މަންޒިލް 36
މިންހާގެ ވާހަކަތަށް ދޮރު ކައިރީގައި ހުރި އިޝަލްއަށް އަޑު އިވުނެވެ. އޭނާގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. އެ ރޭގައި ކަންތަށް ކުރެވުނު ގޮތާއި މެދު ކުށްވެރިކަން އިހްސާސް ކުރެވުނެވެ. އޭނާގެ ފަރާތުން މިންހާ އަދި އެރިކްއަށް ވެސް ދެވުނު އަނިޔާގެ ބަދަލު ދޭން އަމިއްލަ ނަފުސަށް ވަޢުދުވިއެވެ.
*****
އިޝަލް އިންތިޒާރު ކުރަމުން ދިޔައީ އެރިކްގެ ޖަވާބަކަށެވެ. އެރިކް ގެއަށް ގޮސްފައި އޭނާ އެދުނީ ޕީއެސްޖީއަށް ނުގޮސް މަޑު ކުރުމަށެވެ. ވިސްނާފައި ޖަވާބެއް ދޭނަން ކަމުގައި އެރިކް ބުންޏެވެ.
އެރިކް ފުރަތަމަ ވެސް ވާހަކަ ދެއްކީ އަކްމަލްއާއެވެ. އާސެނަލްގައި މަޑު ކުރަން ބޭނުން ވެއްޖެ ނަމަ އެ ފުރުސަތު އޮތްކަމަށް އަކްމަލް ބުންޏެވެ. ހަޤީޤަތަކީ އާސެނަލްގެ ކޯޗިން ސްޓާފް އަދިވެސް ތިބީ އެރިކް ނުގޮސް މަޑު ކުރާނެ ކަމުގެ އުއްމީދުގައެވެ. އެރިކް އިތުރަށް ވިސްނުމަށް ނަހަދާ އާސެނަލްގައި މަޑު ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
މެންދަމުގެ ވަގުތެވެ. ފިނީގެ ސަބަބުން މިންހާ އޮތީ ނުނިދިފައެވެ. އެނދުގައި އޮންނަތާ ގަޑިއެއް ވީއިރުވެސް މިންހާ ލޮލަށް ނިންޖެއް ނައެވެ. އެންމެ ފަހުން ނުނިދުނު ކަމަށް ތެދުވެ ބަދިގެއަށް ދިޔައީ ހޫނު އެއްޗެއް ބޯލަންށެވެ. ކަންނެއްކަމާއެކު ބަދިގެއަށް ވަން މިންހާ އިޝަލް ފެނި މޫނަށް ގޮތެއް ހަދާލެވުނެވެ. އިޝަލް އުޅެނީ ކޮންމެސް އެއްޗެއް ކައްކައެވެ. އިޝަލްއަށް ފެނުމުގެ ކުރިން މިންހާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. އެވަގުތު ބަދިގޭގައި އިޝަލް ހުރީތީވެ އެކަމާ ހިތާހިތުން އިޝަލްއަށް ކުދި ކިޔުނެވެ. ބަދިގެއިން ނުކުންނަން ހިނގާގަތް މިންހާ ގޮސް ޖެހުނީ ބަދިގެއަށް ވަންނަން އައި އެރިކް ގައިގައެވެ. އެރިކް ފެނުމުން މިންހާ ކުޑަކޮށް ސިހުނެވެ. އޭގެ ބަދަލުގައި އޭނާ ފެނުމުން އެރިކް ހިނިތުންވެލާފައި ސަލާން ގޮވާލިއެވެ. “ލަވް ނުނިދަންތަ އަދިވެސް؟” ވަރަށް އާދައިގެ ގޮތަކަށް އެރިކް އެހިއެވެ. މިންހާ ބޯޖަހާލުމަށް ފަހު ބަދިގެއަށް ވަން އެރިކްއަށް ބަލާލިއެވެ. އިޝަލް އާއި ދެމީހުން ވަރަށް އެކުވެރިކޮށް ކާއެއްޗެއް ތައްޔާރު ކުރުމުގައި އުޅުނެވެ. ދެމީހުން ދެމެދު ހަމަނުޖެހުމެއް ހިނގާފައި ހުރިހެން ވެސް ހީނުވެއެވެ. “މިންހާ ތިތާ ނީންދެ ޕޫލްއަށް ދޭބަ އަހާން އާއި ޒާޔާ އާއި މިއާ ވެސް އެބަތިބި މަށާ ރިކް ވެސް އެބަދަން އިރުކޮޅަކުން..” މިންހާ ހުއްޓުން އަރާފައި އިނުމުން އިޝަލް ބުނެލިއެވެ.
