Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެެނެސްދިނިީ ކަލާ (2)

kamana Level 310 Stories500 Comments100 Comments
November 23, 2015 4 Mins Read
21 Comments

“ހޭ ޔޫ” ފިރިހެން ވަންތަ އަޑުން ގޮވާލީ އެޒުވާނާކަން ޔަގީނެވެ.

ފަހަތް ބަލާލަން އެބުރުނު ވަގުތު ލަމްހާ ލީނާ އަތުގަ ހިފައިގެން ދުއްވައިގަތެވެ. ވަކި މިސްރާބެއްނެތި ދުވަމުން ދިޔަ ދެމީހުންނަށް އެންމެ ފަހުން ދެވެނީ ތުނޑިއަށެވެ. ހަވީރުގެ ވަގުތު ކަމުން ތުނޑި ފެންނަލެއް ވަރަށް ހިތްގައިމެވެ. ޖެހޭ ފިނި ރޯޅިން ހަށިގަނޑަށް ތާޒާކަން ގެނެސް ދެއެވެ. ލީނާ އަށް ހުރެވުނީ ގުދުރަތުގެ ރީތިކަމާމެދު ހައިރާންވެފައެވެ. އެހެނީ އެއީ ލީނާ އަށް މުޅިން އާ ތަޖުރިބާ އަކަށްވީމައެވެ. މާނޭވާލަމުން ދިޔަ ލީނާ އާއި ލަމްހާ ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮންވެލި ގަނޑުމަތީގައި އިށީދެލިއެވެ.

“އައްދޯއި” ލީނާ އާއި ލަމްހާ އެއްފަހަރާ ހަޅޭލަވައި ގަތެވެ. “އެހެންނޭ ވާނީ. މި ދެމީހުން އަހަރުންނަށް ދޯކާ ދީފަ ފިނިބުރުޖަހަނީ ވިއްޔާ… ތި ދެމީހުންނާ ހެދި އަހަރުން މެޗް އިން ބަލި ވީ” އައިންތު ރުޅި މޫނުހަދާލާފަ އެހެން ބުނުމުން ލީނާ އާއި ލަމްހާ ސޮރީ އޭ ބުނެލިއެވެ. ” ހެހެހެހެ ސާބަސް.. އަސްލު ނުވޭ.. ބަލި ވާނީވެސް ކުޅެގެންތާ ދޯ. އަސްލު ޓީމް ހަމަ ނުވީމަ އަހަރުން ލަދުން ވެސް ނުކުޅެ ނިކުތީ ބޭރަށް. ތި ދެމީހުން ފެނިފަ ބަދަލް ހިފަން މިއައީ.” އައިންތު އެހެން ބުނެ ލީނާ އާއި ލަމްހާގެ މެދުގައި އިށީންނަމުން ބުންޔެވެ. : ހޫމް އޯކޭ އޭ ދޯ ލަމް. ބަދަލް ހިފާ.. އަހަރުން މާލޭގަ އެޅުނީމަ ހަމަ .. ހެހެހ އައިންތޫ އަސްލު ދާން އުޅުނީ. އެކަމް ބޮޑުދައިތަ މެންގެއަށް ދިޔަ ތަނުން މަންމަގެ ރަންޒަމާނުގެ ހެދުންތައް ފެނިގެން ލާހިތް ވީ.. އޭ ކޮބާ މަގޭ ލޯޕައްޓާ؟ ” ލީނާ އަށް ކަރުގަ އޮތް ލޯޕައަޓާ ނެއްކަންވެސް އެގުނީ އެވާހަކަ ދެއްކުމުންނެވެ. އެހެން ނުވާންވި ސަބަބެއް ނެތެވެ. ލީނާ އަކީ މާލޭގައި ބޮޑުވެ ފެޝަން އަށް ލޯބި ކުރާ ކުއްޖެކެވެ. އެކަހަލަ ހެދުމެއް ލީވެސް މިއީ ފުރަތަމަ ފަހަރެވެ.

