Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 6

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 23, 2015 6 Mins Read
33 Comments

ޓައީއަށް ދޫކޮށްލަމުން އިޒްކާން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އިޒްކާން ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ޔަޝްމް ފަހަތަށް ފިޔަވަޅެއް އަޅައެވެ. އޭނަ ހުރީ ބިރުގެންފައެވެ. ދެލޯބޮޑުވެ ކަރުތެރެ ވެސް ހިކިއްޖެއެވެ. އިޒްކާންގެ ބޭނުން އޭނައަކަށް ނަގައިނުގަނެވުނެވެ.

”މިރޭ ފަތިހުގެ ފްލޭޓުން މާލެ ދާން އަހަރެން ވާނީ ޓިކެޓް ނަގާފައި، ލީލާ ގާތު ބުނެގެން ޔަޝްމްގެ ހުރިހާ ހެދުމެއް ޕެކްކޮށްފަ ހުންނާނީ…” ދެމެދުގައި ފުދޭވަރަކަށް ދުރުމިން ބަހައްޓަމުން އިޒްކާން ހުއްޓުނެވެ. ޔަޝްމްއަށް އިޒްކާންގެ ޖުމްލައިން ޝޮކެއް ލިބުނެވެ.

”މަންމަމެން….”

”ފުރަން ގޮސް ވެސް އެންގިދާނެ، އަހަރެން ބޭނުމެއް ނޫން ގިނަ ދުވަސް ވަންދެން މިތާނގައި މަޑުކުރާކަށް…” އިޒްކާން ޔަޝްމްގެ ޖުމްލަ ފުރިހަމަ ނުވަނީސް ބުންޏެވެ. ޔަޝްމްއަށް ހުރި ފިޔަވަޅު މަތީ ހުރެވުނީ އެވެ. ބުނާނެ އެއްޗެއް ވެސް ނޭގިފައެވެ.

”އެންޑް ވަން މޯރ ތިންގް، ޔަޝްމް އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ނުކުރިއްޔާ އަހަންނަށް ރަގަޅީ…” އިޒްކާން ބުންޏެވެ.

ޔަޝްމް ދެން ވެސް ހުރީ ހިމޭނުންނެވެ. އޭނަ ވާހަކަދައްކަން ބޭނުންވިއެވެ. ނަމަވެސް އޭނަގެ ދޫ ހަރަކާތެއް ނުކުރިއެވެ. ނުފެންނައަތަކުން ދުލުގައި ހިފަހައްޓާފައިވާ ކަހަލައެވެ. ޔަޝްމް ފާޚަނާ ދޮރު ހުޅުވާލަމުން އެތެރެއަށް ދެމިގަތީ ގަނޑުވެފައި ހުންނަތާ އެތައް އިރެއް ވީ ފަހުންނެވެ. އިޒްކާން ހީކުރީ އެއީ އޭނަ ބުނި ޖުމްލައިން ޔަޝްމްއަށް އައި ބަދަލުތަކެއް ހެންނެވެ. އޮޅުވާލައިގެން އަންހެން ކުއްޖެއްގެ ދިރިއުޅުން މަންމަމެން ހަލާކުގެ ތެރެއަށް ވައްޓާލީތީ އިޒްކާން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އޭނައަށް ދުވަހަކު ޔަޝްމް ދެކެ ލޯބި ނުވެވޭނެއެވެ. ގާތް ނަޒަރަކުން ބަލައިލަން ވެސް ހިތްނުރުހޭނެއެވެ. އޭނަ މިކައިވެނި ކުރީ މައިންބަފައިން އޭނައަށް މަޖުބޫރު ކުރުމުންނެވެ. ކިތަންމެ ފަހަރަކު ހަޤީޤަތް ހާމަކުރަން ވެސް ބޭނުންވިއެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ޔަޝްމް ބަހައްޓާކަން އޭނަ ބޭނުމެއް ނުވިއެވެ. ނަމަވެސް މަންމައައާއި އެކު ވެފައިވާ ވަޢުދު މަތިން ހަނދާންވުމުން އެޚިޔާލު އެއްފަރާތްކޮށްލަން މަޖުބޫރުވިއެވެ. މަންމަ ކިތަންމެ ވަރަކަށް ހަޤީޤަތް ވަންހަނާ ކުރަން އުޅުނު ކަމުގައި ވިޔަސް އެއްވެސް ކަމެއް ތާ އަބަދު ސިއްރުނުކުރެވޭނެކަން ހަނދާން ނެތީ ބާވައެވެ! ކޮންމެވެސް އެއްދުވަހަކުން ޔަޝްމްއަށް ހުރިހާކަމެއް ހާމަވާނެއެވެ. އޭނަ އެދުވަހަކަށް އިންތިޒާރުކުރާނެތެވެ. އޭރުން މިދެއްކުންތެރި ގުޅުމަށް ނިމުމެއް ވެސް އަންނާނެތާއެވެ.

