Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ………..3

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ Level 110 Stories
October 21, 2024 3 Mins Read
12 Comments

“އައްދޯއި. ތަންކޮޅެއް ބަލާލައިގެން ހިނގާބަލަ.”އެކުއްޖާ ތެދުވެ ގައި ފޮޅާލަމުން ބުނެލިއެވެ.”ސޮރީއޭ. އެހެންނޫނަސް މައެކަންޏެއް ނޫނެއްނު ނުބަލަ އައީ.މަންޖެވެސް ބަލައިގެން ހިނގާފަ އައިނަމަ އެއްފަރާތް ވެވުނީހެއްނު.”ޒައިންވެސް ވަކި އެ އަންހެންކުއްޖާއަށް ދޫދޭކަށް ބޭނުމެއް ނުވިއެވެ.”ގާއީޒް!!!ސްޓޮޕް އިޓް!”ޒައިނާއަށް ނުހުރެވިގެން ބުނެލިއެވެ.އެވަގުތު އެއަންހެންކުއްޖާ ގޮސް ޒައިނާ ގައިގައި ބައްދާލިއެވެ.”ވަޓްޓްޓް!!!ހޫ އިޒް ޝީ؟”އަނގަ ހުޅުވިފައި ޒައިން އަހާލި އިރު މަންޒަރު ބަލަންތިބި މާއިޝް އާއި ޝައިމް ތިބީ ހިނިގަނޑު ބަނޑުތެރޭގައި ހިފަހައްޓާލައިގެންނެވެ.

“އޯ.މީ ނިހާ. ޒައިގެ ފްރެންޑެއް. މިރަށުގަ އުޅެނީ!އެހެންވެ ޒައި ބުނީ ދޮންްބެ ގާތު ޒައި ގޮވައިގެން ދާށޭ. ނީ. މީ ޒައިގެ ދޮންބެ.”ޒައިނާ ދެމީހުން ދެމީހުނަށް ތަޢާރަފު ކޮއްދީނިމުނު އިރު އެދެމީހުން ތިބީ ހުތްއެއްޗެއް އަނގައަށް ލެވިފަތިބިހެންނެވެ.މާއިޝް އާއި ޝައިމް ހިފަހައްޓައިގެން ތިބި ހިނިގަނޑު ފަޅައިގެން ދިޔައީ އެވަގުތުއެވެ.”ކަލޭމެން ހޭނެކަމެއް ނެތް.”ރުޅިއައިސްފައި ޒައިން ގޮސް ހިޔަލުގައި ހުރި ބެންޗެއްގައި ޖައްސާލިއެވެ.

”ހެވޭނެ ދޯ؟ތިދެން މީހުން އުޅޭގޮތްތަ؟”ހެމުން ހެމުން ޝައިމް ގޮސް ޒައިން ކައިރީ އިށީނެވެ.މާއިޝް ބަލާލީ ޒައިނާއާ ދިމާލަށެވެ.ހެމުން ނިހާއާ ވާހަކަ ދައްކަމުން ދިޔައިރު އިރުއިރުކޮޅާ މޫނުމައްޗަށް ވެއްޓޭ އިސްތަށިކޮޅު ކަންފަތާ ލައި ހައްޔާރު ކޮއްލާ މަންޒަރު ބަލަން މާއިޝްއަށް ހުރެވުނީ އާޝޯޙުވެފައެވެ.”އޭ ކަލޭ ދައްކާގަދަ އަވީތެރޭ ރޯފިލުވަންތަ ތި ހުންނަނީ؟ނޫނީ ޔައިއްޓެ އަންނަން ވާއިރަށް ސަންބާތް ކުރަނީތަ؟”އަވީތެރޭގައި ހުރި މާއިޝް ފެނި ޝައިމްއަށް ޖެއްސުންކޮއްނުލާ ނުހުރެވުނެވެ.

“އަޅެފަހެ މަމިއުޅެނީ ރޯނުފިލައިގެންތަ؟މަ މިބަލަނީ ޔައިއްޓެ އަންނަތަން ފެނޭތޯއޭ!”ވަރަށް ނުވާކަމަށް ހަދާފައި މާއިޝް ބުނެލިއެވެ.”ހޭ ބޯއީ. މީހުން އަންނަނީ ތިކޮޅަކުން ނޫން.”ރަށުގެ އަނެއްފަރާތަށް އިށާރާތް ކޮއްލަމުން ނިހާ ބުނެލިއެވެ.މާއިޝް ބޯކަހާލަމުން އައިސް އެމީހުން ކައިރީ މަޑުކޮއްލިއެވެ.”އޮހް. ނީ ! މީ ދޮންބެގެ ބެސްޓީޒް. ޝައިމް އެން މާއިޝް”ޒައިނާ ނިހާއަށް މާއިޝްމެން ތައާރަފު ކޮއްދިނެވެ.

