Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 4

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 2, 2024 3 Mins Read
12 Comments

“ވަރަށް ވަރުބަލި. މާދަން ދާނަން ޑިއުޓީއަށް ދާން ބަލާ. އައި ލަވް ޔޫ ޓޫ” ޔޫހާންގެ ކޯލަށް އިންތިޒާރުގައި އިން އެލީޝާއަށް އައި ޔޫހާންގެ މެސެޖު ކިޔާލާފައި އެލީޝާގެ މޫނުއޮއްސުނެވެ. ނަމަވެސް ބަލާ އަންނަވާހަކަ ބުނުމުން އުފާވެލާފައި “ގުޑް ނައިޓް” ޖަހާފައި އެލީޝާ އޮށޯއޮތެވެ.

ދަންވަރުގެ ވަގުތެވެ. މިހާރު ގަޑިން 3 ޖަހަނީއެވެ. އޭރުވެސް “ވަރުބަލި” ވެފައި އޮތް ޔޫހާން އޮތީ ހޭލާއެވެ. ލީޝާ، ޔަލްވީ އަދި ޝާހާގެ ފަރާތުން ލިބެމުން ދިޔަ ނިވާކަންކުޑަ ފޮޓޯތަކުން ޔޫހާންގެ ހިއްސުތަށް ހޭލަމުންދިޔައެވެ. ކުރެވެމުންދަނީ ކިހާވަރެއްގެ ފާފައެއްކަންވެސް ޔޫހާންއަށް އެނގޭހެންނެއް ހީވެސް ނުވެއެވެ. ޔޫހާންއަށް މިވީދާލެވެނީ މައުސޫމްކުއްޖެއްގެ ހިތްކަންވެސް ޔޫހާންއަށް އެނގޭ ހެންނެއްހިޔެއްނުވެއެވެ.

ފަތިހުގެ ފިނިކަމުން ފިނިވެފައިވީ މުޅި ދުނިޔެއަރަމުން ދިޔަ އިރާއިއެކު ދިޔައީ ހޫނުވަމުންނެވެ. އެލީޝާ މަސައްކަތް ކުރަމުން ދިޔައީ ބަދިގޭގައި އަނާޝާއާއި އެކު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ.

“އަޅެ މިހާރު ލީޝްއަށް އެހުރީ 33 އަހަރުވެފަ ވިއްޔަ. އަދިވެސް ނޫޅޭ ގޭތެރޭގަވެސް އެއްވިސްކަމެއްކުރާކަށެއް. ހަމަ ތެދެއްމިބުނީ ބުޅަލެއްގެ އުޅުން އޭނަ އެހުންނަނީ. ހެނދުނު ވަންދެން ހޭލާ އަނެއްކޮޅުން މެންދުރުން އަނބުރާލަންދެން ނިދާފަ. މަންމަވާ ހިތައްއަރާ ލީޝް މީހަކާ އިނދެގެން ކިހިނެއްބާއޭ އުޅޭނީ. ހިތައްއަރާ ބައެއްފަހަރު ލީޝް ގަދަކަމުން ނަމަވެސް މީހަކާދެވަން. ލީޝްއޭ ކިޔައިގެން މީހުން އެހެރަ ދައްކާވާހަކައިން މަންމަވާ ލަދުން ބޯހަލާކު. ހުވާމިކުރީ. އެކަމަކު ގޭތެރޭގެ މަސައްކަތެއްކުރާނަމަތާ މީހަކަށް ދެއްވަން ކެރޭނީވެސް” އަނާޝާ ދިޔައީ ކޮންމެދުވަހަކުވެސް އޭނާ ކުރަމުންދިޔަ ޝަކުވާ އެލީޝާ ގާތުގައި ކުރަމުންނެވެ. ހަގީގަތުގައި ލީޝާގެ އުޅުން ހުންނަގޮތުން އެލީޝާވެސް ލީޝާދެކެ ކޮންމެވެސް ވަރަކަށް ފޫހިވެއެވެ. ނަމަވެސް އެއީ ހުރި ހަމައެކަނި ދޮންތަކަމުން ލީޝާދެކެ އެހާމެ ލޯބިވެސްވެއެވެ.

