ބްލަޑް 2 (17)
“ތީ.. ތީކާކު؟ މީ ކޮންތަނެއް؟” އާދިން ލަސްލަހުން އެއްސެވެ. އެލީންގެ ހަރަކާތްތަށް ހުއްޓުނެވެ.
“މީ.. މީ އެލީންއޭނުން؟” އެލީން ބުނެލިއެވެ.
“ކޮން؟ ކޮން އެލީންއެއް؟ މަ ނުދަންނަން އެލީންއެއް؟ ތީ.. ތީ ކާކު؟” އާދިން ބީރައްޓެހި ގޮތަކަށް އެލީންއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.
“ޑަކްޓަރ!!!!!” ހިނދުކޮޅެއްތެރޭގައި ޑަކްޓަރުންނާއި ނަރުހުން އަހިސް އާދިންގެ ހާލަތުބަލަންފެށިއެވެ. “ބޭރުގަ މަޑުކޮއްލާ އިނގޭތޯ؟” ނަރުސް ކުއްޖަކު އެލީން ބޭރަށް ނެރެފައި ބުނެލިއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހިން އެލީންގެ ހިތް ދިޔައީ ފުނޑުފުނޑުވަމުންނެވެ.
“އާދިންގެ ބެލެނިވެރިޔާ؟” އިރުކޮޅެއްފަހުން ޑަކްޓަރ ފައުޒީ ނިކުމެފައި ގޮވާލިއެވެ. “އަޅުގަނޑު” އެލީން ބުނެލިއެވެ.
“އާދިންއަކީ ޑިޕްރެޝަންގެ ޕޭޝަންޓްއެއްތޯ؟” ފައުޒީކޮއްލި ސުވާލުން އެލީންގެ ނިތަށް ރޫތަށް ގިނަވެލިއެވެ.
“ނޫން.. އާދިން ދުވަހަކުވެސް ނަފްސާނީ ކަމަކާއި ޑަކްޓަރަށް ދައްކާފައިއެއްނުވޭ..” އެލީން ދެއަތްމޮޑެމުން ބުނެލިއެވެ. ފައުޒީ ދޫކޮއްލީ ފިނިނޭވާއެވެ.
“އާދިންގެ އުނިޕޮއިލާރ ޑިޕްރެޝަން ހުރޭ. ލަފާ ކުރެވޭ ގޮތުގައި ކުޑައިރު ދިމާވި ހާދިސާއަކުން މިބަލި މިހުންނަނީ. އާދިންގެ އެއްވިސް ހަނދާނެއްނެތް. އާދިން ހަނދާންހުރީ އޭނާއަށް 10 އަހަރުގެ ހަނދާންތަށް. އާދިން އޮވެގެން އެދުނީ އޭނާގެ މާމަގެނައުމަށް. އާދިންގެ މާމަ ކޮބައިތޯ؟ އާދިންގެ މަންމައާއި ބައްޕަ ކޮބައިތޯ؟” ފައުޒީ ސުވާލުކޮއްލިއެވެ.
