Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބަލާލީމާ 17

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 26, 2024 8 Mins Read
11 Comments

ނާއިކް ބަލިކަން މިންހާލްއަށް އެނގުނީ އަނެއް ދުވަހު ނާއިކް އޮފީހަށް ނައުމުންނެވެ. މިންހާލްއަށް ފުރުޞަތެއް ލިބުނީ ކޮންމެހެންވެސް އެ ދުވަހު ނާއިކް ނޫނީ އަމީންގެ ސޮޔާއެކު ފޮނުވަން ޖެހޭ ލިޔުންތަކެއް ހުރިކަން އެނގި، އެ ލިޔުންތައް ހިފައިގެން ނާއިކްގެ ގެއަށް މިންހާލް އައުމަށް ނާއިކް އެދުމުންނެވެ.

ނާއިކް އެ ލިޔުންތަކުގައި ސޮއި ކުރުމުން މިންހާލް އެދުނީ ޑޮކްޓަރަށް ދައްކަން ދިޔުމަށެވެ. ނަމަވެސް ނާއިކް ދެކޮޅު ހެދިއެވެ. މިންހާލް ދިޔައީ އެ ވަގުތު މަޑުކުރެވެން ނެތުމުންނެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ ދުވަހަކު ހެން މިންހާލްއާ ބާސިތު ނާއިކްމެން ގެއަށް ދަނީ ނާއިކްގެ އެދުމަށް އޮފީހުގެ މަސައްކަތް ގޭގައި ކުރުމަށް ނާއިކްއަށް އެހީ ވެދޭށެވެ.

އެ ގޮތަށް ގޮސް އުޅޭ އިރު މިންހާލްއާ ބާސިތު މެންދުރުގެ ކެއުން ކަނީ ނާއިކްއާ އެކުގައެވެ. އަދި މަސައްކަތް ނިންމާފައި ބައެއް ފަހަރު ތިން މީހުން އެކި ވާހަކަ ދައްކަން ތިބެއެވެ. އެ ގޮތުން އެއްދުވަހެވެ. މަސައްކަތް ނިންމާފައި ބާސިތު ތަންކޮޅެއް އަވަހަށް ދިޔައީ ގޭގައި ކަމެއް އޮތުމުންނެވެ. ކައި ނިމިގެން މިންހާލް ތަށިތައް ނަގާފައި އައި އިރު ނާއިކް ސޯފާގެ ފަހަތު ބައިގައި ކަނދުރާ ޖައްސާލައިގެން ލޯ މަރާލައިގެން އިނެވެ.

“ބޮލުގަ ރިއްސަނީތަ؟” ނާއިކްގެ ފަހަތުން ހުއްޓިފައި މިންހާލް އަހާލިއެވެ.

“ކުޑަކޮށް، ބުރަކަށީގަ ބޮޑަށް ރިއްސަނީ. ރޯގާ ރަނގަޅު ވީ އިރުވެސް މި ރިހުމެއް ނުފިލާ” އޮތް ގޮތަށް އޮވެ ނާއިކް ޖަވާބު ދިނެވެ.

މިންހާލް އެއްޗެއް ނުބުނެ ނާއިކް ކައިރީ އިށީނދެ ނާއިކްގެ ނިތްކުރިއާ ބޮލުގައި އިނގިލިތައް ޖައްސާ މަސާޖް ކޮށްދޭން ފެށިއެވެ.

“މިންހާލް، އިޓްސް އޯކޭ، އެހާ ބޮޑަކަށްވެސް ނޫން… މިންހާލްވެސް ވަރުބަލި ވެފައެއްނު ހުންނާނީ، އޯކޭ ދެން ދިޔަޔަސް” ހަށިގަނޑު ސީދާ ކޮށްލާ މިންހާލްއާ ދުރަށް ޖެހިލަމުން ނާއިކް ބުންޏެވެ. މިންހާލްގެ އެ ގާތް ކަމުން އުނދަގޫވެފައި ހުރުމުން، މިންހާލް ނިކުންނަން ދެންވެސް މަޑުނުކޮށް ނާއިކް ތެދުވެގެން ކޮޓަރިއަށް ވަނެވެ.

މިންހާލް އިތުރު އެއްޗެއް ނުބުނެ ދިޔައީ، އެ ގެއަށް އަންނަހާ ދުވަހަކު މިންހާލްއަށް އަދި ފުރުސަތު ލިބޭނެ ކަން އެނގޭތީއެވެ.

ނާއިކް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. އާލާ މަތިން ހަނދާން ވުމުން ނާއިކް އާލާއަށް ގުޅާލިއެވެ. ނަމަވެސް އާލާ ފޯނަށް ޖަވާބެއް ނުދިނެވެ. މިންހާލްގެ އަތުން ކުޑަ އިރުކޮޅަކަށް ވިޔަސް ލިބުނު މަސާޖުން ނާއިކް ހަނދާން ވީ އާލާ މަތިންނެވެ. އެއާއެކު ހިތާ ހަށިގަނޑު އާލާއަށް އެދި ގޮވަން ފެށިއެވެ. ލޯ މަރާލި ނާއިކް އެނބުރި ބާލީހުގައި މޫނު ފޮރުވާލަމުން ދެތިން ފަހަރު އާލާގެ ނަން ކިޔާލިއެވެ.

