..ހާދައޭ ބޭނުމީ ކަލާ.. (ތިންވަނަ ބައި)
ރާޅު ޖަހާ ހިސާބުން ޒައިން އާއި ޒޯރާ ހިނގަމުންދިޔަ އިރު އެކި ވާހަކަ ދެކެވެމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސް ޒޯރާގެ ކޮނޑުގައި ހިފާ ޒައިންގެ ކުރިމައްޗައްވާގޮތައް އަނބުރާލިއެވެ.
” ހެޕީ ފަސްޓް.. ” އާއި ހަމަޔައް ބުނެވުނު އިރު ދުރުން ފެނުން މަންޒަރުން ބަސްހުއްޓޭގޮތް ވުމުން ޒައިން ބަލަން ހުރި ދިމާލައް ޒޯރާ އެނބުރުންގަޑީ ފެނުން މަންޒަރުން އަނެއްކައިވެސް ޒައިން އާއި ދިމާލައް ބަލާލިއެވެ. ޒޯރާގެ ކޮނޑުން އަތް ވަކިކޮއްލުމައްފަހު ޒައިން އެ ދިމާލައް ހިނގައިގަތެވެ.
” އައިރީން.. މިތާ ކީއްވެފަ..؟ އެކަނި މާއެކަނި މިތާ ކީއްތި ކުރަނީ..؟ މި އަންހެން ކުދިން މިތާ އެކަނި އިންނަން އެހާ ރަނގަޅު ވަގުތެއް ވެސް ނޫނޭނުން.. ” އައިރީން އަށް ވެފައިހުރި ގޮތް ފެނުމުން ހާސްވެފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްވެސް ޒައިން އަކަށް ނޭނގުނެވެ. ދެލޯ ވަނީ ރޮއެ ރޮއެ ރަތްވެ ދުޅަވެފައެވެ. އެކި ތަންތަން ނޫފާގަނެފައި ވާއިރު މީހާ އިނީ ތުރުތުރުލައެވެ. ރޮއެގަނެފައި ޒައިންގެ ގައިގައި އޮޅުލައިގަން އިރު މިކަހަލަ ކަމަކަށް ނުވިސްނަހުރި ޒައިން އަރި އަޅާލިއެވެ. ނަމަވެސް ވެލިގަނޑުގައި އަތް ޖެހުމުން ވެއްޓޭ ގޮތެއް ނުވިއެވެ.
މަންޒަރު ބަލަން ކައިރީގައި ހުރި ޒޯރާ ގައިން ހީވަނީ އަލިފާން ކަނި ބުރާ ހެންނެވެ. ‘ ލަދު ކުޑަ.. މަ ކުރިމަތީގަ މަ ފިރިމީހަ ގައިގަ އަޮޅުލަން ތީ ރަހުމަތްތެރިންހޭ ‘ ކިޔާ ހަޅޭލަވައި ގަންނަން ކިތަންމެ ބޭނުންވިޔަސް ދެން ޝައްކު ނުކުރާނެ ކަމައް ވައުދުވި ހަނދާން އާވުމުން އަނެއް ފަރާތައް އެނބުރި މެޔާހިސާބުން ދެއަތް ހުރަސްކޮއްލައިގެންހުރީ އެމަންޒަރުބަލަން ޒޯރާގެ ހިތައް ކެތްނުވުމުންނެވެ.
” ހެޔޮ ނުވާނެ އަހަރެން ސަލާމަތް ކޮއްދީ.. ޕްލީސް.. އޭނައަށް ވެގެން ވިއްޔާ އަހަރެން މަރާލާފަ ދޫކޮއްލާނީ.. ” އައިރީން އެއިން ގޮތައް އިނދެ ދައްކަމުން ދިޔަ ވާހަކަ އަކުން ސުވާލު އުފެދުނީ ހަމައެކަނި ޒައިންގެ ހިތަކު ނޫނެވެ. ހުދު ޒޯރާގެ ހިތުގަވެސް މެއެވެ.