ޔަޝްމް ފާޚަނާގެ ދޮރަށް ލެނގިލައިގެން ހުރިއިރު އޭނަގެ ހިތުގެ ތެޅުން މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އިޒްކާން އެންމެފަހުން ބުނި ޖުމްލަ ކަންފަތުގައި ގުގުމާލުމުންނެވެ.

”ތޭންކް ގޯޑް، އަހަންނަށް ހަމަޖެހިގެން އުޅެވޭނެ، އެކަމަކު ވަން ރޫމް ޝެއާރ ކުރާނީ ކިހިނެއްތަ؟، އިޒްކާންއާއި ވާހަކަ ދައްކަންވީތަ؟ އޭނަ އެއްޗެހި ކިޔަން ފަށާނީ ކަން ނޭގެ، ހީޒް ވެރި ރޫޑް….” ޔަޝްމް ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލާލިއެވެ. ދަލުގެ ސަބަބުން މޭކަޕްވަނީ ހަޑިވެފައެވެ. އިސްކުރަށް ދޫކޮށްލަމުން ފެންގޮށްޓެއް މޫނަށް ބުރުއްސާލިއެވެ. ހިތްހަމަޖެހޭ ވަރަށް މޫނު ދޮވެނިމުމުން ތުވާއްޔަކުން މޫނު ފޮހެލިއެވެ.

”ދެން ހާދަ އުނދަގުލޭ ފަތިހު ފުރަން ވީމަ. ކުއްލިޔަކަށް އިޒްކާން ފުރަން ބޭނުންވަނީ ކީއްވެތަ؟، މަންމަ ދެރަވާނެ ބައްދަލުނުކޮށް ފުރިއްޔާ ވެސް…” ޔަޝްމް އަތުގެ ނިޔަފަތި ތަކުގައި ދަތްއަޅާލިއެވެ. ފުރަންވުމުން އޭނައަށް އެކަން ވެސް ބޮޑުވިއެވެ. އެކަނިމާއެކަނި އިނދެ އޭނަ ވަރަކަށް ވިސްނާލިއެވެ. އަދިވެސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދަނީ ދީމް ދެއްކި ވާހަކަތަކެވެ. އެއްވެސް ކަމެއްގައި އިޒްކާންއަށް އިތުބާރުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ.

ޔަޝްމް ފާޚަނާގައި ގިނައިރުވާން ފެށުމުން އިޒްކާން އައިސް ދޮރުގައި ޓަކި ދިނެވެ. އެއާއެކު ހަމަހިމޭންކަން ވެރިވެފައި އޮތް ފާޚަނާ ތެރޭގައި އެއަޑު ގުގުމާލިއެވެ. ޔަޝްމްއަށް އެއަޑު އިވުމުން ފުރަތަމަ ގަތީ ބިރެވެ. އޭނަ ހިތުގެ ތެޅުން ހަމައަކަށް އަޅުވަމުން ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި އިޒްކާން ފެނި އޭނައަށް ފަހަތަށް ޖެހިލެވުނެވެ. އިޒްކާން ހުރީ ހެދުންތައް ބަދަލުކޮށްގެންނެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްގައި ހުރިއިރު އިޒްކާން ވަރަށް ރީއްޗެވެ. ޔަޝްމް ނިކަން އަވަހަށް އޭނަގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލިއެވެ. އިޒްކާން ހީކުރާނީ އޭނަ އުޅެނީ އިޒްކާން ފަހަތުންކަމަށެވެ. އެ ޚިޔާލުން ވެސް ޔަޝްމްގެ މޫޑު ބަދަލު ވެއްޖެއެވެ. ފޫހިކަމެއް ހިތުގައި އުފެދުނެވެ.

ޔަޝްމް ގޮސް ފޮށިގަނޑުތައް ހުޅުވާލަމުން ފުރަން ލާން ހެދުމެއް ނެގިއެވެ. އޭރު އޭނަ ދިޔައީ އިޒްކާންއާއި ދައްކަންވީ ވާހަކައެއް ރާވަމުންނެވެ. މަންމަމެންނާ ބައްދަލުނުކޮށް ފުރަންދާން އޭނަ ބޭނުމެއް ނޫނެވެ. ހުދުކުލައިގެ ޓީޝާޓަކާއި އައިސްބްލޫ ކުލައިގެ ޖިންސެއް ނަގަމުން ޔަޝްމް ހިންދެމިލިއެވެ. އެއަށްފަހު އިޒްކާން ވީ ތަނެއް ހޯދާލިއެވެ.

