Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (4)

kamana Level 310 Stories500 Comments100 Comments
November 28, 2015 4 Mins Read
12 Comments

ރޭގަނޑުގެ ހަމަ ހިމޭންކަން ނަގާލާފައިވަނީ ދޫނިސޫފާސޫފީގެ އަޑުންނެވެ. ވަޔާ ވިހުރެމުންދާ ގަސްތަށް ދެފަރާތަށް ހެލިލާ ތޮޅެލާ އަޑުންނެވެ. ރިޔާޒްގެ ދެމަފިރިން އެ ފިނިރޭ ފެންޑާގައި ތިބީ ވެދިޔަ ކަންތަކާ މެދު މަޝްވަރާކުރާންށެވެ. ދިޔާނާގެ މޫނަށް ބަލާލިޔަސް ހިތްހަމަ ނުޖެހިފައި ހުރިކަން އެނގޭނެއެވެ. ރިޔާޒް ދިޔައީ ދިޔާނާއަށް ވިސްނާދެމުންނެވެ. އެކަކު އަނެކަކުގެ އަތް ގުޅުވާލެވިފައިވާ އިރު ފެންނަ މީހަކަށް އެ ދެމެދުގައި އޮތް ލޯބި ސިއްރެއްނުވާނެކަން ޔަގީނެވެ.

“ދިޔާނާ ލީނާ އެހާވަރަށް ނުހިފެއްޓިއްޔާ ރަނގަޅުވާނީ.. އަހަންނަށްވެސް އެނގޭ ފަޔާޒް ވަރަށް ގިނަ އަންހެންކުދިންނާ އެކީ އުޅޭވާހަކަ މީހުން ދައްކާކަން.. އެކަމުވެއް އަހަންނަށް ހީނުވަނީ ލީނާއަށް ދެރަ ގޮތެއް ހަދާނޭ.. އެއީ އިސްހާގް އާ ފަޔާޒް އެއީ ގާތް ދެމީހުންނަށްވެފަ އެކަކު އަނެކަކުގެ ރައްޓެހި ކަމަށް ބުރު އަރާނެފަދަ ކަމެއް ކުރާނޭ އަހަރެންގެ ހިތެއް ނުބުނޭ…” ރިޔާޒް   އިރު އިރުކޮޅާ ދިޔާނާގެ އަތަށް ފިތާލަނީ ދެރަގޮތެއްނުވާނޭ ބުނާ ފަދައިންނެވެ. ދިޔާނާއާއެކު މިވީ 25 އަހަރުދުވަސް ތެރޭގައި ދިޔާނާގެ އެ ރީތި ކަމަށް ބަދަލެއްނާދެއެވެ. ރިޔާޒްގެ ދެލޯ ދިޔާނާއަށް އަމާޒްވެފައި ވާކަން ހަމަ ރަނގަޅަށްވެސް ދިޔާނާއަށް އެގެއެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނީ ހިތްހަމަ ނުޖެހިފަ ހުރިވަރުންނެވެ. އެއް އިރެއްގައިވެސް ދިޔާނާއަކީ ރިޔާޒްގެ ނިންމުނާމެދު ދެކޮޅުހަދާ މީހެއްނޫނެވެ. ހިތް ހަމަ ނުޖެހުނަސް އެއްޗެކޭ ނުބުނަނީ ރިޔާޒް ނިންމާނީ އެއްމެ ރަނގަޅު ގޮތް ކަމުގައި ހިތް ބުނާތީއެވެ.