“ދަރިފުޅުވެސް ދޯ ޔޫހާންއާއި ކާވެނިކޮއްގެން ދިޔައީމަ މަންމަ ހާދަ އެކަނިވާނޭ” އެލީޝާ ދެރަވެލާފައި ބުނެލިއެވެ.

“ދެރަނުވޭ މަންމާ. އަހަރެން ކޮންމެދުވަހަކު މިގެއަށް އަންނާނަން. އަހަރެން މަންމަވައްކެއް ނުކުރާނަން” އެލީޝާ ކައްކަން ހުރި ބަރަބޯރިހައިގެ، ރަހަބަލާލާފައި އުނދުން ނިއްވާލަމުން ބުނެލިއެވެ.

“ދެން މިދަނީ ޑިއުޓީއަށް ދާން ރެޑީވާން އިނގޭ؟”

“އެލާ ހޮސްޕިޓަލުގަތަ؟” ޔޫހާންއާއި އެކީގަ ޑިއުޓީއަށް ދިމުން ދިޔަ އެލީޝާއަށް އައީ މައުނާގެ ފޯނެކެވެ. އެލީޝާއާއި މައުނާއަކީ ކުޑައިރުންސުރެ ގާތްއެކުވެރިންނެވެ.

“ނޫނޭ. މިހާރު ދާން މިދަނީ ކިހިނެތްވީ ހޮސްޕިޓަލުގަތަ؟” އެލީޝާ އެއްސެވެ.

“ޔާ. ސްކޭންއެއް ހަދާލަން މިއައީ” ކައިރީގައި އިން ނާއިލްގެ އަތުގައި ފިރުމާލަމުން މައުނާ ބުނެލިއެވެ.

“އޭ އަސްލުތަ؟ އަހަރެން ގޮސް އެބަދިމާވެލަން އިނގޭ!” އެލީޝާ ފޯނުކަނޑާލަމުން ބުނެލިއެވެ.

“ކާކުތަ؟ ޕޭޝަންޓްއެއް؟” ޔޫހާން އަހާލިއެވެ.

“ނޫން މައު އެގުޅީ. ސްކޭން ހަދަން އައީހޯ މިތިބީ” އެލީޝާ އުފާވެލާފައި ބުނެލިއެވެ.

އަތުގުޅުވާލައިގެ އެލީޝާއާއި ޔޫހާން ވައިން އިރު ހުރިހާ އެންމެންގެ ލޯތަށް ދިޔައީ އެދެމީހުންނަށް ހުއްޓެމުންނެވެ. އެހެންލާފައި ދިޔަ ނަރުސްކުދިންނަށާއި އަންހެން ޑަކްޓަރުންނަށް ޔޫހާން ދިޔައީ “ފްލާޓް” ކުރަމުންނެވެ. އުފާވެލާފައި ހުރި އެލީޝާއަކަށް މިއިން އެއްވިސް ކަމެއްނޭނގެއެވެ.

“ހެއީ މައޫ” އެލީޝާ މައުނާ ކައިރީގައި އިށީންދެލަމުން ބުނެލިއެވެ. ޔޫހާން ކައިރީގައި އިން ނާއިލްއަށް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. 4 އެކުވެރިން މައުނާ ސްކޭން ހަދައިގެން ނުކުތުމުން އިރުކޮޅަކުވާހަކަ ދައްކަން ތިބެފައި 30 8 ވުމުން އެލީޝާއާއި ޔޫހާން އަވަސްވެލީ އެމީހަކަށް ހަމަޖެހިފައިވީ ރޫމްއަށް ދިޔުމަށެވެ.

