Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވާރޭގައި ވީމޭ 27

Annora Level 610 Stories100 Login100 Comments100 Stories
July 31, 2024 13 Mins Read
24 Comments

 

އަވަސްއަވަހަށް ފަހަތަން ޖެހެން އުޅުނު ވަގުތު ދެންވީ އަދި މާ ދެރަ ގޮތެކެވެ. ސިޑިކައިރީގައި ހުރި ގަސް މުށިގަނޑުގައި ފައި އަޅައިގަނެ މުޅި ތަނުގައި ހިފައިލީ އެ ވެއްޓި ޖެހުނު ގަދައަޑެވެ.

ނަވާރްއަށް އަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. ދެލޯ މަރައިލެވުނީ ޝަހްރޫޒް ހަޅޭއްލަވައިގަން އަޑަށެވެ.

***

“ކާކު… އޭތް…ކާކު ހޭ… އަދި އައިނު ނާޅާ މި ނުކުމެވުނީ.. ” ޝަހްރޫޒްގެ އަޑު ނަވާރްއަށް އިވުނު ހިނދު ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ޝަހުރޫޒް  ނުކުމެދާނެ ކަމުގެ ބިރަށް އަވަސްއަވަހަށް މައްޗައް އަރައިގެން ގޮސް ނަވާރް މަޑުކޮށްލީ ދެވަނަ ފްލޯގެ މަތިން ސިޑިފެށޭ ހިސާބުގައެވެ. ކުޑަކޮން ގުދުވެލައިގެން އޮތުމުން ޝަހްރޫޒް ދެވަނަ ބުރު އައި އިރުވެސް އޭނާއެއް ނުފެނެއެވެ. ޝަހުރޫޒް ދެވަނަ ފަހަރު އައިއިރު އައީ ފުރޮޅުލީ ގޮނޑީގައި އަތުން އޭގެ ފްރޮޅު އަނބުރަމުންނެވެ. އޭނާ އެތާގައި އިންނަތާ އިރުކޮޅެއްފަހުން މިލީނާ ދުވެފައި އަންނަ ތަން ފެނުނެވެ. ޝަހްރޫޒްގެ މޫނުމަތީގައި ޙާސްކަން ހުރި އިރު ވަށައިގެން މީހެއްގެ ހިލަމެއް ވޭތޯ ކަޅި އުކަމުންދިޔައެވެ.

“ބައްޕާ ކިހިނެތް ވީ..އަޑެއް އިވުނީމަ މިއައީ..” ޝަހްރޫޒް އިން ގޮނޑީގައި އަތް އަޅުވާލަމުން މިލީނާ ސުވާލް ކުރިއެވެ.

“ފެން ބޮވައިގަނެގެން މިއައީ .. ފެން ހުސްވެފަ ހުރީމަ ކޮޓަރިން.. މީހަކު ހިޔަނިވިހެން ހީވެގެން މި ގޮވައިލީ..އެދިމާލުން އަޑެއް ވެސް އިވުން…ފުރަތަނމަ އައިނު ނާޅާ ނުކުމެވުނީ…ދަރިފުޅަށް ވެސް އެނގެއެންނު ބައްޕައަށް އައިނު ނާޅަންޏާ ނުފެންނާނެ ކަން.. އެހެންވެ އަނެއްކާ އައިނު އަޅައިގެން މިނުކުތީ ގޮނޑީގަ… ނިދާފަ ތިއްބަ ތަ މި އަޑުގަދަ ކޮށްލެވުނީ” ޝަހްރޫޒް ވާހަކަ ދެއްކުމުން މިލީނާ ވަގުތުން ނޫނެކޭ ބުނެލިއެވެ. އޭނާ އެތާގައި ބައިންދާފައި ބަދިގެއަށް ވަދެ ޝަހްރޫޒް އަތުގައި އޮތް ހުސް ފުޅިއަށް ފެން އަޅާއިގެން ނުކުމަތެވެ.

އޭރު އަކުރަމް ދުރުން އަންނަތަން ފެނިގެން ޝަހުރޫޒް އަނގަޔަށް ގޮތެއް ހަދައިލިއެވެ. އަކްރަމް އައިސް ވީ ގޮތް އެހުމުން ޖަވާބުދިނީ މިލީނާއެވެ.

ޝަހްރޫޒްއާއި ދިމާ އަކްރަމް ބަލައިލީ ފާޑަކަށެވެ. ޝައްކެއްގެ މަތީގައި ހުރެފައި ނަމަވެސް   މިލީނާ ހުރުމުން އޭނާ ތަންތަން ބަލަން ފެށިއެވެ.

“ސިޑި ކައިރިގަ އެބައޮތް އެތާގަ އިންނަ ގަސް މުށިގަނޑެއް ވެއްޓިފަ…އެކަމަކު ބޭރު ދޮރު ތައް ތަޅުލާފަ ޔާސީންމެން އެހުރީ.. ފުދޭވަރަކަށް ގިނަ ދުވަސް ވެފަ އިން އެއްޗެއްނު.. ބަލިކަށި ވެގެން ވެއްޓުނީ ކަންނޭގެ” އަކުރަމްގެ ޖަވާބު އަޙާފައި ހިތްހަމަ ޖެހުން ލިބުނީ މިލީނާއަށެވެ. އޭރު ދެއަތްދެއަތައް ލާ ފިތާލައިގެން ޝަހްރޫޒް އިން އިރު ވަރަށް ބޮޑަށް ނުތަނަވަސްކަން އެމޫނުމަތިން ފެނިގެންދެއެވެ.

ނަވާރް އެމީހުންގެ ވާހަކަ އަހަން ހުރެފައި ފިޔަވަޅު އަޑު ނީއްވާ ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ވެސް ޔަޒަން ސޯފާގައި ނިދާފައި އޮތުމުން ނަވާރް އަށް އެނދުގައި އިށީންދެލައިގެން ޔަޒަންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެހެން އިނދެފައި މިހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުކުރެވެމުންދިޔައެވެ. ގިސްލެވެން ފެށުމުން އަނގަމަތީގައި އަތްއަޅާލައިގެން ހުރެ ނަވާރް ދުވެފައި ގޮސްވަނީ ފާހަނައަށެވެ. އެތައް އިރެއް ވަންދެން ނަވާރް އަށް ގިސްލާ ރޮވުނެވެ. އޭނާ ހާދަ ބަދު ނަސީބޭ ހިތައް އަރަމުންދިޔައެވެ. އާނާގެ ހަނދާންތައް ވެސް އެހިތައް ކުރުވަމުންދިޔައެވެ. ޝަހުރޫޒް އެބުނީ ކޮން އައްޔަ އެއްގެ ވާހަކަ ބާއެވެ.  އޭނާގެ ދަރި މިގެއަށް ގެންނަނީ ބުނި ތަންކޮޅު ވެސް ނަވާރްގެ ހަނދާނަށް  އައެވެ. ކާކުބާއެވެ. ވިސްނާ ވިސްނާ ވެސް އޭނާގެ ހިޔާލަށް ނައެވެ.

”މި ޝަހްރޫޒްއަށް އަހަރެންގެ ބައްޕަ އެނގެނީ ކިހާ ވަރަކަށްތަ..ގައިމް އާނާ އާއި ޔަޒަންގެ ބައްޕަ ގެ އެންމެ ގާތް އެކަކު އެއީ ބައްޕަ… ޔަޒަންގެ ކާފައަށް ވެ ހުރެ ޝަހުރޫޒް މި ކުޅެނީ ކޮންކަހަލަ  ގޭމެއްތަ.. އާގް ބޯ ފަޅައިގެން  ދާވަރު ވެއްޖެ.. ބޭރު ފުށުން އޭނަ އެ ދައްކާ ކުލަވަރެއްނޫން އޭނާގެ އެތެރެފުށުން މި ފެނިގެން ދަނީ..އޭނާ ހިފައިލާފަ އެހުރީ ޔަޒަން އާއި މަށާ ދުރުކުރަން ހެން ބޮޑަށް ހީވަނީ .. ނޫނޫ ނޫން..އެހެން ވިޔަ ދީގެން ނުވާނެ.. މިހްރާންބެ އަށް ގުޅަންވީ..” ނަވާރް ޖީބުގައި އޮތް ފޯނު ނެގީ މިހްރާންއަށް ގުޅުމަށެވެ. ނަމަވެސް ގަޑިން އޭރު އެކެއް ޖަޙާތަން ފެނި އެހިޔާލް ދޫކޮށްލީ މާދަމާ  އެކަން ކުރުމަށް ހިތުލާފައެވެ.

ނަވާރް މޫނު ދޮވެލައިގެން ނިދަން ތައްޔާރް ވެ ހެދުން ބަދަލް ކުރި ވަގުތު އޭނާ ނިދަން ލާން ތިރިން ގެންގުޅޭ ހުރިހާ އެއްޗެއް ވީ މަތީގައި ދޮވެފައިކަން ހަނދާން ވިއެވެ. އޭނާ މިރޭ އެއްގޮތަކަށް ވެސް ބޭރަށް ދާ ހިޔާލެއް ނުކުރިއެވެ. ކައިވެނި ކުރި ދުވަހު ގެއިން ގެނަ ލަގެޖްއަށް ލައިގެން ވެސް މާގިނަސާމާނެއް ނުގެނެއެވެ. މިވީގޮތުން މާދަމާ ގެޔަށް ގޮސް ސާމާނުކޮޅެއް ގެންނަން ހިތައް އަރުވާލައިފާ ނަވާރް ނުކުތީ މައިޝާ އެރޭ ދިން ޕާރްސަލްގަ އޮތް ސޯޓް ކޮޅުގެ މަތިން ހަނދާން ވެފައެވެ. އެ ލައިގެން އެއްގޮތަކަށް ވެސް ޔަޒަން އަށް ފެންނަން ބޭނުން ނުވާތީ އެނދައް އެރި ގޮތައް މުޅި ގައިގާ ކުއިލްޓް އޮޅާލިއެވެ.

