އިންސާފު ލިބޭނެބާ – 03
ގުޑް އައިޑިޔާ ދާލިޔާ.. އައިލް ގޯ ޗެކް އޮން އިޔާދު އެންޑް ޒާލިކް.. ދާރިއަން އަހަރެންނަށް ޖަވާބެއް މިރޭގެ ކުރިން ދިނިއްޔާ ވަރަށް ރަނގަޅު.. ” އުކައިލް ދާލިޔާއަށާއި ދާރިއަންއަށް ބުނުމަށްފަހު ހިނގައިގަތެވެ.
***ޕާޓް 3***
ހިޔާލެއްގައި ހުރެގެން ހިނގަމުންދިޔަ އުކައިލްއަށް ދެވުނީ އޭނާގެ މަންމަ ވަޅުލާފައި އޮތް ގަބުރުސްތާނަށްށެވެ. ފުންނޭވާއެއްލުމަށްފަހު މަންމަގެ މަހާނައަށް އޭނަ ބަލައިލީ އެ މަންމަގެ ލޮބުވެތި ހަނދާންތައް އައު ކުރަމުންނެވެ. ހިޔާލުތަކުގެ ކަނޑަށް ގެބެމުންދިޔަ އުކައިލްއަށް ސިހުމެއް ލިބުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވައިލުމުންނެވެ. އޭނަ އެމީހައާއި ދިމާލަށް މޫނު އަނބުރައިލަމުން ބަލައިލިއެވެ. އެއާއެކު އުކައިލްގެ މޫނު މައްޗަށް ވެރިވެގަތީ ފޫހިކަމުގެ ކަލަވަރެވެ. ނަމަވެސް ކުރިމަތީގައި ހުރި މީހާއަށް އިހްތިރާމް ކުރުމުގެ ގޮތުން އޭނަ އެކުލަވަރު ފަރުދާކޮށްލިއެވެ.
” ދަރިފުޅާ.. ބައްޕަ ވަރަށް އުފާވޭ ދަރިފުޅު ހަރުދަނާ ޒުވާނެއްގެ ގޮތުގައި ފެނުނީމަ.. މިއީ އެމަންމަގެ ތަރުބިއްޔަތުކަން ޔަގީން.. ބައްޕަ ދުޢާ ކުރަން ލާނާއަށް ސުވަރުގެ ދެއްވާނޭ ކަމަށް..” ހައިކަލް އުކައިލްއަށް ބަލައިލަމުން ބުންޏެވެ. އުކައިލް ފުން ނޭވާއެއްލުމަށްފަހު ހައިކަލްއާއި ދުރަށްޖެހިލިއެވެ. އަދި އެއްޗެކޭ ނުބުނެ ދާން ހިނގައިގަތެވެ. ” އުކައިލް ދަރިފުޅާ ބައްޕައަށް މާފުކޮށްދީ.. ދަރިފުޅު އެންމެ ބޭނުންވި ވަގުތު މި ބައްޕައަށް ދަރިފުޅު ދުރުކޮށްލެވުނީ.. ބައްޕަ އެކަމަށްޓަކައި ހާސް ފަހަރު މާފަށްއެދޭނަން.. ބައްޕަ ބޭނުންވަނީ އުކައިލް ބައްޕަގެ ގާތު އުޅުމަށް އަންނަން..” ހައިކަލް އާދޭހުގެ ރާގަކަށް ބުންޏެވެ.
