Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (16 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
November 21, 2015 5 Mins Read
20 Comments

ޝެރިން ފެނުމާއެކުހެން ޖޭޑާއިއެކު އައިސް ހުންނަ ‘ނުރައްކާ’ މީހާ ހީވީ އަނދައިގަތް ހެންނެވެ. ޝެރިނަށް ގޮވާ ގާތަށް ގެނެސް އެއްކަލަ ހޮޅިގަނޑު ނެގިތަނުން، ޝެރިން ދެލޯމަރާލީ ލިބޭނޭ ވޭން މާކުރިން އިޙުޞާޞްވާހެން ހީވީމަ އެވެ. ފުރަތަމަ ޖެހި ޖެހުމުންވެސް ހީވީ ޝެރިންގެ ގައިގައިވި ހުރިހާ ކަށްޓެއް ބިންދައިގެންދިޔަ ހެންނެވެ. ތަދުވެގެންގޮސް ހަޅޭއްލަވާގަނެވުން މެއެވެ. މޫނުމައްޗަށް އަނދިރިވެ، ހުރިތަނަށް ތިރިވެވުނެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝެރިންގެ ގައިގައި ނުޖަހާ ގިނައިރު ވާން ފެށުމުން އިސްނަގާ ބަލާލި އިރު ފެނުނު މަންޒަރަކުން ޝެރިން ހައިރާންވި އެވެ. އޭރު އެހެން ކުދިންވެސް ތިބީ މިފެންނަ މަންޒަރު ޤަބޫލު ނުކުރެވިފަ އެވެ. އަދަބު ދޭމީހާގެ އަތުގައި، ޝެރިން ގައިގައި ޖެހިޔަ ނުދޭން ހިފަހައްޓައިގެން އެހުރީ ޖޭޑެވެ.

“ޚަބަރުދާރު! އޭނައާ އަނިޔާ ނުކުރާތި!” ޖޭޑް ހަޅޭއްލަވާގަތެވެ. އޭރު އޭނާ ހުރީ ރުޅިއައިސް ރަތްވެފަ އެވެ. “އަޑުއިވޭތަ؟؟ އޭންހް؟؟؟”

ޖޭޑް ގެނައި ކުއްލި ހަރަކާތަކާއެކު އެމީހާ އަތުގައި އޮތް ހޮޅިގަނޑު ދަމާގަތެވެ.

“އޭތް! ކަލޭތީ މިތަނުގެ މުއައްޒަފެކޭ!!” އެމީހާވެސް އިރުކޮޅަކު ހައިރާންވެ ހުރެފައި ރައްދު ދިނެވެ. “އަމިއްލަ މަޤާމުގަ މާ މައްޗަށް ނާރާހުރޭ! މީ އަހަރެންގެ މަސައްކަތް! މިކަމަށް ހުރަހެއް ކަމަށް ކަލޭ ނުވިއްޔާ ރަނގަޅުވާނީ…!”

ޖޭޑާއި އެމީހާ ހޫނު ބަހުގެ ހަމަލާ ދެމުން ގެންދިޔައިރު، ޝެރިން އޮތީ ގުޑާވެސް ނުލެވިފަ އެވެ. އޭނާގެ ހަށިގަނޑުގައި އަޅާވޭނަށް ކެތް ކުރެވެނީ ކިރިޔާ އެވެ. އެވަގުތު ޔޫކޯ އާއި އެހެންކުދިންވެގެން ޝެރިން އެއްފަރާތަކަށް ގެންދިޔަ އެވެ. ޖޭޑާއި އެމީހާގެ ބަސްތައް ދެން ބަދަލުވާންފެށީ ޢަމަލަށެވެ. އޭރު ތަނުގެ އެހެން ބައެއް މުއައްޒަފުންވެސް އެތަނަށް އައިސްފި އެވެ. އެމީހުންނަށް އެދެމީހުން ހިފަހައްޓާލެވެނީ ހަމަކިރިޔާ އެވެ.

