މަންޒިލް 37
މިންހާއަށް ހީވީ އަހަރުތަކެއް ކުރީގެ ހަނދާނެއް އާވިހެންނެވެ. އިޝަލް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓިފައި އޮތް ގޮތް ސިފަވިއެވެ. އިޝަލް ކޯމާގައި އޮތް ދުވަސްތަކުގައި އޭނާގެ ހިތަށް ކުރި އަސަރު މަތިން ހަނދާންވިއެވެ. މަންމަ އާއި ބައްޕަ އޭނާ ލޯ ކުރިމަތީ ވަކިވެގެން ދިޔަ ގޮތް ސިފަވިއެވެ. އޭނާ އިޝަލްއަށް މާފު ނުކުރެވިގެން އުޅެނިކޮށް އިޝަލްވެސް އޭނައާ ވަކިވެދާނެކަމުގެ ބިރުހީވިއެވެ.
އަކްމަލްގެ ހާލަކީވެސް ހަމައެއީއެވެ. ވަގުތުން މެޑިލަކް ޓީމު ދަނޑަށް އަރަން އެންގިއެވެ. ދެވަނަ ފަހަރަށް ދަރިފުޅުގެ ހާލު ދައްވާ ތަން ބަލުމަކީ އޭނާއަށް ކުޅަދާނަކަމެއް ނޫނެވެ. ޔޫސުފް އާއި އަލްޔަސްވެސް ތިބީ ހަދާނެ ގޮތެއް ނޭންގިފައެވެ. ޔޫސުފް އިޝަލް ގާތަށް ދާން އުޅުމުން ލިވަޕޫލު ކުޅުންތެރިން އޭނާ ހުއްޓުވިއެވެ.
މެޑިކަލް އޮފިސަރުން ދަނޑަށް އެރުމާއެކު އިޝަލް ލޯ ހުޅުވާލިއެވެ. އަދި އޭނާއަށް އެއްވެސް ގެއްލުމެއް ނޫވަކަމަށް ބުންޏެވެ. ލިވަޕޫލު ކުޅުންތެރިން ކުޑަކޮށް މައިތިރ ކުރަން އެކްޓެއް ޖައްސާލީކަމަށް ބުންޏެވެ. “އެލެކް ބައްޕައަށް ކިރިޔާ ހާރޓްއެޓޭކެއް ނުޖެހުނީ” މެޑިކަލް އޮފިސަރު ހެމުން ބުނެލިއެވެ. އެެއްވެެސް ކަމެއް ނުވާކަމަށް އިޝަލް ބުނި ކަމިގައި ވިއަސް ޑޮކުޓަރު އޭނާ ޗެކު ކުރިއެވެ. އެއްވެސް މައްސަލައެއް ފެންނަން ނެތުމުން ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުނެފައި އަލުން ކުޅުން ފަށަން ހުއްދަދިނެވެ. އާސެނަލް ހުރިހާ ކުޅުންތެރިން އިޝަލް ގާތަށް ގޮސް އޭނާ ރަނގަޅުތޯ އެހިއެވެ.
މިންހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އިޝަލްއަށް ގެއްލުމެއް ނުވާކަން ޔަޤީން ވުމާއެކު މޭގައި އަތް އަޅާލެވުނެވެ. އޭނާ ދެން އިންތިޒާރު ކުރަމުން ދިޔައީ ފުރަތަމަ ހާފު ނިމޭނެ އިރަކަށެވެ. ޚާއްސަ ފާހެއް އަތުގައި އޮތުމުން ޗޭންޖިން ރޫމަށް ވަނުމުވެ ހުއްދަ އޭނާއަށް ވަނީ ލިބިފައެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އިޝަލް ދެކޭށެވެ.
ފުރަތަމަ ހާފު ނިމިގެން ދިޔައީ ސުމެއް ސުމަކުން އެއްވަރު ވެގެންނެވެ. ހިތްހަމަ ޖެހިގެން ތިބެ އާސެނަލް ކުޅުންތެރިން ޗޭންޖިން ރޫމަށް ދިޔައެވެ. އިޝަލް މަޖާވެފައި އޭނާގެ ޖެއްސި މޮޅު އެކްޓުގެ ވާހަކަ ފަޚުރުވެރިވެފައި ދައްކަމުން ދިޔައެވެ.