“އާދިންއަކީ ނަހަލައިލުކުއްޖެއް.. އާދިންގެ މަންމައަކީ ހަށިވިއްކުމުގައި ނަންމައްޝޫރު މީހެއް. އެހެން އުޅުމުގެ ތެރޭގައި އާދިންގެ މަންމައަށް 16 އަހަރުގައި އާދިންއަށް ބަލިވެއިނީ.. އެކަމަކު އެދުވަސްކޮޅުވެސް އާދިންގެ މަންމަބެލީ އޭނަގެ ފީލިންގސްތަށް އެހެން ފިރިހެނުން ގާތަށްގޮސް ފުއްދޭތޯ.. އާދިން ވިހެއީވެސް ދުވަސް ނުފުރާ. ވިހާގަދަވުމާއި އެކު އަނެއްކާވެސް އެމުޑުދާރު ކުޅިގަނޑުފެށީ. އާދިން ހުސްބަނޑާ ބޭއްވީ އޭނަގެ ބޮޑީ ހަޑިވެދާނޭ ކިޔާފަ.. އާދިން ބެލީ އާދިންގެ މާމަ. އާދިންގެ މަންމަ އާދިންއަށް 12 އަހަރުގައި ނިޔާވީ.. އޭގެ ފަހުން އާދިން ބަލަމުން ދިޔައީ އަހަރެންގެ މަންމަ. އާދިންއެއީ އެކަނިވެރިއެއް. އަދިއަދަށް ދާންދެންވެސް އާދިންގެ ބައްޕައަކީ ކާކުކަމެއް ޙުދު އާދިންއަކަށްވެސް ނޭނގޭ. އާދިން އަބަދުވެސް ހުންނާނީ ހިނިތުންވުމެއްދީގެން. އާދިންގެ އެންމެ ކުރާހިތްވާ ކަމަކީ އެހެން މީހުންގެ ތުންފަތަށް ހިނިތުންވުން ގެނެސްދިނުން.. އެކަމަކު.. އާދިންގެ މޫނުމަތީގައި އިނީ ކުރެހުމެއްކަން.. އާދިން ގާތުގައި އުޅުނު އެއްވިސް މީހަކަށް ނޭނގުނު…..” އެލިންއަކަށް ދެނެއް ވާހަކައެއްނުދެއްކުނެވެ. ހިތް ފުނޑުފުނޑުވީއެވެ. އާދިންދެކެ ލޯބިވެހުރެ، އާދިންގެ ހިތުގައި އަޅަމުން ދިޔަވޭނާ އުދާހާއާ އެލީންއަކަށް ނޭނގުނެވެ.
“ކީއްކުރަންމިތަނަށް ތިއައީ؟؟” ކިޔާންފެނުމުން ނުރުހުންވެ ކައިޝަން ބުނެލިއެވެ.
“އަހަރެންގެ ދަރިއަކު މިތާއޮއްވާ އަންނަން ޖެހޭނެތާ މަގޭ ރެޕިއުޓޭޝަންވެސް އަމާން އޮމާންކޮށް އޮއްވާ” ކިޔާން ބުނެލިއެވެ. ކިޔާންގެ ދެލޮލަށް ކައިޝަން ނުފެންނަތާ މިހާރު 5 ވަރަކަށް އަހަރުވެދާނެއެވެ. އެކަމަކު މިއަދުވެސް އެއައީ އޭނާއަކީ “ނަމޫނާ” ބައްޕައެއްކަން އެހެން މީހުނަށް ދެއްކުމަށެވެ. އޭރުވެސް ކައިޝަންގެ މަންމަ ބަޙަބަރެވެ.
“ހަހަ. ތީކީ މަށަށް އޮޅިފައިއޮތް ކަމެއްނޫން! އަަހަރެންއަބަދުވެސް ކަލޭ ގެންގުޅުނީ ކަލޭގެ “ފޭމް” ހޯދަން ގެންގުޅޭ މެޝިނެއްހެންނުން؟”
“ކަލޭއޭ؟؟؟؟” ކައިޝަންއެހެން ބުނުމުން ކިޔާންގެ މޫނުމައްޗައް އަރައިގަތީ ކޮންކަހަލަ ރުޅިވެރިކަމެއްކަން ބުނަންވެސް ދައްޗެެވެ.
“އާން. ތިއީކީ އަހަރެންގެ ބައްޕައެއްނޫން! އަހަރެންގެ ބަފައެއްވެސް މަންމައަކުވެސް ނުހުންނާނެ! އަހަރެން ތިމީހުންގެ ލޯއިތްބާ އަޅާލުމަށް އެންމެ ބޭނުންވިދުހު ތިމީހުން އަހަރެންނަށް ކަންކުރީ ކިހިނެތް؟؟” ކައިޝަން ރުޅިއަހިސްފައި ހުރި ނަމަވެސް ލޮލުން ކަރުނަ ނިރާލިއެވެ. އިރުކޮޅަކު ހަނުހުރެފައި ކިޔާން އެތަނުން ނުކުމެގެން ދިޔައެވެ. ވަގުތުން ކައިޝްންގެ ބަޑި ފަޅައިގެން ދިޔައެވެ. ފިރިހެނަކަށްވިޔަސް ކެއްވާނީ ވަކިވަރަކަށްނޫންހެއްޔެވެ؟ މަންމައާއި ބައްޕަގެ ލޯއިތްބައް ކައިޝަން ފެންބޮވައިގަންފައިވާތާ މިހާރުކިހާދުވަހެއް ހެއްޔެވެ؟ 5 އަހަރު ފަހުން ފެނުމުންވެސް ލޯބިން ފިރުމާވެސް ނުލިތާއެވެ. ކައިޝަންގެ ހިތްފުރިގެން ބަންޑުންވީ ޝަކުވާއިންނެވެ.