”އިޒްކާން….” ޔަޝްމް އިޒްކާންއަށް ގޮވާލިއެވެ. އިޒްކާން އޭނަގެ އަތުގައި އޮތް އައިޕެޑުން އޭނަގެ ނަޒަރު ވަކިކުރުމެއް ނެތި ހޫމްމް އަޅުވާލިއެވެ. އެއަމަލުން އޭނަ ޔަޝްމްއާ ވާހަކަދައްކަން ވެސް ބޭނުންނުވާ ކަން ހާމަވިއެވެ. ފޫހިވިނަމަވެސް ޔަޝްމް އޭނަގެ އެދުން ހުށަހެޅިއެވެ. އޭނަ ބިރުން އުޅޭނަމަ ފަހަރެއްގައި އިޒްކާން އެކަމުގެ ފައިދާ ނަގަން އުޅެފާނެއެވެ. ފިރިހެނަކަށް އިތުބާރުކުރަމަކީ އޭނައަށް ވާނެ ކަމެއް ނޫނެވެ.

”މަންމަމެންނާ ބައްދަލުކުރުމަށްފަހު އަހަރެން ފުރާނީ…..” ޔަޝްމް ބުންޏެވެ.

”އަހަންނަކަށް މަޑުކުރެވޭކަށް ނެތް!… މާލެއަށް ގޮސް ކުރަން ޖެހޭ ބައިވަރު ކަންތައް އެބަހުރި…” އިޒްކާންގެ ރާގު ބަދަލުވިއެވެ. އިޒްކާން ހިތްހަމަނުޖެހުނުކަން އެނގުމުން ޔަޝްމްގެ ބަސް ހުއްޓުނެވެ. ”ޔަޝްމް ބޭނުންނަމަ މަޑުކުރިޔަސް އަހަންނަށް މައްސަލައެއް ނެތް…”

”އިޒްކާންއާއެކު ނުގޮސްފިއްޔާ މަންމަ އެއްޗެހި ކިޔާނެކަން ޔަޤީން، މަންމައަށް ގުޅަންވީކަން ނޭގެ….” ޔަޝްމް އޭނަގެ ޒަމީރާ ސުވާލުކޮށްލިއެވެ. ފޯނު ނަގައިގަން އެތައް އިރެއް ވަންދެން އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުއްޓެވެ. އޭނަ އެންމެފަހުން ނިންމީ އިޒްކާންއާއެކު ދާށެވެ. ނުގޮސްފިނަމަ މަންމަ ރުޅިއަންނާނެވަރު އޭނައަށް އެނގެއެވެ.

****

ދީމް ހުރީ ޔޫޝައުގެ މިޒާޖަށް އައި ކުއްލި ބަދަލާއެކު ބިރުގެންފައެވެ. އޭނަ ބޭރުގައި މަޑުކޮށްލާފައި އެތެރެއަށް ވަނީ ޔޫޝައުގެ ރުޅިގަނޑު ފިނިވެދާނެކަމަށް ހީކޮށެވެ. އޭނަ އެތެރެއަށް ވަނުމާއެކު ހަލާކުކޮށްލެވިފައިވާ އޭނަގެ ފޯނާއި، ލެޕްޓޮޕް ފެނި އަނގަމަތީގައި އަތްއަޅާލެވުނެވެ. އޭނަ ޔޫޝައުއަށް ބަލާލުމާއެކު މެޔަށް ފިނިވެއްޖެއެވެ. ޔޫޝައު މިހާ ބޮޑަށް ރުޅިއައިސްފައި ހުރިތަން އޭނައަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އޭނަގެ އަގުހުރި ސާމާނުތައް ހަލާކުކޮށްލާފައިވާތަން ފެނި ރުޅިއަންނަކަމަށް ހެދުނުކަމުގައި ވިޔަސް، މުޅި މީހާ ބިރުން ގޮސް ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ހިނގައްޖެއެވެ.

”ކީއްވެ މިއެއްޗެހި ހަލާކުރީ؟….” ދީމް ދޮރުލައްޕާލިއެވެ. އޭނަ ހުރީ ޔޫޝައުގެ ރުޅިގަނޑާ ކުރިމަތިލާންޖެހިފައި ވުމުން ޖެހިލުންވެފައެވެ.

”އަހަރެން ގަނެދިން އެއްޗިއްސަށް ވާތީ… މީގެ ފަހުން ދީމްއަށް މީގެ އެއްވެސް އެއްޗެއް ބޭނުންނުކުރެވޭނެ، ގުޅަން ހުއްދަލިބޭނީ ހަމައެކަނި ޢާއިލާ މީހުންނަށް!…” ޔޫޝައު ޝަހާދަތްއިނގިލި ދިއްކޮށްލަމުން ބުންޏެވެ. ދީމް ހިންދިރުވާލިއެވެ.