“ލަސްވެއްޖެ ދޯ.ސޮރީ އިނގޭ.”ޔަޢީޝް އައިސް ޒައިންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.”ނޫނޭ. މާލަހެއް ނޫން.ކަލޭ ހާދަ ދިގުހެން ހީވެޔޭ.”މާއިޝް ބުނެލިއެވެ.”ހެހެހެ.ދިގުތަ؟”ހީލަމުން ޔަޢީޝް ޖަވާބުދިނެވެ.”ދަމާ ހިނގާ!” ޒައިންމެން ގެނައި ފޮށިތަށް ޔަޢީޝް ގެނައި ބަރޮލަށް ލަމުން ބުނެލިއެވެ.

ރަށުތެރެއަށް އަރައިގެން ދިޔައިރު ޒައިންމެންގެ މޫނުމަތިންފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ.ވާނީވެސް އެހެންތާއެވެ.އެމީހުން ހީކުރިވަރަށް ވުރެ އެރަށް ރީއްޗެވެ.މަގުތަށް ފުޅާވެފައި މަގުގެ ދެރިމަތީގައި ހައްދާފައިހުރި ދިއްގާފަދަ ގަސްތަކުން މަތި ބައްދާލައިފައިވުމުގެ ސަބަބުން މުޅިމަގަށް ވަނީ ހިޔާއެޅިފައެވެ.”ވަރަށް ސަޅި.މިހެން މާލެވެސް އޮނާނެ ނަމަ.ކިހާ ޕީސްފުލް.”ޒައިނާ ބުނެލިއެވެ.”އަސްލުވެސް.”ނިހާ ވެސް ޒައިނާއާ އެއްބައިވެލިއެވެ.”މިއާދެވުނީ”ނޫކުލައިގެ ދޮރޯށިލާފައި ހުރި ގެއެއްގެ ކުރިމަތީގައި މަޑުކޮއްލަމުން ޔަޢީޝް ބުނެލިއެވެ.ދޮރޯށި ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެންދިޔައިރު ޒައިންމެންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.ނިހާއަކީވެސް މިރަށުގައި އުޅޭ ކުއްޖަކަށްވިޔަސް އެގެއަށް އޭނާވެސް އެވަނީއަލަށެވެ.

ދޮރޯށިން ވަދެގެންދާއިރު ގެއާއި ހަމައަށް ދެވެން ގަލުން މަގެއް ހަދާފައި ވާއިރު ނުލާހިކު ހިތްގައިމުކަމަށް ދައްކައެވެ.ގޯތިތެރޭގައި އެކިކަހަލަ ގަސްތަށްވެސް ހައްދާފައި ހުއްޓެވެ.އޭގެ ތެރޭގައި އަނބުގަހާއި ޖަނބުރޯލު އަދި ބަނބުކެޔޮގަސް ހިމެނެއެވެ.މީގެ އިތުރަށް މިރުސްގަހައި ފެޝަންފުރުޓްފަދަ ގަސްވެސް ހުރިއެވެ.ބިންމަތީގައި ހައްދާފައި އޮތް ބަގީޗާ ވިނަގަނޑުގެ ސަބަބުން މުޅިބިން ވަނީ ފޮރުވާލެވިފައެވެ.

“އަނހަ ހުރިހާ ކުދިން އައީތަ؟”ގޭތެރެއިން ބޯދިއްކޮއްލި ނަހުޒާ އަހާލިއެވެ.އެއީ ޔަޢީޝްގެ މަންމައެވެ.”ލައްބަ މަންމާ”ޔަޢީޝް ޖަވާބުދިނެވެ.”ޒައިޏަ ހާދަ ބޮޑުވެއްޖޭ ދޯ؟ދައްތައަށް އެންމެ ފަހުން ފެނުނު އިރު ޒައިނާ އުޅެނީ ގުރޭޑު 9 އެއްގަ!”ނަހުޒާ ބުނެލިއެވެ.”ހެހެހެ. ނަހޫދައްތަ ރަނގަޅުތަ؟”ޒައިނާ އަހާލިއެވެ.”އާނ. ދައްތަ ހަމަ ބަރާބަރު.ކޮބާ ޒައިންމެން އަނގައިންވެސް ނުބުނެ ތިތިބިއްޔޯ.އެހާ ބީރައްޓެހި ނުވައްޗޭ.”ނަހުޒާ ބުނެލިއެވެ.”މިތިބީ ގޯތިތެރެ ރީތިކަމުން އާޝޯޙް ވެފަ ދޯ ޒޭން.”މާއިޝް ބުނެލިއެވެ.”ތެދެއް.ނަހޫދައްތަ އެކަނިތަ މިހުރިހާ ގަހެއް ބަލަހައްޓަނީ.”ޒައިން އަހާލިއެވެ.”ނޫނޭ.ޔޫލީ ވެސް ވަރަށް ވަރު ހުންނާނެ ގަސް ހައްދަން.”ނަހުޒާ ބުނެލިއެވެ.

