Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 20

umny Level 210 Stories
July 2, 2024 5 Mins Read
6 Comments

” މިހިތަށް އަރަނީ މާދަމާ ހަވީރު ވެލްކަމް ޕާޓީއެއް ބާއްވަން ހިނގާބަލާށޭ… ސަލީމްއާއި އަހަރެންގެ ހުރިހާ ގާތް މީހުންނަށް. ބޮޑުކޮށް ބާއްވަންޏާ ނޫހަށް ވެސް އަރާނެ ކަންނޭނގެ ދޯ… އެހެންވެ ކުޑަކޮށް… ” ސާރާ ހީގަތެވެ.

” ކުޑަކޮށް ބޭއްވިޔަސް ނޫހަށް އަރާނެ… އަހަރެންގެ ގާތް ރައްޓެހިންނަކީ މުއްސަނދިން ވިއްޔާ… ” އަހަރެން ހީގަތީމެވެ.

” އާތިކާއަށް ދައުވަތު ދެންތަ؟ ” އަހަރެން ފާޑަކަށް ނުކެރިފައި ހުރެ ސާރާ ކުރެ އަހާލީމެވެ.

” ސާރާ..؟ ” އަހަރެން ކުރި ސުވާލަށް ސާރާ ޖަވާބެއް ނުދެއެވެ. ދުރު ބަލަހައްޓައިގެން އޭނަ އިނީ އަހަރެންގެ ސުވާލަށް ޖަވާބު ދޭން ބޭނުންނުވާ ފަދައިންނެވެ. އެއީ އޭނަ ދޭ ޖަވާބުން އަހަރެން ހިތްހަމަ ނުޖެހިދާނެތީ ކަންނޭނގެއެވެ. ތިން އަހަރު ފަހުން އާތިކާގެ ނަން ސާރާއަށް އިވުނު މިއީ ފުރަތަމަ ފަހަރު ކަމަށްވުމުން ކަމަށް ވެސް ވެދާނެއެވެ. އެހެނަސް އޭނަ ޖަވާބު ނުދެންޏާ އޭނަ ވިސްނަމުން އެދާ އެއްޗެއް އަހަރެންނަކަށް ދެނެގަންނާކަށް ނޭނގޭނެއެވެ.

” ސަލީމް ބޭނުން ކަމަށް ވަންޏާ އޯކޭ.. އަރީން ވެސް އޭނަގެ މަންމަ މިހާ ދުވަސް ފަހުން ދެކިލަން ބޭނުންވާނެތާ… ” ސާރާ މަޑުމަޑުން އިނދެ ޖަވާބު ދިނެވެ.

” ތިހެން ނުބުނޭ. ސާރާގެ ބަނޑުން އުފަން ނުވިޔަސް ތިއީ ވެސް ހަމަ އަރީންގެ މަންމައެއް. ސާރާ އެހާ ޤަބޫލު ނޫންކަމަށް ވަންޏާ އަހަރެން އާތިކާ ގެންނަން އެއްބަސްކުރުވާކަށް ނޫޅެން. އަހަރެންނަށް މިހާރު ސާރާ އެކަނި ފުދެޔޭ… ” އަހަރެން ސާރާގެ ކޮނޑުގައި ހިފާ ގާތްކޮއްލަމުން ކޯތާފަތަށް ބޮސްދިނީމެވެ. އަދި އޭނަގެ މޫނުގައި ހިފާ އަނބުރާލަމުން ހިނިތުންވެލީމެވެ. އޭނަވެސް ރައްދުގައި ހިނިތުންވެލިއެވެ.

” ދެން ލިސްޓު ހަދަން އުޅެބަލަ. މާދަމާއަށް ވަރަށް ގިނަ ކަންކަން ތައްޔާރުކުރަން ޖެހޭނެ ދޯ؟ ކޭޓަރިންގެ މަސައްކަތައި، ގޯތިތެރޭގައި ގޮނޑިއާއި މޭޒުތައް ޖެހުމައި، އަހަރެމެންނަށް އާހެދުން ހޯދުމާއި، ދައުވަތު ބެހުމާއި… އަޅޭ ސަލީމް ހާދަ ގިނަ ކަންތަކެއް އެހާ މަދު ވަގުތަކު…؟ ” ސާރާ މާޔޫސްވެފައި އަހަރެންނަށް ބަލާލިއެވެ.

