Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ………………8

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ Level 110 Stories
January 7, 2025 3 Mins Read
12 Comments

މާއިޝް އާއި ޒައިނާއާއި ދެމެދު ބަދަލުކުރެވެމުން ދިޔަ ނަޒަރުތައް ފެނި ޝައިމް އިނީ ހިނިގަނޑު ހިންދާލައިގެންނެވެ.އެވަގުތު އޭނާ ހަނދާންވީ އައިކާ މަތިންނެވެ.ޔޫލީ ގާތު އައިކާގެ ނަންބަރު ދެވިދާނެހޭ އަހަންއުޅެފައި ވެސް އޭނާ ނޭހީ ޒައިންމެން ދިމާކުރާނޭ ވަރު ހިތައް އެރުމުންނެވެ.

“ހޭ ގާއިޒް”އެންމެން ސިހުނީ ފަހަތުން މީހަކު ގޮވާލުމުންނެވެ.ފަހަތަށް އެނބުރި ބަލާލުމާއެކު ޔޫލީއަށް ލިބިގެންދިޔައީ ހައިރާންކަމެވެ.ނުވީތާކަށް އެންމެންގެ ނަޒަރުވެސް އޭނާއަށް އަމާޒުވެގެންދިޔައެވެ.”އަ……..އައި…….އައިކާ”އަޅައަޅާ ގަންނަމުން ޔޫލީއަށް ގޮވާލެވުނެވެ.”ހެހެހެ.ސޮރީ ހިނގޭ.ފުރުން ކެންސަލް ވެއްޖެ.އެހެންވެ މިއައީ އަވަހަށް ޒައިމެން ފުރުވަން.”އައިކާ ހިނިތުންވުމަކާއިއެކު އޮޅުންފިލުވައިދިނެވެ.”އޯ އެހެންދޯ.”ނިހާ ބުނެލިއެވެ.އޭރު ނަހުޒާ ގޮސް ބަނދަރުގައި ހުރި ބެންޗެއްގައި އިށީންދެގެން އިނެވެ.”އޭ އަދި އެބައޮތޭ ސަޕްރައިޒެއް.”ނިހާ ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.”ހަހަ.ޗިޕްމަންކަށް އެންމެ ރަނގަޅަށް ވެސް މީހުންނަށް ސަޕްރައިޒް ދޭން އެނގޭނީ”ޒައިންއަށް ނިހާ ރުޅިއަރުވާނުލާ ނުހުރެވުނެވެ.”ނުބުނަމެއްނު ކަލޭ ކައިރިއަކުއެއް.”ނިހާވެސް ވަކި ދޫދޭކަށެއް ނޫޅުނެވެ.”ކާކު ބުނީ މަކައިރީ ބުންޏޭ!!!އަހަރެން މިބުނީ ޗިޕްމަންކަށް ސަޕްރައިޒް ދޭން ނޭނގޭ ވާހަކައެއްނު!”ޒައިން ބުނެލިއެވެ.

“ސާބަހޭ ދެމީހުންނަށް.ތިހެން އުޅެމުން ކަލޭމެން ދެމީހުން އަދި ލޯބިވެސް ވާނެ.”ޔަޢިޝް އެންމެފަހުން ބުނެލިއެވެ.”ޗި…މަ……ޗިޕްމަންކާ….ނޯ…..ނޯ….ތީ ނުވާނެ ކަމެއް.މީހަކު އެއްޗެކޭ ބުނާއިރަށް އެހުންނަނީ ރަތުގަ.ކާކު އެކަހަލަ މީހަކާ އުޅޭނީ”ޒައިން ބުނެލިއެވެ.”މަވެސް ވަކި ނޫޅެމޭ ޒައިން ދެކެ ލޯބިވާ ހިތަކުންނެއް.”ނިހާ ތުންއަނބުރާލަމުން ބުނެލިއެވެ.”ސްޓޮޕް އިޓް!!!!!މީވާ ދެމީހުން…ނީ ވެސް ތި ނުތޮޅި ބުނަން އުޅޭ އެއްޗެއް ބުނެބަލަ!”ޒައިނާ ބުނެލިއެވެ.”އޫ…އަހަރެންވެސް މިއުޅެނީ މާލެދާން.”ނިހާ ބުނެލިއެވެ.”ވަޓް!!!ސީރިއަސް ކޮށްތަ؟ވާވް.”ޔޫލީބުނެލިއެވެ.”ޗިޕްމަންކް މާލެ ގޮސްފަ ކީއްކުރަނީ؟”ޒައިން ނީނދެވިގެން އަހާލިއެވެ.”ހުވާމިބުނީ މި ޒޭންއަކަށްވެސް ނީނދެވޭނެ ނީއާ ނުބެހިއެއް.”މައިޝް ބޯހޫރާލަމުން ބުނެލިއެވެ.

