Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

..ހާދައޭ ބޭނުމީ ކަލާ.. ( ދެވަނަ ބައި )

suha Level 110 Stories
November 22, 2015 9 Mins Read
9 Comments

 

 

ޒޯރާގެ ހިތަށް ހީވީ މީހަކު ތީރު ފައްޗެއް ދޫކޮށްލިހެނެވެ. ވާނީވެސް އެހެންތާއެވެ. ރައްޓެހިވެގެން އުޅުން އިރު އަބަދުވެސް ޝަކުވާ ކުރެވެއެވެ. އެއްވެސް ކަމަކާ ނުލައެވެ. އިންނަން ކިޔާތާވެސް ކޮން ދުވަހެއް ހެއްޔެވެ؟ އިންދެވުނީވެސް އަދިކިރިޔާއެވެ. ޒޯރާއަށް ހީވާގޮތުން ހުރިހާ ނިންމުމެއް ނިންމަންޖެހެނީ ޒޯރާ ހިތް އެދޭ ގޮތަށެވެ. ޒޯރާއަކީ ކެތްތެރިކަން ކުޑަ ކުއްޖަކަށް ވެފަ އެހާމެ ޝައްކުވެސް ކުރަން އެންގޭ ކުއްޖެކެވެ. ނަމަވެސް ޒައިން ކިހާ ހިތްވަރު ގަދަހެއްޔެވެ. ޒޯރާ ހިތް އެދޭ ގޮތަކަށް ވިއްޔާ ކަންތައްތައް ކުރެވޭތޯ ޒައިން ބަލައެވެ. ރުޅި އައިސްގެން އެއްޗެއް ނުބުނާތާ ޝަކުވާގެ ނަޒަރަކުން ބަލާވެސް ނުލައެވެ. ފިރިހެނަކަށް ވިޔެއް ކަމަކު މިއީ ކެތްކުރަން ހާދަ ވޭނެއް ހުރި ކަމެކެވެ.

 

ފާހާނާ އިން ނިކުތް އިރުވެސް ޒޯރާ އެ އިން ގޮތަށް އިނެވެ. ” ތި ހެދުން މާ ރީތި ކަމުން ތަ ނުބާލަން ތި އިންނަނީ.. މިރޭ ނިދަން ވެސް ވާނީ ތި ލައިގެން..” ސަކަ މިޒާޖަކަށް ޒައިން ހެވިލާފަ ބުނެލިއެވެ. ސަކަރާތް ޖެހުމަކީ ޒައިން އެންމެ ކުރާހިތް ވާ ކަމެވެ. ގޭ އެންމެން އެއްވެއްޖެއްޔާ އެމީހުންގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދަނީ ޒައިން ކުރާ ސަމާސާ ތަކުންނެވެ. މައްސަލަ ޖެހުމަކީ ޒައިން އެންމެ ފޫހިވާކަމެވެ.

 

ދެބުމަ ގޮއްޖަހާލާ ތުންގަނޑު ދަމާލާ ޒޯރާ ވަށް ލޮލުން ބަލާލީ ނުރުހުންވެފަ ހުރެއެވެ. ” ކޮންމެ މީހަކުވެސް ކައިވެނީގެ ހެދުން ބާލަން ބޭނުން ވާނީ އެމީހެއްގެ ފިރިމީހާގެ އަތުން.. ޒައިން ބަލާ ފިލްމް ތަކުން ނުފެނޭތަ؟” ލޯގަނޑު ކުރިމައްޗަށް ހުއްޓިލައި ހިނިގަނޑެއް ޖަހާލަމުން ‘ އަހަރެން ބަލާ ފިލްމް ތަކުގަ އެތަންތަން ނުދައްކައޭ ‘ ބުނެލިއެވެ. ދެލޯ ބޮޑުކޮށްލާ އެއްފައިން މުށިތައް މަތީ ޖަހަމުން ‘ސްޓްޕިޑް ‘ އޭ ބުނެލައިފައި ޒޯރާ ގޮސް ވަނީ ފާހާނާއަށެވެ.

 

ނަގަމުންދާ ވިލާތަކާއި އެކު ޖެހޭ ވައިރޯޅި ތައްވެސް އެހާ ފިންޏެވެ. ބާރު އަޑުފަށް ގަނޑަކާއި އެކު ސިއްސައިގެން ގޮސް ޒޯރާއަށް ހޭލެވުން އިރު ގަޑިން ހަތެއް ޖަހަނީއެވެ. އަވަސް އަވަހަށް ފެންވަރާލައިގެން ބަދިގެއަށް ދިޔައިރު ޒައިންގެ މަންމަ އަވަދިނެތި އުޅެނިކޮށް އުޅޭތަން ފެނުމުން  މިހާރު ސައި ހަދާ ނިމުނީ ހޭ ޒޯރާ އަހާލިއެވެ.

 

” އާން ދަރިފުޅާ.. މިޔޮއް ވިއްސާރަ ދުވަހު އެހާ އަވަހަށް ތި ހޭލީ ކީއްވެ؟ ހާދަ ވަރަކަށް ގުގުރަންވެސް އެބަ ގުގުރައޭ ދޯ. ޒައިން ވެސް ހޭލީތަ؟” ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވާލި ވަގުތު ތެޅިގަނެވުނީ ފަހަތުން އިވުން ޒައިންގެ އަޑުންނެވެ.