ޑިއުޓީގައި އިން އިރުވެސް ޖައިޝްގެ ސިކުނޑީގައި އުދުހެމުން ދިޔައީ ނަވްޔާގެ ހަނދާންތަކެވެ. އެހާ މައުސޫމް ލޯބިކުއްޖަކު ދުވަހަކުވެސް ޖައިޝްގެ ދެލޯދެކިފައެއްނުވެއެވެ. އަންހެން ކުއްޖަކުފެނިގެން އެހާވަރަށް އެކުއްޖާއާއި މެދުވިސްނިފައިވެސް ނެތެވެ. ނަމަވެސް ބޮސްގެ ކޮއްކޮއާއި ލޯބީގެ ގޮތުން ގުޅޭކަށް ޖައިޝްއަކަށް ހަމަ ލާހިކެއްނޫނެވެ. ނަމަވެސް ނަވްޔާގެ ހިތުގައި އެހެން ސޫރައެއްކުރެހި ދާނެތީވެ އެކަމާވެސް ޖައިޝްގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. ފުރަތަމަ ނަޒަރުންވެވޭ ލޯއިތްބަކީ މިއީތާއެވެ.

ޖައިޝްއަށް ނޭނގުުނު ނަމަވެސް މިހާރުވެސް ނަވްޔާގެ ހިތްވަނީ ޔޫހާން ފަތަހަކޮއްފައެެވެ. ކުލާހުގައި އިން ނަވްޔާގެ ސިކުނޑީގައި މިއަދު އެއްވިސް ވަރުބަލިކަމެއްނެތި ދުވަމުން ދިޔައީ ޔޫހާންއެވެ.

“ޔޫހާންއޭ؟ ހިތުގެ ޑަކްޓަރ ޔޫހާން؟” މައުނާއެއްސެވެ. ނަވްޔާ ތުއި އަޑެއް ލައްވާލާފައި ޔޭސްއޭ ބުނެލިއެވެ.

“ދޫންޏާ ޔޫހާން ހުރޭ ގާލްފްރެންޑްއެއް. އިނގެއެއްނުން ދައްތި ފްރެންޑް އެލާ؟ އެއީ ޔޫހާންގެ ގާލްފްރެންޑް” މައުނާބުނެލިއެވެ.

އެދުވަހު މައުނާއާއި ދެމެދު ދެކެވުނު ވާހަކަަ ހަނދާންވުމުން ނަވްޔާއަށް މޫނުކުނިކޮއްލެވުނެވެ. ޔޫހާންކަހަލަ “ހޮޓްޝޮޓް” އެއްބޮޑަށް ގުޅެނީ ނަވްޔާކަހަލަ ޒަމާނަށް ލޯބިކުރާ ޒުވާނެއްނޫންހެއްޔެވެ؟ އެލީޝާކަހަލަ މުސްކުޅި “ދައިތަގަނޑެއް” ނޫނެއްނުން ހެއްޔެވެ؟ އެވަގުތު ވެގެންދިޔައީ ކިލާސްކުދިންނަށް ލެކްޗަރާ ދިން ބްރޭކް ގަޑިއަށް ކަމުން ނަވްޔާ ބޭރަށް ނިކުމެ ބެންޗްއެއްގައި އިށީނެވެ. ކަންފަތަށް އިއާރޕޮޑްސް ޖަހާލިއެވެ. ސްޕޮޓިފައިއަށް ވަދެ “ވަން އޮފް ދި ގާރލްސް” ލަވަ ޖަހާލާފައި ދެލޯމަރާލި ނަވްޔާއަށް ސިފަވީ ޔޫހާންއެވެ. ނަވްޔާގެ ދެލޯ ޔޫހާންއަލުން ދެކިލުމަށް އެދެމުން ދިޔައެވެ. އެންމެ ފަހަރަކުނަމަވެސް ޔޫހާންގެ އަތުން ނަވްޔާގެ ހަށިގަނޑުގައި ބީހިލާނެ ނަމައޭހިތަށް އެރިއެވެ.