ހައިކަލްގެ އަޑުގައިވި އާދޭހުގެ އަސަރު އިވި އުކައިލް އޭނާ ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. ” އަހަރެން ބައްޕައަށް މާފް މިކުރަނީ މަންމަ އަހަރެން ގާތު މީހަކު މާފަށް އެދުމުން މާފުކުރަން ނަސޭހަތްތެރިވެފަ އޮތީމަ.. އެއީ މާފަށް އެދޭ މީހާއަށްވުރެ މާފު ކުރާ މީހާ މާތްވެގެން ވާތީ.. އެކަމަކު ދެން އަހަރެންނެއް ބައްޕަ ގާތުގައި އުޅޭކަށް ނުދާނަން.. މަންމަގެ ގެ އަނދާއަޅިއަށްވި ދުވަހު އަހަރެންމެންނަށް ބޯހިޔާވެހިކަން ދިނީ މަންމަ ފަރާތު ބޮޑުބޭބެ ޖާވިދުބެ އާއި އޭނާގެ އާއިލާ.. އަހަރެން ދުވަހަކުވެސް އެކަން ހަނދާން ނައްތައެއްނުލާނަން.. ބައްޕަ، ބައްޕަގެ އާއިލާ ގާތަށްދޭ.. ބައްޕަ އަހަރެންނާއިމެދު ކޮންމެގޮތަކަށް ކަންތައް ކުރިޔަސް ތީ އަހަރެންގެ ބައްޕަ.. އެއްވެސް ކަމެއްގައި އަހަރެންގެ އެހީބޭނުވިއްޔާ ބުނަންވީ އަހަރެން އެކަން ކޮށްދޭނަން.. އެކަމަކު އަލުން އަހަރެންގެ ދިރިއުޅުން ބައްޕަގެ ގާތަށް ބަދަލު ކުރާކަށް އަހަރެން ނެތިން.. ” އުކައިލް މަޑުމައިރިކަމާއިއެކު ހައިކަލްއަށް ވާހަކަ ދެއްކިއެވެ.
އުކައިލްގެ ވާހަކަތަށް އަޑުއަހަންހުރި ހައިކަލްގެ ދެލޯ ފެންކަޅިވިއެވެ. އޭނައަށް ދޫކޮށްލެވުނީ ޖަވާހިރެއް ފަދަ އަނބަކާއި ދަރިއެއްކަން އޭނައަށް ވިސްނުނީ ވަގުތު ފާއިތުވުމުންނެވެ. ލާނާ އުކައިލްއަށް ދީފައިވާ ތަރުބިއްޔަތުގެ މަތިވެރިކަން އުކައިލްގެ ކޮންމެ ޖުމުލައަކުން އޭނައަށް ދޭހަވެއެވެ. ބުނާނެ އެއްޗެއް ނޭނގުމުން ހައިކަލް އިސްޖަހައިލުމަށްފަހު ދާން ހިނގައިގަތެވެ. ހައިކަލް ދިޔަތަން ބަލަންހުރުމަށްފަހު އުކައިލް ދިޔައީ އަސުރު ނަމާދު ބަންގި ގޮވުމުން މިސްކިތަށްށެވެ.
ނަމާދުކޮށްގެން މިސްކިތުން ފައިބައިގެން އުކައިލް އަނެއްކައިވެސް ދިޔައީ ސްޓޭޝަންއަށްށެވެ. އޭރު ޒާލިކް ލެބް ރިޕޯރޓްތަކެއް ހިފައިގެން އެނެލައިޒް ކުރަން ހުއްޓެވެ. އޭނާގެ ކައިރީގައި އާވި އަރައަރާ ހުރި ކޮފީ ތަށްޓެއް ހުއްޓެވެ. އުކައިލް އައިސް ވަނުމުން ޒާލިކް އިހްތިރާމްކުރުމުގެ ގޮތުން ތެދުވިއެވެ. އުކައިލް އަތުން އިށީނުމަށް އިޝާރާތްކޮށްލިއެވެ. އޭރު ދާލިޔާ އައިނެއް އަޅައިގެން ކޮމްޕިޔުޓާރ ސްކްރީން ކައިރީގައި އިނެވެ. އިރުއިރުކޮޅަކާ އޭނަ ދިޔައީ ނިތްމައްޗަށް ވެއްޓެމުން ދިޔަ އިސްތަށިކޮޅު ކަންފަތުގެ ފަހަތަށް ލަމުންނެވެ. އުކައިލް ދާލިޔާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ޒާލިކްއާ ސުވާލު ކޮށްލިއެވެ.