” ކާކު..؟ ކޮން އޭނަ އެއް..؟ ކާކު ކީއްކުރީތަ..؟ ” އެއްފައްޗަކައް ސުވާލުތައް އަމުނާލިއިރު ކައިރީގައި ޒޯރާ ހުރިކަންވެސް ޒައިން ހަނދާން ނެތްފަދައެވެ.
މަޑުމަޑުން މޫނު މައްޗައްނަގައި ޒައިންގެ މޫނައް އައިރީންގެ ނަޒަރު ހުއްޓާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިހިނދު ޒައިންގެ ހަށިގަނޑައް ބަޔާންކުރަން ނޭނގޭފަދަ އިހްސާސްއެއްވިއެވެ. ކަޅިޖަހާނުލާ އައިރީންވެސް ޒައިންގެ ޖާދުވީ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީ ފުރަތަމަ ފަހަރަށް އެހާ ކައިރިން ޒައިންގެ މޫނު ފެނުމުންނެވެ.
ހަމަހިމޭންކަން މެދުކަނޑާލީ އައިރީން އެވެ. ” ފަހުން ކިޔާދޭނަން.. ނޮޓް ނައު.. ” މިހެން ބުނެ ޒޯރާއާއި ދިމާލައް ބަލާލުމުން ޒޯރާ ހުރިކަންވެސް ޒައިންއަށް ރޭކާލީ އަދިކިރިޔާއެވެ. ފަހަތައް އެނބުރިގެންހުރި ޒޯރާއާއި ދިމާލައް ދަމުން ޓެކްސީ އަކަށް ގުޅާދެންހޭ އެހުމުން އައިރީން ދެފަރާތައް ބޯހޫރުވާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ.
ކޮޓަރިއަށް ވަދެލުމާއެކު އެނދުމައްޗައް ފޯނު ހޫރާލައިފައި ނިދަންލާ އެއްޗިހި ހިފައިގެން ޒޯރާ ވަނީ ފާހާނާ އަށެވެ. ޒައިން ވެސް ގަމީސް ބާލައި ސޯޓެއް ލައިގެން އޮށޯތީ އެނދުމަތީގައެވެ. ނިތްމައްޗައް އެއް އަތް ވައްޓައިލައިގެން މައްޗައް ބަލަން އޮތް ޒައިންގެ ހިތުގައި ވަނީ އެ މައުސޫމް މޫނެވެ. ބޮލުތެރޭގައި އެނބުރެމުން ދިޔައީ އެ ހިތާމަވެރި އަޑުން ކިޔާލި ބަސްތަކެވެ. ފާހާނާއިން ނިކުމެ ޒޯރާ އޮށޯތީ އެނދުން ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގައި ދެމީހުންގެ ދޭތެރެއަށް ބާލީހެއްވެސް ލައިފައެވެ.
*** *** ***
ފާހާނަ ތަށިމަތީ އެކިޔުރޭޓްއަށް ބަލަހައްޓައިގެން އިން ނީޝްގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރި ކަމެވެ. ފަނޑު ނޫކުލައިގެ އަލީގެ ތެރެއިން ހުދުކުލައިގެ އަލި ޒެފްގެ މޫނުމައްޗަށް އެޅުމުން ކުޑަކޮށް ލޯހުޅުވާލިއެވެ. ނައިޓީގައި ހުރި ނީޝް ފެނުމުން ތިރިން ފަށައިގެން މައްޗައް ލޯހިންގައިލީ މަސްތީ ނަޒަރަކުންނެވެ. ދޮރުގައި އެއް އަތް އަޅުވައިލައިގެން ހުރި ނީޝް ފަރި ހިނގުމެއްގައި ހިނގައިފައިއައިސް އިށީނީ ޒެފްގެ ހޫނު ނޭވާއެޅޭހާ ގާތުގައެވެ. މަޑުމަޑުން ނީޝްގެ މޫނު ޒެފްގެ މޫނާއި ކައިރިކޮއްލަމުން ތުންފަތުގައި ދަތްއަޅައިލައި ލޯމަރާލެވުމާއިއެކު ނީޝްގެ ކޮނޑާއި ހަމައިން އަތްތިލައާއި ހަމައަށް ފިރުމައިލައި އަތުގައި ހިފިވަގުތު އަތުގައި ޖެހުން އެތި ދަމައިގަންނަމުން އެޔައް ބަލާލިއެވެ.