“ނަވް ކޮންދުނިޔެއެއްގަތަ؟” ދެލޯމަރައިގެން އަމިއްލަ ދުނިޔޭގައި އިން ނަވްޔާ ސިހުނީ ނަވްޔާގެ އެންމެގާއި އެކުވެރިޔާ ޒެހެކް ނަވްޔާގެ އަތުގައި ކޮއްޓާލަމުން ބުނެލިއެވެ. ޒެހެކްއާއި ނަވްޔާއަކީ އެންމެ ކުޑަކުޑައިރުންސުރެވެސް ގާތް އެކުވެރިންނެވެ. ޒެހެކްއަކީ ވިހެއީންސުރެވެސް ހިތުގެ ބަލި ހުންނަކުއްޖެކެވެ. އުޅުމުގައި ކިތަންމެ ވިޔާނުދާ ގޮތެއްހުރިނަމަވެސް ޒެހެކްގެ ހާލަތު ހުންނަގޮތުން ނަވްޔާ ޒެހެކްއަށް ލޯބިދެމުން ދިޔައީ އެއީ އަމިއްލަ ކޮއްކޮފަދައިންނެވެ.

“މާބޮޑު ކަމެއްނުވެ. ހޭ! ޒީ ތިދައްކާ ޑަކްޓަރގެ ފުލްނޭމް ބުނެބަ. އަމް. ނަވްގެ ކަޒިންއެއް ދައްކާލަންވެެގެން” ނަވްޔާ ދޮގެއް ހަދާލިއެވެ. “ފޭކު” ބައްޔެއް ހޯދައިގެން ވިޔަސްވެސް ޔޫހާން ގާތަށް ދިޔުމުގެ ބޭނުމުގައެވެ.

“ޔޫސުފް ޔޫހާން ޔައީޝް” ޒެހެކް ބުނެލިއެވެ.

“ކޮބާ ދަރިފުޅޫ ކީކޭތަ ޑަކްޓަރ ބުނީ؟” ގެޔަށް ވަދެގެންއައި މައުނާ ފެނި ނައިލާ އެއްސެވެ.

“އަލްހަމްދުލިއްލާހް. ވަރަށް ރަނގަޅު. މިހާރު ދެން އެރިއްސާ ރިއްސުން ޑަކްޓަރ ބުނީ އެއީ ހަމަ ނޯރމަލް ކަމެކޭ. ހަށިގަނޑު ވިހެއުމަށް ތައްޔާރުވާތީއޭއެއީ” މައުނާ ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“އެހެންތަ؟ އަޅޭ 8 މަސް ފުރުނީދޯ. މިހާރު މިފުރާނަ އުރާލާހިތުން ހުރެވޭ ވަރެއްނޫނޭ” މައުނާގެ ބޮޑުވެފައިވާ ބަނޑުގައި ފިރުމާލަމުން ނައިލާ ބުނެލިއެވެ. އެވަގުތު އިސްކޫލް ނިންމާފައި ނަވްޔާވެސް ގެޔަށްއައެވެ.

“ދަރިޔާ ހާދައަވަހަކަށް ތާކަށް ދާންތަ ތިއުޅެނީ؟” އަވަސް އަރުވާލާފައި ނަވްޔާ އުޅޭތީ ނައިލާ އެހިއެވެ.