“ކޮބާ ޔޫލީ؟”ޒައިނާ އަހާލިއެވެ.”ވީ ބޭރަށް ގޮސް.”ނަހުޒާ ބުނެލިއެވެ.”ދެން ތިތާނުތިބެ ވަދޭ އެތެރެއަށް.ޔަޢީޝް ދޭ އެކުދިންނަށް ކޮޓަރި ދައްކާލަން.”ނަހުޒާ ޔަޢީޝްއަށް ބުނެލިއެވެ.

“މީ ޒޭން،ޝައިއްޓެ އާއި މާއްޓެގެ ރޫމް. ޒައި ޝެއަރ ކުރާނީ ޔޫލީގެ ކޮޓަރި.އޯކޭދޯ؟”ޔަޢީޝް އަހާލީ ޒައިނާ ހިތްހަމަ ނުޖެހިދާނެތީއެވެ.”ޒައިއަށް އޯކޭ.”ޒައިނާ ވަގުތުން ބުނެލިއެވެ.އެވަގުތު ނިހާވެސް މިވަގުތު ދަނީކަމުގައި ބުނެލުމަށްފަހު ދިޔައެވެ.

ކޮޓަރިއަށް ވަތްގޮތަށް ޒައިނާ ވަށައިގެން ބަލާލިއެވެ.ރީތި ކޮޓަރިއެކެވެ.އެއްފަރާތުގައި ދެބުރި އެނދެއް ހުރިއިރު ފާރުގައިވެސް ‘ސްކައިވޯތް’ 60 އިންޗީގެ ބޮޑުފަތި ޓީވީއެއް ހަރުކޮއްފައި ހުއްޓެވެ. މަޑު ފިޔާތޮށި ކުލައިން ފާރުތަށް ފަޅުފިލުވާލާފައިވާއިރު އެއްފަރާތުގައި ޑްރެސިން ޓޭބަލެއްވެސް ހުއްޓެވެ.މީގެ އިތުރަށް ‘ބްލޫ ސްޓަރ’ އޭސީ އެއްވެސް އެކޮޓަރީގައި ހުއްޓެވެ.

ފަރުކަނެއްގައި ފޮށި ބެހެއްޓުމަށްފަހު ޒައިނާ އައިސް އެނދުކައިރީ ހުއްޓުނެވެ.ތިރީއެނދުގައި އެއްޗެހި ހުރުމުން އެއީ ޔޫލީގެ އެނދުކަން ޒައިނާއަށް ޔަޤީންވިއެވެ.އޭނާ އެނދަށް އަރައި އޮށޯވެލުމަށްފަހު ލޯމަރާލީ ނިދޭތޯއެވެ.ނަމަވެސް ލޯމަރާލިއިރަށް އޭނާއަށް ސިފަވެގެންދިޔައީ މާއިޝްއެވެ.އެ ރީތި ހީލުމެވެ.އެ ލާނެތް މިޒާޖެވެ.އިސްކޮޅުން ދިގުވެފައި ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ.އަލި ހަނގަނޑެއްގެ އިތުރަށް މުށިކުލައިގެ ފަން އިސްތަށިގަނޑެއް ލިބިފައި ވާއިރު މާއިޝް އަބަދުވެސް އިސްތށިގަނޑު ސްޓައިލްކޮއްފައި ހުންނަނީ އެއްފަރާތަށެވެ.އެއީ ޒައިނާގެ ފުރަތަމަ ލޯތްބެވެ.އަލަށް އެހިތް ދެވުނު ޒުވާނާއެވެ.ނަމަވެސް ހުރިހާ ވެސް މައްސަލައަކީ އެއީ ޒައިންގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކަކަށް ވާތީއެވެ.