ނިދަން ބޭނުން ވި ނަމަވެސް އެހެން އޮވެ ނުނިދޭނެ ކަން އެނގޭތީ ނާއިކް ފެންވަރާލަން ވަނެވެ. ނާއިކް ނިކުތް އިރު ފޯން ރިންގް ވާތީ ބަލާލި އިރު އާލާ ގުޅަނީއެވެ.

“އާލާ ލަވް…” ފޯން ނަގާފައި ނާއިކް ގޮވާލިއެވެ.

“ސޮރީ ނާއިކް، އޭރު މީޝްމެން ކައިރީ އިނީމަ ފޯން ނުނެގުނީ” އާލާ ބުންޏެވެ.

“ދޮންތަ ގޭގަތަ މިއަދު ތިއުޅެނީ؟” ނާއިކް އަހާލިއެވެ.

“އާނ، ދޮންތައާ އެކީ ބޭރަށް ގޮއްސަ އައިސް މީޝްމެން ބުނީމަ މިއަދު މިގޭގަ މަޑުކޮށްލީ” އެ ދުވަހު ޑޮކްޓަރ ކުލްސޫމްގެ ކްލިނިކަށް ގޮސްފައި، ނިޝްވާގެ އެދުމަށް އާލާ ނިޝްވާއާ އެކު އެ ގެއަށް ދިޔައީ ނިޝްވާއާ ލަޔާންގެ ދެ ކުދިން، މީޝަލްއާ މާއިޝްގެ ޗުއްޓީ ދުވަހަކަށް ވާތީ އެކުދިން ބުނެގެންނެވެ.

“ކޮބާ ދޮންތަމެން؟ އާލާގެ މަންމަމެން ރަނގަޅުތަ؟” ނާއިކް އެހިއެވެ.

“އާނ، އެންމެން ރަނގަޅު. ނާއިކްގެ ރޯގާ ރަނގަޅުތަ މިހާރު؟” އާލާ އަހާލިއެވެ.

“އާނ، ރަނގަޅު، އެކަމަކު އަދިވެސް ގައިގައާ ބޮލުގަ ރިއްސާ” ނާއިކް ބުންޏެވެ.

“ގަޑިއަށް ބޭސް ކަންތަ؟” ނާއިކްއާ މެދު ކަންބޮޑުވެފައި އާލާ އެހިއެވެ. ފޯނުގައި ހުރެ އާލާ ސިޑިން ފައިބައިގެން އައިސް ބެލްކަންޏަށް ނިކުމެ އުނދޯލީގައި އިށީނެވެ.

“ބޭސް ކަމޭ ހުރިހާ ގަޑިއަކުވެސް. އެކަމަކު އާލާ ނާންނަނީސް އަހަރެން ރަނގަޅެއް ނުވާނެ. މިހާރު މާ ގިނަ ދުވަސް ވެއްޖެ ތިހާ ދުރުގަ ހުންނަތާ. އާލާ ލަވް، އަވަހަށް އާދޭ، ދެން މާ ގިނަ ދުވަހަކު އަހަންނަށް މިހެންނެއް ނުހުރެވޭނެ” ނާއިކް ޝަކުވާ ކޮށްލިއެވެ.

“ނާއިކް…” ނާއިކްގެ އަޑުގައި ވި އަސަރު ފާހަގަ ކުރެވިފައި އާލާ ނާއިކްގެ ނަމުން ގޮވާލިއެވެ.

“އާލާ… އެނގޭތަ އަހަރެން ކިހާ ވަރަކަށް އާލާއަށް ބޭނުން ވާކަން؟ ޕްލީޒް އާލާ…” ނާއިކް ހީވީ އާލާ ގާތު އާދޭސް ކޮށްލި ހެންނެވެ.

“އައި ނޯ…” ލަސްލަހުން އާލާ ބުންޏެވެ.

ނާއިކް އެނދުގައި އޮށޯވެލަމުން އަނެއްކާވެސް އާލާގެ ނަމުން ގޮވާލިއެވެ. ވީޑިއޯ ޖައްސާލުމަށް އެދިފައި ނާއިކްވެސް ވީޑިއޯ ޖައްސާލިއެވެ.

“ފެން ވަރައިގެންތަ ތި ނިކުތީ؟” ހަމަ އެކަނި އުނަގަނޑުގައި ތުވާއްޔެއް އޮޅާލައިގެން އޮތް ނާއިކް ފެނުމުން އާލާ އަހާލިއެވެ.

“އާނ، އާލާ ވަރަށް މިސް ވި” ނާއިކް ބުނެލިއެވެ.

“ނާއިކް… ވެއިޓް ޕްލީޒް… އަހަރެން ވަރަށް ލޯބި ވޭ ނާއިކް ދެކެ…” އާލާ ބުންޏެވެ.

“އަހަރެން އާލާ ދެކެ ލޯބި ވާ ވަރަކަށް އާލާ ލޯތްބެއް ނުވޭ އަހަރެން ދެކެއެއް” ކުޑަ ކުއްޖެއް ހެން ނާއިކް ޝަކުވާ ކޮށްލިއެވެ.

“ނޫން… ތީ ނާއިކްއަށް ހީވާ ގޮތް…” އާލާ ވަގުތުން ދެކޮޅު ހެދިއެވެ.

“އާލާ ބުނާނެ ތިހެން، އެކަމަކު ޕްރޫވް ކޮށްދެވޭނެތަ؟” ކުރިންވެސް ބުނި ރާގުގައި ނާއިކް އަހާލިއެވެ.