އެނދުގައި ދެއަތައް ފުރޮޅި ފުރޮޅި ވެސް ނަވާރްއަށް ނުނިދުނެވެ. ނިދެމުން ދާއިރަށް  ބިރުވެރި ހިޔާލްތައް ވަދެ ސިކުނޑި ހަލަބޮލި ކޮށްލައެވެ. މިރޭގެ ހާދިސާއަށް ފަހު ނަވާރްގެ ހިތުގެ ހަމަޖެހުން އެއްކޮން ނަގާލައިފިއެވެ. އެންމެ ފަހުން ލޯމަރާ ބަހައްޓާފައި ނަވާރް ގޮސް ޔަޒަންގެ ގާތުގައި  އިށީންދެލިއެވެ.

އެހެން އިނދެފައި ނަވާރް ދެފަހަރަކު ގޮވާލިއިރަށް ޔަޒަން ނުހަނު އުނދަގު ގޮތަކަށް  ލޯ  ހުޅުވާލިއެވެ. މުޅި ގައިގާ ކުއިލްޓް އޮޅާލައިގެން އިން ނަވާރް ފެނި ޔަޒަން މަޑުމަޑުން ތެދުވިއެވެ. ނަވާރްގެ ކޮނޑުގައި އަތްލަމުން ކިހިނެތް ވީހޭ އަހައިލިއެވެ. އެހެންޏާ ނަވާރް އެގޮތައް ނުގޮވާތީ ޔަޒަންއަށް ހީވީ ބޮޑުކަމެއް ވިއްޔޭއެވެ.

“ކޫ..އައި ކާންޓް ސްލީޕް..” ނަވާރް އިންގޮތައް ބުނެލި އިރު ދެލޮލުގައި ބަބުޅަމުން ދިޔަ ފެންތިކިތައް ފެނި ޔަޒަންގެ ނިދި އެއްކޮން ފިލައިފިއެވެ.

“ވަޓް ހެޕަން … މަށައް ހާދަ ވަރަކަށް ށޭ ދޯ މި ނިދުނީ.. ކަމެއް ވީތަ ލަވް…” ނަވާރްގެ މޫނުގައި ދެއަތުން ހިފާލި އިރު ޔަޒަންގެ އަޑުގައި ވީ ލޯބިވެތިކަމުން ނަވާރް ވެފައި ހުރި ދެރަ ވެސް ފިލައިފި ފަދައެވެ. ޔަޒަން “ލަވް” އޭ ބުނުމުން ނަވާރްގެ ހިތް އުފަލުން ފޮޅިއްޖއެވެ.

“ބިރުވެރި ހުވަފެނެއް ފެނުނީ..އައި ކޭންޓް ސްލީޕް..ނިދަން އުޅޭ އިރަށް ހަމަ ބިރު ގަންނަނީ… މިބުނީ ފާޑުފާޑު ގޯސްޓްތައް ފެންނަނީ ” ދޮގު ހަދަން ޖެހުމުން މިފަހަރުވެސް ނަވާރްގެ ހިތައް އުނދަގު ވިއެވެ. ނަމަވެސް ނުނިދުނު ވާހަކަ ބުނިނަމަވެސް އެއީ ހަމަގައިމް ވެސް ދޮގަކަށް ނުވވާނެ ތާއެވެ. ޔަޒަންގެ ކާފަގެ އެ އަނދިރި ފަރާތް ޔަޒަންއަށް ހާމަ ކުރަން އަދި ލައްކަ ހެކި އެބަ ބޭނުންވެއެވެ.

ނަވާރްގެ މައުސޫމް އަޑުން ޔަޒަންއަށް ހެވުނެވެ. “އެ ކަމެއް ނޫނޭ..އަހަރެން ހުއްޓަ އެއްވެސް މީހަކަށް ނަވާ ނުގެންދެވޭނެ އިންޝާﷲ..ޔޫ އާ މައިން.. ސޯ ޑޯންޓް ވޮރީ…ހިނގާބަލަ ޕީ އެސް ކުޅެން ..ނަވާ ވަރަށް މޮޅެއްނު..އިރުކޮޅަކު ކުޅުމުން ހަމަޔަކަށް އެޅި ދާނެ.. އިފް ނޮޓް ތިރިއަށް ކޮފީއެއް ބޯލަށް ދާނީ ދޯ ” ނަވާރްގެ ކުޑަ ބަޓްން ނޭފަތުގައި ޔަޒަން ހިފާލިއެވެ. އޭނާ އިން ތަނުން ތެދުވެ ނަވާރްގެ އަތުގައި ހިފާލަމުން ނަވާރް ޖެހިލުން ވާ ގޮތް ވިއެވެ. ނަވާރް އެއްގޮތަކަށް ވެސް  ސޯޓް ލައިގެން އިންދާ ޔަޒަން އަށް ފެންނާކަށް ބޭނުމެއް ނުވިއެވެ.

“ކޫ .. މި ކްއިލްޓް އަޅާއިގެން އަހަރެން ހުންނާނަން އޯކޭ ދޯ.” ނަޥާރްގެ ވާހަކަ ނުނިމެނީސް ޔަޒަންއަށް ނިތް އަރުވާލެވުނެވެ. ލަދުން ހުރެ ހުރެފައި ނަވާރްއަށް ނިޔަފަތި އަނގަޔަށް ލައިގެން ހަފަން ފެށުނީ އެހެން ބުނަން ނުކެރުމުންނެވެ.

“ކިހިނެތް ވީ.. ކޯއްޗެއްތަ ތި ފޮރުވަނީ … ” ނަވާރް ކްއިލްޓް ތިރިވާން ހެދުމުން ކުރިޔަށް ވުރެން ބާރަށް އޭގައި ބައްދާލުމުން ޔަޒަން ވެސް ކްއިލްޓަށް ދަމަން ފެށިއެވެ. ޔަޒަން ހަދަން ފެށިގޮތަތުން އެވެއްޓެން ދާން ފެށުމުން ނަވާރްއަށް ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ.

“އަހަރެން މިހުރީ ސޯޓް ގަ..” ނަވާރްއަށް އެހެން ބުނެވެން ވާއިރަށް  ކްއިލްޓް ކެހިގެން ތިރިއަށް ގޮސްފިއެވެ. ދެލޯ ބޮޑުކޮށްގެން ޔަޒަން އާއި ދިމާ ނަވާރް ބަލަމުން ދިޔައިރު ޔަޒަން ހުރީ ބަސްހުއްޓިފައިވާ ފަދައަކުން ނަވަރްއާއި ދިމާ  ބަލަހައްޓައިގެންނެވެ.

“ވޯހް…ބިއުޓިފުލް” އަތް ކުރު ކަޅު ޓީޝާޓު ކޮޅަކާއި ކުރުކުރު ހުދުކުލައިގެ ސޯޓުކޮޅުގައި ނަވާރް ހުރި އިރު  ރީތިކަމުން ޔަޒަންއަށް ކަޅިޖަހައިނުލަ ބަލަހައްޓައިގެން ހުރެވުނެވެ. ނަވާރް އާއި ކައިރިވެ ހުޅި ޖަހާފައި އޮތް ފަން އިސްތަށިކޮޅު ޔަޒަން މިނިވަން ކޮށްލިއެވެ.

“ހިނގާ ޕީ އެސް ކުޅެން ” ޔަޒަން ބަލާވަރުން ލަދުން ގޮސް ނަޥާރް ހުރީ ވިރޭވަރުވެފައެވެ. މޫނުރަތްވާ ކަމުގެ އިޙްސާސް އެއްވެސް ކުރެވިގެންދިޔައެވެ. ވަގުތުން އޭނާ ގޮސް ޕީއެސް ކުޅޭ ސާމާނު ނަގައި ސޯފާ މައްޗަށް އެރިއެވެ. ޔަޒަން އަށް  ފެނުމުން ދެން އިތުރަށް ނަވާރް ފޮރުވާކަށް ނޫޅުނެވެ. ނަވާރް ނޫން ކަމަށް ހަދާފައި  ބަލައިލިއިރު އެއްމިޔަކަނުން ޔަޒަން ހީލައިގެން ހުރެ އައިސް ނަވާރް އާއި ޖެހޭ ނުޖެހޭ ހިސާބުގައި އިށީންދެ މެޗް ފެށިއެވެ.