” އެއްވެސް އެއްޗެއް އެނގޭވަރު ވެއްޖެތަ؟ ” އުކައިލް ގޮޑީގައި އިށީންނަމުން އެހިއެވެ. ” އެ ސަރަހައްދު ކައިރިން ލައިޓަރެއް ފެނިފައިވޭ.. ބެލެވޭ ގޮތުގައި މި ލައިޓަރުން އައިޝަތު ލާނާގެ ހަށިގަނޑުގައި އަލިފާން ޖަހައިފައިވަނީ.. އަޅުގަނޑު ފިންގަރ ޕްރިންޓް ހޯދުމަށް ލެބްއަށް ލައިޓަރު ގެންދިޔައީ.. އެކަމަކު.. ލައިޓަރުން އެއްވެސް މީހެއްގެ ފިންގަރ ޕްރިންޓެއް ނޫނީ ޑީއެންއޭއެއް ވެސް ނެތް ފެންނާކަށް.. ” ޒާލިކް ކަރުއެލުވާލަމުން ބުންޏެވެ. ” ތީ ކިހިނެތް ވާނެ ކަމެއް؟ ” އުކައިލް އިސްތަށިގަނޑަށް އަތްމަހައިލަމުން އަހައިލިއެވެ.
” ސިންޕަލް.. ދޭ ޔޫސްޑް ގްލަވްސް.. އެމީހުން ކުރިންބައިގަ ރާވައިގެން ގިނަ ތައްޔާރީތަކެއް ވެގެން ކުރިކަމެއްކަން އެބަ އެނގޭ މީ.. ” އިޔާދު އޮފީހަށް ވަންނަމުން ބުންޏެވެ. ” އޮފްކޯޒް.. ވަޓް ޑިޑް ދި ވިޓްނެސް ސޭ؟ ” އުކައިލް އިނގިލީގެ ކޮޅުން އޭނާގެ ނިތްކުރި މަސާޖްކޮށްލަމުން އަހައިލިއެވެ. ” ވިޓްނެސްއަކީ ތޭވީސް އަހަރުގެ އަންހެނެއް. ނަމަކީ އައިމިނަތު ރޫޔާ.. ރޫޔާ ބުނިގޮތުގައި އެ ގޯޅިގަނޑަކީ ވަރަށް މީހުން މަދުން ވަދެ ނިކުމެ އުޅޭ ގޯޅިގަނޑެއް.. އެ ގޯޅިގަނޑުގައި ހުންނާނެ ފޮތިފިހާރައެއް.. އޭނަ ދިޔައީ އެ ފިހާރައަށް.. ފޮތިފިހާރައިން ނިކުތީ ލާނާގެ ރުއިމާއި ހަޅޭކުގެ އަޑުއިވޭތީ. އޭރު ފިރެހެނެއް ދުވެފަ ދާތަން ފެނުނު ވާހަކަ ބުނި.. އެ ފިހާރައިގަ އެވަގުތު ހުރި މީހާ ފުލުހުންނަށް ގުޅިކަމަށްވަނީ.. ރޫޔާއަށް ލާނާ އެފަދަ ގޮތަކަން ފެނުމުން ހޭނެތުނީ.. ” އިޔާދު އޭނައަށް ހޯދުން މައުލޫމާތު ހިއްސާކުރިއެވެ.
” ދުވެފައި ދިޔަ ފިރެހެން މީހަ ހުންނަ ގޮތް ސިފަކޮށްދިންތަ؟ ” އުކައިލް ވިސްނަމުން އަހައިލިއެވެ. ” މޫނު ނުފެނުން ވާހަކަ ބުނީ.. އެކަމަކު ފަހަތުން ފެނުނު ސިފަތަށް ކިޔައިދިން. އިސްތަށިގަނޑު ހުރީ ބްލީޗްކޮށްފަ އަދި ބުޅިކޮށް އޭނާގެ އިސްތަށިގަނޑު ކޮނޑާއި ހިސާބަށް އަރާކަމުގައި ބުނީ.. ހަންގަނޑުގެ ކުލަ އެހާ އައްޔެއްނޫން.. ކަންފަތް ދެތިން ތަނުން ތޮރުފައިފަ.. އޭނަ ލައިގެން ހުރީ ފެހި ކުލައިގެ ދޫކޮށް ހުރި ޓީޝާޓްއަކާއި ދޫ ފަޓުލޫނެއް ކަމުގައި ރޫޔާ ބުނެފައިވަނީ..” ޒާލިކް ބުންޏެވެ.
