ވާނަމޭ އުމުރަށް އެކީ ޖާނާ…….7
“ޔަޤީންތަ ކަލެއަށް މިކަންވާނެކަން؟”އެ ޒުވާނާ އައިކާއަށް ބަލާލަމުން އަހާލިއެވެ.”އާނއިކޭ..ހުމޭއަށް މަށަށް އިތުބާރު ނުކުރެވެނީތަ؟އައިކާ ހިތްހަމަނުޖެހިފައި އަހާލިއެވެ.”އުހުނ.އިތުބާރު ނުކުރެވެނީއެއް ނޫން.ޕްލޭންއާ އެއްގޮތަށް ގޮސިއްޔާ އަހަރުމެން ދެމީހުންގެ މަޤްސަދު ވެސް ޙާސިލްވާނެ.”މަކަރުވެރި ގޮތަކަށް ހީލަމުން ހުމޭދު ބުނެލިއެވެ.”ހަހަހަހަ.ޔޫލީ.ޔޫ އަރ ގޯނަ ބީ މައިން ސޫން.”ބާރު ހިނިގަނޑެއް ޖަހާލަމުން ހުމޭދު ބުނެލިއެވެ.
ފަނަރަވިލޭރޭގެ ބުރުހަމަ ހަނދު މެދު އުޑުގައި ރަސްކަން ކުރަމުންދިޔައެވެ.ހަނދުގެ އަލިން މުޅި މާހައުލު ވަނީ ދިއްލާލައިފައެވެ.މައިޝް އާއި ޒައިނާ ހިނގަމުން ދިޔައީ އަތިރިމަތީގައެވެ.އަތިރިމައްޗަށް ބިންދާލާ ރާޅުތަކުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވޭ އެމާހައުލުގައި ދެމީހުން ހިނގަމުން ދިޔައިރު އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ.ދެން މާއިޝް ކޮއްލިކަމަކުން ޒައިނާގެ ދެލޯ ބޮޑުވެގެން ދިޔައިރު އޭނާއަށް ހިތާދިމާލުގައި އަތްއަޅާލެވުނީ އިޚްތިޔާރަކާނުލައެވެ.
މާއިޝް ޒައިނާގެ ކުރިމަތީ އެއްކަކޫޖަހައިގެން އިށީނެވެ.”ޒައި!އަހަންނަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއްވެސް.އިނގޭހާ ވެސް އެއްޗަކީ ޒޭންގެ އެކުވެރިކަމުގަ ތިގެއަށް ދާންފެށީއްސުރެ އަހަރެންގެ ހިތުގައި ފެވިފައި ވަނީ ތިނަންކަން.ކުރެހިފައި ވަނީ ތިސޫރަކަން.ޒައި!ތީ މިހާތަނަށް އަހަރެންގެ ހިތް ހަމައެކަނި ދެވުން ކުއްޖަކީ.ޔޫ އަރ ބްލަޑް ޓު މައި ވެއިންސް!ޔޫ އަރ ސްމައިލް ޓު މައި ފޭސް!ޔޫ އަރ ދި މިސިންގް ޕީސް އޮފް މައި ހާޓް.ވުޑް ޔޫ ކޮމްޕްލީޓް އިޓް؟ވިލް ޔޫ ބި މައި ގާލްފްރެންޑް؟”މައިޝް ވާހަކަ ދައްކާނިމުނު އިރު ހަމަރަނގަޅަށް ވެސް ޒައިނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.”ޔެސް މާޝް!ޔެސް!”ޒައިނާ ހިނިތުންވެލަމުން ދިއްކޮށްލެވިފައިވާ މައިޝްގެ އަތްމަތީގައި އޭނާގެ އަތްބާއްވާލަމުން ބުނެލިއެވެ.މާއިޝްއަށް އުފަލުން ހުރިތަންވެސް ނޭނގުނެވެ.ޒައިނާގެނެސް އެއަތު ތެރެއަށް ލެވުނު އިރު އެމޫނުމަތިން ފެނުނީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ.އެރޭ ލޯބިވެރިންގެ ލިސްޓުގައި މާއިޝްއާއި ޒައިނާގެ ނަން ލިޔެވިގެންދިޔައެވެ.
“ޕްރިންސެސް.އެކަމު އަދި ނުބުނައްޗެ ޒޭންމެން ކައިރީ މިވާހަކަ!”ޒައިނާގެ އަތުގައި ހިފައިގެން ހިނގަމުން ދިޔަ މާއިޝް ގެއަ ހަމައަށް އާދެވުމުން ބުނެލިއެވެ.”ހޫމްމްމް”ޒައިނާ މަޑުމަޑުން ބުނެލިއެވެ.”ގުޑް ނައިޓް ޕްރިންސެސް.”ކޮޓަރިއާ ހަމައިން މާއިޝް ބުނެލިއެވެ.”ގުޑް ނައިޓް މާޝް”ޒައިނާ ވެސް މާއިޝްއަށް ރައްދު ދިނުމަށްފަހު ކޮޓަރިއަށްވަނެވެ.