މިއާ އާއި ޒާޔާ އަދި އަހާން ހޫނު ކޮފީ ބޯން ތިއްބެވެ. މިންހާ ގޮސް ވެގެން އުޅޭ ގޮތް އެހިއެވެ. “މަށަކަށް ވެސް ނޭންގެ އެލެކް މަ ނިދާފަ އޮއްވަ ނެގުވީ… އޭރު ރިކް އާއި މިއާ މިތާ ތިބީ… ޒާޔާ ނުނިދިގެން އެނބުރެން ނުކުތްގަޑީ އަހަރުމެން ފެނުނީމަ މަތިން ބައިން ޖެހިގެން އަމިއްލައަށް އައިސް އެހެރީ” ޒާޔާ އަހާންއަށް ލޯ އަޅާލިއެވެ. އޭނާ ރުޅި އަރުވާ ނުލާ އަހާންގެ ހިތްހަމައެއް ނުޖެހޭނެއެވެ. “އެ ހުސް ދޮގު… އެލެކް މަށަށް ގުޅާފަ ބުނީ އަންނާށޯ ބޭރަށް..” ޒާޔާ ނިކަން އަވަހަށް ބުނެލިއެވެ.
މުޅި ހިސާބަށް މީރު ވަސްގަނޑެއް ދުވިއެވެ. މިންހާ އާއި އަހާން ވަސް އަންނަނީ ކޮންތާކުން ތޯ ބެލަން އެނބުރުނު ވަގުތު އިޝަލް ބޮޑު ޓްރޭއެއް ހިފައިގެން އެމީހުން ގާތަށް އާދެއެވެ. ފަހަތުން އެރިކް ކާނެ ތަށްޓާ ސަމްސާ އޫ ހިފައިގެން އަންނަނީއެވެ. ޕޫލް ކައިރީން އިން ވަށް މޭޒު މަތީ ޓްރޭ ބޭންދުމަށްފަހު އޭގެއިން ލަޒާނިއާ ފޮއްޗެއް ކޮންމެ މީހަކަށް އިޝަލް އަޅާދިނެވެ.
އިޝަލް މިންހާއަށް އޭނާއަށް ވީ ތަށި ދިނުމުން މިންހާ ނުހިފިއެވެ. އޭގެ ބަދަލުގައި އަމިއްލައަށް ތެދުވެގެން ގޮސް އެރިކް އަތުން ތަށްޓެއް ނަގައި އަމިއްލައަށް ލަޒާނިއާ އެޅިއެވެ. އިޝަލް ހިތުގައި ޖެހުނަސް އެކަން ނުދެއްކިއެވެ. މިންހާ ނުހިފި ތަށީގައި ހިފީ މިއާއެވެ. ރީތި ހިނިތުންވުމެއް އިޝަަލްއަށް ހަދިޔާ ކުރުމަށް ފަހުގައި އިޝަލްއަށް ޝުކުރު އަދާކުރިއެވެ.
މިންހާ އުލުން އެތިކޮޅެއް ނައްޓާފާ ފުރަތަމަ ވެސް ލެވީ އެރިކްއަށެވެ. ވަށްކަޅިން އިޝަލްއަށް ބަލާލީ އިޝަލް ބަލަން ހުރިތޯއެވެ. އިޝަލް ހުރީ އެ މަންޒަރު ނުފެންނަ ކަމަށް ހަދާ އަމިއްލަ ތަށްޓަށް ލަޒާނިއާ އަޅާށެވެ. މިންހާ ހީނލަމުން އިތުރަށް އެރިކްއާ ގަޔާވިއެވެ.
މިންހާގެ އަމަލުތަކުން އެރިކް ހުރީ ބަސް ހުއްޓިފައެވެ. އެކުވެރިން ކުރިމަތީ، ވަކިން ޚާއްސަކޮށް މިއާ ކުރިމަތީ މިންހާ އޭނާއާ މާބޮޑަށް ގާތް ވުމުން އެރިކް ރަކިވިއެވެ.
އަޅާނުލަން އިޝަލް ކުރި މަސައްކަތް ވީ ބޭކާރެވެ. މިންހާ މާ ބޮޑަށް އެރިކްއާ ގާތްވާން މަސައްކަތް ކުރުމުން އިޝަލް ހިތަށް އުނދަގޫވިއެވެ. އަތުގައި އިން ތަށި މޭޒު މަތީ ބޭންދުމަށްފަހު ގޮސް މިންހާ އެރިކްއާ ދުރުކުރިއެވެ.