އިޝަލް ޗޭންޖިން ރޫމަށް ވަނުމާއެކުހެން ފުރަތަމަވެސް އޭނާގެ އަތަށް ހޫނު ހަމަލާއެއް އެރިއެވެ. ލިބުނު ސިހުމުގައި އެއްޗެއް ނުބުނެވި އުޅެނިކޮށް އޭނާގެ މޭމަތީގައި މީހަކު ތަޅައިގަތެވެ. “ޑޭމް އިޓް ކަޒް…މަ އޭރުވެސް ބުނީމެއްނު ދެން ކުޅޭނެކަމެއް ނެތޭ… މިއަދުވެސް ކަޒްއަށް ކަމެއްވީނަމައޯ އޭރަށް އަހަރެން ކިހިނެއް ހަދާނީ…އޭރަށް ކިހިނެއް ކަޒްއަށް އަހަރެން މާފު ވާހަކަ ވެސް ބުނާނީ…” ރޮވިފައި ހުރެ ފައްޗަކަށް މިންހާ އަމުނާލިއެވެ. އިޝަލް ހުރީ ބުނާނެ އެއްޗެއް ހަދަންވީ ގޮތެއް ނޭންގިފައެވެ. މިންހާ އޭނާއަށް މާފު ކުރިކަން ސިކުނޑިއަށް ނަގައިގަންނަށް މިނެޓެއްހާއިރު ނެގިއެވެ. އެއާއެކު އެންމެ ސިކުންތެއްވެސް މަޑު ކުރުމެއްނެތި މިންހާ ގެނަސް އޭނާ މެއާލާ ބޮނޑިކޮށްލިއެވެ. “އައި އޭމް އޯކޭ މިންހާ… އައި އޭމް މޯ ދޭން އޯކޭ..މިންހާގެ މާފު ލިބުމުން ފުދިއްޖެ ދެން ނުރޮއެ…” މިންހާ ރޯންފެށުމާއެކު އޭނާ ހަމައަކަށް އަޅުވަން އިޝަލް މަސައްކަތް ކުރިއެވެ.
“މިންނު ދެން އިން ހާފު ފެށެން ވާއިރަށް ދޭ ނީޑު ގެޓް ރެޑީ އެހެން ނޫނަސް އިޝަލް ގައިން ދުވަނީ ކުނި ވަސް…މިންނު ގަައިގައި ވަސް ހިފުމުގެ ކުރިން ދާން ހިނގާ..” އަހާން އައިސް މިންހާ އިޝަލްއާ ދުރުކުރިއެވެ. މިންހާ ނޭފަތް ދަމަމުން ދުރަށް ޖެހުނެވެ. އާސަނަލް ހުރިހާ ކުޅުންތެރިންގެ ނަޒަރު އޭނާއަށް އަމާޒުވެފައި ހުރުމާއެކު ލަދުގަތެވެ. އެރިކް ވެސް ހިނިއައިސްފައި އޭނާއަށް ބަލަން އިނެވެ. ދެލޯ ފުހެމުން މިންހާ އަހާންއާ އެއްކޮށް ދާން ހިނގައިގަތެވެ.
އިޝަލްއަށް ހީވީ އާ ޖޯޝެއް ލިބިފައި ހުރިހެންނެވެ. ދެވަނަ ހާފުގައި އޭނާގެ ކުޅުމުން އެކަން ފެނިގެން ދިޔައެވެ. ލިވަޕޫލުން ގޯލާއި އަމާޒުކޮށް ފޮނުވާ ހުރިހާ ހަމަލާއެެއް ދިފާއު ކުރަމުން ދިޔައެވެ. އިޝަލްގެ މޮޅު ކުޅުމުން ދެން ތިބި ކުޅުންތެރިންނަށް ހިތްވަރު ލިބުނެވެ. އާސެނަލިން ވެސް ލިވަޕޫލުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހު ވަގުތުގައި ލިބުނު ކޯނަރަކުން އެރިކް ގޯލު ޖަހައި މެޗުގެ ނަތީޖާ އާސެނަލް ކޮޅަށް އަނބުރާލިއެވެ. މެޗު ނިމިގެން ދިޔައީ އެކެއް ސުމަކުން އާސެނަލް މޮޅުވެ ލީގުގެ އެއްވަނަގައި ހަމަޖެހިލިއިގެންނެވެ. އިޝަލް ދެއްކި މޮޅު ކުޅުމުން އޭނާއަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނެވެ.