އެ ވަގުތު އިވުނީ އާލާގެ ހުނުމުގެ އަޑެވެ. ނާއިކްއަށްވެސް ހީލެވުނީ ފަހަކަށް އައިސް ވަރަށް މަދުން ނޫނީ އާލާގެ ހުނުމުގެ އަޑު އިވިފައި ނުވާތީއެވެ.

“އައި މިސް ޔޫ ލަވް…” ނާއިކް ބުނެލިއެވެ.

“އަހަރެންވެސް. އެކަމަކު ދެން މާ ގިނަ ދުވަހު މިސް ވާކަށް ނުޖެހޭނެއެއްނު؟” އާލާވެސް ކެތްތެރިކަން ކުޑަވެފައި ވާ ފަދަ ގޮތަކަށް ބުނެލިއެވެ.

“އާލާ ލަވް، އައި މިސް…” އާލާ މަތިން ހަނދާންވާ އެކިއެކި ގޮތްތައް ލަސްލަހުން ނާއިކް ކިޔާދިނެވެ. އެ ވަގުތު ދެ މީހުންވެސް ހަނދާންވީ ކުރިން އެ ދެމެދުގައި އޮތް ގާތްކަމެވެ. އެކަކު އަނެކަކު ނުފެނި ގިނަ އިރު ވުމުން ފެންނާނެ ވަގުތަކަށް ކުރެވޭ އިންތިޒާރެވެ. އަދި އެ އިންތިޒާރުގެ ނިމުން އައުމުން ދެ މީހުން އުޅޭ ގޮތެވެ.

ނާއިކްގެ ބަސްތަކުން އާލާގެ ހިތަށް ތަފާތު ގޮތްތަކެއް ވާން ފެށިއެވެ. ހިތް އެދުނީ ހަމަ އެ ވަގުތު ނާއިކްގެ އަތުތެރޭގައި ވުމަށެވެ. ނާއިކް އެދުނު ކޮންމެ ކަމެއް ކޮށްދިނުމަށެވެ. އެ އަތުގެ ތެރޭގައި އޮވެ ނާއިކްގެ ހިތް ފުރެންދެން ވާ ލޯބި ހާމަ ކޮށްދިނުމަށެވެ.

ނާއިކްގެ އެ ބަސްތަކުން، ފަހަކަށް އައިސް އާލާގެ ހިތަށް ވެރިވާ ބިރުވެރިކަން އެ ވަގުތުވެސް ވެރިވިއެވެ. ނަމަވެސް ނާއިކް ދައްކަމުން ދިޔަ ވާހަކައާ އެކު ފޯނުން ފެންނަމުން ދިޔަ ނާއިކްގެ ސޫރައިން ކުރިއާ ޚިލާފަށް އެ ބިރުގެ ބަދަލުގައި އެހެން އިހުސާސްތަކެއް އާލާއަށް ކުރެވުނެވެ. ނާއިކްގެ ވާހަކަތަކުން ބައެއް ފަހަރު ބާރަށް ހީލެވުމާއެކު ނާއިކްގެ ނަމުން އާލާ ބާރަށް ގޮވާލައެވެ.

“އާލާ ލަވް… އަހަރެން ކައިރިއަށް އައި އިރަކުން …” ދެންވެސް ނާއިކް ކިޔާދެމުން ދިޔައީ އާލާ ނެތުމުން ކުރެވެމުން ދިޔަ އިހުސާސްތަކެވެ. ނާއިކް ކައިރިއަށް އާލާ އައުމުން ކުރާނެ ކަންތައްތައް ބުނެދެމުން ދިޔަ އިރު ފޯނުން ނާއިކް ފެނިފައި އެހާ ދުރުގައި ހުރެވެސް އާލާގެ މޫނަށް ރަތްކުލަ އަރައިގެން ދިޔައެވެ.

“ނާއިކް ސްޓޮޕް!” ހެމުން އާލާ ބުންޏެވެ.

“ހޭ އާލާ، ކިހިނެއްވީ؟ ނާއިކްތަ؟ ކީކޭ އޭނަ އެ ކިޔަނީ؟” ބެލްކަންޏަށް ނިކުތް ނިޝްވާއަށް އާލާ ހޭ އަޑު އިވިގެން އައިސް އާލާ ކައިރީ އިށީނެވެ.

“ނާއިކް، ދޮންތަ… ތަންކޮޅެއް ފަހުން ގުޅަންތަ؟” ނިޝްވާގެ އަޑު އިވުމުން އާލާ ވީޑިއޯ ކަނޑާލާފައި ކަންފަތުގައި ފޯން ޖައްސާލިއެވެ. ނާއިކް ދައްކަމުން ދިޔަ ވާހަކައިގެ ގޮތުން އެ ވަގުތު ނިޝްވާ ފެނުމުން ރަކިވެފައި އިނދެ އާލާ ފޯން ކަނޑާލަން އުޅުނެވެ. ނަމަވެސް ނިޝްވާ އާލާ އަތުން ފޯން އަތުލާ ކަންފަތުގައި ޖައްސާލިއެވެ.