” ހަމަޖެހިބަލަ އަހަރެންގެ ލޯބިވާ އަނބިކަނބަލުން… އަހަރެން ބަޔަކު ހަމަޖައްސާނަމޭ ތިކަންކަން ކޮއްދޭން… ސާރާއަށް ހަމައެކަނި އޮތް ކަމަކީ އަހަރެމެންގެ ހެދުން ހޯދުން. އަހަރެންނާއި އަރީންއަށް ސޫޓް އިނގޭ… ދެން ސާރާ ބޭނުންވަންޏާ ސެލޫންއަށް ދިޔަސް ވެސް އެންމެ ރަނގަޅު… ” އަހަރެން ފުންކޮށް ހިނިތުންވެލަމުން އޭނަގެ އަތަށް ޖީބުން ނެގި ވޮލެޓުން ކޭޝް ކާރޑު ދިއްކޮއްލީމެވެ. ސާރާ ހިނިއައިސްފައި އިނދެ އޭގައި ހިފައި ޝުކުރު އަދާކުރިއެވެ. ދެމިހުން އެކަކު އަނެކަކަށް އިޙްތިރާމް ކުރާ ވަރުން ކަމެއް ކޮއްދިނުމުން އަނެކާއަށް ޝުކުރު އަދާކުރުމަކީ އަހަރެމެން ދެމަރިފިންނަށް ވަރަށް ހާއްސަ ކަމެވެ. އަހަރެމެންގެ ކުދިންނަށް ވެސް އެރީތި ދަސްވާނީ ވެސް އަހަރެމެން އެގޮތަށް ޝުކުރުގެ ބަސްތައް ބޭނުން ކުރުމުން ކަމަށްވާތީ އާއި އެކީގައެވެ.

—

ޕާޓީގެ ކަންކަން އިންތިޒާމް ކުރާ ބަޔަކާއި ހަވާލުކޮށް އަހަރެންގެ އިރުޝާދާއި އެކު ޕާޓީއަށް ބޭނުންވާ އެންމެހާ ދަމުން ދިޔައީ ނުހަނު އަވަހަށެވެ. މެހެމާނުން އަންނަން ވާއިރަށް ހުރިހާ ކަމެއްހެން ތައްޔާރުވާނެއެވެ. ޕާޓީއަށް ދައުވަތު ދީފައިވަނީ އަހަރެންގެ ގާތް ރަހުމަތްތެރިންނާއި ސާރާގެ ބައްޕަ ފަރާތު އާއިލާގެ މިހުންނާއި އޭނަގެ ގާތް ރަހުމަތްތެރިންނަށެވެ. އާތިކާއަށް ދައުވަތު ދޭން ކިތަންމެ ބޭނުންވި ނަމަވެސް ސާރާ ހިތްހަމަ ނުޖެހޭ ކަމެއް އަހަރެން ކުރާކަށް ބޭނުމެއް ނޫނެވެ.

އަހަރެން ޕާޓީގެ ކަންކަން ދާ ގޮތް ބެލުމަށްފަހު މެހެމާނުން އަދި ނާންނާތީވެ އަހަރެންގެ އާއިލާގެ ގާތަށް ދާން ހިނގައިގަތީމެވެ. ދުވާލުގެ ވަގުތު ހިތްހަމަ ޖައްސާލުމަށް އަހަރެން ގެޔާއި ތަންކޮޅެއް ދުރުގައި ހެދި ބޮޑު އުނދޯލީގައި ތިންމައިން އިށީނދެގެން ތިއްބެވެ. އަމާނީއަށް ސާރާ ހޯދީ ނޫކުލައިގެ ޕާޓީ ހެދުމެކެވެ. އަމާނީއާއި ވައްތަރުކޮށް އެހެނަސް ކުޑަކޮށް ތަފާތުކޮށް ސާރާ ތައްޔާރުވެފައި ހުރީ މާޖެހި މަޑުނޫކުލައިގެ ހެދުމެއްގައެވެ. އަހަރެންނާއި އަރީންއަށް ހޯދާފައި ހުރީ އަޅިކުލައިގެ ސޫޓް ސެޓެވެ.

” ކޮބާ މިގެ ރަނގަޅުތަ ދަރިފުޅުމެންނަށް؟ ” އަހަރެން އެތިންމައިންނާއި އަރާ ހަމަވެފައި ސުވާލުކޮއްލީމެވެ.