އޭރު އެހެން ކުދިން ތިބީ ގުޑިލާންވެސް ނުކެރިފަ އެވެ. އެކުދިންނަށް ހަމައަށް ނޭވާވެސް ލެވުނީ އެހުރިހާ އެންމެން އެތަނުން ދިޔުމުންނެވެ. އެވަގުތު ޔޫކޯ އާއި މިޒޫކީ ދުވެފައި ޝެރިންގެ ގާތަށް އައެވެ. އަދި ރޮވިފައި ޝެރިންގެ ގާތުން މައާފަށް އެދުނެވެ.
“ޝެރިން… ސޮރީ އިނގޭ… އަހަރެމެންނަށް ޝެރިނަށް ނުގޮވުނީ… މިޒޫގެ ގައިގަ ބޭސް އަޅައިދޭން ބަޔަކު އައީމަ އެތަނަށް ދެވުނީ… ދެން ފަހުން ކޮޓަރިއަށް ނުދަން… އެހެންވެ ނޭނގުނީ ޝެރިނަށް ނުހޭލެވޭކަން…”

ޝެރިން އެކުދިންނަށް މައާފުކޮށްދިނެވެ. އަދި އެއީ އެއްވެސް ކަމެއް ނޫން ކަމުގައި ބުންޏެވެ. ނަމަވެސް އޭނާ އަޖައިބުވި ކަމެއް އެބަ އޮތެވެ. އެއީ ޖޭޑެވެ. މިހާރަކަށް އައިސް ޝެރިނަށް އޭނަ ހާދަ ހެވެވެ. މިއަދުވެސް ހީވެސް ނުކުރާ ފަދަ ގޮތަކަށް އޭނާ އަދަބުން ސަލާމަތްކޮށްދިނީ އެވެ. ދެން ޝެރިނަށް ފާހަގަވަމުން ދިޔަ ކަމަކީ އޭނާ ޖޭޑަށް ކުރަމުންދިޔަ ނަފްރަތުކަން ކޮންމެވެސް ވަރަކަށް ކުޑަވަމުން އަންނަކަމެވެ. އަބަދުވެސް ޖޭޑް އޭނާއަށް ހިމާޔަތް ދޭން ހުންނާނަމައޭ ހިތަށް އެރި އެވެ. އޭނާއަށް އަދި ކިރިޔާ އެންމެ ތޭރަ އަހަރެވެ. ޖޭޑަށް އެވީ ސޯޅަ އަހަރެވެ. ދެމީހުންގެ ޢުމުރުގައި ވަނީ ތިން އަހަރުގެ ތަފާތެވެ. ނަމަވެސް ޝެރިންގެ އިޙްޞާޞްތަކަށް ކޮންމެވެސް ވަރަކަށް އަސަރު ކުރަމުން އަންނަކަން އޭނާ ފާހަގަ ކުރި އެވެ. މިއީ ކޮންކަހަލަ އިޙްޞާޞެއް ހެއްޔެވެ؟ ޝެރިންގެ ނަޒަރުގައި މިއީ އޯގާތެރި ކަމެވެ. ހިތްހެޔޮ ކަމާއި، އަޅާލުމެވެ. ނަމަވެސް ދެވަނަ ސިކުންތުގެ ތެރޭގައި މިހިތަށް އެރި އެއްޗަކާމެދު މޮޔަ ހީވި އެވެ. އޭނާ ޖޭޑަށް ހިތް ޚަލާސް ކުރަންވީ ކީއްކުރަން ހެއްޔެވެ؟ އޭނާ މިޙާލުގައި ގަނަތެޅެން ޖެހުމުގެ އަޞްލަކީ ހަމަ ޖޭޑް ވިއްޔާ އެވެ. ޝެރިނަށް ތުންފަތުގައި ދައިގަނެވުނެވެ.

އިރުކޮޅެއް ފަހުން ތަނުގެ މަޞްލަޙަތު ގޯސް ވުމުގެ ސަބަބުން މިއަދުގެ މަސައްކަތް އެކުދިންނަށް ފަސްކުރި ކަމުގެ ޚަބަރު، ތަނުގައިހުރި ލައުޑު ސްޕީކަރުން އިވުމުން ބައެއްކުދިން އުފަލުން ހަޅޭއްލަވާވެސް ގަތެވެ.