5 މަހުގެ ދިގު އިންތިޒާރަކަށްފަހު ރުވާން ދޫކޮއްލެވުނެވެ. އޭރު ކައިޝަންވެސް ރުވާން ގާތުގައި ހުއްޓެވެ. ރަވާންއާއި ނޯޔާ ރުވާންގޮވައިގެން ގެއަށްދާން ދުއްވާލިއެވެ. 1 އަހަރުފަހުން މިއާއިލާ އަލުން ގުޅުނީއެވެ. ކައިޝަން އެއާއިލާއަށް ވަގުތުކޮޅެއް ދިނުމައްޓަކައި އެނބުރި ގެޔަށް ދިޔައެވެ. ނޯޔާގެ އެހީއާއި އެކު ފުރޮޅުލީ ގޮނޑީގައި ރުވާން ގޭތެރެއަށް ވައިން ހިނދު ރުވާންއަށް ކުރެވުނީ ތަފާތު އިހުސާސްއެކެެވެ. 1 އަހަރު ފަހުން ގެއަށް އާދެވުނު އިރުވެސް ގޭތެރެ މިހުރީ ހަމަ އެއްގޮަތަކަށްތާއެވެ. ރުވާންގެނެސްފައި ރަވާން ފެންވަރަން ވައިން އިރު ނޯޔާ އާއި އެކު ޔޫރާ ހުރީ ކާންތައްޔާރުކުރުމަށެވެ. ސިޓިންގރޫމްގައި ނޯޔާއާއި ޔޫރާގެ ހަރަކާތްތަށް ބަލަން ރުވާންއިނީ ހުރިހާ ދަތްތަކެއް ސޭލުއަޅުވައިގެންނެވެ. އެވަގުތު ރުވާން ކޮޓަރި ބަލާލަން ދާހިތްވިއެވެ. އަމިއްލައަށް ފުރޮޅު އަނބުރަމުން ރުވާންގޮސް ރުވާންގެ ކޮޓަރިއަށްވަނެވެ.
ރަތާއި ކަޅުން ޖަރީކުރެވިފައިވީ އެކޮޓަރިތެރެ އޮތީހަމަ އަދިވެސް އެއްގޮތަކަށެވެ. ސާފުތާހިރުކޮށް އޮތް އިރު މިކޮޓަރިތެރޭގައި މިއޮއް ހާދުވަސް ވީ އިރު މީހަކު ނޫޅޭހެން ހީވެސް ނުވެއެވެ. ގޮނޑީގެ ފުރޮޅުއަނބުރަމުންގޮސް ރުވާން ހުއްޓިލީ ޑްރެސިންގ ޓޭބަލް ކުރިމަތީގައެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަށް ފަހު ރުވާން ޖީބުން ކަޅުކުލައިގެ ކުޑަފޮއްޓެއް ނެގިއެވެ. އެފޮށީގައި ރުވާން ލޯބިން ފިރުމާލާފައި އޭތި ހުޅުވާލިއެވެ. އޭގައި އިނީ ރިހި ކުލައިގެ އަނގޮއްޓިއެވެ. ބޮޑު ހުދުކުލައިގެ ޑައިމަނޑްއެއް އިން އިރު މުޅިއަނގޮއްޓި ދިޔައީ ވިދާ ބަބުޅަމުންނެވެ. ރުވާންގެ ހިނިތުންވުން ފަދައިންނެވެ.
“ރުވާން؟” އެވަގުތު ބޭރުން ޔޫރާގެ ނިޔަނެތި އަޑުއިވުނެވެ. ރުވާންއަވަހަށް އެފޮށި ލައްޕާފައި ޑްރެސިންގ ޓޭބަލްގައި އިން ކުޑަ ކަބަޑުތެރެއަށް ލިޔެވެ. ހަމައެވަގުތު ޔޫރާއަހިސް ރުވާންގެ ކޮޓަރިއަށްވަނެވެ.