“އޭ އަނެއްކާ މަގުމަތިން ފެނުނު ސޮރު އަތަށް ދީފަ ދޯ ތިއައީ. ޕިސް ޕިސް.. ލީނާ އަށްވާ ސާބަސް ނަސީބެއް ލައިގެން އިން ހެދުން ނުދީ އައިކަން ހެހެހ..” ލަމްހާ ބެލީ ލީނާ ރުޅި އަރުވާލެވޭތޯއެވެ. ލަމްހާއާ އެކީ ދެން ތިބި އެންމެންވެސް ހޭންފެއްޓިއެވެ. ލީނާ ތުންދަމާލާފަ އިންއިރު ކުޑަކުއްޖެކޭ އެއްވެސް ތަފާތެއްވެސް ނެތެވެ. ” ހެޔޮ މަށަށް. ދެން އޭނަ އެހާ ބޭނުން ވީމަ ދިނީ” ލީނާ ވެސް ދެރަނުވާން ބުނެލިއެވެ. ނަމަވެސް ލޯޕައްޓާ ގެއްލުމުން ލީނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އެއީ އޭނަ މަންމަގެ އެއްޗަކަށް ވުމުންނެވެ.

އަންހެން ގްރޫޕް އެއްކަމުން ދައްކާނެވާހަކަ އެހާ ގިނައެވެ. ލީނާމެންނަށް އިރުއޮއްސިއްޖެކަން ވެސް އެގުނީ މަޣްރިބު ނާމާދު ބަންގީގެ އަޑަށެވެ. ” އޭ ހިނގާ ދާން.. ނުވާނެ ހުންނަނަވެސް މިތާ އެހާ ލަސްވަންދެން” އައިންތުއާ އެކީގަ އިން މަރީ އެހެން ބުނި އިރު އޭނަ ހާސްވެފަ ހުރިވަރު މޫނުގަ ހުރި ދާތިކި ތަކުން ވެސް ހާމަވެއެވެ.

އެކި ވާހަކައިގައި ގެއަށް އެންމެން މިސްރާބު ޖެހިއިރު ކުޅެ ނިމިގެން ފިރިހެން ގްރޫޕް އައި އަންހެން ގްރޫޕް ދާ މަންޒަރު ފެނެއެވެ. އޭ ލީނާ ބަލާބަލަ އެޔޮށް ކަމެއް. މަށަށް ހާދަ ހޮޓޭ އޭނަ. ބަލާބަލަ. ބަލާބަލަ.” އައިންތު ހީވީ ލީނާ އެފިރިހެން ކުއްޖާ ނުދެއްކިގެން އުޅޭ ހެންނެވެ. ލީނާ އާއި ލަމްހާ ގާތަށް އެގަޑީގައި ހިނިވެސް އައެވެ. ލީނާ އެ ފިރިހެން ކުއްޖާއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. އެޔޮތް ހީލީ ގޮތެއް އާއާރރރގް. ލީނާ އަށް ހިތާ ހިތުން ތައުރީފު ކޮއްލެވުނެވެ. ” ފަޔާ: އައިންތު އައިސް ފަޔާޒްގެ ކުރިމައަޗަށް ހުއްޓެމުން ގޮވާލިއެވެ. އަދި ލީނާ ތަޢާރަފު ކޮއްދިނެވެ. މީ ލީނާ.. ޗުއްޓީއަށް އައިސް އެއުޅެނީ.. ދެން މީ ފަޔާ އިންގޭ” އައިންތު ދިޔައީ ދެމީހުނަށް ދެމީހުން ތައާރަފް ކޮއްދެމުންނެވެ.