 

…………………………………………………

މިކްޔާލާއި، ޔައިންގެ ޓީމަށް ރާނީ އައުމުން އެމީހުންނަށް އިތުރު ކުރިއެރުމެއް ލިބުނެވެ. ރާނީ ކުރިން ޕޮލިހުގައި ކޮންމެވެސް ވަރަކަށް އުޅެފައިވުމުންނާއެކު، ޖަންގައްޔަށް ޝިކާރަކުރަންވެސް ދާތީ، އޭނާގެ ހުނަރުގެ ބޭނުންކޮށްގެން މިކްޔާލްމެން ތަމްރީނު ކޮށްދެނީ އެވެ. މިގޮތުން ވަކި އެއްޗަކަށް އަމާޒުކޮށްގެން ވަޒަން ދޫކުރުމާއި، އަޑެއް ބަޑެއް ލައްވާލުމެއްނެތި ހަރަކާތްތެރިވެ އުޅުމާއި، އިވޭ އަޑުތަކަށް ސަމާލުކަން ދެމުން ކުރިއަށް ދިޔުން ހިމެނެ އެވެ. މިތަމްރީނުތައް ވީ މިކްޔާލްމެންނަށް ލިބުނު އަގުހުރި ހަޒާނާއެއް ފަދަ ތަމްރީނުތަކަކަށެވެ.

މިކްޔާލް ޖަރުމަނުގައި ހުރި ޚަބަރު ލިބުނު ދުވަހު ދިނާޔާއަށް ކުރި އަސަރުގެ މަތިން މިކްޔާލް ހަނދާނެއް ނުނެތެ އެވެ. އެދުވަހު ކައިލް ނުހުރި ނަމަ އޭނާގެ މަންމަ ހެޔޮ ޙާލުގައި ހަމަޖެހިގެނެއް ނުހުރީހެވެ.

މިކްޔާލް ކައިލަށް ސްކައިޕް މެދުވެރިކޮށް ވީޑިއޯ ކޯލް ކުރީ އެރޭ ދަންވި ފަހުންނެވެ. ކައިލްވެސް އެގަޑީ ހޭލާ ހުންނާނޭކަން އެނގޭތީ އެވެ. ކައިލް ބުނި ގޮތުގައި މިހާރު އޭނަ އާއި ނީމްގެ ކައިވެނީގެ ފަހުން މަންމަ އުޅެނީ ވަރަށް ހަމަޖެހިގެންނެވެ. ނަމަވެސް ދިނާޔާ ނިދީގައި އޮވެގެން ޝެރިނަށް ގޮވާ ވާހަކަ ބުންޏެވެ. އެކަމާ މިކްޔާލްގެ ހިތަށް ވަރަށް އަސަރު ކުރި އެވެ.

ދާނިޔާމެންގެ ޚަބަރުވެސް އަހާ، ދެންވެސް އިތުރު ވާހަކަ ދައްކާފައި މިކްޔާލް އޮފްލައިން ވީ ދެގަޑިބައިވެ ބޮޑުވި ފަހުންނެވެ.

 

…………………………………………….