 

” ޕިސް ޕިސް.. މިހާރު މަންމަ ކައިރީ ވެސް ހަދާ ދޮގު. މަ ހޭލައޭ މި އުޅެނީ..” ޒައިން އަބަދުވެސް ބަލަނީ ސަކަރާތް ޖެހޭތޯއެވެ. އެއީ އަބަދުވެސް ޒައިން ގެ މިޒާޖެވެ. މި ކަންކަމާ ޒޯރާ އަންނަނީ އަމަށްކު ރުޅިއެވެ. ދަތް ވިކާލާފައި ދެލޯ ކުޑަކޮށްގެން ފުން ނޭވާ ތަކެއް ލަމުން ގޮސް ޒައިން އަށް ސައިތައްޓެއް އަޅައިދީފައި ޒޯރާ ސިޓިންރޫމް އަށް އެޅި ފިޔަވަޅު ހުއްޓުނީ މަންމަ ކުރި ސުވާލަށް ޒައިން ދިން ޖަވާބަކުންނެވެ.

 

ބޭ އިހްތިޔާރުގައި ޒޯރާ ފަހަތް ބަލާލައި ‘ މެރީ ކުރަން ޗުއްޓީ ވެސް ޒައިން އަށް ނުނެގުން ދޯ’ އޭ ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. އެތާ މަންމަ އިންކަންވެސް ރޭކާލީ އަދި ކިރިޔާއެވެ. ލަދުން އިސްޖަހާލައިފައި ހުރެވުނީ ހަދަންވީ ގޮތެއް ދާންވީ ދިމާލެއް ނޭންގިފައެވެ.

 

” ހޫމްމްމް.. މަށަކަށް ނެތް އޮފީހުން ޗުއްޓީ ނެގޭކަށް.. އެހާ ބައިވަރު މަސައްކަތް އެބަ ހުރި.. ޗުއްޓީ ނަގައިފިއްޔާ ދެން ދާ ހަފްތާ ގެޔަށް ވެސް ނާދެވޭނެތޯޗެ..” އަންގައަށް ވައްތަރުތައް ޖައްސަމުން ޒައިން ބުނެލީ ސީދާ ޒޯރާއާއީ ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ.

 

‘ ހޫމްމް.. ވަރަށް ފޫހިވޭ.. މި ނޫނީ ދުވަހަކު ނޭނގުންތަ އެތާކުންވެސް އެހާ ގިނަ މަސައްކަތް ދޭން.. އެހެނެއް ނޫން ހަމަ އެތާ އައިރީން އުޅޭތީ.. ‘ ކުދި ކިޔަމުން ސިޓިންރޫމް އަށް ޒޯރާ ދިޔައިރު ކޮޓަރިން ނިކުތް ޒެފް ގައިގައި ލައި ނުގަތީ ކިރިޔާއެވެ.

 

ހިނި އައިސަ ހުރެ  ފަހަރި މިހާ އަވަހަށް ކުދި ކިޔަން ފެށީ  ހޭ އެހުމުން އިތުރަށް ރުޅިގަދަވާ ގޮތް ވިއެވެ. ހަމަޖެހިލަމުން  މިޔޮއް ވެހޭ ވާރެޔަކުން އެއްޗެހި ނުދޮވެވިފަ  އޭ ބުނެ އެވާހަކަ ހިންދާލިއެވެ.

 

*** *** ***

 

އޮފީހުގައި އިން ޒައިން ފެނުމުން އައިރީން ހައިރާން ވިއެވެ. ” ހޭ ޔޫ.. މިޔޮއް ފަދަ ދުހުވެސް އޮފީހަށް ތި ނުކުތީ؟ ކީއްވެ؟ ބޮސް ގުޅާފަ އަންނަން ބުނީތަ؟ ” އައިރީން ފައިލް ތަކެއް ހަރުގަނޑަށް ލަމުން އަހާލިއެވެ.

 

” ނޫނޭ ދެން ހަމަ އޮފީހަށް ނުނިކުމެ ހިތްހަމަ ނުޖެހުނީ.. ރީން… ކޮބާ އަހަރެންނަށް މިތާ ފުނިޖެހިފަ ހުރި މަސައްކަތްތައް؟ ” ހިނިގަނޑެއް ޖަހާލައިފައި ‘ އަހަރެން ނިންމާލައިފީމޭ ‘ ބުނެ އަތުގައި އޮތް ފައިލް ނަގާ ދައްކާލިއެވެ.

 

” އޯހްހްހް.. ތެންކްސް.. ސޯ.. ނިމުނީތަ ހުރިހާ ކަމެއް؟ އުޅޭ ބްރޭކް ގަޑީގަ ކޮފީ އަކަށް ދާން.. ”

 

” ނޫނޭ.. ބްރޭކް ގަޑީގަ ނުދެވޭނެ.. އިވްނިން ޓީ އަކަށް ދެވިދާނެ.. އޯކޭތަ؟ ” ބުމަ އަރުވާލާ ‘ އޯކޭ ‘ އޭ ބުނެ ޒައިން ބޯ ޖަހާލިއެވެ.

 

*** *** ***

 

ބަނަކޮށް އޮތެއް ކަމަކު ގަޑިން އޭރު ހަތަރު ގަޑި ބައި ވަނީއެވެ. ‘ ހޭ.. ސެލްފީ ޓައިމް ‘ އޭ ބުނެ އައިރީން ގެ ފޯނުން ޒައިން އާއި އައިރީންގެ ފޮޓޯތައް އެކި ގޮތްގޮތަށް ނަގަމުން ދިޔައެވެ.

 

ނީޝް އާއި ޒޯރާ ފިހާރައަކަށް ދިޔައީ ރޭގަނޑުގެ ކެއުމަށް ރަނގަޅު އެއްޗެއް ތައްޔާރު ކޮށްލުމައްޓަކައި ބައެއް އެއްޗިހި ގަންނާށެވެ.