ޒައިނާ ކޮޓަރިއަށް ވަތް އިރު ޔޫލީ އޮތީ ނިދައިފައެވެ.ޒައިނާ ވެސް އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯތެވެ.އެހެންނަމަވެސް އޭނާޔާ ނިދި ވަނީ ރުޅިވެފައެވެ.ޒައިނާއަށް ސިފަވަމުން ދިޔައީ މާއިޝް އޭނާ ގާތުގައި ރަށްޓެހިވާން އެހިތަނެވެ.ވަގުތުން އެ ދޮން މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.
ޖެހިގެން އައި ދުވަހު ހެނދުނެވެ.ހަކުދިން ތިބީ އަތިރިމަތީގައެވެ.”މި އަނެއްއްއް….އައިކާ ބުނީ އޭނަ މިއަދު މާލެ ދާން ފުރަމޭ!”ޔޫލީ ޝައިމްއަށް ބަލާލަމުން ބުނެލިއެވެ.”އެހެންތަ.ދެން ޒޭންމެން ވެސް ދުވަސްކޮޅަކުން ފުރާނެ.”ޔަޢީޝް ބުނެލިއެވެ.”ހިނގާ ޔޫލީމެން ވެސް ދާން ޒައިމެނާ އެކީ؟”ޒައިނާ ޚިޔާލުދިނެވެ.”އޭ ތީ ސަޅި ގޮތެއް!ޔަޢިއްޓޭއަށް އެކޮޅުން ޖޮބެއް ހޯދިދާނެއެއްނު!”ޝައިމްވެސް ޒައިނާގެ ޚިޔާލަށް ތާޢީދު ކުރާކަން އަންގާލިއެވެ.”ހޫމްމް.ޔޫލްއަށް ވެސް އެކޮޅުން ކޮލެޖަށް ދެވިދަނެ.އެކަމް މަންމަ އޯކޭއިއްޔާނު ވާނީ!”ޔަޢީޝް ބުނެލިއެވެ.”ހޫމްމްމް.ދޮގެއްވެސް ނޫން.ނަހޫދައްތަ އެއްބަސް ކުރަންޖެހޭނެ.”ޒައިން ބުނެލިއެވެ.
އެރޭ ޔަޢީޝް ނަހުޒާ ގާތުގައި އެވާހަކަ ދެއްކިއެވެ.ނަހުޒާ ކުޑަކޮށް ކަންބޮޑުވިނަމަވެސް ހުއްދަ ދިނީ ޔަޢީޝް ވަރަށް ދާހިތުން ހުރިހެން ހީވާތީއެވެ.ދުވަސްތައް ވޭތުވަމުން ގޮސް ފުރާ ދުވަސްޖެހިއްޖެއެވެ.
“ކިހިނެއްވެފަ ޗިޕްމަންކް ތިހުރީ؟އަހަރެން ދާތީ ދެރަވެފަތަ؟”ޒައިން ރީތިވެ ނިމިގެން މާއިޝްމެންް ނުނިމޭތީ ބޭރަށް ނުކުތްއިރު ޖޯލިފަތީ އޮތް ނިހާ ފެނި ބުނެލިއެވެ.”އޮހް ޕްލީސް. އަހަރެން ނޫޅެން ކޮންމެހެން ޒައިން ދާތީ ދެރަވެގެންނެއް.”ނިހާ ވަގުތުން ބުނެލިއިރު ޒައިންގެ މޫނުމައްޗަށް ލާނެތް ިނިތުންވުމެއް ވެރިވެއްޖެއެވެ.”އެކަމެއް ނޭނގެ.އެހެންނޫނަސް ޗިޕްމަންްކް ރުޅި އަންނަވަރުގެ ވާހަކައެއް އަހަންނަކަށް އަދި ނުބުނެވޭކަންނޭނގެ.”ނިހާގެ ގުޅިފައިފީ ދެބުމައަށް ބަލާލަމުން ޒައިން ބުނެލީ އިތުރަށް ނިހާ ރުޅި އަރުވާލުމުގެ ބޭނުމުގައެވެ.”ކާކު ބުނީ އަހަރެން މިހިރީ ރުޅިއައިސްފަޔޭ!!!!!”ނިހާ އަހާލިއެވެ.”ހަހަހަ.މީހަކު ނުބުނެ.އެކަމު ތި ދެ ބުމަ އެބަ ބުނޭ ތިމަންނަ މިހުރީ ވަރަށް ރުޅިއައިސްފަޔޭ.”ޒައިން ބުނެލިއެވެ.”އޮހް ޕްލީސް ޒައިން.އައި ހޭޓް ޔޫ ސޯމަޗް.”ނިހާ އެންމެ ފަހުން ބުނެލިއެވެ.”އައި ހޭޓް ޔޫ ޓޫ ޗިޕްމަންކް.”ނިހާއަށް އެއްލޯމަރާލަމުން ޒައިން ބުނެލިއެވެ.