” ފަޔާ އަހަންނަށް އެގޭ ތިދެމީހުން މެދުގަ ގުޅުމެއް އޮންނަކަން” އިސްހާގް އާ ފަޔާޒް ތިބީ ރެސްޓޯރެންޓްގެއެވެ. އިސްހާގް ބައްދަލު ކޮއްލަން ބޭނުންވެފަ އޮތްވާހަކަ ބުނުމުން ކޮފީއަކަށް އަރަން ދެމީހުން ނިންމީއެވެ. “ތިބުނީ ލީނާގެ ވާހަކަތަ” ފަޔާޒް ޖެހިލުމެއް ނެތި އިސްހާގްއާ ކުރިމަތި ލިއެވެ. “ނޫން އައިންތުގެ ވާހަކަ” އިސްހާގް އެހެން ބުނުމުން ފަޔާޒްގެ މޫނު ކުލަވަރު ބަދަލުވިތަން ވަރަށް ސާފުކޮއް އިސްހާގުއަށް ފެނުނެވެ. ” އިއްޓޫ އެއީ އަރައިގެން އުޅޭ އަޑެއް.. އެހެން ނޫނަސް މަށެއް ނޫޅެން އައިންތުއާ ހެދިއެއް… އޭނަ އުޅެފާނޭ މަގޭ ފަހަތުން. އެހެންވެ އަރައިގެން އުޅޭ އަޑެއް އެއީ… އިއްޓޫ އަހަރެން ލީނާ ވަރަށް ބޭނުން.. މިބުނީ ދުވަހަކުސް ދެރަގޮތެއް ނަހަދާނަށް..” ފަޔާޒް އެހެން ބުނި އިރު އެމޫނުމަތިން ލީނާ ބޭނުންވެފަ ވާވަރު އިސްހާގުއަށް ހާމަވިއެވެ. އެކަމުވެސް ފަޔާޒްއަށް އިތުބާރު ކުރުން މިހާ އުދަގޫ މިވަނީ ކީއްވެ ހެއްޔެވެ. ހުރި ހަމަ އެކަނި ކޮއްކޮއަށް ދެރަގޮތެއް ވާނޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ. ފަޔާޒް މޫނު މަތިން އެކި ފަހަރު އެކި އަސަރު ފެންނަމުންދާތީ އިސްހާގު ހުރީ ގަބޫލް ކުރަންވީ ކޯއްޗެއް ކަން ނޭގިފައެވެ. “އަހަރެން ފަޔާއަށް އިތުބާރު ކުރަން… ލީނާއަށް ދެރަގޮތެއް ނަހަދާތި..” އިސްހާގް ފަޔާޒްގެ ކޮޑުގައި ހިފާލަމުން އާދޭހުގެ ރާގަށް ބުނެލިއެވެ. ފަޔާޒްވެސް ބޯޖަހާލީ ދިރިހުރިހާ ހިނދަކު ލީނާއަށް ދެރަގޮތެއް ނަހަދާނެކަމަށް ވައުދުވަމުންނެވެ.

************

އިރުއޮއްސޭމަންޒު ބެލުމަކީ މިހާރު ލީނާގެ އާދައަކަށްވެއްޖެއެވެ. ކުރިމަތިން ފެންނަން އޮތް ކަނޑަށް އިރުގެ އޮރެންޖު ކުލަވަނީ ފާއްދާލާފައިއެވެ. ދޫނީ އުދިހިލާ ކާނާ ހޯދުމައް ތިރިވެލާ އެކަތި އަނެއްކެއްޗައްވުރެއް ކުރިހޯދޭތޯ އުޅެއެވެ. ދުރު ދުރަށް ދޯނިތަށް ދަތުރުކުރާ މަންޒަރު މިއީ މޮޅު ކުރެހުންތެރިއެއް ކުރަހާލައިފިއްޔާ އެއްވަނަ ލިބޭނެ ކުރެހުމަކަށް ވާނެކަން ކަށަވަރެވެ. ލީނާ ހުރީ ގުދުރަތުގެ އަޖައިބެއްކަހަލަ ރީތިކަމަށް ގެއްލިފައެވެ. ފޫކޮޅަށް ވުރެއް އެދިގު ފަން އިސްތަށިގަނޑު ވަނީ ވަޔާއެކީ ދާނެކޮޅަކަށް ދޫކޮއްލާފައެވެ. އިރުއިރު ކޮޅާ ކޯތާފަތްމައްޗަށް ވެއްޓޭ އެ ފަން އިސްތަށުކޮޅު ކަންފަތު ފުރަގަހަށްލާ ފޮރުވާލައެވެ. އެމަންޒަރު ބަލަން ހުރި ފަޔާޒް ހުރީ އެ އިސްތަށި ކޮޅަށް ހަސަދެވެރިވެފައެވެ. އެއީ އެހައްގު ލިބޭނީ އޭނައަށް ކަމުގައިވާތީއެވެ.