“މިރޭ މި މެޗް އިން މަ މޮޅުވެއްޖެއްޔާ ނަވާ  ޖެހޭނެ ބުނާ ކަމެއް ކޮށްދޭން.. އެގޮތައް ނަވާ މޮޅުވިޔަސް  ” ޒާތަކަށް ބަލަހައްޓައިގެން އިނދެ ޔަޒަން ބުނެލިއެވެ. ނަވާރް ވެސް ފޯރީގައި ގޭމް ކުޅެން ފަށަމުން ސުވާލެއް ވެސް  ނުކޮށް  އެއްބަސްވިއެވެ. ހަތަރު ބުރު ކުޅުނު އިރު ވެސް މޮޅުވަނީ ނަވާރް އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ނަވާރްއަށް ފޯރިއަރައިގެން ހަޅޭއްލަވައި   ގަނެއެވެ. ޔަޒަން ކަންފަތް ބައްވެއްޖެޔޭ ކިޔާ ދިމާ ކޮށްލާ އިރަށް ނަވާރް ލޯ އަޅާލައެވެ. ޔަޒަން ކޮންމެ ފަހަރަކު ނަވާރް މާ ބޮޑަށް ދަށްވާން ފެށުމުން ދޫކޮށްލަނީއެވެ. ނަވާރް މޮޅުވަނީ އެގޮތަށެވެ. އެކަން އެނގުނުނަމަވެސް ނަވާރް އިނީ ނޭނގޭކަމަށް ހަދައިގެންނެވެ. އެންމެ ފަހުން ފަހަރު ޔަޒަން މޮޅުވުމުން ނަވާރް  އަނގަހަދާލިއެވެ. ނަވާރް ބޭނުން ވަނީ ކޮންކަމެއް ތޯ ޔަޒަން އެހުމުން މާދަމާ ބުނާނަމޭ ނަވަރް ބުނެލިއެވެ.

“ފައިނަލީ .. އަހަރެން ބުނަން ވީ ދޯ.. އަ ނީޑް އަ ހަގް” ޔަޒަން މައުނަވީ ގޮތަކަށް ނަވާރްގެ ދެލޮލަށް ބަލައިލިއެވެ. ހުއްޓުން އަޜާފައި ހުރި ނަވާރްއަށް ސިހުން ލިބުނީ ނުހަނު ބާރަށް ގުގުރާލުމުންނެވެ. ނަވާރް ސިހިފައި އިންތަނުން ތެދުވެ ބެލްކޮނިން ބޭރު ބަލައިލިއެވެ. އޭރު ވާރޭގެ ކަނިތައް ޖަހަމުން ދިޔައިރު ގަދައަށް ވައި އަރަމުން ދިޔަ މަންޒަރު ފެނުނެވެ. ނަވާރް ސިހުނީ ނުހަނު ބާރަށް ވިދައިގަތުމުންނެވެ. އަވަހަށް އެތެރެއަށް ވަންނަން އުޅުނު ވަގުތު އޭނާ ލައިގަތީ ފަހަތުގައި ހުރި ޔަޒަންގެ ގައިގައެވެ. ނަވާރް ޔަޒަންގެ މޫނަށް ބަލައިލިއިރު އޭނާގެ ނަޒަރު ނަވާރްގެ ދެލޮލަށް ހުއްޓިފައިވީ އިރު އެ ނަޒަރުގައި ހުރި ތޫނުކަމަކު ނަވާރްގެ ހިތް ތެޅެންފެށިއެވެ.

ނަވާރްއަށް ހަދަން ވީ ގޮތެއް ނޭގި ހުއްޓާ ޔަޒަން، ނަވާރްގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލަމުން ގާތައް ދަމާލިއެވެ. ދެވަނަ ސިކުންތުގައި ނަވާރްގެ ކަނދުރާގައި ބޮސްދިން ހިނދު ނަވާރް ދުރަށް ޖެހިލެވުނެވެ. ތެޅެމުން ދިޔަ ހިތުގެ އަޑު ޔަޒަން އަށް ނީވޭނެ ކަމެއް ވެސް ނޭނގެއެވެ. ނަވާރް އަށް އިތުރު ފުރުސަތެއް ނުދީ ޔަޒަން ނަވާރް ނަގާ އަތްދަނޑި މައްޗަށް ލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. ތެޅި ތެޅި އޮތް ހިތަކާއިއެކު ނަވާރް، ޔަޒަންގެ ދެލޮލަށް ބަލައިލި ހިނދު އެދެލޮލުން ފެނިގެންދަނީ މަސްތުކަމެވެ. “އައި ނީޑް ޔޫ” ޔަޒަން ލާފައި ހުރި ޓީޝާޓް ދުރަށް އެއްލައިލަމުން ނަވާރްއާއި ދިމާލަށް ގުދުވެލިއެވެ. އެކަކު އަނެއްކަކު ލޯތްބާ އިންތިހާއަށް ފެންބޮވައިގަނެފައި ވީ އިރު ދެމީހުންގެ އެތެރެހަށިގައި އުފެދެމުން ދިޔަ އަލިފާންގަނޑުގެ ހުޅުފަޅައިގެން ދިޔައެވެ.  އޭރު ބޭރުގައި އުފެދިފައި ތޫފާން ގަދަވެ މޫސުމް އިތުރަށް ފުރިހަމަ ކުރުވިއެވެ.

***

ހެނދުނު ހޭލެވުނު އިރު ރޭގައި ހިނގާދިޔަ ކަންތައް މަތިން ހަނދާންވެ ނަވާރް އަށް އޮތީ ގުޑުވާލަން ވެސް ނުކެރިފައެވެ. ލަދުން މީހާ ވިރޭވަރުވިއެވެ. އެއޮތް ގޮތައް އޮވެ އޭނާ ކޮޓަރިތެރެއަށް ކަޅިއެއް އެއްލިއެވެ. ދެލޯ ބޮޑުކޮށްލެވުނީ އެތަން އޮތް ގޮތްފެނިއެވެ. ހީވަނީ ކުޑަ ވަރެއްގެ ސުނާމީ އެއް އަރާފައި އޮތް ހެންނެވެ. އޭނާ ގާތައް ހިނިވެސް އައެވެ. ނަވާރް އެހެން އޮވެފައި ބަލައިލީ ޔަޒަން ކޮބައިތޯއެވެ. ޔަޒަން ނިދިފައި އޮތްތަންފެނި ނަވާރް ތެދުވެ ތުވާލި ނަގާ މެޔާއި ހިސާބަށް އޮޅާލައިގެން ހުރެ ކޮޓަރި ތެރޭގައި ހުރި ދެމީހުންގެ އަންނައުނުތައް ނަގާ ދާ ވަށިގަނޑަށް އަޅައިލިއެވެ.

އަވަހަށް ފާހަނައަށް  ވަނީ ޔަޒަން ހޭލަންވާއިރަށް ތައްޔާރުވެގެން އޮފީހަށް ދިޔުމަށެވެ. މިއަދު ޔަޒަންގެ މޫނަށް  ބަލައިލާކަށް ނަވާރްއަކަށް ލާހިކެއް ނޫނެވެ. ފެންވަރައިގެން އޮފީހައް ދާން ތައްޔާރު ވެލިއެވެ. ހުދުކުލައިގެ ހެދުން ކޮޅާއި ކަޅު ޓްރައުޒާގައި ނުހަނު ފުރިހަމައެވެ. އާދައިގެމަތިން ފަން އިސްތަށިކޮޅު ފަހަތައް ދޫކޮށްލައިފައި ހިތްފުރެންދެން ސެންޓް ޖަހައިލައިގެން އޭނާ ނުކުންނަމުން ޔަޒަންގެ ގަމީހާއި ސާމާނުތައް ސޯފައިގާ އަތުރާލަމުން ބަދިގެއަށް ދިޔައެވެ. ދެވަނަ ސިކުންތުގައި އައީ ތަބަކަކަށް ކޮފިތައްޓެއް ލައިގެންނެވެ. އެވެސް އެތާގައި ބައިންދާފައި ނުކުމެގެން ދިޔައެވެ. ޔަޒަން ނުފެނިގެން މިލީނާގެ ސުވާލެއް އަމާޒް ވެދާނެތީ ނަވާރް ދިޔައީ އެމީހުނަށް ފެނިދާނެތީ ނުކުމެގެން ދިޔައީ ވަރަށް ސިއްރުންނެވެ.

ގެއިން ނުކުމެފައި  ގަޑި ބަލައިލި އިރު އަދި ފުދޭވަރަކަށް ވަގުތު އެބަ އޮތެވެ. އޭނާ ލަސްލަހުން ހިނގާލައިފާ ދާން ނިންމިއެވެ.

***

ކޮޓަރި ބެލްކޮނިކޮޅުގައި  އަތް އަޅުވަލައިގެން ބޭރަށް ނަޒަރު ހިންގާލަ ހިންގާލަ މިހުރާން ހުއްޓެވެ. އެމޫނުމަތިން ބޮޑުކަމަކާއި ވިސްނާކަން ހާމަވެއެވެ. އެހެން ހުރެފައި އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލައިލައެވެ. އެއިން ކޮންމެ ފަހަރަކު އެ ދެލޮލުގައި ބަބުލަމުންދަނީ  ވޭނީ ކަރުނައެވެ. އެއީ އާނާ އާއި އެކު ނެގިފައި އިން ހަމަ އެކަނި ފޮޓޯގަނޑެވެ. ހިނިތުންވުމުގައި ހުރި އިރު ހާދަ ފުރިހަމައެވެ.

“މިސިންގް ޔޫ ސޯ މަޗް ލަވް..އިޓްސް ހާޑް..އިޓްސް ރިއަލީ ހާޑް” ފޯނުގެ ސްކްރީނުގައި ބޮސްދެވުން މިހްރާނުގެ އަނގައިން އަޑު ބޭރުވަމުން ދިޔައެވެ. ހިތްތައް ގެނބިގެންދާ ފަދަ ވޭނީ ގިސްލުމެކެވެ.

