Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 44

BONDAY Level 210 Stories
December 1, 2015 5 Mins Read
51 Comments

މަޑުމަޑުން ހިނގާފައި ދިޔަ ސެލީނާގެ މޫނުމަތިން އެއްވެސް ކަހަލަ އުފާވެރިކަމެއް ފެންނާކަށް ނެތެވެ.  ހިތުގައި އުފެދިފައިވާ ރިހުމެއްގެ ސަބަބުން ހީވަނީ ހިތް ކުދިކުދިވެގެން ހިނގައިދާނެހެންނެވެ. ނަމަވެސް މިލާ މޯޅިވެފައި ހުރި މޫނު އުޖާލާވެގެން ދިޔައީ ކުއްލިއަކަށެވެ. ޒެދީންއަށް ހުރިހާ ހަގީގަތެއް ކިޔައިދޭން ދިޔަ ސެލީނާގެ ހިޔާލް ބަދަލްވެގެން ދިޔައީ ކުއްލިއަކަށެވެ. ޒެދީން ހާސިލް ކުރަން ކޮންމެ ކަމެއް ކުރަން ޖެހުނަސް ސެލީނާ ފަހަށް ޖެހޭކަށް ބޭނުމެއް ނުވިއެވެ. ޒެދީން އެއީ އޭނަގެ ލޯތްބެވެ. ސެލީނާއަށް ވިސްނުނު ގޮތުގައި އެމީހެއްގެ ލޯބި އަނެކާއަށްޓަކައި ގުރުބާން ކުރާނީ މޮޔައިންނެވެ. ޒެދީންގެ ރޫމާއި ދިމާލަށް ގޮސްގޮސް ހުރި ސެލީނާ އޭނަގެ ރޫމަށް މިސްރާބު ޖެހީ ޝައިތާނާ އޭނަގެ ސިކުނޑިއަށް ސަވާރުވުމުންނެވެ.

އެދުވަހު މެންދުރުފަހު ދެއެއް ޖެހިއިރު ފުރާގޮތަށް ހަމަޖެހުމުން މައިޝާމެން ރޫމަށް ގޮސް ތައްޔާރުވެލައިގެން ރޫމުގައި މަޑުކުރީ ފައިހާ ވަރުބަލިވެފައިވާ ވާހަކަ ބުނުމުންނެވެ. ބޭރަށް ނިކުމެ އުޅެނިކޮއް މައިޝާއަށް ޒެދީން ފެނިދާނެތީ ފައިހާ ގަސްތުގައި ދޮގުހެދީއެވެ. އެކެއްޖެހުމުން އަރުޝަދު މައިޝާމެން ބަލާދިޔައީ މެންދުރުގެ ކެއުމަށެވެ. މެންދުރުގެ ކެއުން ނިންމާލިއިރު ދޭއްޖަހަން ކައިރިވަނީއެވެ. އަރުޝަދުވެސް ފައިހާމެން ފުރުވާލާފައި ކެންޓީނަށް ދިޔައީ ބަނޑުފައިވެފަ ހުރުމުންނެވެ.

ސެލީނާ ޒެދީންގެ ރޫމަށް ދިޔައީ އެދުވަހު ހަވީރުވި ފަހުންނެވެ. ދެފަހަރަކަށް ބެލް ޖަހާލުމުން ޒެދީން އައިސް ދޮރުހުޅުވާލިއިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ޒެދީން ދޮރުހުޅުވާލުމުން ސެލީނާއަށް ދެލޯ ބޮޑުކޮއްލެވުނީ ޒެދީން ހުރި ގޮތް ފެނިފައެވެ.

” ކިހިނެއްވެފަ ތިހިރީ…؟ ” ސެލީނާ ޒެދީންގެ މޫނުގައި ހުރި ދާތިކިތައް އަތުން ފޮހެލައިދެމުން ބުނެލިއެވެ. ސެލީނާ ތަކުރާރުކޮއް ސުވާލް ކޮއްލިއިރުވެސް ޒެދީންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ސެލީނާ ރޫމަށް ވަދެ ދޮރުލައްޕާފައި ގޮސް އެނދުގައި އިށިން އިރުވެސް ޒެދީން އެހުރި ތަނުގައި ހުއްޓިގެން ހުއްޓެވެ.

” އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނަން…! ” ދެމީހުންނަށްވެސް އެހެން ބުނެވުނީ އެއްކޮއް ކަހަލަ ގޮތަކަށެވެ. ނަމަވެސް ދެމީހުން ކުރެ އެކެއްގެ މޫނުމަތިންވެސް އެވަގުތު ހިނިތުންވުމެއް ފެނިގެން ނުދިޔައެވެ.

