ބްލަޑް 2 (9)
***މިހާރު***
“އަދިވެސް ޔޫރާއަކަށް ނޭނގޭނެ އަހަރެން ދުނިޔޭގަ ހުރިކަމެއް. މިހާރު ޔޫރާ ފަހަތު އަޅުވާލައިގެން އެ ރިޝްވާން އުޅޭތީވެ އޭނަ ޕްރޮޓެކްޓް ކުރުމަށް އަހަރެން ޔޫރާއާއި ރައްޓެހިވީ. އެކަމަކު އެއީ ކައިޝަންގެ ގޮތުގަ. އަހަރެން އަދި ބޭނުމެއްނޫން ޔޫރާއަށް އަހަރެން ދުނިޔޭގަ ހުރިކަން އެނގޭކަށް. އެކަމަކު މިހާރު ކަންކަން މިވާގޮތުން.. އަހަރެން ނަބީލްގެ ހެލްޕް ބޭނުން ނަބީލް” ނަބީލްއާއި ދިމާލަށް ބަލައިލަމުން ރުވާން ބުނެލިއެވެ.
****
މެންދުރުގެ ހޫނުގަދަ ވަގުތެވެ. މިލްޔާ ހުރީ ބަދިގެތެރޭގައި މެންދުރަށް ކައްކާށެވެ. ކެއްކުމައިގެން ކުރިއަށް ދިޔައިރު އިރުއިރުކޮޅާ މިލްޔާ ދިޔައީ ކެއްސާލަމުންނެވެ. އެދުވަހުވެސް އާދިން އެގެއަށް ކާންއައުމަށް ބުނެފައިވާތީވެ މިލްޔާ ދިޔައީ ހުއްޓާނުލާ ކެއްކުމައިގެން ކުރިއަށް ދަމުންނެވެ. ނަމަވެސް މިލްޔާގެ ހަށިގަނޑުގައި ދިޔައީ ވޭންއަޅަމުންނެވެ. އިންތިހާއަށެވެ.
އެވަގުތު އަވަނުގައި އޮތް ކުކުޅު ފިހެވުނު އަޑު އިވުނެވެ. އެހެން ކަމުން ފެންފޮދެއް ބޯލާފައި މިލްޔާގޮސް އުނދުން ނިއްވާލިއެވެ. ނަމަވެސް ކުއްލިއަކަށް ކެއްސާލާފައި މުޅި މޫނު މައްޗަށް އަނދިރިވެލިއެވެ. ހީވީ ބަދިގެތެރޭގައި ހުރި ބޮކި ނިއްވާލިހެންނެވެ.
“މިލޫ؟” ގެއަށް ވަދެގެންއައި އާދިން ލޯބިން ގޮވާލިއެވެ. ނަމަވެސް މިލްޔާގެ އެއްވިސް ހަބަރެއްނެތެވެ. “މިލޫ” މިލްޔާއަށް ގޮވަމުން އާދިން ގޮސް ބަދިގެއަށް ވަނެވެ.
“މިލްޔާ!!!” އާދިން ދިޔައީ ސިއްސައިގެންނެވެ. ބިންމަތީގައި ހޭނެތިފައި މިލްޔާ އޮތް އިރު މިލްޔާގެ ނޭފަތުންނާ އަނގައިން ދިޔައީ ހޯސްލާފައި ލޭއަންނަމުނެވެ. މިލްޔާ އޮތް ގޮތުން މިލްޔާ ހޭނެތުނީ ކެއްކުމައިގެން އުޅެމުންކަން އާދިންއަށް އެނގުނެވެ. އެހެން ކަމުން އާދިން ފުރަތަމަބެލީ އުނދުނާ އަވަނާ ހުރީ ނިވިފައިތޯއެވެ.
“މިލޫ؟ މިލޫ؟ މިލޫ؟” މިލްޔާގެދޮން މޫނުގައި ފިރުމަމުން އާދިން މަޑުމަޑުން ގޮވަން ފެށިއެވެ. ނަމަވެސް މިލްޔާގެ އެއްވިސް ޙަބަރެއްނެތެވެ. އާދިން ހާސްވެފައި އިނދެ އަވަހަށް އެންބިއުލާންސްއަށް ގުޅިއެވެ.
“ދަރިފުޅާ ފޯނެއް” ބަދިގެތެރޭގައި އަވަދި ނެތި ބަތްކައްކަން ހުރި އެލީން ސިހުނީ އިލްޔާ ގޮވާލުމުންނެވެ.
“ލައްބަ މަންމާ މިދަނީ” އެލީން ބުނެލިއެވެ.