މިހްރާން ހޯދަން އައި ޒަޔާންއަށް ފެނިގެން ދިޔަ މަންޒަރު ހިތައް ތަދުވިއެވެ. ރުއިމުގެ ތެރެއިން މިހްރާން ބޭރުކުރަމުންދިޔަ ލަފްޒްތައް ނުހަނު ރީއްޗަށް ޒަޔާންއަށް އިވެމުންދިޔައެވެ. އޭނާއަށް އެހީވެދެވޭނެ ނަމަ ކޮންފަދަ ހެއްޔެވެ. އެހެން އެތައް ފަހަރަކު ޒަޔާން ކޮންމެ ދުވަހަކު ވެސް ހިތައް އަރައެވެ. އާއިލާގެ ކުރިމަތީގައި އުޅޭއިރު އަބަދުވެސް ހީލައިގެން އެހެން މީހުން ހެއްވާލުމުގައި އުޅޭ މިހްރާން އެކަނި ވުމުން ކަރުނާ އަޅާ ރޯރުއިން މީ އޭނާ ދަންނަ ކަމެކެވެ. ބަލަން ހިތަކަށް ކެތެއް ނުވެއެވެ. އެކަމަކު މީ ދުނިޔެއެވެ. އެއްބަޔަކަށް އުފާ ލިބޭ އިރު އަނެއްބަޔަކަށް ހިތާމަތައް ލިބުމަކީ ދުނިޔޭގެ އާދައެވެ. ދުނިޔެއަކީ ކެހިވެރި  ތަނެކޭ ބުނެވެނީ މިހެންވެއެވެ.

މިހްރާން ބޭރުގައި ހުރެފައި ކޮޓަރިއަށް ވަން އިރު އެނދުމަތިގައި ޒަޔާން އިންތަން ފެނުމުން  ސިހުމެއް ލިބުނެވެ. އޭނާއަށް ޒަޔާން ފެންނަ އިރަށް ހީލައިފިއެވެ. އޭނާގެ އެއަމަލުން ޒަޔާންގެ ހިތް ރޯލިއެވެ.

“ހިނގާބަލަ ދާން ސައިބޯން ބުފޭއަކަށް.. ކޮން ޑިއުޓީއެއްތަ” ޒަޔާން ހިތިގޮތަކަށް ހީލިއެވެ.

“މިރޭ ދަންވަރު.. ހަމަ ދާން ވީ..ޑިއުޓީ އަށް ނުދާ ދުވަހަކީތަ..” ޒަޔާންފަހަތުން މިހްރާން ނުކުންނަމުން އަހައިލިއެވެ.

“މިއަދު  ހޭލިއިރު ބޮލުގަ ރިއްސާތީ ސަލާމް ބުނެގެން މިއުޅެނީ.. އެ ރިހާމް ވެސް ނުދޭ މިއަދު …މިގެއަށް އަރަނިކޮން ލިފްޓުން ދިމާވެގެން ބުނި މިއުޅެނީ ރެސްޓް ހަދާލާގެންނޯ..” ޒަޔާން ކުއްލިޔަކަށް ހަނދާންވެގެން ބުނެލިއެވެ.

“ރޭގަ ކިއޭ އެހެން.. މާ ގިނައިން ސާޖަރީތައް ކުރަން ޖެހުނީމަ ޓަޔަޑް ވެގެން އޮފް އެއް ހަދާލާނީއޭ މާދަން… ވެއްޖެ ގުޅާލަން..” މިހްޜާން ފޯނު ނަގާފައި ގުޅާލި އިރު ރިހާމް މިއަންނަނީއޭ ބުނެލިއެވެ. ދެމީހުންވެސް އޭނާ އަންނަން ދެން ތިރީގައި މަޑުކޮށްލިއެވެ.

“ބްރޯ ހުރިހާ ކަމެއް ރަނގަޅުތަ..ޔޫ މިސްޑް ހާ ރައިޓް..” އަހަން ނާހަން ހުރެފައި ޒަޔާން އަހައިލިއެވެ. މިހްރާންގެ ފަރާތުން އިވިލީ ލުއި ހިނިތުންވުމެކެވެ.

“އަ ލޮޓް..” ހިނިތުން ވެލަން އުޅުނަސް އެމޫނުމަތިން ފެނިގެން ދިޔަ ހިތްދަތިކަން މިފަހަރު ޒަޔާންއަށް ސިއްރެއް ނުވިއެވެ.

“ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށޭ ހިތައް އަރުވާލަ..އަހަރުމެން މިތިބީ ބްރޯ އާއެކު.. ދެރަ ގޮތެއް ނުވާނެ އިންޝާﷲ..ކަމެއް ވިއަސް ޝެއާ ނުކޮށް ނުހުންނާތި..” މިހްރާންގެ ބުރަކަށީގަ ޒަޔާން ޖަހައިލިއެވެ. ބަހެއް ނުބުނިކަމުގައި ވިޔަސް އޭނާ ބޯ ޖަހައިލިއެވެ.

“ނޭނގޭ ހަނދަން ވީ ގޮތެއް.. މަންމަ އަބަދު މީހަކާ ނީދެގެން ކިޔަނީ އެވާހަކަ…ބައްޕަ އަށް އެނގޭތި ބައްޕަ ނުކިޔާ ހުއްޓަސް  ދޮންތަ ވެސް  ކިޔަނީ އަބަދު މެރީ ކުރަން..އަހަރެން ހާދަ ލޯބި ވިއޭ އާނާ ދެކެ… ނުވަ އަހަރު ވެގެން ދިޔައިރުވެސް އެ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެ.. އަހަރެން ކިހިނެތް އެހެން މީހަކާ  މެރީ ކުރާނީ އެހާ ފަސޭހައިން..މަ ހާ ނަސީބް ދެރަ މީހަކު މި އުޑު ދަށުގަ ނުހުންނާނެ…” މިހްރާންގެ ކޮންމެ ޖުމްލައަކުން އޭނާގެ ހިތައް ކުރަމުން ދާ އަސަރް ހާމަވެއެވެ. މީޝަމް ނުލިބިގެން ޒަޔާންގެ ހިތުގަ އެޅިވޭން ޒަޔާންއަށް އެނގެއެވެ. ވީ އިރު މިހްރާންގެ ހިތުގައި އަޅާނެ ވޭން އިހްސާސް ކޮށްލަން ވެސް އޭނާއަށް ދައްޗެވެ.

“ހާސް ނުވޭ.. ތިކަމަށް ގޮތެއް ހަދައިދޭނަން މަ..ކުޑާ އާ ވާހަކަ ދައްކާނީ މަ…ކޮންމެ ވެސް ގޮތަކުން ހިންޓެއް ވެސް ދިނީމަ އެނގޭނީ އެމީހުންނަށް ވެސް އެހެންނު…ބްރޯ މެރީ ނުކުރަނީސް މަށެއް ނުކުރާނަން މެރީއެއް..” ޒަޔާން ފަހުން ބުނެލި ވާހަކަ އަހާފައި މިހްރާން ވަގުތުން ނޫނެކޭ ބުނެލިއެވެ. އޭރު ރިހާމް އައުމުން ދެމީހުން އެވާހަކަ މެދުކަނޑައިލަމުން އެމީހުންގެ މިސްޜާބަށް ދިޔައެވެ.

***

“ނައުފަލް… ބޮޑު ބޮސް އެބަ އާދޭ .. އޭނާ  ރުޅި އަންނަހެން ކަލޭ ވާހަކަ ނުދައްކައްޗޭ.. ކުރިންބައިން ބުނެލީ މި..” ނައުފަލް ގާތުއިން އޭނާގެ “ބޮސް” ބުނެލިއެވެ. ނައުފަލް ވަގުތުން ބޯ ޖަހައިލިއެވެ. މާގިނައިރެއް ނުވެ އެމީހުންގެ ކުރިމަތީގައި ހުއްޓުނީ ޝަހްރޫޒެވެ. ފުރޮޅުލީ ގޮނޑީގައި އިންއިރު އޭނާގެ ގޮނޑި ދުއްވަން ހުރީ ވެސް މޫނު ފޮރުވައިގެން ތިބި މީހުންނެވެ. ޝަހްރޫޒްގެ އެންގުމަށް އެމީހުންވެސް ނުކުމަތެވެ.

ނައުފަލް އެކޮޓަރި ތަޅުލުމުން ޝަހްރޫޒް އިން ގޮނޑިން ތެދުވެފައި ފުރަތަމަ ވެސް ފެށި ރޭގެ ވާހަކައެވެ. އެވާހަކަ އިވުމުން ނައުފަލް އާއި “ބޮސް”ގެ މޫނުމަތިން ފެނުނީ ނުތަވަސްކަމެވެ.

“އައިނު ނާޅާ މަށައް ނުކުމެވުނީ ..އެމީހެއްގެ ނަސީބު ހަމަ އެ..އަކްރަމް ހީވި ގޮތެކޭ ބުންޏަސް މަށައްތާ ދޯ އެނގޭނީ ..ހިޔަނިވެސް ވީ ހަމަ ..” ޝަހްރޫޒް މޭޒުމަތިން ބަނގުރާ ފުޅިއަށް ނަގާ ތުމުގައި ޖަހައިލިއެވެ.