”ޔޫޝައުއަށް ތިހެން އަހަރެން ބަންދުކުރުމުގެ ހައްޤެއް ނުލިބޭނެ…” ދީމް އަޑު ދިޔައީ ކުރެހިގެންނެވެ. އޭނަ ޔޫޝައުގެ ކުރިމަތީގައި ފިނޑިވާކަށް ބޭނުމެއް ނުވިއެވެ. ”އަހަރެން ތީގެ އެއްވެސް ކަމެއް ޓޮލެރޭޓް ނުކުރާނަން! އަތް އިސްކޮށްފިއްޔާ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނަން، ހީނުކުރާތި އަންހެނަކަށް ވުމުން ބޭނުން ގޮތެއް ހަދާލެވިދާނެ ކަމަށް…”

”ހުށަހަޅާބަލަ ވާ ގޮތެއް ބަލަން، އަހަރެން ބުނި ގޮތަކަށް މީގެ ފަހުން ދީމް އުޅެން ޖެހޭނީ، ވަރަށް ގިނަ ދުވަސް ވަންދެން ކެތްކޮށްފިން….” ޔޫޝައު ހަޅޭއްލަވައިގަތެވެ.

ދޮރުގައި މީހަކު ޓަކި ދިން އަޑަށް ދޮރަށް ލެނގިލައިގެން ހުރި ދީމް ދިޔައީ ސިއްސައިގެންނެވެ. އޭނަ ދޮރުހުޅުވީ ދެތިންފަހަރަކު އެމީހަކު ޓަކި ދިންފަހުންނެވެ. ހުޅުވިގެން ދިޔަ ދޮރާއެކު ބަލްޤީޝްގެ ސޫރަ ފެނުމުން ދީމް އައީ ރުޅިއެވެ. ބާރުބާރަށް ހިނގާލާފައި ގޮސް އޭނަ ވަނީ ފާޚަނާއަށެވެ.

”ދަރިފުޅާ ތިހެން ޒުވާބުކުރަން ހަދަންޏާ ޒައުމާމެން ހީކުރާނީ ކިހިނެއްތަ؟… ދީމްގެ ކަންތައް މާމައްޗަށް އެދަނީ… އޭނަ މައިތިރި ނުވާ ހިސާބަށް ދިއުމުގެ ކުރިން ބާރުގެ ބޭނުންކޮށްގެން ވިޔަސް ދަރިފުޅުގެ އަތުތެރޭގައި ބެހެއްޓޭތޯ ބަލާތި…” ބަލްޤީޝް ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

ޔޫޝައު ދެރަވެފައި ހުރިތަން ފެނި ބަލްޤީޝްގެ ހިތަށް  ތޫނު ރިހުމެއް އިހްސާސް ކުރެވުނެވެ.

ބަލްޤީޝް ދިޔަކަން ޔަޤީން ވުމާއެކު ދީމް ފާޚަނާއިން ނުކުމެއްޖެއެވެ. ޔޫޝައު އޭރު އެދިމާއަށް އަންނަނީ އެވެ.

”އޭނަ ހުންނަނީ މިހާރު ކޮޓަރީގެ ބޭރުގައި އަހަރުމެން ދައްކާހާ ވާހަކައެއް އަޑުއަހަންދޯ؟… ވަރަށް ފޫހިވޭ… އޭނަ ޖެހޭނެ ހުރިހާ ކަމަކާ ބެހެން…. ކިތައް ދުވަހު އަހަރެން ބުނާނީ ޔޫޝައު ގާތު އަހަރެން ގެއަށް ފޮނުވައިދޭށޭ، އަހަރެން ބޭނުމެއް ނުވެޔޭ ތިގެއަކު ހުންނާކަށް….” ދީމް ބުންޏެވެ.

”ދީމް ހުންނަން ޖެހޭނީ އަހަރެން ވެސް ހުންނަތާކު، އެންޑް އޮފް ޑިސްކަޝަން…” ޔޫޝައު ފަހުގެ ނިންމުން އިއްވާލިއެވެ. ދީމް އެކަމުގެ ރުޅި ބޭލީ ކޮޓަރިއަށެވެ. ބަނާތާއި ބާލީސްތައް އެތަން މިތަނަށް ހޫރާލަމުން އޭނަ އެންމެފަހުން ފެއްޓީ ރޯށެވެ. އެއި ގަދަޔަށް ރުޅިއައިސްފިނަމަ ދީމްއަށް ވާގޮތެވެ.

