Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ނަޒަރުން (3)

Mariyam Enash Aqeel Level 210 Stories
December 7, 2024 3 Mins Read
2 Comments

މިތަނުގައި އޭނާ އަހަންނަށް ކޮންމެ ގޮތެއް ހެދިއަށް އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެންގެ ހިތަށް އަރަންފެށީ އެވަގުތު މީހެއްގެ ހިތާަށް އަރާނެ އެންމެ ނުބައި އެޗެއްސެވެ. މުޅި މީހާ ބިރުންގޮސް ދާހިއްލަން ފެށިއެވެ. އެ ތަނުން ނިކުމެ ދުއްވައި ގަންނަށްވެސް ހިތަށްއެރިއެވެ.

“މަންމާ” ހުސްނީ ގޮވައިލިއެވެ. އެވަގުތު ކޮޓަރިއަކުން ނިކުމެގެން އައި ދެބައި އުމުރުގެ އަންހެންމީހާ ފެނިފައި އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ, އެތަނުގައި ތިބީ އަހަންނާއި ހުސްނީ އެކަނި ނޫންކަން އެނގުމުންނެވެ. ނަމަވެސް އެގޭގައި ގިނައިރު މަޑުކުރާކަށް އަހަރެން ހިލާލެއް ނުކުރަމެވެ.
“އަހާނ އީޝާ. ހާދަ ބޮޑުވެއްޖޭދޯ މިހާރު! ކޮލުގައި ރަނގަޅަށް މަސްވެސް ޖަހައިލައިފި ދޯ؟” ރަސިއްތަ ހެމުން ހެމުން އައިސް ހިފާލީ އަހަރެންގެ ކޮލުގައެވެ. އަޅެ އަހަރެންމީ ފަސްއަހަރުގެ ކުޑަކުއްޖެއްހެއްޔެވެ؟ ގެއަށްދިއުމުގެ ކުރިން އަހަރެންގެ ކޮލަށް ދޮނެއް ނުދީފިއްޔާ ރަނގަޅެވެ.
“ހަހަހަ.. ދައްތަގެ މޫނުގައި ވެސް ހާދަ ރޫ ގިނަވެއްޖޭ!” އަހަރެން އެއްވެސް ޖެހިލުމަކާއި ނުލާ ބުނެލީމެވެ. އެކަހަލަ މީހުންނަށް ވިސްނޭނީ އެފަދަ އެއްޗެކޭ ބުނީމައެވެ. ރަސިއްތަގެ ހުނުން ވަގުތުން ހުއްޓުނެވެ. އަދި ވަރަށް ދެރަވެލާފައި އަމިއްލަ މޫނުގައި އަތްހާކައިލިއެވެ. އަހަންނަށް ހިނިގަނޑު މައިތިރިކޮށްގެން ހުރެވުނީ ކިރިޔާއެވެ.
ރަސިއްތަ އަތަށް ހަދިޔާ ކޮތަޅު ދިނުމަށްފަހު އަހަރެން އަވަހަށް ގެއަށްދާން އުޅުނީމެވެ. ނަމަވެސް ރަސިއްތަ އެއްބަހެއް ނުވިއެވެ. ގެއަށް ދެވޭނީ ސައިބޮއިގެންނޯލައެވެ. އަހަރެން ސިޓިންރޫމުގައި ބައިންދާފައި ރަސިއްތަ ދިޔައީ ބަދިގެއަށެވެ. އަހަންނަށް އެ ގޭތެރެއަށް ރަނގަޅަށް ބަލައިލެވުނީ އެވަގުތެވެ. ފުރަތަމަ ނަޒަރުންވެސް، އެއީ ފައިސާމަތީގައި އުދުހޭ ބައެއްކަން އަހަންނަށް އެނގުނެވެ. މުޅި އެޕާޓްމެންޓު ވަނީ އެންމެ އަގުބޮޑެތި ފަރުނީޗަރުން ފަޅުފިލުވާލާފައެވެ. ފާރުގެ އެއް ބިތުގައި ހަރުކޮށްފައި ހުރީ 80 އިންޗީގެ ބޮޑު ޓީވީއެކެވެ. ސީލިންގުގައި ބޮޑު ޗާންދަލިއާއެއް އެލުވާފައި ހުއްޓެވެ.