“ނައުފަލް ކަލޭ އެގެޔަށް ދާން ވީ ..އިތުރު ކަންތައް ގަނޑެއް އެބަޔަކު ނުހިންގާލަނީސް އެންމެ ރަނގަޅުވާނީ ކަލޭ ދިޔުން.. ސާރ ތިކިޔާ ދިން ގޮތުން ހީވަނީ ޔަޒަން ނޫނީ އޭނާ އަންހެނުން ހެން.. ދެން އެހެންނޫނީ ހުންނާނީ އަކްރަމް ..މިލީނާ ނޫން ކަން އެނގޭ ނެ ތާ ދެން..” އަޅާފައި ވާ މާސްކް ރަނގަޅުކޮށްލަމުން ބޮސް ބުނެލިއެވެ. އޭނާގެ ވާހަކައަށް ޝަހްރޫޒް ބޯޖަހައިލީ އެނޫނީ އިތުރު ބަޔަކު އެގަޑީގަ ނުނިކުންނާނެ ކަން އެނގޭތީއެވެ.

“އެހެންވީމަ މަށާއި އެއްކޮން ކަލޭ ވާނެދާން ..ހަދާން ކުރާތި އަހަރެމެންގެ މަގްސަދު…އެ މަގަށް ހުރަސް އަޅާ ކޮންމެ މީހަކު ނިމިގެންދާނީ މަގޭ މި ދެއަތުން…” ޝަހްރޫޒްގެ މޫނު ފެނިގެންދަނީ ހިތްތަކަށް ގުޑުން އަރާފަދަ ނުރައްކާތެރިކަމެކެވެ.

****

އޮފީހުގައި މަސައްކަތުގައި އަވަދި ނެތި އިން ނަވާރް އިރުކޮޅަކާ ވަންނަ ދޮރާއި ދިމާ ބަލައިލެވެނީ ޔަޒަންގެ މިއަދު ނުފެނުނީމައެވެ. ޑިއުޓީ ނިމެން ކައިރިވީއިރު ވެސް ޔަޒަންގެ ހިލަމެއް ނުވާތީ ހިތްނުތަވަސް ވިއެވެ. އަނެއްކާ ޔަޒަން އަށް ނުހޭލެވެނީބާއޭ ހިތައް  އެރިއެވެ. ޒެހެކް ވެސް ޔަޒަން ނުފެނިގެން ދެތިންފަހަރަކު މިހާރު އަހައިލާފިއެވެ. އެންމެ ފަހުން ލޯމަރާ ބަހައްޓާފައި ގުޅާލިއެވެ. ފޯނު ރިންގް ވެގެން ކެނޑުނު އިރުވެސް ޔަޒަން ފޯނު ނުނަގައެވެ.

“ކިހިނެތް ވީ … ޔަޒަން ނުފެނުނީތަ..” ނަވާރްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ލާރާ އަހައިލިއެވެ. އޭރު އޭނާ އާއި ލާރާ ފިޔަވައި އެކަކުވެސް ނެތެވެ. ލާރާ ފުރަތަމަ ފަހަރަށް  ވާހަކަ ދެއްކުމުން ނަވާރް ހައިރާންވިއެވެ.

“ޔަޒަން ވެއްޖެ ޒަޔާން އާއެއްކޮން ބޭރުގަ..” ލާރާ މަލާމާތުގެ ގޮތަކަށް ބުނެލިއިރު ހީވަނީ ނަވާރްއަށް ނޭނގޭ ޔަޒަންގެ ކަމެއް އެނގުމުން މޮޅުވެފައި އިންހެނެވެ. އެވަރުން ވެސް ނަވާރް އަނގަޔަކުން ނުބުނެއެވެ.

“ކިހިނެތްވީ އަނގައިން ނުބުނެ ތި އިންނަނީ .. މަށައް ޔަޒަންގެ ކަމެއް އެނގުނީމަ ނަވާރްގެ ހިތައް އުނދަގު ވީތަ ..ހަހަހާ މަށައް ޔަޒަން ކޮށްފަ އިން މެސެޖެއް އެބައިން .. ތި އެކްސްޕްރެޝަން އިން ޔަގީން  ވެއްޖެ ނަވާރްއަށް ޔަޒަން މެސެޖް ނުކުރާ ކަން  ..” ލާރާގެ މޫނުމަތީގައި ވި މަލާމާތުގެ އަސަރެވެ.

ލާރާ އެހެން ބުނުމުން ނަވާރް ހައިރާން ވިއެވެ. ލާރާގެ ނަން ބުނަން ވެސް ޔަޒަން ބޭނުން ނުވެއެވެ. ލާރާ ދެކެ ޔަޒަން ވާ ފޫހި އެއީ އެކަކަށް ވެސް  އޮޅޭނެ ކަމެއް ނޫނެވެ.އަނެއްކޮޅުން އެދެމީހުންގެ ދެމެދުގައި އެ ޖެހުނު ކަމަކަށް ފަހު އެއްވެސް ގުޅުމެއް ނުބާއްވާކަން އޭނާ ދަނެއެވެ. ނަވާރްއަށް ލާރާ ކިޔަމުންދިޔަ ވާހަކަ ތައް ގަބޫލްކުރަން ދަތިވީއެހެންވެއެވެ. ނަމަވެސް  އޭނާ ދައްކައިލީ ޔަޒަންގެ މެސެޖެކެވެ. ތެދެކެވެ. އެއީ ޔަޒަންގެ މެސެޖެކެވެ.  މުޅި ފޯނު ފޮރުވޭހެން ލާރާގެ އަތް ބައިންދާލައިފާ އޭނާ ހަމައެކަނި އެންމެފަހުން އިން މެސެޖް ދައްކާލިއެވެ.

“މިހުރީ ޒަޔާންގެ ގާތުގަ…” އެ މެސެޖް ކިޔާލެވުނު އިރު ނަވާރްގެ ހިތައް ހީވީ ތޫނު ކައްޓެއް ހަރައިލިހެންނެވެ.  އެއީ ދާދި ދެންމެ އަކު ކޮށްފައި އިން މެސެޖެކެވެ. އޭނާ އެވަރަށް ގުޅުމުން ފޯނު ނުނަގާފައި ލާރާ އަށް މެސެޖް ކުރުމުން ނަވާރްގެ ހިތައް ތޫނު ތަދެއް ވިއެވެ.

“ތި މީހުން މޭރީ ބްރައުންގަ ކާން ތިބެ ދެއްކި ވާހަކަ މަށައް އިވުނު.. އަސްލު މަ ވެސް ކާން އިންނާނެ އެދުވަހު ގޮސްފަ.. ތިމީހުންގެ ފުރަގަހަށް ވާހެއް އިނީމަ އަޅާއި ނުގަތީ އެ.. ތި ކައިވެނީގެ ހަގީގަތް މަށައް އެނގޭ.. މިހާރް ވަރަށް އުފާވޭ އެބަ ތިކުރާ ކަމެއް ނިމުނީމަ ޔަޒަން އަހަރެންގެ ގާތައް އަންނާނެ ކަމުގަ ޔަގީން ކަން ލިބުނީމަ..” ލިބުނު ހައިރާން ކަމަކާއިއެކު ނަޥާރްގެ ދެލޯ ބޮޑުވިއެވެ. ލާރާގެ ވާހަކަ ހުރިގޮތުން ނަވާރްގެ ގާތައް ރުޅިއައެވެ. އޭނާއާއި ޔަޒަންގެ އެންމެ ބޮޑު ހަގީގަތް ލާރާއަށް އެނގުމުން ނަވާރްގެ ހިތުގެ ހަމަ ޖެހުން ގެއްލިއްޖެއެވެ. އެހުރިހާ އިރު އެއްޗެއް ނުބުނެ ހުރި ނަމަވެސް އިތުރަށް ކެތެއް ނުވިއެވެ.

“ބުނަން ވާހަކައެއް.. ޔަޒަންއެއް ނޫޅޭ..ތި ލާރާ އަކާއި ހެދިއެއް… ކޮންމެ އެއްޗެއް އެދުވަހު އިވުނަސް މަށައް ޔަގީން ޔަޒަން މަ ދޫކޮށްލާފަ ނުދާނެ ކަން.. އެދުވަހާއި މިއަދާއި ވެސް ތަފާތު..ހީ އޯލްރެޑީ ޕްރޮޕޯސްޑް..ހަހް..ތިހުރީ ދެން އެނގިފަ..އޭނާއަށް ހަދާފަ ދިޔަ ގޮތައް ފަހު ވެސް އަންނަން ކެރިއްޖެ ދޯ..ލާރާއަކަށް ނުޖެހޭނެ އަހަރެމެން ދެމީހުންގެ ދިރިއުޅުމަކަށް ވަންނާކަށް..” ނަވާރްގެ މޫނުމަތިން ފެނުން ވިދުވަރަކުން ލާރާގެ މޫނުމަތި ވަގުތުން ބަނަވިއެވެ.

