Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

..ހާދައޭ ބޭނުމީ ކަލާ.. ( ހަތްވަނަ ބައި )

suha Level 110 Stories
November 28, 2015 5 Mins Read
17 Comments

” ޔަ އައި ޑޯންޓް ލައިކް ޔޯ ނައު.. އައި ލަވް… ” ބުނަން އުޅުން އެތި ފުރިހަމަ ނުވަނީސް ކޯ މައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. މި މަންޒަރު އައިރީން އަށް ފެނިގެން ދިއުމާއި އެކު އަނގަމަތީ އަތްއަޅައި ލެވުނީ ޒައިން ޖެހިލެ ބާރުކަމުންނެވެ.

 

” އަދި މި އުޅެނީ އިންތާ އަހަރެއް ނުވެގެން.. ތި ކޮން ފެންވަރެއްގެ ކާކުކަން އެނގިހުރެވެސް މަ ތި ޒޯރާއާ އިނީ ހާދަ ފޮނި އުއްމީދެއްގައޭ.. އަބަދުވެސް ހިތަށް އަރާ ދެން އެހެނެއް ނުވާނޭ..

ޒޯރާ ހެދިހާ ގޮތެއް ހެދިގެން އުޅުންއިރު އެއްފަހަރުވެސް އިހްސާސްވިތަ އަހަރެންގެ ހިތައް ކުރާނެ އަސަރު.. ނާރާނެ.. މި ހިތުގަ އަޅާ ވޭން ތަސައްރަފް ކުރެވޭ ވަރަށް ވުރެން މާ ހަރު ހިތެއްތީ.. ” ކިތަންމެ އެއްޗެއް ކިޔަން ބޭނުންވިޔަސް ނުކިޔުނީ އަޑު ބެދޭގޮތް ވުމުންނެވެ.

 

ފަހަތަށް އެނބުރި އައިރީން ދުއްވައިގަތީ އެމީހުންނަށް ނުފެނި އަވަހަށް އެތަނުން ދިއުމަށެވެ. އެ އަޑުތައް އިވި އައިރީންގެ ހިތުގެ ރިހުން ގަދަވިއެވެ. އައިރީންގެ ހިތުގައި ޒައިން އަށްޓަކައި ހަމްދަރުދީއިން ފުރިގެން ދިޔައެވެ.

 

ޒޯރާ ދިޔަގޮތައްގޮސް ފޮށި ނަގައި ހެދުންތައް އަޅަން ފެށިއެވެ. ހަމަ ރަނގަޅަށްވެސް ޒޯރާ އެހުރީ ފިރާޒުގެ ދަލުގައި ޖެހިފަތާއެވެ. ފޮށީގެ ޒިބް ދަމައިލައި ފަހަތައް އެނބުރެލި ވަގުތު ދޮރުގައި ލެނގިލައިގެން ހުރި ޒައިންފެނި ހިންދިރުވައިލެވުނެވެ.

 

” ވަރި ވާންތަ ބޭނުމީ.. ނޫނީ މަށާ އެކީ ރީއްޗަށް އުޅެންތަ ބޭނުމީ..؟ ” ދެ ދަތްޕިލަ ރަނގަޅަށް ފިއްތައިލައި ޒޯރާގެ ކަންފަތް ބުޑުގައި މިހެން ބުނެލީ އިންތިހާއަށް ރުޅިއައިސްފަ ހުރެއެވެ. ޒޯރާ އެއްޗެކޭ ނުބުނުމުން އަނެއްކައިވެސް އެ ސުވާލު ތަކުރާރު ކޮއްލީ އަޑުގެ ނެތްތަނަށް ހަޅޭލަވައި ގަންނަމުންނެވެ.