“ކާކު” ލީނާ ސިހިފައި ލޯމަތީ އަތްއަޅައިގެން ހުރި މީހާގެ އަތުގަ ހިފާލަމުން ބުނެލިއެވެ. “ހޫމް ނޭގޭނެ.. އަހަރެން ހީކުރީ އަހަރެއް އަތްލީމަ ލީނާއަށް ނޭގި ނުދާނެކަމަށް” ފަޔާޒް އެހެން ބުނީ ހިތްހަމަ ނުޖެހިހުރެއެވެ. “ފަޔާ އެހެންނެއް ނޫނޭ.. އަހަރެން ސިއްސައިގެން ދިޔާމަ ނޭގުނީ.. ސޮރީ” ލީނާ ލޯބިން ފުރިގެން ވާގޮތަށް އެހެން ބުނުމުން ފާޔާޒް އަށް ރުޅި އައިސް ނުހުރެވުނެވެ. ދޮން ބައްޓެއްކަހަލަ މޫނުކޮޅު އެހާމެ މައުސޫމެވެ. ލީނާގެ އެ ބޮޑު ދެލޮލަށް ބަލާލެވުނެވެ. ކިރު ކޮޅެއްފަދަ އެ ހުދު ދެ ލޮލަށް ފުރިހަމަ ކަމެއް ގެނެސްދެނީ އެ ބޮޑު މުށި ކުލައިގެ ކަޅިންނެވެ. އެ ރީތި ތުންފަތް އިތުރަށް ކުލަ ގަދަކޮއްލާފައިވަނީ ލިޕްގްލޮސް އިންނެވެ. މަޑުމަޑުން ފަޔާޒް ލީނާގެ މޫނާ މޫނު ކައިރި ކޮއްލިއެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އިހްސާސް ވާހާ ކައިރިއަށް ޖެހިލެވުނެވެ. “ފަޔާ” ލީނާ ގޮވާލިގޮތުން ފަޔާޒް އަށް އިތުރު ހިތް ވަރެއް ލިބުނެވެ.

“ލީނާ” ދެމީހުން ސިއްސައިގެން ދިޔައީ ލަމްހާގެ އަޑުންނެވެ. އޭރު ދުރުން ލަމްހާއާއި އައިންތު އަންނަތަން ފެނުނެވެ. ލީނާ ހުރީ ވެދިޔަކަންތަކަށް ލަދުގެންފައެވެ. ލަމްހާއަށް ފެނިއްޖެއްޔާ ދުވަސް ދިޔައީއެވެ. އުމުރު ދުވަހު އެވާހަކަ ދައްކާނެއެވެ. “ފަޔާ ހިނގާ ދާން”

“އަޅޭ އައިންތޫ ވަރަށް ގުޅޭ ދޯ އެދެ މީހުން.. އަސްލު ލީނާގެ ހައިޓް ވެސް ހަމަ ވަރަށް ސަޅި.. ލީނާ ފައިދޯ މިދިގީ.. ލީނާ ފައި ރީތިވެގެން އެޅޭނެ އެންމެންވެސް.. އައިންތޫ ލީނާ ފައި ވަރަށް ރީތި ދޯ..” ލަމްހާ އައިންތުއަށް ދޯ ދިނުމުން އާ އަސްލުވެސް ވަރަށް ރީޗޭބުނެލީ އެބުނި ގޮތުން އެ އަޑުއަހަން ހުރި މީހަކު އެއްޗެއް ދޭހަވާނެ ގޮތަކަށެވެ. “އޭ ދެން އޯކޭ ނިމުނީ މަގޭ ލީނާ އަށް އެސްފީނާ ޖެހިދާނެ.” ލަމްހާ އެހެން ބުނުމުން އައިންތު އެއްމިޔަނަކުން ހީލިއެވެ.

” ދެދުވަސް ފަހުން ފުރަންދޯ ތިއުޅެނީ.. ވަރަށް މިސްވާނެ..” ލީނާމެން ތިބީ ޖޯލީގައި ލޮލީ ބޯންށެވެ. ލަމްހާ އިރު އިރުކޮޅާ ޝަކުވާ ކޮއްލައެވެ. އެހެން ވިޔަސް ނުފުރާ ނުވާނެކަން ލަމްހާ އަށް ހަމަ ރަނގަޅަށްވެސް އެގެއެވެ. “ފަޔާ ކީއްވެ އެއްޗެކޭ ނުކިޔާ ތީނީ.. ސާބަސް މި އައިންތުވެސް..” ލީނާ ފަޔާޒް އަގައިންނުބުނެ ހުރުމުން ޝަކުވާ ކޮއްލިއެވެ. “ހިނގާ ލަމްދާން ލިނާ ފުރުން އުޅޭއިރުވެސް އަހަރުން އެމީހުންނަށް ވަގުތުކޮޅެއް ނުދޭ” އައިންތު އެހެން ބުނުމުން އާން އަސްލުއޭ ކިޔައި ލަމްހާއާއި އައިންތު ގެއާދިމާލަށް ދިއުމަށް މިސްރާބު ޖެހިއެވެ.