“އެއީ ނަވާރް އާ ބެހޭ ކަމެއް ނޫން..ލެޓްސީ.. އިފް ހީ އިޒްންޓް ލަވް މީ ދެން އޭނާ މި އެއް  ވެސް ނުބާއްވާނެ އޭނާގެ އަތަކު ދިހަ އަހަރަށް ފަހު…މި އަދި ކުޑަ އެއްޗެއް..  ނަވާރް އަށް ވެސް އެނގޭނެ އޭނާ އަށް މިފަދަ އެތައް އެއްޗެއް ގަނެވޭނެ ފަދަ ތަނަވަސް ކަން ހުރިކަން.. އަމް ހިޒް  ފަސްޓް ލަވް.. ހީ ކާންޓް ލީވް މީ އެއަށް ވުރެން ކްލޯޒްކޮން އުޅެފަ ހުންނާނީ…” އަރިއަކަށް އަނގަހަދައި ލައިގެން ހުރެ ލާރާ ދައްކާލީ ތަންކޮޅެއް ކުރިން އެއްދުވަހަކު ޔަޒަންގެ ކެބިން އިން ނަވާރްއަށް ފެނުނު މުށައް ލެވޭ ވަރުގެ ކުޑަ ބެއާރ އެވެ. ވަގުތުން ނަވާރްގެ ހިތް ހީވީ ތޮރުފުނުހެންނެވެ.  ފެންކަޅިވެގެން ދިޔަ ނަމަވެސް ދާދި އަވަހަށް މޫނައް ވެރި ހިތްތަދި އަސަރުތައް ފޮރުވާލިއެވެ.

“މަށައް ކިހިނެތް އެނގެނީ ތި ލާރާ އަމިއްލަ އަށް ގެންގުޅޭ އެއްޗެއް ނޫން ކަމެއް ވެސް..  އަމް ޝުއާ ޔަޒަން ވިލް ނެވާ ލަވް އަ ސައިކޯ ލައިކް ޔޫ..” ނަވާރް ބުނަން ބޭނުންވި ބަސްތައް ބުނުމަށްފަހު ނުކުމެގެން ދިޔައެވެ. ނަވާރް އެތާގައި ހުންނަން ބޭނުން ނުވުމުން ލާރާއަށް  އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަވަހަށް ނުކުމެގެން ދިޔައެވެ.

ނަޥާރް ނުކުމެގެން ދިޔައިރު ޔަޒަން އަނެއް މަގުން އަންނަނީއެވެ. ޔަޒަން ގޮވާލި ނަމަވެސް ނަވާރްއަކަށް އެއަޑެއް ނީވުނެވެ.ނަވާރް ލޯ ފުހެމުން މާ ބާރަށް ދާން ހެދުމުން ޔަޒަން އޭނާގެ ފަހަތުން ދާން އުޅެނިކޮން ފާޑަކަށް ހެވިފައި ހުރި ލާރާ ފެނުނެވެ. ޔަޒަން ސިހުނީ ލާރާގެ އަތުގައި އޮތް ބެއާ ފެނުމުންނެވެ. އެއީ ލާރާ އާއި އޭނާ ރައްޓެހި ވި ދުވަހު ލާރާ އޭނާއަށް ދިން އެއްޗެކެވެ. އޭނާ  ވާނީ އަހަރުތަކެއް ކުރިން ލާރާގެ ބޮލަށް އަނބުރާ އެ ޖަހާފައެވެ. މިއަދު ލާރާ އެހިފައިގެން ހުރުމުން ހައިރާން ނުވެ ނުހުންނާނެތާއެވެ.  އަނގައިން ނުބުނެ ދާން އުޅެފައިވެސް ޔަޒަން އެތެރެއަށް ވަނެވެ.

“ވަޓް ދަ ހެލް  ޔޫ ހޭވް ޑަން ޓް  ހާ..” ޔަޒަން ވަން އިރު އެމޫނުމަތިން ފެނިގެންދަނީ އިންތިހާ ރުޅިވެރިކަމެވެ.

ޔަޒަންގެ އަޑުއިވުމުން ލާރާ ދިޔައީ  ސިހިގެންނެވެ. އޭނާގެ މޫނުން އުފާވެރިކަމެއް ޔަޒަން ފެނުމުން ފެންނަން ހުއްޓެވެ.

“އަހަރެން ނުބުނަން އެއްޗެއް.. ނަވާރް  ތަންކޮޅެއް ކަންތައް ބޮޑުވީ..މަ ޔަޒަން ޖަހައި ގަނެފާނެތީ…”ލާރާ ހެދީ ދޮގެވެ. އިތުރަށް ޔަޒަން މަޑުނުކޮށް ދިޔައީ ލާޜާއާއި ވާހަކަ ދެއްކިނަމަވެސް ކުރިއެރުމެއް ނުލިބޭނެކަން އެނގޭތީއެވެ. އެއި މާޒީގައި ވެސް ކަން ހިނގީ އެހެން ކަމަށް ވީތީއެވެ.  ނަމަވެސް ޔަޒަންގެ އެއަމަލުން ލާރާއަށް ނެނގުނީ ނުބައި މާނައެކެވެ.

“އައި ކާންޓް ލޫޒް ޔޫ ޒޭން.. ނަވާރްއަކަށް ނޫން އަހަންނަށް ހަމަ ޒޭން ލިބެންޖެހޭނީ.. އަހަންނަށް ކުރީކޮޅު ނުވިސްނުނީ އޭ.. އޭރު ފިޔަވަޅެއް ނޭޅުނީމަ ގިލްޓީ ވޭ އެބަ .. އެހެންނަމަ ތި ދެމީހުން ކައިވެނި ވެސް ކުރާކަށް ނުޖެހުނީސް.. އަމް ދަ  ވަން ހޫ ދިޒާވް ޔޫ..” ލާރާގެ މޫނުމަތިން ފެނިގެންދިޔައީ މަކަރްވެރިކަމެވެ.

***

ޑިއުޓީ ނިމެންދެން ނަވާރް އުޅުނީ ޔަޒަން އާއި ފިލައިގެންނެވެ. ފަހުން ޔޫޝައުގެ ފަރާތުން ޔަޒަން އޭނާ ވަރަށް ހޯދި ވާހަކަ އިވުނު ނަމަވެސް ހިތައް ކޮށްފައިވި އަސަރެއްގެ ސަބަބުން ނަވާރް އެއްގޮތަކަށް ވެސް ޔަޒަންގެ ކުރިމައްޗަށް އަރާކަށް ބޭނުމެއް ނުވިއެވެ. ގަޑިޖެހުމާއި އެކު ޓެކްސީއެއްގައި ގެއަށް އައި ގޮތައް ޔަޒަން އަންނަން ވާއިރަށް ނަވާރް ހެދުމެއް ހިފައިގެން ސާކިރްއާއެކު ދިޔައީ ގެޔަށެވެ. ދޮރުމަތިން  މީޝަމް ފެނިގެން ނަވާރް މީޝަމް އާއި އެކު އެބަޔަށް އެރިއެވެ. ނަވާރް ހުރިގޮތުން މީސަމްގެ ހިތުގައި އެތައް ސުވާލެއް އުފެދިގެން އެވަގުތު ކުރިނަމަވެސް ނަވާރްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. މީޝަމްގެ ކޮޓަރިއަށް ވަދެވުމުން ނަވާރް ފުރަތަމަ ވެސް ގޮސް އެނދުމައްޗަށް ޖެހިގަތެވެ. އެހުރިހާ އިރު ހިފަހައްޓާއިގެން ހުރި ކަރުނުތައް ބޭރުކުރަން ފެށިއިރު ގިސްލެވެމުން ދިޔައެވެ.

” ނަވާ..ތިހެން ހެދީމަ އަހަރެން ވަރަށް ބިރުގަނޭ އެބަ .. ލަވް ދެން އަހަރެން ނުތަޅުވާ ބުނެބަ..އެނގެއެންނު އަހަރެން މީ ނިކަން އަވަހަށް ހާސްވާ މީހެއްކަން .. ބުނެބާ  ކިހިނެތްތަ  ވީ..” ނަވާރް އެގޮތައް ރޯނީ ވަރަށް ދެރަވެގެން ކަން މީޝަމްއަށް އެނގެއެވެ. މީޝަމް ހާސްވެގެން އެތައް ސުވާލެއް ކުރި ނަމަވެސް ޖަވާބެއް ނުދިނެވެ. ނަވާރްގެ ބުރަކަށީގައި ފިރިމަމުން މީޝަމް މަޑުކޮށްލީ އިރުކޮޅެއް ވުމުން ވެސް ހަމަޔަކަށް އެޅިދާނެކަމަށް ބަލާފައެވެ. އެހން އިންދާ ޒަޔާން ގުޅިއެވެ. މީ ޒަޔާން އާއި ބައްދަލުކުރަން އެގެޔަށް ދާން ބުނި ގަޑިކަން ހަނދާން ވީވެސް އެވަގުތުއެވެ. މީޝަމް ކޯލް ބިޒީ ކޮށްލައިފާ މެސެޖްއެއްކޮށްލިއެވެ. މަންމައާއި އެކު ކަމެއްގައި ބިޒީ ވިއްޔޭ ކިޔާފައެވެ. ނަވާރްގެ ނަން ވެސް ނުގަތީ އޭރުން އޭނާ ނާންނަން ބުންޏަސް ޒަޔާން އަންނާނެތިއެވެ. އިރުކޮޅެއްފަހު ނަވާރް ހަމައަކަށް އެޅިގެން ހުއްޓާލައިފިއެވެ. އޭރު ދެލޯ ދުޅަވެގެން ގޮސް ވަނީ ރަތްވެފައެވެ.

“ނަވާ  ކެން ޔޫ ޓެލް މީ ވަޓްސް ގޮއިން އޮން.. މަށަކަށް ކެތެއް ނުވޭ ތިހެން ރޯތަން ބަލާކަށް..” މީޝަމް ޓިށޫއަކުން ނަޥާރްގެ ދެލޮލުން އަންނަމުންދިޔަ ކަރުނަތައް ފުހެލަދިނެވެ.

