..ހާދައޭ ބޭނުމީ ކަލާ.. ( ފަސްވަނަ ބައި )
އައިރީން ގިސްލަ ގިސްފައިފައި އިސްޖަހައިލައިގެން ބާރަށް ރޮއެގަނެވުނީ ވާހަކަ ކުރިއަށް ގެންދާނެ ހިތްވަރެއް ނުލިބުމުންނެވެ. އައިރީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލި އިރު ޒައިންވެސް ފެންކަޅީވިއެވެ. އެ މޫނުމަތިންވެސް ހިތުގައި އަޅާ ވޭން ފެންނަން ހުރިކަހަލައެވެ.
” އެ ތިންމީހުން ވެގެން އަހަރެން.. އަހަރެން ރޭޕްކޮއްލީ.. ” ދެލޯމަރާ ފިއްތާލަމުން ހިތްވަރުކޮއްލައިފައި އައިރީން ބުނި ޖުމްލައިން ޒައިންގެ ކަންފަތް ބީރުވިހެން ހީވިއެވެ. އެ ޖުމްލަ ނޫން އަޑެއް އަދިވެސް ޒައިންގެ ކަންފަތައް ނީވޭ ކަހަލައެވެ. އަދިވެސް އެ ޖުމްލަ ޒައިންގެ ބޮލުތެރޭ ހަލިވިކަމާއި އެކު ތަކުރާރު ވަމުން ދިޔައެވެ.
ބޭއިހްތިޔާރުގައި އައިރީންގެ އަތުގައި ހިފައި ތީ ދޮގެކޭ ބުނާށޭ ޒައިން ބުނެލިއެވެ. ” ބުނޭ ތީ ދޮގެކޭ.. ޕްލީސް ބުނޭ އައިރީން އަށް ހީވި ގޮތެކޭ.. އެމީހުން އެހެން ނަހަދައޭ ބުނޭ.. ތިހާ ރީތި ކުއްޖަކަށް އެފަދަ ބޮޑު ލަނޑެއް ނުދޭނޭ ބުނޭ ރީން ޕްލީސް ބުނޭ.. ”
އައިރީންގެ ދެލޯ ހުޅުވައިލީ ލިބުން ހައިރާން ކަމަކުންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޒައިންގެ ފެންކަޅިވެފައިވާ ދެލޮލަށް ބަލަން އައިރީންއަށް އިނދެވިނީއެވެ. އަނެއްކައިވެސް އައިރީންގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ބުނާށޭ ބުނީ ތަންކޮޅެއް ބާރަށެވެ. ފެންބޯން މޭޒު ކައިރީގައި ހުރި އަރޫޝާގެ އަނގައިގައި ހުރި ފެންތައްވެސް ބުރުވައިލެވުނީ ޒައިންގެ ހަޅޭކުގެ އަޑުންނެވެ. މީން ޒަމާނެއްގައި އެހާ ހަރުކަށިކޮއް ޒައިން އެއްޗެއް ބުނަނިކޮށް އަރޫޝާ އަޑެއް ނާހައެވެ. އެވެސް އަދި އައިރީންއާއި ދިމާލަށެވެ.
” ހޭ ގާއިސް.. ކިހިނެއް ވެގެން ތި އިޅެނީ..؟ ދަތުރު ފަނިވާގޮތެއް ނަހަދައްޗޭ.. ” ޒައިންމެން ތިބި ދިމާލުން މިހެންބުނެ މޫދާއި ދިމާލައް އަރޫޝާ ދުއްވައިގަތީ އެއްވެސް ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތިއެވެ. ޒައިންވެސް ތެދުވެ ގަސްތަކުގެ ހިޔަލުން ހިނގައިފައި ދިޔައީ ދާނެ ވަކި މަންޒިލެއް ނެތިއެވެ. އައިރީން އަކީ ޒައިންގެ އެންމެ ގާތް ރައްޓެއްސައް ވެފައި އެވަރުގެ ބޮޑުކަމެއް ދިމާވީތީ ޒައިން ދެރަވީއެވެ.