 

” އަހަރެން މި އަހަނީ ކޮން ގޮތެއްހޭ ބޭނުމީ.. ސުވާލު ކޮށްފީމޭ ޖަވާބު ދޭށޭ.. މަށަށް ވުރެން ކޮންތަނެއް ރަނގަޅު މީހެއް ފެނިގެން ތި އުޅެނީ..؟ ކޮންމެ ފަހަރަކު މައްސަލަ ޖެހުނީމަ މާފުކޮއްފަ، ބުނީތީ އިނީމަ ދޭން އެނގުން އެންމެ ރަނގަޅު ހަދިޔާއަކީ ތީ ދޯ.. އަތުން ފައިން ގޯހެއް ނުހެދެނީސް ތި އަނގައިން ބުނޭ.. ވަރަށް މޮޅައް ވާހަކަ ދެއްކޭ މީހެކޭނުން ތީ.. ” ކޮނޑުގައި އަޅައި ކޮށްޕާލަމުން ޒައިން މިހެން ބުނިއިރު މާނޭވާ ލެވެއެވެ. ” ސޮރީ.. ” ތުރުތުރުލާ އަޑަކުން ޒޯރާ މިހެން ބުނުމާއި އެކު ޒައިން ވާހަކަ ދައްކަން ފެށިއެވެ.

 

” ހަނދާން ބަހައްޓާތި އަހަރެންނަށް މިހާ ބޮޑު ބަދަލެއް އައުމުގެ އަސްލަކީ ތީކަން.. ދުވަހަކުވެސް މިކަމަކަށް މާފެއް ނުކުރާނަން.. ” މިހެންބުނެ ކޮޓަރިން ނިކުންނަމުން ޒައިން ދިޔައީ ފޮށީގައި ފައިންވެސް ޖަހައިފައެވެ.

*** *** ***

” ހާދަ ގަދަވެ ގަނެގެން އޭނަ އެ އުޅެނީ.. ޒޯރާ އަށް ނުކެރެނީ ކީއްވެތަ އަހަރެން ބުނާ ގޮތެއް ހަދަން.. އޭނަ އަށް ވުރެ އަހަރެން ޒޯރާ ދެކެ މާ ބޮޑަށް ލޯބިވެޔޭ.. ކީއްވެތަ ނުވިސްނިގެން ތި އުޅެނީ..؟ އޭނަ ކައިރިން ވަރިވެގެން އަހަރެން ކައިރިއަށް އާދޭ.. މާ އުފަލުގަ ގެންގުޅޭނަން.. ” ހިތާމައިން ފުރިގެންވީ އަޑަކުން ފިރާޒް ވާހަކަ ދައްކަމުން ދިޔައީ ޒޯރާ ދެއްކި ވާހަކަތަކާއި ގުޅުވައިފައެވެ.

 

” އަހަންނަކަށް ނޭނގެ ހަދަންވީ ގޮތެއް.. މިހާރު ޒައިން ދެކެ ކުޑަކޮއްވެސް ލޮތްބެއް ނުވޭ.. އަހަރެންވެސް ބޭނުމީ ފިރާ އޭ.. އައި ލަވް ޔޫ ސޯ މަޗް.. ” އެއްޗެއް ބަލައި ކޮޓަރި އާއި ދިމާއަށް ދިޔަ ޒެފް އަށް ޒޯރާ އެހެން ބުނެލިއަޑު ރަނގަޅަށްވެސް އިވުނެވެ.

 

” ލޯބި ވަންޏާ އަހަރެން ކައިރިއަށް އަންނާނެ.. ” ފިރާޒް ބުނެލިއެވެ. އެއްޗެކޭ ނުބުނެ ފޯން ބޭއްވީ ޒައިން އާއި ދުރުވުމަށް ކޮށްލާނެ މޮޅުކަމެއް ބޮލުތެރޭގައި ރާވައިލާށެވެ. އަޑެއް ނީވުމުން ސިއްރު ސިއްރުން ކޮޓަރިއާއި ދިމާއަށް ބޯ ދިއްކޮއްލިއިރު އެނދުމަތީގައި ޒޯރާ އިނީ އިސްޖަހައިލައިގެން ފޯނަށް ބަލަހައްޓާާށެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޒެފްގެ ހިތް ބުނަމުން ދިޔައެވެ. މިހާރަކަށް އައިސް ޒޯރާ އަބަދު ފޯނުގައި އިނުން އާންމު ވެއްޖެއެވެ. އަޅައިނުލައި ކޮޓަރިއާއި ދިމާއަށް ދިޔައީ ވަގުތުގެ ގޮތުންނެވެ.