 

” ޒޯރާ ބަލާލަ.. އޭނީ އީގަލް އެއް.. ” ޝަހާދު އިނގިލި ދިމާކޮށް ނީޝް ޒޯރާއަށް ބާޒު ދައްކާލަ ދިނެވެ. އޭތި އުދުއްސައި ގަތުމުގެ ކުރިން ޒޯރާ ފޯން ނަގާ ފޮޓޮއެއް ނަގަން ސްކްރީންގައި ދެ އިނގިލި ޖައްސާ ޒޫމް ކޮއްލި އިރު ފެނުނު މަންޒަރުން ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ޒޯރާ ބަލަން ހުރި ދިމާލަށް ނީޝް އަށް ބަލާލެވުމާއިއެކު ‘ އޯ އެމް ޖީ ‘ އޭ ބުނެވުނީ އަނގަމަތީ އަތް އަޅާލަމުންނެވެ. އެ ބާޒުގަނޑު ދެއްކުން މޮޔަ ހިތައް އަރާފައި ނީޝް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ޒެފް ބުނާގޮތުން ވިއްޔާ ޒޯރާ އަކީ ވަރަށް އެހެން ކަހަލަ ވިސްނުމެއް ގެންގުޅޭ ކުއްޖެކެވެ. ހުރިހާ އެއްޗެއް ހިތައް އެރުމުން ހާސްކަން އިތުރުވެގެން ދިޔައެވެ.

*** *** ***

ތުން ގޮއްވަމުން ގޭތެރެއަށް ވަތް ޒައިން ފޯނުން ގަޑި ބަލާލި އިރު ހަތެއް ޖަހަނީއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ލޯ ރަނގަޅަށް މަރާލައިފައި ދެވަނަ ފަހަރަށް ބަލާލީ ގަބޫލު ކުރަން އުނދަގޫވީމައެވެ. މުޅި ކޮޓަރި ތެރެ އޮތީ އެފުއް މިފުށަށް ޖަހާފައެވެ. އެނދުގައި އޮތް ބެޑްޝީޓް އޮތީ މުށިތައް މަތީގައެވެ. ބާލިސްތައްވެސަ ހުރީ އެއްވެސް ތަރުތީބެއްނެތި އުކާލެވިފައެވެ. ޑްރެސިންގް ޓޭބަލް މަތީ ހުރި އެއްޗެހިތައްވެސް ވަނީ އެކި ތަންތާގައެވެ. އެނދުމަތީގައި ފުރަގަސް ދީގެން އިން ޒޯރާ ފެނިފައި ކޮންމެސް ކަމެއް ގޯސް ވެއްޖެކަން ޒައިން އަށް ޔަގީން ވިއެވެ.

 

” ކަމަނާއަށް ކިހިނެއްވީ ހާދަ ވަރެއް އަރުވާލާފަ މިއޮތީ.. ގޭ މީހަކު އެއްޗެއް ބުނީތަ؟ ” މަޑު މަޑުން އެނދުގައި އިށީންދެ ޒޯރާގެ ކޮނޑުގައި އަތް ޖައްސާލަމުން ޒައިން ބުނެލިއެވެ. އެހެން ބުނެވުމާއި އެކު ޒޯރާގެ ފޯން ޒައިންއަށް ދައްކާލުމުން ފެނުނީ އައިރީން އާއި ޒައިންގެ ސެލްފީ ނަގަން އިން ފޮޓޮއެކެވެ. ހަތަރެސްކަން ހަމަވިއްޔޭ ޒައިންގެ ހިތައް އެރިއެވެ.

 

” މީ ކޮން ކަމެއް؟ މަށަށް އޭރުވެސް އެނގެޔޭ ތި އައިރީން އަކާ ޒައިނައާ ކޮންމެސް ގުޅުމެއް އޮންނަކަން.. ބިޒީއޭ ކިޔަކިޔާފަ އޭނަ ގޮވައިގެން ރެސްޓޯރެންޓް އަށާ ތަންތަނަށް ދަނީ.. އޮފީހައް އެވަރަކުން ނުދެވިގެންވެސް އުޅުނީ އެންމެ ދުވަހަކަށްވެސް އެ އައިރީންގަނޑު ނުފެނިދާނެތިން.. ” އެނދުން ތެދުވެ އަތުން ހަރަކާތް ކުރަމުން ޒޯރާ އެހެން ބުނި އިރު އަޑުން ހީވަނީ މުޅިތަން ވައްޓާލަފާނެ ހެނެވެ. ހުރިހާ އެއްޗެއް އަޑުއަހަން ޒައިން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

 

” ހަގީގަތަކަށް ވާތީދޯ އެއްޗެއް ބުނަން ނޭނގިފަ ތި އިންނަނީ.. ” އެއް އަތް އުނަގަނޑުގައި ޖައްސާލަމުން ޒޯރާ ބުނެލިއެވެ.