ކަންފަތް ކައިރިން ދިޔަ ދާތިކި ގޮސް ކަނދުރާއަށް ނިމި ދިޔަގޮތް ބަލަން ލީނާ އަށް ހުރެވުނީ އާޝޯހުވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ފަޔާޒް އަކީ ރީތި ފިރިހެނުންގެ ތެރޭން ހޮވާލެވޭ ވަރުގަދަ ޝަހުސިއަޔަތެކެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާވަރުގެ ރީތި ހިނިތުންވުމެއްގެ ވެރިއެކެވެ. ހަށިގަނޑަށް ބަލާލައިފިއަޔާ ގަވައިދުން ކުޅެންގޮސް ކަސްރަތު ކުރާނެކަން ޔަގީނެވެ. ސިކްސް ޕެކްވެސް އަރާފަ ހުންނާނެ ކަން ޔަގީނެވެ. ލީނާ ގެ ހިތަށް އެހެން އެރުމުން ހެވުނެވެ. އަމިއްލަ ދުނިޔޭން ބޭރުވެވުނީ އެ ޖާދުވީ އަޑު ޖެހުމުންނެވެ. ” ހާދަ ރީތި ސްމައިލް އެއް. ފަހުން ދިމާވާނެ ދޯ” ފަޔާޒް ލީނާ އަށް ދޯ ދެމުން ބުނެލިއެވެ. އަދި އަތުން ހަނާ އަޅާލަމުން ގެއަށްދާން މިސްރާބު ޖެހިއެވެ. އެވަގުތު އައިންތުގެ މޫނުގެ ކުލަވަރު ލީނާ އަށް ނުފެނުނުކަން އެއީ ލީނާގެ ނަސީބެވެ. އެހެން ނޫންނަމަ އެ ދެލޮލުން ލީނާ ފިހިގެން ދާނެ ކަން ޔަގީނެވެ.

އިޝާ ނަމާދު ކޮއްލައިގެން ނިކުތް ލީނާ އަށް އޭނާގެ މަންމަ ފެނި ބަދިގެއާވީ ފަރާތަށް ދިޔައެވެ. ” ސޮރި މަމް” ކޮންކަމަކާ ދަރިފުޅާ. ލޯބިން ފުރިގެންވާ ރާގަކަށް ދިޔާނާ އަހާލިއެވެ. ” މަމްގެ ފޭވްރިޓް ޑްރެސް އެއްނު އެއީ.. ބޮޑުދައިތަ ބުނި އެހެން.. އެހެންވެ އެ ހެދުން ލީވެސް މަމް އަށް ދައްކާލަން.. އެކަމް ކޮއްމެވެސް މީހެއް އަޅުގަނޑު ލޯޕައްޓާ ވަގާށް ގެންދިޔައީ” ލީނާ އެހެން ބުނުމުން ދިޔާނާއަށް ހެވުނެވެ. “ދެން މަންމާ” ލީނާ ހުރީ ވެދިޔަ ކަންތަކާ ވަރަށް ދެރަވެފައެވެ. ދިޔާނާ އަށްވެސް އެކަން ފާހަގަ ވިއެވެ. ” ކޮކީ ލެޓްސް ގޯ ފޯރ އަ ރައިޑު” އިސްހާގު އައިސް ލީނާ ކޮލުގަ ހިފާލަމުން ބުންޔެވެ. ” އަޅުގަނޑު ނެއް ދާ ހިތެއް” ދެން ހިނގާބަލަ ކޮކީ އެރުން ދޭނަން ޕިއްޒާ. ” އޯކޭ.. އެކަމް ދޮންބޭ މިރަށު ޕިއްޒާ ހުރޭތަ” ޕިއްޒާ ވާހަކަ ދެއްކުމުން ލީނާ މޫޑް ރަނގަޅު ވިހެން ދިޔާނާއައްވެސް ފާހަގަވިއެވެ. ” ހުންނާނޭ ދަރިފުޅާ.. ދެން ދޭ ދޮންބެ އާ އެކީ.. ބޭރުގަ ދެބޭން ނޫޅުއްޗޭ އެހާ ލަސް ވަންދެން..” ދިޔާނާ ވެސް ބޭނުންވީ ލީނާ ހިތް ހަމަ ޖައްސައި ދިނުމަށް ބޭރަށް ފޮނުވާލަންށެވެ. އޭރުން ވެދިޔަ ކަންތަކާ މެދު ވިސްނޭލެއްވެސް ކުޑަ ވާނެ އެވެ. އެއީ ލީނާ އަކީ ކަންތައްތަކާ މެދު މާ ގަދަޔަށް ވިސްނާ ކުއްޖަކަށް ވާތީއެވެ. ” އޯކޭ މަންމާ ދެން ދިޔައީ އަޅުގަނޑުމެން” ދިޔާނާ ކިބައިން ހުއްދަ ހޯދުމައްފަހު ގޭން ނިކުތެވެ.