ޒައިން ދިޔަ ދިމާލައް ބަލަންއިން އައިރީން އައް އަނެއްކައިވެސް ރޮވެންފެށުމުން ގަދަކަމުން ކަރުނަތައް ބޭރުވިޔަނުދީ ހިފަހައްޓައިލީ އަރޫޝާ ބުނި ބަސްތައް ހަނދާންވީމައެވެ.
*** *** ***
މެންދުރުގެ ކެއުމައްފަހު ޒޯރާ އޮށޯވެލީ އެނދުމަތީގައެވެ. ސައިޑް ޓޭބަލް މަތީ އޮތް ލެޕް ފެނިފައި އެފްބީ ހާވާލަން ވެއްޖޭ ހިތައް އަރައި ލޮގްއިން ވެލިއެވެ. ނުދަންނަ އައިޑީ އަކުން ‘ ހާއި ‘ ޖަހައި ފްރެންޑް ރިކުއެސްޓް ފޮނުވައިފައި އިނުމުން އެކްސެޕްޓް ކޮއްލިއެވެ.
” ތެންކްސް ފޯރ އެކްސެޕްޓިން މައި ރިކުއެސްޓް.. ” ހަމަ އެކްސެޕްޓް ކުރިތަނާހެން އެކޮޅުން މެސެޖް އެއް އައެވެ. ޒޯރާ އަޅައި ނުލުމުން ޕީޕީ ގަ ތީނީ ޔޫހޭ ކިޔާފަ އަނެއްކައިވެސް އެމީހަކު މެސެޖް ކޮއްލިއެވެ. ” ހޫމްމް.. ” އޭ ކިޔާ ކުރު ރިޕްލައިއެއް ޒޯރާ ކޮއްލިއެވެ.
” ވަރަށް ރީތި.. ތިހާ ރީތި ކުއްޖެއް އަދި މި ވީހާތާކައް ނުދެކެން.. ގަޔާވާ ކަހަލަ ގޮތެއް ހުރޭ.. ”
އެމީހާގެ ތައުރީފީ ޖުމްލަތައްވީ ޒޯރާގެ ހިތުގައި އެމީހަކަށްޓަކައި ހާއްސަ މަގާމެއް ދެވުނު ކަމަކަށެވެ. އެތައް ވަގުތެއް ވަންދެން ދެމީހުން ވާހަކަ ދައްކަންތިބީ ޒޯރާއަކީ ފިރިއެއް ހުންނަ މީހެއްކަންވެސް ނުދެނަހުރެއެވެ. ކުޑަ މިނުން ޒައިން ދިޔަފަހުން ގުޅީމައި ފޯންވެސް ޒޯރާ ނުނަގައެވެ.
*** *** ***
ބާބެކިއު ހަދަން ބައެއް ފިރިހެންވެރިން ޑްރިލް ތަކުގައި އަލިފާން ޖަހަން ހުރިއިރު އަނެއްބައި ފިރިހެންވެރިން ތިބީ ކުކުޅާއި ރަތްމަސް ކަނޑާށެވެ. ބައެއް އަންހެން ކުދިން ރޮށިފިހަން ތިބިއިރު އަނެއްބައި ކުދިން ތިބީ މިރުސްގަނޑު ހަދާށެވެ. އަވަދިނެތި އެންމެން މަސައްކަތް ކުރަން ތިއްބެވެ. ކަނޑާފައި ހުރި ކުކުޅުތައް އާޅާފައި ހުރި ތަށި ޒައިން އަށް ދިއްކޮއްލެވުނީ އައިރީންގެ އަތަށެވެ. ފުން ނަޒަރަކުން ޒައިންގެ ދެ ލޮލައް ބަލާލުމައްފަހު ޒައިން ދިއްކޮއްލި ތަށީގައި ހިފަމުން އަނެއް ފަރާތައް އެނބުރި އައިރީން ހިނގައިގަތެވެ. އެ ބެލުމުގައި މިހާރަކަށް އައިސް މައުނަވީ ގޮތެއް ހުންނަކަން ޒައިން އަށް ފާހަގަ ކުރެވުނަސް އެއީ މިދުވަސްކޮޅު އައިރީންއަށް ވެފަ ހުންނަ ގޮތުންވާ ކަމެއް ކަމަށް ހީކޮއް ޒައިން ވެސް އެކަމަކައި މާ އަޅައެއް ނުލައެވެ.
