Skip to content
އެސްފިޔަ

ވާނަމޭ އުމުރަށް އެކީ ޖާނާ…….2

“ޒައި؟؟؟ކޮން އިރަކު އައީ؟ދޮންބެ ކައިރީ އަންނަ ވާހަކަ ނުބުނީ ކީއްވެ؟މަންމަމެންނަށް އިނގޭތަ ޒައި އައިކަން؟” ޒައިން އެއްފަހަރާ ސުވާލު ފަތިވަރު އަމުނާލިއެވެ.”ސާބަހޭ ދޮންބޭ!ތިއިން ކޮން ސުވާލަކަށް ޒައި ޖަވާބު ދޭންވީ؟”ހިނިގަނޑެއް ޖަހާލަމުން ޒައިނާ އަހާލިއެވެ.

ޒައިނާއަކީ ޒައިންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ޒައިނާ އެއައީ މެލޭޝިއާގައި އެއްއަހަރު ދުވަހު ކިޔަވަން ހުރެފައެވެ.”ހުރިހާ ސުވާލަކަށްވެސް!!!”ޒައިން ބުނެލިއެވެ.”އޯކޭއި. ޒައި އައީ ނައިން ހާއިރު. ދެން ދޮންބެ ކައިރީ ނުބުނީ ސަޕްރައިޒެއް ދޭންވެގެން. އެންޑް އިޓް ވޯޒް ސަކްސެސްފުލް. މަންމަމެންނަށް އިނގޭ ޒައި އަންނަ ކަން. އޯލްސޯ ޒައި ބަލާ އެއަރޕޯޓަށް އައީ ވެސް މަމް އެން ޑޭޑް.” ޒައިނާ ކިޔައިދިނެވެ.”އޯ!ބައިދަވޭ ޒައި ތިއައީ ވަރަށް ސަޅި ދުވަސްކޮޅެއްގަ!މަންމަމެން އެއްބަހިއްޔާ ދޮންބެ މިއުޅެނީ ރަސްދޫއަށް ދާން.”ޒައިން ބުނެލިއެވެ.”ރިއަލީ. ޒައި ގޮވައިގެން ދައްޗޭ1″ޒައިނާ ޒައިންއަށް ބަލާލަމުން ބުނެލިއެވެ.”ހްމްމްމް.”ޒައިނާއަށް ޖަވާބުދިނުމަށްފަހު ޒައިން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ހަވީރުގެ ވަގުތެވެ. ޒައިން ސިޓިންރޫމަށް ނިކުތީ މަންމަ އުޅޭ އަޑު އިވިގެންނެވެ.”މަންމާ. މިއައީ ކަމަކު ހުއްދަ އަހަންވެގެން.!”ޒައިން ބުނެލިއެވެ.”އަހާބަލަ. އެހީމައެއްނު އެނގޭނީ.” ސާޖިދާ ޖަވާބުދިނެވެ.” މި …… ޝައިމްމެން ރޭވީ މިޗުއްޓީގަ އަޅުގަނޑުމެން ރަސްދުއަށް ދާން. އޯކޭތަ ދިޔަސް؟ ޒައި ވެސް ގޮވައިގެން ދާނީ.” ޒައިން އަހާލިއެވެ. “ހޫން. އެންމެ ރަނގަޅު! އެކަމަކު ޝަރުތެއްގެ މަތިން ފޮނުވޭނީ. ޒައިއަށް ރަނގަޅައް ބަލަންޖެހޭނެ. ބަރާބަރަށް ނަމާދު ކުރަންވާނެ….””ލައްބައޭ މަންމާ. ބައިދަވޭ ތޭންކްސް. ޔޫ އާރ ދިބެސްޓް.” ސާޖިދާގެ ވާހަކަކޮޅު ނުނިމެނީސް ޒައިން ބުނެލިއެވެ.

“އޭ ކޮބާ ކައޭމެން.” އާޓިފިޝަލް ބީޗް ކައިރީގައި ސައިކަލު ޕާކުކޮއްލަމުން ޒައިން ފޯނުނަގާ މާއިޝްއަށް ގުޅާލިއެވެ.”މިތިބީ އެތާ ބެންޗެއްގަ.”މާއިޝް ޖަވާބުދިނެވެ. “އޭ މަބުނީ މަންމަ ބުނީ އޯކޭ އޯ. އެކަމު ޒައި ދާން ބޭނުން ވާތީ ޒައި ވެސް ގޮވައިގެން ދަނީ.” މާއިޝްމެން ތިބި ބެންޗާ އަރާ ހަމަކުރުމަށްފަހު ޒައިން ބުނެލިއެވެ.”ކޮން އިރަކު ޒައި އައީ؟”ހައިރާން ވެފައި މާއިޝް އަހާލިއެވެ.”ތެދެކޭ. މިއަދު ހެނދުނު ވެސް ކައޭ ނުުބުނެ ޒައި އައި ވާހަކައެއް. އެހެންނޫނަސް މާއްޓެ ވަރަށް އިނގެން ބޭނުންވާނެއެއްނު ދޯ؟” ލާނެތް ގޮތަކަށް މާއިޝްއަށް ބަލާލަމުން ޝައިމް އަހާލިއެވެ.