” އޭ އިއްޓު ކޮންތާކު ތިއުޅެނީ.. ކޮންއިރަކު އައީ؟ ” ފަޔާޒު އިސްހާގު ގައިގާ ޖަހާލަމުން ބުންޔެވެ. ޕިއްޒާ ޕޮތި އަނގަޔަށްލާން ނޭނގިފަ އިން ލީނާ ސޮނި ނުވެއްޓި އިންކަމެވެ. ޑަންޑަން ލާފާ ހިތް ތެޅެމުން ދިޔައިރު ރެސްޓޯރެންޓްގަ ތިބި މީހުންނަށް ނީވިދާނީ ހަމަ ކިރިޔާކަން ޔަގީނެވެ. ” ކޮކީ ކީވެފަ ތީނީ” އިއްސާގު ގޮވާލުމުން ލީނާއަށް ސިހުނެވެ. އަދި ދެފަރާތަށް ބޯ ތަޅުވާލަމުން ކަމެއްނުވެ އޭ ބުނެލިއެވެ. އެކަމު ކަމެއް ނުވެ ދާނެ ހެއްޔެވެ، ލީނާގެ ހިތް ފަޔާޒްއަށް މިލްކު ކޮއްފިކަން އެދެލޮލަށް ބަލާލި މީހަކަށް އެގޭނެއެވެ. އެހާވެސް ލީނާގެ ނަޒަރު ތޫނެވެ.

އިސްހާގު އަދި ފާޔާޒް އަކީ ކުޑައިރުގެ ދެ ރަހުމަތް ތެރިންނޭ ބުންޔަސް ދޮގެއްނުވާނެވެ. ކިޔަވަން ފެށީ އެއް ސްކޫލް އަކުންނެވެ. ކިޔަވާ ނިންމީވެސް އެއް ކޮލެޖް އަކުންނެވެ. އެހެން ކަމުން ދެމީހުންގެ މެދުގައިވަނީ ވަރުގަދަ ރަހުމަތް ތެރިކަމެއް އުފެދިފައެވެ.

“ކޮކީ މީ ފަޔާ އިނގޭ. ދޮންބެގެ ވަރަށް ކްލޯސް ފްރެންޑް އެއް.” އެހެން އިސްހާގު ބުނުމުން ފަޔާޒު އެއްލޯ ލީނާ އާ ދިމާލަށް މަރާލަމުން ދެމީހުން ދިމާވެއްޖެއޭ ބުނެލިއެވެ. ” އަސްލު ފިނި ބުރެއްޖަހާލަން ނިކުތީ.. ދެން ބަނޑުހައިވެގެން ކާންވަނީ. މިހާރު ހިތަށް އަރާ ނަސީބެކޭ.. ހެހެހ އެހެން ނޫންނަމަ ފަޔާއެއް ނުފެންނާނެ.” އިސްހާގުއާއި ފަޔާޒު އެކި ވާހަކަ ދަންކަމުން ދިޔައިރު ލީނާ އަގައިންވެސް ނުބުނެ ހީލަ ލީލަ އިނެވެ. ލީނާ އަގައިން ބުނާނީވެސް ކިހިނެއް ހެއްޔެވެ. ދުލެއް ހަރަކާތެއް ނުކުރެއެވެ. ފަޔާޒުގެ ތޫނު ނަޒަރު ލީނާ އަށް އަމާޒުވާކަން އިނގޭތީ ލީނާ އިނީ ފިނިވެފައެވެ. އެރޭ އެއްކޮށް ނިމިގެން ދިޔައީ އެކަހަލަ ގޮތަށެވެ.

******

“އަހް” ލީނާ ވަރުބަލި ވެފައި ހުރިވަރުން އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީސް ގަޔާލާ ފިއްތާލަމުން ދެލޯ މަރާލިއެވެ. ފަޔާ ހާދަ ރީޗޭ.. ހާދަ ރީތި ސްމައިލް އެކޭ… އަޅެ ފަޔާ ލިބޭނެނަމަ. އަނެއްކާ އޭނަވެސް ވިސްނާނެތަ އަހަންނާ މެދުގަ.. ކިހާ ރަނގަޅެއް އެހެން ވެއްޖެއްޔާ.. ލީނާ ހިތާ ހިތާ ކިޔަމުން ދިޔައެވެ.