*** *** ***

ދެރަވެފައިހުރި އައިރީންފެނި އަރޫޝާ ސުވާލު ކުރުމުން އަރޫޝާގެ އަތުގައި ހިފައި ހިނގައިބަލާށޭ ބުނެލިއެވެ. އައިރީންގެ މިސްރާބަކަށްވީ ޒައިންމެން ގެކައިރީ އަތިރިމައްޗެވެ. ވެލިގަނޑުމަތީ އިށީންދެ ކައިރީގައި އިށީނުމަށް އެދުމުން އަރޫޝާވެސް އަވަސް އަވަހަށް އައިރީން ކައިރީގައި އިށީނެވެ. އަރޫޝާއަށް ހަމަނުޖެހެވިގެން އުޅެނިކޮށް އައިރީން އަރޫޝާ ގައިގައި އޮޅުލައިގަނެ ރޯން ފެށިއެވެ.

 

” އޭ ކިހިނެއްވީ.. ރީން.. ޒައިން އެއްޗެއް ބުނީތަ..؟ ” ދެފަރާތައް ބޯ ހަލުވައިލި އިރުވެސް އައިރީންގެ އަޑެއް ބޭރެއް ނުވިއެވެ. އަރޫޝާ ވެސް ދެން އެއްޗެކޭ ނުބުނީ އައިރީން ހަމަޔަކަށް އެޅެންދެނެވެ.

 

” އަހަރެންނަކަށް ނޭނގޭ މިހާރަކަށް އައިސް ޒައިން އާ ދޭތެރޭ އަބަދު ވިސްނެނީ.. އޭނަގެ އަޅާލުމާ އޯގާވެރި ބަސްތަކުން އަހަރެންގެ ހިތުގަ އޭނަގެ ނަން ރަށްކާ ކުރެވިއްޖެ.. ޒޯރާ ޒައިން އާ ދޭތެރޭ ކަންތައް އެ ކުރާގޮތް ބަލަން އަހަރެންގެ ހިތަކަށް ކެތެއް ނުވޭ.. ޒައިން ދެރަވެފަ ހުރިތަން ފެނުނަސް އަހަރެންގެ ހިތް ހީވަނީ މީހަކު ފޮތިފޮތި ކޮށްލާހެން.. ޒައިން ފެންނަ ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭ  ކަހަލަ އިހްސާސްއެއް ވޭ.. މިހެން ވާންފެށީ އަހަރެން ކުރިން ރަށްޓެހިވި މީހާއާ ރުޅިވި ދުހު ޒައިން އަހަރެންނާ ހެދި  އުޅުން ގޮތުން.. އެނގޭ ޒައިން އަހަރެން ދެކެނީ ރަށްޓެއްސެއްގެ ގޮތުގަކަންވެސް.. އެކަމް އަހަރެން.. އަހަރެން މިހާރު ޒައިންދެކެ އިންތިހާއަށް ލޯބިވޭ.. ” އިރުގަނޑެއް ފަހުން އައިރީން ވާހަކަ ދެއްކިއިރުވެސް ގިސްލެވެއެވެ. މި ވާހަކަތައް އަޑުއަހަންހުރި އަރޫޝާ ދެލޯ ބޮޑުވެ ކުޑަކޮށް އަނގަ ހުޅުވުނީ އެންމެ ފަހުން އައިރީންގެ ދުލުން ބޭރުވި ޖުމްލައިންނެވެ.

 

” ރީން މޮޔަވީތަ..؟ އެނގޭތަ ތި ކިޔޭ އެއްޗެއް..؟ އެއީ ޒޯރާގެ ފިރިމީހާއޭ.. ދެމީހެއްގެ ދޭތެރެއަށް ވަނުމަށްވުރެ އަމިއްލައަށް މަރުވިޔަސް މާ ރަނގަޅުވާނެ.. ތި އަހަރެންގެވެސް ރަށްޓެއްސެއް ކަމަށް ވާތީ މި ބުނަނީ.. ތިކަން ހުއްޓާލާ.. ތިކަހަލަ ކަމެއް ކޮށްފިއްޔާ ރީން އަށޭ އެންމެން ނަފްރަތު ކުރާނީ.. ” ހާސްވެ ކަންބޮޑުވެފައި އިންހާލު އަރޫޝާ އަވަސް އަވަހަށް މިހެން ބުނެލިއެވެ. އަރޫޝާ އެ ދެއްކީ އައިރީން އެހާ ހިތްއެދޭ ކަހަލަ ވާހަކައަކަށް ނުވުމުން ރުޅިއައެވެ.

