Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (2ވަނަ ބައި)

Eyesh Level 210 Stories100 Comments
December 2, 2015 2 Mins Read
22 Comments

ރަނގަބީލުގެ އަޑުޖެހުމާއިއެކު އަފާއާއި ރީޝާ ބާރަށްދުވެފައި ގޮސް ސުކޫލުންނިކުތެވެ. އޭރުދޮރުމަތީގައި ހޫދުއާއި ޒައިން މަޑުކޮށްލައިގެން ތިއްބެވެ. ރީޝާ ގޮސް ހޫދުއާއިއެކު ކުރިއަށްހިނގައިގަތެވެ. އަފާވެސް އެމީހުންގެ ފަހަތުން އަންނަންފެށިއެވެ. ޒައިން މަޑުމަޑުން އައިސް އަފާޔާއެއްވަރު ކޮށްލިއެވެ. އޭރު އަފާގެހިތް ބާރަށް ތެޅެމުންދިޔައެވެ. އަތްފައިފިނިވިއެވެ. “އަފާ..” ޒައިންގެ ރީތިއަޑު ޖެހުމާއެކު އަފާއަށް ޒައިންގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ ރީތިސިފައެކޭ އެއްފަދައިން އޭނާގެ އަޑުވެސް ހާދަރީއްޗެވެ. “އަފާ.” އަފާގެ ޖަވާބެއް ނައުމުން ދެވަނަފަހަރަށްވެސް ޒައިން ގޮވާލިއެވެ. އަފާ ހުރީވަރަށް ލަދުންނެވެ. “އޯތް އޭވިޔަސް، ހްމް އޭވިޔަސް، ނުގޮވާށޭ ވިޔަސް ބުނެބަލަ. އަފާއަށް ވާހަކަ ނުދެއްކެނީތަ؟ ތީމަންމަނު ކުއްޖެއްތަ؟” ޒައިން ހެމުންވާހަކަ ދެއްކިއެވެ. އަފާއަށްބާރަށް ހެވުނެވެ. އެކަމަކު އަދިވެސް ބަހެއްނުބުނެއެވެ. “ހާދަ ރީއްޗޭ އަފާގެއަޑު. މިހާރުއެނގިއްޖެ އަފާއަށް ވާހަކަ ދެއްކޭކަން.” ޒައިންހުރީ އަފާގެ މޫނަށް ބަލާށެވެ. “އާނ! އަފާއަށް ވާހަކަ ދެއްކެޔޭ” އަފާ ތުއިވެލިއެވެ.
އަފާގެ ހަރަކާތްތައް ޒައިން އަށް ވަރަށްކަމުދިޔައެވެ. “އަހަރެން އުޅެނީ ފެކަލްޓީގަ. ޓްރެވަލް އެންޑް ޓުއަރިޒަމް ކިޔަވަނީ.” ޒައިން ދައްކާނެ ވާހަކައެއް ނޭނގިގެން އަމިއްލައަށް ތައާރަފް ވާންފެށިއެވެ. އެކިވާހަކައިގައިތިބެ ރީޝާމެންގެ ގެއާހިސާބަށް ދެވުނުގޮތްވެސް ނޭނގުނެވެ. ރީޝާ ގޭތެރެއަށް ވަނުމުން އަފާ ގެއަށްދާން ހިނގައިގަތެވެ. ” ދާންވީތަ ގެއަށްލާދެން” ޒައިންހުރީ އަފާއާއެކު ދާހިތުންނެވެ. އެހެނަސް އަފާއެގޮތް ބޭނުން ނުވީ މޫސައަށް ނޫނީ ވަސީމްއަށް ޒައިންއެކީގައި ދަނިކޮށް ފެނިދާނެތީއެވެ. ޒައިން އާއި ހޫދު އެކުގައި ހިނގައިގަތެވެ. އަފާގެ މިސްރާބުހުރީ ގެއާދިމާލަށެވެ. އަފާގެއަށް ވަންނަމުން ފަސްއެނބުރި ބަލާލީ ޒައިން ހުއްނާނެކަމަށް ވިސްނާފައެއް ނޫނެވެ. އަފާއަށް ލިބުނީ ހައިރާންކަމެކެވެ. ފަހަތުގައި ތަންކޮޅެއް ދުރުގައި ހޫދުއާއި ޒައިން ހެވިފައި ތިއްބެވެ.
އަފާއަކަށް އެމީހުންފަހަތުން އައިކަމެއް ނޭނގެއެވެ. “ދަރިފުޅާ. މާހެވިފަ އަނެއްކާ ކިހިނެއްވީ؟” އައިސްއަލަމާރިން ފެންފުޅިއެއް ނަގަމުން ސަމީރާ ވާހަކަދެއްކިއެވެ. ކަމެއްނުވެއޭބުނުމަށްފަހުބާރަށްގޮސް ކޮޓަރިއަށްވަދެތަޅުލިއެވެ. ލައިގެންހުރި ޔުނީފޯމާއެކު އެނދުމައްޗަށް ވެއްޓިގަތީ އުފަލުންހެމުންނެވެ. ޒައިންގެ އަޑު އަދިވެސްކަންފަތުގައި ހަރުލާފައިވާކަހަލައެވެ. އިރުކޮޅަކު ޒައިންގެ ހިޔާލުގައިއޮތުމަށްފަހު ތެދުވެގެންގޮސް އެއްޗެހިބަދަލުކޮށްގެން ނިކުމެ،ކައިގެން ސިޓިންރޫމުގައި ޓީވީބަލާލަން އިށީނެވެ. ” ކޮއްކޮ މިއަދުމަގުމަތީގައި ހިނގާފައި ދިޔައީކާކާއެއްކޮށް؟ ރީޝާކައިރީގައި ވެސް ކޮއްކޮ ކައިރީގައިވެސް ފިރިހެނަކު ހުރިތަން ދުށިން.” ގޭތެރެއަށް ވަދެގެންއައި ވަސީމް ވާހަކަ ދެެއްކީ ސަމީރާއަށް އަޑުނީވޭވަރަށެވެ. “ޝްޝްޝް..” އަފާބިރުގަތީ ސަމިރާއަށް އަޑުއިވިދާނެތީއެވެ. ފަހުންކިޔާދޭނަމޭ ބުނުމަށްފަހު އަފާގޮސްއޭނާގެ ކޮޓަރިއަށްވަނީ ތެޅިތެޅިއޮތް ހިތަކާއެކުގައެވެ. ސްކޫލު ނުނިމެނީސް ކުއްޖަކާ ރައްޓެހި ވެގެންނުވާނެ ކަމުގައި މޫސަވަނީ މާކުރީއްސުރެބުނެފައެވެ. އަފާ ޒައިންއާއި ރައްޓެހި ނުވިއެއްކަމަކު ޒައިންއާއެކުގައި މަގުމަތިން ފެނިއްޖެއްޔާ މޫސަ ވަރަށް ރުޅިއައްނާނެއެވެ.
ޖެހިގެންއައި ދުވަހު އަފާ ސުކޫލަށް ދިޔައީ ވަސީމްއާއި އެކުއެވެ. ވަސީމްގެ ސުވަލުތަކާއި ކުރިމަތިލާން ޖެހޭނެކަން އަފާއަށް އެނގެއެވެ. “ކޮއްކޯ.. ދެންކިޔާދީބަލަ. އެއީކޮންބަޔެއް؟ ކޮއްކޮ ބިޓެއް ނެގީތަ؟” ވަސީމް އިނީ ހިތްހަމަ ނުޖެހިފައިނަމަވެސް އެކަން އަަފާއަށް ދައްކަން އޭނަބޭނުމެއްނޫނެވެ. “ރީޝާކައިރީގައި ހުރީ ހޫދު. އެއީ ރީޝާގެ ބޯއީފްރެންޑް. އަހަރެން ކައިރީގައި ހުރީ ޒައިން އެއީ ހޫދުގެ ރައްޓެއްސެއް. ދޮންބޭ.. އަހަރެން ޒައިންދެކެ ވަރަށް ލޯބިވޭ.” ވަސީމްގެ ހިތް ކުދިކުދި ވީކަހަލައެވެ. އޭނާ ރީޝާދެކެ ކިތައްމެ ލޯބި ވީނަމަވެސް އެއީނުވާނެ ކަމެއް ކަމުގައި ނިންމިއެވެ. “ކޮއްކޮ އަށް ރަނގަޅިއްޔާ ރައްޓެހިވޭ. އެކަމަކު ބައްޕައަށް އެނގުނަނުދޭތި. ސުކޫލުނިމެން ދެން މާގިނަ ދުވަހެއް ނެތެއްނު. ނިމުނީމަ ބައްޕަމެން ނަށް އަންގާ” ވަސީމްގެ ވާހަކަ އިވިފައި އަފާއުފަލުން ފޮޅުނެވެ. އެހެނަސް ވަސީމް އިނީވަރަށް ދެރަވެފައެވެ. އޭނާގެ ނަސީބުގައި ރީޝާގެ ނަންލިޔެވިފައި ނެތީކަންވެސް ނޭނގެއެވެ.
ރީޝާފެނުމާއެކު އަފާވަރަށް އުފަލުން ވަސީމްބުނިވާހަކަ ކިޔާދީ ދެމީހުން އެކުގައި ބާރަށް “ޔޭ” އޭކިޔާފައި ހަޅޭއް ލަވައިގަތެވެ. މިއަދުވެސް ސުކޫލުނިމުނުތަނަށް ޒައިން އައިސް ހުއްޓެވެ. އޭރު މޫސަވެސް ސައިކަލު މަތީގައި އަފާއަންނަންދެން އިނެވެ. އަފާގޮސް މޫސަގެ ފަހަތަށް އެރުމަށްފަހު ފަސްއެނބުރި ބަލާލިއެވެ. ޒައިންގެ ހިތް އުފަލުންފުރިގެން ދިޔައެވެ. ޒައިންވެސް އަފާދެކެ ލޯބި ވެއެވެ. އަފާގެ ހިތުގައި ޒައިންއަށްޓަކައި ލޯބިއުފެދިފައިވާހެން ޒައިންގެ ހިތްވެސް ދަނީއަފާއަށް ޓަކައި ފިދާވަމުންނެވެ. ދެމީހުންގެ ހަތަރުކަޅިހަމަވި ވަގުތު ޒައިން އަފާއާއި ދިމާލަށް ލާނެތްގޮތަކަށް އެއްލޯމަރާލަމުން ހީލިއެވެ. އަފާއަށް ޒައިންގެ ސަމާސާގޮތްގަނޑު ވަރަށްކަމުދިޔައެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ހުވަފެނެއްބާ؟ (2ވަނަ ބައި)