ޔޫޝައު މިފަހަރު ދީމް މަސަލަސްކުރާކަށް ނޫޅުނެވެ. މިރޭ ދީމްގެ ފަރާތުން ފެނުނު ކަންތައްތަކުން އޭނަ ހުރީ ހޭބުއްދިފިލާ ހިސާބަށް ގޮސްފައެވެ. ދީމް އެމަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ދީމްއަށް ވަގުތު ނުދެވެނީ ހެއްޔެވެ؟

****

ބާރުވެގެން ދިޔަ ރޯޅިތަކާއެކު ފާލަން މަތީ ހިނގާލަން ނިކުމެ އުޅުނު ޔަޝްމް ރޯޅިތަކާއެކު ނުގެންދިޔައީ ވެސް ކިރިޔާއެވެ. އޭނައަށް ބަލާލެވުނީ އުޑުމައްޗަށެވެ. ތަރިތަކުގެ މައްޗަށް ކުރިހޯދަމުން ދިޔަ ވިއްސާރަ ކެރިތަކުން އިސާހިތަކުން އުޑުމަތި ބައްދާލައިފިއެވެ. ކަނޑުވެސް ގަދަވެ ލޮނު ފާލަން މައްޗަށް ބުރުއްސަން ފަށައިފިއެވެ. ޔަޝްމްއަށް ދުއްވައިގަނެވުނީ މުޅިތަން އަލިކޮށްލި ވިދުވަރު ފެނިފައެވެ. އިވިދާނެ ހޮނުގުގުރީގެ އަޑަށް އެނާޒުކު ހިތް ވަނީ އަވަސްވެފައެވެ. އޭނައަށް އެތެރެއަށް ވަދެވުނު ތަނާ މުޅިތަން ވައިބްރޭޓްވެގެން ދިޔަ ގުގުރީގެ އަޑުން ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އެއަޑަށް އިޒްކާންއަށް ދޮރާދިމާއަށް ބަލާލެވުނެވެ.

ދެލޯމަރާ ތަގުޅިކޮށްލައިގެން ހުރި ޔަޝްމްއަށް ދެވަނަ ފަހަރަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނަގެ ކަންފަތް ބައްވެދާނެހެން ވެސް ހީވިއެވެ. ހިތް އަވަސްވެ ނޭވާތަށް ކުރުވިއެވެ. މާހައުލު ހަމައަކަށްއެޅިގެން ދިއުމާއެކު އޭނަ ލޯހުޅުވާލުމުން އިޒްކާންއާއި ހަތަރުކަޅި ހަމަވެއްޖެއެވެ. ސިކުންތަކަށް ދެމިގެން ދިޔަ އެވަގުތުކޮޅުގައި ޔަޝްމް ލަދުގަތެވެ. އިޒްކާން ހީކުރާނީ އޭނައަކީ ފިނޑިކުއްޖެއް ކަމަށެވެ. އަމިއްލަ ނަފްސުގެ ފިނޑިކަމާމެދު ހިތާހިތުން އެއްޗެހި ކިޔަމުން އައިސް އޭނަ ސޯފާއެއްގައި ޖައްސާލިތަނާ ވާރޭ ވެހެން ފެށި އަޑު އިވުނެވެ.

ދެއަތް ގެނެސް މޭގައި ޖައްސާލަމުން ޔަޝްމް އެކިދިމަދިމާއަށް ނަޒަރު އުކައެވެ. އޭނަ ދުޢާކުރަމުން ދިޔައީ އެވަގުތުކޮޅު އަވަހަށް ފާއިތުވެގެން ދިއުމަށް އެދިއެވެ. ވިއްސާރައަކީ ވަރަށް އެހެންކަހަލަ އެއްޗެކެވެ. އިޒްކާންގެ ހިއްސުތައް ވެސް ހޭލައްވާލަފާނެއެވެ.

ތިނެއްޖަހަން އުޅެނިކޮށް ވިއްސާރައަލިވެގެން ދިޔައެވެ. ސޯފާއަށް އަރާ އިން ޔަޝްމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ފުރަން ދާން ބުނެފައިވާ ގަޑި ކައިރިވަމުން ދިޔުމުން އޭނަ އަވަސްވެގަތީ ފެންވަރާ ތާޒާ ވެލުމަށެވެ. ޔަޝްމް ތައްޔާރުވެގެން ނިކުތްއިރު އިޒްކާން ފޯނުން ވާހަކަ ދައްކަމުން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ޔަޝްމް ގޮސް އޭނަ ކުރިން އިން ތަނުގައި އިށީނީ އިޒްކާންގެ ފޯންކޯލް ނިމެންދެނެވެ. ވަގުތު ކުޑަތަންވަމުން ދިޔަވަރަކަށް އޭނަގެ ހާސްކަން އިތުރުވިއެވެ.