 

” މަށާ ދޭތެރޭ ތިވަރަށް ވިސްނާ މީހަކު އަހަރެންގެ ހިތާ ދޭތެރޭ ވިސްނާލަބަލަ.. ޒައިންގެ ދިރިއުޅުމާ ދޭތެރޭ ވިސްނާލަބަލަ.. އަރޫ އެންމެ ލޯބިވާ މީހާ އެހެން މީހެއްގެ ކައިރީގަ ހާލުގަ އުޅޭތަން ބަލަން އަރޫއަށް ކެތް ވާނެތަ..؟ ބަނޑުހައި ވެފަ ހުރި މީހެއްގެ ކުރިމަތީ ކާއެއްޗެހި ހުރެމެ ނުކެވުމުން އަޅާނެ ވޭން އެންމެ ފަހަރަކުވެސް އިހްސާސް ކޮށްލަބަލަ.. ކޮންމެ ދުހުކު ކޮންމެ ރެޔަކު އަހަރެން މި ރޯ ރުއިން އަންދާޒާވެސް ނުކޮށްލެވޭނެ.. ދިރިއުޅުމުގަ ކާމިޔާބީ ލިބިފަ ތިބި މީހުން އުފަލުގަ އުޅެވުނަސް ނާކާމިޔާބީ މީހުން އުޅެންޖެހޭ ހާލު ވިސްނާލަބަލަ.. އެހެންވެޔޭ ބުނަނީ މުއްސަނދިންނަކަށް ފަގީރުން އުޅޭ ހާލެއް ނުވިސްނޭނޭ.. ” ކޮޅަށް ތެދުވެ ރޮމުން ގިސްލަމުން އައިރީން ވާހަކަ ދައްކަމުން ދިޔައީ އަރޫޝާ އާއި ފުރަގަސްދީގެން ހުރެއެވެ.

 

” އަހަރެން ލޯބިވޭ.. އާން އާން އަހަރެން ލޯބިވޭ ޒައިން ދެކެ އިންތިހާއަށް ލޯބިވޭ.. އޭނަ އެހާލުގަ އުޅޭތަން ބަލާކަށް އަހަރެންނަކަށް ކެތެއް ނުވާނެ.. ” މިހިސާބަށް ބުނެ އައިރީން ދެކަކޫ މައްޗަށް ތިރިވެ މެޔާހަމައިން ދެއަތް ޖޯޑުކޮށްލަމުން މައްޗަށް ބަލައިލީ ގިސްލަމުންނެވެ. ވެލިގަނޑު މަތީ ދެ އަތުން ބާރަކަށް ޖެހީ އިތުރަށް ކެތް ނުވުމުންނެވެ.

 

މި މަންޒަރު ބަލަން އިން އަރޫޝާއަށް އައިރީން އެ ދެއްކި ވާހަކަތަކާއިމެދު ވިސްނެމުން ދިޔައެވެ. ‘ ޒައިން ދެކެ އައިރީން ހާދަ ލޮތްބެއް ވެޔޭ.. އަހަރެންގެވެސް ބިޓެއް ހުރޭ.. އެކަމް މިވަރެއް ނުވޭ.. މިއަށްބާ ލޯބި ކިޔަނީ..؟ ‘ ހިތާއި ހިތުން ކިޔައިލުމަށްފަހު އައިރީން ކައިރީ ހުއްޓިލައި ބޮލުގައި ފިރުމައިލީ އޯގާތެރި ކަމާއި އެކުއެވެ.