” ޒާލިކް ތިކިޔައިލީ މިހާރުގެ ޒުވާނުންގެ ހުރިހާ ސިފައެއްނުން.. އާނ ކޫލްވާންވެގެން ކަންފަތުގެ ދެތިން ހަތަރު ތަނުން ތޮރުފާފަ އިސްތަށިގަނޑު އިސްފިރޭނަކަށް ނުހަދާ އުޅޭ މީހުން މި މާލޭގަ މަދުވާނެ..” ދަލިޔާ ކޮންޕިޔުޓަރ ކައިރީގައި އިނދެ އޭނާގެ ހިޔާލު ފާޅުކޮށްލީ އުކައިލް ދިޔައީ ކަމަށް ހަދައިފައެވެ. ޒާލިކް ދާލިޔާ ހުއްޓުވަން ކަރުކެހިލިއެވެ. އެކަކު އެކައްޗެކޭވެސް ނުބުނުމުން ދާލިއާ އޭނަގެ ގޮޑި އަބުރައިލާ ފަހަތަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދޮން މޫނު ރަތްވެގެން ދިޔައެވެ. އުކައިލް ދާލިޔާއަށް ވީގޮތުން އެއްމިޔަކަނުން ކުޑަކުޑަކޮށް ހީލިއެވެ. ” އަމްމް.. ސޮ.. ސޮރީ..ސާރ.. އަޅުގަނޑު އެހެން ބުނި އެއްޗެއް ނޫން.. ” ދާލިޔާގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. ޒާލިކް އާއި އިޔާދު ކެއްސަންފެށީ އެމީހުންގެ ގާތަށް އައި ހިނިގަނޑު މަތަކުރުމަށްށެވެ. އުކައިލް ބޯޖަހައިލަމުން އަވަހަށް އެތަނުން ދިޔައެވެ.
” ހަހަހަ.. ލިޔާއަށް ކީއްތަ އަޅެވަނީ އުކައިލް ފެނުނީމަ؟ ” އިޔާދު ހިނިގަނޑެއް ޖަހައިލަމުން ސުވާލުކޮށްލިއެވެ. ” އަޅޭ ނޭނގޭތަ ވާގޮތެއް އިޔާދޫ؟ ހިތުގެ ތެޅުން ބާރުވަނީ ހަށިގަނޑުގައި ވާހާ ލެޔެއް ދެކޮލަށް އެޅެނީ.. ” ޒާލިކް ހެމުން އަޑު ބަދަލުކޮށްލަމުން ބުންޏެވެ. ދެމީހުން ދިމާކުރަން ފެށުމުން ދާލިޔާ މާ ބޮޑަށް ލަދުގަތެވެ. އޭނަ ދެމީހުންނަށް ލޯއަޅައިލުމަށްފަހު އޮފީހުން ނިކުތެވެ. ކުޑަކޮށް ބޯހަމަޖައްސާލުމަށްޓަކައި ދާލިޔާގެ މިސްރާބުހުރީ ބެލްކަންޏަށްށެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ ބެލްކަނިން ތިރި ބަލައިލިއެވެ. އިމާރާތަކީ އުސް އިމާރާތެއް ކަމުން ބިމުގައި ހިނގައިބިނގައިވެ އުޅޭ މީހުން ފެންނަނީ ކުދި ހިނިތަކެއް ފަދައިންނެވެ.
ދާލިޔާ އުނޑަށް ބަލައިލިއެވެ. އިރުއޮއްސޭ މަންޒަރު ފެންނަމުން ދިޔައީ ކިތަންމެހައިވެސް ނަލަކޮށްށެވެ. ރަތާއި އޮރެންޖްގެ ކުލަތަކުން އުޑުމަތި ފެވިފައިވީއިރު ސިފަވަނީ މޮޅު ކުރުހެންތެރިއެއްގެ ރީތި ކުރެހެމެއްގެ މަންޒަރުތަކެއްހެންނެވެ. ކުދި ކުދި ކަފަ ވިލާތައް އުޑުގައި އުދެހެމުން ދިޔައެވެ. ކާއިނާތުގައި ފިލާ ތިބޭ ތަރިތަށް ރޭގަނޑުގެ އަނދިރިކަމަށް ނިކުމެ ކުދި ކުދި ޖަވާހިރުތަކެއް ފަދައިން އުނޑުގައި ބަބުޅަމުން ދިޔައެވެ. ރޭނގަޑުގެ ރީތި ކަމަށް ގެއްލިފައިހުރި ދާލިޔާއަށް ސިހުމެއް ލިބުނީ މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވިފައެވެ. އޭނަ ފަހަތަށް އެނބުރިލި އިރު އުކައިލް ޖީބަށް އަތްޖަހައިލައިގެން ހުއްޓެވެ.