“އާލާ ކައިރީ ކީކޭ ކިޔައިގެން އެހާ ރަކިވެފަ އިނދެ އެ ހެނީ؟” ނިޝްވާ ގަސްތުގައި އެ ކަހަލަ ސުވާލެއް ކޮށްލީ ނާއިކްއާ އާލާއާ ދިމާކޮށްލުމަށެވެ.

“އަހަރެން އާލާ ކައިރީ ދައްކާ ވާހަކަ ކީއްކުރަން ދޮންތަ ބަލަނީ؟ ދޮންތަގެ ހަޒްބަންޑް ދޮންތައަށް ފާޑުފާޑު އެއްޗެހި ކިޔާނުދޭތަ؟ ލަޔާން ކައިރީ ބުނެބަލަ ދޮންތައަށް ކިޔާދޭށޭ. އަހަރެން މި ދަނީ ނިދަން. އާލާ ކައިރީ ބުނޭ ފަހުން ގުޅާނަމޭ” ނިޝްވާގެ ސަމާސާ އަޑު އިވުމުން ނާއިކްވެސް ޖެއްސުން ކޮށްލިއެވެ. އަދި ނިޝްވާއަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ ފޯން ކަނޑާލިއެވެ.

ބާރަށް ހެމުން އާލާ އަތަށް ފޯން ދީފައި ނިޝްވާ އާލާގެ މޫނަށް ބަލާލިއެވެ.

ދެންމެ ފެނުނު ނާއިކްގެ ސޫރަ ހިތުގައި ހަރުލާފައި ހުރިހެން އާލާއަށް ހީވިއެވެ. އެހެން އިނދެފައި އާލާ ދުރު ބަލާލީ ނިޝްވާ ބަލާލި ގޮތުން ލަދުންނެވެ.

“ސޯ ކިޔުޓް!” އާލާގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ނިޝްވާ ބުނެލީ އާލާއާ ނާއިކްގެ މެދުގައި ދެކެވުނީ ކޮން ކަހަލަ ވާހަކައެއް ކަން އެނގޭތީއެވެ.

މޭމަތީ ފޯން ބާއްވައިގެން ނާއިކް އޮތް އިރު، ތުންފަތުގައި ހިނިތުންވުމެއް ވީ އާލާގެ ބަސްތައް ހަނދާންވެފައެވެ. އާލާގެ މިޒާޖު ބަދަލުވެފައި ވާހެން ނާއިކްއަށް ހީވަނީއެވެ. އާލާގެ ހީލުމާ، ލަދުން ހުރެ ބުނެލާ ބަސްތައް ނާއިކްއަށް އަޑު ނީވޭތާ މާ ގިނަ ދުވަސް ވެއްޖެއެވެ. ހިތް އެދުނީ ނާއިކްގެ ގާތުގައި، އެ އަތުތެރޭ އާލާ ވުމަށެވެ. ނޫން ނަމަ ވީ އެންމެ އަވަހަކަށް އާލާ ކައިރިއަށް ދިޔުމަށެވެ. އެހެން ހިތަށް އެރުމާއެކު ނާއިކްގެ ތުންފަތުގައި ވި ހިނިތުންވުން ފަނޑުވިއެވެ. އެއީ ނާއިކްއަށް ހީވި ގޮތެއް ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ނަމަވެސް އާލާ ބަދަލުވެފައި ވާހެން ނާއިކްއަށް ހީވަނީއެވެ. ނާއިކްއާ ވާހަކަ ދައްކާ އިރު ފަހަކަށް އައިސް އާލާގެ ފަރާތުން ނުފެންނަ ގާތް ކަމެއް ފެންނަ ކަން ނާއިކްއަށް ޔަގީންވެއެވެ. ނާއިކް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އަންނަން ކައިރިވެއްޖެ ހެން ނާއިކްއަށް ހީވަނީއެވެ. ހިތަށް ވެރިވެގެން ދިޔަ ޚިޔާލުތަކުން ނާއިކްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ނާއިކް ދެ ފަރާތަށް ބޯ ހަލުވާލަމުން އެނދުގައި އާލާ އޮންނަ ފަޅިއަށް ޖެހިލިއެވެ. އާލާގެ ބާލީހުގައި މޫނު ފޮރުވާލާ ލޯ މަރާލަމުން އާލާގެ ޚިޔާލުތަކަށް ގެއްލިފައި އޮތް ނާއިކްއަށް ނިދުނީ އާލާގެ ޚިޔާލުގައި އޮވެއެވެ.

 

ހަތަރު ދުވަސް ފަހުން ފުރަން އޮތް ނަމަވެސް ދަތުރު ކުރުކޮށްލާފައި އާޒިމްމެން މާލެ އައީ އާލާގެ އެދުމަށެވެ. އާލާ އެންމެން ގާތުން އެދުނީ މާލެ އަންނަ ކަން ނާއިކްއަށް ނާންގާށެވެ. ވަކިން ޚާއްސަކޮށް ނާއިކް ކައިރީ ނުބުނުމަށް ނިޝްވާ ގާތުން އާލާ އެދުނީ އާލާގެ ފޯނާ ނުގުޅިއްޖެ ނަމަ ނާއިކް ދެން ގުޅާނީ ނިޝްވާއަށް ކަން އެނގޭތީއެވެ.