މެޗުން މޮޅުވުމާއެކު އުފާފާޅުކުރަން ޓީމު އެކީ ރެސްޓޯރަންޓަކަށް ދިޔައެވެ. ކުޅުންތެރީއެކީ ކައި ނިންމުމަށްފަހު އެމީހުން ޑީޖޭ ކުލަބަކަށް ދިޔައެވެ. އިޝަލް އާއި އެރިކް ދިޔައީ ކޮފީ ޝޮޕަކަށެވެ. “ބްރޯ ދޭބަ އެތެރެއަށް، މަގޭ ނަން ބުނީމަ އެމީހުން ބުނާނެ ދާންވީ ތަން… މަށަށް ވަރަށް މުހިންމު ކޯލެއް އައިސްގެން އެބަ ނަގަން ޖެހޭ…” ކޮފީ ޝޮޕާ އަރާ ހަމަވުމާއެކު އިޝަލް ބުންޏެވެ.
އިޝަލް ބުނި ގޮަަތަށް އެރިކް ގޮސް ރިސެޕްޝަނިސްޓަ ގާތު އިޝަލްގެ ނަން ބުނުމާއެކު އެތަނުން ކުއްޖަކު އައިސް އޭނާ ގޮވައިގެން ހިނގައިގަތެވެ. އެރިކް ކުޑަކޮށް ހައިރާންވި ނަމަވެސް އެއްޗެކޭ ނުބުނެ އެކުއްޖާ ފަހަތުން ދިޔައެވެ. “އެންޖޯއީ ސާރ” ލަކުނޑި ދޮރެއް ދެއްކުމަށްފަހު އެހެން ބުނެފައި އެކުއްޖާ ދިޔައެވެ. ދެންވެސް ހައިރާންކަންމަތީ ހުރެ އެރިކް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއެކުހެން އެރިކްގެ ނޭފަތުގައި ފިނިފެންމާ ވެސް ހިފިއެވެ. ބަންދު ކޮށްފައި ހުރި ކުޑަ އެތަންކޮޅުގައި ވަނީ ރަތްކުލައިގެ ފަނޑު އައްޔެކެވެ. ވަށް މޭޒެއް މެދުގައި ހުރި އިރު މޭޒުގެ ދެފަރާތުގައި ދެގޮނޑި ހުއްޓެވެ. މޭޒު މަތީގައި ރަތް ފިނިފެންމާ ބޮނޑިއަކާ ކޭކެެއް އިނެވެ. މޭޒު ފަހަތުގައި ހުރި ފާރުގައި ވެސް ހުރީ ރަތް ފިނިފެންމާ ހަރުކޮށްފައެވެ.
މޭޒު ކައިރީ ރަތް ކުލައިގެ އެއްކޮށް ދިގުކޮށް ހުރި ހެދުމާއި އެކު ރަތް ކުލައިގެ ޝޯލެއް އަޅައިގެން މިންހާ އިނެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްފައި ހުރި އިރު ރަތްކުލައިގެ ފަނޑު އަލީގެ ތެރެއިން ވެސް މިންހާ ފެންނަނީ ހޫރު ޕަރީއެއް ހެންނެވެ. އެރިކް ހުރީ ބުނާނެ އެެއްޗެއް ނޭންގި އަންތަރީސްވެފައެވެ. ލޯ ކުރިމަތިން މިންހާ ގެއްލިދާނެ ކަމުގެ ބިރަށް އެސްފިޔަޖަހަން ވެސް އެރިކް ބޭނުމެއްނުވިއެވެ.