“ޒައި އައީ ހެނދުނު. މަކައިރީވެސް ނުުބުނެ އައީ.”ޒައިން ކިޔައިދިނެވެ.”ބުނަން ޝައިއްޓެ ރަނގަޅު ވާހަކައެއް. މަނޫޅެން ޒޭންގެ ޅިޔަންބެއަށް ނުވެވިގެންނެއް.” މާއިޝް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.”އާނ. ސޮރީއޭ.” މާއިޝް ހިތްހަމަ ނުޖެހުނީކަން އެނގުމުން ޝައިމް ބުނެލިއެވެ.

ޒައިން ޒައިނާ އައި ވާހަކަމުނުމުން އަސްލު މާއިޝްގެ ހިތް އުފަލުން ނަށާލިއެވެ. އެއްއަހަރުފަހުން ފެންނައިރު ޒައިނާ ހުންނާނެ ގޮތް އެ ހިތުގައި ކުރަހާލެވުނެވެ. ޒައިންގެ އެކުވެރިކަމުގައި އެގެއަށް ދާންފެށިއިރުއްސުރެ މާއިޝްގެ ހިތުގައި ޒައިނާގެ ނަންވަނީ ރަންއަކުރުން ފެވިފައެވެ. ނަމަވެސް ޒައިނާއަކީ ޒައިންގެ ކޮއްކޮއަށް ވީތީ ލޯބި ފާޅުކުރަން މާއިޝްއަށް ފަސްޖެހެވެނީއެވެ.

“އޭ ކައޭ ކޮން ދުނިޔެއެއްގަ؟”މާއިޝް ސިހުނީ ޒައިންގެ އަޑަށެވެ.”ހެހެ..މި ވިސްނާލީ. މަ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ފުރަން.”މާއިޝް އޭނާ ދެކޭ ގޮތް ބުނެލިއެވެ.”އަހަރުމެން އޯކޭ މާދަމާ މެންދުރު ފުރަންވިޔަސް ދޯ ޒޭން.” ޝައިމް ބުނެލިއެވެ.”އާނ”ޒަައިން ވެސް ޝައިމް އާއި އެއްބަސް ވުމުގެ ގޮތުން ބުނެލިއެވެ.”ސޯ އިޓްސް ފައިނަލް.”މާއިޝް ބުނެލިއެވެ.

ޖެހިގެންއައި ދުވަހުގެ މެންދުރެވެ.”ޒައި އަވަސްކޮއްބަލަ. މިހާރު ލޯންޗު ހިނގައިދާނެ.”ފޮށި ދަމަމުން ކޮޓަރިން ނުކުތް ޒައިން ޒައިނާގެ ކޮޓަރީ ދޮރުގައި ތަޅާގަންނަމުން ގޮވާލިއެވެ.” މި ނިމުނިއްޔޭ. އެހެންނޫނަސް ތިވަރު ވާކަށް އަދި ނުވެއެއްނު .”ޒައިނާ އަތްދަބަސް ކޮނޑުގައި އަޅުވައިގެން ނިކުންނަމުން ޒައިންއަށް ބުނެލިއެވެ.”އެހެންނުވާނީ. މިއަންހެން ކުދިން ތަތްކަމުން.”ޒައިންއަށް ޒައިނާ ރުޅިއަރުވާނުލާ ނުހުރެވުނެވެ.”ތި އެހެންބުނަން ވަކި މާ ރަނގަޅު މީހެއްތަ؟”ހީލްސްއަށް އަރައިގެން ގެއިން ނުކުންނަމުން ޒައިނާ ބުނެލިއެވެ.

“ސާބަހޭ މަގޭ ދެދަރިންނަށް. ތިހެންކޯޅެން ތިއްބަ ގަޑި ޖެހޭނީ.”ކާރު ކައިރީގައި ހުރި ސާޖިދާ ޒައިނާމެން ފެނުމުން ބުނެލިއެވެ.”މަށެއް ނޫން. ދޮންބެ ފެށީ”ޒައިނާ ވަގުތުން ބުނެލިއެވެ.