Next

ލޯބި އަހަރެން ވާނަމޭ.. (2)

Next
December 2, 2015

ލޯބި އަހަރެން ވާނަމޭ.. (2)

Previews
December 2, 2015

ހުވަފެނެއްބާ؟ (2ވަނަ ބައި)

22 Comments!

  1. naax says:
    December 2, 2015 at 10:03 pm

    Yey.. im 1st dhw.. v salhi mi part vx .. masha allah.. ekm plx thankolheh dhigukoh henesdhybala eyesh

    1. Eyesh says:
      December 2, 2015 at 10:11 pm

      Thanx dear. ? Maadhama ge part dhigukohlaanan ingey

  2. sim says:
    December 2, 2015 at 10:04 pm

    V nice. Nxt part thankolheh dhigu kohla dheythi.

    1. Eyesh says:
      December 2, 2015 at 10:12 pm

      Thnx. Yeah Sure maadhamaage part dhigukohlaanan ?

  3. Aish says:
    December 2, 2015 at 10:06 pm

    V reethi. . .avahah up kohdheythi .. Plz.

    1. Eyesh says:
      December 2, 2015 at 10:12 pm

      Maadhama upload kuraanan next part ?

  4. Reader says:
    December 2, 2015 at 10:08 pm

    V v v salhi..

    1. Eyesh says:
      December 2, 2015 at 10:13 pm

      Thanx dear ?

  5. DaBladeAppi says:
    December 2, 2015 at 10:36 pm

    V reethi

  6. nukko says:
    December 3, 2015 at 12:04 am

    v v rythi ingeyy.. v kiyaa hiyy vey.. nd plxx dhigukohlachey.. gud lukk.. 🙂 😉

    1. Eyesh says:
      December 3, 2015 at 12:29 am

      Yeah sure dhigu kohlaanan ingey . And thanx dear ?

  7. princess says:
    December 3, 2015 at 8:48 am

    Reethi but haadha kuree dhw

    1. Eyesh says:
      December 3, 2015 at 10:50 am

      Thnx princess… dhen ahna part thah dhiguvaane ?

  8. Ahmed Ammu says:
    December 3, 2015 at 10:05 am

    Good job besty. My Best wishes with you ???

    1. Eyesh says:
      December 3, 2015 at 10:48 am

      Thnx besty ??

  9. Shabee says:
    December 3, 2015 at 10:28 am

    varaaaaaah salhiii mi prt vx….. 😀 ekam vrh kuru 🙁 miadhu genesdheynan dhw 3rd prt??? ebai miahvure dhigu khladhehchey 😉 all da bst eyesh 🙂

    1. Eyesh says:
      December 3, 2015 at 10:47 am

      Thanx shabee.. dhen genesdhey baithah dhigukohlaanan ingey ?

  10. Z says:
    December 3, 2015 at 11:15 am

    Kn dhuhukun nxt prt up kohdheynee?

    1. Eyesh says:
      December 3, 2015 at 2:15 pm

      Miadhu ?

  11. Eyesh says:
    December 3, 2015 at 11:21 am

    nice 😉

    1. Eyesh says:
      December 3, 2015 at 2:14 pm

      Thanx eyesh ?

  12. kaleyfaanu says:
    December 3, 2015 at 2:39 pm

    Kon irakun aneh part up kurany

Comments are closed.

Next Episodeލޯބީގާ ވާތީފަނާ… (3ވަނަ ބައި)←


All Right Reserved!