“ހެއި.. ސަޕްރައިޒް… އައި ޖަސްޓް ވޯންޓެޑް ޓު ޑޫ ސަމްތިން ފޯރ ޔޫ… ދިސް މައިޓް ބީ ނޮޓް ޕާރފެކްޓް…” މިންހާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީ އެރިކް އައިސް އޭނާ ގައިގައި ބައްދާލިއެވެ. “ދިސް އިޒް ޕާރފެކްޓް ލަވް… އައި ލަވް ޔޫ” އެެރިކް ލޮތްބާއެކު މިންހާގެ ނިއްކުރިއަށް ބޮސްދިނެވެ. ދެ ލޯބިވެރިންއެކީ ހޭދަކޮށްލަން ލިބުނީ ފަސް މިނެޓެވެ. އިރުކޮޅެއް ފަހުން ޒާޔާ އާއި އަހާން އަދި އިޝަލް އައިސް ވަނެވެ. މިންހާ އެތަން ތައްޔާރުކޮށްފައި އޮތްލެއް ފުރިހަމަ ކަމުން ތިން ޒުވާނުން ވެސް މިންހާއަށް ތަޢުރީފު ކުރިއެވެ.
“ދިދެމީހުންނަށްޓަކައި އަހަރެން އުފާކުރަން… އުއްމީދުކުރަން ރިކް ދުވަހަކުވެސް މިންހާއަށް ދެރައެއް ނުދޭނެކަމަށް.. ހަމަ އެ ގޮތަށް މިންހާ ވެސް ރިކްއާ އެކީ އަބަދުވެސް ވާނެކަމަށް.. ތިދެމީހުންނަކީ ވެސް މަށަށް ވަރަށް މުހިންމު ދެމީހުން” އިޝަލް ހަގީގަތުގައި ވެސް މިންހާ އާއި އެރިކްއަށްޓަކައި އުފާކުރިއެވެ. އޭނާގެ އެންމެ ގާތް ދެއެކުވެރިން އުފަލުން ތިބިއްޔާ އޭނާވެސް ހުންނާނީ އުފަލުންނެވެ. އެރިކްގެ ސަބަބުން މިންހާގެ ޙަޔާތަށް ވަނީ އުފާވެރިކަން އައިސްފައެވެ. އިޝަލްގެ ހުރިހާ ވެސް އެދުމަކީ އެއީއެވެ. މިންހާ އުފަލުގައި ވުމެވެ.
މުޅި ރޭގައިވެސް އަހާންގެ ނަޒަރު ހުއްޓިފައި ހުރީ ޒާޔާއަށެވެ. ޒާޔާ އުޅޭ ގޮތް ބަލަން ދިވާނާއެއް ފަދައިން ހެވިފައި ހުއްޓެވެ. ޒާޔާއަށް އެ ހިތުގެ ހާލު ބުނެދޭންވީއޭ ވެސް ހިތަށް އަރައެވެ. ނަމަވެސް އެކުވެރިކަން ގެއްލިދާނެ ކަމުގެ ބިރަަށް އަހާން އޭނާގެ އިހްސާސްތަށް ސިއްރު ކުރަން ނިންމިއެވެ. ޒާޔާ ހިތުގައި އޭނާއަށްޓަކައި އެކުވެރިކަމަށް ވުރެ ގާތް ކަމުގެ އިހުސާސެއް ވާކަން ޔަގީން ނުވަނީސް އަހާން މަޑުން ހުންނަން އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.
ފުރަތަމަ ސެމިސްޓާރ ބްރޭކުގައި ލަންޑަނަށް ގޮސް މިންހާ އެރިކްގެ އާއިލާއާ ބައްދަލު ކުރިއެވެ. އެރިކްގެ ހޮވުމަށް ކާރާ ތަޢުރީފު ކުރިއެވެ. މިންހާއް ބައްދަލުވި ފުރަތަމަ ދުވަހެއް ކަމަކު އެނާ މިންހާއާ މެދު ކަންތަށް ކުރީ އަމިއްލަ ދަރިއަކާ މެދު ކަންތަށް ކުރާނެ ފަދައިންނެވެ. މިންހާއަށް ދުރުކަން އިހްސާސްވެދިޔަކަ ކާރާއެއް ނުދިނެވެ. އެރިކްގެ އާއިލާ އާއި ބައްދަލުވުމުން މިންހާ ވެސް ހުރީ އުފަލުންނެވެ. ކާރާ އައި ބެހްދަރްގެ ހެޔޮކަމަށް އޭނާ ޝުކުރުއަދާކުރިއެވެ. އެރިކްގެ މަޑުމައިތިރި އަދި ރިވެތި އަޚުލާޤުގެ ސަބަބކީ ކާރާގެ ތަރުބިއްޔަތުކަން މިއަދު އޭނާއަށް އެނގުނެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ އެއްޗެއްވެސް ވަރަށް މީރު…”ގެއަށް ދާން ނުކުންނަމުން މިންހާ ކާރާ ގައިގައި ބައްދާލިއެވެ. “މިންހާ އައިމަވެސް ވަރަށް އުފާވެއްޖެ….ލަންޑަނަށް އައިސިއްޔާ އަނައްޗޭ….އެރިކް ނުހުންނަ އިރަކާ ދިމާވިއަސް މިންހާ ވާނެ އިނގޭ އަންނަން..”