 

” ހެޔޮނުވާނެ.. ޒޯރާ ކައިރީ ބުނޭ ޒައިން އަށް އެހެން ނަހަދާށޭ.. އާދޭސްކޮއްފަ.. ” އަރޫޝާގެ އެއް އަތް އައިރީންގެ ތެއް ކޯތާފަތްމަތީ ޖައްސައިލަމުން ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މަޣްރިބް ނަމާދު ބަންގީގެ އަޑަށް މި ގަޑީގައި މިތާ ހުންނާކަށް ނުވާނޭ ބުނެ އައިރީންގެ ދެ ކޮނޑުގައި ހިފައި ގެޔާއި ދިމާއަށް މިސްރާބު ޖެހި އިރުވެސް އައިރީން ރޮމުންދިޔައެވެ.

 

ގޮތް ހުސްވެފައި އިން ޒައިން ފެނުމުން ޒެފް ކިހިނެއް ވެފައިތޯ ސުވާލު ކުރުމުން ކަމެއް ނުވެޔޭ ބުނެލިއެވެ. ” ތި ދެމީހުން މައްސަލަ ޖެހިގެންތަ ތި އުޅެނީ..؟ އަހަރެން މިއަދު ވަރަށް އެހެން ކަހަލަ އެއްޗެއް އަޑުއެހިން.. ”

 

” ކޯއްޗެއް..؟ ” އެ އިންގޮތަށް އިނދެ ޒައިން އަހައިލިއެވެ. ” ޒޯރާ ކޮންމެސް މީހެއް ކައިރީ ޒައިން ދެކެ ފޫހިވާ ވާހަކަ ބުނި.. މަށަށް ވެސް ޒޯރާއާ ދޭތެރޭ ޝައްކު ކުރެވޭތާ ދުވަސް ކޮޅެއް ވެއްޖެ.. ތި ދެމީހުން ދުރުކުރުވަން ދައްކާ ވާހަކައެއް ނޫން މި.. ރައްޓެހިވެގެން އުޅުންއިރު ޒައިން ކައިރީ ރުޅިވާށޭ ކިޔަސް، މެރީ ކުރީމަ އަހަރެންވެސް ބޭނުމެއް ނޫން ތި ދެމީހުން ދުރުވާތަން ދެކޭކަށް.. އަހަރެންވެސް ބޭނުމެއް ނުވާނެ ހުރި ހަމައެކަނި ކޮއްކޮ އަށް ދެރައެއް ލިބޭކަމެއް އެނގިހުރެވެސް ނޭނގޭކަމަށް ހަދައިގެން ހުންނާކަށް.. މަށަށް އެނގޭ ޒޯރާ ދެކެ ޒައިން ލޯބިވާ ވަރު.. އެކަމް އެއްފަރާތުން ލޯބިވެފަ އަނެއް ފަރާތުން ބޭވަފާތެރި ވަންޏާ ރަނގަޅު ދިރިއުޅުމެއް ނޫޅެވޭނެ..” ޒެފް އަށް އިތުރަށް ވާހަކަ ނުދެއްކުނީ ޒައިން ވާހަކަ ދައްކަން ފެށުމުންނެވެ.

 