އެޕާޓްމެންޓް ދޮރާ ހަމައަށް އާލާގެ ފޮށި ގެނެސްދީފައި އާޒިމް ދިޔުމުން އާލާ ކޯޑް ޖަހާލާފައި ދޮރު ހުޅުވާލިއެވެ. ފޮށި އެތެރެއަށް ވައްދާފައި އާލާ ފުރަތަމަ ބެލްކަނީގެ ދޮރު ހުޅުވާ ބޭރަށް ނިކުމެ ބަލާލިއެވެ. އެތާ އާލާ ހައްދާފައި ހުރި ގަސްތަކުގައި މާ އަޅާފައި ހުއްޓާ ފެނުމުން އެ ގަސްތައް ކައިރިއަށް ދިޔަ އާލާއަށް ބަދިގެއާ ދިމާއަށް ހުރި ކުޑަ ދޮރުން އެތެރެއަށް ބަލާލެވުނެވެ. އެއާއެކު ފެނުނު މަންޒަރުން ފިޔަވަޅު ހުއްޓި އާލާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އެ ދުވަހު މަސައްކަތް ނިންމާފައި މިންހާލް ދާން ތައްޔާރު ވުމުން ނާއިކް ކާމޭޒު ދޮށުގައި ފެންފުޅިއެއް ހިފައިގެން އިށީނެވެ. ރޯގާ މުޅިން ހެން ރަނގަޅުވެފައި ވީ ނަމަވެސް އޭރުވެސް ބުރަކައްޓާ ކޮނޑުމަތީ ހުރި ރިހުން ލުޔެއް ނުވެއެވެ. ފެންބުއި ތަށި މޭޒުމަތީ ބަހައްޓާފައި ނާއިކް ގޮނޑީގައި ލެނގިލަމުން ވައަތު ކޮނޑުގައި ކަނާއަތުން ހިފަހައްޓާ ބާރުކޮށްލިއެވެ.

“މަސާޖް ކޮށްލަދެންތަ؟ އޭރުން ތި ރިހުން ލުއި ވެދާނެ” މިންހާލްގެ އަޑަށް ނާއިކް ބަލާލިއެވެ.

“ނޫނޭ، އޯކޭ ވާނެ. މިހާރު ރޯގާވެސް ރަނގަޅުވެއްޖެ، ދެން މި ތަދެއްވެސް ގިނަ ދުވަހަކު ނުހުންނާނެ” ނާއިކް ބުންޏެވެ.

ނާއިކްގެ އަޑު އެހުމެއް ނެތި މިންހާލް ގޮސް ނާއިކްގެ ފަހަތުން ހުއްޓި ދެ އަތުން ނާއިކްގެ ދެކޮނޑުގައި ހިފާލަމުން މަސާޖް ކޮށްދޭން ފެށިއެވެ.

“މިންހާލް…” މިންހާލްގެ ނަމުން ގޮވާލަމުން ނާއިކް ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް މިންހާލް އަތަށް ބާރު ކޮށްލަމުން އިރުކޮޅަކަށް މަޑުން އިނުމަށް ބުނުމުން، ކޮނޑުމަތީ ހުރި ރިހުމަށް ލުއިވާން ފެށުމާ އެކު ނާއިކް ގޮނޑީގައި ލެނގިލިއެވެ.

“މަޑުކޮށްލައްޗޭ” މިންހާލް އެހެން ބުނެފައި އިރުކޮޅެއް ވީ އިރަށް އައިސް ނާއިކްގެ ކަނދުރާ މަސާޖް ކުރަން ފެށި އިރު އަތުގައި ތެޔޮ ހުރުމުން ނާއިކް ބަލާލިއެވެ.

“ގަމީހުގަ ހޭކިދާނެ…” އިތުރަށް އަތަށް ތެޔޮކޮޅެއް އަޅާލަމުން މިންހާލް ބުންޏެވެ.

ފަސްޖެހިފައިވެސް ނާއިކް ފުރަތަމަ ހަތަރު ގޮށް ނައްޓާލަމުން ގަމީސް އެއްކޮށް ނުބާލާ ދެކޮނޑުމަތިން ތިރިކޮށްލިއެވެ.

ފަސް ވަރަކަށް މިނަޓް މަސާޖް ކުރުމަށް ފަހު މިންހާލް މަޑުކޮށްލިއެވެ. ލޯ މަރާލައިގެން އިން ނާއިކް އެއްޗެއް ނުބުނުމުން މިންހާލް ނާއިކްގެ ކޮނޑުމަތިން އަތް ގެންގޮސް ގަމީހުގެ ދެން ހުރި ގޮށްތައް ނައްޓާލިއެވެ. ނާއިކް ސީދާ ވެލަމުން ގަމީސް ބާލާފައި އުނގުމަތީ ބޭއްވިއެވެ. މިންހާލް އަނެއްކާވެސް ފެށިއެވެ. އިރުކޮޅަކު އެހެން ހުރެފައި ގުދުވެލަމުން މިންހާލް ދެއަތް ކުރިއަށް ގެންގޮސް ނާއިކްގެ މޭގައި ޖައްސާލިއެވެ.

ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތައް ފޮހެލެވޭތޯ ނާއިކް މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. މިންހާލްގެ އަތް ނާއިކްގެ މޭގައި ޖެހުމުން ދެ އަތުން މިންހާލްގެ އަތުގައި ހިފާ ހުއްޓުވާފައި ނާއިކް ކުރިއަށް ޖެހިލާ މޭޒުގައި ބޯ ޖައްސާލިއެވެ. ކުރިއަށް ދިޔުމަށް ހަށިގަނޑު ގޮވާލި ނަމަވެސް އާލާގެ ސޫރަ ހިތަށް ގެންނަމުން މިންހާލްގެ އަތުން ނާއިކް ދޫކޮށްލިއެވެ.