ރޭގަނޑުގެ ކެއުން ދިޔައީ ވަރަށްވެސް މަޖަލާއި ހިތްހަމަޖެހުމާއި ފޯރީގައެވެ. އޮފީސް ތެރޭގައި ހިނގާ މަޖާ ކަންކަމާއި ރައްޓެހިންނާއިއެކީ އުޅޭއިރު ދިމާވާ މަޖާކަންކަން ކިޔައިދިން ވަރަކަށް އެންމެންގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. ދަތުރު އައިފަހުން ފައިސަލްއަކީ ބޮޑުމީހާ ކަންވެސް ހީނުވާކަހަލައެވެ.
ޓެންޓް ޖެހިއެއް ކަމަކު ގިނަކުދިން ނިދީ އޯޕަން އެއަރ ގައެވެ. އެގޮތުން ޒައިންވެސް މިރޭ ނިދާލަން ބޭނުންވީ އޯޕަން އެއަރ ގައެވެ..
*** *** ***
” ގުޑް މޯރނިން މައި ލަވިން ވައިފް.. އޫޕްސް.. މަމީ.. ” ޓެޑީ ބެއާ އެއް ހިފައިގެން ހުރި ޒެފަ ނީޝްގެ ލޯ ހުޅުވައިލުމާއިއެކު ބުނެލީ ހެވިފައި ހުރެއެވެ. ޒެފަގެ ކޮނޑުގައި ދެ އަތް ވަށާލައި ނީޝް ކުޑަކޮއް ބޯ ހިތްލައިލުމާއި އެކު ނީޝް އުރައިލައިގެން ގެންގޮސް ފާހާނާއަށް ވެއްދުމުން ނީޝް ގާތައް އައީ ލާނެއް ހިންޏެކެވެ.
*** *** ***
ސައިބޯން އިން ޒޯރާގެ ނަޒަރު ފޯނާއި ވަކިނުވެއެވެ. ” މިއަދު އެއްޗަކުން ބަލާގެން އޭގަވާ ގޮތައްތަ ސައިވެސް ތި ބޮނީ.. ” ޒޯރާގެ ހަރަކާތްތަަކައް ބަލަން އިން ނީޝް ބުނެލިއްވެ. ނަމަވެސް ޒޯރާއަށް އެ އަޑު އިވުންހެނެއް ހިޔެއް ނުވެއެވެ. ނިތް އަރުވައިލުމުން ޒެފްއާއި ދިމާލައް ބަލަންއިނދެ ދެން ފިރިސޮރު އެންމެ ދެ ދުވަހަށް ރަށުން ބޭރަށް ދިޔަސް ތީ ތަންކޮޅެއް ބޮޑުވަރޭ ކިޔާ މޭޒުމަތީ ޖަހައިލުމާއި އެކު ޒޯރާ ތެޅިގަނަފައި ފޯން ނުވެއްޓުނީ ކިރިޔާއެވެ. ‘ ސާބަހޭ ‘ ކިޔާ ސައިތަށި ތުނބުގައި ޖައްސައިލައި އެތިފޮދެއް ބޯލިއެވެ.