އިޒްކާން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ހެނދުނަށް ފްލޭޓް ޑިލޭއި ވެއްޖެ ކަމަށެވެ. އޭނަ އެހެން ބުނިއިރު ރުންކުރުވެފައިވާކަން ފާހަގަ ވިއެވެ. ޔަޝްމް އިނީ އިޒްކާންގެ މިޒާޖަށް އަންނަ ކުއްލި ބަދަލުތަކުން ޚައިރާންވެ އަންތަރީސް ވެފައެވެ.

ޔަޝްމް ނިދާލަން ބޭނުންވިކަމުގައި ވިޔަސް ގަޑިއަށް ހޭނުލެވޭނެކަން ޔަޤީންވާތީ ގަދަކަމުން ވެސް ލޯހުޅުވާލައިގެން އިނެވެ. ފަތިސް ނަމާދުކޮށްލައިގެން އޭނަ އަވަދިވިއިރު ހުރީ ބަނޑުހައި ވެފައެވެ. އިޒްކާން ގާތު ބުނަން ނުކެރިފައި ހުއްޓާ އިޒްކާންއަށް އެކަން ނަގައިގަނެވުނީ ކަން ނޭގެއެވެ. އޭނަ ކާއެއްޗިއްސަށް އޯޑަރުކޮށްލަމުން އެނދުގައި އޮށޯތެވެ.

ފޫހިވެފައި ހުއްޓާ ދޮރުގައި ޓަކިދިންއަޑަށް ޔަޝްމް ނިކަން އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. ވެއިޓަރު ގޮސް ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީ ތަބަކު ބެހެއްޓިއެވެ. ޔަޝްމްއަށް ޝުކުރިއްޔާއޭ ވެސް ނުބުނެވެނީސް ވެއިޓަރު ހިތްހެޔޮ ހިނިތުންވުމަކާއެކު ނިކުމެގެން ދިޔައީއެވެ.

އިޒްކާންއަށް ގޮވަން އުޅެފައި ވެސް ޔަޝްމް އެޚިޔާލު ދޫކޮށްލިއެވެ. ބަނޑުފުރެންދެން ކައިނިންމާލަމުން އޭނަ ޖޫސްތަށިން ކޯވަރެއް ބޯލަން އުޅުނު ތަނާ އިވުނު އަޑަކުން މީހާ ކޮށިއަރައިފިއެވެ. ކެއްސުންގަނޑު މަތަކުރަމުން އޭނައަށް ބަލާލެވުނީ އިޒްކާން އަށެވެ. އެއާއެކު މީހާ ފިނިވެގެން ދިޔައެވެ. އޭނައަށް ހީވީ ހަމަ ރަގަޅަށެވެ. ނިދީގައި އޮވެ އިޒްކާން ވާހަކަ ދައްކަނީއެވެ. ހަމައެކަނި ވާހަކަދައްކަނީއެއް ވެސް ނޫނެވެ. ކޮންމެވެސް އުނދަގުލެއް ތަހައްމަލުކުރާ ފަދައިން ތެޅިފޮޅެނީއެވެ. ޔަޝްމް ޖޫސްތަށި ބަހައްޓަމުން އެދިމާއަށް ހިނގައިގަނެވުނެވެ. އޭނަ އިޒްކާންއަށް ދެތިން ފަހަރު ގޮވާލާއިރަށް ދެލޯހުޅުވާލުމުން ޔަޝްމް ދިޔައީ ސިއްސައިގެންނެވެ. ދަލުން އިޒްކާންގެ ޓީޝާޓް ފެންވެރި އެހަށިގަނޑާ ތަތްވެފައިވާކަން ވެސް ފާހަގަ ކުރެވުނެވެ.

ޔަޝްމް ހުރީ ގަބުވެފައެވެ. މީ ކޮންކަންތައް ގަނޑެއް ހެއްޔެވެ؟ އޭނަ ގަތީ ބިރެވެ.

އިޒްކާން ފުން ނޭވާތަކެއްލަމުން އެނދުން ތެދުވެއްޖެއެވެ. އޭނަ ދެން ގޮސް ނިކުތީ ބޭރަށެވެ. ޔަޝްމްއަށް ތިރިވެވުނީ އެނދަށެވެ. މުޅި މީހާ ބިރުންގޮސް ރޫރޫއަޅައެވެ.

”މީ ކޮންކަމެއްތަ؟ ދީމް ދެއްކި ވާހަކަތަކާ މިކަމާ ގުޅުމެއް ވޭބާ؟….” ޔަޝްމްގެ ސިކުނޑީގައި ބުރުޖަހަން ފެށީ ރުޅިވެރިކަމުން ފުރިގެންވާ ދީމްގެ ޖުމްލަތަކެކެވެ. ވިސްނާ ވިސްނާ އެންމެފަހުން އޭނަގެ ބޮލަށް އެނބުރުން އަރާ ހިސާބަށް ދިޔައެވެ.