“ކިހިނެއްވެފަ މިތާ ތީނީ؟” ޔޫރާ އެތެރެއަށް ވަދެފައި އެއްސެވެ.
“މިއީ އަހަރެންގެ ރޫމްއޭ. މާޒީ ހަނދާކޮއްލީ.. އަސްލު ހީވެސް ނުކުރަން މިހާއަވަހަށް އާދެވޭނެއެކޭ.. އެކަމަކު އަލްހަމްދުލިއްލާހް މިހާރު ވަރަށް ހެޕީ” ރުވާން ބުނެލިއެވެ. “އަލްހަމްދުލިއްލާހް” ޔޫރާވެސް ބުނެލިއެވެ.
“ހޫމް ދެން ހިނގާ ކާން. އިންނާނެ ރުވާންއަށް ވަރަށް މީރުކޮއް ބަތްތައްޓެއް މޮޑެލަދީފަ” ޔޫރާ ގޮސް ރުވާންގެ ގޮނޑީގައި ހިފަމުން ބުނެލިއެވެ. ވަގުތުން ރުވާން ޔޫރާގެ އަތުގައި ހިފާ ޔޫރާ ހުއްޓުވިއެވެ.
“ޔޫރާ ބުނީމޭނުން މިހާރަކު ނޫނޭ؟ ރަނގަޅުވީމައޭ؟ މިހާރު މަގޭ މޫނަކު މާސްކްއެއްވެސް ނެތެއްނުން؟” ރުވާން ލާނެތް ގޮތަކަށް ބުނެލިއެވެ.
“ދެން ރުވާނޫ!” ޔޫރާ ލަދުން ހުރެ މޫނުގައި އަތް އަޅާލާފައި އަޑުގޮއްވާލިއެވެ. ޔޫރާގެ އެ މައުސޫމް ހަރަކާތްތަކަށް ބަަލަން އިން ރުވާންގެ މޫނުމަތީގައިވެސް ހުރީ ވިދަވިދާ ހުރި ހިނިތުންވުމެކެވެ.
ހަވީރުގެ ވަގުތެވެ. ގޮނޑުދޮށުގައި އާދިން ގޮވައިގެން އެލީން އިނީ ބޮނޑި ކުޅޭށެވެ. އާދިންގެ އުޅުންވެސް ހުރީ ހަަމަ 10 އަހަރުގެ އާދިން ފަދައިންނެވެ. އާދިންގެ މިހާރުގެ ހުރިހާވެސް ޝައުގަގީ ކުޅިވަރުކުޅުމެވެ. އުފާކޮށް މަޖާ ކުރުމެވެ. އެލީން އާދިންއާއި އެކު އެހުރިހާވަގުތެއްވެސް ހޭދަކުރަމުންދިޔައީ ހިތުން ރުހުމުންނެވެ.
ހަމައެވަގުތެވެ. މިލްޔާއާއި ކައިޝަންވެސް ދިޔައީ ބޭރަށް ދިޔުމަށް ތައްޔާރުވަމުންނެވެ. ދުވަސްތަކަކަށްފަހު ޑޭޓްއަކަށް ދެވޭތީވެ ކައިޝަންއަދި މިލްޔާވެސް ހުރީ އުފަލުންނެވެ. ކައިޝަން ފުރޮޅުލީ ގޮނޑީގައި އިންއިރު މިލްޔާ ގޮނޑީގައި ހިފާ ދުއްވަމުން ދިޔައެވެ. އެކި ވާހަކަތަށް ދައްކަމުން ދިޔައިރު މިލްޔާއާއި ކައިޝަންގެ ލޯބިހަރަކާތްތަށް ފެނިކޮންމެ މީހަކުވެސް ލޯބިންފުރޭނެކަން ގައިމެވެ. އުފަލުގައި ވަގުތުތަށް ހޭދަކުރަމުންގޮސް މިލްޔާ ސިހުނީ މިލްޔާގެ ފައިބުޑައްއެއްޗެއްވެއްޓުނު އަޑުއިވުމުންނެވެ. މިލްޔާ ހުއްޓިލާފައި އެފޮށިނެގިއެވެ. އޭގައި އިނގިރޭސި ބަހުން “ވިލް ޔޫ” ޖަހާފައި އިނެވެ. މިލްޔާ ޝައުގުވެރިކަމާއި އެކު އެފޮށިހުޅުވާލިއެވެ. ވަގުތުން މިލްޔާގެ ދެލޯކަރުނުން ފުރިބާރުވިއެވެ.