*** *** ***
ނިދިފައި އޮތް ޒައިން އަށް ބަލަން އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ތެދުވާހިތް ނުވެފައި އޮތް އައިރީން ވެލިގަނޑުން ގައުކޮޅެއް ނަގައި އެއްލިތަނާ ސީދާގޮސް ޖެހުނީ ޒައިންގެ ކޮލުގައެވެ. މޫނައް ވައްތަރެއް ޖައްސައިލައި އެތަން ކަހައިލުމަށްފަހު ޒައިން އެނބުރުނީ އަނެއްފަރާތަށެވެ. ‘ އަޅެ އަހަރެންގެވެސް ފިރިޔަކު ހުންނަނަމައޭ ‘ އައިރީންގެ ހިތައް އެރިއެވެ.
ސައިބޮއެ ނިންމާލުމައްފަހު އެންމެންބެލީ މަސްބާނަން ފަރަށް ދިއުމަށެވެ. މެންދުރު ކާލަން މަހެއް ލިބޭތޯ ފިރިހެން ކުދިންނާއި އެކު ސަޕޯޓް ކުރަން ބައެއް އަންހެން ކުދިންވެސް ދިޔައެވެ. ޒައިން ދާން ހިތައް އަރާފައިވެސް އައިރީން ނުދާނަމޭ ބުނުމުން ދާހިތް ނުވީ ކީއްވެކަމެއް ޒައިން އަކަށްވެސް ނޭނގުނެވެ. އައިރީން ނޫނަސް އެތާ ޒައިންގެ އެތައް ރައްޓެހިންނެއް ތިއްބެވެ.
އަވަދިނެތި ނޫޑްލްސް ކައްކަން ހުރި އައިރީން ގާތައް ޒައިން ޖެހިލިއެވެ. ފުންކޮއް އެތެރެއަށް ނޭވާ ދަމާލުމަށްފަހު ވަހުން ހާދަ މީރުވާނެހެން ހީވޭ ބުނެލީ ލޯ މަރައިލައިގެން ހުރެއެވެ.
ވަސް ރަނގަޅަސް މީރުނުވެ ހުރެދާނޭ ބުނެލީ ޒައިން އާއި ދިމާލައް ބަލައިވެސް ނުލައެވެ. އެބުނި ޖުމްލައިން އެތައް މާނައެއް ޒައިން އަށް ނެގިގެން ދިޔައެވެ. އަޑެއް ބަޑެއް ނީވުމުން ފަހަތައް އެނބުރުންއިރު ބިންމައްޗައް ބަލަހަޓައިގެން ހުރި ޒައިން ގައިގައި ކޮއްޓައިލައި އަދި ވިސްނޭނޭ ބުނެލައި ތެލީގައި މައްޗެއް ޖަހައިލިއެވެ. އައިރީން ނެގި މާނަ ދޭހަވާ ކަމަކަށް ޒައިން އެއްގޮތަކަށްވެސް ނުހެދިއެވެ.
*** *** ***
” އައި މިސްޔޫ ޓޫ.. ” ޒޯރާ ވާހަކަ ދައްކަމުން ދިޔައީ ފިރާޒް އާއެވެ. އެއީ އިއްޔެ ދިމާވި ގޮތް ނޭނގޭ މީހާއެވެ. ގަޑިއެއްހާއިރުގެ ފޯން ކޯލް އަކަށް ފަހު ފޯން މެއިމަތީގައި ބާއްވައިލިއެވެ. އިރުކޮޅެއްނުވެ ފޯން ވައިބްރޭޓް ވީތަނާ ބަލައިލިއިރު ޒައިން ގުޅުމުން ޒޯރާވީ ފޫހިން ފޯން އެނދުމައްޗައް އެއްލައިލީ ގަސްތުގައި ޖަވާބުދޭން ބޭނުން ނުވާތީއެވެ.
މާޔޫސް ވެފައި ފޯންގެ ސްކްރީން އަށް ބަލަހަޓައިގެންހުރި ޒައިން ފެނި އައިރީން ގޮސް ކުރިމައްޗައް ހުއްޓިލަމުން ކީއް ކުރަނީތޯ ސުވާލް ކޮއްލިއެވެ.
