮތް ނަގާ ޔޫހާންއަތަށް ލައިދިނެވެ. އޭގައި ހުރީ ހުސް އަންހެން އަދި ފިރިހެން ނަމެވެ. ވައި އަކުރުންނާއި އީ އަކުރުންނެވެ. ނަމުގެ ގާތުގައި ނަމުގެ މާނަވެސް ލިޔެފައިވެއެވެ.

“ހައު އެބައުޓް ގާލްއެއް ވިއްޔާ ޔަލީން. ބޯއި އެއްވިއްޔާ އީތަން. ކަޑަ؟” އިރުކޮޅަކު ފޮތް ބަލަން އިނދެފައި ޔޫހާންއެއްސެވެ. “ނޫން އެލާއަށްވެސް އެންމެ ކަމުދިޔަ ދެނަން ތިއީ. ހިހި. އަދި ވާނެ އިނގޭ އަހަރެމެން ވަން މޯ ބޭބީ ހޯދަން. މިފަހަރު ލިބޭ ޖެންޑާރ ނޫން އަނެއް ޖެންޑާރ ގެ ބޭބީއެއް” އެލީޝާ ދެއަތް ޖޯޑުކޮއްލަމުން ބުނެލިއެވެ. “އެލާ ބޭނުން ގޮތެއް” ޔޫހާން ހިނިތުންވެލާފައި އެލީޝާގެ ކޮލުގައި ފިރުމާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އިންސާފު

Next

އިންސާފު

Next
January 3, 2025

އިންސާފު

Previews
January 2, 2025

އިންސާފު

20 Comments!

  1. imko says:
    January 3, 2025 at 1:03 pm

    Wow mi part ves varha reethi Masha Allah
    Unmeedhu kuran next part kiyaalan libeene kama
    Love you so much sis
    Can’t wait for next part

    1. shihaamaa ali shihaamaa ali says:
      January 4, 2025 at 2:51 pm

      Jazaakallah khairan
      In sha allah 28 vana bai vess avass musthagbalehgga genessdheynan

  2. Random kiyuntheri eh says:
    January 3, 2025 at 1:20 pm

    Omgg shihaa
    Vrh reethi.. Nav vs dhw ehn hadhaakah nuvaane eh nu.
    Anywayss stry hama bestt.
    Shiha mihr rangalhutha?
    Youll always get my support

    1. shihaamaa ali shihaamaa ali says:
      January 4, 2025 at 2:51 pm

      Hehe ya dhw nav change veythw balamaa dhw
      Adhivess hama gotheh hehe
      Jazaakallah khairan❤️

  3. Mar Yam says:
    January 3, 2025 at 3:10 pm

    Wooww Vrh Salhi mi part vx
    Nav Haadha goahey dhw.. Hehe
    Anyways…When’s next part…??
    I always love to read Ur stories 😊
    Ily <3

    1. shihaamaa ali shihaamaa ali says:
      January 4, 2025 at 2:52 pm

      Jazaakallah khairan
      In sha allah soon

  4. Naii says:
    January 3, 2025 at 3:14 pm

    Vrh reethi best stay safe

    1. shihaamaa ali shihaamaa ali says:
      January 4, 2025 at 2:52 pm

      Jazaakallah khairan, you too

  5. gurrrrl says:
    January 3, 2025 at 3:55 pm

    vrh reethi mi part ves
    oh my jaish haadha haalehga eyyy
    nav thihen nahdhaba jaishh ahhh
    whn next cant wait btw
    keep it up
    love yu

    1. shihaamaa ali shihaamaa ali says:
      January 4, 2025 at 2:53 pm

      Hihihi lets dhww dhw dhn what happens
      In sha allah soon
      Lyt

  6. Niherr says:
    January 3, 2025 at 5:43 pm

    Wowww varah reethi mi part vess hama varah varah furihama as always
    Dhen nav kairi buneba jaish ah ehen nahadhaasheyy!! hama aslah mibunee varah varah dheraveyy!!
    Varah interesting mi part hoping to get a 28th part very very soon..
    You will always get my support shiherr dhahthii!!
    Lysmm💗

    1. shihaamaa ali shihaamaa ali says:
      January 4, 2025 at 2:53 pm

      Jazaakallah khairan
      In sha allah vrh avahah genessdheynan

  7. Your fav bab says:
    January 3, 2025 at 8:53 pm

    Dude this story is So good and interesting
    Keep up the gud work my dear!!!!
    When next??

    1. shihaamaa ali shihaamaa ali says:
      January 4, 2025 at 2:54 pm

      Awww jazaakallah khairan vrh happy vejje thihn bunelyma
      In sha allah very soon

  8. Cutie girl says:
    January 3, 2025 at 9:48 pm

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Elaa and yohaan dhuru nukurachey
    Nav and jaish ves dhuru nukurachey
    They both are made for each other
    Nav ehn nuhadhaane jaish akah
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work
    Love you fav author

    1. shihaamaa ali shihaamaa ali says:
      January 4, 2025 at 2:55 pm

      Lets see dhw what happens
      Jazaakallah khairan
      Lyt

  9. girl_621 says:
    January 5, 2025 at 2:12 pm

    I loved this part your story’s are amazing btw…
    Nav haadha goahey jaish ah egothah hedheema.
    Anyways when is next part??
    Love you ❤️❤️🙂

    1. shihaamaa ali shihaamaa ali says:
      January 5, 2025 at 6:51 pm

      jazaakallah khairan
      hehe let’s see dhw dhn vaa goi
      in sha allah soon

  10. UNKNOWN_07 says:
    January 6, 2025 at 1:14 pm

    This book has truly been one of the best I have read so far. I am eagerly looking forward to exploring the rest of the series. The characters, along with every aspect of the story, are exceptionally well-crafted and deeply captivating. Keep on creating such amazing work!. Can’t wait for the next part.

    1. shihaamaa ali shihaamaa ali says:
      January 8, 2025 at 1:24 am

      Awww soo happy to hear tha🥹🫶🏻

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 28←


All Right Reserved!