“އައި ނޯ ވަޓް ޔޫއާރ ޑުއިން އެންޑް އިޓްސް ވޯކިން، މިންހާ އައީ އޭމް ސޮރީ ފޯރ އެވްރީތިންގް، މަށަށް ވިސްނާނުލާ ރުޅީގަ ކަންތަށް ކުރެވުނީ ރަނގަޅަކަށް ނޫން… އަހަރެން ޖެހޭނެ އެރެއިން އެރެއަށް މިންހާ އަދި އެރިކްގެ ކިބައިންވެސް މާފަށް އެދެން… އެރޭގަ މިންހާ އެކަނި ކޮށްލެވުނީތީވެ ސޮރީ…މިހާ ދުވަސްވަންދެން މާފަށް ނޭދެވުނީތީވެސް ސޮރީ….” އިޝަލް މިންހާގެ ކިބައިން މާފަށް އެދުނެވެ. މިންހާ އެއަށް އެއްޗެއް ނުބުނެ ގޭތެރެއަށް ވަންނަން ދިޔައެވެ. އިޝަލްއަށް އެހާ ފަސޭހައިން މާފު ކުރާކަށް މިންހާ ބޭނުމެއް ނޫނެވެ.
“މިންހާ ވެއިޓް! އައި އޭމް ނޮޓް ގޮއިން ޓު ޕެރިސް.. އެލެކް ކޮންވިސްޑް މީ ޓު ސްޓޭ…” މިންހާ އެތެރެއަށް ވަނުމުގެ ކުރިން އެރިކް މިންހާ ހުއްޓުވިއެވެ. އަދި އިޝަލްއަށް މާފު ކުރުމާމެދު ވިސްނަން ބުންޏެވެ. “މިންހާ އެލެކް އެއީ މިންހާގެ އެންމެ ގާތް އެކުވެރިޔާ… އަހަންނަށް ވުރެ މާ ކުރިން މިންހާގެ ލައިފްގަ މުހިންމު މީހެއް އިޝަލްއަކީ…” އެރިކް ބެލީ މިންހާއަށް ވިސްނައިދެވޭތޯއެވެ. އިޝަލް އަދި މިންހާއަކީ ވެސް އޭނާއަށް މުހިންމު ދެމީހުންނެވެ. ހަމަ އެގޮތަށް އެ ދެމީހުން އެކަކު އަނެކަކަށް ކިހާ މުހިންމުކަން ވެސް އެރިކްއަށް އެނގެއެވެ. “އައި އޭމް ހެޕީ ޔޫ އާރ ސްޓެއިން… އެކަމު އިޝަލްއަށް އަދި އަހަރެންގެ މާފު ހައްޤެެެއް ނޫން…. އެރިކް ބޭނުމިއްޔާ އިޝަލްއަށް މާފު ކުރޭ އެކަމު މަށެއް އަދި ތައްޔާރެއް ނޫން އިޝަލްއަށް މާާފު ކުރާކަށް…” އެރިކްެއަށް އިތުރު އެއްޗެއް ބުނަން ފުރުސަތު ނުދީ މިންހާ އެތެރެއަށް ވަނެވެ.
އެރެއިން ފެށިގެން އިޝަލް މަސައްކަތް ކުރަމުން ދިޔައީ މިންހާގެ މާފު ލިބޭތޯއެވެ. އިޝަލް އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެން ވެސް މިންހާގެ ހިތް ބަދަލުވާ ގޮތެއް ނުވިއެވެ.
އަހާން އާއި ޒާޔާގެ ކޯޅުންތަށް ވެސް އިތުރުވަމުން ދިޔައެވެ. ދެހިތުގައި އުފެދެމުން ދިޔަ އިހްސާސްތަށް އިތުރު ވަމުން ދިޔަ ވަރަކަށް ދެމީހުންގެ ޒުވާބު ވެސް ގިނަވާން ފެށިއެވެ. ޒާޔާއަށް އުނދަގޫ ކޮށްނުލެވިއްޖެނަމަ އެރެއަކު އަހާންއަށް ނިދޭ ކަމަކަށް ވެސް ނުވެއެވެ.
ފުދޭވަރަކަށް ގިނަ ވަގުތު އިޝަލް އެރިކްމެން ގޭގައި ހޭދަ ކުރަން ފެށިއެވެ. ކާރާ އާއި ބެހްރަދްއަށް ވެސް އިޝަލް ވަރަށް ކަމުދެއެވެ. އެރިކްގެ ކޮއްކޮމެންނަށް ވެސް އެމީހުންނާ އެއްކޮށް ގޭމު ކުޅޭތީ އިޝަލް ވަރު މީހަކު ނެތެވެ. މިއާގެ ހިތުންވެސް އިޝަލްއަށް ވަނީ ޚާއްސަ ޖާގައެއް ދެވިފައެވެ. އިޝަލް އަންނާނެ އިރަކަށް އަބަދުހެން އިންތިޒާރު ކުރެވެއެވެ.