” ޒޯރާ ފޯނެއް ނުނަގާ.. މިހާރު އަށްވަނަ ފަހަރު ގުޅާތާ.. ” ހިތްހަމަ ނުޖެހިފައި ހުރެ ޒައިން ބުނެލިއެވެ.
” ވެދާނެ ނިދުނީ ކަމަށްވެސް.. ފެނުނީމަ ގުޅާނެ.. ” އެ މަޑުމޮޅި ބަސްތަކުން ޒައިންގެ ހިތް ފުރުން ކަހަލައެވެ. މިކަހަލަ ވިސްނުމެއް ޒޯރާ އަށްވެސް ދެއްވިނަމައޭ ހިތާއި ހިތުން ދުއާކޮއްލެވުނެވެ.
” އޭ ވަރަށް ބޮޑަށް ސޮރީ ދަތުރުގެ ހުރިހައި ބައިވެރިންނައްވެސް.. މިރޭ ނުވައެއް ޖަހާލާކަށްހާއިރުà ފުރެން އޮތީ.. ލާންޗް އިންޖީނުގަ މައްސަލައެއް ޖެހިގެންނޯ.. އޯކޭތަ؟ އޯކޭ ނުވަންޏާ އެހެން ލާންޗްއެއް ލިބޭތޯ ބަލައިލެވިދާނެ.. ” ދިގު ފޯން ކޯލަކަށްފަހު ފައިސަލް މިހެން ބުނެލުމާއިއެކު ” ޔޭ ” އޭ ކިޔައި އެންމެން ހަޅޭލަވައިގަތެވެ.
*** *** ***
ރީތިވެލައިގެން އެންމެން ހަމަޖެއްސީ ރަށުތެރެއަށް ހިނގައިލަން ދިއުމަށެވެ. ފަހު ދުވަސްވުމުން އެންމެންވެސް ތައްޔާރުވަމުން ދިޔައީ ރަށުގެ ހިތަގައިމު މާހައުލް ތަކުގައި ފޮޓޯ ނަގަން ބޭނުންވާތީއެވެ.
ދުރުން ހިނގަމުން އައި އައިރީން ފެނި ޒައިންގެ ހަރަކާތްތައް ހުއްޓުނެވެ. ފެޝަން ހެދުމަކާއި އެކު އަވިއައިނު އަޅައިލައި އެއްވެސް ހިފެހެއްޓުމެއް ނެތި ކޮނޑާއި ހަމައައް އަރާ ފަންފަން އިސްތަށިކޮޅު ވަޔައް ދޫކޮއަލައިފައި އޮންނައިރު ހާދަ ރީއްޗޭ ޒައިންގެ ހިތައް އަރަމުން ދިޔައެވެ. އެ ތުންފަތުގައިވާ ގަދަ ރަތްކުލަފެނި ޒައިން އަށް ހިންދިރުވައި ލެވުނީ އެ ތުންފަތުގެ ރީތިކަން ނަގައިގަނެވުނު ފުރަތަމަ ފަހަރަށް ވީތީއެވެ. ޒައިންގެ ކުރިމަތިން ވައި އަޅުވައިލައިފައި ދިޔައިރު ދުވި މީރުވަހުން އަވަސް އަވަހަށް ނޭވާ ލެވެން ފެށުނެވެ. އައިރީންގެ ފަސްފަހަތުން ޒައިން ހިނގަމުން ދިޔައިރު އެ ވަސް ނުޖެހޭ ހިސާބަކަށް ޖެހިލަންވެސް ޒައިންގެ ހިތް ނޭދޭ ކަހަލައެވެ. މި މަންޒަރު ބަލަން ހުރި އަރޫޝާ ހެމުން އެ ދެމީހުންގެ ފޮޓޯ ނަގަމުން ދިޔައެވެ. ރަށުގެ ހިތްގައިމު މާހައުލް ތަކުގައި ޒައިންގެ ފޯނުން އެންމެ ގިނައިން ނެގިފައިވަނީ ޒައިން އާއި އައިރީންގެ ފޮޓޯ ތަކެވެ.