 

” އަންން.. މިޔޮތީ ފޯނު.. މީގަ ހުންނާނެ އައިރީން އާ މަށާ ރޭގަނޑުވެސް ދުވާލުވެސް އެހެން ގަޑިގަޑީގަވެސް ކޮށްފަ ހުރި ހުރިހާ މެސެޖް ތަކާ ކޯލް ތަކުގެ ރެކޯޑް.. ވައިބަރ ގަވެސް އެފްބީގަވެސް ހުންނާނެ.. ބަލާބަލަ ހުރިތޯ އެކަހަލަ ނިޔަތަކުން ވާހަކަ ކީއްކުރަން، އޭނަގެ ފޮޓޯ ތަކަށް ރީއްޗޭ ކިޔާފަ ކޮމެންޓެއްހާ ހިސާބުވެސް ކޮއްލާފަ އިންތޯ.. ކީވެތަ އަބަދު ޝައްކު ކުރަނީ؟ އަހަރެންނާ އައިރީންއާ އެއްވެސް ނުބާ ގުޅުމެއް ނެތޭ.. އެއީ އޮފީހުގަ މަށާ އެކީ މަސައްކަތް ކުރާތީ އެތަނުން އެންމެ ގިނައިން ވާހަކަ ދެއްކޭ މީހަކީ.. އަބަދު އޮފީހުން ދިމާވެ ފެނި ވާހަކަ ދެއްކި ދެއްކި އެއީ އަހަރެންގެ ބެސްޓް ފްރެންޑޭވެސް ބުނެވިދާނެ.. ތީ އަހަރެންގެ ހުރިހާވެސް މީހަކީ.. އައި ލަވް ޔޫ.. ” ހުރިހާ އެއްޗެއް ކިޔުނު އިރު ޒައިން ހުރީ މާޔޫސް ވެފައެވެ.

 

” ހޫމްމް.. އޯކޭ.. ސޮރީ.. ދެން ނުކުރާނަން ޝައްކެއް.. ” ޒޯރާ މިހެންބުނެ ޒައިންގެ މޭގައި ބޯ އަޅާލިއެވެ. ޒައިން ވެސް ޒޯރާގެ އުނަގަނޑުގައި އަތް އަޅުވާލައި އިތުރަށް ގަޔާ ކައިރިކޮއްލިއެވެ.

 

ސިޓިންރޫމްގައި ޓީވީ ބަލަން އިން ސާރާ އާއި ޒައިދު ޒައިންގެ ކޮޓރިއާ ދިމާއަށް ދުއްވައިގަތީ އެކޮޓަރިން އަޑުގަދަވީ އަޑަށް ވީ ކީއްތޯ ބަލާލާށެވެ. ލަދުން ދެމީހުންނަށް އެއްފަހަރާ ފަހަތައް ޖެހިލެވުނީ އެ ދެމީހުން ބައްދައިލައިގެން ތިބި މަންޒަރު ފެނުމުންނެވެ.

 

” ހޫމްމް.. ކޮންކަމަކާ ލަދުގަންނަންވީ.. ކައިވެނީގެ ފުރަތަމަކޮޅު ނެނގޭނެ ދޮރު ހުރީ ތަޅުނުލެވިކަމެއް.. ހަމަ އަހަރެމެންނަށްވެސް ވީ އެވަރޭނުން.. ދެން ދަރިންނަށްވެސް ވާރުތަކުރާންނުން.. ” ތުންފަތް މައްޗަށް ލާނެން ހިނިތުންވުމެއް ވެރިކުރަމުން ޒައިދު މިހެން ބުނެލީ ސާރާ އިތުރަށް ލަދުގަންނަވާލާށެވެ. ‘ ހޫމް ދެން ‘ އޭ ކިޔާ ފަހަތުން ޒައިދުގެ އުނަގަނޑުގައި އަތް އަޅުވައިލަމުން އަނެއްކާވެސް މިސްރާބުޖެހީ އަށެއްގެ ހަބަރު ކިޔާ އަޑަށް ސިޓިންރޫމް އާއި ދިމާލަށެވެ. ހައިރާންވެފައި މި މަންޒަރު ބަލަން ޒެފް ހުރީ ‘ ރޮމާންސް ވީވީނޫން މަ މިތާ ހުރިކަންވެސް މަންމަ މެންނަށް ނޭނގުންބާ ‘ އޭ ހިތައް އަރަ އަރައެވެ.

 

ކޮޓަރީގެ ދެކޮޅަށް ހިނގަހިނގަ ހުރި ނީޝްއަށް އަދިވެސް ވިސްނެނީ ހަވީރުވީ ކަންތަކާއެވެ. ދެއަތް ދެއަތައް މޮޑެލާ ވަރުން އިންގިލިތައް ހީވަނީ ދެންމެ ދެންމެ ބިންދައިގެން ގޮސްދާނެ ހެނެވެ. ޒެފް އަށް މި މަންޒަރު ފެނި ހިނި އަންނަ ގޮތް ވިޔަސް ނީޝްގެ މޫނުމަތިން ސީރިއަސްކަން ފެނި ޒެފްވެސް ހާސްވިއެވެ.

 

” ހޭ ލަވް.. ހާދަ ހާސްވެފަ.. ފަޔަށް ހިނި އަރަނީތަ ދެކޮޅަށް ބުރު ނޭނގޭ ވަރަށް ތި ހިނގަނީ.. ” ނީޝްގެ ކުރިމައްޗަށް އަރާ ދެކޮނޑުގައި ހިފަހައްޓައިލަމުން ކުޑަކޮށް ހެވިލާފައި އަހާލިއިރު ނީޝްގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނި ޒެފްވެސް ފެންކަޅިވާ ގޮތް ވިއެވެ. ވާނީވެސް އެހެންތާއެވެ. ލޯބިވާ އަނބިމީހާ ރޯތަން ބަލަން ޒެފްގެ ހަށިގަނޑަށް ކުޅަދާނަނުވީއެވެ. ” ކިހިނެއް ވީ؟ ކީއްވެ ތި ރޮނީ؟ ޕްލީސް ބުނެބަ ވަރަށް ދެރަވޭ ތިގޮތައް ނުރޮއެ ވީ ގޮތެއް ބުނެބަ.. ” ނީޝްގެ ކޮނޑުގައި ހިފާ ތަޅުވަމުން އެއްފައްޗަކަށް ސުވާލުތައް  ަ  އަމުނާލިއެވެ.