“ބާއި އައި!ގޮނަ މިސްޔޫ.”ބަނދަރުމަތީ ހުރި އައިކާއަށް ހަނައަޅާލަމުން ޝައިމް ބުނެލިއެވެ.”އޯހޯ.މުޅި ބަނދަރުގަވެސް އައިކާދޯ ހުރީ؟ނަހޫދައްތަ މަތިން ވެސް މިސްއެއް ނުވޭ؟”މާއިޝް ޝައިމްއަށް ޖެއްސުމަށް ބުނެލިއެވެ.”އުހުނ. ނަހޫދައްތަ މަތިން ވެސް މިސްވެޔޭ.ދެން އެހެންނޫނަސް ނަހޫދައްތައަށް އިނގޭނެ މަ މިސްވަނެކަން.އެކަމް އައިއަކަށް ނޭނގޭނެއެއްނު.އެހެންވެއޭ”ޝައިމް ކަޑަނުވާންވެގެން ބުނެލިއެވެ.”ހުރިހާ ކުދިން ހިތްވަރުގަދަ ކުރާތި!”ނަހުޒާ ބުނެލިއެވެ.

ލޯންޗު އޭގެ އެންމެ ހަލުވި ދުވޭލީގައި ރަށުގެ ބަނދަރުން ނުކުންނަން ދިޔައިރު ބަނދަރުމަތީ ހުރި އައިކާގެ ތުންފަތްމަތީގައިވީ ވިހަގަދަ ހިނިތުންވުމެކެވެ.”ހަހަހަ ޔޫލީ! ޔޫ އަރ ގޮނަ ސަފަރ ސޫން.”ހިތާހިތާ އައިކާ ކިޔާލިއެވެ.