ބަރާބަރު 9 ޖެހިއިރު ލާންޗް އޮތީ އެމީހުން ދަތުރުއައި ރަށަށްވުރެ ތަންކޮޅެއް ދުރުގައެވެ. ދިޔަވަރު ހިކިކަމުން ދުރުގައި އޮތް ލާންޗާއި ހަމައަށް ދާންޖެހުނީ ހިނގައިފައެވެ. އެންމެން ހަމަޖެހިލައިގެން ފުރުންއިރު ނުވަގަޑި ފަނަރަވެ ބޮޑުވެއްޖެއެވެ.
ރަށަށް ލެފުމާއި އެކު ކޮންމެ މީހަކުވެސް މިސްރާބުޖެހީ އެމީހެއްގެ ގެޔައް ދިއުމަށެވެ. ނަމަވެސް ޒައިންއާއި ސިރާޖު އޮފީހައް އެއްޗިހިތައް ގެންދިއުމައް ފައިސަލްއަށް އެހީތެރިވެދިނެވެ. ހުރިހައިކަމެއް ނިމުނު އިރު ޒައިން ހުރީ ހަމަ ރަނގަޅައްވެސް ވަރުބަލިވެ ބޮލައް އެނބުރުން އަރާގޮތްވެފައެވެ. އެހެންވުމުން ބޭނުންވީ ވީއެންމެ އަވަހަކަށް އަރާމްކޮއްލާށެވެ.
ދޮރުން އެތެރެއަށް ވަދެގެން އައި ޒައިންއަށް ދޮރާއި ފުރަގަސްދީގެން ލެޕްޓޮޕާއި ކުޅެންއޮތް ޒޯރާ ފެނުނެވެ. އެފްބީއިން މީހަކާއި ޗެޓް ކުރަމުންގޮސް އެންމެފަހުން ޒޯރާގެ ފޮޓޯގަނޑެއް ފޮނުވައިފައި އިންތަން ފެނުމުންވެސް އަޅައިނުލީ ވެފައިހުރި ވަރުބަލިކަމުގެ އިހްސާސް ކުރެވުމުންނެވެ. ދަބަސް ދޮރުކައިރީގައި ބެހެއްޓުމައްފަހު ފާހާނާ ބޮކި ޖެއްސި އަޑަށް ޒޯރާ ބަލައިލި އިރު ޒައިން ފެނުމުން ދެލޯ ބޮޑުކޮއްލަމުން އަވަހަށް ލޮގް އައުޓް ވިއެވެ. އިރުކޮޅެއްނުވެ ޒޯރާގެ ފޯން ނެގުމާއިއެކު ‘ ޒައިން އައިއްސި.. ބާއްވަނީ.. ފަހުން އޮލް ވާނަން.. މި ދުވަސްކޮޅު ނުގުޅާތި.. ބާއި.. ‘ އޭ ކިޔާ ފޯން ކަނޑައިލީ އެކޮޅުން ވާހަކަ ދައްކައިލަން އެއްވެސް ފުރުސަތެއްވެސް ނުދީއެވެ.
*** *** ***
ދުވަސްތައް ފާއިތުވަމުން ގޮސް މިއަކީ ރީޝްގެ ބަނޑަށް އަށްމަސް ފުރުން ދުވަހެވެ. ސިޓިން ރޫމްގައި ލެޕްޓޮޕް ފޯރމެޓް ކުރަން ޒައިން އިން އިރު ކައިރީގައި ސޯފާ މައްޗައް ދެފައި ނަގައިގެން ޒޯރާ އިނީ ފޯނާއި ކުޅޭށެވެ. ކައިރީހުރި ސޯފާ ގައި ނީޝްއާއި ޒެފް އިނީ ފޮތަކުން ނަންތައް ހޯދާށެވެ. ފުރަތަމަ ދަރިފުޅުވުމުން ނީޝްއަށް ހުންނަނީ އަބަދުވެސް ލަސްވެފައެވެ. ޒެފް ކައިރީ އާދޭސްކޮއްގެން ރޭގައިވެސް ފިހާރަތަކަށް ދިޔައީ ވިހަންވާއިރަށް އެއްޗެހި ހަމަކުރާށެވެ. މިކަމާ ޒެފް ހުންނަނީ ވަރަށް މަޖާވެފައެވެ.