” އޯ ފަޔާ އައި ތިންކް އައި އެމް އިން ލަވް” ލީނާ ބާލީހުގައި ބައްދައިގަނެ ކުޑަކޮށް ނަށާލަމުން ބުނެލިއެވެ.

“ކީކޭ.. ފަޔާ އޭ.. ” ދެބުމަ ގޮއްޖަހައިގެން ހުރި މީހާ ފެނި ލީނާގެ ދެ ލޯ ބޮޑުވިއެވެ.

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް އެދޭވަރުން

Next

ޝައިން (ޕާޓް-19)

Next
November 23, 2015

ޝައިން (ޕާޓް-19)

Previews
November 22, 2015

ހިތް އެދޭވަރުން

21 Comments!

  1. mik says:
    November 23, 2015 at 8:39 am

    Varhreethi

  2. Ira says:
    November 23, 2015 at 9:40 am

    Hehehee lyna get dhonbe dho? Hehehee story varah reethi 🙂

  3. Admin says:
    November 23, 2015 at 10:15 am

    Kamana, welcome to esfiya. please contact me on 7997991. you can either sms me or viber me. Thanks. -admin-

  4. Aal says:
    November 23, 2015 at 10:23 am

    Awwwsomeee

  5. Mal says:
    November 23, 2015 at 10:32 am

    Esfiya viber group ehtha innany… konmes kujjeh buneba..

  6. kamana says:
    November 23, 2015 at 11:12 am

    Heheh yes ira ae leenage dhnbe. Thnkxx everyone ??

  7. Zeen says:
    November 23, 2015 at 12:25 pm

    Nice Story… 🙂

  8. kamana says:
    November 23, 2015 at 12:39 pm

    Thnk u ??

  9. kokee says:
    November 23, 2015 at 1:12 pm

    kon kokee eh…v hadi ehn kiyaathy..kokee kokee..bolah udhagoo vey mi vaahaka kiyan

  10. kamana says:
    November 23, 2015 at 1:25 pm

    Alheyy sorry for tht. Bt will try to do better. Itx my first stry.
    Anywayxx thnk u ??

  11. saadhu says:
    November 23, 2015 at 1:33 pm

    Nice

  12. Adhoo says:
    November 23, 2015 at 1:42 pm

    story reethi… but mistakes varah ginakan faahagavey, better proof read before u upload the story… ragalhu kuraanekamah ummeedhu kuran…
    Looking forward for the next part

  13. kamana says:
    November 23, 2015 at 2:04 pm

    Thnkxx saadhu. ??
    Adhoo it would be really kind of u if u tel wht r the mistakes. I mean i knw mistakes hunnaane kann. Bt ehaa faahaga nuvedhaane. N yes i will do better insha allah. Thnk u for telling really do appreciate ???

  14. lamha says:
    November 23, 2015 at 2:08 pm

    v v v rythi mi story…esfiya ge ehmme rythi story…keep it up..

  15. kamana says:
    November 23, 2015 at 2:45 pm

    Thnkx lamha ?? insha allah i will try to do bettr

  16. misty says:
    November 23, 2015 at 7:55 pm

    Awesome varah reethi ? when next part?

  17. kamana says:
    November 24, 2015 at 7:31 am

    Thnkx misty. Insha allah tmrw new part ??

  18. SHAU says:
    November 25, 2015 at 7:56 pm

    INTRESTING…..

  19. pary says:
    November 26, 2015 at 8:58 pm

    v. reethi story eh

  20. kamana says:
    December 30, 2015 at 2:19 pm

    thank u :*

  21. Shu? says:
    February 13, 2018 at 10:00 pm

    Nice story ?

Comments are closed.

Next Episodeހަޔާތަށް ދިރުން ގެނެސް ދިނީ ކަލާ (3)←


All Right Reserved!