” ހޫމް. މާނީއަށް ވަރަށް ކަމުދޭ ކޮޓަރި ބައްޕީ… އެކަމަކު އަދި ޕޫލް ބޮޑުވި ނަމަ މާނީ އަދި މާ ހެޕީ ވީސް… ” އަމާނީ ނިކަން މޮޅަށް އަތުން އިޝާރާތް ކުރަމުން ކިޔައިދިނެވެ. އޭނަ ލޯބިކަމުން އަހަރެންގެ ގާތަށް ނުހަނު ހިނިއައެވެ.

” ދަރިފުޅަށް ފަތާކަށްވެސް ނޭނގެއެއްނު؟ ދެން ކީއްކުރަން ޕޫލް ބޮޑުކުރަނީ؟ ދަރިފުޅު އެކަނި ބޮޑު ޕޫލްއަކަށް އެރި އުޅެންޏާ ބައްޕިމެނަކަށް ދަރިފުޅު އަތެއް ވެސް ނުވާނެއެއްނު. ” އަހަރެން ވަރަށް ސީރިއަސްވެފައި ކަހަލަ ގޮތަކަށް މޫނު ހަދާލަމުން އޭނަ ކުރެ އަހާލީމެވެ.

” މާނީގެ ފުރެންޑް ގޭގައި އިންނަނީ ބޮޑު ޕޫލެއްވީމައި މާނީ ވެސް ބޭނުން ބޮޑު ޕޫލެއް… ” އަމާނީ ތުންހަދާލިއެވެ.

” ދެން ދަރިފުޅޫ. ފަހުން އަދި ބޮޑު ޕޫލެއް ހަދާނެޔޭ ބައްޕި… ދޯ ބައްޕީ؟ ” ސާރާ އޭނަ ގަޔާއި ކައިރިކޮއްލަމުން ބުނެލައި އަހަރެންނަށް ބަލާލިއެވެ.

” އެއީ ތެދެކޭ ދަރިފުޅޫ… ދަރިފުޅު ބޮޑުވީމައި… ” އަހަރެން އޭނަގެ ކޮލުގައި ހިފާލީމެވެ.

” ދެން ދަރިފުޅޯ؟ އަރީންއަށް ކަމުދޭތަ މިގެ؟ ” އަހަރެން އަރީންގެ ގާތުގައި އިށީނދެލަމުން އަހާލީމެވެ. ނަމަވެސް އަހަރެން ކުރި ސުވާލު އޭނައަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. އިސްޖަހައިގެން އިން ގޮތުން އޭނަ ކަމަކާއި ވިސްނަނީކަން އަހަރެންނަށް ޔަޤީންވިއެވެ. އެއީ އާތިކާ ވެސް ކަމަކާއި ވިސްނަންޏާ އިންނަ ގޮތެވެ. އަހަރެންނާއި ބޭރުން ފުށުން ވައްތަރުވި ނަމަވެސް އާތިކާގެ އެމަޑުމައިތިރި ހަމަހިމޭން މިޒާޖު ނުހަނު ބޮޑަށް އަރީންއަށް ލިބިފައިވެއެވެ.

” ކިހިނެތްވީ ދަރިފުޅު؟ ” އަހަރެން އޭނަ ގާތްކޮއްލަމުން އަހާލުމުން ސާރާ ވެސް އަހަރެމެން ދެބަފައިންނަށް ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.

” އަރޫ މަންމަ ދެކިލަން ބޭނުން… ” އަރީން ވަރަށް މަޑުމަޑުން އިނދެ ބުނެލިއެވެ. އަހަރެންނަށް ވަގުތުން ސިހިފައި ސާރާއަށް ބަލާލެވުނެވެ. ސާރާ ވަގުތުން އިސްޖަހާލިއެވެ.

” މިއިނީނުން ދަރިފުޅުގެ މަންމަ… ” އަހަރެން ސާރާއަށް އިޝާރާތްކޮށް ބުނުމުން އަރީން ބޯހޫރުވާލިއެވެ.