” އައިރީން… ހެޔޮލަފާ ހިތްހެޔޮ ސޯލިހް ހިތެއް.. ރީތި ނަމެއްދޯ.. ނަމާ އެއްވަރަށް މާނަވެސް ރީތިދޯ.. ” ޒެފްގެ މޫނައް ބަލައިލައިފައި ނީޝް ބުނެލިއެވެ.
” ޗީ.. ހަޑި ނަމެއް.. މަށަށް ވަރަށް ހަޑި ނަމެއް.. ” މަޑުމަޑުން ފޯނާ ކުޅެން އިން ޒޯރާ މިހެން ބުނެލީ ޒައިން އާއި ދިމާލައް ވަށްލޯ އަޅައިލުމުންނެވެ.
” އެމީހުންގެ ދަރިއަށް ކިޔާނެ ނަމެއް އެނގޭނީ ޒޯރާ އަކަށް ނޫން ދޯ.. ” ރުންކުރު ގޮތަކަށް ޒައިން މިހެން ބުނެލުމާއި އެކު ޒޯރާ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
” ކީއްވެ ޒޯރާ ހާދަ ރުޅިއައިސްފަ އެ ދިޔައީ..؟ ” ތެލުލި ބަނބުކެޔޮ ތައްޓެއް ހިފައިގެން އައި ސާރާ މިހެން ބުނުމުން ‘ އެއީ ދެން މިހާރަކަށް އައިސް އޭނާގެ ވައްތަރޭ.. ‘ ބުނެ ލެޕްޓޮޕް ބައިންދައިފައި މޭޒުމައްޗައް ދެފައި އަރުވައިލަމުން ސޯފާގައި ހަމަޖެހިލިއެވެ.
*** *** ***
ފަހަރަކު ފޮޓޮއެއް ބަލަމުންދިޔަ އައިރީންގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. ހިތްއެދޭ ޒުވާނާ ފެނުމުން އައިރީން ނޫނަސް ވާނީ ހަމަ އެހެންތާއެވެ. ކޮންމެ ދުވަހަކުހެން ޒައިންގެ ފޮޓޯ ސިއްރުން ނަގަމުން ދިޔައީ އޮފީސް ތެރެއިންނެވެ. މިދުވަސްކޮޅު ހިސާބަކަށް ހިތްހަމަޖެހިގެންހުރި އައިރީންފެނި އަސްމާ އެކަމާ އުފާ ކުރެއެވެ. މިދުވަސް ދެކެން އިހްސާން ދުނިޔޭގައި ހުރިނަމައޭ އަސްމާގެ ހިތަށް އަރަމުން ދިޔައެވެ. ދަތުރު ކުރަމުން ދިޔަ ބޯޓް ބަންޑުން ޖަހައިލީ ކަނޑުގަދަ ކަމުންނެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިހްސާންވެސް ވިއެވެ. އެއީ އައިރީން އަށް އެންމެ ދެ އަހަރުގައެވެ. އިހްސާންގެ ހަނދާނުގައި މީހަކާއި ނީނދެ ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ. ރިޝާގެ މަންމަވެސް ފަނާވަނިވި ދުނިޔެ ދޫކޮއްފައިވަނީ ރިޝާ ވިހެއުމުގެ ތެރޭގައެވެ. އެންމެ ތުއްތު އިރުއްސުރެ ރިޝާ ބަލަމުން އައީ އަސްމާއެވެ. ރިޝާގެ މަންމަ އަކީ އަސްމާގެ ދެބެންގެ ދެދަރި ކުއްޖެކެވެ.