” އަހަރެންގެ ހަޔާތުގަވެސް އެންމެ ލޯބިވީ ޒޯރާދެކެ.. އޭނައަށް އަހަރެން ފަރާތުން ނުލިބޭނީ ކޮން އުފަލެއް..؟ ކޯޗެއް ނުލިބޭނީ..؟ ބުނިއްޔާ ބުނި އެއްޗެއް ވިއްޔާ ހޯދަދެން.. އަހަރެންވެސް ގޮތް ހުސްވެގެންނެއް ނޫޅެން.. މިއަދުވެސް އޭނަ އަހަރެން ދޫކޮއްލާފަ ދިޔަސް އެކަހަލަ ކިތަންމެ ޒޯރާއެއް އަހަރެންނަށް ލިބޭނެ.. އެކަމަކުވެސް.. އެ ނޫން މީހެއް އަހަރެންގެ ހިތެއް އެކްސެޕްޓެއް ނުކުރޭ ދޮންބޭ.. ރައްޓެހިވިތާ ފުރަތަމަ ފަސްމަސް ފިޔަވާ މި ވީހާތަނަށް އަހަރެންނަށް ނެތް އޭނަގެ ފަރާތުން އުފަލެއް ލިބިފަ.. އަތްނބެއްގެ ލޯބި ލިބިފަ.. އެކަމް ދުވަހަކުވެސް އަހަރެންގެ ފަރާތުން މިއަދު ފިޔަވާ އޭނަ އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލާފައެއް ނޯންނާނެ.. މިވެސް އަހަރެން ލައްވާ އޭނަ ކުރުވި ކަމެއް.. އަހަންނަކަށް ނޭނގެ އަހަރެންގެ ކޮން ކުށެއް އޮވެގެން ކަމެއް އޭނަ ހިތު ހުރިގޮތެއް އަހަންނަށް އެ ހަދާލަނީ.. ކީއްވެތަ އޭނަ އަށް އެހެން މީހުން ލޯބިވާވާރު އެނގޭއިރު އަހަރެން ލޯބިވާވާރު ނޭނގެނީ.. އަހަރެންނަކީވެސް އިންސާނެކޭ.. އަހަންނަށްވެސް ތަދުވެޔޭ.. ” ކަކޫމަތީ ދެއަތް ވިއްދައިލައި ނިތްކުރިމަތީ އަތް ޖައްސައިލަމުން ޒައިން ވާހަކަ ނިންމައިލިއިރު ލޮލުގައިވާ ކަރުނަތައް އޭގެ މަގާމް ދޫކޮށް ކޯތާފަތް މައްޗަށް ފައިބައިގެން ދިޔައެވެ. ކެތްތެރިކަން ކޮޅުންލީ ކަންނޭނގެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކޮންމެ މީހަކަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށްތާއެވެ.

 

ކޮޓަރިއަށް ޒައިން ވަތްއިރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ފާހާނާއަށް ވަދެ އެއްޗިހި ބަދަލު ކުރުމަށްފަހު އޮށޯވެލުމާއިއެކު ޒޯރާ ވާހަކަ ދައްކަން ފެށިއެވެ.

 

” އަހަރެން ބޭނުން ވާހަކައެއް ދައްކަން.. އަހަރެން އެހެން…. ” ވާހަކަ ހުއްޓައިލީ އަތުން ހުއްޓާލާށޭ ޒައިން އިޝާރަތް ކޮށްލުމުންނެވެ.

*** *** ***

އޮފީސްތެރެއަށް ވަދެގެންއައި ޒައިން ހުރީ މޮޅިވެފައެވެ. މަރުވެފަ އޮތް މައްޔިތެކޭ ޒައިން އެކޭ ތަފާތެއް ނެތެވެ. މީހަކާއި އަނގައިން ބުނެނުލާތާ މީހަކާއި ދިމާއަށް ބަލައިވެސް ނުލައެވެ. ޒައިން ހުރިގޮތް ފެނި އައިރީންގެ ލޮލުން ވެއްޓުން ކަރުނަތިކި ފެނި އަރޫޝާ ބޮލުގެ އިޝާރާތުން ނުރޯށޭ ބުނެލީ އޮފީސްތެރެ ކަމަށް ވާތީއެވެ. އަދި އަވަސް އަވަހަށް ފޯން ނަގައި އައިރިންއަށް މެސެޖް ފޮނުވައިލީ އެހެންމީހަކަށް އަޑުއިވިދާނެތިންނެވެ.

 

” ހިތްވަރުކުރޭ.. ކާމިޔާބީ ލިބޭނީ ބުރަ މަސައްކަތް ކޮއްގެން.. ތިގޮތަށް ހިތްވަރު އެލުވައިލައިގެން ކަމަކުނުދާނެ.. ބަލަހައްޓައިގެން ރޯން ހުއްޓަކަސް އެއްވެސް މީހަކަށް ނޭނގޭނެ ރީން ހިތުގެ ހާލަތެއް.. ތިކަހަލަ ކަންކަމާ ކުރިމަތިލާންވާނީ ވަރަށް ކެރިގެން.. ” އަރޫޝާގެ މެސެޖްއިން އާ ޖޯށެއް ލިބުންފަދައެވެ. ތެދެކެވެ. މިހެން ރޯތާ ކޮން ދުވަހެއް ހެއްޔެވެ.؟ ޒައިން އެއް ނައެވެ. އަހަރެންގެ ހިތުގައި ޒައިންގެ ނަން ބިންވަޅުނެގިފައި ވިއެއް ކަމަކު ޒައިން ދެކެނީ ރައްޓެއްސެއްގެ ގޮތުގަވިއްޔާއެވެ. އެކަމަކް ހިތުގައިވާ އެއްޗެއް ބާޔާން ކޮށްދިނުމުން ޒައިން އެކަމާއި ވިސްނާނެކަން ޔަގީނޭ އައިރީންގެ ހިތައް އަރަމުން ދިޔައެވެ.