ކައިލްގެ ވިހިވަނަ އުފަންދުވަސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ނީމް ވަނީ ވިސްނާފަ އެވެ. އޭނާ ކައިލް އަންނަންވާއިރަށް ކޮޓަރި ތެރެ ޒީނަތްތެރި ކުރުމުގައި އަވަދިނެތި އުޅެމުންދިޔަ އެވެ. މާދަމާ އަކީ އޮކްޓޯބަރ މަހުގެ ބާވީސްވަނަ ދުވަސްކަމުން މިރޭ ބާރަ ޖަހާއިރު ކައިލަށް ސަޕްރައިޒް ޕާޓީއެއް ދިނުމަށް ނީމް މަސައްކަތްކުރަމުން ދިޔަ އެވެ. އޭނާ ބެލީ ކައިލަށް ވީހާވެސް ރީތި ކުލަތައް ބޭނުން ކުރެވޭތޯ އެވެ. މިގޮތުން އެނދުގެ ރަޖާގަނޑު މަޑު ފެހި ކުލައަށް ބަދަލުކޮށް، ދޮރުފޮތިތައް ވެސް ވަނީ ފެއްސާއި، ހުދުގެ ޑިޒައިނުން ޖަރީކޮށްފަ އެވެ. ކޮޓަރީގައި ހުރި ޓީވީގެ އެއްކައިރީގައި ފާރުގައި ވިދަވިދާ ހުރި ލުނބޯފެހި ކުލައިން ފަވާލެވިފައިވަނީ “އުފާވެރި 20ވަނަ އުފަން ދުވަހަކަށް އެދެން، ކައިލް!” މި ޢިބާރާތްކޮޅެވެ. ކޮޓަރި ތެރެއަށްވަނީ ލެމަން ފްލޭވަރގެ އުއްބައްތީގެ މީރުވަހުން އެއްވަސްވެފަ އެވެ. ބޮކިތައް ނިއްވާލާފައި ހުރި އިރު އަލިވަމުން ދިޔައީ އުއްބައްތިތަކުގެ ފެހި އަލިންނެވެ. ގަޑިން ރޭގަނޑު އެގާރަގަޑި ފަންސާސް ވުމުން ނީމް ކައިލަށް ގުޅި އެވެ.

“ހޭއި ކައިލް… ދެން އާދެބަލަ.. އޮފީސް އަދިވެސް ނުނިމޭތަ؟ ވަރަށް ބިރުގަނޭ އެކަނި އޮންނަން…” ނީމް ބުނެލި އެވެ.

އިރުކޮޅަކުން މި ނިމެނީއޭ ކައިލް ބުނެލަމުން ފޯނު ބޭއްވާލަމުން އޭނާ ކުރަމުންދިޔަ މަސައްކަތް ކޮމްޕިއުޓަރުގައި ރައްކާކޮށްލި އެވެ. އަދި މާދަމާއަކީ ބަންދު ދުވަހެއްކަމުން ކައިލް ކުރި މަސައްކަތްތައް ޕެންޑްރައިވަރަށް އަޅާލި އެވެ. އަދި ސެކިއުރިޓީ ގާތު މިނިމުނީ ކަމަށް ބުނަމުން އެއްޗެހިތައް ފައިލަށް އަޅަމުން ތެދުވި އެވެ. ސުޖާޢު އާއި ޙަވާލުކުރަންވީ ތަކެތި ސެކިއުރިޓީ އާއި ޙަވާލު ކުރުމަށްފަހު ގެއަށް ދިޔުމަށްޓަކައި އަވަސްވެގަތެވެ. އޭރު ދަންވަރު ބާރަޖަހާ ބޮޑުވެއްޖެ އެވެ.

ގެއަށް އައިއިރު މިހާރު ގޭއަށް ގެނެސް ހުންނަ އައު ސެކިއުރިޓީ ގާޑު އޭނާގެ އިންތިޒާރުގައި ގޭޓު ނުލެއްޕިފައި ހުއްޓެވެ. ކުރިން ހުރި ދޮރުވާނު ސުޖާޢުގެ ޢާއިލާއަށް ޚިޔާނާތްތެރިވުމުން ރާއްޖެ ނާދެވޭގޮތަށް ބޭރުކޮށްލީ އެވެ.

