Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ނަޒަރުން (4)

Mariyam Enash Aqeel Level 210 Stories
December 16, 2024 3 Mins Read
4 Comments

އަހަރެން މިއިނީ ނުވެސް ދަންނަ ޒުވާނެއްގެ ކާރެއްގައެވެ. އެއީ ޓެކްސީއެއް ނޫންކަން އަހަންނަށް ޔަގީނެވެ. އޭނާ އަހަރެން ގޮވައިގެން އެދަނީ ކޮންތާކަށް ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އޭނާ އަހަރެން ގެންގޮސްދޭންވީ ކޮންތާކަށްތޯ ވެސް އަހައި ނުލައެވެ. ހުސްނީ ކައިރިން ސަލާމަތްވެވުނުއިރު މި ލައިގަތީ އަނެއްކާ ކޮންފަދަ ކަމަކާހެއްޔެވެ؟ އަހަރެންގެ އަތްފައި ފިނިވިއެވެ. ހިތް ނުތަނަވަސް ވެއްޖެއެެވެ.

“ސޯސަން މަގު” އަހަރެން ދާން ބޭނުންވާ ތަނުގެ ނަން ބުނީމެވެ. އެޒުވާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ކުޑަމިނުން އަހަންނާއި ދިމާލަށް ބަލައިވެސް ނުލައެވެ. އަހަރެން އިތުރަށް ބިރުގަންނަގޮތް ވިއެެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ ކުޑައިރު މަންމަ ބުނެއުޅޭ ވާހަކައެވެ. “ނުދަންނަ މީހުންނާއި ވާހަކަ ނުދައްކާށެވެ.” “ނުދަންނަ މީހުންނާއި އެކު ތަންނަނަށް ނުދާށެވެ.” ނަމަވެސް މިއަދު މާލަސްވެއްޖެއެވެ. އަހަރެން މިއިނީ އެބުނާ ނުދަންނަމީހާގެ ކާރަށް އަރައެވެ. އޭނާ އަހަރެން ގޮވައިގެން އެދަނީ ކޮންތަނަކަށް ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.
“މިތަނަށް މަޑުކުރޭ. އަހަރެން ދެން ހިނގާލާފައި ގެއަށް ގޮސްފާނަން” އަހަރެން ބުނީމެވެ. ހައިރާންކަމާއެކު އޭނާ އަހަންނާއި ދިމާލަށް ބަލައިލިއެވެ. އަހަންނަށް އެވަގުތު ވަށައިގެންވާ މާހައުލަށް ބަލައިލެވުނެވެ. އަހަރެމެންމަށް ތިބެވުނީ ސިނަމާލެ ބުރިޖުގެ ޓުރެފިކުގައެވެ. އަހަރެން ކައިރިއަށް ކުޑަކޮށް ހިނިއަންނަ ގޮތް ވެސް ވިއެވެ. ތިބެވުނު ތަނާމެދު ވިސްނާނުލާ އަހަންނަށް އެހެން ބުނެވުނީ އެވަގުތު އަހަރެން އެކާރުން ފައިބަން ބޭނުންވެފައި އިންލެއް ބޮޑުކަމުންނެވެ.
“އަހަރެން ކައެއް ނުލާނަމޭ” ހިނިތުންވުމެއް ފޮރުވަމުން އެ ޒުވާނާ ވާހަކަދެއްކިއެެވެ. އަހަރެން ގަތް ލަދުން އިސްޖަހައިލީމެވެ. އޭނާ ވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޭގެފަހުން ދެތިންފަހަރު އަހަރެންގެ މޫނަށް ބަލައިހެން ހީވިއެވެ.
15 ވަރަކަށް މިނިޓުގެ ކުރު ދަތުރަކަށްފަހު ކާރު ގޮސް މަޑުކޮށްލީ ސޯސަންމަގު ވެސްޓާން މޮބައިލް ދޮރުމައްޗަށެވެ. އަހަރެން ކާރުން ފޭބުމުގެ ކުރިން އޭނާއަށަ ފައިސާ ދިއްކޮށްލީމެވެ. ނަމަވެސް އެއާއި ދިމާލަށް ބަލައިލާފައި އޭނާ އެފައިސާއަކު ނުހިފިއެވެ. މިއީ ކޮންކަހަލަ ފިރިހެނެއް ހެއްޔެވެ؟ ދުއިސައްތަ ރުފިޔާވެސް މީނައަށް މަދީހެއްޔެވެ؟
“މިވަރު މަދީތަ؟” އަހަރެން ދަބަހުން އިތުރު 20 ރުފިޔާގެ ނޯޓެއް ނަގަމުން އަހައިލީމެވެ. ނަމަވެސް އޭނާގެ ޖަވާބު އައީ އަހަރެން ހީކުރިގޮތާ މުޅިން ޚިލާފަށެވެ.