 

‘ ހާދައޭ ބޭނުމީ ކަލާ.. ގެ އެހީދެން ލޯބިން.. ތީމަގޭ މޭގަވާ އުފާ.. ވެރި މޫނޭ ލޯބިން.. ބީހިލާ ހިތްވެޔޭ ތިޔަ މޫނުގާ.. ‘ އެފްބީ ސްޓޭޓަސް އަޕް ކޮއްލުމާއިއެކު އެންމެ ފުރަތަމަވެސް ލިބުނީ ޒައިންގެ ލައިކެވެ…

 

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

suha

Level 110 Stories

Other Articles

Previous

ކަޅު ބުޅާ

Next

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (4)

Next
November 28, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (4)

Previews
November 27, 2015

ކަޅު ބުޅާ

17 Comments!

  1. Ammu says:
    November 28, 2015 at 8:18 am

    Awesome. Keep it up Shuhakko ☺

  2. aathi says:
    November 28, 2015 at 8:50 am

    Woa…this is mch interestun than i thot.. very nice sng..i luv it..kyp it up suha 😉

  3. Queen says:
    November 28, 2015 at 8:52 am

    varah reethi. but i dont think afreen should come in between a married couple. story is very nice and hope to see next part soon. keep up the good work shuha.

  4. Queen says:
    November 28, 2015 at 8:54 am

    sorry airyn*

  5. n says:
    November 28, 2015 at 8:57 am

    Nice when next part

  6. suha says:
    November 28, 2015 at 8:59 am

    Dhw queen.. But me mivaahaka kurukohlany ehn vaahakathakeh liyanvegen.. Next part tomorrow insha Allah.. Thnkx Ammu, aathi and queen.. ?

  7. suha says:
    November 28, 2015 at 8:59 am

    Tomorrow n.. 😉

  8. Athy says:
    November 28, 2015 at 9:01 am

    Masha allah, v v v reethi.. keep it up suha

  9. Aish says:
    November 28, 2015 at 9:01 am

    V salhi. .avahaha up kohfa dheythy v happy. . keep it up . .

  10. Aish says:
    November 28, 2015 at 9:01 am

    V salhi. .avahaha up kohf dheythy v happy. . keep it up . .

  11. hadi eh nooooooooooooooooooon says:
    November 28, 2015 at 9:25 am

    vV rythi keep it up suhA 😉

  12. lillygirl says:
    November 28, 2015 at 10:01 am

    vV RYTHI kyp it up;)

  13. suha says:
    November 28, 2015 at 10:42 am

    Thnkx guysss… Ya m trying to write horror stories.. But first time vyma love story eh liyely.. Hehe.. So my next story will be horror.. Those who like my story’s, I wd like to say keep reading and thanks for ur luvly comments.. Umwah.. ?

  14. lam says:
    November 28, 2015 at 12:40 pm

    vvvvv rythi. keep it up

  15. eshal says:
    November 28, 2015 at 4:03 pm

    v habeys

  16. Sam says:
    November 28, 2015 at 11:47 pm

    Wow..vrh salhi egey stry..most of all I love dat song..konthaakun dhaskuri song eh tha aee suhaa…

  17. suha says:
    November 29, 2015 at 9:56 pm

    Sam Eii vrh salhi lava eh.. Hehe.. Thnkx lam and eshal.. And my luving summmm… ??

Comments are closed.

Next Episode..ހާދައޭ ބޭނުމީ ކަލާ.. ( އަށްވަނަ ބައި )←


All Right Reserved!