Skip to content
އެސްފިޔަ

ވާނަމޭ އުމުރަށް އެކީ ޖާނާ……4

ވާނީވެސް އެހެންތާއެވެ.ކަޅުކަންގަދަ އިސްތަށިގަނޑަކާއި ގަދަ މުށި ކުލައިގެ ކަޅިއެއްގެ ވެރިއެކެވެ.ލައިގެން ހުރި ރީނދޫކުލައިގެ ހުޑީ އާއި ނޫޖީންސްގައި އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ.އަލި ހަންގަޑާކާއި ދިގު އިސްކޮޅެއް ލިބިފައިވީ މިޒުވާނާއަށް ނޭނގި ނަމަވެސް ޔޫލީގެ ހިތް ދެވިއްޖެއެވެ.

ޒައިން ކައިރިއަށް ދާން ހިނގާގަތް ޒައިނާއަށް ޔޫލީ ނާންނަހެން ހީވެގެން އެނބުރި ފަހަތްބަލާލިއިރު ޝައިމްއާ ދިމާލަށް ކަޅިޖަހާނުލާ ބަލަން ހުރި ޔޫލީ ފެނި އޭނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.”އިޝްޤުގަ ޖެހިފަތަ؟”ވަރަށް ނުވާކަމަށް ހަދާފައި ޒައިނާ ޔޫލީ ގާތުއަހާލިއެވެ.”ނޯވޭ.އެކަމް ހިތްކިޔާ ކަހަލަ ގޮތެއް ހުރޭ.”ހީލައިގެން ހުރެ ޔޫލީ ބުނެލިއެވެ.”އޭ އެކަމް ނުބުނައްޗެ.”ޔޫލީ ދެންވެސް ބުނެލިއެވެ.”އޯކޭ. ޓްރަސްޓް މީ.ނުބުނާނަން “ޒައިނާ ޔޫލީއަށް އޭނާ އެކަކުގާތުގައިވެސް ނުބުނާނެކަމުގެ ޔަޤީންކަން ދިނެވެ.”ތޭންކްސް”ހީލަމުން ޔޫލީވެސް ޒައިނާ ފަހަތުން ގޮސް ޒައިންމެން ކައިރީ މަޑުކޮއްލިއެވެ.

ޒައިނާ ޒައިްނ ގާތު ހަވީރު ރަށުތެރެ ބަލާލަން ދާން ހިނގާށޭ ބުނުމުން އެންމެނަށް ވެސް އެޚިޔާލު ކަމުދިޔައެވެ.”އެހެންމަ ހަތަރަކަށް ރެޑީ ވާތި!”ޔަޢީޝް ބުނެލިއެވެ.ބޯ ޖަހާލަމުން ޔޫލީމެން ގޮސް ގޭތެރެއަށް ވަނެވެ.

ހަވީރެވެ.ޒައިނާމެން ނުނިމިގެން ޒައިންމެން ތިބީ އެގޭ ދޮރޯށި ދޮށުގައެވެ.”މި އަންހެންވެރިން ހާދަ ތަތޭ ސަހާދެ.”ޒައިން ބުނެލިއެވެ.”އާނއިނކޭ.މިހާރު ކޮންއިރެއް.”މާއިޝްވެސް ޒައިންގެ ބަހަށް އެއްބަސް ވަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.”ކީއްދޯކުރާނީ”ޝައިމްވެސް އެމީހުނާ އެއްބަސް ވުމުގެގޮތުން ބުނެލިއެވެ.

އެވަގުތު މާއިޝްގެ ލޮލުގައި އަޅާގަތީ ޔޫލީއާއެކީ ދޮރޯށީން ނުކުމެގެން އައި ޒައިނާއެވެ.ލައިގެން ހުރި މަޑުނޫކުލައިގެ ފުޅާޖީންސް އާއި ކަޅުކުލައިގެ ހުޑީގައި ޒައިނާފެންނަލެއް ނުލާހިކު ރީއްޗެވެ.ހީލްސްގެ ބަދަލު މިއަދު ޒައިނާހުރީވެސް ކަޅާހުދުގެ ސްނީކަރޒްއަކަށް އަރައިގެންނެވެ.އެރީތި ބުޅިއިސްތަށިގަނޑު އެއްވެސް ގޮތެއްނުހަދާ ވަޔާވިހުރެން ދޫކޮއްލައިފައި އޮތްއިރު މޫނުމަތީގައި ވަނީ މަޑުމޭކަޕެއް ކޮށްފައެވެ.