ބޮލުގައި ފުނާ އަޅަން ހުރި ޒައިނާ ސިހުނީ ފޯނު ވައިބްރޭޓްވި އަޑަށެވެ.އަވަހަށް ފޯނު ހުޅުވާލި އިރު އެއީ މާއިޝްގެ މެސެޖެކެވެ.”ރެޑީވީތަ؟”މާއިޝް ކޮށްފައި އިން މެސެޖަށް ރިޕްލައި ދިނުމުގެ ގޮތުން ނިމެނީއޭ ޖަހާލުމަށްފަހު ޒައިނާ އަވަސްވެގަތީ ބޯރީތިކުރުމަށެވެ.ކްލޯ ކްލިޕްއަކުން އިސްތަށިގަނޑު މައްޗަށްވާ ގޮތަށް ހަރުކޮށްލުމަށްފަހު އެންމެ ފަހުކަމަކަށް ޒައިނާ ގަޔަށް ސެންޓުކޮޅެއް ޖަހާލިއެވެ.”ނިމުނީތަ؟”ކޯޓަރީ ދޮރު ހުޅުވާލަމުން ޔޫލީ އަހާލިއެވެ.”ހޫމް.ލެޓްސް ގޯ”އެނދުމަތީ އޮތް އަތްދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ފަހު ފަހަރަށް ޒައިނާ ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ.”ސާބަހޭ ޒައި.ތިވަރު ނުވިޔަސް އިންނާނެ މީހަކު ވެދާނެ.”ޔޫލީގެ ފަހަތުން ބޯދިއްކޮށްލަމުން ޒައިން ބުނެލިއެވެ.”ހޫން. އަހަރެން ނޫޅެމޭ އިންނާނެ މީހަކު ނުވެގެނެއް.އަހަރެން މީހަަކާ އިންނައިރުވެސް ދޮންބެ ކަންނޭނގެ އިންނާނެ މީހަކު ނުވެފަ ހުންނާނީ.އެހެންނު ވާނީ.ޖެހޭ ކޮންމެ އަންހެން ކުއްޖަކާ ތޮޅުން ނޫންކަމެއް ދޮންބެއަށް އިނގޭތަ؟”ޒައިނާ އައި ރުޅީގައި ޒައިން އާއި ދިމާލަށް އެއްޗެހި ކިޔައިގަތެވެ.”މަހަމަ ހައިރާންވެ މިހިރަ އަންހެންކުދިން އަންނަ ސިނގުރުޅިއަކާ ހެދިވެސް.”ކޮޓަރިން ނުކުތް މާއިޝް އާއި ޝައިމްއަށް ބަލާލަމުން ޒައިން ބުނެލިއެވެ.
“ތިއިން ތިއިނގެނީ ޒައިންއަށް އަންހެން ކުދިން ގެންގުޅެން ނޭނގޭކަން.”ޔަޢީޝް ފޮށި ހިފައިގެން ނުކުންނަމުން ބުނެލިއެވެ.”އެބުނީ!!!އާނ ދެން ޔަޢިއްޓެއަށް އިނގޭތީވެ ހަމަ.”ޒައިން ބުނެލިއެވެ.”ކޮބާ ހިނގާގަންނަމާ.”ނަހުޒާ ގެއިން ނުކުންނަމުން ބުނެލިއެވެ.
މަގުމަތީގައި ހިނގަމުން ދިޔައިރު މާއިޝްއާއި ޒައިނާއާއި ދެމެދު ލޮލުން އެތަކެއް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.މިދެމީހުންނަށް ނޭނގުނު ކަމަކީ އެމަންޒަރު އިތުރުފަރާތަކަށް ފެނުނުކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.


alhe alhe e ee kaakutha aikaa e ulheny yooly ah kihinehnhadhantha…. i am soo curious mi part ves vrh vrh reethi … masha allah. devil queen ur stories r really nice waiting for next
THANKYOU JERRY
HEHEH HINGAA BALAMAA AIKAA HADHAN ULHEY GOI
Wowww Mi part vess varah varah reethi
Dhen Zain aa Nihaa aa dhuru nukohbaa😭
Dhen anna part vess miah vure avass kurahcheyy!!
Curiosly waiting for the next part
thedhekey devil queeen. zain aa nihaa aa dhuru nukurachey. so cute couple.meehun bune ulheyey nafrathaky loabeege feshumey
THANKYOU Girlyy
HEHEHE ZAIN AA NIHAA AH VAA GOI BALAMAA
VARAH REETHI MI PART VES.MASHA ALLAH
THANKYOU SO MUCH OGGY
varah reethi mi part ves .keep it up. curious for next part . ummeedhu kuran varah avahah next part nikunnaane kamah
THANKYOU
INSHA ALLAH VV AVAHAH DHN IN PART NEREDHEYNAN
BIG FAN OF U DEVILQUEEN
AWWN THAT MEANS A LOT TO ME
Wowww!! Mi part ves varah salhi! Varah curious vejje next part ah. Dhen vaanee kihineh baa? Keep up the good work loabs!! 😘
THNXXX
LET’S SEE DHN VAANY KIHINEHTHO DHWW
Oh let’s see who was seeing that’s talking from there eye heheheheheheh!!!!
Very nice
THNXXX
V reethi mi bai ves 👏👏👏👏
THANKYOU ANONYMOUS