” ސެލީ ފުރަތަމަ ބުނޭ..! ” ޒެދީން ކައިރީގައި ހުރި ސޯފާއަށް ވެއްޓި ގަނަންނަމުން ބުނެލިއެވެ. ސެލީނާވެސް އެދުނީ ފުރަތަމަ ޒެދީން ބުނުމަށެވެ.

” ސެލީ… އަހަރެންގެ ހުރިހާ ހަނދާންތަކެއް އެނބުރި އައިއްފި…! އަހަންނަށް އަނގޭ މިހާރު އަހަރެން މީ ކާކުކަން… ” އިރުކޮޅެއް ވަންދެން ސެލީނާގެ މޫނަށް ބަލަހައްޓައިގެން އިނދެފައި ޒެދީން ބުނެލިއެވެ. ސެލީނާ ދެލޯ ބޮޑުކޮއްލަމުން ޒެދީންއަށް ބަލާލީ އޭނައަށް އެއިވުނީ ރަނގަޅަށްހެން ހީނުވާތީއެވެ.

” ކީ… ކީ… ކޭ..؟ ” ސެލީނާއަށް އަހާލެވުނީ ތަންކޮޅެއް އުނދަގުލުންނެވެ.

” ސެލީއަށް އިނގޭތަ..؟ އަހަރެންގެ އަސްލު ނަމަކީ ފާޒިން… ” ފާޒިން އެހެން ބުނެލިއިރު އޭނަގެ މޫނުމަތީގައި ހިނިތުންވުމެއް ވިއެވެ. ގަބޫލް ކުރަން ދަތިވެފައި ސެލީނާއަށް އިނދެވުނީއެވެ. އެއްޗެއް ނުބުނެވުނު ތާނގައި ހަރަކާތެއްވެސް ކޮއްނުލެވުނެވެ.

” އަހަރެން ދެއްކީމެއްނު އަންހެނެއް… އެއީ އަހަރެންގެ އަންހެނުން… މައި..! ” ފާޒިންއަށް އެހެން ބުނެވުނުއިރު މަޑު ރިހުމެއް އެއަޑުގައި އެކުލެވިގެން ދިޔައެވެ.

” މިއަދު ހެނދުނު އަހަރެން މަޖަލަކަށް ހަދާފައި ބުނީމެއްނު އަނެއްކާ ދީންގެ ދަރިފުޅުހޭ ތީ…؟ ހަގީގަތަށްވެސް އެއީ ދީންގެ ދަރިފުޅޭ…! ” ސެލީނާ އެވާހަކަ ބުނީ އިތުރަށް ސިއްރުކޮއްގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެތީއެވެ.

” ސެލީއަށް ކިހިނެއް އެނގުނީ އެއީ އަހަރެންގެ ދަރިއެއްކަމެއް… އަހަރެން ލަންޑަނަށް ދިޔައިރު މައި ބަނޑުބޮޑެއްވެސް ނުން… އަނެއްކާ…؟ ” ފާޒިންއަށް ގަބޫލްކުރަން ދަތިވިއެވެ. ފާޒިން ފުރައިގެން ލަންޑަނަށް ދިޔައިރު މައިޝާ ބަނޑުބޮޑީހެއްޔެވެ.. އެއީ ފާޒިންގެ ދަރިއެއްކަން އެނގުމުން ބޭއިހްތިޔާރުގައި ފާޒިންއަށް ހިނިތުންވެލެވުނެވެ.

” ސެލީ އަހަރެން ބޭނުން އަހަރެންގެ ދަރިފުޅުގެ ކައިރިއަށްދާން..! ” ފާޒިން ކޮޅަށް ތެދުވިއިރު އޭނަގެ އަޑުގައިވެސް ޖޯށެއް އެކުލެވިފައި ވިއެވެ. ދޮރާއި ދިމާލަށް ގޮސް ގޮސް ހުރި ފާޒިން ހުއްޓުނީ ސޯފާމަތީގައި އޮތް އޭނަގެ ފޯން ރިންގުވާން ފެށި އަޑަށެވެ.

” ހަލޯ.. ދަރިފުޅުމެން ނުވެސް ކާ ދުވަހަކީތަ..؟ ” ފާޒިން ގޮސް ފޯނު ނަގާ ބަލާލިއިރު ގުޅަނީ ޒޮބީދު ކަމުން އިރުކޮޅެއް ވަންދެން ފޯނަށް ބަލަން ހުރެފައި ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

” މިދަނީ ތައްޔާރު ވެލައިގެން…! ” ސެލީނާއަށް ބަލާލަމުން ފާޒިން ބުނެލިއެވެ.