“ފަޔާ ކީއްވެފަ” ލީނާ ފަޔާޒް އަތަށް ފިތާލަމުން ބުނެލިއެވެ. ކުއްލިއަށް ލީނާ އަތުގަ ހިފައިގެން ފަޔާޒް ތެދުވެ ހިނގައިގަތެވެ. ދަނީ ކޮންތާކަށްކަން ނޭގޭތީ އިރު އިރު ކޮޅާ ފަޔާޒް ކުރެން ލީނާ އަހާލައެވެ. އެހެން ނަމަވެސް ލީނާއަށް ހުއްޓުމެއްއައީ ފަޔާޒް ލީނާ ގޮވަގެން ފަޅު ގެއަކަށް ވަނުމުންނެވެ. “ފަޔާ.. ކީއްކުރަން މިތަނަށް.. މިހާރު އެއޮތް އަނދިރިވީ.. އަހަރެން ވަރަށް ބިރު..” ލީނާއަށް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ފަޔާގެ ފިނި ފިނި އަތް ލީނާގެ ތުންފަތުގައި ޖެއްސުމުންނެވެ.

“ލީނާ ތިހާ ގިނައިން ވާހަކަ ނުދައްކާބަލަ” ފަޔާޒް ބުނި ގޮތުންވެސް ލީނާގެ އެންމެހިމަ ނާރުތަކާވެސް ކުޅެލިއެވެ. ފަޔާޒްގެ މަސްތީ ލޮލަށް ގެބިގެންދާން ލީނާ ބޭނުންވިއެވެ. އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަންވެސް ރޭކާނުލިއެވެ. ފާޔާޒް ދިޔައީ ލީނާއާ ގާތްވަމުންނެވެ. ދެމީހުންގެ ލޮލުންވެސް ހާމަވަނީ އެއްކަމެކެވެ. ދައްކަނީ އެއްވާހަކައެކެވެ.އެކަކު އަނެކަކަށް ބޭނުންވެފައިވާކަމެވެ. ލީނާގެ ޖަންބެއްކަހަލަ ތުންފަތުގައި ލީނާ ދަތްއަޅާލިއެވެ. ފަޔާޒްގެ ކެއްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. ފަޔާޒްގެ ކޮންމެ ފިރުމުންތަކަށް ލީނާ ދިޔައީ އާބަސް ކިޔަމުންނެވެ. “ފަޔާ ދެން ނޫން..” ލީނާއަށް ފަޔާޒްގެ ކޮނޑުގަހިފާ ދުރަށް ކޮއްޕާލެވުނެވެ. ލީނާއަށް ދެމީހުން މާ މައްޗަށް ދިޔަކަން އިހްސާސްވިއެވެ. “ފަޔާ މީ ރަނގަޅު ކަމެއް ނޫން.. މަންމަ ވަރަށް ހިތް ހަމަ ނުޖެހޭނެ.. ދެމީހުން އެކީގައުޅެން އެއްބަސް ވީވެސް ދެމީހުން ގޯސްކަމެއް ނުހިންގާނެކަމަށް ވައުދުވީމަ.. މަންމަގެ އިތުބާރު ގެއްލުވައެއް ނުލެވޭނެ.” ލީނާ ތީ ކުޑަކުއްޖެއް ނޫނެއްނު… މީ ގޯސްކަމެކޭ ކާކުބުނީ.. އެހެން ނޫނަސް ދިސް އިސް ނޮޓް އަ ބިގް އިޝޫ” ފަޔާޒް އެހެން ބުނުމުން ލީނާ ހެދުން ރީތިކޮއްލިއެވެ. އަދި ހިތްހަމަ ނުޖެހި ދުއްވައިގަތީ ގެއާ ދިމާލަށެވެ. ފަޔާޒް ދެފަރާތަށް ބޯހޫރާލީ ދެން އެކަހަލަ ކަމެއް ނުވާނޭ ބުނާ ފަދަ އަކުންނެވެ.

******

” މޯނިންގް މަމް” މޯޅިއަކަށް ދެމިލަމުން ލީނާ އޭނާގެ މަންމަގައިގައި ބައްދާލިއެވެ. “ދަރިފުޅާ ކީއްވެ ތި ކޮރު ޖަހަނީ..” ދިޔާނާއަށް އޭނާގެ ދަރިންގެ ކިބައިން ކިރިޔާވެސް ތަފާތު ކަމެއްފެންނަންޔާ ފާހަގަވާނެއެވެ. މިއަދުވެސް އެހާ ސިއްރު ކުރަން އުޅުމުންވެސް ދިޔާނާއަށް ފާހަގަވީއެވެ. “ނޭނގެ މަންމާ.. އިއްޔެރިއްސަންފެށީ.. މިއަދު މާ ބޮޑަށް ރިއްސާތީ ކޮރުޖެހެނީ..” ލީނާ ހުރީ އޭނަ މަންމައަށް އެނގުމުން ދެރަވެފައެވެ. މަންމައަކީ ކަންކަމާ މާބޮޑަށް ހާސްވާ މީހެކެވެ.