“ހަލޯ؟” ގުޅަމުން ދިޔައީ އާދިން ކަމުން އެލީންއަވަސް އަވަހަށް ފޯނުނެގިއެވެ.
“އެލީ. ހޮސްޕިޓަލަށް އަހިސްދީބަ. މިލޫ… އަހަރެން މިއަދު އެގެއަށް ދިޔައިރު މިލޫ އޮތީ ހޭނެތިފަ. އަނގައިންނާއި ނޭފަތުން ލޭވެސް އާދޭ. މިހާރު ހޮސްޕިޓަލުގަވީ. މައި މައިންޑް އިސް ގޮއިން ކްރޭޒީ. ޕްލީޒް އެލީ. އާދެވިދާނެތަ؟” ރޮމުން ރޮމުން އާދިން ބުނެލިއެވެ.
“މިދަނީ.” ގަބުކައިފައި ހުރެ އެލީން ބުނެލިއެވެ.
“މިލްޔާގެ ބެލެނިވެރިޔާ؟” އެވަގުތު ޑަކްޓަރު ނިކުމެ ގޮވާލިއެވެ. އާދިން އަވަހަށް ގޮސް ޑަކްޓަރ ކައިރީ ހުއްޓުނެވެ.
“މިލްޔާއަށް ކުރިންވެސް ވާނީ ކިތަންމެ ފަހަރަކު ވާރނިންގ ވެސް ދިނިން. ނަމަވެސް ދައްކާފައި ނުވާކަމަށް މިއެނގެނީ. މިލްޔާގެ ކިޑްނީ ހަމަ ފެއިލްވަނީ. މިހާރު ދެވަނަ ކިޑްނީވެސް ފެއިލްވަނީ. ސާރޖަރީ ނެހެދުނީވިއްޔާ ހަފްތާއެއްހާ ދުވަސްތެރޭ…” ޑަކްޓަރު ހިޝާމް ބުނެލިއެވެ.
އާދިންގެ ދެލޯ ބޮޑުވިއެވެ. މިލްޔާ އެވާހަކަ އޭނާ ގާތުގައި ނުވެސް ބުނެއެވެ. އާދިންގެ ހިތަށް ދިޔައީ ފުންއަސަރު ތަކެއްކުރަމުންނެވެ.
“އަހަރެން.. އަހަރެން ބޭނުން ޓެސްޓް ހަދަން. މެޗްވަންޏާމުން އަހަރެންގެ ކިޑްނީ ނަގާ” އާދިން އެއްވިސް އެހެން ފިކުރެއްނެތި ބުނެލިއެވެ.
ހިޝާމް ބޯޖަހާލާފައި ނިކުތެވެ.
“މިލޫ. ހޭނގް އިންދެއާރ. އަހަރެން މިލޫ ސަލާމަތް ކުރާނަން” އާދިންގެ އަޑު އައީ ކެނޑިކެނޑިގެންނެވެ.
“ހެއި. ވަޓް ހެޕެން؟” އެލީންއާއި އެކުއައި ޔޫރާއެއްސެވެ.
“ޔޫރާ.. މިލޫގެ… ކިޑްނީސް ފެއިލްވަނީ. އަހަރެން. އަހަރެން މިއުޅެނީ މިލްޔާއަށް އަހަރެންގެ ކިޑްނީ ހަދިޔާ ކުރަން..” އާދިން ބުނެލިއެވެ.
“ވަޓް؟؟؟؟ އާދިން މޮޔަވީތަ؟؟؟؟ ވަޓް އެބައުޓް ކޮލެޖް؟؟؟ އާދިން ދެން ބަލި މީހަކަށް ވެއްޖިއްޔާއޯ؟؟؟ ވައި ޑަސް އިޓް އީވެން މެޓާރ” ގަބުކައިފައި ހުރި އެލީން ކުއްލިއަކަށް ހުރެފައި ބުނެލިއެވެ.
“ބިކޯސް އައި ލަވް ހާރ!!!! އެލީން އަހަރެން މިލްޔާދެކެ ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ!! އެލީން! މިލްޔާއަށް ހަފްތާއެއްތެރޭގައި ކިޑްނީއެއް ނުލިބުނީއާރ… ޝީވިލްބީ ނޯމޯރ. އަހަރެންނަކަށް މިލްޔާ ދޫކޮށެއްނުލެވޭނެ. ޕްލީޒް” އާދިން ބުނެލިއެވެ. އެވަގުތު ނަރުސް ކުއްޖަކު އަހިސް އާދިންގާތުގައި ޓެސްޓުކުރަން އައުމަށް ގޮވާލިއެވެ. އެހެންކަމުން އެލީންއާއި ދިމާލަށް ބަލާލާފައި އާދިން ކުރިއަށް ހިނގައިގަތެވެ.