ހިތްވަރުކޮށްލާފައި މިއަދު ޔަޒަން ހެދިގޮތް މީޝަމްއަށް ނަވާރް ކިޔައިދިނެވެ. އަދި ލާރާގެ ކަންތައް ކިޔައިދިނެވެ. ކިޔައިދީ ނިމުނު އިރު މީޝަމް އިނީ ހައިރާން ވާގޮތްވެފައެވެ. ލާރާ ދެކެ އޭނާ އިނީ އިންތިހާއަށް ރުޅިއައިސްފައެވެ. ކުރިމަތީގައި އިންނަމަ އޭނާ މިހާރް ލާރާގެ މޫނުމަތީގައި ޖެހީހެވެ.

“ޑޫޑް … ނަވާ ދެކެ ޔަޒަން ލޯބި ނުވެއޭ މަށެއް ނުބުނާނަން .. އޭނަގެ ދެލޮލުން ނަވާ އާ  ދިމާ ބަލައިލާ ގޮތާ އެހެން ހުރިހާ މީހުނަށް ޓްރީޓް ކުރާ ގޮތާ ނަވާއަށް ޓްރީޓް ކުރާގޮތް ހާސްބައި ތަފާތް… މަށައް ހީވަނީ ލާރާ ނުބައި ގަނޑެއް ގަންނަނީހެން…  ދެކޮޅު ބަލާފަ އިނގޭ ޑިޒިޝަން ނަގާނީ..” މީޝަމްގެ މޫނުމަތިން ހައިރާން ކަން ނޫން އިތުރު ޝުއޫރެއް ފެންނާކަށް ނެތެވެ.

“މީޝް.. ޔަޒަން ބުނި ހީ ހޭޒް ފީލީންގްސް ފޯރް މީ  އޭ.. ބަޓް ދެޓް ޑަޒްން މީންޓް  ލަވް ރައިޓް…އަހަރެން ދެކޭ ގޮތުގައި އިހްސާސް ތަކެއް އުފެދުމާއި ކަމުދިޔުމާއި ލޯތްބަކީ ތަފާތު ތިން އިޙްސާސް.. ޔަޒަން އަހަރެމެންގެ ކައިރީގަ ބުނީ އާންސްވާ އެއް ދޭން.. އެކަމަކު އޭނާގެ ގާތުގަ ލާރާގެ ވާހަކަ އަހާ ކޮންމެ ފަހަރަކު ޓޮޕިކް ޗޭންޖް  ކޮށްލަނީ..އަހަރެން ޔަޒަން ދެކެ ވަރަށް  ލޯބިވޭ..އެކަމަކު އޭނާ ލާރާ ދެކެ ކަންނޭގެ ލޯބިވަނީ …” ނަވާރް ރޮމުން ރޮމުން ދެއްކި ވާހަކަތައް އިވި މީޝަމް ވަރަށް ދެރަވިއެވެ. އިތުރު އެއްޗެއް ނުބުނެ ނަވާރްގެ ގައިގާ ބައްދާލައިގެން  އިނދެ މީޝަމް ބެލީ ނަޥާރްގެ ރުއިން ހުއްޓުވާލެވޭތޯއެވެ. އެހާ ދެރަ ވެފައި ހުއްޓާ ބުނެވޭ އެއްޗަކުން އިތުރަށް ނަޥާރް ދެރަވެސް ވެދާނެއެވެ.

“މީޝް އަހަރެން ބޭނުން ޔަޒަން އާ ލާރާ އާ ދެމީހުންގެ ދޭތެރޭގައި ހިނގިކަންތައް އެނގެން…އެކަމަކު ކިހިނެތް …” ނަވާރްގެ މޫނުމަތީގައިވަނި ހިތްދަތި ކަމަކުން މީޝަމް އިނީ ރޮވޭވަރުވެފައެވެ.

“އަހަރެން އަހަންތަ ޒަޔާން ކައިރީގަ.. ނުބުނާނަމޭ ނަވާ އެހިއެކޭ… ” މީޝަމް އިދެފައި  ބުނެލި ވާހަކަ އަކުން ކަރުނައިގެ ތެރެއިން ވެސް ނަވާރްއަށް ކީކޭ ހޭ އަހައިލެވިއްޖެއެވެ. މީޝަމް ގާތައް އިނީ ނަވާރްގެ އެއަމަލުން ހިނިއަންނަގޮތްވެފައެވެ.

“އަމް އިން އަ ރިލޭޝަންޝިޕް  ވިތް ހިމް…އެ ވާހަކަ ކިޔާށޭ ނަވާ ކައިރީ ކާން ޑާން ހިނގާށޭ ރޭގަ ބުނީ..އެކަމަކު ނައީ އެންނު..” މީޝަމް ތުންހަދައިލިއެވެ.

“ދެން މީޝް ބުނަން ވީ އިނގޭ …ކުރީ ދުވަހު ފައިލް ކަންތަކާ ކުޑަބެ އާ ވާހަކަ ދައްކާނަމޭ ބުނީމަ މަ ހީކުރީ އޮފިސް ތެރޭން އަހަން ކަމަށޭ…އޭޜުވެސް ދެމީހުން ރައްޓެހިވެގެން ތަ އުޅުނީ.. ކިހިނެތް..ލައިކް ހައު ޔޫ ގާއިޒް އިންޑެޑް ދިސް ..” ނަވާރް ހައިރާންވެފައިޥާ ވަރުން ރަނގަޅަށް ޥާހަކަ ވެސް ނުދެއްކެއެވެ.

“ޔާ އެދުވަހު އޭ ދޯ ބުނާނީ..އެދުވަހުގެ ހަވީރް އަހަރެން ޔެސް ބުނީ ތިގެޔަށް އޭނާއާ މީޓް ކުރަން ގޮސް…” މީޝަމް، އޭނާއާއި ޒަޔާންގެ ވާހަކަ ތައް ކިޔައިދޭން ފެށުމުން ނަވާރް ވެސް ހަމަޔަކަށް  އެޅިފައި އަޑުއަހަން އިނެވެ.

***

ޝަހްރޫޒް ގޮނޑި ދުއްވަމުން އައިސް ހުއްޓިލީ ލިވިންގް ރޫމު ސޯފާތަކުން ސޯފާއެއްގައި އިން މިލީނާގެ ގާތަށެވެ.ޝަހްރޫޒްގެ މޫނުމަތީގައި ހުރީ މަކަރުވެރި ހިނިތުންވުމެކެވެ. އެހެން އިނދެފައި މިލީނާއަށް ގޮވާލި އެވެ. މިލީނާ ބަލައިލުމުގެ ކުރިން ޝަހުރޫޒްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ.

“ދަރިފުޅާ .. ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް އެބައާދޭ މިގެއަށް.. އޭނަ މިގޭގަ ބަހައްޓަން ބައްޕަ ކައިރީގަ އެހީ … އެކުއްޖާގެ ބައްޕަ ހަފްތާއަކަށް ރާއްޖޭން ބޭރަށް ދާން ނިކަން ކުއްލިގޮތަކަށް ޖެހިގެން.. ބައްޕަ ބުނިން އާއެކޭ.. މިހާރް އެބައާދޭ..އޯކޭ ތަ..އަންހެން ކުއްޖެއް އެއީ .. ކުއްލި ގޮތަކަށް ވީމަ ބައްޕައަށް ވެސް ނުކެރުނީ.. ނޫނެކޭ ބުނަން…”  ޝަހްރޫޒްގެ ވާހަކަ ނުނިމެނީ މިލީނާ ބުނީ ފުރަތަމަ ޔަޒަން އަށް ގުޅާފަ އެހުމަށެވެ. މި ޔާމީންގެ ގެއަށް ވީމަ އެކަހަލަ ހުރިހާ ކަމެއް ނިންމުމުގެ ހައްގު އޮންނާނީ ޔަޒަންއަށޭ މިލީނާ ބުނެލިއެވެ.

ޝަހްރޫޒް ފޯނު ނަގާފައި ވަގުތުން ޔަޒަންއަށް ގުޅާލިއެވެ. ޔަޒަން ފޯނު ނެގުމާއެކު މިލީނާގާތު ބުނެލި ގޮތައް ޔަޒަންގާތު ބުނެ ނުހަނު ނިޔަނެތިވެފައި ހުއްދަ ހޯދިއެވެ. ޝަހްރޫޒް ފޯނު ބޭއްވިއިރު މޫނުމަތިގައި ހުރީ މަކަރުވެރި ހިނިތުންވުމެކެވެ. ޝަހްރޫޒް ސިހުނީ މިލީނާ ގޮވައިލުމުންނެވެ.

“ޒޭން ބުނީ އޯކޭ އޭ..ވަރަށް ބިޒީ ކޮންނޯ މިއުޅޭނީ އެހެންވެ އެ ބޭއްވީ.. “ޝަހްރޫޒްގެ ވާހަކައިވުމުން މިލީނާ ބަދިގެއިން ނުކުތް މުރާދުއަށް ގޮވާލައިފާ ހަތަރުވަން ފްލޯގައި ހުރި ގެސްޓް ރޫމް ތައްޔާރް ކުރަން ބުނެލިއެވެ. މުރާދު ދިޔަ ތާ އިރުކޮޅެއްފަހު ބޭރުން ފޮއްޓެއް ދަމަމުން ވަދެގެން އައި އަންހެން ކުއްޖާފެނި މިލީނާއަށް ހުއްޓުން އެރިއެވެ. މިލީނާގެ މޫނަށް ރުޅިވެރިކަން ވެރިވާން މާ ގިނަ އިރެއް ނުވިއެވެ. އޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮން ފެނުނީ ޝަހުރޫޒް އޭނާގެ ގާތައް ގޮނޑީގައި ގޮސް ހުއްޓި މަރްހާބާ ކީތަނެވެ.