“އާން. މިއުޅެނީ ޒެހެކްއާއި އެކީގަ ކިޔަވަން ދާން” ކޮޓަރިއަށް ވަދެދޮރު ލައްޕަމުން ނަވްޔާ ބުނެލިއެވެ. ދަބަސް އެނދުމަށްޗަށް ހޫރާލާފައި ނަވްޔާއަވަސްވެލީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނުކުމެ ހަށިގަނޑު މީރުވަސްކޮއްލީ “މައި ޑިއާރބޮޑީ” ލޯޝަންއިންނެވެ. މޫނުމަތީގައި ލުއި މޭކަޕްއެއްކޮއްލުމަށް ފަހު ގަދަ ރަތްކުލައިގެ ލިޕްސްޓިކްއެއް އުނގުޅާލިއެވެ. ކަބަޑުތެރެއިން  ރިހިކުލައިގެ”ވެއިސްޓް ޗެއިން” އެއްނަގާ ނަވްޔާލައިގެން ހުރި ކަޅުކުލައިގެ ފަލަމަސްގަނޑާހަމައަށް އަރާ ސްކާރޓްގައި އަޅުވާލިއެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީސް ޓޮޕްކޮޅުގެ ފަހު ތިންގޮއް ނައްޓާލާފައި ބަނޑުފެންނަހެން ގޮށެއްޖަހާލިއެވެ. އެންމެފަހު ކަމަކަށް ނަވްޔާގެ ތޮރުފާފައިވީ ފޫޅުގައިވެސް އެއްޗެއް އެލުވާލިއެވެ. ލޯގަނޑުކައިރީގައި އިން “ސްވީޓް ގާލް” ސެންޓުފުޅިނަގާ މުޅިހަށިގަނޑުގައި މީރުވަސް ދޮއްވާލިއެވެ. އިސްތަށިގަނޑުވަޔާ ވިހުރެން ދޫކޮއްލާފައި ހައި ހީލްސްއެއް ހިފައިގެން ނިކުމެ ނަވްޔާ އަވަސްވެލީ ހޮސްޕިޓަލަށް ދިޔުމަށެވެ.

“ބޭބެ ވާނެ އިނގޭ ވަގުތުން ވަގުތަށް މިބޭސްކާން. އެހެންނޫނީ ހަމަ ބޭބެގެ ހާރޓްރޭޓް ދައްވަމުންދާނީ. އޮޕްރޭޝަންއަކާއި ހަމައަށް ދާން ޖެހުންވެސް އެކަށީގެންވޭ. ދެން މިބޭސް ކައިފައި އެއްމަސް ފަހުން އަލުން ދުރުވޭ އިނގޭތޯ؟ އިތުރު އުނދަގުލެއްވާނަމަވެސް ވާނެ އަޅުގަނޑައް ދައްކާލަން އަންނަން” ޔޫހާންވާހަކަ ދައްކަމުން ދިޔައީ ޔޫހާން ކުރިމަތީގައި އިން ޕޭޝަންޓްއަށެވެ.

“ޑަކްޓަރ އަޅުގަނޑުގެ ބައްޕަ ރަނގަޅުވާނެތޯ؟” ކައިރީގައި އިން އެމީހާގެ ދަރިފުޅު އަހާލިއެވެ.

“ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ދެން އެންމެ ރަނގަޅު ދިޔަޔަސް” މޫނުބުރުގާއަޅައިގެން އިން އެކުއްޖާގެ ދެލޮލަށް ބަލާލަމުން ޔޫހާން ބުނެލިއެވެ.

ޝުކުރުއަދާކޮށްފައި އެކުއްޖާ ބައްޕައަތުގައި ހިފައިގެން ނުކުތެވެ. ދެން އިން ޕޭޝަންޓްއަށް ރެޑީވެލުމަށް ފަހު ޔޫހާން ދެން އިން ނަންބަރަށް ގޮވާލިއެވެ. ކޮންޕިޔުޓަރއަށް ބަލަން އިން ޔޫހާންއަށް ދޮރާދިމާލަށް ބަލައިލެވުނީ “ޓޮއް ޓޮއް” އަޑު އިވުމުނެވެ. އެއީ އަންހެން ކުއްޖެއްކަން ކަށަވަރުވުމުންނެވެ. އެޒުވާން ޖިިންސުލަތީފު ފެނިފައި ކޮންޕިޔުޓަރ ކައިރީގައި އިން ޔޫހާންއާއި އެލީޝާގެ ފޮޓޯ ފްރޭމްވެސް ޔޫހާންއަށް ފޮރުވާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޝަލީން 26

Next

ތިނެސްކަން ލޯބި (26)