 

ޭޒެފްގެ ހިތް ކުދި ކުދިވާ ފަދަ ގޮތަކައް ޒެފްއާއި ދިމާލައް ފުންކޮށް ބަލާލިއެވެ. އަދި ކަންވީގޮތް އޮޅުން ފިލުވައިދެމުން ރޮއެގަތެވެ. ” ތި ވަރަށް ގޯސްވީ.. މިހާރު ޒައިން ނޮޅާ ކާނެ.. ޒައިން ކައިރީ އޭރުވެސް އަހަރެން ބުނަމޭ ޒޯރާ ހެދިހާ ގޮތެއް ހެދިގެން ނުހުންނާށޭ.. އޭނަ އަށް އެ ފުރުސަތު ނުދޭށޭ.. ރުޅި އާތްސިއްޔާ އެހާ ރުޅިގަދަ.. ދެން އެކަމާ ނުވިސްނާ.. ނަސީބެކޭނުން އަހަރެންނައް ތިކަހަލަ ލޯބިލޯބި އަންޑަސްޓޭންޑިން ވައިފް އެއް ލިބުންކަން.. ” ހާސްވެފައި ހުއްޓެއް ކަމަކު އަނބިމީހާގެ ހިތްހަމަ ޖެއްސުމައް ކޮންމެ ފަދަ ކަމެއްވެސް ޒެފް ކޮއްފާނެއެވެ. ތުއި ގޮތަކަށް ހީލަމުން ކާންދާންވީނުން ހޭ ބުނުމުން ހޫމް ވަރަށް ބަނޑުހައި ވެއްޖޭ ކިޔާ ޒެފް ނިކުތީ ކޮޓަރިން ބޭރަށެވެ. އަވަސް އަވަހަށް ފާހާނާ އަށް ވަދެ މޫނު ދޮވެލައިގެން ނީޝްވެސް ދިޔައީ ކާގެއަށް ކަން ހަދާށެވެ.

 

*** *** ***

 

އަތުގުޅައިލައިގެން އައި ޒޯރާ އާއި ޒައިން ފެނި ނީޝް ކޮށިނޭރީ ކިރިޔާއެވެ. ކައިރީގައި ހުރި ފެންތަށި އެއްކޮށް ހުސްކޮށްލައި ޒެފްއާއި ދިމާލައް ބަލާލި އިރު އެ މޫނުން ސުވާލުމާކެއް ދޭހަކޮއްދެއެވެ. މިހާރަކު ނޫން.. ފަހުންނޭ ވައި އަޑުން ޒެފް ބުނީ ނީޝްއަށް އެކަނި އަޑުއިވޭ ވަރަށެވެ.

 

ޒޯރާ އިށީންނަން ގޮނޑި ދަަމައިދެމުން ކައިރީގައި ހުރި ގޮނޑީގައި ޒައިން ވެސް އިށީނެވެ. ކާންހުރި އެއްޗެއްސައް ބަލާލަމުން އޯހް ޔަމީ މައި ފޭވަރިޓް ފްރުޓް ވިތް އައިސްކްރީމް ވެސް އެބަ ހުރި ދޯއޭ ބުނެ އެދިމާލައް އަތް ގެންދަން ހެދުމުން ޒޯރާ ޒައިންގެ އަތުގައި ޖަހާލަމުން ތިއީ ކައި ނިންމާފަ ކާ އެއްޗެކޭ ބުނެލިއެވެ. ލޮލުގެ ހިމަކޮޅުން ބަލާލަމުން ހިނިގަނޑެއ ްޖަހާލައިފައި އެ ތަށީގަ އެހެންވެސް ޖަހާފަ އެބަ އިންހޭ އަހާލިއެވެ. އެންމެން އެއްފަހަރާ ހޭން ފެށުމުން ޒޯރާ ލަދުގަންނަގޮތް ވިޔެއްކަމަކު އެކަން ނުދައްކަން އެމީހުންނާއި ބައިވެރިވެލިއެވެ.

 

އެތައް ދުވަހަކަށްފަހު އެ ކުޑަކުޑަ އާއިލާއަށް ބަހާރު މޫސުން އައިސްގެން އުޅޭ ރެޔެއްހެން ހީވެޔެވެ. އެހާވެސް މަޖަލާއި ހިތްހަމަޖެހުން އެންމެންގެ މޫނުމަތިން ފެނިގެން ދިޔައެވެ.

 

ޒެފް އާއި ޒައިން އަކީ ޒައިދު އާއި ސާރާއަށް ލިބިފައިވާ ހަމައެކަނި ދެކުދިންނެވެ. ދެކުދިންވެސް އުޅެބޮޑުވީ މުއްސަނދިކަމާއި ތަނަވަސްކަން މަތީއެވެ. ޒެފްގެ އުމުރުން ފަސް އަހަރުގައި ޒައިން ލިބުމައްފަހު އެދެމީހުންނަކަށް ކުއްޖަކު ނުލިބެއެވެ. ޒެފް އާއި ނީޝް ކައިވެނި ކުރިތާ ދެ އަހަރު ވަނީއެވެ. ޒޯރާ އާއި ޒައިން ދިމާވިތާ ތިން އަހަރުވީ ފަހުން މިއަދުވަނީ ކައިވެނިވެސް  ކުރެވިފައެވެ.

*** *** ***

ރޮއެ ރޮއެ ދެލޯ ވަނީ ރަތްވެފައެވެ. ކޮލުގައި ވަކި ހިސާބަކުން ނޫފާ ގަނެފައި ވާއިރު ނޭފަތުން ލޭ ފައިބަ ފައިބަ ހުއްޓެވެ. ބަނޑުގައި އަޅާ ވޭނައް ކެތް ނުވެގެން އެންމެފަހުން ދެ ފަހަރަކު ޒައިން އަށް ގުޅި އިރުވެސް ފޯން އޮތީ ނިވާލައިފައެވެ.