” އޯހްހް ގޯޑް.. އަމް ގޮނަބީ ޑެޑީ.. ” އޭ ބުނެލީ ނީޝްގެ ގައިގައި ބައްދާލަމުންނެވެ. ނީޝްގެ ހުނުމުގެ އަޑު މުޅި ކޮޓަރިތެރެއަށް އިވިގެން ދިޔައެވެ.
*** *** ***
އަބަދުހެން އައިރީން އަށް ވިސްނެމުންދަނީ ޒައިންގެ އޯގާވެރި ކަމެވެ. ދުރު ހިލޭ މީހަކު ފުރަތަމަ ފަހަރަށް އެފަދަ ގޮތަކަށް އަޅާލުމުން އައިރީން ހުރީ ހިސާބަކަށް ހިތްހަމަޖެހިލައިގެންނެވެ. ބާލީހުގައި ބައްދައިލައިގެން އޮވެ ނިދުނީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ.
*** *** ***
ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި ޒޯރާ އާއި ސާރާ އަވަދިނެތި އުޅެނިކޮށް ނީޝް ފުޅާ ހިނިތުންވުމަކާއިގެން ކާގެ ތެރެއަށް ވަތްއިރު ސާރާވެސް ހިނިތުންވެލިއެވެ.
” ނީޝް.. މިއަދު ހިފިނުހުރެވިގެން ތި އުޅެނިއްޔޯ..؟ ” މޭޒުމަތީ ޖަގައް ސައި އަޅަމުން ޒޯރާ ބުނެލިއެވެ. ” އައި އެމް ޕްރެގްނެންޓް.. ” މަޑުމަޑުން ޒޯރާގެ ކަންފަތްދޮށުގައި މިހެން ބުނެ ބޭރަށް ދުއްވައިގަތީ ޒޯރާ ކަންތައް ކުރާނެގޮތް އެނގިގެންހެން ހީވެއެވެ. ވީވެސް އެހެންނެވެ. ޒޯރާ ބާރަަކަށް އެހެން ބުނެލި ވަގުތުވީ ޒައިދުވެސް ސައިބޯން ކާގެއަށް ވަތް ވަގުތަށެވެ. އުފާވީ ވަރުން މިއަދު ބަނޑު ފުރިއްޖޭ ކިޔާ އޮފީހައް ދިޔައީ ސައިވެސް ނުބޮއެވެ. ” ދަރިފުޅުމެންވެސް ވީ ދެން ދަރިޔަކު ހޯދަން.. އަވަހައް ދަރިން ހޯދީމަ ފަހުން ރަނގަޅުވާނީ.. ” ފުޅިއަކަށް ފެން އަޅަމުން ސާރާ މިހެން ބުނެލުމާއިއެކު ޒޯރާ ހީލިއެވެ.
*** *** ***
ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަކު އޮފީސް މީޓިންރޫމް ގައި މިއަދު ހަވީރު މީޓިންއެއް އޮންނާނެ ވާހަކަ ބޮޑުމީހާ އަންގައިފައިވާތީ ޒައިން މިސްރާބުޖެހީ އޮފީހާއި ދިމާލަށެވެ. ދޮރު ހުޅުވާލުމައްފަހު އެތެރެއަށް ވަތް ޒައިންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އައިރީންއެވެ. ހިނިތުންވުމެއް ރައްދުކޮއްލުމަށްފަހު ޒައިންވެސް އިށީނީ މޭޒުކައިރީއިން ހުސް ގޮނޑިއެއްގައެވެ.