ދާލިޔާއަށް ސިކުންތުކޮޅަކަށް ވަށައިގެންވި މާހައުލު ލަސްވިފަދައެވެ. އުކައިލް ހުރީ ފާރުގައި ލެގިލައިގެން ދާލިޔާއަށް ބަލާށެވެ. ދާލިޔާ އޭނާގެ ބޮޑު ދެލޮލުން އުކައިލްއާއި ދިމާލަށް ބަލަމުން ދިޔަ ގޮތުން އުކައިލް ދެބުމަ ގޮށްޖަހައިލިއެވެ. ދާލިޔާ ދިޔައީ އުކައިލްގެ ކޮންމެ ހަރަކާތެއް ފަރުވައިތެރިކަމާއި އެކު ބަލަމުންނެވެ. އުކައިލް ޖީބަށް އަތްޖަހައިލައިގެން ހުރި ގޮތުން ހީވަނީ މޮޑެލްއެއް ފޮޓޯނަގަން ހުއްޓިގެން ހުރިހެންނެވެ. އުކައިލްގެ ޕޮލިސް ޔުނީފޯރމް ހީވަނީ އޭނާގެ ފިރެހެންވަންތަކަމަށް ތައުރީފު ކުރަމުން ދިޔަހެންނެވެ. އަތްކުރި މުލައްދަނޑިއާއި ހިސާބަށް އޮޅާލައިފައިވުމުން އިތުރަށް ފިރެހެން ވަންތަކަމަށް ދައްކައެވެ. އޭނާގެ ކުރު އިސްތަށިކޮޅު ވަނީ ކުޑަކޮށް ހޭވިފައެވެ. ދާލިޔާ އޭނައަށް ގެއްލިފައި ބަލަހައްޓައިގެން ހުރުމުން އުކައިލް ދާލިޔާގެ ކުރިމަތީ އަތް ހޫރުވައިލިއެވެ.
” ފޯކަސް ދާލިޔާ.. ދާރިއަން ދުށިންތަ؟ ” އުކައިލްގެ ފިރެހެންވަންތަ އަޑު އިވުމުން ދާލިޔާގެ ހިޔާލީ ދުނިޔެއިން ނުކުމެވުނެވެ. އަވަހަށް އިސްޖަހައިލުމަށްފަހު ބޯހޫރައިލިއެވެ. ދާލިޔާ ހުރީ އޭނައަށް އުކައިލްއަށް ބަލަން ހުރެވުން ގޮތުން ރަކިވެފައެވެ. ” ދާރިއަން ފެނިޖެއްޔާ އަހަރެންގެ އޮފީހަށް އައުމަށް ބުނައްޗެ.. ” އުކައިލް ދާލިޔާއަށް ބަލައިލަމުން ބުންޏެވެ. ” ލައްބަ.. ސަރ.. ” ހިމަ އަޑަކުން ދާލިޔާ ބުންޏެވެ.
” ދާލިޔާއަށް ދިން މަސައްކަތް ކުރިޔަށްދޭތަ އެބަ؟ ” އުކައިލް އަހައިލިއެވެ. ” ޔެސް އަޅުގަނޑު ސެކިޔުރިޓީ ޓީމްއާއި ވާހަކަ ދައްކައިފިން.. އޭރު އެގަޑީގައި ހުރި މީހާ ދިޔައީ ޓޮއިލެޓްއަށް އަދި ދެން ހުރި ދެމީހުން އޭގެ ވަގުތުކޮޅެއް ކުރިން ގެނައި ކޮފީއެއްގެ ސަބަބުން ނިދުނީ ކަމަށް ބުނީ.. ކޮފީގެ ސާމްޕަލް ނެގިއިރު ވަރަށް ބާރުގަދަ ސްލީޕިން ޕިލްއެއްގެ އަސަރު ފެނޭ.. ” ދާލިޔާ އިސްޖަހައިގެން ހުރެ އޭނާއަށް އެއްކުރެވުނު މައުލޫމާތު އުކައިލްއަށް ކިޔައިދިނެވެ. ” ޑޭމްއިޓް.. އެމީހުން ކުރިންވެސް ވަރަށް ރާވާފަ މިވަނީ ހުރިހާ ކަމެއް.. ދޭ އާރ ވަން ސްޓެޕް އަހެޑް އޮފް އަސް.. ” އުކައިލް އޭނާގެ އިސްތަށިގަނޑަށް އަތް މަހައިލަމުން ބުންޏެވެ.