ގޭތެރެއަށް ވަދެގެން ދިޔައިރު ހުރިހާ ކޮޓަރިއެއްވެސް ވަނީ ނިވާލާފަ އެވެ. ނަމަވެސް އޭނާގެ ކޮޓަރިން ކޮންމެވެސް ވަރަކަށް އަލިކަން ފާޅުވެ އެވެ. ނީމް ހޭލާއިނދެގެން ކޮންކަމެއް ކުރަނީބާއޭ ކައިލްގެ ހިތަށްއެރި އެވެ. ހަމައެވަގުތު ނީމް އޭނާއަށް ގުޅައިގެން ދެއްކި ވާހަކަތައް މަތިން ހަނދާންވި އެވެ. އަނެއްކާ ނީމް އެކަނި އިންނަން ބިރުން ބޮކިތައް ޖެއްސީ ނޫންބާ އެވެ. މިހެން ހިތަށް އެރުމުން ކައިލަށް ހެވުނެވެ. މަޑުމަޑުން ގޮސް އޭނާއާއި ނީމްގެ ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އެވަގުތު ކޮޓަރިތެރެ އޮތްގޮތުން އޭނާގެ ދެލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. ކޮޓަރިވަނީ އޭނާއަށް އެންމެ ރީތި ކުލަކަމަށްވާ ފެހި ކުލައިން ޖަރީ ކޮށްލާފަ އެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނީ އޭނާއަށް ތަހުނިޔާ ކިޔާފައި ފާރުގައި އިން ލިޔުންކޮޅު ފެނިފަ އެވެ. މިއަދަކީ އޭނާގެ ވިހިވަނަ އުފަންދުވަސްކަމެއް ޚުދު އޭނާވެސް ހަނދާންނެތެވެ. ކައިލް ގުޑިވެސް ނުވާ ބުދެއްހެން ދޮރުކައިރީ ހުރުމުން ނީމަށް ހެވުނެވެ. އަދި ކައިލްގެ އަތުގައި ހިފައިގެން އެތެރެއަށް ވެއްދި އެވެ.

“ވާވް… ޤަބޫލެއްވެސް…. އޯހް ނީމް! ވަރަށް ބޮޑު ސަޕްރައިޒެއް ދޯ…! ވަރަށް އުފާވެއްޖެ އިނގޭ…! ތޭންކްސް ސޯ މަޗް… މައި ސްވީޓް ހާޓް!!” ނީމްގެ މަސައްކަތަށް ކައިލް ތަޢުރީފް ކުރަމުންދިޔައިރު އޭނާގެ ހިތް ތަޢުރީފު ކުރަމުންދިޔައީ އޭގެ ދިހަގުނަ އިތުރަށެވެ. އޭނާ ކުއްލިއަކަށް ނީމްގެ ގައިގައި ބައްދާގަތުމުން އުފަލުންގޮސް ނީމަށް ހަޅޭއްލަވާގަނެވުނެވެ.

ނީމް، އެނދުކައިރީ ހުރި ކުޑަ މޭޒުމަތީ ހުރި ކުޑަ ފޮށީގެ މަތިނެގި އެވެ. އަދި އުފަންދުވަހުގެ ހަދިޔާއަކަށް އޭނާ ކައިލަށް ގަތްދިން އަގުބޮޑު އޮމެގަ ބްރޭންޑުގެ ގަޑި ކައިލްގެ އަތުގައި އަޅުވައިދިނެވެ. އެވަގުތު ކައިލް ޝުކުރިއްޔާއޭ ބުނެ ނީމްގެ ދޮންދޮން އަތުގައި ބޮސްދިނެވެ.

ދެމީހުންވެސް އެރޭ ކެއީ އެކުގަ އެވެ. ކޮޓަރީގައި ހުންނަ ބޮޑު ބެލްކަނީގައި ދެމީހުން ތިބެ، ސަބްމެރިން ކަމުންދިޔަ އެވެ. ރޭގަނޑުގެ ރާނީވެސް ނީމާއި ކައިލްގެ އުފަލުގައި ބައިވެރިވަނީ ކަންނޭނގެ އެވެ. އުޑުގައިވި ތަރިތައްވެސް ފިޔަޖަހަމުންދިޔައީ އުކާލެވިފައިވާ ޖަވާހިރުތަކެއް ފަދައިންނެވެ. މާހައުލުގެ ފިނިހޫނުމިން އާދައިގެ ވަރެއްގައި ހުރުމުން އިތުރު ފުރިހަމަކަމެއް ގެނުވަ އެވެ. އިރުއިރުކޮޅާ ޖެހިލާ ފިނިފިނި ރޯޅިން ނީމްގެ ފަންފަން އިސްތަށިގަނޑު ވިހުރުވިގެންދަނީ ޖާދުވީ ގޮތަކަށެވެ.