“ކޮބާ ކާކު އުޅެނީ ޒައިންގެ ޅިޔަނަށް ނުވެވިގެން؟”މާއިޝް ހުރިގޮތް ފެނި ޝައިމް އައިސް އޭނާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.”މަނޫޅެމޭ”މާއިޝްް ވަރަށް ނޫންކަމަށް ހަދާފައި އެހެންދިމާލަކަށް ބަލަންފެށިއެވެ.”ދާން ހިނގާ”އެމީހުނާ އަރާ ހަމަކުރަމުން ޔޫލީ ބުނެލިއެވެ.”ތީ ހަތަރަކަށް ރެޑީވާން ބުނީމަ ވީވަރު.މިހާރު މިޒައިންމެން އެތިބީ ލަސްވެފަ؟”ޔޫލީއަށް ބަލާލަމުން ޔަޢީޝް ބުނެލިއެވެ.”ނިހާ އަންނަ ވާހަކަބުނި.”މަޑުމަޑުން ޒައިނާބުނެލިއެވެ.”އެހެރަ އައީ ތިޔަ މީހެއް. ދެންވެސް ދެވޭތޯ ބަލަމާ.”ޒައިން ނިހާއާ ދިމާލަށް ބަލާވެސް ނުލާހުރެ ބުނެލިއެވެ.އަދިވެސް ހެނދުނު ނިހާަ ދެކެ އެރި ރުޅިގަނޑު މަތަނުވާ ކަހަލައެވެ.

މަޑު ހިނގުމެއްގައި އެންމެން ހިނގަމުން ދިޔައިރު މަދުމަދުން ނަމަވެސް ޒައިނާގެ ކަޅި މާއިޝްއަށް ހުއްޓެމުން ދިޔައެވެ.އެ ރީތި ހީލުން ފެނި ޒައިނާގެ ހިތް މޮޔަކޮއްލާވަރު ވެއެވެ.މަޑުން ހުއްޓެއް ކަމަކު ލާނެތް ކަމުގެ އިންތިހާއެވެ.”ހިނގާ ޖޫގޯ ބޯން”އެތާ ހުރި ފިހާރައަކާ އަރާ ހަމަވުމުން ޝައިމް ޚިޔާލުދިނެވެ.”އޭ ތީ ސަޅި ގޮތެއް”ޔަޢީޝްއަށް ވެސް އެޚިޔާލު ކަމުދިޔައެވެ.

ޖޫގޯ ގަނެގެން ހަތްމީހުން ދިޔައީ އަތިރިމައްޗަށެވެ.”އޭ ކަލޭ ބިޓެއް ހޯދާކަށް ނުވިސްނަންތަ؟”އެތާހުރި ބެންޗެއްގައި އިށީންނަމުން ޒައިން ޔަޢީޝް ގާތު އަހާލިއެވެ.”މަގޭ ހުރެޔޭ ބުނެފިއްޔާ ޤަބޫލު ކުރާނަންތަ؟”ޔޫލީ މެންނަށް އަޑުނީވޭނޭކަން ޔަޤީން ކުރުމަށްފަހު ޔަޢީޗް ބުނެލިއެވެ.”އޭ ސީރިއެސްކޮއްތަ؟”ހައިރާންވެފައި ޝައިމް އާއި މާއިޝްއަށް އެއްފަހަރާ ބުނެވުނެވެ.”ހޫމް.ވަން މަންތް ވެއްޖެ.މިރަށު ކުއްޖެއް ނޫން. ދެން މާލެ ދެވޭ ފަހަރަކުން މީޓް ކޮށްދޭނަން”ހެވިފައި ޔަޢީޝް ބުނެލިއެވެ.”ހޫންހޫން.މިކަލޭގެ ވަގޭދޯ؟”ޒައިްނ ބުނެލިއެވެ.ޒައިންގެ ބަހަށް އެންމެން ފެށީހޭށެވެ.

“ނީ ހަމަ އެހާ ހޭޓް ވޭތަ ޒައި ދޮންބެ ދެކެ؟”ދުރުގައި ހުރި ބެންޗުގައި ތިބެ ސަކަރާތް ޖަހަމުން ދިޔަ ހަތަރު ފިރިހެން ކުދިންނަށް ބަލާލަމުން ޒައިނާ ނިހާގާތު އަހާލިއެވެ.”ނޭނގޭ ވާގޮތެއް.ޒައި ދޮންބެ ފެނުނީމަ ހަމަ އޮޓޯމެޓިކަލީ ރުޅި އާދެވެނީ”ނިހާ ޖަވާބުދިނެވެ.”މަށަށް ހީވަނީ ތިހެން އުޅެފަ ތިދެމީހުން އަދި ލޯބިވެސް ވާނެހެން.”ޖޫގޯއިން އެތިފޮދެއް ބޯލަމުން ޔޫލީ ބުނެލިއެވެ.”މަ؟؟؟އަދި އެވެސް އޭނަޔާ؟؟؟؟ނޯވޭ!!!!އިޓްސް ނެވާ ގޯނަ ހެޕެން.”ނިހާ ދެބުމަ ކައިރި ކޮއްލަމުން ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ.ޒައިނާއޮތީ ގޯތިތެރޭ ހުރި ޖޯލިފަތީގައެވެ.ފެންނަން އޮތް ހާމަ އުޑަށް ބަލަހައްޓައިގެން އޮތް އިރު އެރީތި މޫނުގައި ވަނީ ހިތަކަތިލާފަދަ ރީތި ހިނިތުންވުމެކެވެ.”ހެއި ބިއުޓިފުލް.ހާދަ ލޯންލީ ވެފަ؟”ޒައިނާ ސިހުނީ މާއިޝްގެ އަޑަށެވެ،ތެޅެމުން ދިޔަ ހިތް މަޑުޖައްސާލެވޭތޯ ބަލަމުން ޒައިނާ މާއިޝްއަށް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ.ދެން ދެމީހުންގެ މެދުގައި ވޭތުވެގެން ދިޔައީ ހަމަހިމޭން ކަމުގެ ސުކޫތެކެވެ.”ކިޔަވާ ނިމުނީތަ؟”ހަމަހީމޭންކަން ފޫއަޅުވާލަމުން މާއިޝް އަހާލިއެވެ.”ޔާ.ހައު އެބައުޓް ޔޫ؟”ޒައިނާ ވެސް މާއިޝްއަށް އަހާލިއެވެ.”ބައްޕަގެ ކޮމްޕެނީއަށް ޖޮއިން ކުަރަން އެބަ ވިސްނަން”މާއިޝް އޭނާ ދެކޭގޮތް ބުނެލިއެވެ.