” އަރީންގެ އަސްލު މަންމަ. އިއްޔެ މަންމަ ދެކުދިން މިގޭ ގޭޓު ކައިރިން މާނީ އެއްކޮށް ކުޅެން އުޅެނިކޮށް. އަރޫއާއި ދިމާއަށް ބަލަހައްޓައިގެން ވަރަށް ހެވިފައި ހުރީ. އަރޫ މަންމަ ގާތަށް ދާން އުޅެނިކޮށް މަންމަ ވަރަށް އަވަހަށް ގޮއްސި. އަރޫ ބޭނުން މަންމައާއި ވާހަކަދައްކާލައި ކުޅެލަން. މަންމަ މަތިން ވަރަށް މިސްވޭ… ” އެހާ ދުވަހު ނުދައްކާ ހުރި ވާހަކަތައް ކުއްލިއަކަށް އަރީން ދެއްކުމުން އަހަރެންނަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އަހަރެން ހީކުރީ އަރީން ދެން މަންމަ ހޯދަން ނޫޅޭނެ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް އެންމެ ތުއްތު އިރު އަރީން ބެލީ އާތިކާއެވެ. އަރީން އެއީ އާތިކާގެ ވެސް ލެއެވެ. އަރީން އުފަންވީ އާތިކާގެ ބަނޑުންނެވެ.

” ދަރިފުޅު ބޭނުންކަމަށް ވަންޏާ ސުކޫލް ނިންމާފައި މާދަމާ މަންމަ ގާތަށް ގެންގޮސް ދޭނަން… ” އަހަރެން ދަރިފުޅު ގަޔާއި ކައިރިކޮއްލަމުން އޭނަގެ އިސްތަށިގަނޑުގައި ފިރުމާލީމެވެ.

” ސަލީމްއަށް އުނދަގޫ ވާނެއެއްނު އޮފީހަށް ދަންޏާ. އަހަރެން ގެންގޮސްދޭނަމޭ… ” ސާރާގެ ބުނި އެއްޗަކުން އަހަރެން ހައިރާންވެފައި އޭނައަށް ބަލާލީމެވެ. އަހަރެން ހީކުރީ އަހަރެން އެހެން ބުނުމުން އޭނަ އަހަރެންދެކެ ރުޅިއަންނާނެ ކަމަށެވެ. ނަމަވެސް ހީކުރި ގޮތާއި ހިލާފަށް އޭނައަށްވެސް ވިސްނޭ ކަހަލައެވެ. މަންމައަަކާއި އޭނަގެ ދަރިޔެއް ދުރުވުމުން ވާނެ ގޮތެވެ. އަނެއްކޮޅުން އަރީންއަށް ހަތް އަހަރު ފުރިއްޖެއެވެ. އޭނަ ބޭނުމިއްޔާ އޭނަގެ މަންމަ ގާތަށް އެއްކޮށް ބަދަލުވެވިދާނެއެވެ. ނަމަވެސް އެއީ އާތިކާ އޭނަ ބަލައިގަންނަން ހުރިއްޔާއެވެ.

” ކޮބާ ހިނގާ ހުރިހާ ކުދިން އެކޮޅަށް ދަމާ.. މެހެމާނުން އަންނަން ފަށަނީ އެއޮއް… ވަރަށް ބަސްއަހައިގެން މަޑުމަޑުން ހުރިހާ ކުދިން ވެސް ތިބެންވާނީ އިނގޭ… ބައިވަރު ފޮޓޯ ނަގާ މީހުން ވެސް އަންނާނެ ކަންނޭނގެ ފޮޓޯ ނަގަން.. ” އަހަރެން އުނދޯލިން ތެދުވީ ދުރުން ކާރެއް މެންޝަންއާއި ދިމާއަށް އަންނަތަން ފެންނާތީއެވެ.

” ދަރިފުޅާ މާނީ! ” ބިންމަތީގައި ފައި ނުޖެހޭތީ ފުންމާލި އަމާނީ ވެއްޓުނީ ބޯކޮޅު ތިރިއަށެވެ. ބިންމަތީގައި އުނދޯއްޔާއި ދިމާލުން އަޅާފައިވާ ތަޅުމުގައި އޭނަގެ ބޯ ނުހަނު ބާރަށް ޖެހި އަޑު ކިޔައިގެން ދިޔަ ވަގުތު ލޭތައް ވަގުތުން ފެތުރިގެން ދިޔައެވެ. އަހަރެންނާއި ސާރާއަށް އެކުއެކީގައި އޭނަ ވަގުތުން ނެގުނެވެ.