 

…………………………………………..

މިހާރަކަށް އައިސް ޖޭޑް އެއްގޮތަކަށްވެސް ޝެރިންމެންގެ މަސައްކަތް ބަލާކަށް ނާދެ އެވެ. މިކަމާ ޝެރިން ކުރަންވީ އުފާކަމެއް، ވާންވީ ދެރަކަމެއް ނޭނގުނެވެ. ޖޭޑްގެ ބަދަލުގައި މިހާރު ހުންނަނީ އަލާރިކާއި ފުރާންޒް ކިޔާ ޕާޓޭންހެން ހީވާ ދެމީހުންނެވެ. އެދެމީހުން އައުމުން ކުރިން ދެމުންގެންދިޔަ އަނިޔާތައް އޭގެ ދެގުނައަށް ބަދަލުވި އެވެ. މިހާރު ހުރިހާ ކުދިންނަކީވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް އަސަރުކުރަމުން އަންނަ ކުދިންނެވެ.

މި ވޭނާއި ކެކުޅުމުގައި ދުވަސްތައް ވެއަތުވަމުން ދެއެވެ. އެއްދުވަހެއްގެ ރޭ، އެންމެން ނިދުމުން އެނދުގައި ތިބެފައި މިޒޫކީ ވާހަކަދެއްކި އެވެ. “ޝެރިން… އަހަރެމެންގެ ބަސް އެންމެ ފަހަރަކު ނަމަވެސް އަޑުއަހާބަލަ… އަހަރެމެންނަށް އިނގޭ ޝެރިން ނުބުންޏަސް ޝެރިންވެސް ބޭނުންވާނޭކަން މިނިވަންކަން…”

“އާން… އަހަރެން ބޭނުން މިނިވަންކަން… އެކަމަކު އަހަރެމެންނަކީ އަދި ތޭރަ ސާދަ އަހަރުގެ ކުޑަކުދިންނޭ… ކިތަންމެ ސިއްރުން މިތަނުން ސަލާމަތްވާން އުޅުނަސް ލިބޭނީ އަނިޔާ… މިތާ އުޅެނީ އިންސާނުން ވިޔަސް އެއީ އިންސާނުންގެ ސިފާގަ ތިބޭ ޝައިޠާނުންތަކެކޭ އެއްފަދަ ބައެއް… އަމިއްލައަށް އެނގިހުރެ އަނިޔާވެރިއެއްގެ ޝިކާރައަކަށް އަމިއްލަ ހަށިގަނޑު ވައްޓާލުމަކީ ރަނގަޅުކަމެއް ކަމަކަށް އަހަންނެއް ނުދެކެން…!” ޝެރިން ހިތްހަމަ ނުޖެހިފައި ވާހަކަދެއްކި އެވެ. އޭނާހުރީ އޭނާގެ ގޮތުގަ އެވެ.

“ޝެރިން ތީ ފިނޑިއެއް! އެއްފަހަރު ނަމަވެސް ހިތްވަރެއް ލައިގެން މިކަމަށް މަސައްކަތް ކުރެވިދާނެ އެއްނު… ޝެރިން ހީކުރަނީ ޖާދުލުން ބަޔަކު އައިސް އަހަރެމެން ސަލާމަތްކޮށްދޭނޭ ކަމަށްތަ؟ އެހެން ހީކުރަންޏާ ޝެރިން އިހަށް މަޑުކުރޭ… އެކަމަކު އަހަރެމެން އެބަޔަކަށް މަޑެއް ނުކުރާނަން…” ޔޫކޯ ވެސް ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ. ޔޫކޯމެންގެ އަޑު ގަދަވާތީ ބައެއް ކުދިން ނިދީގައި ތިބެގެން އޫން ލައްވާލި އެވެ.

އިރުކޮޅަކު މަޑުން ތިބެފައި ޔޫކޯ އަނެއްކާވެސް ވާހަކަދެއްކި އެވެ.