“ދެޓްސް އިނަފް!” ނާއިކް ބުންޏެވެ.

“ނާއިކް…” ނާއިކްގެ ނަމުން ގޮވާލި އިރު މިންހާލްގެ އަޑުގައި ތަފާތު އަސަރެއް ވީކަން ނާއިކްއަށް އެނގުނެވެ.

“މިންހާލް! ޑޯންޓް ޑޫ ދިސް!” ލޯ މަރާލަމުން އެހެން ބުނެފައި ނާއިކް ގޮނޑިން ތެދުވެ ބަދިގެއިން ނިކުންނަން ދިޔައެވެ.

ނާއިކްއަށް ދެ ފިޔަވަޅު ނޭޅެނީސް މިންހާލް ނާއިކްގެ ކުރިމައްޗަށް އަރާ ނާއިކްގެ މޭގައި އަތް ޖައްސާލިއެވެ.

ނާއިކް ހުއްޓިފައި މިންހާލްގެ މޫނަށް ބަލާލިއެވެ. މިންހާލް ނާއިކްއާ ކައިރި ވެލަމުން ނާއިކްގެ ކަރުދަށުގައި ބޮސްދޭން އުޅުނެވެ.

ނާއިކް މިންހާލްގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ފަހަތަށް ޖެހިލިއެވެ.

“ޔޫ ނީޑް މީ ނާއިކް!” މިންހާލް ބުނެލިއެވެ.

“ނޯ، އައި ޑޯންޓް ނީޑް ޔޫ، މިންހާލްއަށް ކުށްހީއެއް ތި ކުރެވެނީ. ދެން އަހަރެން ގައިގަ އަތް ނުލާތި! ޑޯންޓް ކްރޮސް ދަ ލިމިޓް!” ނުރުހުމާއެކު އެހެން ބުނެފައި ސިޓިންގްރޫމްއަށް ނިކުތް ނާއިކް ކުއްލިއަކަށް ހުއްޓުނީ ދޮރު ކައިރީ ހުރި އާލާގެ ފޮށި ފެނުމުންނެވެ. ހިތުގެ ތެޅުން ބާރުވެގެން ދިޔުމާއެކު އިސްތަށިގަނޑު ތެރޭ އަތްތިލަ ހިންގާލަމުން ނާއިކްއަށް ބެލްކަންޏާ ދިމާއަށް ބަލާލެވުނީ އެތާ އާލާ ހުރި ކަން އެނގިގެން ފަދައެވެ.

ބަދިގޭގައި މިންހާލްއާ ނާއިކް ތިބި ގޮތް ފެނި ގަނޑުވެފައި ހުރި އާލާ ސިޓިންގރޫމްއަށް ވަންނަން އައީ ނާއިކްގެ މޭގައި މިންހާލް އަތް ޖައްސާ ނާއިކް ހުއްޓުވި ހިސާބުންނެވެ.

“އާލާ…” އާލާއަށް ގޮވާލަމުން ނާއިކް އާލާއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް އާލާ އައި ގޮތަށް ފޮށީގައި ހިފާފައި ދޮރާ ދިމާއަށް ދާން އުޅުނެވެ.

“އާލާ، ނާއިކްގެ ފޯލްޓެއް ނޫން… އަހަރެން އަމިއްލައަށް ކުރި ކަމެއް ކުރީ، ނާއިކް ނުކުރޭ އެއްވެސް ކަމެއް” އެ ވަގުތު މިންހާލް ބުނި އަޑަށް ނާއިކްއާ އާލާވެސް މިންހާލްއަށް ބަލާލިއެވެ.

“ގެޓް އައުޓް!” އާލާއަށް ބުނެވުނެވެ.

އިތުރު ބަހެއް ބުނުމެއް ނެތި މިންހާލް ނިކުތެވެ.

“އާލާ… އެއްވެސް ކަމެއް ނުވޭ… ޕްލީޒް ޓްރަސްޓް މީ” އާލާގެ ލޮލުން އައި ކަރުނަ ފެނިފައި ނާއިކް އަވަސް އަވަހަށް ބުންޏެވެ. އަދި އާލާގެ އަތުގައި ހިފާލަން އުޅުނެވެ.

“އަހަންނަށް ގަބޫލު ކުރަންވެސް އުނދަގޫ… ނާއިކް… އެހެން މީހަކާ އެކީ…” އާލާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

“އާލާ… ޕްލީޒް… އަހަރެން ނުކުރަމޭ އެއްވެސް ކަމެއް… އާލާއަށް ފެނުނެއްނު؟ އަހަރެން ކަމެއް ކުރިތަ؟ އައި ނީޑް އޮންލީ ޔޫ އާލާ… އެހެން މީހަކު ނޫން… ޕްލީޒް އާލާ، ގަބޫލު ކުރޭ” ނާއިކް އާލާގެ ދެ އަތުގައި ހިފާލިއެވެ.