“އޭ.ބާއި ފަހުން ވާނެ މީޓް ވާން.ދެން ޔަޢީމެން ޒޭންމެންގޭ އުޅޭތީ ފަސޭހަތާ!”ލޯންޗުންފޭބި ގޮތަށް ޝައިމް ބުނެލިއެވެ.”ކަލޭ ތިއުޅެނީ އަޅެފަހެ ދެފަޔަށް ހިނިއަރައިގެންތަ؟”މާއިޝް ބުނެލިއެވެ.”މިދެގޮލާއެކޭ ޓޮމް އެން ޖެރީ އެކޭ ނެތް ތަފާތެއް.އެއްފަހަރު ވަރަށް ލޯބިން އުޅޭނެ އަނެއްފަހަރު އެކަކު މަރާލަން އަނެކަކު ފަހެއް ނުޖެހޭނެ.މި ދެމީހުން ގޮވައިގެން އުޅެން ވެއްޖިއްޔާ މަގޭ ބޮލު އިސްތަށިކޮޅު ކީއްކުރަން ދަތް ކޮޅުވެސް ފައިބާނެ.”ޒައިން ބޯކަހާލަމުން ބުނެލިއެވެ.”ޔަޤީނެއްނު.”ފޮށިހިފައިގެން ހިނގާގަންނަމުން ޔަޢީޝްވެސް ޒައިންއާއި އެއްބައިވެލިއެވެ.”އޭ ދެން ދަނީ.ސީޔާ.”މާޢިޝްއަށާއި ޝައިމްއަށް ހަނާއަޅާލަމުން ޒައިން ހިނގާގަތެވެ.      “މަންމީ!އައިމް ހޯމް.”ގެއަށް ވަތްގޮތަށްް ޒައިނާގޮސް ސާޖިދާ ގައިގައި އޮޅުލައިގަތެވެ.”ކިހިނެއްވަނީ ޗުއްޓީ؟”ހެވިފައި ސާޖިދާ އަހާލިއެވެ.”ވަރަށް ސަޅި.”ޒައިނާ ވަގުތުން ޖަވާބުދިނެވެ.”އެތެދެއް.ސަޅިކަން އިނގެއެއްނު ޒައިގެ މޫނު މަތިންވެސް. ކަޅުތާހުގެ ފުލަށް ވުރެވެސް ކަޅު.”ޒައިންއަށް ޒައިނާއާ ބެހިނުލާ ނުހުރެވުނެވެ.”އެބުނީ؟މަންމާ އަޅެ ޒައި ކަޅުތަ؟”ޒައިނާ މޫނު ހަދާލަމުން ސާޖިދާ ގާތު އަހާލިއެވެ.”އުހުނ.ކަޅެއްނޫން.”ސާޖިދާ ބުނެލިއެވެ.”ޔަޢީ!މަންމަ ރަނގަޅުތަ؟”ސާޖިދާ ޔަޢީޝްއަށް ބަލާލަމުން އަހާލިއެވެ.”ލައްބަ.”ޔަޢީޝް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.”މިހިރީ ޔަޢީގެ ކޮޓަރި ދެން މީ ޔޫލްގެ.ދެކުދިން އަންނަ ވާހަކަ ބުނީމަ ދައްތަ ހުންނާނެ ކައްކާފަ.”ޔަޢީޝްމެންނަށް ކޮޓަރިތައް ދެއްކުމަށްފަހު ސާޖިދާ ބުނެލިއެވެ.”އެހެންމަ މަންމަ ތިބުނީ ޔަޢިއްޓެމެން އަންނަ ވާހަކަ ނުބުނިނަމަ މަންމަ ނުކައްކާނަމޭތަ؟”ސަޖިދާއަށް ބަލާލަމުން ޒައިން އަހާލިއެވެ.”މަންމަ ނުބުނަން ދޯ އެހެނެއް.ވަރެއްގެ ދަރިއެއް މިހުރީ މަށަށް ލިބިފަ.އަވަސް ކޮށްގެން ހުރިހާ ކުދިން ކާން އާދޭ”ސާޖިދާ ބޯހޫރާލުމަށްފަހު ދާން ހިނގާގަތެވެ.
ރޭގަނޑުގެ ވަގުތެވެ.މާލޭގެ ކާރޫބާރޫ ބޮޑުމަގުތަކުގައި ޒައިންމެން ސައިކަލު ދުއްވަމުން ދިޔައިރު އެހަތަރު މީހުންގެ މިސްރާބަކަށްވީ އާޓިފިޝަލް ބީޗެވެ.”މިހާރު އެކުއްޖާ ޔަޢީއްޓެ ނާންނާނެ ކަމަށް ހީކޮށްހިނގައިދާނެ.”ޒައިން ބުނެލިއެވެ.”ޕިސް..ދެންވެސް ތި ބޭކާރު ވާހަކަ ނުދައްކަ ދުއްވޭތޯ ބަލާބަލަ.”ޔަޢީޝް ޗުސްތަޅާލަމުން ބުނެލިއެވެ.”އޭނީ މިހާރު ވަރަށް ހާސްވެފަ.”ޖެހިގެން އިން ސައިކަލުގައި އިނދެފައި މާއިޝް ބުނެލިއެވެ.”އާނ.ކިރިޔިޔާ ގަޔަށް ހީސްނުލެވި އޭނީ.”ޝައިމްވެސް މާއިޝްއާއި އެއްބައިވުމުގެ ގޮތުން  ބުނެލިއެވެ.”އަޅެފަހެ މަށަކަށް ނުބުނެވޭތަ ތި ބޭކާރު ވާހަކަ ނުދައްކާށޭ.”ދެބުމަ ގޮށްޖަހާލަމުން ޔަޢީޝްބުނެލިއެވެ.”ސޮރީ ސޮރީ.”ދެއަތް މައްޗަށް ހިއްލާލަމުން މާއިޝް ބުނެލިއެވެ.
ހަތަރު ޒުވާނުން އާޓިފިޝަލް ބީޗަށް ވަދެގެން ދިޔައިރު އެތަށް ބައެއްގެ ލޯތައް އެމީހުނަށް ހުއްޓެމުން ދިޔައެވެ.”އެހެރީތަ؟”ދުރުގައި އެކަނި ހުރި އަންހެންކުއްޖަކު ދައްކާލަމުން ޒައިން ޔަޢީޝްގާތު އަހާލިއެވެ.”ހޫމްމްމް”މަޑުމަޑުން ހޫމް އަޅުވާލަމުން ޔަޢީޝްގޮސް އެކުއްޖާ ގަތު ހުއްޓިލިއެވެ.”ލަމް.ލަސްވެފަ ދޯ.؟”ދުރުގައި ތިބި ޒައިންމެނަށް ބަލާލަމުން ޔަޢީޝް ސުވަލުކޮށަލިއެވެ.”އުހުން.ހަމަ ދެންމެ މިއައީ.”އެކުއްޖާ ޖަވާބުގައި ބުނެލިއެވެ.”ރެޑީތަ؟ވަރަށް ސަކަރާތް ބޮޑުވާނެ ހިނގޭ އެމީހުންގެ.”ޔަޢީޝް”ލަމް”ގެ އަތުގައި ހިފާލަމުން ޒައިންމެންނާ ދިމާލަށް ހިނގާގަތެވެ.

“އަނހަ.އެއޮއް އަންނަނީ!އަނެއްކާ ބޭރު ކުއްޖެއްތަ؟”ޝައިމް އަހާލިއެވެ.”މަށަށްވެސް ހިވަނީ ތިހެން.”ޒައިން ވެސް ޝައިމްއާ އެއްބައިވެލިއެވެ.”ޔަޤީން ބޭރު ކުއްޖެއްކަން.ޔަޢިއްޓެއެއްނު އެއީ.”މާއިޝްވެސް ބުނެލިއެވެ.