“ކައި…..” މިލްޔާގެ އަޑުނިކުތީ ތުރުތުރު އަޅަމުންނެވެ.
“ޔެސް.. މިލޫ.. ވިލް ޔޫ މެރީ މީ؟” މިލްޔާ އަތުގައި އޮތް އަނގޮއްޓިއަށް ބަލައިލަމުން ކައިޝަން އަހައިލިއެވެ. އެފޮށީގައި އިން ރިހިކުލައިގެ އަނގޮއްޓިދިޔައީ ދުވާލުގެ އެވަގުތުގައި ވެސް ވިދާބަބުޅަމުންނެވެ. މިލްޔާ ކައިޝަންއާއި ދިމާލަށް ބަލާލާފައި ބޯޖަހާލިއެވެ.
ޖެހިގެންއައިދުވަހެވެ. ދުނިޔެއަށް އިރުގެ ފެނުންތޮޅެލީ އެލީންއަށް އުފާވެރިކަމުގެ ފޯނުކޯލެއް އަހިސްގެންނެވެ. ގުޅީ އާދިންއެވެ.
“ކީކޭ އާދޫ؟ ކަމެއްވީ..” އެލީންގެ ޖުމްލަ ކަރުގައިތާށިވީ އާދިން ވާހަކަ ދައްކަންފެށުމުންނެެވެ.
“އެލީ… ކޭން ޔޫ ޕްލީޒް ކަމް؟” އާދިންގެ ބުނެލިއެވެ. އާދިންގެ އަޑުގައިވީ ބުނަންނޭނގޭ ކަހަލަ އިހުސާސްއެކެެވެ. އެލީން ބިރުގަތީ އެހެންންވެގެންނެވެ. ނަމަވެސް އާދިންއަށް އެލީންގެ ނަންބުނަން އެނގުމުން އެލީންއުފާވެސް ވިއެވެ. މިދަނީ ކަމަށް ބުނެ ފޯނުބޭއްވިއިރު އެލީންގެ މޫނުމަތީގައިވީ ހާސްކަމާއި އުފާވެރިކަމެވެ. އިރުކޮޅަކު މަޑުންހުރެލާފައި އެލީން އަވަހަށް އާދިންގާތަށް ދިޔުމަށް ތައްޔާރުވެލިއެވެ.
“ހެއީ؟ ކަމެއްވީތަ؟” އާދިންގެ އެޕާރޓްމެންޓްއަށް ވައިން އިރު ސޯފައިގައި އިން އާދިން ފެނުމުން އެލީންއެއްސެވެ. އާދިން އެއްވިސް އެއްޗެކޭނުބުނެ އިންގޮތަށް އިނެވެ. އެލީންއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. ލަސް ހިނގުމެއްގައި ހިނގާފައިގޮސް އެލީން އާދިން ގާތުގައި އިށީނެވެ.
“އާދޫ؟” އެލީންއަނެއްކާވެސް ގޮވާލިއެވެ. ތިންވަނަފަހަރަށް ގޮވާލަންވެގެން އުޅުނު އެލީން ސިއްސައިގެން ދިޔައީ އާދިން އިނދެފައިކޮއްލި ސުވާލަކުންނެވެ..
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







vrh reethi mi partt
whn nxt cant wait for itt
keep it up
love you
Jazaakallah Khairan<3
In sha allah maadhamaa
LYM
mi part ves v reethi masha allah
curiously waoting for next part
keep it up
e emmen gulhuvaa avahah
they all are made for each other
love you
hehe ya frr
In sha allah vrh avahah kiyaalan libeyne
LYM