“މަންމާ ބޭސްކޮޅެއް އުގުޅާލީމާ ރަނގަޅުވާނެ” ލީނާ އޭނަ މަންމަ ހާސްވެދާނެތީ މާބޮޑު ކަމަކަށް ނެހެދީއެވެ. އެހެން ނަމަވެސް ފައިގަ ވަރަށް ރިއްސައެވެ. ރިއްސާ ވަރުން ރޭ ބޭސް ވެސް އުގުޅިއެވެ. އެހެންނަމަވެސް އެއްވެސް ބަދަލެއް އައި ހެނެއް ހިޔެއްނުވެއެވެ.

“ދަރިފުޅާ ހިނގާދާން.. މިހާރު ލާންޗް އޮންނާނެ އައިސް. މާމަ އާއި ސަލާން ކުރަން ދެބޭންވެސް ދިޔައިންތަ.” ރިޔާޒް އޭނާގެ ދެދަރިން ކުރިންވެސް އަހާލިއެވެ. ލީނާއާއި އިސްހާގް ބޯޖަހާލީ އާއެކޭ ބުނާ ފަދައިންނެވެ.

“ކޮބާތަ ފަޔާ… ހަމަ ނުގުޅާންތަ އެއިނީ… އިއްޔެވެސް ހަބަރެއް ނުވޭ.. އަޅެ އަދި އެއްފަހަރުވެސް ފެނިލާނަމަ.” ލީނާ ލާންޗާ ދިމާލަށް މިސްރާބު ހުރިއިރު އެތަކެއް އެއްޗެއް ވިސްނަމުން ދިޔައެވެ. ފަޔާޒް އާ ދިމާލަށް އެއްޗެހި ނުކިޔުނު ނަމައޭ ހިތަށްއެރި އަދަދު ނޭނގެއެވެ.

“މިއޮތީ މީހަކު ދިން އެއްޗެއް” ލަމްހާ އައިސް ލީނާ އަތަށް ދިން ގަނޑު ކޮޅުބަލާލިއެވެ. އޭގައި ލިޔެފައޮތް އެއްޗެއް ފެނުމުން ލީނާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ފާއްދާލިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

..ހާދައޭ ބޭނުމީ ކަލާ.. ( ހަތްވަނަ ބައި )

Next

ކުށަކާނުލައި ހިތް ރޮއްވާލަމުން…

Next
November 28, 2015

ކުށަކާނުލައި ހިތް ރޮއްވާލަމުން…

Previews
November 28, 2015

..ހާދައޭ ބޭނުމީ ކަލާ.. ( ހަތްވަނަ ބައި )

12 Comments!

  1. lillygirl says:
    November 28, 2015 at 10:39 am

    Yay me 1st Vv reethi kyp it up kamana

    1. susy says:
      November 28, 2015 at 5:08 pm

      mayb u hv bad eyesight lilygirl wash ur eyes the storys very ummmmmmmmmmmmm HADI 🙂

  2. hadi eh nooooooooooooooooooon says:
    November 28, 2015 at 10:41 am

    yay me 2nd v rythi

  3. lilly says:
    November 28, 2015 at 10:52 am

    me first me first???????? story v nice

  4. ninth says:
    November 28, 2015 at 11:54 am

    i think some mistakes there…..

  5. ina says:
    November 28, 2015 at 11:55 am

    Me 3rd.nice

  6. Queen says:
    November 28, 2015 at 12:10 pm

    “Madu madun ishaag lyna ge moona moonu kairi kohlieve. Dhemyhunge neyvaa ekaku anekakah ihsaas vaahaa kairiah jehi levunuve. ‘Fayaa’ lyna govaali gothakun fayaz ah ithuru hiyvareh libuneve. This is a mistake i found. Over all story is really beautiful. Hope to see next part soon.???..
    QUEEN❤

  7. misty says:
    November 28, 2015 at 12:48 pm

    Wow varah reethi ? when next part?

  8. kamana says:
    November 28, 2015 at 1:24 pm

    queen ethan rangalhu kohlaifin ingeyy.. 🙂 thnk u guyxxx for reading.. :*
    mondayga next part 🙂

  9. nish says:
    November 28, 2015 at 2:07 pm

    V v reethi waiting for nxt prt

  10. Chompi says:
    November 29, 2015 at 11:49 am

    vvvvv nice.. waiting 4 next part..

  11. kamana says:
    December 30, 2015 at 2:20 pm

    thank u :*

Comments are closed.

Next Episodeހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (5)←


All Right Reserved!