”ސަމްތިންގް އިޒް ވެރީ ފިޝީ…” ޔަޝްމްއަށް ބުނެވުނެވެ.

އިޒްކާން އައިސް ކޮޓަރިއަށް ވަނީ އަށެއްޖަހަން ކައިރިވެފައި ވަނިކޮށެވެ. އޭނަ އެދުނީ މަންމަމެންނަށް ގުޅުމަށެވެ. ޔަޝްމް ފޯނު ނަގައިގެން މަންމަގެ ނަންނަބަރަށް ޑައިލްކޮށްލައެވެ. އޭނަ ވަށްކަޅިން އިޒްކާންއަށް ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އިޒްކާންގެ މާޒީގައި ނުބައިކަމެއް ކޮށްފައިވާކަމަށް އޭނަގެ ޒަމީރު ބުނަނީއެވެ.

ޔަޝްމް ފުރަން އުޅޭ ވާހަކަ ބުނާއިރަށް ޒައުމާ ދެރަވެފައި އިޒްކާން އަތަށް ފޯނު ދޭން ބުންޏެވެ. ޔަޝްމް އިޒްކާން އަތަށް ފޯނު ދީފައި އިނީ ނިޔަފަތިތަކުގައި ދަތްއަޅާލައިގެންނެވެ. އިޒްކާން މަންމަ ހިތްހަމަޖައްސައިދޭން އުޅޭ ތަން ފެނި އުފާ ވެސް ވިއެވެ. އިޒްކާންގެ ރަގަޅު ސިފަ ތަކެއް ވެސް ވޭ ތާއެވެ.

އިޒްކާން ފޯނު ކޯލް ނިންމާލާފައި ޔަޝްމް އަތަށް ފޯނު ދިއްކޮށްލިއެވެ. އޭނަ ފޯނުގައި ހިފަމުން އަވަސްވެގަތީ މަންމަ ބުނިއެއްޗެއް އޮޅުން ފިލުވުމަށެވެ.

”ޔަޝްމް ރަގަޅަށް ބަލައިދޭށޯ….” އިޒްކާން އިތުރު ތަފްސީލަކަށް ނުދެއެވެ. ޖަވާބު ވެސް ކުރެވެ. ދެން އިތުރަކަށް އޮޅުން ފިލުވާކަށް ޔަޝްމްއަކަށް ނުކެރުނެވެ. އިޒްކާންގެ މޫޑު ބަދަލުވާގޮތުން މީހަކު ބިރު ވެސް ގަންނާނެއެވެ.

”ފްރީކް…”

ޔަޝްމް ކިތަންމެ މަޑުން ބުނިކަމުގައި ވިޔަސް އިޒްކާންއަށް އަޑުއިވުނީ ކަންނޭގެއެވެ. އޭނަ ހުރީ ޔަޝްމްއަށް ބަލާށެވެ. ޔަޝްމް ފުރަގަސްދެމުން ނިއްކުރީގައި އަތުން ޖަހާލި އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ކަނޑުފެން (ތޭރަވަނަ ބައި) KanduFen P-13

Next

ޝެރިން (18 ވަނަ ބައި)

Next
November 24, 2015

ޝެރިން (18 ވަނަ ބައި)

Previews
November 23, 2015

ކަނޑުފެން (ތޭރަވަނަ ބައި) KanduFen P-13

33 Comments!

  1. Xee Thu says:
    November 23, 2015 at 10:38 pm

    Den kihineh baa vaanee

    1. SHaree ShukuRaan Ibrahim says:
      November 24, 2015 at 9:59 am

      Aaaan dw

  2. Minmi says:
    November 23, 2015 at 10:47 pm

    Hehe my first….nice story eh…

  3. aal says:
    November 23, 2015 at 10:50 pm

    V v v v reethi mi part ves

  4. shaz says:
    November 23, 2015 at 11:05 pm

    awesome

  5. sheynn says:
    November 23, 2015 at 11:54 pm

    Mi part vex v rythi…dhn next part kn dhuvahakun thr up kurany

  6. Ira says:
    November 24, 2015 at 12:01 am

    Nice mi ixkaan mee hama freak ai 😉 😉 hahahaa 🙂

  7. Seen says:
    November 24, 2015 at 12:03 am

    Mistakes are there.. bt story is nice.

  8. min says:
    November 24, 2015 at 2:28 am

    mi part vs v nice..bt thankolheh kury..