” ސެލީ ކައިފިންތަ…؟ ބައްޕަ ބުނި ކާންދާން އަންނާށޭ… އަހަރެންވެސް މިނިކުންނަނީ ރެޑީވެލައިގެން..! ” ތުވާލި ނަގައިގެން ގޮސް ފާހާނައަށް ވަންނަމުން ފާޒިން ބުނެލިއެވެ. ސެލީނާ ނިކުންނަން ދެން ފާޒިން ސޯފާގައި މަޑުކޮއްލައިގެން އިނީ އޭނަގެ ފޯނާ ކުޅޭށެވެ.

” ކިނެއްވެގެން މާހެވިފައި ތިހުރީ..؟ ” ފާހާނައިން ނިކުތް ސެލީނާ ފެނުމުން ފާޒިން އަހާލިއެވެ.

” އަހަރުމެން ދެމީހުން މެރީކޮއްގެން އުޅޭނަމަ މިހާރު އަހަރެންވާނީ ދީންގެ ދަރިފުޅުގެ ދޮންމަންމައަށް ދޯ.. ” ފާޒިންކައިރިއަށްވެސް ހިނިއައީ ސެލީނާ އެކަހަލަ ކަންތަކާ ވިސްނާފައި ހީހަދާތީއެވެ. ޒޮބީދު ފާޒިންމެން ލަސްވެގެން ދެވަނަފަހަރަށް ގުޅީ އެވަގުތުއެވެ.

” އަވަސްކުރޭ.. ބައްޕަ ލަސްވެގެން އެގުޅަނީ…! ” އެނދުން ތެދުވަމުން ފާޒިން ބުނެލިއެވެ. ސެލީނާވެސް ފާޒިންގެ ފަހަތުން ބޮލުގައި ސުކާފެއް އައްސާލަމުން ނިކުތެވެ. ބޮލުގައި މަޑުފިޔައިތޮށި ކުލައިގެ ސުކާފު އައްސާލާފައި އޮތްއިރު ސެލީނާގެ ރީތިކަން އިންތިހާއެވެ. ފާޒިންއަށްވެސް އޭނަގެ ފަހަތުންއައި ސެލީނާފެނި ހުއްޓުންއެރިއެވެ. ފާޒިން ބަލަހައްޓައިގެން ހުރިގޮތުން ސެލީނާ ނިތް އަރުވާލުމުން ފާޒިން ދެފަރާތަށް ބޯހޫރާލީ ކަމެއް ނުވޭ ބުނުމުގެ ގޮތުންނެވެ. ފާޒިންއަށް ސެލީނާގެ އެރީތިކަން މީގެކުރިންނެއް ފާހަގައެއް ނުކުރެވެއެވެ.

ކެއުން ނިންމާލުމަށްފަހު ފާޒިންއާއި ސެލީނާ ދިޔައީ މައިޝާމެންގެ ހަބަރެއް ވޭތޯއެވެ. ނަމަވެސް އިރުކޮއްސުނު އިރުވެސް މައިޝާމެންގެ އެއްވެސް ހަބަރެއް ނުވުމުން ފާޒިން ކުޑަކޮއް ހިތްނުތަނަވަސް ވާގޮތްވިއެވެ.

އެރޭގެ ކެއުން ނިންމާލާފައި ފާޒިންއާއި ސެލީނާ ވަނީ އަނެއްދުވަހު މާލެ ދާގޮތަށް ހަމަޖައްސައި ހުރިހާ ކަމެއް ރާވާފައެވެ. އެރޭ ދިހައެއް ޖަހާލިއިރު ފާޒިންވެސް އަވަހަށް ނިދަން ދިޔައީ އަނެއްދުވަހުގެ ހެނދުނު އަވަހަށް ހޭލުމުގެ ބޭނުމުގައެވެ. ފާޒިން ނިދަން ދިއުމުން ސެލީނާ ޒޮބީދުއަށް ހުރިހާ އެއްޗެއް ކިޔާދިނީ އެންމެ ރަނގަޅު ގޮތްކަމުގައި ސެލީނާއަށް ފެނުމުންނެވެ. ފާޒިން ނިދަން ދިޔަނަމަވެސް އެރޭ މެންދަމު އެކެއް ޖެހިއިރުވެސް އޭނަގެ ލޮލަށް ނިދި އެރޭގޮތެއް ނުވިއެވެ. މައިޝާގެ ހިޔާލްތައް އެސިކުނޑީގައި ވަނީ ފުނި ޖެހިފައެވެ. ދެފަރާތަށް ފޮރޮޅިލާ ފޮރޮޅިލާ އޮއްވާ ފާޒިންއަށް ނިދުނީ ތިނެއްވެސް ޖެހި ފަހުންނެވެ.

ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށް ފާޒިންއަށް ހޭލެވުމާއެކު ފުންމާފައި ކޮޅަށް ތެދުވެވުނެވެ. އޭރު ގަޑިން އަށެއްޖަހަނީއެވެ. ސެލީނާވެސް ރެޑީވެގެން އައިސް ފާޒިންގެ ރޫމްގައި ބެލްޖަހާ ނުހުޅުވުމުން އެންމެ ފަހުން ގުޅަންފެށީއެވެ. ރޫމްގެ ދޮރު ހުޅުވާފައި ފާޒިން ފާހާނައަށް ދިޔައީވެސް ދުވެފައެވެ. ސެލީނާވެސް ހުރީ ފާޒިންގެ އެއާދަ ފެނި ހައިރާންވެފައެވެ. ފާއިތުވެގެންދިޔަ ތިންއަހަރުގައިވެސް ފާޒިން ތަނަކަށްދާން ލަސްވެގެން އުޅެނިކޮއް އޭނައެއް ނުދެކެއެވެ. ކިތަންމެ ބޮޑަށް ލަސްވިއަސް އަވަސް އަރުވައިލައިގެން ދުވަހަކުވެސް ނޫޅެއެވެ.

ފާޒިންމެންނަށް މާލެ ދެވުނީ ދިހައެއް ޖަހަން އުޅެނިކޮށެވެ. ހަނަމްބަރަށް ފާޒިންމެން ފޭބުމުގެ ކުރިން ހަވީރު ހަތަރެއް ޖަހާއިރު ފުރާވާހަކަ މާލެ ޓުއަރއަށް ދިޔަ ހުރިހާ ގެސްޓުންގެ މައުލޫމާތައްޓާކާ ލޯންޗުގެ ކައްޕިވެސް ބުނެލިއެވެ. މާލޭގެ ފަސްގަނޑުގައި ފައިޖެހުމާއެކު ފާޒިންއަށް ވަރަށް އެހެންކަހަލަ އިހުސާސް ތަކެއް ކުރެވުނެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް އެތަކެއް ހަނދާނެއް އާކުރުވިއެވެ. އެކިތަންތަން ބަލަމުން ފޮޓޯނަގަމުން ދިޔައިރު ސެލީނާވެސް ހައިރާންވީ އެހާކުޑަ ކުޑަ ރަށެއްގައި އެހާގިނަމީހުން އުޅޭތީއެވެ. މުޅި މަގުމަތި އޮތީ ދުއްވާ އެއްޗެހިން ފުރިފައެވެ.

” ދެން ހިނގާ ޓެކްސީއަކަށް އަރަން… ހިނގާ ހިނގާ ވަރުބަލިވެއްޖެ… ” މަގުފާރުގައި ލެގިލަމުން ސެލީނާ އަތުގައި އޮތް ޓިޝޫކޮޅުން މޫނު ފޮހެލިއެވެ. ފާޒިން މަގުމަތިންދިޔަ ޓެކްސީއެއް ހުއްޓުވުމަށްފަހު އެއަށް އެރާ ދާންވީ އެޑްރެސްބުނެލިއެވެ. ބާރުބޮޑުކަމުން ޓެކްސީ ދުއްވެނީވެސް ވަރަށް މަޑުންނެވެ. ފަނަރަ ވަރަކަށް މިނެޓުގެ ދިގު ދަތުރަކަށްފަހު ޓެކްސީ މަޑުކޮއްލީ ބޮޑުގެއެއްގެ ދޮރުމަތީގައެވެ. ފާޒިން އޭނަގެ ވޮލެޓުން ފަސް ޕައުންޑުނަގާ ޓެކްސީ ޑުރައިވަރު އަތަށް ދިނުމުން ވަރަށް ހެވިފައި އިނދެ ޑުރައިވަރު ޓެކްސީ ދުއްވާލިއެވެ.

ޓެކްސީ ދުއްވާލުމާއެކު ފާޒިން ކުރިމަތީގައި ހުރި އޭނަގެ ގެއަށް ނަޒަރު ހިންގާލިއެވެ. އިތުރު އެއްވެސް ބަދަލެއް އައިސްފައި ހުރި ކަމަކަށް ފާޒިންއަކަށް ގަބޫލެއް ނުކުރެވުނެވެ. ބަގީޗާ އަދިވެސް ހައްދާފައި އޮތްކަން އެނގެނީ ސަރަހައްދަށް ފެތުރިފައި އޮތް މާމެލާ މެލީގެ މީރު ވަހުންނެވެ. އެސަރަހައްދަކީ ގަސްގިނަ ސަރަހައްދެއްކަމުން ފުދޭވަރަކަށް ފިނިވައިރޯޅި ޖެހެމުން ދިޔައެވެ.