އެރިކް އޭނާގެ ކާރުގައި މިންހާ ގެއަށް ލައިދިނެވެ. ގެއަށް ދިޔަ މަގުމަތީ އެރިކްގެ އާއިލާ ކަމުދާކަމަށް މިންހާ ބުނެދިނެވެ. އެރިކް މަންމަގެ ގާތް ކަމާއި ރަނގަޅު ވާހަކަ މިންހާގެ ދުލުން އަޑު އިވުމުން ބުނެދޭން ނޭންގޭ ހިތްހަމަ ޖެހުމެއް އެރިކްގެ ހިތަށް ލިބުނެވެ.
އެރިކްގެ އާއިލާ އާއި ބައްދަލުވުމާއެކު މިންހާ އުފާވިނަމަވެސް އޭނާގެ މަންމަ އާއި ބައްޕަ މަތިން މިންހާ ހަނދާންވިއެވެ. އެރިކް މަންމަގެ ފަރާތުން ލިބުނު ގާތްކަން މަންމަ ގާތު ބުނަން ބޭނުންވިއެއް ކަމަކު ބުނެވޭކަށް ނެތެވެ. އެރިކްގެ ވާހަކަ ވެސް މަންމަ އާއި ހިއްސާ ކުރަން ނުހަނު ބޭނުުމެވެ. އޭނާ އެރިކްދެކެ ގަޔާވާކަން އެނގުމުން ބައްޕަގެ އަމަލުތަށް ހުންނަ ގޮތް ބަލާލަން ވެސް އޭނާ ނުހަނު ބޭނުމެވެ.
މިންހާ ގެއަށް އައިތތޯ ޔަޤީން ކުރަން އިޝްމާ މިންހާ ކޮޓަރިއަށް ދިޔައެވެ. ވިސްނުމަކަށް ގެއްލިފައި ހުރި މިންހާގެ ލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. އިޝްމާ މަޑުމަޑުން ދޮރުގައި ޓަކި ޖަހާކިއެވެ. ނިކަން އަވަހަށް މިންހާ ލޮލުން ކަރުނަ ފުހުނު މަންޒަރު ރީތިކޮށް އިޝްމާއަށް ފެނުނެވެ. “މިންކޮ ގެއަށް އައިތޯ ބަލާލަން ދޮންތަ މިއައީ… އެރިކްގެ ފެމެލީ ކިހިނެއްވަނީ؟” އިޝްމާ އައިސް މިންހާ ގާތު އިށީންނަމުން އަހާލިއެވެ. މަންމަ މަތިން މާބޮޑަށް ހަނދާންވުމާއެކު ޖަވާބު ދިނުމުގެ ބަދަލުގައި މިންހާއަށް ރޮވުނީއެވެ. އިޝްމާ ހާސްވުމާއެކު ވީ ކިހިނެއްތޯ އެހިއެވެ. އެރިކްގެ އާއިލާ ކަމުނުދަނީތޯ އެހިއެވެ. “ނޫން.. އެރިކްގެ މަންމަވެސް ބައްޕަ ވެސް ވަރަށް ރަނގަޅު…ހިއެއް ނުވޭ އަލަށްހެން ބައްދަކުވީކީވެސް… އެހާ ވެސް ގާތްކޮށް އެރިކް މަންމަ ކަންތަށް ކުރީ… އަދި އެހާ ލޯބިން… އެހެންވެ ކުޑަކޮށް މަންމަ މަތިން ހަނދާންވީ.. ގެއަށް އައިސް އެންމެ ފުރަތަމަ ވެސް ބޭނުންވީ މަންމައަށް ކިޔައިދޭން އެރިކްގެ ފެމެލީ ރަނގަޅުކަން” މިންހާ ހިތުގައިވި ހުރިހާ ޝަކުވާއެެއް އިޝްމާ ކައިރީ ބަންޑުން ކޮށްލިއެވެ. މިންހާ ވާހަކަ ދައްކާ ނިމެންދެން އަޑު އަހަން އިޝްމާ އިނެވެ. މިންހާ ވާހަކަ ދައްކާ ނިމުމުން އިޝްމާ ލޮތްބާއެކު މިންހާ ގައިގައި ބައްދާލިއެވެ. “މިންކޮ މަންމައާ ދޮންތަ އެއްވަރެއް ނުވާނެކަން އިނގޭ… އެކަމުވެސް މިންކޮ ކަމެއް ޝެއާރ ކުރަން ބޭނުން ވެއްޖެޔާ ދޮންތަ އަބަދުވެސް އަޑު އަހާނަން…..” “އެއީ ތެެދެއް މިންކޮ….