އާދިން ގޮސް އެހެން ކޮޓަރިއަކަށް ވައިން މަންޒަރު ބަލަން ހުރި އެލީން ގައިންވަރުދޫވާހެން ހީވެގެން ކައިރީގައި އިން ގޮނޑިއަށް ތިރިވެރޯން ފެށިއެވެ.
“ޔޫރީ.. އަސްލުވެސް ވަޓް އިސް ރޯންގް ވިތް ހިމް. އޭނަ ހަމަ އެހާ މުހިންމުތަ؟ އެދެންކާކުތަ؟ އާދިންއަކަށް ނޭނގޭތަ އަހަރެން އާދިންދެކެ ލޯބިވާވަރެއް؟ އަޅެ އާދިން ހާދަ ނުލަފައޭ” ޔޫރާ އަތުގައި ހިފާ އެލީން ޝަކުވާ ކުރަންފެށިއެވެ.
“ހުއްޓާލާ އެލީ. އެކަމަކު… މިވަގުތު ތިވާހަކަ ނުދައްކާ. މިލްޔާއަށް ބަދުދުޢާ ނުކުރޭ. ހެޔޮދުޢާކުރޭ. އިނގޭ އުނދަގޫ ވާނެކަން. އެކަމަކު ހެޔޮނުވާނެ މަރާ ހަނގުރާމަކުރަމުން ދާމީހަކަށް ބަދުދުޢާ ކުރަން. އެލީ. ހެއްދެވި ފަރާތް މަތިން ހަނދުމަކުރޭ. ކެއްކުރޭ. ﷲ ވޮޑިގެންވަނީ ކެއްތެރިންނާއިއެކު. ޔޫރާ އެލީންގެ އުނަގަނޑުގައި ފިރުމަމުން ބުނެލިއެވެ. ނަމަވެސް އެލީންގެ ރުއިންވީ ހައްތަހާ ބާރެވެ.
އިރުގެ އަލި މަޑުމަޑުން ފަނޑުވަމުން ގޮސް ރޭގަނޑުވެއްޖެއެވެ. އަދިވެސް އާދިންއާއި އެކު އެލީންއަދި ޔޫރާވެސް ހޮސްޕިޓަލުގައި އިނެވެ.
“އަވަހަށް ސާޖަރީއަށް ތައްޔާރުވެލާ. ކިޑްނީދިމާވޭ” އެވަގުތު ނަރުސް ކުއްޖަކު އަހިސް އާދިން ކުރިމަތީގައި ހުއްޓިބުނެލިއެވެ. “އަލްހަމްދުލިއްލާހް” އާދިންއަށް ވަގުތުން ހެއްދެވިފަރާތަށް ޝުކުރުއަދާ ކުރެވުނެވެ.
4 ގަޑިއިރުގެ ސާރޖަރީއަކަށްފަހު އާދިންއާއި މިލްޔާ ސާރޖަރީ އިން ނެރުނެވެ. މިލްޔާގެ ހަށިގަނޑުގައި އާދިންގެ ކިޑްނީ ދިޔައީ ޑަކްޓަރުން ހީކުރިވަރަށްވުރެވެސް ފުރިހަމައަށް ފަންގޝަން ކުރަމުންނެވެ.
****
ޑިއުޓީ ނިންމާފައި ނަބީލްއަށް ގެއަށް އާދެވުނު އިރު 10 ވެސް ޖަހައިފިއެވެ. ނަބީލްއަހިސް ޓައީދޫކޮށްލާފައި އެނދަށް ވެއްޓިގަތެވެ. އޭރުވެސް ނަބީލްގެ ސިނކުޑީގައި ދައުރުވަމުން ދިޔައީ ރުވާން ދެއްކިވާހަކައެވެ.
“އަދިވެސް ޔޫރާއަކަށް ނޭނގޭނެ އަހަރެން ދުނިޔޭގަ ހުރިކަމެއް. މިހާރު ޔޫރާ ފަހަތު އަޅުވާލައިގެން އެ ރިޝްވާން އުޅޭތީވެ އޭނަ ޕްރޮޓެކްޓް ކުރުމަށް އަހަރެން ޔޫރާއާއި ރައްޓެހިވީ. އެކަމަކު އެއީ ކައިޝަންގެ ގޮތުގަ. އަހަރެން އަދި ބޭނުމެއްނޫން ޔޫރާއަށް އަހަރެން ދުނިޔޭގަ ހުރިކަން އެނގޭކަށް. އެކަމަކު މިހާރު ކަންކަން މިވާގޮތުން.. އަހަރެން ނަބީލްގެ ހެލްޕް ބޭނުން ނަބީލް” ނަބީލްއާއި ދިމާލަށް ބަލައިލަމުން ރުވާން ބުނެލިއެވެ.