” އަދިވެސް މަޑުކޮއްގެން ހުރީތަ…؟ ދެންވެސް ހިނގާބަލަ އެގެއަށް ވަންނަން… ” ގޭގެ ދޮރާއި ދިމާލަށް ބަލަހައްޓައިގެންހުރި ފާޒިންގެ އަތުގައި ހިފާ ތަޅުވާލަމުން ސެލީނާ ބުނެލިއެވެ. ގޭގެ ސެކިއުރިޓީއަކަށް އިނީ އާމިހެއްކަމުން ފާޒިން އަކީ ކާކުކަމެއް އޭނައަކަށް ނޭގުނެވެ. ނަމަވެސް ވަދީފާއާއި ބައްދަލުކޮއްލަން ކަމަށް ބުނުމުން ނިކަން ފަސޭހައިން ދޮރުހުޅުވާލަ ދިނެވެ. ދޮރުމަތީގައި މަޑުކޮއްލައިގެން ހުރުމަށްފަހު މަޑުމަޑުން ފާޒިން އެތެރެއަށްވަނެވެ.

ގޯތިތެރެ އެކިވައްތަރުގެ މާމެލާމެލިން ފުރިފައި އޮތްއިރު ހަދާފައި އޮތް ބޮޑުމަސްފެންގަނޑުގެ ސަބަބުން އެތަންނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އަދި ބަގީޗާ ތެރޭގައި ހައްދާފައިވާ ފެހިކުލަގަދަ ކާޕެޓުވިނަގަނޑު ފެނުމުން އެތަނުގައި ފާޒިން ތެންމަންވެގެން މައިޝާ ފެންހޮޅި ހިފައިގެން އުޅޭހަދާންވުމުން ބޭއިހްތިޔާރުގައި ފާޒިންއަށް ހިނިތުންވެލެވުނެވެ.

ގޭގެ ބެލް ޖަހާލިއަޑަށް ސިޓިންގްރޫމްގައި ޓީވީ ބަލަން އިން ވަދީފާ ސިޓިންގްރޫމުގެ ދޮރާއި ދިމާލަށް ހިނގައިގަތީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ވަދީފާ ދޮރުހުޅުވަން ދިޔައިރު މަޑު ރާގެއް ކިޔަމުން ދިޔައެވެ. ދޮރުހުޅުވާލި ވަގުތު ވަދީފާ ހުއްޓުން އެރީ ކުރިމަތީގައި ހުރި ފާޒިން ފެނިފައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެދެލޯ ފުރިގެން ކަރުނަ އޮހިގަތެވެ. ވަދީފާ ހޭވެރިކަމެއްވީ ފާޒިން އޭނަގެ އަތުން ވަދީފާގެ ލޮލުން އޮހިގަތް ކަރުނަތައް ފޮހެލައިދިނުމުންނެވެ. ފާޒިންގެ ގައިގައި އޮޅުގަތްއިރު ވަދީފާއަށް އަޑުން އަޑުނަގާ ރޮއިގަނެވިއްޖެއެވެ. ފާޒިން ނުރޯން މަސެއްކަތް ކުރިނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.

” ކޮންތާކު އުޅެފައި ތިއައީ ދަރިފުޅާ…؟ މަންމަ ހާދަ އިންތިޒާރެއް ކޮއްފީމޭ… ދެން މަންމަމެން ދޫކޮއްލާފައި އެއްވެސް ތަނަކަށް ނުދައްޗޭ…! ” ވަދީފާ ފާޒިންގެ ގައިގައި ފިރުމަމުން ވާހަކަ ދެއްކިއިރު ހީވަނީ މޮޔައެއްހެނެވެ. އޭރުވެސް ވަދީފާ ފާޒިންގެ ގައިން ދޫކޮއްނުލައެވެ. ހީވަނީ ގެއްލިދާނެތީ ބިރުން ހުރިހެންނެވެ.

” މަންމާ… އަހަރެން މިއައީއޭ… ދެން މަންމަމެން ދޫކޮއްލާފަ އެއްވެސް ތަނަކަށް ނުދާނަމޭ…! ” އޭރު ފާޒިންއަށްވެސް ރޮވިއްޖެއެވެ. އެމަންޒަރު ބަލަން ފަހަތުގައި ހުރި ސެލީނާގެ ލޮލުންވެސް ކަރުނަ އޮހެރެނީއެވެ. ކުރެވެން އުޅުނު ދަށު ދަރަޖައިގެ އަމަލުން އަމިއްލަ ނަފްސަށް އެގަޑީގައި މަލާމަތްވެސް ކުރެވުނެވެ.