 

ފޯން އެލާމްވާ އަޑައް ލޯ ތުއި ކޮށްގެން ފޯނައް ބަލާލި ވަގުތު ޒައިންގެ ދެލޯ ބޮޑުބެގެންދިޔައެވެ. ” ޔޫ ހޭވް މިސްޑް ‘ 2 ‘ ކޯލްސް ފްރޮމް ‘ 9654371 ‘ އޮން ‘ 2015-11-14 ‘ އެޓް ‘ 00:03:39 ‘ .. އެކަމް ފޯން އެއްވެސް ނިވައެއް ނުލަން.. ވެދާނެ ނެޓްވާކް މައްސަލައެއް ކަމަށް ވެސް.. ބަޓް… ހާދަ ލަސްވީމަ ގުޅާފަ އަނެއްކާ ކީއްބާ އެވީ؟ ” ޒައިން ފޯނައް ބަލަހައްޓައިގެންއޮވެ ހިތާހިތުން ކިޔާލިއެވެ. ޖެހިގެން އޮތް ޒޯރާ ފުރޮޅާލި ތަނާ ޒައިން ސިއްސައިގެން ދިޔައެވެ. އަވަހައް ފެންވަރާލަން ފާހާނާ އަށް ދިޔަ ވަގުތު ޒޯރާއަށް ހޭލެވުނީ ޒައިން އެނދުން ފައިބަނިކޮށް ޒޯރާގައިގައި ޖެހުމުންނެވެ.

*** *** ***

ސައިކަލްގައި އޮފީހާއި ދިމާލައް މިސްރާބުޖެހި އިރުވެސް ޒައިންގެ ހިތުގައިވަނީ އެންމެ ސުވާލެކެވެ. އެހާ ލަސް ގަޑިއެއްގައި އައިރީން ގުޅަންވީ ކީއްވެބާއެވެ..؟ މި ސުވާލު ބޮލުތެރޭގައި އެނބުރެމުން ދިޔަވަރަކަށް ބޮލުގައި ރިހޭގޮތް ވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މީގެ ކުރިން އައިރީން އެގަޑީގައި ގުޅި ހަނދާނެއް ޒައިން ނުވެއެވެ.

 

އޮފީހައް ވަތްގޮތައް ވަދެ ފުރަތަމަވެސް ބަލާލީ އައިރީންގެ ކެބިންއާއި ދިމާލަށެވެ. އައިރީން ފެންނަން ނެތުމުން އަޅާނުލީ މީޓިން އަކަށް ނޫނީ ކޮންމެސް ކަމަކު ބޮސް ކައިރިއަށް ދިޔައީ ކަމަށް އަމިއްލައަށް ވިސްނާލާފައެވެ.

 

ބްރޭކް ގަޑިއަށް މަސައްކަތް މެދުކަނޑާލައި މޭޒުގައި އަތް ވިއްދާލައިފައި ގޮނޑި ފަހަތައް ދަމާާލައި ބޯދިމާކޮއްލާ ބަލާލީ އައިރީންގެ ކެބިންއާއި ދިމާލަށެވެ. ނަމަވެސް އައިރީން ފެންނަން ނެތުމުން މީހެއް ކައިރީ އޭނާ ވީތަނެއް އަހާނުލައި ހިތްހަމަ ނުޖެހުނެވެ.

 

” އޭ އަރޫ.. ކޮބާ އައިރީން؟ މިއަދު އެއްގޮތަކަށްވެސް އޮފީހުން ދިމާވާގޮތެއް ނުވި.. ” ބްރޭކް އަށް ނިކުތްގަޑީ އެންމެ ފުރަތަމަ ދިމާވި އަރޫޝާ އާއި ޒައިން ސުވާލު ކޮއްލިއެވެ.

 

” ރީން ދޯ.. އޭނަ ޗުއްޓީ ނަގާފަ އިނީ މަންތް އަކައް.. އަހަރީ ޗުއްޓީ.. ބޮޑުމީހާ މިއަދު އިން ވައިބަރ ގްރޫޕް ތެރޭ އެހެން ބުނެފަ.. ” އޮފީހުން ބޭރައް ނިކުންނަން ހުރި ދޮރުގައި ލެނގިލަމުން އަރޫޝާ މިހެން ބުނި ވަގުތު ޒައިންގެ މޫނު މައްޗައް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ރަނގަޅައް ފެނުނެވެ. ‘ އެހަކަށް ދުހުކު މީހަކާ އިނީ.. މި ވަނީ ކީއްބާ ‘ އޭ ހިތައް އަރަމުން ‘ އޯކޭ ސީ ޔޫ ލޭޓަރ ‘ އޭ ބުނެ ރަނާ އަވަހަށް އަންނާށޭ ކިޔާ ގޮވާލުމުން އަރޫޝާ ހިނގައިގަތީ ރަނާމެން ތިބި ދިމާލަށެވެ. ވަގުތުން ޖީބުން ފޯނުނަގާ އައިރީންގެ ނަންބަރައް ހަތަރު ފަހަރު ގުޅުމުންވެސް ކިޔަނީ ނަންބަރ ބިޒީ ވާހަކައެވެ. ފަހުން ގުޅާނެތާއޭ ހިތައްއަރާ ޒައިންވެސް ދިޔައީ ކައިރީގައި ހުރި ހޮޓަލާއި ދިމާލަށެވެ.