މިންކޮއަށް ނޭންގިދާނެ އެކަމު ސިއްރެއް ބުނަންތަ… އެންމެ ފުރަތަމަ މިންކޮ އާއި އެރިކް ކަމެއްކަން އެނގުމުން ދޮންތަބެ ކުޑަކޮށް ހާސްވި… އަލްޔަސް އާއި އަލައިކާ އެކަކު އަނެކަކު ދެކެ ލައިކް ވާކާން އެނގުނު ދުވަހަށް ވުރެ ބޮޑަށް އެދުވަހު ހާސްވިކަންނޭންގެ… އެރިކް ޓީމުން ނެރެލަން ވެސް ހިތަށް އެރި.. އެކަމަކު އެރިކްގެ އުޅުން ވަރަށް ގާތުން ފެނިފަ ހުރީ.. އެރިކްއަކީ ކިހާ ރަނގަޅު ޒުވާނެއްކަން ދޮންތަބެއަށް އެނގޭ…. އެރިކް ވަކިން ގެންގޮއްސަ ނަސޭހަތްވެސް ދިނިން…އާރާޝް ހުރިނަމަވެސް ކަންތަށް ކުރާނީ ހަމަ އެފަދައިން…. އާރާޝަށް އެރިކްގެ ޑިސިޕިލީން ފެނިފަ ހުންނާނީ…އެރިކް ފަދަ ރަނގަޅު ޒުވާނާކާ މިންކޮ ގުޅުމަކީ އާރާޝް އަދި މާނީވެސް ބޭނުންވާނެ ގޮތް….” އަކްމަލް ވެސް މިންހާގެ ހިތަށް ލުއެެއް ހޯދާދޭން މަސަައްކަތް ކުރިއެވެ. އާރާޝް އަބަދުވެސް އެރިކްގެ ކުޅުމަށާއި އުޅުމަށް އޭނާގެ ތަޢުރީފު ކުރެއެވެ. ކުރިން އެކަން މިންހާ ގާތު ނުބުނެވުމުން އަކްމަލް ދެރަވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Hama bala balaa indha 😭😭😭
Kiyaalafa will comment
Vvvv reethi vaane hen heevany 😭🫂🫂
Wow it’s amazing bas ves husvejje!!!!!!!!
Ehaaves perfect
When nextt????
I’m really curious!!!
Lots of love from me!!!!
Hey kiyaa
Mi part vx vrh reethi masha Allah
Next part vx avahah kiyaalan genesdhehchey.
I know kiyaa ge haalathu huri gothun las vedhaane kan.ekam vx inthizaaru kuraanan.
Maany and aarash maru v ma aslu varah dhera vi hehe
Love you kiyaa ❤️
Maashaa Allah mi part vx varah varah reethi…
Rifoo bunihen maany and aaraash maruvyma vrh vrh dheravi …
Roven vx rovun hehe🤣🤣
Next part kn irakun??