” އާދޭ އެތެރެއަށް… މީ ކޮންކުއްޖެއް… ދަރިފުޅުގެ ރައްޓައްސެއްތަ…؟ އާދޭ… ” ފާޒިންގެ ފަހަތުގައި މަޑުކޮއްލައިގެން ހުރި ސެލީނާއަށް ބަލާލަމުން ވަދީފާ ބުނެލިއެވެ. އަދި ސެލީނާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނާން ހިނގައިގަތެވެ. ވަދީފާގެ އެގާތްކަންފެނި ސެލީނާ އޭނަގެ މަންމަ މަތިން ހަދާންވެ ހިތަށް ވަރަށް އަސަރުކުރިއެވެ.

ފާޒިން އެތެރެއަށް ވަތްއިރު އިތުރު އެއްވެސް ތަފާތެއް ފާޒިންއަކަށް ނުފެނެވެ. އެއްފަރާތު ފާރުގައި އެއާއިލާގެ އެންމެންގެ ބޮޑު ފޮޓޯގަނޑެއް ހަރުކޮއްފައި އިންއިރު ކުޑަކުޑަ ފިޒާންއާއި މާލްގެ ފޮޓޯއެއްވެސް ފާރުގައި ހަރުކޮއްފައި ހުއްޓެވެ.

” ވަރަށް ލޯބިދޯ ކޮކީ…؟ ” ފާޒިން ފިޒާންގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރުމުން ވަދީފާ އައިސް ބުނެލިއެވެ. ފާޒިން އެއްބަހެއްވެސް ނުބުނެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރިއިރު އެދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ލޯބީގާ ވާތީފަނާ…

Next

ޝެރިން (21 ވަނަ ބައި)

Next
December 1, 2015

ޝެރިން (21 ވަނަ ބައި)

Previews
December 1, 2015

ލޯބީގާ ވާތީފަނާ…

51 Comments!

  1. Ira says:
    December 1, 2015 at 9:26 am

    Alhe ihthu den Mon dhuvahakun the story up kohdheyney 🙁 mihaaru inthixaaru koh koh varubali vejje 🙁 story is awesome 😉 avahah genesdheichey 😉 🙂

    1. Ira says:
      December 1, 2015 at 9:27 am

      I’m first 🙂 🙂 :-s

  2. ninth says:
    December 1, 2015 at 9:26 am

    mioh haa dhuvas kohffa vx haadha kurukoshey miothy genessa

  3. Shif says:
    December 1, 2015 at 10:57 am

    Den konduvahakun vaahaka upload kuraaany

  4. immu says:
    December 1, 2015 at 10:59 am

    vaahaka handhaan nethey haa dhuvas kohfa thi up kuree… aneh ka mijehuni kureega kee bai thah kiyaafa kiyn…. pis pis alhe ithu thankolheh avahah vaahaka up kohdhybaa plxxxx…. n vaahaka hama v vvvvv reethiiii….

  5. aru says:
    December 1, 2015 at 11:20 am

    Pis pis.. Mivx dhn meehun vaahaka up kuraa goe tha..? Kury bay neh mihaaru handhaaneh.. Plx daily koh noony hafthaa aku 2 dhuvahu viyas up kohdhyba.. Ingey.. 🙂

  6. Lillygirl says:
    December 1, 2015 at 11:33 am

    rythii 🙂 habeys 😉

  7. naxoo says:
    December 1, 2015 at 12:22 pm

    Reethi varah…but maa lahee up kuraalea..v inthizaaru koahfin..pls Ava’s up kurahche

  8. naax says:
    December 1, 2015 at 12:26 pm

    Haadha dhuvaheh vejjey mi vaahaka up nukohgen hunnathaa.. v rythi mi part masha allah.. next part avahah up kohladhecchey ingae ihthu

  9. inthizaaru says:
    December 1, 2015 at 12:34 pm

    Dhn oi part januvary 1 ga dhwww?thi dhn thankolheh boduvaru…ithu vaahaka liun huhtaalan v nu? Thikahala naagaabilu myhun vaahaka liyan ulhumaky mi site ge liuntherinnah jaha joke eh dhw….

  10. ithu says:
    December 1, 2015 at 3:02 pm

    Knme dhuvahaku up kuriyas kiyan thaa jehuny… Dhn ma moya ehcheh ma beynumy dhuvahaku up kuriyas kaleymennah kyh???kaley men hykury mamy kaley mennah vaahaka liyan bahahtaafa huri alheh kamah tha ma dhiri ulhumuge kanthah nukoh???