“ލާރާ… އަލީ ހިލްމީ.. މި އަލީ އަކީ ތަ ބައްޕަ ގެ ރައްޓެއްސަކީ..” މިލީނާގެ މޫނުން ފެނިގެންދިޔަ ނުރުހުން ލާރާއަކަށް ސިއްރެއް ނުވިއެވެ. ހިތް ނުތަނަވަސް ވިއަސް މިގެއަށް އޭނާ އައި ބޭނުން ހަދުމަކޮށްލައިގެން ހުއްޓެވެ.

*****

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ދަތުރު (އެއްވަނަ ބައި)

Next

ދަތުރު (ދެވަނަ ބައި)

Next
July 31, 2024

ދަތުރު (ދެވަނަ ބައި)

Previews
July 31, 2024

ދަތުރު (އެއްވަނަ ބައި)

24 Comments!

  1. LAM says:
    July 31, 2024 at 2:51 am

    Woww v reethi 🥰🥰
    Vvv roan ves rovefin mi part kiyaalaafa😩😩😩
    Dont do this to my nawa and koo😭😭
    Submit kuri vaahaka buny suren just cant wait
    Irukolhakaa balaalevey
    Heheh

    This is my fav🥹😍😍🔥🔥

  2. Cutie girl says:
    July 31, 2024 at 6:28 am

    Mi part vx v Reethi masha allah
    Shahurooz ge plan flop kohlaa
    Mi part kiyaafarovijje
    Laara fonuvaala egeyn
    Yazan and nawaa dhuru nukurachey
    They both are made for each other
    Mihuraan ves marry kuruvaa kujakaa
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Please yazan and nawaa gulhuvachey
    Mi part kiyaafa v dhera vejje
    Laara haadha goahey
    Finally nawaa realised she loves yazan
    Next part ge intizaaru ga
    Nawaa and yazan ge love story v Reethi masha allah
    Love you ❤️😍

  3. Cutie girl says:
    July 31, 2024 at 6:40 am

    Nawaa koo dheke loabivaa vaahaka bunaane irehga intizaaru ga
    Irukolhu kohlaa beley vaahaka kobaatho
    V happy vey avahah story kiyaalan libeythee
    Shahurooz ge plan flop kohlaa
    Laara haadha goahey eyoh Loabi couples dhuru kuran eulheni
    Laara koo men geyn nerey

  4. Sil says:
    July 31, 2024 at 8:39 am

    Ehe noooon whyy laara😭😭😭😭
    I hate this bitc* 😡 avas v gothakun mihuran r nawa ge masahkai fashuva
    Nawa r koo ge storyga kunyeh nujassuvahchey😩😩😩 I cried mi part kiyaafa a lot😭😭
    When i read mihuran ge part 😭😭😭

  5. Vaseefa says:
    July 31, 2024 at 10:15 am

    V reethi🥰
    Avahaha next part up kohla dhehche😭

  6. Vaseefa says:
    July 31, 2024 at 10:15 am

    V reethi🥰
    Avahaha next part up kohla dhehche😭

  7. Rooya says:
    July 31, 2024 at 5:30 pm

    Reehchey my dear mi part ves
    Cant even dream mi laaraa dhen hadhaa gotheh
    She is kinda weird tho
    Kurin ukhun ragalhuvegen🤨🤨
    I hate her😠
    Ekm nawa and koo suhaa graathu ves dw😳🤭🤭🫢
    Heheh vvv cute ekmaku rovihje heskiyaafa😭😭😭🤍🤍🤍😬😬😬
    Curiously waiting for another part☺️☺️😍😍😍😍

  8. Yazan says:
    July 31, 2024 at 5:31 pm

    Vvvv reethi Maasha allah 🤗
    Shahurooz dhw mi meega huriha nubaeh hadhani 🤔
    Can’t wait for the next part 😊❤️

  9. Ibrahaahim says:
    July 31, 2024 at 5:31 pm

    Lara ge unfinished business aa gen dw eyaee😡😡
    Huvaaa foohi anheneh

    Eyhchakah gotheh hadhan uohey ahrun vegen
    Ma gola hurinama hey aruvaalees😬😬
    V furihama

  10. Shayerrr 💞 says:
    July 31, 2024 at 5:36 pm

    Aana ge e vaahaka thakun ehen dhimaalakah eba mindh dhey
    Hyvany. E hospital in furatahama gadeh ganefa hurihen eulhey bad grp 🤨
    V sus mi shahrooz kurin ves
    Mihaaru dhen yageen vehje maa bodah ves😭
    I hope nawa and koo ah easy kon mikan dhaane kamah
    I realky dont wanna see them breaking apart😩😩
    That hurts

    Mihuraan ah ves gotheh hafhaala dheeba
    Kurin part ehga comment section ga kuthoi bunihen i ah ves hyvany aana hen eulheny coma ga
    Konme ves gothakun muhuraan ge life ah meehaku annaane ey hiy bunany😭😭😭😭
    I wish storyge thereyah i ah vadhevifa eyna ge gf ah i huri nama ey😳😳😂👊

    Soooooooooooo muchhhh love for this
    My fav kuhjja annora live🥰🥰🥰

  11. Aishoo says:
    July 31, 2024 at 6:19 pm

    Reethi igey
    Kon iraku aneh part 🥰

  12. Zeyn says:
    July 31, 2024 at 7:44 pm

    Vrh reethi 😍
    Koo an navaa dhuru nukurahchey
    Loved their scene❤️
    I just hate that laara😒
    Koo should tell his tea about laara to nava, poor nava is suffering too much
    Dont let laara ge plan succes and Eyna nerela egeyh, hama koo aa nava deythereah vahnan
    Shahrooz is such a evil person he can’t even leave his kids, let everyone know his truth and put him in jail
    Wish mihuran the best an hope he can find his love soon
    Waiting for next

  13. Amaany says:
    July 31, 2024 at 8:23 pm

    Wt 🤬 mi laara is such a bch 😩😩😩
    How dare you shahrooz😩😩😩
    Aslu yazan nubune huryma maa goahey vany
    Nawa ah ves visneyny enme bad kon
    Alhey this breaking my heart 😭😭😭😭
    Can’t wait for the next
    Im just speacheless aha my stomach ga butterflies dhuvi hen heevi dhenme nawa r koo ge romantic scene kiyaa nimun iru

    🔥🔥🔥🤭🤭
    I loveeeeeeeeee the way meesham is helping nawa💞💞
    I wish I could get a best friend like that
    Even zeheke is doing alot for all
    Zehek ah suffer kirevey varah jassahchey hithaamatha😭😭😭
    Aslu they all should make grp and stay together it will be easg nu for them😩😩
    But it iss tooo good dhaa goiii

    I love you and i live this part my fave kolhu🥰🥰🥰🥰😘😘

  14. Moosa says:
    July 31, 2024 at 8:30 pm

    Vv reethi cant wait for the next

  15. Ai says:
    July 31, 2024 at 9:55 pm

    Vv reethi…
    Curiously waiting for the next part …
    Hope it will be updated soon…

  16. Zaan@@ says:
    July 31, 2024 at 10:17 pm

    When you will upload next part 😭😭😭
    Couldnt bare without it 😭😭😭🙌🙌🙌😍😍

  17. އަރޫ says:
    August 1, 2024 at 9:54 am

    V kiyaa hithun mihury kon irskun next 😍
    V reethi vaahaka eh mi

  18. Anonymous says:
    August 1, 2024 at 10:21 am

    Can’t wait for the next part. vrh vrh reethi mi part vx

  19. ސަހާ says:
    August 1, 2024 at 7:43 pm

    Aigooo mi laaran amd sharooz kaiveni kuruvan v 😡😡😡
    Ahchi dhen haadha foohi myha gadejey amihla dharinnau vs rahumeh neh 🤬
    Hihdhathi mulhin nawa ge haalayhun
    Yazan shouldn’t keep it a secret
    It gives hurts to both of them😩😩
    Cant wait for the next episode 🤍🥹

  20. ލަޑްކީ says:
    August 1, 2024 at 7:44 pm

    ވަރަށް ރީތި
    ނެކްސްޓް ޕާޓް ނެރޭ ދުވަހެއް ބުނެލަ ދެއްޗޭ

  21. Zidhan says:
    August 1, 2024 at 10:36 pm

    F
    U
    R
    I
    H
    A
    M
    A

    Cant wait any longer 🙌

  22. Hdh nldo kuhjeh says:
    August 1, 2024 at 10:40 pm

    Gurl kyhve tha esfiya kudhin story upkohdheyn lasthakeh mivany
    Irukolhakaa mioh beleny up veytho

    Annorage insta storyga part 28 submit kohfa in kamah inthan fenuneen suren hama beleny

  23. @ikoo says:
    August 2, 2024 at 1:11 pm

    Stayed up too late next part up veytho🫢
    When is next part dear😳

  24. some says:
    August 23, 2024 at 5:11 pm

    mi vaahaka kiyaigen roe roe halaakuvehge varah reethi vaahaka eh

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 28←


All Right Reserved!