“ގާއީޒް.މީ ލަމްހާ!ލަމް.މީ ޝައިމް.ޒައިން.ދެން މީ މާއިޝް.”ޔަޢީޝް އެންމެން ތަޢާރަފު ކޮށްދިނެވެ.”އޮހް ހައި ބިއުޓީފުލް.”ޝައިމް ޖެއްސުމަށް ބުނެލިއެވެ.”ސާބަސް ކަލެއަށް.”ޒައިން ޝައިމްގެ ބުރަކަށީގައި ޖަހާލިއެވެ.”ކޮބާ މެގޭ ކަންތައްވެސް ނިމުނީ.ދެން އޮތި ތިމީހުން.”ޔަޢީޝް ވަކިވަކިން ތިންމީހުންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.މާއިޝް ދެން ބުނެލިއެއްޗަކުން ލަމްހާ ފިޔަވައި ދެންތިބި އެންމެންގެ އަނގަ ހުޅުވިގެން ދިޔައިރު އެމީހުން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ނޯޓް:ކިޔުންތެރިންގެ ސަމާލުކަމަށް!ވާހަކަ ނުލިޔެ ގިނަ ދުވަސް ވީތީވެ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މާފަށްް އެދެން.އަޅުގަނޑުގެ ޓެސްޓް އަންގާރަދުވަހު ފެށޭތީވެ ދެން އޮތްބައި ޓެސްޓް ނިންމާފަ ގެނެސްދޭނަން.ވާހަކަ ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެކަމަށް އުއްމީދުކުރަން.ޝުކުރިއްޔާ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
Follow Me Written By

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡

Level 110 Stories

Just a gurl who wants to write stories! I'll accept positive and negative comments and even without comments 🥰I would love to see readers opinion to make my stories better than today😘Author of ''MAAZEE'','' WAANAMEY UMURAH EKY JAANAA'' AND ''HAYAAII''

Other Articles

Previous

ބޭވަފާތެރިޔަކީމޭ 28

Next

މޮޅެއް ނެތް

Next
January 7, 2025

މޮޅެއް ނެތް

Previews
January 6, 2025

ބޭވަފާތެރިޔަކީމޭ 28

12 Comments!

  1. Naikko says:
    January 7, 2025 at 9:45 am

    Mi part ves v v reethi……
    Dhen oiy bai ves v avahah kiyaalan libeyne kamah unmeedhu kuran.

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      January 24, 2025 at 1:51 pm

      THANKYOU SO MUCH NAIKKO

  2. cutie girl says:
    January 7, 2025 at 1:09 pm

    its ok
    good luck
    mi part ves v reethi masha allah
    curiously waiting for next part
    keep it up
    zain and nihaa gulhuvachey
    yoolee and shaim ves gulhuvachey
    maaish and zai ves dhuru nukurachey
    yaish and lam ves v gulhey
    they all are made for each other
    yoolee ah gotheh nuhadhachey
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      January 24, 2025 at 1:51 pm

      THANKYOU CUTIE GIRL

  3. Tom says:
    January 7, 2025 at 8:48 pm

    varah reethi mi part ves
    varah ufaavey zain aa nihaa anekkaa ves meet vaan ulheythy
    keep it up devil queen
    always supporting u
    keep it up

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      January 24, 2025 at 1:52 pm

      THNXXX TOM

  4. Girlyy says:
    January 7, 2025 at 8:53 pm

    Woww varah varah reethi mi part vess
    Alhe haadha curious koshey dhw thi nimmaalee
    Maaish buni ehcheh ingey hithun meendhee moya vefa mihaaru
    Btw varah varah interesting mi part
    Test nimeyhaa avahakah mext part gennahcheyy!!
    Varah kiyaa hithun mihuree
    Keep it up the good work bestyyy

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      January 24, 2025 at 1:52 pm

      THANKSSS BESTIE
      THAT MEANS A LOT TO ME

  5. Elsa says:
    January 8, 2025 at 1:50 pm

    Omgggggg
    Vvvv salhi story
    Waiting for the nxt part
    Keep up the good work gurrrl

  6. Vallu ♡ says:
    January 13, 2025 at 7:37 pm

    Alheyy haadha salhiye can’t wait for the next part higey darling

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      January 24, 2025 at 1:53 pm

      AWWWN I’M SO GLAD YOU LIKE IT

  7. Anonymous says:
    February 17, 2025 at 7:00 am

    Next part kon irakun

Comments are closed.

Next Episodeވާނަމޭ އުމުރަށް އެކީ ޖާނާ………9←


All Right Reserved!