ބަނދަރުމަތީގައި މާއިޝްއާއި ޝައިމް ތިބީ ޒައިންމެން ނައިސްފައެވެ. މާއިޝް ހުރީ ޒައިނާ ދެކިލާހިތުން ކެތްމަދު ވެފައެވެ.އޭނާގެ އިންތިޒާރަށް ނިމުމެއް އައީ އެތަނަށް މަޑޮއްލި ކާރުން ފޭބި ޒައިނާ ފެނިފައެވެ.ލައިގެން ހުރި ނޫކުލައިގެ ޖީންސްއާއި ކަކުލާ ހަމައަށް އަރާ ރަތް ކުލައިގެ ވައްތިރި ހެދުމުގައި ޒައިނާ ހީވަނީ ޕަރީއެއް ހެނެވެ. ތުންފަތުގައި ރަތް ކުލައިގެ ލިޕްގްލޯސްއެއް އުނގުޅާލުން ފިޔަވައި އިތުރު މޭކަޕެއް ކޮއްފައި ނުވާއިރު އެ މުށިކުލައިގެ ބުޅި އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮއްލާފައި ވާއިރު ޒައިނާ ނުލާހިކު ރީއްޗެވެ.

ދަތުރުވެރިން އަރާ ހަމަވުމުން ލޯންޗު ދުއްވާލިއެވެ.ދުވަހަކީ ކަނޑު މަޑު ދުވަހެއްކަމުން އަމާން އޮމާން ދަތުރަކަށް ފަހު ލޯންޗު ގޮސް ރަސްދުއަށް ބަނދަރު ކުރިއެވެ.

“ވާ ވާ . ހެސްކިޔާފަ ސަޅި.” ރަށަށް ފޭބިގޮތަށް ޒައިން ބުނެލިއެވެ.ވާނީވެސް އެހެންތާއެވެ. ފެހިކަންގަދަ ގަސްތަކާއި ބަނދަރުގެ އެއްއަރީގައި ހައްދާފައި ހުރި މާގަސްތަކުގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަ ކޮއްދެއެވެ.ހަތަރު މީހުން ފޮށިތަށް ހިފައިގެން ހިޔަލަށް ދާން ހިނގާގަތް ވަގުތު އެހެންދިޔަ ކުއްޖެއްގެ ގައިގައި ޒައިންޖެހި ދެމީހުން އެކީ ވެއްޓެންދިޔައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. Zulaikha Kareem

    Mee kon ka ey ehtho Kaley key ah badhalukureema varah huthuru

    1. Rashaa
      Zulaikha Kareem

      Asluves ethankolhu rangalhu kohlan feney. vrh undhagoo ehen hunnaathee Alhugandah.. 😊

    2. DevilQueen
      Zulaikha Kareem

      nxt part ga thithankolhu rangalhu kohlaanan Insha Allah

  2. Moya

    Eii mi zamaanuge bahuruva… 😂

  3. Princess

    Kaey kiyun it’s not huthuru
    Vhk eh veema rangalhu vaane
    BTW devilQueen
    No part ves vvv salhi
    Waiting for the next part
    So curious

  4. Princess

    Kaey kiyun it’s not huthuru
    Also this is a story
    BTW DevinQueen
    Mi part ves vvv salhi
    Curiosly waiting for the nxt part

  5. Hayaa

    Vrh salhi mibaives. Maaish heevanee Zaina moya kohlaanehen adhi..

    1. DevilQueen
      Hayaa

      thankyou Hayaa
      hehehe hingaa balamaa dhw

  6. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Maaish and zaina gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah

    1. DevilQueen
      Cutie girl

      Thankyou so much Cutie girl
      that means a lot to me
      Insha Allah vv avahah nxt part kiyaalan libeyne
      Maaish aa Zaina ah vaagoi balamaa hingaa

  7. WellWisher

    WOW! DevilQueen, I’m very proud of you loabi. mi inthizaaru kuranee dhen oii bayah. Keep it up Bestie!!!!

    1. DevilQueen
      WellWisher

      Thankyou so much
      that means a lot to me
      Insha Allah vvv avahah nxt part kiyaalan libeyne

  8. Girlyy

    Awwwn woww!!🥀
    Varah varah loabi vaahaka..Masha Allah💗🎀
    Keep it up girlyy!!
    Hoping to get the next part soon
    The best author bestuu💖

    1. DevilQueen
      Girlyy

      Thankyou so much Bestiee
      that means a lot to me

  9. Elsa

    Vvvv reethi
    Keep it up
    Curiously waiting for the nxt part

    1. DevilQueen
      Elsa

      Thankyou so much Elsa

  10. gurrrrl

    vrh reethi

    1. DevilQueen
      gurrrrl

      Thankyou so much gurrrl

Comments are closed.