” މި ބައްދަލުވުމަކީ މި އަހަރު ޑިސެމްބަރ ފަހެއްގައި ދިހަ އަހަރު ފުރޭތީ އެކަމުގެ މުނާސަބަތުގައި ކުޑަ މަޝްވަރާއެއް ކޮށްލަން..” މިހާ ހިސާބައް ބުނެ އޮފީހުގެ ބޮޑުމީހާ ކަމަށްވާ ފައިސަލް ލެޕްޓޮޕް ހުޅުވައިލުމަށްފަހު އެކި ކަހަލަ ކަންކަން ކިޔަންފެށިއެވެ. ގިނަ ކުދިން އެއްބަސްވާ ގޮތުގައި ކީކަންތައްތަކުގެ ތެރެއިން ޝައުގުވެރިވީ އޯވަރ ނައިޓް އަކަށް ބާބެކިޔު އަކާއި އެކު ދަތުރު ދިއުމެވެ. އަތް މައްޗައް ހިތްލާލިމަށްފަހު ޒައިން ސުވާލުކޮއްލިއެވެ.
” އިތުރު މީހަކު ގެންދެވިދާނެތޯ؟ ފަޅު ރަށަކަށްތޯ ނޫނީ މީހުން ދިރިއުޅޭ ރަށަކަށްތޯ ދަނީ..؟ ” ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ފައިސަލް އަނެއްކައިވެސް ވާހަކަ ދައްކަން ފެށިއެވެ.
” އިތުރުމީހެއް ނުގެންދިޔަސް އޮފީހުގައި ތިބި ނަވާވިސް މުވައްޒަފުންނާ އެހެނިހެން މަސައްކަތް ކުރާމީހުން ގެންދިޔައީމަ ފޫއްސެއް ނުވާނެ.. ދަނީ އެންމެ ދެ ދުވަހަށް.. ދެވަނަ ދުހު އިރު އޮއްސުމުގެ ކުރިން އަންނަން.. މީހުން ނޫޅޭ ރަށަކަށް ދިޔައީމަ މަޖާވާނީ..”
ފައިސަލްގެ ވާހަކަ ހުރި ގޮތުން ފައިސަލްވެސް ދަތުރުދިއުމުގެ ޝައުގުވެރިކަން ހުރި މިންވަރު ހުރިހައި އެންމެންވެސް ދެނެގަތެވެ. މީޓިން ނިމުނީ މާދަން ނޫން އަނެއް ދުވަހު ދަތުރުދިއުމަށް ހަމަޖެހިގެންނެވެ. މާދަމާ އަކީ ހުކުރު ދުވަހެއް ކަމަކު މެންދުރުފަހުވެސް އުޅެންޖެހޭނީ ދަތުރުގެ ކަންތައްތަކަށް ތައްޔާރުވުމުގެ ގޮތުން އޮފީހުގައެވެ.
އެ ރެޔަށްފަހު ޒޯރާ ޒައިންއާއި ވާހަކަ ދައްކައެއް ނޫޅެއެވެ. ޒައިން ކިތަންމެ ދެރަވިޔަސް އެކަމާ އެއްޗެކޭ ނުބުނީ އެއީ އައިރީންގެ ސަބަބުންވީ ކަމެއްކަމަށް ވާތީ ވެފައިހުރީ ކިހިނެއްތޯވެސް ޒޯރާ ކައިރީ އަހާނުލައެވެ.
” އަހަރެން މިއަދު މެންދުރުފަހު އޮފީހަށް ދާންޖެހޭ.. އާދައިގެ އެއްޗެހީގަ.. ދަތުރުދާން މި އުޅެނީ އޯވަރ ނައިޓް އަކަށް.. ސަންޑޭ އިވްނިންގަ އާދެވޭނީ..” ތި ކިޔަނީ މަށަށްހޭވެސް އަހާނުލައި އެނގޭ ކަމައްވެސް ނުހަދާ ޒޯރާ ކޮޓަރިތެރެއިން ނުކުމެގެންދަމުން ޕައް ކިޔައިފައި ދޮރުޖެހި އަޑު އިވުނެވެ. ހަގީގަތުގައި ޒޯރާ އަނެއްކައިވެސް ބަދަލުވީއެވެ. ރައްޓެހިވެގެން އުޅެމުންވެސް އެތައް ދުވަހަކު އެހެން ވާހަކަ ނުދައްކައި ހުރެއެވެ. ވީއިރު މިއަދު އެހެން ވާހަކަ ނުދައްކައި ދިޔަސް ޒައިން އަށްވެސް ކީއްހެއްޔެވެ؟ އެއީ އަބަދުވެސް އާދަ ވިއްޔާއެވެ.