“ކަމެއް ނުކުރަންޏާ ކީއްކުރަން އޭނަ ގެއަށް ގެނައީ؟ އަހަންނަށް ފެނުނީމަ ކޮންމެ އެއްޗެއްވެސް ނާއިކްއަށް ބުނެވިދާނެ… އެކަމަކު އަހަރެން ކިހިނެއް ގަބޫލު ކުރާނީ؟” ނާއިކްގެ އަތުތެރެއިން އަތްތިލަ ދަމައިގަންނަމުން އާލާ ގޮސް ދޮރު ހުޅުވާލިއެވެ.

“އާލާ…” ނާއިކް އާލާގެ ފަހަތުން އައެވެ. ނަމަވެސް ނާއިކްގެ އަޑު އެހުމެއް ނެތި އާލާ ދުވެފައި ދިޔަ ގޮތަށް ލިފްޓަށް އެރިއެވެ.

”މިންހާލް، ޔޫ…..!!” ފާރުގައި އަތުން ބާރަށް ޖަހާލަމުން ނާއިކްއަށް ބުނެވުނެވެ. އެއާއެކު އެތެރެއަށް ވަދެ އަތުގައި ހުރި ބާރަކާއެކު ދޮރު ލައްޕާފައި ކާމޭޒުމަތީ އޮތް ފޯން ނަގާ އާލާގެ ނަމްބަރަށް ގުޅަން ފެށިއެވެ.

ފަސް ފަހަރު ގުޅި އިރުވެސް އާލާ ފޯނަށް ޖަވާބެއް ނުދިނެވެ. ނާއިކް ފޯން ބާއްވާފައި ފާހާނާއަށް ވަދެ ފެންވަރައިގެން ގެއިން ނިކުތެވެ.

 

“އާލާ، ދަރިފުޅާ، ދޮރު ހުޅުވަބަލަ… ވީ ގޮތެއް ނުބުނެ ތިހެން ދޮރު ތަޅުލައިގެން އޮންނާކަށް ނުވާނެ… ބައްޕަވެސް ކަންބޮޑުވެގެން އެ އުޅެނީ. ދޮރު ހުޅުވާލަބަލަ” ސާއިމާއާ ޝާދިޔާ، ކޮޓަރި ދޮރު ކައިރީ ތިބެ ގޮވަމުން ދިޔައެވެ.

ސިޓިންގްރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އާޒިމް އިރުއިރުކޮޅާ ފޯން ކަންފަތުގައި ޖައްސާލައެވެ.

“ނުގުޅޭތަ؟” އާޒިމްއަށް ބަލާލަމުން ސާއިމާ އަހާލިއެވެ.

“ނުނަގާ” އާޒިމް ބުންޏެވެ.

ގޭގެ ބެލް ޖަހާލީ އެ ވަގުތުއެވެ. ނާޔާ ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރީ ނާއިކްއެވެ.

“އާލާ ކޮބާ؟” ނާޔާއާ ސުވާލު ކޮށްލި ނަމަވެސް ޖަވާބަކަށް މަޑުކުރުމެއް ނެތި ނާއިކް އެތެރެއަށް ވަދެގެން އައެވެ.

“ނާއިކް—” އާޒިމް ގޮވާލިއެވެ. ނަމަވެސް އާޒިމްއަށް ޖަވާބެއް ނުދީ ނާއިކް ދިޔައީ ސާއިމާއާ ޝާދިޔާގެ އަޑު އައި ދިމާއަށެވެ.

ނާއިކް ކައިރި ވުމާއެކު ސާއިމާއާ ޝާދިޔާ ފަހަތަށް ޖެހިލިއެވެ.

“އާލާ…” ދޮރުގައި ޖަހާލަމުން ނާއިކް ގޮވާލިއެވެ.

އެނދުގައި ބަންޑުން އޮތް އާލާ މޫނު ހިއްލާ ދޮރާ ދިމާއަށް ބަލާލިއެވެ. ނާއިކްގެ އަޑު އިވުމުން އާލާއަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ. ދެ އަތުން މޫނު ފޮހެމުން އާލާ ތެދުވެގެން އައިސް ދޮރުގައި ނިތްކުރި ޖައްސާލިއެވެ.

“އާލާ، ޕްލީޒް… ދޮރު ހުޅުވާލަބަލަ” ނާއިކް ބުނި އަޑު އިވުނެވެ.

“ނާއިކް، ކިހިނެއްވީ؟ ދެކުދިންގެ މެދުގަ ކަމެއް ވީތަ؟” ނާއިކްއާ ސުވާލު ކުރީ ސާއިމާއެވެ.

ނާއިކް ޖަވާބެއް ނުދީ އަނެއްކާވެސް ދޮރުގައި ޖަހާލަމުން އާލާއަށް ގޮވާލިއެވެ.

“ނާއިކް، ވީ ގޮތެއް ބުނެބަލަ” އާޒިމްގެ އަޑު އިވުނެވެ.

“ބައްޕާ، ޕްލީޒް އިހަށް އާލާއާ ވާހަކަ ދައްކާލަން ބޭނުން…” ނާއިކް ޖަވާބުގައި ބުންޏެވެ.

“އާލާ، ދަރިފުޅު ދެން ދޮރު ހުޅުވަބަލަ، ނާއިކްވެސް އައިސް އެ ގޮވަނީނު؟ އެހެން ނޫނީ ބައްޕަ ދެން މި ދޮރު ހުޅުވަން ވީތަ؟” އާޒިމްވެސް އައިސް ދޮރުގައި ޖަހާލަމުން ގޮވާލިއެވެ.