“ހާއި.ޒައި ދޯ؟”ޒައިނާ ސިހުނީ ޔޫލީގެ އަޑުންނެވެ.”ޔާ.ވަރަށް ފޫހިވެފަ މިއޮތީ.ނެތްތަ ކުރާނެ ކަމެއް.”ޒައިނާ އަހާލިއެވެ.”ލެޓްސް ގޯ ގޯތިތެރެއަށް”ޔޫލީ ޙިޔާލު ދިނެވެ.ދެމީހުން އެކީ ގޯތިތެރެއަށް ނުކުތް އިރު ޔަޢީޝްމެން ގޯތިތެރޭގައި ބަހައްތާފައި ހުރި ޖޯލިފަތިތަކުގައި ތިއްބެވެ.”ކައިގެންތަ އައީ؟”ޔޫލީ އަހާލިއެވެ.”ޔާ. ކައިގެން އައީ. މިހާރު އެއޮއް ހަވީރުވަނީ.ދޮންބެމެން ކައިރީ ބުނަން ހިނގާ ހިނގާލަން ދާން؟”ޒައިނާ ޙިޔާލުދިނެވެ.”ހުމްމްމްމް”ޔޫލީ ޒައިނާއަށް އެއްބަސް ވުމުގެ ގޮތުން ހޫމް އަޅުވާލިއެވެ.

ޒައިންމެން ކައިރީ ހަވީރު ހިނގާލަންދާން ބުނަންދިޔަ ޒައިނާގެ ފަހަތުން ޔޫލީވެސް ދިޔައެވެ.ނަމަވެސް އޭނާ ހުއްޓުން އެރީ ޖޯލިފަތީގައި އޮތް ޝައިމް ފެނިފައެވެ.

ނޯޓް:ކުށް ހުރުމަކީ އެކަށިގެންވާ ކަމެކެވެ.ރަނގަޅުކޮއްލަން ބުނަން ބޭނުންވާނަމަ ކޮމެންޓް ބައިގައި ބުނެލަދިނުން އެދެމެވެ.އޭރުން ދެން ލިޔާ ބައެއްގައި އެބައި ރަނގަޅުކޮއްލެވޭތޯ ބަލާނަމެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
Follow Me Written By

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡

Level 110 Stories

Just a gurl who wants to write stories! I'll accept positive and negative comments and even without comments 🥰I would love to see readers opinion to make my stories better than today😘Author of ''MAAZEE'','' WAANAMEY UMURAH EKY JAANAA'' AND ''HAYAAII''

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 23

Next

އަނިޔާ

Next
October 21, 2024

އަނިޔާ

Previews
October 20, 2024

ޙަޤީޤަތް ހޯދުމޭ 23

12 Comments!

  1. gurrrrl says:
    October 21, 2024 at 3:32 pm

    btw this is nice hama
    vrh reethi masha allah when next part
    curiously waiting

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      October 22, 2024 at 4:41 pm

      Thankyou gurrrl

  2. Twinkle says:
    October 21, 2024 at 3:36 pm

    Vvvv salhi mi part ves
    Curiously waiting for the nxt part

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      October 22, 2024 at 4:41 pm

      Thankyou Twinkle

  3. Cutie girl says:
    October 21, 2024 at 4:52 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Zaina and Maaish guluvachey
    They both are made for each other
    Zain and nihaa ves gulhuvachey
    V interesting story eh
    V kiyaala hithun kiyani
    You’re myfav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      October 22, 2024 at 4:40 pm

      Thankyou so much Cutie girl
      that means a lot to mee
      but how do you know I’m busy????

  4. Fiza says:
    October 22, 2024 at 11:02 am

    Vrh salhi. next episode ge inthizarugai….. 😊

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      October 22, 2024 at 4:42 pm

      Thankyou so much Fiza

  5. Anonymous says:
    October 23, 2024 at 1:26 am

    Zain and nihaa
    Maeesh and zaina
    Shaim and yoolee dhw
    Dhn yaish

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      October 23, 2024 at 7:49 pm

      hehehe
      let’s see kihinehtho vany

  6. Anonymous says:
    October 25, 2024 at 12:45 am

    Vvvv reethi mi part ves
    Curiously waiting for the nxt part
    Keep up the amazing work

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      October 25, 2024 at 2:54 pm

      Thankyou Anonymous

Comments are closed.

Next Episodeވާނަމޭ އުމުރަށް އެކީ ޖާނާ……4←


All Right Reserved!