*** *** ***

ދުވަސްތައް ފާއިތު ވަމުން ގޮސް މިއަދަކީ ޒައިން އާއި ޒޯރާގެ ކައިވެންޏަށް މަހެއް ފުރުނު ދުވަހެވެ. ދެ ހަފްތާވީއިރުވެސް އައިރީންގެ ހަބަރެއް ނުވިއެވެ. މެސެޖަށް ރިޕްލައި ނުކުރާތާ ގުޅީމަ ފޯންވެސް ނުނަގައެވެ. އެކަމާ މިހާރު ޒައިން ވެސް މާބޮޑަކަށް އަޅައެއް ނުލައެވެ.

 

” ހޭ ސުވިޓީ.. މިރޭ މަށާއެކީ ޑިނާ އަކަށް ދެވިދާނެތަ؟ ” ނޫން ގޮތަކަށް ދުރުދުރުން ޒައިން ޒޯރާ ކައިރީ ގުޅާފައި މިހެންބުނީ ގަސްތުގައި ޒޯރާ ރުޅިއަރުވާލާށެވެ.

 

” ހޫމް.. ދެވިދާނެހޯ… ބަލަ އިނދެގެން އުޅެމުންވެސް ތިހެން އަހަން ޖެހޭތަ…؟ ހަމަ ގެންދާ ހިތް ނުވާތީ ތިހެން ތި އެހީ.. ” ޝަކުވާގެ ރާގަށް އެހެން ބުންޏެއް ކަމަކު ޒޯރާވެސް ހުރީ ވަރަށް އުފަލުންނެވެ.

 

” ހެހެ.. އެއިޓް ފޯރޓީ ފައިވް ގަ ދާނަން.. ރެޑީ ވެގެން ހުންނައްޗޭ.. އަހަރެންނަށް ގޮސް ފަނަރަ މިނެޓް ތެރޭގަ ރީތި ވެވުނަސް ތި އަންހެން ވެރިން ބޭނުންވާނެ ދެ ގަޑި އެއްހާއިރު ރީތިވާން.. ” އަނެއްކާވެސް ޒައިން ސަމާސާ ކޮއްލީ ހިތް ފުރެންދެން މިއަދު ޒޯރާ ރުޅިއަރުވާލާށެވެ. އެއްޗެކޭ ނުބުނެ ޒޯރާ ފޯން ކަނޑާލުމުން ހަމަ ރަނގަޅައްވެސް އެ ރުޅި އައީއޭ ހިތައް އަރާ ފޯންއަށް ބަލަހައްޓައިގެން އިނދެ ޒައިން އަށް ހެވެނީއެވެ. ” އޯކޭ.. ތި ބުނި ގަޑި އަކަށް އަންނާތި.. ” އެހެން އިންދައި އައި ޒޯރާގެ މެސެޖް ކިޔާލުމައްފަހު ފޯން މޭޒުމަތީގައި ބޭއްވިއެވެ.

 

ގެ ކައިރީ ސައިކަލް ޕާކް ކުރުމައްފަހު އެތެރެއަށް ވަދެގެން އައި ޒައިންގެ ފިޔަވަޅުތައް ހުއްޓުނީ ޕަރީއެއް ކަހަލަ ކުއްޖެއް ފެނުމުންނެވެ. ގަޔަށް ފިއްތާފަ ކަކުލާއި ހަމައަށް އަރާ ކަޅުކުލަ ހެދުމެއްގެ ފަސްބައިގައި ރަތް ކުލައިގެ ވިދާ އެއްޗެހިތަކެއް ޖަހާފައި ހުރި އިރު ވަރަށް ރީއްޗެވެ. އަތުގެ ކުޑަހުޅާއި ހަމަޔައް ފިއްތާލައިފައި ހުރި ރޭނދާ ފޮތީގެ ދޭތެރެ ދޭތެރޭން އެ އޮމާން ދޮން ހަންގަނޑު ފެންނަން ހުރި އިރު ވަރަށްވެސް ރީއްޗެވެ. ބޮލުގެ މެދުން ބަންޕް އެއް ހިތްލައިލައިފައި ވާއިރު ކަނާތް ފަރާތައް ވާގޮތައް ނިތްކުރިމައްޗައް ވައްޓާލައިފައި އިސްތަށިކޮޅެއް އޮތެވެ. ދޫދޫކޮށް އައްސައިފައި އޮތް އިސްތަށިގަނޑު ވެސް އޮތީ ކަނާތު ކޮނޑުން ކުރިމައްޗައް ވައްޓައިލައިފައެވެ. ކަނފަތް ކައިރީ އާދައިގެ ވަރެއްގެ ރަތް ފިނިފެންމަލެއް އިނުމުން ފަޅުކަން ފިލައެވެ. ކަޅުކުލައިގެ ހެދުމެއްގައި ރަތް ކުލައިން ޒީނަތްތެރި ކޮއްފައިވާ ހެދުން ޒޯރާ ލައިގެން ހުރި އިރު ރަތް ކުލައިގެ އާދައިގެ މޭކަޕްއިން އިތުރު ފުރިހަމަ ކަމެއް ގެނުވައި ދެއެވެ.

 

” އޭ ކީއްވެފަ..؟ އާށޯހުވެފަ ބަލަހައްޓައިގެން ތި ހުންނަނީ..؟ ” ކަޅި ޖަހާނުލާ ޒައިން ބަލަން ހުރުމުން ޒޯރާ ޒައިން ކައިރިއަށް ޖެހިލައި އަތުގައި ހިފާ ތަޅުވައިގަންނަމުން އަހާލިއެވެ.