“އަހަރެން ބޭނުމީ ފައިސާއެއް ނޫން” އޭނާގެ ޖަވާބު ކުރެވެ.
“އެނޫން ކޯއްޗެއް؟” އަހަންނަށް ބޭއިޚްތިޔާރުގައި އަހައިލެވުނެވެ.
“ވަގުތު ޖެހުނީމަ ބުނާން” މިހެން ބުނުމަށްފަހު އޭނާ އަހަންނަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ ކާރު ދުއްވައިލިއެވެ. އަހަރެން ފަކީރު ހުރީ މޫނުމަތީގައި ސުވާލުމާކެއް ޖަހައިގެންނެވެ. ވާނީވެސް އެހެންތާއެވެ. އަހަންނާއި އެޒުވާނާ މި ބައްދަލުވީވެސް ދެންމެއަކުއެވެ. އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކުގެ ނަން ވެސް އެނގެނީކީ ނޫންވިއްޔާއެވެ. ދެން މީގެފަހުން ދުވަހަކުވެސް އޭނާއާއި ބައްދަލުވާނެކަމެއް ނޭނގެއެވެ. ވީއިރު ޖެހެން އޮތީ ކޮން ވަގުތެއް ހެއްޔެވެ؟ އޭނާ އަހަރެންގެ ކިބައިން ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟
އަހަރެން ގެއަށް ވަން ގޮތަށްވަދެ ޒީކްއަށް ގުޅައިލީމެވެ. ބޭގަރާރުވެފައި އޮތް އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ޒީކްއަކީ ނަވާލްގެ އިތުރުން އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. ނަވާލްްއެކޭ އެއްފަދައިން ޒީކްއަކީ ވެސް ދެވަނައެއް ނެތް ޔާރެކެވެ.
ފޯނު ރިންގުވާތާ އިރުކޮޅެއްފަހުން ކޯލު ދިޔައީ ވޮއިސްމެއިލަކަށެވެ. އަހަރެން ބުނަން ބޭނުންވި އެތި ބުނެފައި ފޯނު އެނދުމައްޗައް ހޫރައިލީމެވެ. ހަމައެވަގުތެވެ. މަންމަގެ ކޯލެއް އަންނަން ފެށިއެވެ. ނަމަވެސް މިއަދު ރަސީމާއްތަ ގޭގައި ކަންތައް ހިނގާދިޔަ ގޮތުން އަހަރެން ހުރީ މަންމަދެކެ ހިތްހަމަނުޖެހިފައެވެ. މަންމަ އަހަރެން އެގެއަށް ނުފޮނުވިނަމަ އެކަންތައްގަނޑެއް ނުޖެހުނީހެއް ނޫންހެއްޔެވެ؟
އެރޭގެ އިރާކޮޅެވެ. އަހަރެންގެ އެދުމުގެމަތިން ޒީކް އަހަރެންގެ ގެއަށް އައެވެ. ދެމީހުން ވެގެން ޕާސްތާ ކައްކައިގެން ފިލްމެއް ބަލާލުމުގެ ނިޔަތުގައެވެ. އަހަރެން ބަދިގޭގައި އަވަދިނެތި އުޅުނީ ޕާސްތާ ކެއްކުމުގައެވެ. ބަލާނެ ފިލްމެއް ހޯދަން އަހަރެންގެެ ލެޕްޓޮޕް ހިފައިގެން ޒީކް އުޅެއެވެ. ޒީކްއަކީ ކެއްކުމާއި އެހާ ގަޔާވާ ކުއްޖެއް ނޫންކަމުން ކެއްކުމުގެ އެއްވެސް ކަމެއްގައި އަހަރެން ޒީކްއެއް ބައިވެރިއެއް ނުކުރަމެވެ.
“އަޅެ އީޝް މަންމަ ހާދަވަރަކަށޭ އެ ގުޅަނީ. ދެން ތިފޯނު ނަގަން ވެއްޖެއެއްނު؟” ސިޓިންރޫމު މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ޒީކް ބުންޏެވެ.
“ތިޔަބުނާ ހުސްނީއެއް އީޝް ފަހަތުން ދުވިއްޔޭ ކިޔާފަ އޭގަ އީޝްގެ މަންމަގެ ކުށެއް ކޮބާ؟” އަހަރެން އަނގައިން ނުބުނުމުން ޒީކް އިތުރުކޮށްލިއެވެ. އެބުނީވެސް ރަނގަޅު ވާހަކައެކެވެ. އޭގައި މަންމަގެ އެއްވެސް ކުށެއް ނެތެވެ.