ރަސިއްތަ އަހަންނަށް ސައި ހިފައިގެން އައިސް ބޮޑު ވާހަކަ ފެށިއެވެ. ގިނައިން އޮތީ އަމިއްލަ މީހާގެ ފޮނިކެނޑުމެވެ. ރަސިއްތައަކީ ހުރި ގޮތަށްހުރި “ކަންމަތީ އާންޓީ”އެކެވެ. ގޭ ކައިރި އުޅޭ ހުރިހާ އެންމެންގެ ހަޔާތުގެ ބަޔޮގުރަފީ ހިތުދަހެވެ. އެ ހިސާބުގަނޑުގައި ހިނގާ ހުރިހަަކަމެއްގެ ހަބަރު ހޫނުކޮށް އެނގެއެވެ. ބީބީސީ ނިއުސް ރިޕޯޓަރަކަށް ދުލެއްނުކުރެވެ. ކަންބެލުމުގެ ދާއިރާއިން ރަސިއްތައަކީ އަރާހުރި ޝަހުސިއްޔަތެކެވެ. ރަސިއްތަ ދައްކާ ވާހަކައަށް އާނ، ހޫނ ކިޔާލަ ކިޔާލަ އަހަރެން އިނީ އެތަނުން އަވަހަށް ނިކުނަނަން ބޭނުންވެފައެވެ. އެއިރު ވެސް ހުސްނީގެ ހުތުރު ނަޒަރު ހުރީ އަހަންނަށްކަން އަހަންނަށް އެނގެއެވެ.
ފަސްގަޑި ބައިގެ ބަހުން މާލެ ދާންކަމަށް ބަހަނާ ދައަކާލާފައި އަހަރެން އެގެއިން ނިކުންނަން ހިނގައިގަތީމެވެ. “އަހަނ.. މިހާރު އެއޮށް ފަސްގަޑި ބައިވީ. ދެން ބަސް ސްޓޮޕަށް ދާންވާއިރަށް ބަސް ނައްޓާލާނެ” ރަސިއްތަ ބުންޏެވެ. “ހުސްނީ ދޭބަލަ ސައިކަލުގައި މިގޮއި ގޮވައިގެން” އަހަރެންގެ ބުރަކަށީގައި ފިރުމާލަމުނަ ރަސިއްތަ ބުނި އެތިން އަހަރެން ސިއްސައިގެންދިއައެވެ. ހުސްނީއާއިއެކު ސައިކަލުގައި ދިއުމަށަވުރެ ސިނަމާލެ ބުރިޖުމަތިން ހިނގާފައި ދިޔަޔަސަާ ހިތަށް ފަސޭހަވާނެއެވެ އަހަންނަށް ވެގެންވިއްޔާ ބަލާނީ ހުސްނީ ފެންނަ ހިސާބުގައިވެސް ނުހުރެވޭތޯއެވެ. އޭނާއަކީ ކޮންކަހަލަ މީހެއަކަން އޭނާ ފުރަތަމަ ފެނުނު ވަގުތުވެސް އަހަންނަށް ވިސްނުނެވެ.
“ހިނގާ ދާން” ހުސްނީ ހިފީ އަހަރެންގެ އަތުގައިއެވެ. ރަސިއްތަވެސް އެމަންޒަރު ބަލަން ހެވިފައި އިނެވެ. މިއީ ކިހިނެތްވެފައި ތިބި ދެމައިން ހެއްޔެވެ؟ އައި ރުޅިން އަހަރެން އޭނާގެ އަތް ފޮޅުވައިލީމެވެ. އަދި މިދަނީ އެތާކައިރިހުރި ރައްޓެއްސެއްގެ ގެއަށް ކަމަށަ ބުނެ އަވަހަށް އެތަނުން ނިކުތީމެވެ.
ބާރު ހިނގުމުގައި އަހަރެން ލިފްޓާއި ދިމާލަށް ދިޔައިރު ފަހަތުން ހުސްނީ އާދެއެވެ. އަހަރެން ލިފްޓަށް އެރިއިރު އެތަނުގައި ދެތިން މީހުން ތިއްބެވެ. އަހަރެން ލިފްޓަށް އެރުމަށްފަހު ލިފްޓުގެ ދޮރު ލެއްޕެނިކޮށް ހުސްނީ އެ ދޮރާއި ދިމާލަށް ދުއްވައިގަތެވެ. އަދި އަހަންނާއި ޖެހިގެން ލިފްޓުގައި ހުރި މީހާ އެލިފްޓުގެ ދޮރު ހުއްވަން އަތް ދިއްކޮށްލިއެވެ.
“ނޫން!!’ އަހަރެން ހަޅޭއްލަވައިގަނެފައި އެ މީހާގެ އަތް ތިރިކޮށްލީމެވެ. އެވަގުތު ލިފްޓުގެ ދޮރު ލެއްޕުނެވެ. ކުރެވުނު ކަންތަކުގެ އިހުސާސް އަހަންނަށް ވީ ދެނެވެ. އެމީހާ ހިތަށް އަރާނެ އެއްޗެއްވެސް ނޭނގެއެވެ. ގަތް ލަދުން އިސް އުފުލައި އެމީހާއަށް ބަލައިލަން ވެސް އަހަންނަށް ނުކެރުނެވެ. ނަމަވެސް ހުސްނީއަށް އެ ލިފްޓަށް ނޭރުމުން އަހަންނަށް ކޮންމެސަ ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