” ސާރ ޑޯންޓް ގިވް އަޕް.. ވީ ވިލް ފައިޑް ޖަސްޓިސް ފޯރ ޔުއާރ މޮމް.. ” ދާލިޔާ ހިތްވަރު ދިނުމުގެ ގޮތުން ބުންޏެވެ. އުކައިލް ފުންނޭވާއެއްލުމަށްފަހު ހިތި ހިނިތުންވުމެއް ދާލިޔާއަށް ދިނެވެ. ދާރިއަން އެވަގުތު އެމީހުން ގާތަށް އައިސް ހުއްޓުނެވެ. “ހޭއި ލިޔާ” ދާލިޔާ ފެނުމުން ދާރިއަން ގޮވައިލިއެވެ. ” އަނެއްކާ ގޯސް ވަގުތަކުތަ މި އާދެވުނީ.. ” ހިތަށް އެރި އެއްޗަކުން ލާނެތް ގޮތަކަށް ހީލަމުން ދާރިއަން އަހައިލިއެވެ. ” ދޮންބޭ ” ދާލިޔާ އަކުރުތަކަށް ދަމާލަމުން ގޮވައިލިއެވެ. ” ދާރިއަން ބީ ޕްރޮފެޝަނަލް.. ސަކަރާތް ނުޖަހާ.. ” އުކައިލް ހިތްހަމަޖުޖެހުމުގެ ރާގަކަށް ބުންޏެވެ.. ” ކޭކޭ.. ސޯ އަހަރެން މިއައީ ޖަވާބެއް ހިފައިގެންނޭ ބަޑީ.. ” ދާރިއަން އުކައިލްއަށް ބަލައިލަމުން ބުންޏެވެ. ” ކޮބާ ޖަވާބަކީ؟ ” އުކައިލް އަހައިލިއެވެ.
” ޔެސް އަހަރެން ވަންނާނަން އަންޑަރކަވާއެއްގެ ގޮތުގަ އެ ގޭންގަށް.. ” ދާރިއަންގެ ޖުމުލައިން ދާލިޔާގެ ކަންފަތް ކައިރީ ބޮމެއް ގޮވައިލި ފަދައެވެ. ” ވަޓް ދޮންބެ މޮޔަވީތަ؟ ” ދާލިޔާގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Maasha Allah mi part vx varah varah reethi….
Whn next??
How older you?.
You are so talented 😊😊
Mia is a hacker and a secret agent of Maldives???
Wooowww that was a wild guess… Maybe she is or maybe she us not… Let’s see dhw😅
Thank you Nawar.. Vrh happy vejje Nawar ah mi part reethi v kan enguneema💜
Next part insha Allah Saturday ga 🥰
I’m 18 years old hehe😅 what about u?
Awwnn that made my day🥰💜
Lyssm💜🦋
I’m 13….😊😊😊
I see☺
Hey butterfly 🦋
This part is also so beautiful ❤️❤️
Plssssss previous story ga hedhihen sad ending eh nugen nah che plss🥺🥺🥺🥺🥺
And wow vv reethi sifakurun thah
Although this may be my first comment I have read all of your stories and I noticed this thing that your writing skill have improved a lot……hehe just notice veema bunely
Once again loved this part 😍😍😍
And curiously waiting for the next one
Love you ❤️❤️
Hey Shimmer💜
Thankyouuu vrh happy vejje darling ah mi part reethi v kan enguneema💜💜
Haha Lets see dhw mi storyge ending ga vany kihineh thww..😭😭
Awww Thankyouuu💜💜
Awww I’m so happy Shimmer hurihaa stories eh read kurikan enguneema.. Thankyouuu I’m trying my best to improve them💜💜
Thanksss💜💜
Next part insha allah saturdayga..😊
Love you moreee💜🦋