އިޝަލްއަށް ނޭންގުނު ކަމުގައި ވިއަސް އެހިތުން ވެސް މިއާ ޖާގަ ހޯދައިފިއެވެ. އެރިކްމެން ގެއަށް ގޮސްވެސް އޭނާއަށް ފުރަތަމަ ހޯދާލެވެނީ މިއާއެވެ. މިއާ ފެނިއްޖެނަމަ އެކުއްޖާ ލަދުގަންނަވަށް ކޮންމެސް އެއްޗެއް ބުނެ ނުލާ އިޝަލް ހިތްހަމައެއް ނުޖެހެއެވެ. މިއާ ލަދުގަތުމުން އެ މޫނު ރަތްވާ ގޮތް އިޝަލްއަށް ވަރަށް ކަމުދެއެވެ.
ކޮލެޖު ފެށުމުން މިންހާ އެނބުރި ލިވަޕޫލަށް ދިޔައެވެ. ލިވަޕޫލަށް އެނބުރި އައި ފަހުން ވެސް އިޝަލް ކޮންމެ ދުވަހަކު މިންހާއަށް މެސެޖުކޮށް ހަދައެވެ. އެއިން އެއްވެސް މެސެޖަކަށް މިންހާ ޖަވާބެއް ނުދެއެވެ.
ދުވަހަކުވެސް މިންހާގެ މާފު ނުލިބޭނެހެން ހީވުމާއެކު އިޝަލް މާޔޫސްވިއެވެ. އޭނާއަށް މިންހާގެ މާފު ހައްޤުނޫންހެން ހީވާން ފެށުމާއެކު ހިތްވަރު އެލުނެވެ. އެންމެ ފަހުން އޭނާ މާފަށް އެދުން ހުއްޓާލިއެވެ.
މުޅި ދުވަހުވެސް އިޝަލްގެ މެސެޖެއް ނައުމުން މިންޖާ މާޔޫސްވިއެވެ. އިޝަލްއަށް ކަމެއްވީ އޭ ހިތަށް އަރާ ޒާޔާއަށް މެސެޖު ކުރިއެވެ. އިޝަލް ގޭގައި ނެތްކަމަށް ޒާޔާ ބުންޏެވެ. އޭގެ އަނެއް ދުވަހު ވެސް އިޝަލްގެ ޚަބަރެއް ނުވިއެވެ. އެކަމުން މިންހާގެ ހިތަށް އުނދަގޫވިއެވެ. އެރިކްއަށް ގުޅާފައި ވެސް އޭނާ ދެއްކީ އިޝަލް މެސެޖު ނުކުރާ ވާހަކައެވެ.
އާސެނަލް އާއި ލިވަޕޫލް ކުޅޭ މެޗަށް އާސެނަލިން ލިވަޕޫލަށް ދިޔައެވެ. ލީގު ފެށިގެން ހަތަރު މެޗު ކުޅެވުނު އިރު ދެ ޓީމުން ކުރެ އެއް ޓީމު ވެސް އަދި މެޗަކުން ބައްޔައް ނުވެއެވެ. އެ މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ. އެ މެޗުން މޮޅުވާ ބަޔަކަށް ލީގުގެ އެއްވަނައިގައި ހަމަޖެހިލެވޭނެއެވެ.
މެޗު ފެށިގެން ދިހަ މިނެޓު ކުޅުވުނު އިރު މެޗު ދިޔައީ ވަރަށް މަޑި މައިތިރި ކޮށެވެ. ދެ ޓީމުން ވެސް ދަނޑުގައި މަޑު މަޑުން ދުވެލާ ތިބީއެވެ.
މިންހާ އާއި އެކި ޒާޔާ އާއި އަހާން މެޗު ބަލަން ގޮސް ތިއްބެވެ. ވަރަށް ފޯރީގައި އާސެނަލަަށް ސަޕޯޓު ކުރަމުން ދިޔައެވެ.