“ބުނޭ.. އަހަރެންނަށް އެހީތެރިވެވުނު ގޮތަކަށް އެހީވެދޭނަން” ނަބީލް އަވަސްއަވަހަށް ބުނެލިއެވެ.
“ޔޫރާ ފަހަތުއަޅުވާލައިގެން އުޅެނީ އެއްކަލަ ރިޝްވާން. އަހަރެން ދެން ނުޖެހޭނެގައިމުވެސް ރިޝްވާންގެ ގޮތް ނަބީލްއަށް ކިޔައިދޭކަށް. އަހަރެން ބޭނުމެއްނޫން އޭނަގެ އެބޭނުން ފުއްދުމަށް ޔޫރާގެ ހަށިގަނޑު ބޭނުން ކުރާކަށެއް. ރިޝްވާން އުޅޭނޫޅޭ ގޮތް ބެލުމަށް އަހަރެންނަށް އެހީވެދީ” ރުވާން އާދޭސް ކުރާކަހަލަ ރާގެއްގައި ބުނެލިއެވެ.
ރުވާން މަންމަމެންނަށް އެނގޭތަ ރުވާން ދުނިޔޭގަ ހުރިކަން؟” ރުވާންގެ ޕޯލްސް ބަލަމުން ނަބީލްއެއްސެވެ.
“ނޫން.. ނޭނގޭނެ. ނަބީލް ނުބުނައްޗޭ. އަދި އަހަރެން ބޭނުމެއްނޫން އެއްވިސް މީހަކަށް އެނގޭކަށް. ވަގުތު ޖެހުމުން އަހަރެން ބުނާނަން” ރުވާން ބުނެލިއެވެ.
“އެދުވަހު ޔޫރާ ވަރަށް ވަރަށް ރުއި. އަހަރެންވެސް ހުރީ ހިތްފަޅައިގެން ދާހާލުގަ. ރުވާން މަންމަވެސް އެތަކެއް ފަހަރަކު ހޭނެތުނު. އަދިވެސް ރުވާންބެވެސް ނޯޔާދައްތަވެސް ތިބެނީ ގަބުކައިފަ. ވަރަށް ހިތާމަ ކުރޭ” ނަބީލް ބުނެލިއެވެ.
“އިނގޭ. ކައިޝަން އަހަރެންގެ އެންމެންގެ ވާނުވާ ބަލާ.. އަހަރެން.. އަހަރެން ހީނުކުން މަންމައާއި ބައްޕަ އަހަރެންދެކެ އެހާ ލޯބިވާނެކަމަކަށްވެސް” ރުވާންގެ އަޑު ކުރަކިވިއެވެ.
“ކޮންމެ މަޔަކާއި ބަފަޔަކުވެސް އެމީހެއްގެ ދަރިންދެކެ އިންތިހާއަށް ލޯބިވާނެ. ރުވާންއަށް މިސްއަންޑަސްޓުޑްވީ. އެއޯކޭ ވަނެ. ވީ އޯލް މޭކް މިސްޓޭކްސް. ރުވާންމާފަށް އެދުނީމަ ގައިމުވެސް މާފު ކުރާނެ” ނަބީލް ބުނެލިއެވެ. ރުވާން ކަރުނަ ފުހެލަމުން ބޯޖަހާލިއެވެ.
ބޭރުގައި އެވާހަކަ އަޑުއަހަން ހުރި ކައިޝަން ހުރީ ހިތް ފުނޑުފުނޑުވާ ހާލުގައެވެ. އެކަހަލަ ލޯބިވާ މަންމައަކާއި ބައްޕައެއްލިބުނު ނަމައޭ ކައިޝަންގެ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Maasha Allah mi part vx varah varah reethi….
Vrh ufaavey thihaa busy koh ulhemun vx vhk up koh dhey thy…
I appreciate your hard work…
Alhey eleen ah haadha dhera gothekey dhw evy.. eleen adh hiyy varu gadha…
Ehn v ma loabivaa meehaa ah help vaan kairyga hureveyny…
Whn next??
Curiously waiting for the next part….❤️❤️❤️
Jazaakallah khairan
hehe dhw.. eleen is very very strong
mihr part 10 is out.. i have a doctors appointment but, i’ll try very best to up part 11 tmrw in sha allah
vrh reethi mi part ves mashallah
you are one of my fav
love you
Jazaakallah khairan
LYM