*** *** ***
ދޮރުކައިރީ ހުރި ރިޝާ މަންމާއޭ ކިޔާ އަސްމާއަށް ގޮވައިލީ ބޫޓަށް އަރަމުންނެވެ. ” މި ދަނީ ކޮލެޖަށް.. އިރު އޮއްސޭ ފަހުންހެން ހީވަނީ އާދެވޭނީ.. ” މިހެން ބުނުމާއި އެކުހެން ފޯން ކަންފަތުގައި ޖައްސައިލައި. ‘ މި ދަނީ މި ދަނީ.. ‘ އޭ އަވަސް އަވަހައްބުނެ ދޮރު ލައްޕައިލިއެވެ.
*** *** ***
މިހާރަކަށް އައިސް ޒޯރާ އަބަދުވެސް ފެންނަނީ ފޯން ހިފައިގެން ހުންނަތަނެވެ. ޒައިން އަށް އެހައިބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަ ވާން ފެށީ ޒައިންގެ ކަންކަމައް ފަރުވާ ކުޑަކުރަމުން ދިއުމުންނެވެ. ގިނަ ފަހަރަށް ކަމެއް ކޮއްލައިދޭންވެސް ތިން ހަތަރު ފަހަރު ބުނުމުން ނޫނީ ކޮއްލަދެވޭ ކަމަކަށް ނަހަދައެވެ. ބައެއް ފަހަރު ޒޯރާ ފާހާނާއަށް ވަންނަ ވަގުތު ފޯން ޗެކް ކުރެވޭތޯ ބެލިޔަސް މިހާރު އިނީ ޕާސްވާޑް ބަދަލުކޮއްފައެވެ. ދެން ޒޯރާ އެހެން ނޫޅޭނޭ މޭގައި އަތް އަޅައިލަމުން ކެއްތެރިވެލައިގެން ހުރި ޒައިންގެ ހިތައް އަރަމުން ދިޔައެވެ.
ތުންފަތުގައި ގަލަމުގެ ކޮޅު ޖައްސައިލައިގެން ކޮމްޕްއަށް ބަލަހައްޓައިގެން އިން ޒައިން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އައިރީންއަށް މި މަންޒަރު ފެނުމުން ސިއްސުވައިލައިހިތް ވިއެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުންދިޔަ އައިރީންގެ ފިޔަވަޅުތައް ހުއްޓުނީ ސްކްރީންއިން ފެންނަމުންދިޔަ ފޮޓޯތަކަކުންނެވެ. ” ވަޓް..؟ ” ހައިރާން ވެފައިހުރި އައިރީންއަށް އަދިވެސް ހުރެވުނީ ހަމަ އެހުރި ގޮތަށެވެ….
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


WOW
Awesome!!!!
Thnkx both.. Tomorrow next part.. 😉
When next part?
Tomorrow insha Allah.. 🙂
V reethi mi part vex
V salhi ingey.avahah next part up kohdhyyyyyy
V salhi.
Ooohhh… vaahakgandu salhi…. ekamu kurin baithakah vureh imlaakuh faahaga vi… haassakoh alif sukun adhi shaviyani sukun olhuvaalaafa huri baivaru midtakes fenun… ދިމާލައް ނޫން ދިމާލަށް
…. ހިތައް ނޫން ހިތަށް ..
އަނެއްކައިވެސް ނޫން އަނެއްކާވެސް….
މައްޗައް ނޫން މައްޗަށް
ގާތައް ނޫން ގާތަށް
. ކޮއްލިއެވެ ނޫން ކޮށްލިއެވެ……
އަދިވެސް ބައިވަރު އެބަހުރި…..
Pls check these…. i knw u cn do better
Aibai filives beynun kuran nujehey than thaaga beynun kurevifa ebahuri… lappailieve… alhailiev… balailaifai…
kada v kada
rythii………………………..