“މިހާރު އެއޮއްގެން ބާރަ ޖަހަނީ… އަހަރެމެން މަސައްކަތް ފަށާނީ އެކެއް ޖަހާ ހާއިރު… އަހަރެމެން ދިޔަޔަސް ޝެރިން ހިތްވަރު ކުރައްޗޭ އިނގޭ!” މިޒޫކީ ޝެރިން ގައިގައި ބައްދާލި އެވެ.

އެރޭ އެއްގަޑި ބައިހާއިރު ޔޫކޯ އާއި މިޒޫކީ ކޯރިޑޯއަށް ނިކުތެވެ. އެކުދިންނަށް ކާމިޔާބު ދެއްވާތޯ ޝެރިން ހިތާހިތުން ދުޢާކުރަމުންދިޔަ އެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ…….

Next

ޒީޝާ (ދިހަވަނަ ބައި)

Next
November 21, 2015

ޒީޝާ (ދިހަވަނަ ބައި)

Previews
November 21, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ…….

20 Comments!

  1. Athy says:
    November 21, 2015 at 1:33 pm

    Masha allha,.. v reethi vaahakaeh… Faxoo kyp it up

  2. lillygirl says:
    November 21, 2015 at 1:41 pm

    varah reethi faxooo i MUST say ur a de best writer
    <3

    1. Faxoo says:
      November 21, 2015 at 2:32 pm

      aww.. how sweet 🙂 Faxoo’ masakkai kuraanan gaabil kan huri varakun vaahaka ah ithuru furihama kan genes dhevey thw ? thankx Lilly! Lilly ge vaahaka thah ves varah kamudhey

  3. XEISHA says:
    November 21, 2015 at 1:44 pm

    vrh reethi vaahaka eh… kiyaa hiyvaakahala…

  4. jeesh says:
    November 21, 2015 at 1:52 pm

    Faxu mi part enme reethy eii kail ge room green in decorate koffa huryma…i love this part..vaahaka varah interstin eagerly waitib for the next part…nd thanx mihaa avaha up kohdhinyma

    1. Faxoo says:
      November 21, 2015 at 2:30 pm

      ehehe.. Jeesh 😉 Green kula inyma dhw reethivy 😛 thanks for commenting

  5. Aish says:
    November 21, 2015 at 2:18 pm

    Vreethi v kiyaa hiyyve v happy avahah upkohdheythy thankss . .faxu ..next.prtkonerakun . waitin. .waitin . .

    1. Faxoo says:
      November 21, 2015 at 2:32 pm

      thanx. 🙂 next part maadhamaa 😉

    2. Faxoo says:
      November 21, 2015 at 4:21 pm

      In Sha Allah 😀

  6. raudha says:
    November 21, 2015 at 2:30 pm

    wow.

    1. RAVOO says:
      November 22, 2015 at 3:55 pm

      yes

  7. RAVOO says:
    November 21, 2015 at 2:35 pm

    you are doing a great job. god bless you! when is next part? I am waiting. plz.. hurry up!

    1. Faxoo says:
      November 21, 2015 at 2:38 pm

      Thanks Ravoo.. next part tomorrow 🙂

  8. Ira says:
    November 21, 2015 at 2:52 pm

    Thank u so much faxoo 🙂 for uploading the story so soon …… anyways when is the next part….. and sherin is she and jaid linked somewhat….. eagerly waiting 😉

    1. Faxoo says:
      November 21, 2015 at 3:12 pm

      u r most welcome, Ira ?..
      and your guess ‘might’ or ‘might not’ be true 😉 lets wait for the coming parts!

  9. Shaba says:
    November 21, 2015 at 3:10 pm

    Wow .. Your stories are really nice
    Goodluck..?

  10. Sanmu says:
    November 21, 2015 at 3:30 pm

    Vara reeti

  11. yaania says:
    November 21, 2015 at 5:08 pm

    Plx next part avaskodhehcheyyy…

  12. niha says:
    November 22, 2015 at 7:58 am

    Salhi vaahakayeh

  13. dark princess says:
    November 22, 2015 at 7:41 pm

    V REETHI

Comments are closed.

Next Episodeޝެރިން (17 ވަނަ ބައި)←


All Right Reserved!