“އަސްލު ބުނަންތަ ވާހަކައެއް؟”ވަރަށް ނުކެރި ހުރެ މާއިޝް ޒައިނާ ގާތު އަހާލިއެވެ.”ކުރިއަށްވުރެ މިހާރު ޒައި މާރީތި”ޒައިނާ ބޯޖަހާލުމުން ދުރު ބަލާލަމުން މާއިޝް ބުނެލިއެވެ.އޭނާއަށް ނުފެނުނީ ޒައިނާގެ ދުންފަތް މައްޗަށް ވެރިވި ހިނިތުންވުމެވެ.”ހެހެ. ތޭންކްސް.ފޮނިވެވިއްޖެ”ޒައިނާ ބުނެލިއެވެ.”ނުވިސްނަންތަ ލައިފްއެއް ފަށާކަށް؟” ޒައިނާ މާއިޝްގާތު އަހާލިއެވެ.އޭނާ ބޭނުންވީ މާއިޝްގެ ހަޔާތުގައި ޙާއްސަ ކުއްޖެއް ހުރިތޯ ބަލާށެވެ.”ނުވިސްނަން.އެކަމު ހުރޭ ވަރަށް ލޯބިވާ ކުއްޖެއް.އެކަމް ލިބޭކަށް ނެތް ހެން ހީވަނީ”ވަށްކަޅިން ޒައިނާއާ ދިމާލަށް ބަލާލަމުން މާއިޝް ބުނެލިއެވެ.”ހައު އެބައުޓް ޔޫ؟”މާއިޝް ޒައިނާއަށް އަހާލިއެވެ.”ސޭމް. ހިއެއް ނުވޭ އޭނާ ލައިކް ބެކް ވާހެނެއް.ވަރަށް ކްލޯސް ވާނެ “ޒައިނާ ޖަވާބުދިނެވެ.އޭނާ ހީކުރީ އެހެން ބުނުމުން މާއިޝްއަށް އެނގޭނެ ކަމަށެވެ.

“ވަރަށް ލަސްވެއްޖެ.ލެޓްސް ގޯ އިންސައިޑް.އަދި ވާނެ ޓޯކްކޮށްލަން.”ޖީބަށް އަތްޖަހާލަމުން މައިޝް ގޭތެރެއަށް ވަންނަން ހިނގާގަތެވެ.ނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ޒައިނާގެ ހަޅޭއްކުގެ އަޑުންނެވެ.

ނޯޓް:ކިޔުންތެރިންގެ ސަމާލުކަމަށް!އަޅުގަނޑުގެ ޓެސްޓް ފެށޭތީވެ ދެން ވާހަކަ ލިޔާނީ ޓެސްޓްގެ ފަހުންކަމުގައި ދަންނަވާލަމެވެ. 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    It’s ok
    We understand
    Good luck for exams
    Maaish and zaina gulhuvachey
    They both are made for eachother
    nihaa and zain gulhuvachey
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. DevilQueen
      Cutie girl

      Thankyou for your support Cutie girl

  2. WellWisher

    Enme fahun liye vijje dhw!!! Kehtherikan kolhun laa varu vejje! Ekamu mi bai ves varah reethi. Dhen anekkaa jeheynee mi hafthaa nimendhen inthizaaru kuran!! Keep up the good work loabs!

    1. DevilQueen
      WellWisher

      Thx loabii

  3. Girlyy

    Varah salhi ingey mi bai vess dhen anna bayakah mihaaru mi inthizaaru kuranee!!
    Test nimeyhaa avahakah laane kamah ummeedhu kuran..

    1. DevilQueen
      Girlyy

      Thankyou so much bestie

  4. Ghost girl 👻

    Vrh salhi story eh hn heevey mibai vx vrh reethi curiously waiting for the next part keep it up try harder 💪

    1. DevilQueen
      Ghost girl 👻

      thankyou Ghost girl
      vvv avah nxt part kiyaalan libeyne
      Insha Allah

Comments are closed.