*** *** ***
ދަތުރުގެ ބައިވެރިން ބަނދަރަށް ހާޒިރުވާންޖެހޭ ގަޑި ޖެހިތްޖެއެވެ. އަދިވެސް ލާންޗް ދުއްވާ މީހާ ނާންނާތީ އެންމެންވެސްތިބީ ހިސާބަކައް ފޫހިވެފައެވެ. ފައިސަލް ހާމިދުއަށް ގުޅާލުމުން މިހުރީ ވަރަށް ކައިރީގައި ކަމަށްބުނެ ފޯން ކަނޑައިލިތާ ފަސްވަރަކަށް މިނެޓްފަހުން އައެވެ. ލާންޗްއަށް އެއްޗެހި އެރުވުމަށްފަހު ފަހަރަކު މީހެއް ލާންޗްއަށް އަރަމުން ދިޔައެވެ. ބޮޑު ލާންޗްއެއް ކަމުން ދެބުރުއަޅާކަށް ނުޖެހުނެވެ.
*** *** ***
އާދައިގެ ވަރަކަށް ކަނޑުގެ ރާޅުތައް ހުރިއިރު ފަނަރަވަރަކަށް މިނެޓް ވީތަނާހެން ނާގޯއްޓާއި ހަމައަށް އާދެވިއްޖެއެވެ. ލާންޗްގައި ތިބެ ގިނަކުދިން އެކި ދިމަދިމާލުން މޫދުގެ ލޮނުގަނޑަށް ބަލަމުން ‘ ވާވް ‘ އޭ ކިޔަމުން ދިޔައެވެ. ބިއްލޫރިގަނޑެއްހައި ސާފު ލޮނުގަނޑުގައި އެކި ވައްތަރުގެ މަސް އުޅޭތަން ފެނުމުން ކުދިންތައް ކެމެރާއާއި ފޯން ނަގައިގެން ފޮޓޯ ނަގަން ފެށިއެވެ.
އެކި ކުލަކުލައިގެ މުރަކަތަކުން މުޅި ތަން ވަނީ ގުދުރަތީ މަންޒަރުން ފުރިފައެވެ. އާޝޯހްވެފައި ހުރިވަރުން ގިނަ ކުދިން ބެލީ މާސްކް އަޅައިގެން އެތަން ބަލަން ދިއުމަށެވެ.
މޫދައް ނޭރިތިބި އަންހެން ކުދިން އަވަސްވެގަތީ ސައިބޯން ގެނައި އެއްޗިހިތައް މޭޒުމައްޗަށް ނެގުމަށެވެ. ސައިބޮއެ ނިމުމުން އެއްބައިކުދިން މޫދައް އެރި އެކި ކުޅިވަރުތައް ކުޅެނީއެވެ. މި މަންޒަރު ބަލަން އިން ޒައިން އަށް މާޒީގެ ސޮފްހާތައް އުކެމުން ދިޔައެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


When next part?
very nice when next part?
finally … story upload vehje
aai…emyhakah v varakun dhw stry up kuraany..ehves meeheh ehkamakah gos husvefa eh nuhunnane dhw..suha vaa ragalhehnu week ehga 2tyms genesdhey vaahaka bunefa ves 3 tymx genesdheythy..bdw suha thikuraa mashahkathah ahsaribahaa saabus..best of luck my dear..waitin 4 next part..upload fast egey…
heheh …..aai ah egeye …m very curious to read the story ,,,, ehveye eii
Hehe.. Don’t angry dear… Ya mulhiyakun dhogu vaahaka eh noon Sam thi buny… Mihaaruvx try mi kurany hurihaa bai thakeh liyelaafa daily koh noony dhe dhuhun ehdhuhu up kurewaythw… ?
V nice
wow! varah nice hy vany story nimey iruves ehaa nice vaane hen
varah nice
keep it up
V Nice