  9. faathun says:
    November 24, 2015 at 8:02 am

    varah reethi mi part ves umeedhu kuran varah avahah up kohdheyne kamah

  10. naxoo says:
    November 24, 2015 at 8:18 am

    V reethi…Ava’s upkoahlache…best of

  11. nisha says:
    November 24, 2015 at 10:28 am

    Nice

  12. someone says:
    November 24, 2015 at 1:14 pm

    mi story kuriyah dhaa gothun sifa kureveni zee tv in mihaaru genes dhey drama series tashan e ishq ge scene thakaa. almost alike even if some scenes are diffrent. looking forward to the next part though,

  13. Aishaa says:
    November 25, 2015 at 11:47 am

    “Eyna ah dhuvahaku yashm dheke loabi nuveveyne” mi jumula v alhaiganey kiyaa iru” rangalhu gothakee ‘ eynaa ah dhuvahaku vs yashm dheke loiybbeh nuveveyne’ mihen, dhen abadh vs hunnany ” yashma ah’ mihen liyefa. Rangalhu gothakee ‘ yashmah’ name change viyas aee rangalhu gothakee. And ‘varaka visnaali’ mee kuh gotheh. Ranaglhu gothakee, varah visnieve’ mihen.

    1. some one says:
      November 28, 2015 at 3:53 pm

      grls ge name liyaa iruga “yashm ah”… boys ge name liyaa iru thi gothah liyaany

  14. Shabee says:
    November 25, 2015 at 1:36 pm

    Muthee love. Avas???

  15. maash says:
    November 26, 2015 at 11:13 am

    When next part! Story hama best?

  16. Shabee says:
    November 26, 2015 at 11:18 am

    Koba muthee foohi vee dho. Eyru ves inge thivaru kan vaaneee. Varah foohivey

  17. maash says:
    November 27, 2015 at 2:24 pm

    When next part? Avahah upkohdhyba plz

  18. sim says:
    November 27, 2015 at 3:09 pm

    Hey muthaa story up kurany konirakun tha?

  19. maash says:
    November 27, 2015 at 6:26 pm

    Muthaa avahah upkohdhyba

  20. nas says:
    November 28, 2015 at 8:44 pm

    gaimu buni dhw liye ninmaafaey up kuran feshy ves. dhen kyhveba up kurun mihaa bodah las vany

  21. mutha says:
    November 28, 2015 at 10:46 pm

    hei all internet nethigen lasvani ill update soon and monday ga two part genesdeynan. in sha allah

  22. handi says:
    November 29, 2015 at 8:47 am

    avahah update kohdheebala… mi vaahaka v kiyaa hithun mihunnanee

  23. reader says:
    November 29, 2015 at 12:48 pm

    next part kon irakun up kurany

  24. handi says:
    November 30, 2015 at 10:04 am

    kobaatha monday ga update kuran buni two parts???????

  25. reader says:
    November 30, 2015 at 10:12 am

    kon irakun up kurany miadhu mee monday

  26. Shabee says:
    November 30, 2015 at 12:21 pm

    Aslu muthee jeheyne 3 part update kuran. Eyrah fair vaanee. Thi ulheny fake jasssan. Vaahaka lahun nimman eyrah heevanu dhigu hen.

  27. reader says:
    November 30, 2015 at 3:27 pm

    haada lahun up kuran thiulheny. mihaaru intixaar koh koh varubalivey eba dhn avahah up kuran ulhey…. mi haaru kiyaahithun key nuvey 🙁

  28. nysham says:
    November 30, 2015 at 6:10 pm

    Ebunynu net nethyma ey maybe adhivess net nulibeny kamh vedhaane ehnu? Anyways waiting impatientlyy

  29. Zin says:
    November 30, 2015 at 9:33 pm

    Mutha akah nuvaane mikamaeh. Muthaa vaahaka liyan feshinsureves faahagavaa kameh mi bahaa amala dhimaanuvun. Abadhuves konmeves uzureh dhakkaane.
    Anyways. Muthaa gevaahakathah v reethi Kithanme massala bodas.

  30. Barbie says:
    November 30, 2015 at 10:22 pm

    Foohi meehaa gandeh theee. Ithubaaru gellifa huri meeheh. Thihen ulhenyaa evves meeehaku muthaa ge vaahaka eh nukiyaane. Up nukureveynaaa nuliyaaneeee vaahaka. Maa molhah dhn vaahaka liyevey meeheko. Aharemmenah eyruves ingey thihaakah varu kan vaaneee. Dhn 1 aharu fahun fashaa vaahaka eh esfiyaiga huri hurihaa plots ehkollaigen. This is kinda toooo muchhh…. nuvaa kanthakaa kurinathi nulumah edhen

  31. reader says:
    December 1, 2015 at 9:16 am

    muthaa avahah up kohbaa mihaaru monday vs gohsi

Comments are closed.

Next Episodeފޮހެވޭނޭ ބާއޭ… 7←


All Right Reserved!