” ދަރިފުޅު އަވަހަށް ދޭބަލަ ނިރްވެދްއަށް ގޮވާ ކާރު ރެޑީކުރަން ބުނަން! ” އަހަރެންނަށް އަވަސް ހަރަކާތާއިއެކު ބަލާލެވުނީ އަރީންއަށެވެ. އަރީންއަށް އަހަރެން ކީ އެއްޗެއް ނުއިވޭ ކަހަލައެވެ. އޭނަ ހިލައިގެ ބުއްދެއްހެން ހުރީ ހުއްޓުން އަރާފައެވެ. ދެލޯ ބޮޑުވެ ލޯ އަމާޒުވެފައިވަނީ ބިންމަތީގައި ލޭގެ ކޯރެއް ހެދެމުން ދިޔަ ތާނގައި އޮތް އަމާނީއަށެވެ.

” ސަރ! ” ﷲގެ އިރާދަފުޅުން ދުރުގައި ހުރި ނިރްވެދްއަށް އެމަންޒަރު ފެނި އަވަހަށް ކާރަށް އަރަން އައުމަށް ގޮވިއެވެ. އަަހަރެން އަމާނީ އަތްދަނޑި މައްޗަށް ލައިގެން ދުވެފައި ގޮސް އާދަމްގެ އެހީގައި ކާރުގެ ފަހަތު ސީޓަށް އެރި އިރު ރޮމުން ކަހަލަ ގޮތަކަށް ސާރާ އަރީން ގޮވައިގެން އެރީ ކުރީ ސީޓަށެވެ. އަދި ކާރު ނައްޓާލުމުގެ ކުރިން އާދަމް ކުރެ ޕާޓީގެ ކަންކަން ކެންސަލްކުރަން ބުނީމެވެ.

—

އަވަސް ފަރުވާދޭ ބައިން ނިކުތް ޑޮކްޓަރުގެ ފަހަތުން އަމާނީ އޮތް ސުޓުރެޗާ ހިފައިގެން ނަރުހުންތައް ނުކުތެވެ. އެތަކެއް ބޮޑެތި މެޝިނުތަކެއް މީހާގެ ގަޔަށް ގުޅައި ހުދު ރަޖާގަނޑެއް މެޔާއި ހަމައަށް އަޅާފައިވާ އަމާނީ ފެންނަނީ ނުހަނު ކުޑަކޮށެވެ.

” ޕޭޝެންޓު ކޯމާއެއްގައި އޮތީ. ކޮންމެ ދުވަހަކު ހޭ އަރަންދެން ސައްވީސް ގަޑި އިރު ބަލަހައްޓަން ޖެހޭތީވެ އައިސީޔޫއަށް މިގެންދަނީ. ވަރަށް ބޮޑަށް ސިކުނޑިއަށް ލޭއެޅި ފައިވުމުންނާއި އެކު ލޭ މަދުވުމުން ލޭއެޅިފައިވާނީ… ދެން މިވަގުތަށް ޕޭޝެންޓްގެ ކައިރީގައި މަޑުނުކުރައްވާ އަޅުގަނޑުމެންނަށް އިތުބާރުކޮށް ގެޔަށް ދުރުވިއްޔާ އެންމެ ރަނގަޅުވާނީ… ” ޑޮކްޓަރ އިނގިރޭސި ބަހުން ކިޔަމުން ދިޔަ ކޮންމެ ލަފުޒެއް އަހަރެންނަށް އިވެމުން ދިޔައީ ހޮނުގުގުރިއެއް ފަދައިންނެވެ.

ޑޮކްޓަރ ދިއުމުން އަހަރެންނަށް ބަލާލެވުނީ ސާރާއަށެވެ. އަހަރެންނަށް އެހާ ބޮޑު ވަރުވީ އިރުވެސް ސާރާގެ މޫނުމަތިން އަހަރެންނަށް ވީވަރެއްވެފައި ހުރިކަން ފެންނާކަށް ނެތެވެ. ހިތްވަރުގަދަ އަންހެނަކަށް ވުމުން ވެސް އެހެން ވެދާނެއެވެ. އެކަމާއި އަހަރެން އިންތިހާއަށް ހައިރާންވި ނަމަވެސް ވަގުތުގެ ގޮތުން ސުވާލު ކުރާކަށް ބޭނުމެއް ނޫނެވެ.