“ހޫނ އޯކޭ އޭ. އަހަރެން މަންމައާއި ގުޅާނަން މާދަމާ. މިރޭ ގުޅިޔަސް ފޯނު ނުނަގާތިި. ނަގައިފިއްޔާ ފިލްމު ނިމޭ އިރުވެސް މަންމަގެ ވާހަކަ ހުހެެއް ނުވާނެ” ރިންގުވަމުންދިޔަ ފޯނު ސައިލެންޓަށް ލުމަށްފަހު އަހަރެން ބުނީމެވެ.
މަންމަ ގުޅައިފިއްޔާ އަބަދުވެސް ދައްކާނީ އަހަރެން މީހަކާ ނުއިނދެގެން އެވާހަކައެވެ. މީހަކާ އިނދެވޭނީވެސް އިންނާނެ މީހަކު ފެނިގެނެއް ނޫންހެއްޔެވެ؟ އަހަރެންގެ އުމުރުން މިހާވަރު ވީއިރުވެސް މީހަކާއި ރައްޓެހިވެފައި ނުވާއިރު ފިރިހެނަކާއި ދިމަ ބަލާލާފަ ވެސް ނޯންނާނެއެވެ. އަހަންނަށް އަދި މީހަކާ އިންނަން މާ އަވަހެވެ. އަހަރެންގެ އުމުރުން އެންމެ 23 އަހަރެވެ. މީހަކާއި އިނދެ ދަރިން ހޯދަން މުޅި އުމުރުދުވަސް އެބަ އޮތެއްނޫންހެއްޔެވެ؟ ނަމަވެސް މަންމަގެ ވިސްނުން ތަފާތެވެ. މަންމަ ބުނާގޮތުގައި އަންހެންކުދިން އަވަހަށް މީހުންނާއި އިންނަން ޖެހޭނެއެވެ. ނަމަވެސް އެއީ ކޮން ފޮތެއްގައި އޮންނަ އެއްޗެއް ހެއްޔެވެ؟ އަދިވެސް މަންމަ ގެންގުޅެނީ އެންމެ ބޯދާ ވިސްނުމެވެ.
އަހަރެން ޕާސްތާ ކެއްކުމަށްފަހު ވަނީ ފެންވަރާށެވެ. ފެންވަރައިގެން ނިކުތްއިރު ސިޓިންރޫމުގައި ޒީކް ކޮންމެސް މީހަކާއި ވާހަކަދައްކާ އަޑު އިވެއެވެ.
“މިއޮށް އައީ އީޝާ. މިދެނީ ފޯނު” ޒީކް މިހެން ބުނުމަށްފަހު އަހަންނަށް ފޯނު ދިއްކޮށްލިއެވެ. އަހަރެން ޒީކްއާއި ދިމާލަށް ދެލޯ ބޮޑުކޮށްލުމަށްފަހު ފޯނުގައި ހިފީމެވެ. މަންމަ ގުޅިއަސް ފޯނު ނުނަގާށޭ ބުނުމުން ވެސް ޒީކް ފޯނު ނެގީއެވެ. ދެން ޖެހޭނީ ވާހަކަ ދައްކަންތާއެވެ. މިކަހަލަ ލަނޑެއް ނޫނީ ޒީކް ނުދޭނެއެވެ.
“އައްސަލާމްއަލައިކުމް” އަހަރެންގެ ކަންފަތުގައި ޖެހުނީ ނުދަންނަ އަޑެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 39

Next

ބޭވަފާތެރިޔަކީމޭ 18

Next
December 16, 2024

ބޭވަފާތެރިޔަކީމޭ 18

Previews
December 16, 2024

ޙަޤީޤަތް ހޯދުމޭ 39

4 Comments!

  1. Lloll says:
    December 16, 2024 at 12:42 pm

    Thankolheh las up kuraaleh

    Vaahaka v reethi
    Avahah up kohleema readers kiyaa hiyvaanee ves

    1. Mariyam Enash Aqeel says:
      December 16, 2024 at 4:14 pm

      insha’Allah next episode varah avahah upload kohla dheynan

  2. husny says:
    December 16, 2024 at 7:33 pm

    Masha allah vrh rythi mi part vc ❤️ ekm thankolheh avahah up kohladheynama . But vaahakaige sifa kurun thah vrh majaa . Hama vrh salhi . Masha allah ❤️☺️ hama 💯

  3. Annora says:
    December 16, 2024 at 8:45 pm

    In love with this story.. keep going 🙂
    best wishes enaash 🙂

Comments are closed.

Next Episodeފުރަތަމަ ނަޒަރުން (5)←


All Right Reserved!