Next
December 2, 2024

ތިނެސްކަން ލޯބި (26)

Previews
December 1, 2024

ޝަލީން 26

12 Comments!

  1. Shaleen says:
    December 2, 2024 at 11:09 am

    Vhk varah reethi ingey.
    Ma sha allah
    Shauguveri vaahaka eh
    Yoohaan gaathah ah e aee dho foolhu thorufaafa hunna kujjaa ?
    Next part kiyaalaa hithun eba hureen…. 😊

    1. shihaamaa ali shihaamaa ali says:
      December 2, 2024 at 11:40 am

      Jazaakallah Khairan❤️
      Hehe ehn kanneynge dhw, lets see eii kon kujjeh thw part 5 ga ingeyne kon kujjeh kan hehe
      In sha allah maadhamaa kiyaalan ingeyne🥰

  2. gurrrrl says:
    December 2, 2024 at 3:27 pm

    pis pis yoohaan dheke hate vaan fashaifi kihineh ulheynameytha yoohaan e ulhenii ella yah engehjeya haadha dhera vaane eyy btw ekm ves vrh reethi mi part ves whn next part kiyaalan libeynii n shiherr kihineh haalukolhu? vrh ufaavey dhuvahun dhuvahah vhk kiyaalan libeythi alhugandhu ge support abadhuves libeyne
    ILYSM

    1. shihaamaa ali shihaamaa ali says:
      December 2, 2024 at 4:33 pm

      hehehehe
      asluvess dhw ella haadha dheravaaney
      alhamdhulihllah shiherr rangalhu gurrrl ge haalu kihineh tha??
      Awwwwnnnn vrhhhh ufaa vejje thihen bunelyma in sha allah 5 vana ep madhamaa kiyaalan libeyne
      Jazaakallah Khairan happy you loved it
      ILYM

  3. Your fav bab says:
    December 2, 2024 at 3:55 pm

    OMG!!!!!
    It’s so perfect
    Kon kujjeh tha eii??
    Yoohaan dhen dhw!!!

    1. shihaamaa ali shihaamaa ali says:
      December 2, 2024 at 4:34 pm

      hehehehe
      Jazaakallah Khairan
      dhn let’s see dhw kon kujjeh thww in the next ep

  4. Maash Butterflyyyyy says:
    December 2, 2024 at 4:44 pm

    Heyyy shiherrr💜💜
    Mi story vrh reethi maasha Allah.. Mi part vx varah reethi.. Sifa kurun thah vx perfect.. Hama mihaaru ge girls ge gothey dhw.. Nivaavefa huriyya ey dhaithagadeh or katu meehun🤦‍♀️ nav ulhey gothun rulhi aadhey eba.. Yoohan egothah ulheythy eleesha ah haadha dhera eyy😢..
    Anyways curiously waiting for the next..
    Lyssm darling💜🦋

    1. shihaamaa ali shihaamaa ali says:
      December 2, 2024 at 5:05 pm

      Heyy butterfly
      Jazaakallah Khairan vrhh happy vejje butterfly ah kamudhiyaiima
      frr hama aslu vess.. yoohaan ulhey goi eleeshaa ah engumun vaany kihinehbaa dhw? eheh lets wait and see
      in sha allah tmrw part 5 kiyaalan libeyne
      Lysmm<3

  5. Your fav bab says:
    December 3, 2024 at 6:13 am

    Bro why??????
    Pic ga yoohaan rohvaafa e innany my classmate ekey!!!!

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 12:12 pm

      Ella?😭😭

  6. Cutie girl says:
    December 3, 2024 at 7:47 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Elaa and yohaan gulhuvachey
    Jaish and navya ves
    They all are made for each other
    Elaa and dhera goteh nuhadhachey
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work

    1. shihaamaa ali shihaamaa ali says:
      December 3, 2024 at 12:14 pm

      Jazaakallah Khairan ❤️
      Hehe let’s see dhw

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 5←


All Right Reserved!