 

” ތި ހަމަ މި ޒައިން އިނދެގެން އުޅޭ ޒޯރާތަ؟ ހާދަ ވައްތަރު ނޫނޭ.. އަހަރެންގެ ޒޯރާ ތިހާ ރީއްޗެއް ނުވާނެ.. ” އަނެއްކާވެސް ޒައިން ބެލީ ޒޯރާ ރުޅިއަރުވާލެވޭތޯއެވެ. އެވަގުތު އެތަނަށް އައި ސާރާއަށް ޒައިން ބުނި ޖުމްލައިން ހިނިއަންނަ ގޮތް ވުމުންވެސް ހިފަހައްޓައިލައިގެން ހުރީ ޒޯރާ ވާހަކަ ދައްކަން ފެށުމުންނެވެ.

 

” އަޅެ މަންމާ.. ބަލާ މި ޒައިން ކިޔާ އެއްޗެއް.. އަބަދު ޒައިން އަހަރެން ރުޅިއަރުވަނީ.. ” ސާރާ ޒައިން އާއި ދިމާލައް ބަލާލަމުން އެހެން ނުހެދުމައް ބުނެލިއެވެ. އަހަރެން މަޖަލެއް ކޮއްލިޔަސް ރުޅިއަންނަން ޖެހޭހޭ ކިޔާ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

*** *** ***

ގޮނޑި ދަމާލާފައި އިށިން ތަނާހެން ވެއިޓަރ އައިސް ދެ ތައްޓާއި ފެންފުޅިއެއް މޭޒުމަތީ ބެހެއްޓުމައްފަހު މެނޫ ދިއްކޮއްލިއެވެ.

 

” އަހަރެން ކާނީ ސަބްމެރިންއެއް.. ” ޒޯރާ މިހެން ބުނެ ތުއި ވައްތަރެއް މޫނުމައްޗައް ޖައްސާލިއެވެ.

 

” ހޫމް.. އަންނަން ބުނީންސުރެ ހިތުނިޔަތް ގަނެގެންދޯ ތި ހުރީ އެކާން.. ދެ ސަބްމެރިން.. ޗިކެން.. ” ވެއިޓަރަށް އިޝާރާތް ކޮއްލަމުން ޒައިން ބުނެލި ވަގުތު އުހޫން ތިން ސަބްމެރިން އޭ އަވަސް އަވަހައް ޒޯރާ ބުނެލިއެވެ. މަލާމާތުގެ ގޮތަކަށް އެންމެ އެއްޗަކުން ސަބްމެރިން ވެއްޖެއްޔާ ނުވާނެދޯއޭ ކިޔާ ޒައިނަ ހޭން ފެށިއެވެ.

 

” ނޫން.. ނީޝް އަށް.. އޭނަ އަށްވެސް ވަރަށް ކަމުދާ އެއްޗެއް މި.. ” ޒޯރާ މިހެން ބުނުމުން އޯކޭ 3 ސަބްމެރިން ވަން ޕެކްޑް އޭ ބުނެ ގޮނޑީގައި ޒައިން ހަމަޖެހިލިއެވެ.

*** *** ***

 

ރާޅު ޖަހާ ހިސާބުން ޒައިން އާއި ޒޯރާ ހިނގަމުންދިޔަ އިރު އެކި ވާހަކަ ދެކެވެމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސް ޒޯރާގެ ކޮނޑުގައި ހިފާ ޒައިންގެ ކުރިމައްޗައްވާގޮތައް އަނބުރާލިއެވެ.

 

” ހެޕީ ފަސްޓް.. ” އާއި ހަމަޔައް ބުނެވުނު އިރު ދުރުން ފެނުން މަންޒަރުން ބަސްހުއްޓޭގޮތް ވުމުން ޒައިން ބަލަން ހުރި ދިމާލައް ޒޯރާ އެނބުރުންގަޑީ ފެނުން މަންޒަރުން އަނެއްކައިވެސް ޒައިން އާއި ދިމާލައް ބަލާލިއެވެ.

 

 

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

suha

Level 110 Stories

Other Articles

Previous

ޝެރިން (17 ވަނަ ބައި)

Next

ފޮހެވޭނޭ ބާއޭ… 5

Next
November 22, 2015

ފޮހެވޭނޭ ބާއޭ… 5

Previews
November 22, 2015

ޝެރިން (17 ވަނަ ބައި)

9 Comments!

  1. Ammu says:
    November 22, 2015 at 11:03 am

    Nice. keep it up ?

  2. Admin says:
    November 22, 2015 at 11:54 am

    Suha, please contact me on 7997991. you can either sms me or viber me. Thanks. -admin-

  3. Mal says:
    November 22, 2015 at 12:26 pm

    Nice avaha up kuraathy ??

  4. natha says:
    November 22, 2015 at 1:49 pm

    varah nice. dhn kon dhuvahakun up kuraany

  5. sina says:
    November 22, 2015 at 6:03 pm

    varah reethi suhaaa
    keep it up

  6. Sam says:
    November 22, 2015 at 9:05 pm

    Alhe dhn vaany kihinehbaa..suha aireen dhw e fenuny..alhe dhn oi part avahah up kohla dhehchey plxxxxxxxxxxxxxx

  7. Micky says:
    November 28, 2015 at 8:54 pm

    Hryonuvaane vaahaka nuliyebala

  8. inu says:
    November 29, 2015 at 10:04 pm

    Heyonuvaane Micky vaahaka nukiyabala.. Micky vx liyebala vaahaka nukiya.. Yageen kiyaane meehaku nuvx vaane.. Haha..

  9. zeem says:
    January 2, 2016 at 7:42 pm

    wowww

Comments are closed.

Next Episode..ހާދައޭ ބޭނުމީ ކަލާ.. (ތިންވަނަ ބައި)←


All Right Reserved!