ފުރަތަމަ ޖާފު ނިމެން ދަނިކޮށް މެޗުގެ ފޯރިގަދަވާން ފެށިއެވެ. އާސެނަލިން ލިވަޕޫލުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. ހާފުގެ ފަހު ފަނަރަ މިނެޓަށް ވީ ފަހުން އާސެނަލްއަށް ދެ ކޯނަރު ލިބުނެވެ. އެރިކް ނަގައިދިން ދެ ކޯނަރު ވެސް ގޯލަށް ނުވަނީ ކިރިޔާއެވެ. އާސެނަލިން ޕްރެޝަރު ކުރަން ފެށުމުން ލިވަޕޫލު ކުޅުންތެރިން ރުޅި ގަދަވާން ފެށިއެވެ. ބޯޅަށް ހޯދަން ލިވަޕޫލު ކުޅުންތެރިން ފައުލު ކުރަން ފެށިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އާސެނަލް ކުޅުންތެރިއަކަށް ލިވަޕޫލުން ފައުލު ކުރުމާ ގުޅިގެން ހިލޭ ޖެހުމެއް ލިބުނެވެ. އެރިކް ނަގައިދިން ހިލޭ ޖެހުން ދިޔައީ ސީދާ ކީޕަރު އަތަށެވެ. ކީޕަރު ލަސްކުރަން ނުހަދާ ބޯޅަ ސީދާ ކުރިއަށް ފޮނުވާލިއެވެ. އޭރު އާސެނަލް ހާފު ތެރޭގައި ތިބީ އިޝަލް އާއި ލިވަޕޫލްގެ ފޯވާޑެެވެ. ލިވަޕޫލު ކީޕަރު ފޮނުވާލި ބޯޅަ ވެއްޓެން އައީ އިޝަލް އާއި ލިވަޕޫލު ކުޅުންތެރިޔާ މެދަށެވެ. ދެ ކުޅުންތެރިންވެސް ބޯޅަ ހޯދަން ފުންމައިގަތެވެ. ބޯޅައިގެ ބަދަލުގައި ލިވަޕޫލު ކުޅުންތެރިޔާގެ ބޯ ޖެހުނީ އިޝަލް ބޮލުގައެވެ. ޖެހުމާއެކުހެން ދެކުޅުންތެރީ އެއްކޮށް ދަނޑު މައްޗަށް ވެއްޓުނެވެ. އެ ވަގުތު މުޅި ދަނޑު އެކީ ހިމޭންވެގެންދިޔައެވެ.
މިންހާއަށް ހީވީ އަހަރުތަކެއް ކުރީގެ ހަނދާނެއް އާވިހެންނެވެ. އިޝަލް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓިފައި އޮތް ގޮތް ސިފަވިއެވެ. އިޝަލް ކޯމާގައި އޮތް ދުވަސްތަކުގައި އޭނާގެ ހިތަށް ކުރި އަސަރު މަތިން ހަނދާންވިއެވެ. މަންމަ އާއި ބައްޕަ އޭނާ ލޯ ކުރިމަތީ ވަކިވެގެން ދިޔަ ގޮތް ސިފަވިއެވެ. އޭނާ އިޝަލްއަށް މާފު ނުކުރެވިގެން އުޅެނިކޮށް އިޝަލްވެސް އޭނައާ ވަކިވެދާނެކަމުގެ ބިރުހީވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.






Woowww kiyaa
Next part miadhu kiyaalan libunyma varah ufaa vejje.dhen minnu goi dhoo kobala pls
Eshal vx mihaaru noollhe ey minnu and Erik dhuru kuraakah.
Zaaya and ahaan gulhuvahchey ingey kiyaa avahah.hope Mia and eshal varah avahah gulheyne kamah they are made for eachother hehe and one more thing eshal ah dhera gotheh nahadhah chey
Next part varah avahah kiyaalan libeyne kamah unmeedhu kuran
Love you kiyaa ❤️
Maashaa Allah mi part vx varah varah reethi…
Eshal ah gotheii nahadhahcheyy…
Whn next??
V reethi mi part ves
😆
Thanx dear kiyaara!!!!!
I thought you’d promised to up this part after six months
Anyways this story is very amazing and curious keep it up dearoo!!!!
Haadha jessun faadu myhekey 🙄
Its ok kiyaara 🥰❤️
We understand your situation
As a reader we should respect our loving authors ah
They do have responsibilities
Ehaa bxy kon ulhemun ves n abroad ga ulhemun ves vaahaka kuriyah gendhiyaeema vvv happy vey🥰🥰
Mi site ga vahaka liya baeh kudhin ebathibi dhigu dhammaa fa dhen hama huttaafa
V
Bt ikr ikr kiyaa ehn nuhadhaane kan
We trust you and
Love you🥰🥰🥰
Woooooow kiyaa.
Mi part bes v v reethi 👏👏👏👏👏
Hama best 👍👍👍👍
Dhen oiy part bes v v avahah kiyaalan libeyne kamah unmeedhu kuran…..
Keep it up…