އަތުން މޫނު ފޮހެލާފައި އާލާ ފުން ނޭވައެއް ލާ ހަމައަކަށް އެޅިލުމަށް މަސައްކަތް ކުރިއެވެ. އަނެއްކާވެސް ނާއިކްގެ އަޑު އިވުމާއެކު އާލާ ދޮރު ހުޅުވާލިއެވެ.

ނާއިކްއަށް ވުރެ ކުރިން ސާއިމާއާ ޝާދިޔާ އެ ކޮޓަރިއަށް ވަންނަން އުޅުނެވެ. ނަމަވެސް ދެ މީހުންވެސް މަޑުކޮށްލީ އާޒިމް ގޮވާލުމުންނެވެ.

“އިހަށް ނާއިކް އާލާއާ ވާހަކަ ދެއްކިޔަދީ” އާޒިމް ބުންޏެވެ.

ސާއިމާއާ ޝާދިޔާ ނާއިކްއަށް ބަލާލާފައި ފަހަތަށް ޖެހުނެވެ. އާޒިމްއަށް ބަލާލާފައި ނާއިކް ވަދެ ދޮރު ލައްޕާލިއެވެ.

“އާލާ…” ނާއިކް ދުރުގައި ހުރެ، އެނދުގައި އިށީނދެ އިން އާލާއަށް ގޮވާލިއެވެ.

“ކީއްކުރަން ތި އައީ؟” އާލާ އަހާލިއެވެ.

“ހިނގާ ގެއަށް ދާން، އަހަރެން ހުރިހާ އެއްޗެއް ކިޔާދޭނަން—” އާލާ ކައިރީ އިށީނދެ ނާއިކް ބުންޏެވެ.

“ހައު ކުޑް ޔޫ ނާއިކް؟ އަހަރެން ހިތަށްވެސް ނާރާ ނާއިކް ދުވަހަކުވެސް…” ނާއިކް ދެއްކި ވާހަކަ މެދުކަނޑާލަމުން އާލާ ބުނަން ފެށި ނަމަވެސް ވާހަކަ ނުދެއްކި އާލާއަށް ރޮވުނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…50

Next

ޝަލީން 9

Next
September 26, 2024

ޝަލީން 9

Previews
September 26, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…50

11 Comments!

  1. Mar Sha Mar Sha says:
    September 26, 2024 at 1:01 pm

    ސަލާމް، ހީކުރަން މިބައިވެސް ކަމުދާނެ ކަމަށް، މިބައި ތަންކޮޅެއް ދިގު ވާނެ. ހޮނިހިރު ދުވަހު 18 ވަނަ ބައި އަޕްލޯޑް ކޮށްދެވޭތޯ ބަލާނަން. ކުދިންނަށް ކަމުދަންޏާ ކޮމެންޓެއް ކޮށްލައްޗޭ. ޝުކުރިއްޔާ!

  2. Reeshh says:
    September 26, 2024 at 1:33 pm

    Nooo, Aala aa naaik ge misunderstanding clear kohlan Hingaa avahah,. Aala you should hear him out he did nothing wrong. And keep that minhaal away from their lives. She’s trynna poison their lives like a snake. Shame on her naaik is meeheh ge firieh dhw🙄. Go find some one else. Nau and yaish ah all the best and looking forward for Saturday

    1. Mar Sha Mar Sha says:
      September 28, 2024 at 12:32 am

      hmm, misunderstanding clear vaane baa!? Naaik ah explain kuraane chance eh Aala dheyne baa!? e hisaabun Minhaal dhookollaane baa!?

  3. Nawar says:
    September 26, 2024 at 2:41 pm

    Alheyy aala aa naaik dhuru nukurahcheyy…
    Alhe aala ah vx fenunehnu..
    Ekm loabivaa meehaa v ehn meehakaa ekey huryma eh. Dhw feel vaany..
    Mi part vx varah varah reethi…
    Thank you next Saturday ga upload koh dheynamey bunyma😊😊

    1. Mar Sha Mar Sha says:
      September 28, 2024 at 12:34 am

      lets see dho, 18 vana baige work adhi mulhin nunimey, try kuraanan vyhaves avahah maadhan upload kolleveytho

  4. imko says:
    September 26, 2024 at 2:44 pm

    Mi part vex varha reethi Masha Allah
    Can’t wait for next part

    1. Mar Sha Mar Sha says:
      September 28, 2024 at 12:34 am

      thank u imko

  5. Cutie girl says:
    September 26, 2024 at 10:53 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Aaala and naaik dhuru nukurachey
    They both are made for each other
    Yaish and nau marry kuruvaa
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you maash ❤️😍

    1. Mar Sha Mar Sha says:
      September 28, 2024 at 12:35 am

      thank u cutie

  6. Ninni says:
    September 27, 2024 at 10:47 am

    Miadhu next upload koh dheveyne gotheii neii thr?
    Kiyaahithun maruvany 🙃🙃
    Mi part vx varah varah reethi…
    Huvaa e minhaal koshaa kudhi kohfa kaalhah kaandhey hiyy vany

    1. Mar Sha Mar Sha says:
      September 28, 2024 at 12:36 am

      Friday ga hama no time dear, InShaAllah maadhan

Comments are closed.

Next Episodeލޯބިން ބަލާލީމާ 18←


All Right Reserved!