ލިފްޓުން ފޭބުމަށްފަހު މަގުމައްޗަށް ނިކުމެ އަވަހަށް ކާރެއް ހޯދަން ފެށީމެވެ. ނަމަވެސް އެވަގުތު ކާރެއް ލިބޭގޮތެއް ނުވިއެވެ. ފޯނުން ކާރެއް ހޯދަން ބެލިއިރު ފޯނު ނިވިއްޖެއެވެ. ފޯނުގައި ޗާޖު ހުރިނަމަ ނަވާލްއާއި ވެސް ގުޅާލެވުނީހެވެ. މިހާރު އޭނާ ފޮނުވާލެވުނުކަމުގެ މޮޔަ ހިތަށްއަރައެވެ. ދެންޖެހޭނީ ބަސް އަންނަންދެން އެތަނުގައި މަޑުކުރާށެވެ. ނަމަވެސް އޭގެ ކުރިން ހުސްނީ އަހަރެން ފަހަތުން އަންނާނެކަން ޔަގީނެވެ. އަހަރެން ބެލީ ވީހާވެސް އެ އިމާރާތާއި ދުރަށް ދެވޭތޯއެވެ. ނަމަވެސް އަހަންނަށް މާދުރަކަށަ ދެވޭވަރެއް ނުވިއެވެ. ހުސްނީ އަހަރެން ފަހަތުނަ އަންނަތަން ފެނުނެވެ. އެއީ އަޅެ ކޮން މޮޔައެއް ވެގެން އުޅޭ ފިރިހެނެއް ހެއްޔެވެ؟ އޭނާ އަހަރެން ފަރާތުނަ ބޭނުނަވެގެން އެއުޅެނީ ކޯއްޗެއްހެއްޔެވެ؟ އަހަރެންގެ މައިންބަފައިން އަހަންނަށް ރީތި އާދަތައް ދަސްކޮށްދީފައި ނުވާނަމަ މިއަދު ރަސިއްތަ ކުރިމަތީގައާއި މުޅި މަގުމަތީގައި ވެސް ހުސްނީ ފަޟީހަތް ކޮށްލީމުހެވެ. ނަމަވެސް މަންމަ އާއި ރަސިއްތަގެ ރައްޓެހިކަމަށްބަލާފައި އަހަރެން އެއްޗެކޭ ނުބުނެ ހުރީއެވެ.
އަހަރެން ކުރިއަށް ދާވަރަކަށް، އަހަންނާއި ވިހިވަރަކަށް ފޫޓު ދުރުގައި ހުރެ ހުސްނީދިޔައީ އަހަރެންގެ ފަހަތުން ހިނގަމުންނެވެ. އެއްފަހަރު ފޯނު ނަގައި އަހަރެންގެ ފޮޓޯނެގިހެން ވެސް ހީވިއެވެ. އަހަރެން ދުއްވައިގަތީމެވެ. ގައި ހުރި ބާރެއްލާފައި ދުވީމެވެ. ހަމަ މަ އެވަގުތުގު އުޑުމަތި ބަނަވެ ތުނިކޮށް ވާރޭވެހެން ފަށަައިފިއެވެ. ނަމަވެސް, ވާރޭ ވެހުނަސް, މަގުމަތީގައި ތިބި މީހުން ބެލިއަސް ވަރިހަމައެވެ. އަހަރެން ބޭނުމީ ހުސްނީ ކައިރިން ސަލާމަތްވާށެވެ. އަހަންނާއި އަރާ ހަމަކޮށްފިނަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ.