އަހަރެން ދެން އަރީން ކޮބައިތޯ ބަލާލި އިރު އޭނަ އިނީ ކުރިޔަށް ވުރެ ވެސް ނެގިމަޑުވެފައެވެ. އޭނަގެ ގާތުގައި އޭނަ ހެއްވައިދޭން ނަރުސްކުއްޖަކު އިން ކަމުގައި ވިޔަސް ކުޑަވެސް ހިނިތުންވުމެއް އެމޫނު މައްޗަކު ނުވެއެވެ. ދެލޮލުން ކަރުނަ ފައިބައި ހާލު އޭނަގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމުގެ އަސަރެވެ. ލޯބިވާ ކޮއްކޮ ކުއްލި ގޮތަކަށް އެހެން ވެއްޓުމުން އޭނައަށްވަނީ ކުޑަ ޝޮކެއް ލިބިފައި ކަހަލައެވެ. ކުޑަ އިރުއްސުރެ އެހައި ގާތްކޮށް އަމާނީއާއި އަރީން އުޅޭތީއެވެ. އެހާ ދުވަސްފަހުން ކޮއްކޮއަކު ލިބުމުން އެންމެ ފުރަތަމަ ދުވަހު ވެސް އޭނަ އަމާނީއާއި ކުޑަކޮށް ވެސް ދުރެއް ނުވެއެވެ. އަމާނީ ފެނުނީއްސުރެ އަމާނީގެ ގާތުގައި ކުޅެން އިން ހަނދާން އަހަރެން އަދި ވެސް އެބަ ހުއްޓެވެ. އަމާނީއަކީ އޭނަގެ ކޮއްކޮކަން އެނގުނު ހިނދު އެތުންފަތް މައްޗަށް ވެރިވި ހިނިތުންވުން އަހަރެންނަށް މިހާރުވެސް ސިފަވެގެން ދެއެެވެ.

” ސާރާ އަރީން ގޮވައިގެން ދޭ ގެޔަށް. ކުޑަ އިރުކޮޅަކުން ބިލްތައް ދައްކާލާފައި އަހަރެން އެބަ ދަން… ” އަހަރެން ސާރާގެ ކޮނޑުގައި ހިފާލަމުން ބުނެލީމެވެ. އޭނަ އިތުރު ސުވާލެއް ނުކޮށް އަރީންގެ ގާތަށް ގޮސް ގެޔަށް ދާން ހިނގާށެ ބުރެ އޭނަ އުރާލިއެވެ. އެހެން ކުދިންނަށްވުރެ ކުޑަކޮށް އަރީން އަދިވެސް ހުންނާތީވެ ސާރާއަށް އޭނަ އުރަން ފަސޭހައެވެ.

އަހަރެން އެދެމައިން ދިޔަ ތަން ބަލަން ހުރުމަށްފަހު ކައުންޓަރ ދޮށާއި ދިމާއަށް ހިނގައިގަތް ވަގުތު އަވަސް ފަރުވާދޭ ބައިން ނެރުނު މީހަކު ލޮލުގައި އަޅައިގަތެވެ. ވަގުތުން ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…44

Next

މަންޒިލް 34

Next
July 3, 2024

މަންޒިލް 34

Previews
July 2, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…44

6 Comments!

  1. Zeena says:
    July 2, 2024 at 4:44 pm

    Alhe dhendho. Vv dhera vejje. ahaa shauq veri kamaa aku indh enme balan beynun vee kaaku kn naangaa vaahaka fileema kihaa dhera vaane anekkaa inthizaaru kuran
    Mi jehunee dho

    1. umny says:
      July 9, 2024 at 1:06 am

      yes 😄

  2. Cutie girl says:
    July 2, 2024 at 5:27 pm

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it up
    Love you

    1. umny says:
      July 9, 2024 at 1:09 am

      Jazakillah hairan dear
      love you too
      ☺️🤍

  3. dream gurll says:
    July 5, 2024 at 2:34 pm

    mi vaahaka vx varah varah reethi ingeyy hama maashaa allah hama sifa kureveny meehehge dhiriulhun….. I can’t wait for the next part….
    love you

    1. umny says:
      July 9, 2024 at 1:11 am

      Jazakillah hairan dear
      Aslu imagination is the biggest thing in stories dhw
      Love you too
      ☺️🤍

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 21←


All Right Reserved!