    1. fari says:
      December 1, 2015 at 3:06 pm

      oh my gosh! dhen thihaa ehchehi kiyan jeheytha. mithnuga kaley kaley kiyaagen vaahaka dhekumaki huthuru kame. site ga vaahaka liyani kiyuntherin kiyan. migotha kiyuntherina ehchehi govnaya dhen meehun neh nukiyaanun. fine. mashe dhen mivaruge ahulaagu neh meehun liyaa vaahaka eh nukiyaanan.

    2. me says:
      December 2, 2015 at 1:10 am

      me liyuntheriya koffa in commnteh noon.. mee mi site ga ulhey vaancho myhun kuraa commnt thakeh… liyuntheringe agu vahttan vegen… mi dhn konkameh alhe heybalivegen….mee mi site ge kada kan.. mikahala comment jehun.. ehen site thakun innaanee varah rangalhah balaafa comment jahaafa… plz esfiya admin mikanthakah halleh neitha….

    3. Ihthu says:
      December 2, 2015 at 7:52 am

      Mee Ihthu kohfa in comment eh nun… konme Kiyuntheriaku kurias vrh D grade kameh mee…

    4. Admin says:
      December 2, 2015 at 5:11 pm

      see the difference.. vaahakaige aslu liyuntheriyaa kuraa comment hunaanee green kulaiga.. admin comment red kulaiga.. registered users ge comment blue kulaiga.. so u can deffierentiate fake comments like this.

  11. basma says:
    December 1, 2015 at 3:02 pm

    thidhen bodvaru. mihaa lahun up kuranyaa vaahaka liyun hutaalan v nun. site ah vaahaka up kuranyaa daily kon nuvias week aku dhe thin faharu kurevenya story kiyaa ni ves. mihaarau neyge kurin vaahakaiga v goi ves. nuliye venya hutaalun enme ragalhu vaani. foohi ves vejje mi vaahaka kiyan. alun mulhi story eh nikiyeyne dhen.

  12. Ihthu says:
    December 1, 2015 at 8:15 pm

    Fari thy adhi kaaku goi kiya?maa ragalhu myheh tha?kiyan jeheyny nukiya kyhkuraany? Aadhi beykaaru aga gadha Eba kureyehnu dhathah fehi kula aruvaigen chas badeh laigen geyga ovegen….

    1. Ihthu says:
      December 2, 2015 at 7:50 am

      Mee Ihthu kohfa in comment eh nun… konme kiyun theriaku kurias vrh D grade kameh mee…

  13. Kudoo says:
    December 1, 2015 at 8:25 pm

    Are u really ihthu…I don’t think writer eh mihaa hadi koh kiyuntherinaa talk kuraane hen ..??

    1. Admin says:
      December 2, 2015 at 5:12 pm

      see the difference.. vaahakaige aslu liyuntheriyaa kuraa comment hunaanee green kulaiga.. admin comment red kulaiga.. registered users ge comment blue kulaiga.. so u can deffierentiate fake comments like this.

  14. Pinky says:
    December 2, 2015 at 4:52 pm

    Komehen ihthu ey kiyaigen comment kuraani kame ne…. ihthu alhaanulaa… ekahala meehun ves dhunieyga ulheyne. Emeehaku kuri kame emeehaka… vaahaka vara reethi… ihthu akee kurin abadhuves vaahaka daily ko up kodhey liyuntheri ey. Alhugadu gaboolu kuran komes kahala bodu kame dhimaaveema kan ehaa boda delay vaani…. it’s ok…. next part ves kiyaana insha allah, inthixaaru ves kuraana…?????❤❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????

    1. Ihthu says:
      December 2, 2015 at 6:52 pm

      Aslu maama balivegen india ah dhiyaee… October ga dhiya gothah November 26th ga aee… aslu ehenve upload nukurevuny…

  15. me says:
    December 3, 2015 at 12:42 pm

    dhen kn iraku next part up kohdheyny???

  16. baby says:
    December 5, 2015 at 2:44 pm

    mi dhen boduvaru dhw….ehaa lahun up kohfa vex vahakaiga mihaaru misraabu hury avahah nihmaalan kan faahaga kurevey…

  17. mishy says:
    December 6, 2015 at 12:34 pm

    ❤ v reethi…anehbai avahah genesdhehchyyy .. waiting

  18. Ninni says:
    December 23, 2015 at 6:23 pm

    Plx ithu next part up kohdheeba!! vaahaka vvv interesting hisaabaka gossa miothy mihaaru ehenveema avaha upkohdeeba ;

  19. xai says:
    December 26, 2015 at 9:59 am

    Avahah up kohdheeba kemmadhuvefa???????