“ވްރޫމް” ބާރު ދުވެލީގައި ދުއްވާފައި އައި ކާރެއް މަޑުކޮށްލީ އަހަރެން ކައިރީގައެވެ. ކާރު ދުއްވަމް އިނީ ޒުވާން ފިރިހެނެކެވެ. އިސްކޮޅުން ދިގު، ބާމަގި ފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ މަޑު މުށިކުލައިގެ ދެލޯ ހުރީ ސީދާ އަހަންނަށް އަމާޒު ވެފައެވެ. އެއީ މާލެ މަގުމަތިން އާއްމުކޮށް ފެންނަކަހަލައިގެ ކާރެއް ނޫނެވެ. ކާރުގެ މަތީބައި ކަހާލެވޭގޮތަށް ހުރި ކަޅުކުލައިގެ އެ ކާރުގައި އެންމެ ހިރަފުސްކޮޅެއްވެސް ނެތެވެ. ލައްކަ އަގު ބޮޑު އެއްޗެކަން ބަލައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.
“އަރާ!” ފިރިހެންވަންތަ، ބަރު އަޑެކެވެ. އޭނާގެ މަޑު މުށިކުލައިގެ ދެލޯ ހުރީ ސީދާ އަހަންނަށް އަމާޒު ވެފައެވެ.
“އޭނ؟” އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ.
“އަރާށޭ!” އެއްފަހަރު ހުސްނީއަށް އަދި އަނެއްފަހަރު އަހަންނަށް ބަލައިލަމުން ކުރިއަށްވުރެ ބާރަށް އޭނާ ތަކުރާރުކޮށްލިއެވެ.
ދެވަނަ ވިސްނުމަކަށް ނުގޮސް އަހަރެން އެކާރަށް އެރީމެވެ. އެޒުވާނާ ރައްކާތެރިކަމާއެކު އަހަރެން ގެއަށް ގެންގޮސްދޭނެކަމުގެ އެއްވެސް އުންމީދެއްގައެއް ނޫނެވެ. ނަމަވެސް އެވަގުތު އަހަންނަށް މުހިއްމުވީ ހުސްނީގެ ކިބައިން ސަލާމަތްވުންކަމުގައި ވާތީއެވެ. ކާރަށް އެރުމަށްފަހުވެސް އަހަރެންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. އިރުކޮޅުކޮޅުން ފަހަތް ބަލައިލެވެއެވެ. ހުސްނީ ފެންނަ ހިސާބަށްވުރެ ދުރަށް ދެވުމުން އަހަރެން ހަމަޖެހުނެވެ. އެވަގުތު އަހަންނަށް އިނދެވުނު ތަނާއިމެދު ވިސްނާލެވުނެވެ. އަހަރެން މިއީ ކޮންކަހަލަ މޮޔައެއް ހެއްޔެވެ. އަހަރެން މިއިނީ ނުވެސް ދަންނަ ޒުވާނެއްގެ ކާރެއްގައެވެ. އެއީ ޓެކްސީއެއް ނޫންކަން އަހަންނަށް ޔަގީނެވެ. އޭނާ އަހަރެން ގޮވައިގެން އެދަނީ ކޮންތާކަށް ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އޭނާ އަހަރެން ގެންގޮސްދޭންވީ ކޮންތާކަށްތޯ އަހައި ވެސް ނުލައެވެ. ހުސްނީ ކައިރިން ސަލާމަތްވެވުނުއިރު މިލައިގަތީ އަނެއްކާ ކޮންފަދަ ކަމަކާހެއްޔެވެ؟ އަހަރެންގެ އަތްފައި ފިނިވިއެވެ. ހިތް ނުތަނަވަސް ވެއްޖެއެެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

Previous

ހަނދުވަރު ދިން އެރޭ …17

Next

އެއްލާނުލާ

Next
December 7, 2024

އެއްލާނުލާ

Previews
December 7, 2024

ހަނދުވަރު ދިން އެރޭ …17

2 Comments!

  1. Anonymous says:
    December 7, 2024 at 12:31 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up

  2. Baby dreamer says:
    December 8, 2024 at 7:29 pm

    Very nice story…. ☺️☺️☺️

Comments are closed.

Next Episodeފުރަތަމަ ނަޒަރުން (4)←


All Right Reserved!