  20. Zin says:
    December 26, 2015 at 7:18 pm

    Ihthu akah nuvaane mikameh huttaalaa dhoonya

  21. Jan ma says:
    December 27, 2015 at 10:13 pm

    Inthu kihinehvey? Anehkaa manma maa boadah baliveetha? Alhey. Veegoatheh angaalabala. Mihaaru inthizaaru koahkoah varubali vehje. Mimas nimumuge kurin kiyaalan libidhaanetha?
    Noonee inthuah veegoatheh veegoatheh bunelabala.

  22. Liu says:
    January 17, 2016 at 2:49 pm

    Inthu kon iraiu upload kurany dhn mythi nunikunathaa kihaa dhuvaheh veje ????

  23. Sssss says:
    February 17, 2016 at 11:31 am

    OH WOW! Aswsome……Varah reethi mi vaahaka….varah dheravey lahun mi vaahaka up vathy…varah reethi adhi vx inthixaaru mikurany mivaahakaigen dhen oii bai up vaane dhuvahakah

  24. Mary says:
    March 5, 2016 at 9:23 pm

    Vaahaka dhen up kolany koniraku

  25. maash says:
    March 6, 2016 at 1:34 am

    haadha kahey mi vaahaka up nukoh.. kurin kee bai handgaan nethen vaairah next part up kureveynetha?? Nw ves handhaan neh ehaa bodakah.. ihthu dhen thee boduvaru ingey.. plx dhen avahah up kohdhyba next part…

  26. aisha says:
    July 13, 2016 at 3:37 pm

    kobatha alhe mi vaahaka liyaa kujjaa

  27. dhonnn says:
    July 19, 2016 at 11:51 am

    nice story… but please upload the story soon can’t wait to read the next part…:(

  28. Bumble Bee says:
    August 18, 2016 at 1:25 pm

    Alheyy ??
    Koba Tha Vaahaka??

  29. Naa says:
    September 17, 2016 at 5:45 pm

    mee vaarah awsome story eh….but varah dhaera vehjje mi story ge dhen oii bai nukiyey thy so sad….. 🙁

  30. ishy says:
    October 1, 2016 at 3:25 pm

    Dhn in episode up vaany kon dhuvahakuntha… mihaaru kon dhuvaheh new episode akah wait kuraathaa

  31. shahee says:
    October 9, 2016 at 1:41 pm

    eyna emnesia patient eko. eyna e’ee vaahaka liyaa meehehkkan handhaaneh nethigen vaahaka nuliyaane dheneh

  32. Shaa says:
    November 7, 2016 at 3:20 pm

    Mi vaahaka aneybaa genes deebLa pls

  33. lilyyy says:
    November 15, 2016 at 3:13 pm

    Mi vaahaka nimmaalan mi situn masahkah kohla dheynveenu

  34. faihA says:
    December 6, 2016 at 11:32 pm

    Nice story pls upload the next part

  35. Chum handi says:
    January 10, 2017 at 12:34 am

    ihthuuuuuuuuuuu……….. mivaahaka ah kiyun therin wait kuraa thaa aha reh vejje… dhen admin plz tell me why is the writer not continuing the story… then only i can stop waiting for it dhw….

  36. Hac says:
    January 31, 2017 at 11:10 pm

    Haadha lahey up vaaleh Kobaatha mivaahaka liyaa kuhjaa avahah up kohlan v nun vv reethi Vaahaka

  37. Ailish says:
    February 24, 2017 at 9:10 am

    Kobaa tha next part. Ihthu aneh part genesdhybapa plx plx plx. V reethi. Mai ah vaa goiy balan beynun

  38. sonaalee says:
    March 21, 2017 at 8:48 pm

    Mi vaahaka ninmadheeba..plspls

  39. Rose says:
    April 11, 2017 at 5:11 pm

    Alhe Mi vaahaka ninmaadheeba plx px…

  40. sooo says:
    April 13, 2017 at 3:35 am

    Alhe mivaahaka nimendhen genes dhybala plx plx plx..

  41. Ainth says:
    April 16, 2017 at 1:32 am

    Alhaa dhn mi vaahaka nuganes dhen tha

  42. kiya says:
    April 17, 2017 at 11:42 am

    mivaahakaige next part up kuraanee kiyuntheri hurihaa kudhin comment thakehge gothugai next part liyaanee

  43. chippey says:
    July 11, 2018 at 8:44 am

    Mi vaahaka up kodhiibala pls

Comments are closed.

Next Episodeހިތަކުން ނުފިލާނެ 45←


All Right Reserved!